Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (7)

Dheem&Eekku Level 410 Stories100 Login500 Login
February 6, 2021 5 Mins Read
2 Comments

ދާނިޝް ދިޔުމުން ޔީޝާވެސް ތިރިީގައި ހުރި ބެންޗު ތަކާ ދިމާއަށް ހިނގާގަތެވެ. ބެންޗުގައި އިށީންދެފައި ފޯނު ނަގާ ފޭސްބުކަށް ވަދެލިއެވެ. ވަގުތު އަވަހަށް ދުއްވާލަން ފޭސްބުކު ޕޭޖު ހާވަން ފެށިއެވެ. އެހެން އިންދާ ޔީޝާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި މިހަކު ކަރުކެހިލި އަޑު އިވުމުންނެވެ. އިސް އުފުލާލާ ބަލާލިއިރު މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރީ އަޒާންއެވެ.

*****

 

ޔީޝާ ކުޑަކޮށް ފަހަތަށް ޖެހިލުމުން އަޒާން އޭނާގެ ކުރިމަތީހުރި ގޮނޑީގައި އިށީނެވެ. އަޒާންއަށް މާބޮޑު ސަމާލުކަމެއް ނުދީ ޔީޝާ އަނެއްކާވެސް ފޯނާ ދިމާއަށް ބަލާލިއެވެ.

“ކޮން ނަމެއް ކިޔަނީ؟” އަޒާންގެ ބަރު އަޑުން އޭނާ ބުނެލިއެވެ.

“ކީއްވެ ވާހަކަ ނުދައްކަނީ؟” ޔީޝާ އަނގައިން ނުބުނުމުން އަޒާން އަނެއްކާވެސް ބުނެލިއެވެ.

ދެންވެސް ޔީޝާ އަޅާ ނުލުމުން  އަޒާން މޭޒުމަތީގައި އޮތް ޔީޝާގެ ފޮތް ދަަމައިގަތެވެ.

“ޔީޝާ.. އޫމް.. ކުއްޖާއާ އެއްވަރަށް ނަންވެސް ރީތި” ފޮތުގެ ބަނޑޭރީގައި ރީތިކޮށް ޖަހާފައި އިން ނަން ކިޔާލަމުން އަޒާން ބުނެލިއެވެ.

“ގެނޭ އަހަރެންގެ ފޮތް” އަޒާންގެ އަތުން ފޮތް ދަމާ ގަނެފައި ޔީޝާ ބެންޗުން ތެދުވިއެވެ. ނަމަވެސް ޔީޝާ ދުރަށް ހިނގާގަންނަން ވާއިރަށް އަޒާން އޭނާގެ މުލައް ދަނޑީގައި ހިފާ ހުއްޓުވިއެވެ.

“މަށާ ރައްޓެހިވާން ކެރޭނެތަ؟” އަޒާން އެހެން ބުނުމުން ހައިރާނުގެ ނަޒަރަކުން ޔީޝާ އޭނާއާ ދިމާއަށް ބަލާލެވުނެވެ. މިއީ ކޮންކަހަލަ މިހެއްބާއޭ ޔީޝާގެ ހިތަށް އެރިއެވެ.

ގަދަކަމުން އަޒާންގެ އަތް ފޮޅުވާލަމުން ޔީޝާ އެތަނުން ދުރަށް ހިނގާގަތެވެ. އޭރު އެތަނުގައި ތިބި ގިނަބައެއްގެ ސަމާލުކަންވެސް އޭނާއަށް ހުއްޓިފައި ވިއެވެ. ކެމްޕަހަށް އައި ފުރަތަމަ ދުވަހު މިކަހަލަ ކަމަކާ ދިމާވުމުން ޔީޝާ ހުރީ ތަބީއަތު ގޯސްވެފައެވެ. މީހުންގެ ބެލުންތަކުން ދުރުވުމަށް ޔީޝާ އަވަހަށް ކުލާހާ ދިމާއަށް ހިނގާގަތެވެ.

