Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (13)

Dheem&Eekku Level 410 Stories100 Login500 Login
March 3, 2021 5 Mins Read
0 Comments

“ޔީޝް.. އަހަރެން ވާހަކައެއް ބުނަން ބޭނުން..އަސްލު އަހަރެން މިވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. މިދުވަސްކޮޅު ޔީޝް މާ ބަލިކޮށް އުޅޭތީ ބުނާނެ ފުރުސަތެއް ނުލިބުނީ” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތްތިލާގައި ހިފާލިއެވެ. ރަކިވެފައި ޔީޝާއަށް މަގުގެ ދެފަރަތް ބަލާލެވުނި މީހަކަށް ފެނިދާނެތީއެވެ. އޭރު އެމީހުނަށް ތިބެވުނީ ގެޔާ ވަރަށް ކައިރީގައެވެ.

“ކޮން ވާހަކައެއް؟” ތެޅި ތެޅިއޮތް ހިތަކާއެކު ޔީޝާ ބުނެލިއެވެ.

“ޔީޝް.. އައި ތިންކް އައި ލަވްޔޫ.. ނޫން އައި ޑޫ ލަވް ޔޫ ” ދާނިޝްގެ އަޑު ބޭރުވީ މަޑުންނެވެ. ނަމަވެސް އެ ހުވަފެނީ ތިން ލަފްޒު ޔީޝާގެ ކަންފަތާ ހަމައަށް ވަރަށް ރީއްޗަށް ފޯރިއެވެ.

ދާނިޝްގެ ހިތުގައި ޔީޝާއާ ދޭތެރޭ ހާއްސަކަމެއް ދެވިފައި ވާކަން އޭނާއަށް ފާހަގަ ކުރެވިފައި ވީނަމަވެސް ދާނިޝްގެ އަމިއްލަ ދުލުން އެފަދަ ބަސްތަކެއް އިވުމުން ޔީޝާގެ އަތް ފައި ފިނިވެގެން ދިޔައެވެ. އެއްފަހަރާ އެތަށް އިހްސާސެއް ހިތަށް ކުރެވުމުން ޔީޝާއަށް ޖަވާބެއް ދޭން ދަތިވިއެވެ.

“ޑޫ ޔޫ ލައިކް މީ ޔީޝް؟” ދާނީޝް އެހެން ބުނެފައި ކަންބޮޑުވީ ޔީޝާގެ ފަރާތުން ޖަވާބެއް ނައުމުންނެވެ.

“ޔީޝް އަހަރެންދެކެ ލައިކު ނުވިއަސް އެއީކީ މައްސަލައެއް ނޫން.. އަހަރެން ދެންމެ މި ދެއްކި ވާހަކަ އެއީ ނުދައްކާ ވާހަކައެއް ކަމަށް ހަދަލާ.. އަހަރެންގެ މި ގުރީޑީ އިހްސާސް ތަކުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަން ގެއްލޭކަށް ބޭނުމެއް ނޫން.. އިނގޭ” ދާނީޝް އެހެން ބުނިއިރު މޫނުމަތިން މާޔޫސްކަން ފާޅުވެއެވެ.

ޔީޝާގެ މި ހަމަހިމޭންކަމުން ދާނިޝްއަށް ނެގުނީ އެހެން މާނައެއްކަން އެނގުމުން ޔީޝާ އަވަހަށް ބޯހޫރާލިއެވެ.

“އަހަރެންވެސް.. އަހަރެންވެސް ދާނިޝް ދެކެ ލައިކް ވޭ.. އެކުވެރިއަކަށްވުރެ ގާތްކޮށް އަހަންނަށް ދާނިޝްއާ ދޭތެރޭ ދެކެވޭ” ޔީޝާ އެހެން ބުނުމުން ދާނިޝް ސިހިގެން ދިޔައެވެ. ކަންފަތަށް މިއިވުނީ ހަމަ ރަނގަޅު އެއްޗެއް ބާއޭ ދާނިޝްގެ ހިތަށް އެރިއެވެ.

“ދާނިޝް.. އައި ޑޫ ލަވް ޔޫ.. ވަރަށް ބޮޑަށް” ދާނިޝް ބަލަހައްޓައިގެން ހުރުމުން ޔީޝާ އަނެއްކާވެސް ބުނެލިއެވެ.

