“ޔީޝްއަށް ހީވަނީތަ ޔީޝްއާ ނުލާ އަހަންނަށް މުސްތަގުބަލެއް ވާނެއޭ.. އަހަރެން މިހާވަރަށް ޔީޝްދެކެ ލޯބިވާއިރުވެސް ޔީޝް އަހަރެންގެ ލޯތްބަށް ކުޑަވެސް ގަދަރެއް ނުކުރެވޭތަ.. އަހަރެން ކިހިނެއް ޔިޝްއާ ނުލާ އުޅޭނީ..” ބާލީހުގައި ބައްދާލަމުން ދުލު ކުރީ އޮތް ޝަކުވާތަށް އަރުތެރެއަށް ހިންދާލިއެވެ. **** ދާނިޝްގެ ބައްޕައާ ވާހަކަ ދައްކަން އިނދެފައި ކޮޓަރިއަށް ދިޔުމަށް ވަލީދު ނުކުތް އިރު 10 ގަޑި ބައިވަނީއެވެ. ސިޑިން މައްޗަށް އެރުނު އިރު ވަލީދު ހުރީ ގުނބު ހިލިފައެވެ. ނިދި އައިސް ބަރުވެފައި […]
“މާދަން އަންނަން މަޑު ކުރެވުނު ނަމަ..” ސައިކަލުން ފޭބުމަށްފަހު އަފާއަށް ބުނެލެވުނެވެ. ރޭގަނޑު ވަގުތެއްގައި އެގެޔަށް އަންނަން ނިންމެވުނީތީ ވަގުތުން މޮޔަހީވިއެވެ. “ބިރުގަތީތަ؟” ޔީޝާ އަފާ އަތުގައި ހިފަމުން ބުނެލިއެވެ. “އަބަދުވެސް މިގެއަށް އަންނަން އަހަރެން ބިރުގަނޭނުން.. އެހެން ނޫނަސް މިގޭތެރެއަށް ވަންނަ މިއީ ފުރަތަމަ ފަހަރު.. މިހާ ގަސްބޯއިރު މިއޮށް އަނދިރީގަ ޖިންނިއަކު ފެނުނަސް ނޭނގޭނެ” އަފާ ބުނެލިއެވެ. “ސާބަސް.. ބިރުން ހުރީރު އަދިވެސް އެކަހަލަ ވާހަކަ ދައްކަން ޖެހޭތަ” ޖިންނިއެކޭ ބުނުމުން ޔީޝާވެސް ކުޑަކޮށް […]
“ދާނިޝްއަށް މީން އެއްވެސް ކަމެއް ނާންގައްޗޭ.. އަހަރެން ބޭނުމެއް ނޫން އަޒާންއަށް ވީގޮތް ދާނިޝްއަށް ވާކަށް.. އޭތީގެ ކިބައިން ދާނިޝް ސަލާމަތް ކޮށްދިނުމަށް އަހަރެން ދާނިޝްއާ ހުރިހާ ގުޅުމެއް ކަނޑާލަން ޖެހުނު ކަމުގައިވިއަސް އަހަންނަށް އެކަންތަށް ކުރެވޭނެ. ދާނިޝްއަށް ހަގީގަތް އެނގިއްޖެއްޔާ ދާނިޝް އަހަރެންނާ ރުޅިވާކަށް އެއްބަހެއް ނުވާނެ.. އަހަރެން ހޯދަން އަންނާނެ.. ޕުލީސް ދާނިޝް ކައިރީ ނުބުނާތީ.. އަހަންނަށް ވައުދު ވެދީ” ޔީޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. ވަލީދު އަނގަޔަކުން ނުބުންޏެވެ. ނަމަވެސް ކުޑަކޮށް ބޯޖަހާލިއެވެ. […]
“ދާނިޝް ކިހިނެއްވީތަ؟ ކީއްވެތަ ތިރޮނީ.. ބުނެބަލަ” ޔައީޝް ހައިރާނުގެ ނަޒަރަކުން ބަލާލާފައި ޔީޝާ މަސަލަސް ކުރަން ގާތްކޮށްލިއެވެ. ދާނިޝް ދެންމެގައި ކަންތަށް ކުރިގޮތް ކިޔައިދޭން ޔީޝާ އަނގަ ހުޅުވާލިއެވެ. ނަމަވެސް ދުލު ކުރީ އޮތް ބަސްތައް އަރުތެރެއަށް ވިރިގެން ދިޔައީ ގޭތެރެއިން ނުކުމެގެން އަންނަ ދާނިޝް ފެނިފައެވެ. ދާނިޝް މިތާ އެކުރަނީ ކީއްހެއްޔެވެ. މިހާއަވަހަށް ދާނިޝްއަށް އާދެވުނީ ކިހިނެއް ހެއްޔެވެ. ގައިމު ދާނިޝް ގެޔަށް އަންނަތަން ޔީޝާއަށް ނުފެނި ނުދާނެއެވެ. ސުވާލުން ސިކުނޑި ފުރެމުން ދިޔައިރު ޔީޝާއަށް […]