 

 

އެރެއެވެ. މަޑު ހިނގުމެއްގައި ޔީޝާއާއި އަފާ މިސްރާބު ޖެހީ ކައިވެނި ހަފްލާއަކަށެވެ. އެއީ ޔީޝާ ދަންނަ ބައެއް ނޫން ނަމަވެސް ދާން އެއްބަސްވީ އަފާގެ އެދުމަށެވެ. ކުޑަގޮތަކަށް ކާލާފައި ދެމީހުން ޕާޓީއިން ނުކުތް އިރު ގަޑިން 10 ޖަހަނީއެވެ. ލަސްނުވެ ދެމީހުން ގެއަށް ދާން ހިނގާގަތް ތަނާ އަފާގެ އެކުވެރި ގުރޫޕު ގަނޑެއް އެތަނަށް އައެވެ. އެމީހުންނާ ވާހަކަ ދައްކަން އަފާ މަޑު ކޮއްލުމުން ޔީޝާ އެއްކައިރިއަށް ޖެހިލިއެވެ.

“އަފާ ހިނގާބަލަ އަހަރެމެންނާ އެކީ ޕިކަޕު ބުރު ޖަހަން ދާން.. މިހާރު މީނަ ހާދަ ވަގުކޮށޭ އުޅެނީ” އެތަނުން އެއްކުއްޖަކު ބުނެލިއެވެ.

“ވަގީކީ ނޫން.. ހަމަ ބިޒީ ކަމުން.. އޭ ނެތޭ ބުރު ޖަހަން ދެވޭކަށް އަހަރެން މިއުޅެނީ ކުއްޖަކުވެސް ގޮވައިގެން” އަފާ ބުނެލިއެވެ.

“އެކުއްޖަ ގޮވައިގެން ހިނގާބަލަ.. މީހުން ގިނަވި ވަރަކަށް މަޖާވެސް ވާނީ” ރައްދުގައި ދެން ހުރި ކުއްޖާ ބުނެލިއެވެ.

“ހިއެއް ނުވޭ އޭނަ ގޮސްދާނެ ހެން.. މަޑުކުރޭ އަހާލާނަން” އަފާ އެހެން ބުނެފައި ޔީޝާ ކައިރިއަށް ޖެހިލިއެވެ.

“ޔީޝް ހިނގާބަލަ ޕިކަޕު ބުރު ޖަހަން ދާން” އަފާ ބުނެލިއެވެ.

“ނޫން އަފާ.. އަހަރެން ބޭނުން ވަނީ އަވަހަށް ނިދަން.. މާދަން ކުލާސްވެސް އެބައޮތް” ޔީޝާ އެކަމަށް އިންކާރު ކުރަމުން ބުނެލިއެވެ.

“އަހަރެން ނުދިޔަޔަސް އަފާ އެމީހުނާ އެކީ ދޭބަލަ.. އޯކޭ ވާނެ.. އަހަރެން އެކަނިވެސް ހިނގާލާފަ ދެވިދާނޭ” އަފާގެ މޫނަށް އެރި ކުލަވަރުން އަފާ އެހުރީ ވަރަށް ދާހިތުން ކަން ޔީޝާއަށް އެނގުނެވެ.

“އެކަމު.. އެނގޭނެތަ އެކަނި ދާން” އަފާ ކަންބޮޑުވުމުގެ ރާގަކަށް ބުނެލިއެވެ.

“އަހަރެން މިއީ ކުޑަކުއްޖެ ނޫނޭ.. ދެން އެހާ ދުރެއްވެސް ނޫނެއްނު” ޔީޝާ އެހެން ބުނުމުން އަފާ ބޯޖަހާލަފައި އޭނާގެ އެކުވެރި ގުރޫޕާއެކު ހިނގައި ގަތެވެ. ޔީޝާވެސް މަޑު ނުކޮށް ގެޔަށް ދެވޭތޯ ހިނގާގަތެވެ. އެވަގުތު ޔީޝާގެ ފޯނަށް މެސެޖެއް އައެވެ.