ދާނިޝްއަށް ހަމަބިމަށް ތިރިވެވުނީ ދެނެވެ. ޔީޝާ ބުނި އެއްޗެއް ދެނެގަނެވުމުން ދާނިޝްގެ ހިތް އުފަލުން ފޮޅުނެވެ. ބޮޑު ބަރެއް ސިކުނޑިން ލުއިވެގެން ދިޔަހެން ހީވިއެވެ.

“ޔޫ ސީރިއަސް؟.. އަހަރެން ވަރަށް އުފާވެއްޖެ” ދާނިޝް އެހެން ބުނެފައި ގުދު ވެލާފައި ޔީޝާގެ ނިތްކުރީގައި އޭނާގެ ތުންފަތް ޖައްސާލިއެވެ.

ދާނިޝްގެ ތުންފަތް އޭނާގެ މޫނުގައި ބީހިލުމާއެކު ޔީޝާއަށް ތެޅިގަނެވުނެވެ. ވަގުތުން މިހާގެ މޫނަށް ޖަމްބު ކުލަ ވެރިވެގެން ދިޔައެވެ. ރަކި ގޮތަކަށް ހީލާފައި ޔީޝާ ގޭއާ ދިމާއަށް ހިނގާގަތެވެ.

“ޔީޝް.. މަޑުކޮއްބަލަ” ޔީޝާ ދާން ފެށުމުން ދާނިޝް ގޮވާލިއެވެ. ނަމަވެސް ފަސްއެނބުރުމެއް ނެތި ޔީޝާ ހިނގަމުން ދިޔައެވެ. ޔީޝާ އެދަނީ ލަދުންކަން އެނގުމުން ދާނިޝް ގާތަށް ހިނިއައެވެ.

ދެފަރާތަށް ބޯހޫރާލާފައި ލުއި ހިނިތުންވުމަކާ އެކު ޔީޝާގެ ފަހަތުން ގެއަށް ވަނުމަށް ހިނގާގަތެވެ.

ދާނިޝްގެ ގޮވުމަށް ބީރު ކަންފަތެއް ދީފައި ގެއަށް ވަދެގެން އައި ޔީޝާގެ ހިތް ވަނީ އަވަސްވެފައެވެ. ލަދުން ކަމެއް ނޫނީ އުފަލަކުން ކަމެއް ނޭނގެއެވެ. ޔީޝާގެ މޭ ޑަން ލާފައި ތެޅެމުން ދިޔައެވެ. ސިޑިން ލާފައި ޔީޝާ އޭނާ އުޅޭ ބަޔަށް އެރިއެވެ. އަދި ދޮރު ހުޅުވުމަށް ފަހު އެތެރެއަށް ވަނެވެ. މަޑު ޑަން އަޑަކާއެކު ލެއްޕުނު ދޮރުފަތުގައި ޔީޝާއަށް ލަތްވެގަނެވުނެވެ. އަދި މަޑު މަޑުން އޭނާގެ އަތް ހިއްލާލާ ނިތް ކުރީގައި ދާނިޝްގެ ތުންފަތް ޖެހުނު ތަނުގައި ފިރުމާލިއެވެ. އޭރު ޔީޝާގެ ތުންފަތް މަތީ ހިނިތުންވުމެއް ފަވާލިއެވެ. ދާނިޝް އޭނާގެ ނިތަށް ދޮނެއް ދިން މަންޒަރު ހަލާކުވެފައި އޮތް ރިކޯޑަރެއް ހެން އޭނާގެ ކުރިމަތީ ސިފަވަމުން ތަކުރާރު ވަމުން ދިޔައެވެ. އެތަން ލޮލު ކުރިމަތީ ސިފަވަމުން ދިޔައިރު އަނެއްކާވެސް އޭނާގެ މޫނު ރަތް ވާން ފެށިއެވެ.

ކޮޓަރިން ނުކުތް އަފާއަށް މިމަންޒަރު ފެނިގެން ހައިރާންވެފައި ޔީޝާގެ ގާތަށް ޖެހިލިއެވެ.

“ކޮން ހިޔާލެއްގަ؟ ހާދަ އުފާވެފަ ހުރިހެން ހީވެއޭ.. އަޅޭ ބުލަސްވެސް ވެފަތަ؟” ގާތުގައި ހުއްޓެމުން އަފާ ވާހަކަ ދެއްކުމުން ޔީޝާ ރަނގަޅަށްވެސް ސިހުނެވެ.

“ކަމެއް.. ކަމެއް ނުވޭ؟” ނޫން ކަމަށް ހެދެމުން ޔިޝާ އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. ނަމަވެސް ޔީޝާގެ ފިޔަވަޅު ހުއްޓުނީ އަފާ އޭނާގެ އަތުގައި ހިފުމުންނެވެ.

