މުހައްމަދު ކައިރީ ހޮސްޕިޓަލުގައި އިންދެފައި ވަލީދު ގެޔަށް އައީ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދާށެވެ. ޓެކްސީއެއް ނުލިބި ލަސްވުމުން ވަލީދުއަށް ގެޔަށް އާދެވުނު އިރު މަގްރިބު ނަމާދު ބަންގިވެސް ގޮވާފިޔެވެ. ޓެކްސީއިން ފޭބުމަށް ފަހު ވަލީދު ގޭގެ ދޮރާ ދިމާއަށް ހިނގާގަތެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށް ފިޔަވަޅެއް އަޅާލި ވަގުތު މީހަކު ގަޔާ ދިމާއަށް އައިހެން ހީވިއެވެ. ސިހިފައި ވަލީދުއަށް ދެތިން ފިޔަވަޅު ފަަަހަތަށް ޖެހިލެވުނެވެ. ކުރިމަތިން މީހަކު ނުފެނުނު ކަމުގައިވިއަސް ވަލީދުއަށް އެތަނުގައި މީހަކު […]
ދާނިޝް ކޮޓަރިއާ ދިޟާލުގައި ހުރި ބޮޑު ގަހުގެ ގޮފިގަނޑުގައި އިށީންދެއިން ޒަބުރިޝް މަޑު މަޑުން ތިރިއަށް ފޭބިއެވެ. އޭތީގެ ދިގު ހަތަރު މޮއްގަނޑުން ހިނޣާފައި އަިއސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. ދާނިޝްއާ ދިޟާއަށް ބަލަން ހުރި ޒަބޫރިޝްގެ އަތް މުއްކެވިގެން ދިޔައެވެ. “ޔީޝާއަކީ ހަމައެކަނި އަހަރެނގެ މިލްކެއް،،، އަހަރެމެން ދެމެދަށް ވަންނަ ކޮންމެ މިހެއްގެ ދުވަސް ދުއްވާލާނަން.. ” ޒަބޫރިޝްގެ ދުލުން އެބަސްތަށް ޞޭރުވެގެން ދިޔައިރު އޭނާގެ ދެލޯވެސް ވަނީ ލޭއަރާ ރަތްވެފައެވެ. **** ޖެހެމުން […]
“އަހަން ދޮން ކަލޯ އަދިވެސް ނަމާދަށް ދާކަށް ތައްޔާރެއް ނުވަންތަ.. މިހާރު އެއޮތް ބަންގިވެސް ގޮވީނުން” ކުރު ސޯޓަކާ ޓީސާޓުގައި ހުރި ދާނިޝް ފެނުމުން ވަލީދު ބުނެލިއެވެ. ނަމަވެސް ދާނިޝް އަނގައިން ނުބުނިތާ ފަސްއެނބުރި ވަލީދުއާ ދިމާއަށް ބަލާވެސް ނުލިއެވެ. މީގެ ކުރިން ދާނިޝް އެގޮތަށް ކަންތައް ކޮއްފައި ނުވުމުން ވަލީދު ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ އަޑު ނީވުނީ ކަމަށް ހީކޮށް އަޅައެއް ނުލައެވެ. “ވަލީދުބޭ..” މިސްކިތާ ދިމާއަށް ހިނގާގަތް ވަލީދު ހުއްޓުން އެރީ […]
“އޯކޭ ދެން ތި ލަވް ބާޑްސް ކޮންމެހެން އަހަރެމެން ކުރިމަތީ މާފޮޅުވާނެ ކަމެއް ނެތް.. އަހަރެން މިދަނީ ޖައްސާލަން. މިހާރު ވަރަށް ޓަޔަޑު” އަފާ އެހެން ބުނެފައި ކޮޓަރިއަށް ވަނުމުން ދާނިޝްއާއި ޔައީޝް މިސްކިތަށް ދިޔުމަށް ނުކުތެވެ. *** ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ޔައީޝްއަށް ރަށުތެރެ ދައްކާލަން އެންމެން އެކީ ނުކުތީ ހިނގާލަންށެވެ. އެރަށު ތުނޑި ބަލާލަން ބޭނުންވާ ކަމަށް ޔައީޝް ބުނުމުން އެންމެން ތުނޑިއާ ދިމާއަށް ހިނގާގަތެވެ. “ދާނިޝްއާ ޔީޝް ވަރަށް ގުޅޭ […]