“ގެޔަށް ގޮސް ގުޅާލާތި.. ގުޑު ނައިޓު ”

އަފާގެ މެސެޖު ކިޔާލުމާއެކު ޔީޝާގެ ތުންފަތް މަތީ ހިނިތުންވުމެއް ފަވާލިއެވެ. އޯކޭއޭ ބުނެ ރިޕްލައި ކޮށްފައި ޔީޝާގެ ހިނގުން ބާރު ކޮއްލިއެވެ.

 

ނަހުވާން ގުޅާފައި ދަޅު ގަނެދޭށޭ ބުނުމުން ފިހާރައަށް ދިޔަ ދާނިޝްއަށް އެރުނީ އެމަގުން ލާފައި ދިޔަ ޔީޝާގެ ކުރި މައްޗަށެވެ.

“ޔީޝާ… ހައި.. އެކަނިމާ އެކަނި ކޮންތާކަށް ތިދަނީ” ދާނިޝް އަހާލިއެވެ.

“ހައި ސާރ.. މިއަންނަނީ ޕާޓީއަކުން.. މިހާރު ގެޔަށް މިދަނީ” ޔީޝާ ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ބުނެލިއެވެ.

“އަހަންނަށް ސާރ ކިޔުން ހުއްޓާލާނީ ކިޔެއް ކޮއްދިނީމަ..” ދާނިޝް ބުނެލިއެވެ.

“ހަނދާން ނެތުނީ.. ކޮންތާކަށް ތިދަނީ” ޔީޝާ އަހާލިއެވެ.

“މިދަނީ ފިހާރައަކަށް.. ޔީޝާވެސް ހިނގާބަލަ އަހަރެންނާ އެކީ.. އޭރުން ހިލޭ ދަޅެއްވެސް ލިބިދާނެ” ދާނިޝް އެހެން ބުނުމުން ޔީޝާ ހީލާފައި ދާނިޝް އާއެކު ފިހާރައަށް ދިޔައެވެ.

ރުފިޔާ ދައްކާފައި ކޮތަޅު ހިފައިގެން އައިސް ދާނިޝް ކޮތަޅުން ދަޅެއް ނަގާ ޔީޝާއަށް ދިއްކޮއްލިއެވެ.

“ތެންކްސް..” އެ ދަޅުގައި ހިފަމުން ޔީޝާ ބުނެލިއެވެ.

“އެކަމު ތި ދަޅު ބުއިމަށް ފަހު ކުލާހުން ބޭރުގަ އަހަންނަށް ސާރ ކިޔައިގެން ނުވާނެ.. އެހެން ނޫނީ ޔީޝާ ޖެހޭނެ މަށަށް ތީގެ 10 ދަޅު ދޭން” ދާނިޝް ބުނެލިއެވެ.

“އޯކޭ.. ދެނެއް ނުކިޔާނަން.. ދާނިޝް ސާރ” ޔީޝާ އެހެން ބުނުމުން ދާނިޝް ދެލޯ ކުޑަކޮއްލާފައި ޔީޝާގެ އަތުގައި އޮތް ދަޅު ޖަހައި ގަންނަން އުޅުނެވެ.

ދާނިޝްއަށް ދަޅު އަތު ނުލެވޭނެހެން ދަޅު ދުރު ކޮއްލަމުން ޔީޝާ ހޭން ފެށިއެވެ. މިއުޒިކެއް ފަދައިން ޔީޝާގެ ހުނުމުގެ އަޑު ދާނިޝްގެ ކަންފަތުގައި ޖެހުމުން ބޭއިހްތިޔާރުގައި ދާނިޝް އަށްވެސް ހެވުނެވެ. ފުން ނަޒަރަކުން ރީތިކަމުގެ މޮޅު މިސާލެއްފަދަ ޔީޝާގެ މޫނަށް ބަލާލުމުން ދާނިޝްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިގަތެވެ. އަތްފައި ފިނިވެ ހިތުގެ ތެޅުން އަވަސް ވުމާއެކު ހިތަށް ކުރުވީ އާދަޔާ ހިލާފު އިހްސާސެކެވެ.

