ފުން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ސުހާން ސިހުނީ ވަރަށް ބާރު ދުވެއްޔެއްގައި އައި ސްނޯ ބޯޅައެއް އޭނާގެ ބޮލުގައި ޖެހުމުންނެވެ. ނުވިސްނަ އިންދާ ޖެހުމުން އޭނާ ނުވެއްޓުނީ ކިރިޔާއެވެ. **** އެއީ ކާކުގެ ކަމެއްތޯ ބަލަންވެގެން ފަހަތަށް އެނބުރުނު އިރު އެތާ ބައިވަރު ކުދިން ކުޅެން އުޅެއެވެ. އެކުދިންތަކުގެ ތެރެއިން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އެއީ އެކުއްޖާގެ ކަމެއް ކަމަށް ސުހާންއަށް ހީކުރެވުނެވެ. ބެންޗުން ތެދުވެފައި އޭނާ އެކުއްޖާއާއި ދިމާއަށް ދިޔައެވެ. […]
މިސްރާބު ބަދަލު ކޮއްލާފައި ލަމްހާ ވަނީ ބޭކަރީއަށެވެ. ހޫނު ކޮފީއަކާއި ކުކީސް ގަނެގެން އޭނާ ނުކުތެވެ. އަނެއްކާވެސް މަންޒިލާ ހަމައަށް ބާރަށް ހިނގައި ގަތެވެ. އެވަގުތު އެތާ އޮތް ތުނި ގަނޑުފެން ކޮޅަކަށް އެރިފައި ލަމްހާ ކަހާލިއެވެ. ވެއްޓެން ދިޔަ ލަމްހާ ލައިގަތީ ކައިރިން ލާފައި ދިޔަ މީހެއްގެ ގައިގައެވެ. އަތުގައި އޮތް ކޮފީތަށި އެމިހާގެ ގަޔަށް ބަންޑުން ވިއެވެ. **** ކާރަށް އަރަން ދިޔަ ސުހާން ހިޔާލު ބަދަލުވެގެން ބޭކަރީއާ ދިމާއަށް ދާން މިސްރާބު ބަދަލުކޮއްލި […]
“ކޮންވާހަކައެއް.. އަވަހަށް ފަށާ” ވިޝާމް ކޮޓަރި ދޮރު ކައިރި ކޮއްލާފައި އައިސް އެނދުގައި އިށީނެވެ. ލަމްހާ އިށީންނަން ގޮނޑި ދައްކާލުމުން ލަމްހާ ބޯހޫރާލާފައި ގޮސް ހުއްޓުނީ ހުޅުވާފައިވާ ކުޑަދޮރު ކައިރީގައެވެ. ” އަ.. އަހަރެން.. ވިޝާމް.. އައިމް ޕުރެގުނެންޓު” ވިޝާމްއާ ދުރަށް އެނބުރެމުން ލަމްހާ އިއްވާލިއެވެ. **** އެދެމެދަށް ވެރިވީ ގޮތްނޭނގޭ ހަމަހިމޭން ކަމެކެވެ. އިރުކޮޅެއްފަހުން އެ ހަމަހިމޭން ކަން ނަގާލީ ވިޝާމްގެ ހުނުމުގެ އަޑެވެ. “ލަމް.. މިއީ އޭޕްރިލް ފޫލް ޑޭ އެއް ނޫނޭ.. ތި އުޅެނީ […]
“ބައްޕާ.. އަޅުގަނޑަށް ފެންނަނީ ވިޝާމް ގާތު ތެދަށް ބުނަން. ނޫނީ އެމީހުނަށް ގޯސްގޮތަކަށް ހީވެދާނެ” ލަޔާން ހަމްޒާގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. “އަދި މަޑު ކޮއްލާ.. ބައްޕަ ގޮތެއް ނިންމާފަ ބުނާނަން” ހަމްޒާ މިހެން ބުނެފައި ތެދުވެއްޖެއެވެ. އެވަގުތު ޔުސްރާއާއި ނައުރާވެސް އަތުވެއްޖެއެވެ. އެމީހުން އެއައީ ލަމްހާގެ ޓެސްޓާ ސްކޭންގެ ނަތީޖާ ހިފައިގެންނެވެ. **** ނައުރާ ލަޔާން ގާތު މަޑުކޮއްލުމުން ޔުސްރާ ނަތީޖާ ހިފައިގެން ވަނީ ލުވޭޒާ ބައްވާފައި އޮތް ކޮޓަރިއަށެވެ. ލުވޭޒާގެ މަގަތުގައި އިށީންދެ އިނދެ ލަމްހާ އޭނާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައެެވެ. ޔުސްރާގެ އަތުގައި އޮތް ރިޕޯޓު […]