“ބުނެބަލަ ކޮންކަމަކާ ހާދަ އުފާވެފަ ތިހުރީ؟” ޔީޝާގެ އަތުގައި ހިފާ ދަމަމުން އައިސް ސޯފާގައި ބާންދާފައި އަފާ އެހިއެވެ.

“ކަމެއް ނުވެއޭ..؟” ޔީޝާ ބުނެލިއެވެ.

“ކަމެއް ނުވާނަމަ ތިހެން ހުންނާނެތަ.. މަށަކަށް އޮޅުވައެއް ނުލެވޭނެ.. ދާނީޝްއާއެކީ ހިނގަން ގޮސްފައޭނުން ތިއައީ.. ބުނެބަލަ ހިނގަން ގޮސްފަ ކިހިނެއްތަ ވީ؟” އަފާ އަނެއްކާވެސް އަހާލިއެވެ.

“އަފާ.. އައިތިން އައިމް ރިއަލީ އިން ލަވް” ޔީޝާ އެހެން ބުނެފައި ލަދުން މޫނު ފޮރުވާލިއެވެ.

“އޯ މައި ގޯޑް ރިއަލީ؟ އެ ލަކީ ބޯއީ އަކީ ދާނިޝް ދޯ” އަފާ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލަމުން އަހާލިއެވެ. ޖަވާބުގައި ޔީޝާ ބޯޖަހާލިއެވެ.

“ދެން ބުނެފިންތަ ލައިކު ވާ ވާހަކަ؟ އޭނަ ޔީޝް ދެކެ ލައިކް ވޭތަ؟” އަފާ އަހާލިއެވެ.

“ޔެސް.. ދާނިޝް މިއަދު އަހަންނާ އެކީ ހިނގާލަން ދާން ބުނީ އެހެންވެ.. ހީ ލަވްސް މީ” ޔީޝާ ބުނެލިއެވެ.

“އައިމް ސޯ ހެޕީ ފޯ ޔޫ.. އަސްލު އެއީ ދާނިޝް ނޫން އެހެން މީހެއްނަމަ އަހަރެން އެހާ ގަބޫލެއް ނުވީސް.. އެކަމު އަހަރެން ދާނިޝްއަށް އިތުބާރު ކުރަން.. އެހެން ނޫނަސް ދާނިޝްއަކީ ރަނގަޅު ހިތް ހެޔޮ ކުއްޖެ.. މިޒަމާނުގެ ކުދިންނަށް ބަލާއިރު އެއީ ހަމަ އެންމެ ރަނގަޅު ބޯއީއޭ ބުންޏަސް ރަނގަޅުވާނެ” އަފާ އެހެން ބުނެފައި އުފަލުން ޔީޝާގެ ގައިގައި އޮޅުލައި ގަތެވެ.

ދާނިޝްގެ ވާހަކަ ދައްކަން ތިބެފައި ދެމީހުން ނިދަން ދިޔައިރު 11ވެސް ޖަހާ ބޮޑުވެއްޖެއެވެ. ޖެހިގެން އޮތް ދުވަހަކީ ހުކުރު ދުވަސްކަމުން ޔީޝާ ނިދުމުގެ ބަދަލުގައި އިރުކޮޅަކު ލެޕު ހިފައިގެން ފިލްމެއް ބަލަން އޮތެވެ. އިރުކޮޅަކު ފިލްމު ބަލަން އޮށްވާ ކުއްލިއަކަށް އޭނާ ނިދިއަންނަ ގޮތްވިއެވެ. ލެޕު ނިއްވާލާފައި އޮށޯތުމުގެ ކުރިން އެނދުގެ ބޭރަށް ގުދުވެލާފައި ތިރީ އެނދުގައި އޮތް އަފާއާ ދިމާއަށް ބަލާލިއެވެ. އޭރު އަފާ އޮތީ ފުން ނިދީގައެވެ.

