ގުދުރަތުގެ ގާނޫނާ އެއްގޮތަށް އިރު ވަށާ ދުނިޔެ ދައުރުވަމުން ދެޔެވެ. އާ ދުވަހަކަށް އިރު އެރުމާއެކު ވާނުވާ ނޭނގޭހާ އަވަހަށް އިރުއޮއްސި ދުވަސް ފާއިތުވަމުން ދެޔެވެ. ގޮނޑުދޮށުގައި ބަރަވެލި އަޅާލާ ރޮގުތަށް ގޮނޑުދޮށަށް ބިއްސާލާ ރާޅުތަކުން ފޮހެވިގެން ދާ އުސޫލުން އެދުވަހުގެ ކަންތައް މާޒީއަށްވެ ގިނަ ކަންތައް ހަނދާނުން ފޮހެވިގެންދެޔެވެ. ކުރިމަތިވާ އާ އިމްތިހާންތަކާ ކުރިމަތި ލާން ޖެހުމުން ވޭތުވި ހިތާމައާ މާޒީއާ ދޭތެރޭ ވިސްނާ ރޯނޭ ވަގުތެއް ނޯވެއެވެ. ނޭވާ ލާ ހިނދަކު ދިރިއުޅުމާގެން ކުރިއަށް […]
“ތިއިން އެއްކަމެއްވެސް ނުކުރާނަން.. އަހަރެން ޔީޝާ ދުލެއްވެސް ނުކޮއްލާނަން.. އަދި ކަލެއަކަށް އަހަންނަށް އެއްވެސް ގޮތެއް ނެހެދޭނެ” ވަލީދު ބުނަން އުޅުނު އެތި މެދު ކަނޑާލާފައި ޒަބޫރިޝް ހަޅޭލަވައިގަތެވެ. އަދި ވަލީދުއާ ދިމާއަށް ފުންމާލިއެވެ. ނަމަވެސް ވަލީދު އެހުރި ފިޔަވަޅުމަތީ ހުރީއެވެ. ޒަބޫރިޝް ފުންމާލި ވަގުތު އަތުގައި އަޅުވާފައި އޮތް ޗޭނު ގަނޑަށް ވާންވިއެވެ. ބިންމަތީގައި ޖެހުމުގެ ކުރިން އޭނާ ދުރަށް ވިއްސައިގެން ދިޔައީ ބާރު އަޑު ފަށްގަނޑާ އެކުއެވެ. **** ދޮން ދަގަނޑަށް ފެންޖެހުމުން ދުން […]
“ބޭބޭ.. އަހަރެން މިކަން ކުރާނަން..” ދާނިޝް އިސްޖަހާލައިގެން ހުރެ ބުނެލީ މަޑުންނެވެ. “ކޮން ކަމެއް؟” ދާނިޝް އެބުނި އެއްޗެއް ސާފު ނުވެގެން ވަލީދު އަހާލިއެވެ. “އަހަރެން ޔީޝާ ސަލާމަތް ކުރާނަން.. އަހަރެންނަށް ކޮންމެ ގޮތެއްވިއަސް އަހަރެންގެ ފަރުވާލެއް ނެތް.. އެ ޖިންނި އަންދާލަން އަހަރެންގެ ހަށިގަނޑުގަ ހައްޔަރު ކުރޭ” ވަލީދުއާ ހަތަރު ކަޅި ހަމަ ކޮއްލަމުން ދާނިޝް ބުނެލިއެވެ. **** “ނޫން.. ދާނިޝްއަށް އެނގޭތަ އެއީ ކިހާ ވަރެއްގެ ކަމެއްކަން..” ދާނިޝްގެ ޖުމްލަ އިވިފައި ހައިރާނުގެ ނަޒަރަކުން […]
“ޔީޝް… އަހަރެން ވާހަކައެއް ބުނަންތަ.. މިއީ މިހާރު އަހަރެންގެ ހިތް ވަރަށް ބޮޑަށް އެދޭ ކަމެއް.. އަހަރެންގެ ހިތުގެ މިއެދުން ޔީޝްއަށް އިއްވާލަދޭން އަހަރެން ވަރަށް ބޭނުން.. މިހުރިހާ ކަމެއް ނިމުނީމަ… ހުރިހާ ކަމެއް ނޯމަލްވީމަ… އަހަރެން.. އަހަރެން ބޭނުން ޔީޝްއާ މެރީ ކުރަން.. އައި ވޯންޓު ޔޫ ޓުބީ މައި ވައިފް” ދާނިޝް އެހެން ބުނުމާއެކު ޔީޝާއަށް އޭނާގެ ދެއަތް ދޫކޮއްލެވުނެވެ. ދާނިޝްގެ އަތުތެރެއިން ދުރުވެލާފައި ދާނިޝްގެ މޫނަށް ޔީޝާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. **** “ޔީޝް […]