“ކިހިނެއްވީ؟” ދާނިޝް ބަލަން ފެށުމުން ކުޑަކޮށް ރަކިވެފައި ޔީޝާއަށް އަހާލެވުނެވެ.

“ކަމެއް.. ކަމެއް ނުވޭ” ދާނިޝްވެސް ރަކިވެފައި ބޯކަހާލިއެވެ.

“ޔީޝާ އެކަނިތަ އުޅެނީ.. ކޮންތާކު ގެހުންނަނީ” ދާނިޝް އަހާލިއެވެ.

“އަހަރެން އުޅޭ ގެހުންނަނީ މިތާ ވަރަށް ކައިރީގަ.. އަހަރެން އުޅެނީ ފުރެންޑަކާ އެކީ.. ކުދިން ބަލާ ގެޔެއްގަ ކުއްޔަށް މިހުންނަނީ” ޔީޝާ ބުނެލިއެވެ.

“އެހެންތަ..” ދާނީޝް  ބޯޖަހާލިއެވެ.

“ދާނީޝް ދެން އަހަރެން ފަހަތުންތަ ދާނީ.. އޯކޭއޭ ދާނީޝްގެ ގެޔަށް ދިޔަޔަސް” ޔީޝާ ބުނެލިއެވެ.

“އަންހެން ކުއްޖަކު އެކަނި ދޫކޮއްލާފަ ކިހިނެއް ދާނީ.. އެހެން ނޫނަސް އަހަރެންވެސް އުޅެނީ މިހިސާބުގައޭ.. ޔީޝާ އުޅެނީ ކޮންގެއަކުތަ؟” ދާނީޝް ބުނެލިއެވެ.

” އެހެރީ އަހަރެން އުޅޭ ގެ.. ދެބުރިއަށް ނަގާފަ އެހުރީނުން” އެމަގުގައި ދެބުރިއަށް ރާނާފައި ހުރި ހަމައެކަނި ގެ ދައްކާލަމުން ޔީޝާ ބުނެލިއެވެ. ޔީޝާ ދެއްކި ދިމާއަށް ބަލާލުމާއެކު ދާނިޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ އޭނާގެވެސް ގެޔެވެ. އެގެޔަށް އައިސް އުޅޭ އާކުއްޖަކީ ޔީޝާ ބާއޭ ދާނިޝްގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއެކުވެސް ދާނީޝްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ.

“ދޮރާ ހަމައަށް ގެންގޮސް ދޭންށޭ އަހަރެން މިހުރީ” ދާނީޝް ބުނެލިއެވެ.

“ހޫމް މިހާރު ދޮރާ ހަމައަށް އާދެވިއްޖެ އޭނުން.. ދެން ދޭ” ޔީޝާ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“އަހަރެން އެތެރެއަށް ވަދެލިއަސް އޯކޭ ވާނެ ދޯ” ދާނީޝް ހީލަމުން ބުނެލިއެވެ. އަދި ޔީޝާގެ ޖަވާބަކަށް ނުބަލާ ދޮރާށި ބޮޑަށް ހުޅުވާލަމުން އެތެރެއަށް ވަންނަން އުޅުނެވެ.

“ނޫން.. ދާނީޝް. ދާނީޝް އެތެރެއަށް ވަޏިމަ މިގޭ މީހުން ހީކުރާނީ ކީކޭ.. އަހަރެން އަދި މިަތަނަށް އައިފަހުން ހަފްތާއެއްވެސް ނުވޭ.. އަނެއްކަ އެމީހުން ހިތްހަމަ ނުޖެހިގެން އަހަރެން ނެރެލާފިއްޔާޔޯ” ޔީޝާ ހާސްވެފައި ބުނެލިއެވެ.