ދާނިޝްގެ ހިޔާލުގައި އިރުކޮޅަކު ފުރޮޅިލަ ފުރޮޅިލަ އޮށްވާ ޔީޝާއަށް ނިދުނެވެ. ހަމަ ނިދުމާއެކު ޔީޝާއަށް ފެނުނީ ވަރަށް އެހެން ކަހަލަ ހުވަފެނެކެވެ. ސާފުނުވިއަސް އެވަމުންދާ ކަމެއް ޔީޝާއަށް ވިސްނުނެވެ. އޭނާގެ މަގަތުގައި މީހަކު އޮތްކަން އެނގެއެވެ. އަދި ދިގު އިނގިލި ތަކަކުން އޭނާގެ ބުރަކަށީގައި ފިރުމަނީއެވެ. މީހަކު ގައިމަތީގައި އޮތްކަމުގެ އިހްސާސް ކުރެވެއެވެ. މީހަކު ނުފެނުނަސް އޭނާގެ ގައިމަތީ އެއޮތީ ބަރު ހަށިގަނޑެއްކަން އެނގެއެވެ. ރާޅު އަދި ކުރަކި އަތަކުން ޔީޝާގެ ހަށިގަނޑުގެ އެކިހިސާބުގައި ފިރުމަން ފެށިއެވެ. އޭނާ ލައިގެން ހުރި ޓީސާޓު މަޑުމަޑުން މައްޗަށް ހިއްލެން ފެށިއެވެ. ލައިގެން ހުރި ހަރުވާޅު އަމިއްލައަށް ބޭލެވުނެވެ.

އެއަށްފަހު ޔީޝާގެ ހަށިގަނޑަށް ކުރުވަން ފެށީ މީގެ ކުރިން ކޮއްފައި ނުވާކަހަލަ އިހްސާސެކެވެ. މުޅި ހަށިގަނޑުގައި މަޑު ތުރު ތުރެއް އަޅަން ފެށިއެވެ. ނޭވާ ކުރުވެ ވިންދު އަވަސްވާން ފެށިއެވެ.

ކުއްލިއަކަށް ޔީޝާ ސިއްސައިގެން ގޮސް ދެލޯ ހުޅުވުނީ މީހަކު ވަރަށް ބާރަށް އޭނާގެ ކަރުގައި ހިފިހެން ހީވެގެންނެވެ. ހާސްވެގެން އޭނާއަށް ކެއްސައިގަނެވުނެވެ. އެނދުން ތެދުވެފައި ވަށައިގެން ބަލާލެވުނެވެ. އެތަނުގައި ކަނު އަނދިރިކަން ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުފެނެއެވެ.

އެނދުމަތީގައި އަތް ހާކާލާފައި އޭނާ ފޯނު ފެނޭތޯ ބެލިއެވެ. ފޯނު އަތުގައި ޖެހުމުން އަލި ކޮއްލާފައި ތަންތަން ބަލާލިއެވެ. އެތަނަކު އެއްވެސް މީހަކު ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް އޭނާއަށް ލެވުނެވެ. ނަމަވެސް ދެވަނަ ނޭވާ ތާށިވީ އޭނާގެ އަމިއްލަ ހަށިގަނޑުގައި ފޭރާމެއް ނެތްކަން އެނގުމުންނެވެ. ސިހިފައި ޔީޝާ އަވަހަށް ތެދުވެ އެނދުމަތީ އިށީނެވެ. އަދި އެއްފަރާތެއްގައި ގުޅައަކަށް އޮތް ރަޖާގަނޑު ނަގާ ގައިގައި އޮޅާލިއެވެ. އެދުގެ ބޯލާ ކޮޅުގައި ފާރުގައި ހަރުކޮއްފައި ހުރި ސުވިޗު ތަކަށް އަތް ދިގުކޮއްލާފައި ކޮޓަރި ބޮކި ދިއްލާލާފައި އޭނާ ތަންތަން ބަލާލިއެވެ. އެތަނަކު އެއްވެސް މީހަކު ނެތެވެ. އޭނާގެ އެނދުމަތި ފެނިފައި އޭނާ ހައިރާންވިއެވެ. ހީވަނީ ނަގޫ ރޯޅިއެއް އައިސްފައި އޮތްހެނެވެ. ބެޑު ޝީޓުވެސް އޮތީ ރޫ ޖެހި ގުޅައަކަށެވެ. ނިދަން ލީ ޓީސާޓާ ސޯޓުވެސް އޮތީ ގުޅައަކަށް ބިންމަތީގައެވެ. މަޑުމަޑުން އެނދުން ފާބައިގެން އައިސް ޔީޝާ ބިންމަތީ އޮތް ސޯޓާ ޓީސާޓު ނެގިއެވެ. އަދި ގައިގައި އޮޅާފައި އޮތް ބެޑުސީތު ނައްޓާލާ ހަރުގައި އޮތް ތުވާލި އޮޅާލިއެވެ