“ޔީޝް.. ތަވީދު ކޮބާ؟” ޔީޝާގެ މޫނަށް ބަލަން ހުރެފައި ދަނިޝް ސުވާލު ކޮއްލިއެވެ. “ތަވީދު އުނަގަނޑުގަ.. އަހަރެން އެޔެއް ނުބާލަން” ޔީޝާ އެހެން ބުނެފައި އުނަގަނޑުގައި އަތް ޖައްސާލިއެވެ. ޓައިޓުގެ މަތިންވެސް ޔީޝާއަކަށް ތަވީދުގެ ރޮދިފަށުގައި އަތެއް ނުޖެހުނެވެ. “ޝިޓް.. ތަވީދެއް ނެތް.. އެކަމު ހަމަ ޔަގީން އަހަރެން އެ ނުބާލަންކަން” ޔީޝާ އެހެން ބުނުމުން ދާނިޝްގެ ނިތްކުރީވި ރޫތަށް ފުންވެގެން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. **** “މޫދުގަ އުޅެނިކޮށް ކެނޑުނީ ކަމަށް […]
“އައި ލަވްޔޫ” ކުރުވަމުން ދިޔަ ނޭވާ އެތެރެއަށް ދަމާލަމުން ދާނިޝް ޔީޝާގެ ތުންފަތުގެ ކަނަވާއާ ދިމާލުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ޓޫ” ޔީޝާ އެހެން ބުނުމާއެކު ދެމީހުންގެ ތުންފަތް މަތީ ކުޅެލީ ހިނިތުންވުމެކެވެ. ނަމަވެސް ދެވަނަ ސިކުންތު ދެމީހުންގެ ހިނިތުންވުން ފިލައިގެން ދިޔައީ ކުއްލިއަކަށް އިވުނު ބާރު އަޑުންނެވެ. ***** އެއަޑު އައީ އެމީހުން ތިބި ދިމާލުގެ ގަސްތަކު ތެރެއިންނެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ދެމީހުން ގިނިހިލަ ބަލަން ދިޔަ ރޭވެސް ގަސްތަކު ތެރެއިން […]
“ޔީޝާ ދަރިފުޅާ؟ ކޮންތާކަށް؟ ކިހިނެއްވީ؟” ބާރުބާރަށް ހިނގާފައި ދިޔަ ޔީޝާ ފެނި ރާޝިދާ ހައިރާންވެފައި ގޮވަން ފެށިއެވެ. ނަމަވެސް ޔިޝާއަށް އޭނާގެ އަޑު އިވޭހެނެއް ހިޔެއްނުވެއެވެ. ޔީޝާގެ ހޭވިފައިވާ އިސްތަށިގަނޑާ ރަތްވެ ތެމިފައިވާ ދެލޯ ފެނި ބޮޑުކަމެއް ވެއްޖެކަން ރާޝިދާއަށް އެނގުނެވެ. ޔީޝާގެ ފަހަތުން ރާޝިދާވެސް ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. ނަމަވެސް ރާޝިދާއަށް އާދެވެން ވާއިރަށް ލިޔާ މޭޒުމަތީ ހުރި ގަލަން ޖަހާ އެތީ އޮތް ކަޓަރު ހިފައިގެން ޔީޝާ ފާހަނައަށް ވަދެ ދޮރު ޖަހާފިއެވެ. ***** […]
“އަހަންނަށް ހީވަނީ ޔީޝް ދައްތައަށް ކޮންމެސް ކަމެއް ވެއްޖެހެން؟” ނަހުވާން ބުނެލިއެވެ. “ޔީޝްއަށޭ..؟؟ ކިހިނެއްވީ؟” ޔީޝާގެ ނަން އިވުމުން ދާނިޝް ކުރަން ހުރި މަސައްކަތް މަޑުޖެހުނެވެ. “ޔީޝް ދައްތަގެ މަންމަ ދެންމެ ވަލީދުބެއަށް ގުޅި.. އެދެމީހުން އެދެއްކި ވާހަކައެއް ނޭނގުނު.. އެކަމު ވަލީދުބެ ބުނި ޔީޝް ދައްތަ އެއްވެސް އެއްޗެއް ކިޔައެއް ނުދޭހޭ.. ދެން ބުނީ މާދަމާ ފެރީއިން އެރަށަށް ދާ ވާހަކަ.. ވަލީދުބެ އަމިއްލަ ރަށަށް ދާންވެފަ އޮތްވާ އެހާ އަވަސް އަރުވާލާފަ އެރަށަށް […]
“އަފާ.. މިކަމުގެ ތެރެއަށް ނުވަދެބަލަ.. އަހަންނަށް އޭނަ ކޮންމެ ކަމެއް ކުރިއަސް އަފާއަށް ކޮން ބެހޭ ކަމެއްތަ..!! ޖަސްޓު.. ޕުލީސް ލީވް މީ އެލޯން..!! މިތަނުން ދޭ. ދެން ނާންނާތި.. ގެޓް އައުޓް!! ” އަފާގެ އަތަށް ބާރުކޮށްލަމުން ޔީޝާ އެހެން ބުނީރު އެމޫނުމަތީ ރުޅިވެރިކަން ވިއެވެ. ޔީޝާގެ އަޑުގައި ހުރި ހަރުކަށިކަން ފެނިފައި އަފާ ބިރުގަތެވެ. އެއީ ހަމަ އޭނާ ރައްޓެހި ޔީޝާ ބާއޭ އަފާ ހިތަށް އެރިއެވެ. އަފާއަށް އެއްޗެކޭ ނުބުނެވެނީސް ޔީޝާ އަފާ […]