“އެއީދެން އެވަރު ކަމެއްތަ..” ދާނީޝް ދެކޮނޑު ހިއްލާލަމުން ބުނެލިއެވެ.

“ޔީޝާ.. ޔީޝާ ދޯ މިއުޅެނީ” ޔީޝާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ފަހަތުން އިވުނީ ނާޒިޔާގެ އަޑެވެ.

“ދާނިޝް ދެންވެސް ދޭބަލަ.. އެއޮށް އަންނަނީ ދައްތަވެސް” ދާނީޝްގެ އަތުގަ އަޅާ ކޮއްޕަމުން ޔީޝާ ބުނެލިއެވެ.

“ކީއްވެތަ އެތެރެއަށް ނުވަދެ ތިހުންނަނީ.. ކޮބާ އަފާ؟” ނާޒިޔާ ދޮރާށި ކައިރިއަށް އައިސް އަހާލިއެވެ.

“އަފާ އަންނާނީ ތަންކޮޅެއް ލަހުން” ޔީޝާ ބުނެލިއެވެ. އަދި ދެލޯ ކުޑަކޮއްލާފައި ދާނިޝްއާ ދިމާއަށް ބަލާލީ އަދިވެސް ދާނިޝް ދާން ނޫޅުމުންނެވެ.

“އާދެވިއްޖެ ދޯ.. މިހާރު ނަހުވާން އެބައުޅޭ ދަރިފުޅު ނައިސްގެން” ދޮރާށި ކައިރީ ހުރި ދާނިޝް ނާޒިޔާއަށް ފެނުނީ ދެނެވެ.

ދާނިޝްއާ ދިމާއަށް ނާޒިޔާ ދަރިފުޅޭ ބުނުމުން ޔީޝާ ދެލޯ ބޮޑު ކޮއްލާފައި ދެމީހުންގެ މޫނަށް ބަލާލެވުނެވެ.

“ޔީޝާ ބުނީ އަހަރެން މިގެއަށް ވަދެއްޖެއްޔާ މިގޭ ވެރިމީހުން ރުޅި އަންނާނޭ.. އެހެންވެ ހުއްދަ ދެންދެން މިހުންނަނީ” ދާނިޝް ލާނެތް ގޮތަކަށް ހީލަމުން ބުނެލިއެވެ.

“ޔީޝާ އަކަށް އަދި ނޭނގޭ ދޯ.. ދާނިޝްވެސް އެއީ އަހަރެންގެ ދަރިއެކޭ.. ދެންެވެސް ވަދެބަލަ އެތެރެއަށް” ނާޒިޔާ އެހެން ބުނެފައި ހިނގައި ގަތެވެ.

“މިއީ ދާނިޝްގެ ވެސް ގެތަ؟ ކީއްވެ ކުރިން ނުބުނީ” ޔީޝާ އަހާލިއެވެ.

“ނާހަމޭނުން.. އެނީވޭސް.. މިގެއަށް ޔީޝާ ބޭނުން ކޮންމެ މީހަކު ގެނަޔަސް މިގެއަކުން ނެރެއެއް ނުލާނެ.. އަހަރެން މަންމަ ވަރަށް ކޫލްވާނެ” ދާނިޝް ބުނެލިއެވެ.

“އަސްލުވެސް އަހަރެން ހިއެއް ނުކުރަން މިއީ ދާނިޝްގެ ގެޔަށް ވެދާނެ ކަމަކަށް..” ޔީޝާ ބުނެލިއެވެ.

“ކިހާ ބޮޑު އިއްތިފާގެއް ދޯ.. ހިނގާބަލަ ކޮފީއެއް ބޯލަން” ދާނިޝް ބުނެލިއެވެ.

“އޯކޭ ވާނެ.. އަހަރެން ވަރަށް ޓަޔަޑު. ދެން ދާނީ އަވަހަށް ނިދަން” ޔީޝާ ބުނެލިއެވެ.