ޔީޝާ ހުރީ ވާނުވާގައެވެ. ހަމަ ޔަގީނުންވެސް އޭނާއަށް އެފެނުނީ ހުވަފެނެއްކަން ޔީޝާއަށް އެނގެއެވެ. ނަމަވެސް ހޭލިއިރު އޭނާ ބަރަހަނާކޮށް އޮންނަންވީ ކީއްވެހެއްޔެވެ. ހުވަފެނުގައި އޭނާ އަމިއްލައަށް ހެދުން ބޭލެވުނީހެއްޔެވެ. އެއީ ވެދާނެ ކަމެއްހެއްޔެވެ. ކަން ނިންމަންވީ ގޮތެއް ނޭނގިފައި ހުއްޓާ ޔީޝާ ސިހުނީ އަފާ އޭނާގެ ނަމުން ގޮވާލުމުންނެވެ.

ކޮޓަރި ބޮކި ދިއްލުމުން އުނދަގޫވެގެން އަފާއަށް ހޭލެވުނީއެވެ. އޭނާއާ ވީފަރާތަށް އަފާ އެނބުރެން ވާއިރަށް ޔީޝާ އަވަހަށް ބޮކި ނިއްވާލިއެވެ. އަދި ފާހަނައަށް ވަނެވެ.

މޫނު ދޮންނަ ތަށި ލޯގަނޑުން އަމިއްލަ މޫނު ފެނުމުން ޔީޝާ ހައިރާންވިއެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭރުވެސް އޭނާއަށް މައިނޭވާ ލެވެމުން ދިޔައެވެ. ނަމަވެސް އެއީ ސިހިފައި ހޭލެވުމުން ކަމެއް ނޫނީ ވަރުބަލިގެނެއް ކަމެއް ޔީޝާއަކަށް ނޭނގުނެވެ.

ކުޑަކޮށް ގައި ދޮވެލާފައި ޔީޝާ ފާހަނައިން ނުކުތެވެ. ފާހައިން ނުކުމެ އެނދަށް އަރަން ދިޔަ ޔީޝާ ހުއްޓުނީ ނޭފަތުގައި ކުނި ވަހެއް ޖެހުމުންނެވެ. ނަމަވެސް އެއީ ކޮންވަހެއްކަން ބުނަން ނޭނގުނީ ދެވަނަ ފަހަރަށް އެފަދަ ވަހެއް ނުދޮވުމުނެނެވެ. ސުވާލުތަކުން ސިކުނޑި ފުނި ޖެހިފައި ވީނަމަވެސް އެރޭގެ ދެން އޮތް ބައިގެ ނިދި ލިބޭތޯ ޔީޝާ ދެލޯ މަރާލިއެވެ.

މަގުމަތީގައި ހުރި ޖޯލިފަތީގައި ޔީޝާ އޮތްއިރު އޭނާގެ ސިކުނޑީގައި ސުވާލުތަކެއް ވަނީ ފުނި ޖެހިފައެވެ. ކަޅުކުލައިގެ ސާލެއް ލެވިފައިވާ ސާފު އުޑުމައްޗަށް ބަލަހައްޓައިގެން އޮތް އިރު ޔީޝާގެ ހަށިގަނޑުގައި ފިނިފިނި ވައިރޯޅި ބޮސްދެމުން ދިޔައެވެ. އެހަމަ ހިމޭން މާހައުލު އިތުރަށް ފުރިހަމަ ކޮއްދެމުން ދިޔައީ މިސްކިތުން އިވެމުންދިޔަ ނަމާދުކުރާ އަޑެވެ. ޔީޝާ އިންތިޒާރު ކުރަމުން ދިޔައީ ނަމާދުގެ ފަހު ސަލާމުގެ އަޑަށެވެ.

އިރުކޮޅެއްވެސް ނުވެއެވެ. ނަމާދުގެ ފަހު ސަލާމުގެ އަޑުއިވުނެވެ. ދާނިޝް އަންނާކަށް އިރުތަކެއް ނެއްކަން ޔީޝާއަށް އެނގޭ ނަމަވެސް ޖޯލިފަތިން ތެދުވާކަށް ޔީޝާ ނޫޅެއެވެ. ދާނިޝް އަންނަންދެން ޔީޝާ ބޭނުންވީ އެތަނުގައި މަޑުކުރާށެވެ. ޖެހެމުން ދިޔަ ވައިރޯޅީގެ އަރާމުކަމުން ޔީޝާއަށް ދެލޯ މަރާލެވުނެވެ. އެހެން އޮށްވާ ކުޑަކޮށް ނިދިއަންނަ ގޮތްވިއެވެ.