“އެ..އެއީ… އެއީ.. އަޒާން.. މަރުވެގެން އެއުޅެނީ އަޒާން” ދާނިޝް އެހެން ބުނުމުން އެތަނުގައި ތިބި އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “އަޒާންއޭ؟” ނިހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. “އާން.. ވަރަށް އިހާނެތިކޮށް އޭނާ މަރާލާފަ އެއޮތީ” ދާނިޝް އެހެން ބުނެފައި އެތަނުގައި ނުހުންނަން އެތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެފައި ދާނިޝް ބާރަށް ދޮރު ޖެހިއެވެ. އަދި ފާރުގައި ގޮއްމުށުން ޖެހިއެވެ. ހީވަނީ އޭނާ އައިސްފައިވާ ރުޅި ފާރަށާ ދޮރުފަތަށް ބާލުވަނީ ހެނެވެ. މުށިގަނޑުމަތީ އިށިީންދެ ދާނިޝް ދޮރުފަތުގައި […]
އަޒާންގެ ނޭވާ ކުރުވާން ފެށިއެވެ. ދެލޯ ބޮޑުވެ ދޫވެސް ބޭރުވާން ފަށައިފިއެވެ. ދެލޮލަށް ލޭކުލަ އަރާ މުޅި މޫނުމަތިވެސް ރަތްވެއްޖެއެވެ. އަމިއްލަ ނިކަމެތިކަމާއެވެ. އަމިއްލަ ސަލާމަތަށް އެދި ގުޑާވެސް ނުލެވިފައި އޮތްވާ އަޒާންގެ އެންމެ ފަހުނޭވާއާ އެކު އޭނާގެ ފުރާނަވެސް ހަށިގަނޑާ ވަކިވެއްޖެއެވެ. ހަށިގަނޑުގެ ވިންދުތަށް މަޑުޖެހި ހަށިގަނޑު ދެމުނެވެ. ބިމަށްވުރެ 10 ވަރަކަށް ފޫޓު މަތީގައި އެލި އެލި އޮތް އަޒާންގެ ފުރާނަ ނެތް މަސްގަނޑަށް ބަލަހައްޓައިގެން ހުރެފައި ޒަބޫރިޝް ގަހުން ފުންމާލިއެވެ. އަދި އަނދިރީގެ […]
“ޔޫ އޯކޭ؟” އަފާ ޔީޝާގެ އަތުގައި ހިފާލިއެވެ. ޔީޝާ ބޯޖަހާލަމުން ގަދަކަމުން ހީލިއެވެ. ޔީޝާ އެހުރީ ދާނިޝް ކަހަލަ ފިރިހެނަކާ ހުރެ އޭނާގެ ކަރުނަ ބޭކާރު ނުކުރަން އަމިއްލައަށް ވައުދުވެފައެވެ. އޭނާގެ ކަރުނައިގެ އަގު ވަޒަން ނުކުރާ މީހަކާމެދު ރުއިމުގެ ބޭނުމެއް ކޮބާހެއްޔެވެ. އޭނާގެ ހިތުން ދާނިޝް ނެރެލިހެން ކުޑަ ދުވަސްކޮޅެއްތެރޭ ދާނިޝްގެ ލޮލު ކުރިމަތިންވެސް އޭނާ ދާނެއެވެ. އޭނާ އެނބުރި ރަށަށް ދިޔުމަށްފަހު ދާނިޝް އެއީ އޭނާގެ މާޒީގެ އަނދިރި ސަފްހާތަކަކަށް ވެގެން ދާނެއެވެ. **** […]
ބޭރުން އޭނާގެ ނަމުން ގޮވަމުން ދިޔަ އަފާއާއި ޔައީޝްގެ އަޑަށް ބީރު ކަންފަތެއް ދީގެން ހުރެ ޔީޝާ އޭނާ ހިތް ފުރޭވަރަށް ރޯލިއެވެ. އޭނާގެ ހިތުގެ އުދާސްތަކާ ޝަކުވާތަށް އޭނާއަށް ބޭރުކުރެވޭނީ މިހެން ނޫން ހެއްޔެވެ. އޭނާ ޝަކުވާ ކުރާނީ ކާކު ކައިރީ ހެއްޔެވެ. އޭނާގެ ސިކުނޑި ތޮރުފަމުންދާ ސުވާލުތަކުގެ ޖަވާބު ދޭނީ ކާކުހެއްޔެވެ. **** ސޯޅަ ވިލޭރެއެވެ. ވަލީދު އިންތިޒާރު ކުރަމުން އައި ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް އޭނާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. […]
“އަފާ.. މިއީ ދައްކަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނޭ. އަހަންނަށް ހީވަނީ ދެން އެންމެ ރަނގަޅު ވާނީ އަހަރެން ރަށަށް ދިޔައްޔާހެން. މިހާރު ކިޔެވުންވެސް މިއަހަރަށް ނިމުނީނުން.. ” ޔީޝާ ކޮޅަށް ތެދުވެ ޖިންސުގައި ހުރި ކުނިތަށް ފޮޅާލިއެވެ. “ދެން ދާނިޝް އޯ” އަފާ އަހާލިއެވެ. “އަހަރެން ބޭނުންވަނީ ބުރޭކަޕް ވާން.. އައި ނީޑް އަ ބުރޭކް” ޔިޝާ އެހެން ބުނީރު އޭނާގެ ދެލޯ ފެންކަޅިވިއެވެ. **** “ކީކޭ؟ އެކީއްވެ؟ ޔީޝް ވެގެން އުޅޭގޮތެއް އަހަންނަށް ކިޔައިދީބަލަ.. […]