އާޒިމްއާއެކު ހޯލުން ނުކުތް ސުހާންގެ ފައިން ވަރު ދޫވެ ތިރި ވެވުނެވެ. މޭގައި އަތް އަޅާލެވުނީ ނޭވާ ލާން ދަތި ވެގެންނެވެ. “ސުހާން؟ ކިހިނެއްވި؟” އާޒިމް ހާސްވެފައި ބުނެލިއެވެ. ސުހާންގެ ބޮލަށް ބަރުވެ ރިއްސަން ފެށިއެވެ. ނާށިގަނޑު ފަޅާލާފައި ސިކުނޑި ނުކުންނަން އުޅޭ ހެން ހީވާން ފެށިއެވެ. ސުހާން އަތުލަފިކޮށްގެން ތިރިއަށް ފޭބުނީ ކިރިޔާއެވެ. ނަމަވެސް ކާރާ ހަމައަށް ދެވެން ވާއިރަށް ސުހާންގެ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. **** އެމާޖެންސީ ރޫމުގެ ބޭރުގައި އާޒިމް ދެފަރާތަށް […]
“އަހަރެން މިހާރު ސުހާންދެކެ ލޯތްބެއް ނުވޭ.. އަހަރެން މިހާރު އެހެން މީހަކު ދެކެ ލޯބި ވެވިއްޖެ” ލަމްހާ އެހެން ބުނެފައި ގެއަށް ވަނުމަށް ހިނގައި ގަތެވެ. “ބުނޭ ތީ ދޮގެކޭ.. ތިއީ ދޮގެއް. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ” ސުހާން ލަމްހާ އަތުގައި ހިފަހައްޓާ ހުއްޓުވިއެވެ. “ސުހާން ޕުލީސް. އަހަރެން މަތިން ހަނދާން ނައްތާލާ..” ލަމްހާއެހެން ބުނެފައި އެތެރެއަށް ވަނެވެ. **** ދޮރުން އެތެރެއަށް ވަދެވުމާއެކު ލަމްހާގެ ރުއިން ފަޅައިގެން ދިޔައެވެ. ހިފެހެއްޓުމެއް ނެތި ލަމްހާއަށް ގިސްލެވެން […]
ކުރި ނުފެންނާތީ އިރު އިރުކޮޅާ ބޯއަރި ކޮއްފައި ބަލަމުން ކުރިއަށް ހިނގަމުން ދަނިކޮށް ކުއްލިއަކަށް ކުރި މައްޗަށް އެރި މީހާ ގައިގައި ލަމްހާ ޖެހުނެވެ. އަތުން ފޮއްޓާއި ކަރުދާސްތަށް ދޫވެ އަރި އަޅާލި ވަގުތު ލަމްހާގެ އަނގައިން ތޫލި ހަޅޭކެއް ބޭރުވިއެވެ. ބިރުގަތް ވަރުން ލަމްހާގެ ދެލޯ މަރާ ދަގުޅި ކޮއްލެވުނެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ބަދަލުގައި ލަމްހާއަށް އިހްސާސްވީ ބާރުގަދަ ދެއަތް އޭނަގެ އުނަގަނޑުގައި ހިފާލިކަމެވެ. ބާރަށް ތެޅެމުން ދިޔަ އޭނާގެ މޭގައި އަތް އަޅާލަމުން […]
ލަމްހާ އެތެރެއަށް ވަދެގެން ދިޔަތަން ބަލަން ހުރެފައި ވިޝާމް ހިނގައި ގަތެވެ. ވިޝާމްގެ ހިތުގައި ރިހުމެއް އުފެދުނެވެ. ސުހާންއާއެކު ލަމްހާ އުޅޭއިރު އެހުންނަ އުފާވެރިކަން މިހާރު ނުހުންނަނީ ކީއްވެ ހެއްޔެވެ. އޭނާ ލަމްހާދެކެ ވީ ލޯބި ގަބޫލު ނުކުރެވެންވީ ކީއްވެހެއްޔެވެ. ލަމްހާގެ ލޯބި ސުހާންއަށް ލިބެންވީ ކީއްވެ ހެއްޔެވެ. ސުހާންދެކެ ވީ ލޯބި އޭނާދެކެ ނުވެވެންވީ ކީއްވެ ހެއްޔެވެ. ސުހާންއާ މެދުވި ނަފްރަތާ ހަސަދަ އިތުރުވި ވަރަކަށް ވިޝާމްގެ އަތް މުއްކެވެން ފެށިއެވެ. **** ރަންވޭގައި ބޯޓު […]
“ބޭބެއަށް ހީވާ އެއްޗެއް ބުނަންތަ.. ވިޝާމް ކޮންމެ ދުވަހަކު އަހަރެންނާ ބައްދަލު ކުރަން އައުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެ.. ދެން ބުނަންވީނުން” ހަމްޒާ އެއްކަނަވާއިން ހީލަމުން ބުނެލިއެވެ. “ހެހެ.. ނޫނޭ އެހެނެއް ނޫން.. އެކަމު އަޅުގަނޑު ކުޑަ ވާހަކައެއް ބުނަން ބޭނުން” ވިޝާމް ފުންނޭވާއެއް ލަމުން ބުނެލިއެވެ. “ކޮން ވާހަކައެއް؟” ހަމްޒާ އަހާލިއެވެ. “އަޅުގަނޑު ބޭނުން ލަމްހާއާ ކައިވެނި ކުރަން.” ވިޝާމް ބުނެލިއެވެ. **** “އަހަންނަށް ހީވީ ހަމަ ރަނގަޅަށް.. ވިޝާމް ކޮންމެ ދުވަހަކު އަހަންނާ ބައްދަލު […]