އެމީހާ ހުރީ ދެވިސްނުމެގައެވެ. އެފައިސާގައި ހިފައިފިނަމަ އެމީހުންގެ ދިރި އުޅުން ވަރަށް ބޮޑުތަން ރަނގަޅުވާނެއެވެ. ފައިސާގެ ދަތިކަމަކާ ހުރެ އުޅޭކަށް ނުޖެހޭނެއެވެ. އެހެންމަވެސް އޭނާގެ ދަރިފުޅަކަށް އިންސާފެއް ނުލިބޭނެއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އެމީހާ ހަމްޒާގެ ޝަރުތަށް އެއްބަސްވިއެވެ. އިތުރަކަށް އެކައްޗެކޭވެސް ނުބުނެ ހަމްޒާ އެތަނުން ނުކުތެވެ. ***** ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ލަމްހާގެ ޒަހަމްތަށްވެސް ރަނގަޅުވަމުން ދިޔައެވެ. މިހާރު މަދުމަދުން ހިނގާވެސް އުޅެއެވެ. ކުރިއެކޭ އެއްގޮތަށް ރަނގަޅަށް ކާތީ ހަށިގަނޑުވެސް ރީތިވެއްޖެއެވެ. ނަމަވެސް ބަދަލުވީ އެންމެ […]
ދެއެކުވެރީން ވާހަކަ ދައްކަން ތިބިއިރު ގަޑި ހިނގާ ދިޔަ ގޮތްވެސް ނޭންގުނެވެ. ލަމްހާ ސިއްސައިގެން ދިޔައީ ފޯނު އެލާމުވި އަޑަށެވެ. އޭރު ހަވީރު 3 ގަޑި ބައިވަނީއެވެ. އަވަހަށް ލެޕްޓޮޕު ބާއްވާފައި ލަމްހާ އަވަސްވެގަތީ ކޮލެޖަށް ދާން ފެންވަރާށެވެ. ***** އެދުވަހަށް ހަމަޖެހިފައިވާ ކުލާސްތަށް ނިމުނު އިރު ރޭގަނޑު 8 ގަޑި ބައިވެއްޖެއެވެ. ކޮލެޖުގެ މައި ގޭޓާ ހަމައަށް އަރާފައި ލަމްހާ ލަޔާންއަށް ގުޅާލިއެވެ. ކުލާސް ނިމުނު ވާހަކަ ބުނާށެވެ. ނަމަވެސް ލަޔާން ލަސްވާނެ ވާހަކަ ބުނުމުން […]
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ހުޅުމާލޭ މަގުތަކުގައި ވަނީ ހަމަހިމޭން ކަމެވެ. ފަތިސް ނަމާދަށް މިސްކިތަށް ދާ މީހުނާ ޖޮގިނަށް ނުކުމެ އުޅޭ މަދު ބަޔަކު ނޫނީ ނޫޅެއެވެ. ހުޅުމާލޭގެ ތާރު އެޅި ފުޅާ މަގެއްގެ އެއްފަރާތުން މަޑު ދުވުމެއްގައި އަންނަ ޒުވާން އަންހެން ކުއްޖާއަށް އެމަގު ގައިތިބި މީހުންގެ ލޯތަށް ހުއްޓެމުން ދިޔައެވެ. އެހެން ނުވާންވީ ވަކި ސަބަބެއް ނެތެވެ. ކަޅާއި ހުދު ކުލައިގެ ޓުރެކް ސުއިޓެއްގައި ހުރި މިއަންހެން ކުއްޖާ ހީވަނީ ހޮލީވުޑު ފިލްމެއްގެ ރީތި […]