“މައްސަލައެއް ނެތް.. ސީ ޔޫ އެޓް ކުލާސް” ދާނިޝް އެހެން ބުނެފައި އެތެރެއަށް ވަނުމުން ވަކިން ހުންނަ ސިޑިން ލާފައި ޔީޝާ މައްޗަށް އެރިއެވެ.

 

 

ރޭގަނޑުގެ ވަގުތެވެ. ކޮޓަރިތެރޭ ހުރި ލިޔާ މޭޒު މަތީގައި ލެޕްޓޮޕު ހިފައިގެން އިނދެ ޔީޝާ ފިލާވަޅުތަށް ނިންމަމުން ދިޔައެވެ.

“ޔީޝް.. މިގޭ މީހުން އެބަކިޔާ ދަތުރު ދާވާހަކަ.. ޔީޝް ދާނަންތަ؟” ކޮޓަރިއަށް ވަދެގެން އައި އަފާ ބުނެލިއެވެ.

“ކޮންތާކަށް ދަތުރު ދަނީ؟” ލެޕްޓޮޕު ލައްޕާލާފައި އަފާއާ ދިމާއަށް އެނބުރެމުން ޔީޝާ އަހާލިއެވެ.

“ފަޅު ރަށަކަށް.. މިގޭ މީހުންގެ ތިމާގެ ބައެއްވެސް ދެޔޯ ބުނީ.. އެކަމު އަހަރެން ދާނީ ޔީޝް ދަންޏާ” އަފާ ބުނެލިއެވެ.

“ރަށުން ބޭރަށް ދަތުރު ދާން ހުއްދަ ލިބިދާނެ ހެނެއް ހިިޔެއް ނުވޭ.. އެނގޭނުން މަންމަމެންގެ ގޮތް” ޔީޝާ ކުޑަކޮށް ދެރަވެފައި ބުނެލިއެވެ. އޭނާއާ ހުރެ އަފާއަށް ދަތުރު ނުދެވި ދާނެތީއެވެ.

“ކީއްވެތަ ހުއްދަ ނުދޭންވީ.. މަޑުކުރޭ އަހަރެން ޔީޝްގެ މަންމައަށް ގުޅާނަން.. އެހެން ނޫނަސް ބޮޑެތި މީހުންވެސް ދެޔޭ” އަފާ އެހެން ބުނެފައި ޖީބުން ފޯނު ނަގާ ރަޝީދާގެ ނަންބަރަށް ގުޅާލިއެވެ.

ރަޝީދާގެ ރުހުން ހޯދުމަށް އަފާ އާދޭސް ކުރަމުން ދިޔަ މަންޒަރު ބަލަން ޔީޝާ ހުރީ ހިނިއައިސްފައެވެ. އެތަށް އިރަކު އާދޭސް ކުރުމަށް ފަހު ނަސީބަކުން ރަޝީދާ ހުއްދަ ދިނެވެ. އެކަމު އެއީ ބަލައިގެން އުޅުމަށް އެތަށް ފަހަރަކު ހަނދާން ކޮއްދީފައެވެ.

“އަފާ ގަދަ އިނގޭ.. ތިއީ އަދި އަހަންނަށް ނުކުރެވޭ ކަމެއް” ޔީޝާ ބުނެލިއެވެ.

“މަށަށް އިނގެޔޭ ޔީޝްގެ މަންމަ ހުއްދަ ދޭނެކަން.. އަހަރެން މިދަނީ ނިހާ ކައިރީ ދާވާހަކަ ބުނަން..” އަފާ އެހެން ބުނެފައި ކޮޓަރިން ނުކުތެވެ.