“ލަމް.. މިވަގުތު ސުހާންގެ ކަންތަކުގަ ވިސްނުމަށް ވުރެ މުހިންމީ މަންމަ ކައިރިއަށް ދިއުން.. ލަސްކުރެވޭ އެންމެ މިނެޓަކީވެސް ވަރަށް ބޮޑު އެއްޗެއް.. ލަމްގެ މަންމަ ހާލު އެހާ ސީރިއަސްއިރު ސުހާންކަހަލަ މީހަކަށް ވަގުތު ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބާ.. ލަމް.. މެންދުރު ފުލައިޓުން ދާންވިނުން..” ވިޝާމް އެހެން ބުނެފައި ލަމްހާގެ މޫނަށް ބަލާލިއެވެ. ލަމްހާ އިސްޖެހިގޮތަށް އިރުކޮޅަކު ހުއްޓެވެ. ވިޝާމް އަނެއްކާވެސް ތަކުރާރު ކޮއްލުމުން ލަމްހާ ފުންނޭވާއެއް ލިއެވެ. “އޯކޭ.. ވިޝާމް އަހަރެން ބަލާ އަންނާނަން ދޯ” […]
ސުހާންއާ ދިމާއަށް ބަލަން ހުރި ލަމްހާގެ ދެލޯ ބޮޑުވިއެވެ. އެއްފަހަރާ ހިތަށް ކުރި އެތަށް އިހްސާސްތަކަކުން ލަމްހާ ހުއްޓުން އެރިއެވެ. “ސުހާން… އަހަރެން.. ” ލަމްހާ ސުހާންގެ ޕުރޮޕޯސަލްއަށް އާނއެކޭ ބުނަން ބޭނުންވި ނަމަވެސް އޭނާގެ ހިތް އެކަމަށް ހުރަސް އެޅިއެވެ. “ލަމް…” ސުހާން މާޔޫސްކަމާއެކު ދެކޮނޑު އެލުވާލިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ނުދެއްކުމަށް ލަމްހާ އިސްޖަހާލިއެވެ. ސުހާން ލަމްހާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލާފައި ލަމްހާގެ މޫނު މައްޗަށް ހިއްލާލިއެވެ. ލަމްހާގެ ލޮލުގައިވާ ކަރުނައިގެ […]
ބެލްޓަށް ރުފިޔާ ދައްކަން ކައުންޓަރާ ދިމާއަށް ދާން އެނބުރުނު ވަގުތު ފަހަތުގައި ހުރި ވިޝާމް ފެނުމުން ލަމްހާ ސިހުނެވެ. ވިޝާމް ހީލުމުންވެސް ލަމްހާ އަޅާ ނުލާ ދުރަށް ޖެހިލިއެވެ. ލަމްހާގެ ފަހަތުން ވިޝާމް ފިހާރައިން ނުކުތެވެ. “ވިޝާމް،.. ކިޔެއް ތިކުރަނީ؟ ކިހިނެއް ވެގެންތަ އަހަރެން ފަހަތުން ކުނަ މެއްސެއްހެން ތި އެނބުރެނީ” ލަމްހާ ނުރުހިފައި އަހާލިއެވެ. “ހަހަ.. ލަމް ރުޅިއައީތަ.. އަހަރެން ހީކުރީ ލަމްއަށް އަހަރެން ނުފެންނާތީ ކަމަށް އަހަރެން ހީލީމަވެސް އަޅާ ނުލާ ދިޔައީ.. އެހެންވެ […]
“ލަމްހާއޭ ކިޔައިގެން ތިކަހަލަ އެންމެ ބަހެއް ބުންޏަސް.. ދެވަނަ ފަހަރަށް ދިޔަ ދުލުން އެއްޗެކޭ ނުބުނެވޭ ވަރު ކޮއްލާނަން.. އެނގިއްޖެތަ.. ތިހިރީ ވަރިކޮށްފަ.. ދާން އުޅޭ މިތަނުން.. ރައްކާވޭ!” ވިޝާމް އެހެން ބުނެފައި ބަރު ފިޔަވަޅުތަކެއްގައި ގެއިން ނުކުމެގެން ދިޔައެވެ. ވިޝާމް ދިޔަފަހުންވެސް އެތަށް އިރަކު ހަނާއަށް އެހުރި ފިޔަވަޅު މަތީ ހުރެވުނެވެ. ހަނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަނީއެވެ. އެކޮޓަރީގެ ހަމަ ހިމޭންކަން ނަގާލީ ހަނާގެ މަޑު ގިސްލުމެވެ. އާދުވަހަކަށް އިރު އެރިއެވެ. ވަސީމާ އާއި […]