“ދޮންބެއަށް މިހާރު ބިޓެއް ލިބުނީމަ ނަހުވާން މެންނާއެކު ތާކަށް ނުދެވޭދޯ.. މިރޭވެސް ޔީޝް ދައްތައާއެކު ބޭރަށް ދާން ދޯ ތިއުޅެނީ” ޝަކުވާއިން ފުރިފައިވާ ރާގަކުން ނަހުވާން ކުސްތަޅަމުން ދިޔައެވެ.

“ނަހޫވެސް ބޮޑުވީމަ އިނގޭނެ. އެހެން ނޫނަސް ނަހޫތިއީ ރޭގަނޑު ބޭރަށް ދަހިއްވާ މީހެއްވެސް ނޫނެއްނު..” ދާނިޝް ބުނެލިއެވެ.

“ދެން މިރޭ ކޮންތާކަށްތަ ދާން ތިއުޅެނީ؟” ނަހުވާން އަހާލިއެވެ.

“ނޭނގޭތަ؟ މިރޭ ގިނިހިލަ ފެންނާނެ ވާހަކަ ކިޔޭނުން.. ނިހާމެންވެސް އެބަކިޔާ ބޯޅަދަނޑަށް ދާވާހަކަ” ދާނިޝް ބުނެލިއެވެ.

“ގިނި ހިލައޭ؟ އެކޯއްޗެ؟” ގިނިހިލައޭ ބުނީމަ ނަހުވާންއަށް ސާފެއް ނުވިއެވެ.

“ޝޫޓިން ސްޓާ.. ނަހޫވެސް ދޭބަލަ ނިހާމެންނާ އެކީގަ.. މިއީ ވަަރަށް މަދުން ނޫނީ ނުފެންނާނެ އެއްޗެ” ދާނިޝް ބުނެލިއެވެ.

ދެމީހުން ވާހަކައިގައި ގެއާ ދިމާއަށް ހިނގަމުން ދިޔައެވެ.

ގެ ހުންނަ ގޯޅިއަށް އެޅި ވަގުތު ޖޯލިފަތީ އޮތް ޔީޝާ ދާނިޝްއަށް ފެނުނެވެ. ނަހުވާން އަށްވުރެ ހިނގުން ބާރު ކޮއްލާފައި ދާނިޝް އެދިމާއަށް ހިނގާގަތެވެ. މަޑު މަޑުން ދާނިޝް ޔީޝާގެ މަގަތުގައި ހުރި ޖޯލީގައި އިށީނެވެ. އަދި ފުން ނަޒަރަކުން ޔީޝާގެ މޫނަށް ބަލާލިއެވެ. ޔީޝާގެ އެސްފިޔަތަށް ދިގު ދެލޯ މެރިފައިވާއިރު އެ ތުނި ތުންފަތް މަތީވަނީ މައުސޫމު ގޮތެކެވެ. ޔީޝާގެ މި ހިތްގައިމު މޫނު ބަލަން އުމުރު ދުވަހު އޮތްނަމަވެސް ދާނިޝްގެ ހިތުގައި ފޫހިކަމެއް ނުވާނެކެން ދާނިޝްއަށް ގައިމެވެ.

ދާނިޝްއާއި ޔީޝާއަށް ވަގުތު ދީފައި ނަހުވާންވެސް ފާޑަކަށް ހެމުން ހެމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ނަހުވާން ދިޔުމުން ދާނިޝް ޔީޝާއާ ކައިރިވެލފާއި ވައި އަޑުން ޔީޝާގެ ނަމުން ގޮވާލިއެވެ. ނަމަވެސް ޔިޝާއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. ދެވަނަ ފަހަރަށް ދާނިޝް ގޮވާލިއެވެ. ކުރިއަށްވުރެ ބާރަށެވެ.

ދާނިޝްގެ އަޑަށް ޔީޝާއަށް ލޯހުޅުވާލެވުނެވެ. ނަމަވެސް އެހާކައިރީ ހުރި ދާނިޝްގެ މޫނު ފެނިފައި ޔީޝާ ސިހުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ޤާތިލް-7

Next

އަދިވެސް ލޯބި ބޭނުމޭ. . . .

Next
March 3, 2021

އަދިވެސް ލޯބި ބޭނުމޭ. . . .

Previews
March 3, 2021

ޤާތިލް-7



All Right Reserved!