އަފާ ދިޔުމުން ޔީޝާ އެނދުމަތީ އޮށޯތެވެ. ހެނދުނު ކޮލެޖަށް ދާން ޖެހޭތީ އަވަހަށް ނިދުމުގެ ނިޔަތުގައި ދެލޯ މަރާލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ދެލޯ ހުޅުވާލެވުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ބާލިސް ދަށުން ފޯނު ނަގާ ބަލާލިއިރު އެއީ ދާނިޝްގެ މެސެޖެކެވެ.  ފާއިތުވި މަދު ދުވަސްކޮޅު ތެރޭ ޔީޝާއާއި ދާނިޝްގެ އެކުވެރިކަމަށް އިތުރު ގާތްކަމެއް އައިސްފައި ވެއެވެ. ކޮންމެ ދުވަހަކުހެން މެސެޖު ކުރަމާއި އެކީތަންތަނަށް ދިޔުން އެއީ އާންމު ކަމަކަށް ވެއްޖެއެވެ.

“ނިދަނީތަ؟” ދާނިޝްގެ މެސެޖު ކިޔާލުމާއެކު ޔީޝާގެ ލޮލާ ނިދި ރުޅިވިއެވެ. ތެދުވެ އެނދުމަތީގައި އިށީންދެ ނުނިދަން ކަމަށް ބުނެ ޖަވާބު ދިނެވެ.

“މިއުޅެނީ ދަތުރު ދާން.. ޔީޝް ދާންނަންތަ އަހަރެމެންނާ އެކީ” ދާނީޝް އަހާލިއެވެ.

“ދާނިޝް ބޭނުންތަ އަހަރެން ގެންދަން؟” ޖަވާބުގައި ޔީޝާ ކޮއްލީ ސުވާލެކެވެ.

“އަހަރެން ބުނެފިއްޔާ ޔީޝް ދާންނަތަ؟” ދާނިޝްވެސް އަހާލިއެވެ.

“ދާނިޝް ދަންޔާ އަހަރެން ކޮންމެހެންވެސް ދާންވާނެތާ ދޯ” ޔީޝާ ބުނެލިއެވެ. ޔީޝާގެ މެސެޖު ކިޔާލާފައި ދާނިޝްގެ މޫނުމަތީ ހިނިތުންވުމެއް ފަވާލިއެވެ. ޔީޝާ އެހެން ބުނީ ވަކި މާނައެއްގައި ނޫނަސް ދާނިޝްގެ ހިތަށް އުފާވެރިކަން ގެނުވިއެވެ.

“މާދަމާ ރޭ ނިހާ އާ ނަހުވާންމެން ގޮވައިގެން ދަތުރަށް ބޭނުންވާ އެއްޗެހި ގަންނަން ދަން.. ޔީޝް ދާނަން ދޯ އަހަރެމެންނާ އެކީ ” ދާނިޝް ދައުވަތު ދެމުން ބުނެލިއެވެ. ޔީޝާ އުފަލާއެކު ދާން އެއްބަސްވީ އަފާވެސް ގޮވައިގެނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ކިޔަވާ ދުވަސްވަރު އެހެނިހެން ހުނަރުތައް ދަސްކުރުމީ ފައިދާހުރި ކަމެއްހެއްޔެވެ؟

ބަރުބާދުވެ ދިޔަ ހަޔާތް
Next

ބަރުބާދުވެ ދިޔަ ހަޔާތް

Next
ބަރުބާދުވެ ދިޔަ ހަޔާތް
February 6, 2021

ބަރުބާދުވެ ދިޔަ ހަޔާތް

Previews
February 6, 2021

ކިޔަވާ ދުވަސްވަރު އެހެނިހެން ހުނަރުތައް ދަސްކުރުމީ ފައިދާހުރި ކަމެއްހެއްޔެވެ؟

2 Comments!

  1. redlailacrose says:
    February 7, 2021 at 8:31 pm

    Nice stry. ???When’s next part??

    1. Dheem&Eekku says:
      February 8, 2021 at 12:41 pm

      Thank you ?
      Insha allah v avahah next part up kohdheynan

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (8)←


All Right Reserved!