“ކިހިނެއްވީ… ޔީޝާ ބޭނުމެއް ނޫންތަ؟” ދާނިޝްގެ މަސްތުން ފުރިގެންވާ އަޑު ޔީޝާގެ ކަންފަތުގައި ޖެހުނެވެ. ދާނިޝްގެ އެސުވާލަށް ދޭނެ ޖަވާބެއް ޔީޝާއަކަށް ނޭނގުނެވެ. އޭނާގެ ސިކުނޑި މިއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނަދެމުން ދިޔަނަމަވެސް ޔީޝާގެ ހިތް ދާނިޝްގެ ފިރުމުންތަކަށް އިޖާބަދޭން ބާރުއަޅަނީއެވެ. “ދާނިޝް.. ” ދާނިޝްގެ ގެ ލޮލާ ހަތަރު ކަޅިހަމަވެގެން ދިޔައިރު ޔީޝާގެ ދޫބަނދުވިއެވެ. ޔީޝާގެ ދެއަތްތިލަވެސް ދާނިޝްގެ ކަނދުރާއަށް މިސްރާބު ޖެހިއެވެ. ޔީޝާ ދާނިޝްގެ ކަރުގައި އަތް އަޅުވާލުމުން ދެމީހުންގެ ދޭތެރޭ ހުރި […]
“މީގެ ފަހުން އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާތި އިނގޭ.. ޔީޝްއަށް ކަމެއް ވެއްޖެއްޔާ އަހަރެން ދެރަވާނެ ވަރު ޔީޝްއަށް އެނގޭނުން” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތުގައި ހިފާލިއެވެ. އަދި ގެއާ ދިމާއަށް ހިނގާގަތެވެ. **** ނިދިފައި އޮތް ޔީޝާއަށް ހޭލެވުނީ ބާލިސް ދަށުގައި އޮތް ފޯނު ސޯނާވި ގަޑިއަށެވެ. އަދި އިތުރަށް ނިދާލަން ބޭނުންވެފައި ވީނަމަވެސް ނޯވެ ތެދުވީ ކުލާހަށް ދާން ޖެހޭތީއެވެ. ކުލާހަށް ދާން ތައްޔާރު ވުމަށްފަހު ޔީޝާ ގެއިން ނުކުތް އިރު […]
އާދައިގެ ވަރަކަށް ހިނގަމުން ދިޔަ ޔީޝާއަށް މީހަކު ފަހަތުް އަންނަހެން ހީވެގެން ފަހަތް ބަޅާލި ވަގުތު ސިހިގެން ދިޔައެވެ. އަޒާން އައިސް ކައިރީ ހުންނާނ ކަމަކަށް ޔީޝާ ހިޔެއް ނުކުރެއެވެ. އަޒާން ބަލަހައްޓައިގެން ހުރިގޮތުން ޔީޝާއަށް އުނދަގޫވިއެވެ. އެތަނުގައި ނުހުރުމަށް އަވަހަށް ހިނގާތް ވަގުތު އަޒާން ޔީޝާގެ އަތުގައި ހިފާ ދަމައިގަތެވެ. ކުއްލިއަކަށް އަޒާް އެހެން ހެދުމުން ޔީާގެ އަރި އަޅާލާފަައި އަތުގައި ހރި ކޮތަޅުތައް ދޫވެގެން ދިޔައެވެ. ވެގެން އުޅޭގޮތެއް ނޭނގިފައި ހުއްޓަ އަޒާް އޭނާގެ […]
“ޔީޝާ…!” ފިރިހެނެއްގެ އަޑަކަށްވުރެވެސް ބަރު އަޑަކުން އޭނާގެ ނަމުން މީހަކު ގޮވާލިއެވެ. އެއަޑު އިވުނު ގޮތުންވެސް އެއަޑުގެ ވެރިޔާ ހުރީ އޭނައާ ނުހަނު ކައިރީގައިކަން ޔީޝާއަށް ދެނެގަނެވުނެވެ. ސިހިފައި ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. ދެލޯ ހުޅުވާލި ވަގުތު ގައިމަތީ އޮތް ކަޅުއެތި ފެނިފައި ޔިޝާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބިރުގަނެފައި ހުރި ވަރުން ޔީޝާގެ އަނގައިން އެންމެ އަޑެއްވެސް ބޭރެއް ނުކޮއްލެވުނެވެ. ދެލޯ ބޮޑުކޮއްގެން ޔީޝާއާ ދިމާއަށް ބަލަން ހުރި މަހުލޫގުގެ މޫނުމަތީވަނީ ރުޅިވެރިކަމެވެ. އެބިރުވެރި […]
“ރުކަކުން ކާއްޓެއް ވެއްޓުނު އަޑު ކަންނޭނގެ” ބިރުގަނެފައިވާ ޔީޝާ ހަމަ ޖައްސައި ދިނުމަށް ދާނިޝް ހީލަމުން ބުނެލިއެވެ. ދާނިޝް އެހެން ބުނުމާއެކު އެދެމީހުންގެ ދެމެދަށް ވެރިވީ ގޮތް ނޭނގޭ ހަމަހިމޭން ކަމެކެވެ. އޭރު އެދެމީހުންގެ މޫނުވެސް ވަނީ ލަދުން ރަތްވެފައެވެ. ގަސްތަކު ތެރެއިން އެއިވުނު އަޑު ނީވުނު ނަަމަ އެދެމެދު ހިނގާނީ ކޮންފަދަކަމެއްވެސް ނޭނގެއެވެ. އެ ވަގުތު އެމީހުންގެ ހިމާޔަތަށް އައީ ޔީޝާގެ ފޯނަށް އައި ކޯލެކެވެ. **** “އެސްކިއުސް އިނގޭ” ޔީޝާ ފޯނު ނަގަމުން ބުނެލިއެވެ. […]