މެންދުރުގެ އަވިބާރު ވަގުތެވެ. މާލޭގެ މަގުތަކުން އިވެމުން ދިޔައީ އެކިއެކި އުޅަނދުފަހަރުގެ އަޑުތަކެވެ. ދުންޔާ ބޭރަށް ދާން ތައްޔާރުވެގެން ހުއްޓާ ޔާދިން މީޓިން ނިންމާފައި ގެއަށް އައިސް ވަދުނެވެ. އޭރު ދުންޔާ އިނީ ޔާދިންގެ އިންތިޒާރުގައި ސޯފާގައި އިށީނދެގެންނެވެ. “އަހަރެން އެބަ އަންނަން ކުޑަކޮށް ފެންވަރައިލާގެން.. އަހަރެންގެ ގަމީހެއް އިސްތިރިކޮށްދެވިދާނެތަ؟..” ޔާދިން މަޑުމައިތިރިކަމާއިއެކު އަހައިލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ދޫނިގެ ބަނޑަށް އަދިވެސް ތަދުވޭތަ؟ ތަދުވަންޏާ އޯކޭ ނުކޮށްދިނަސް.” ޔާދިން ބުންޏެވެ. “މިހާރު އޯކޭ..” ދުންޔާ އަވަސް […]
މައިރީން އިސްޖަހައިގެން އިނުމުން ޝިހާމާއަށް މައިރީން އިނީ އެވާހަކަތައް ކިޔައިދިނުމަށް އުނދަގޫވެފައިކަން އެނގުނެވެ. “އިޓްސް އޯކޭ. ޓޭކް ޔުއާރ ޓައިމް” މައިރީންއަށް ވާހަކަ ދައްކަން ފަސޭހަވާނެ ފަދައިން ޝިހާމާ ބުންޏެވެ. މައިރީން ފުންނޭވާއެއް ދޫކޮށްލިއެވެ. “މައި މިހާރު މިއުޅެނީ ކިޔާގެ ކޭސް ނަގައިގެން.. އެކަމަކު ކިޔާގެ ދޮންބެ މައިއަށް އެކަމަށް ވަރަށް ބޮޑަށް ހުރަސް އަޅާ.. ރޭގަ އޭނަ ބުނީ.. އެއީ މައިގެ ސަބަބުންވީ ކަމެކޭ.. މައި އެރޭ އެތަނަށް ނުދިޔަ ނަމަ ކިޔާ ހުންނާނީ ދުނިޔޭގައޭ.. […]
ދެމީހުން ދެމެދު ހިނގި ކަންތަކާއިމެދު ދުންޔާ ލަދުގަނެފައިވާ މިންވަރު ދުންޔާގެ މޫނުމަތިން ފެނިގެންދެއެވެ. “އަމިއްލަ ނަފްސަށް ހާޓް ކުރަން އުޅެންޏާ އެހެންވާނީ.. ދުންޔާގެ ހަށިގަނޑަކީ އަހަރެންގެ މިލްކެއް.. އަހަރެންގެ މިލްކިއްޔާތުގަވާ އެއްޗަކަށް އަހަރެން އަނިޔާވެރިވެފައެއް ނޯންނާނެ.. ދެންވެސް އަމިއްލަ ނަފްސައް ތަދުވާ ފަދަ ކަމެއް ނުކުރާތި..” ދުންޔާގެ ދަތްދޮޅީގައި ހިފައިގެން ހުރެ ބަރު އަޑަކުން ޔާދިން ބުންޏެވެ. އޭރު ޔާދިންގެ ހޫނު ނޭވާ ދިޔައީ ދުންޔާގެ ތުންފަތުގައި ބީހެމުންނެވެ. ދުންޔާގެ ތުންފަތުގައި ހުރި ރަތްކަންވަނީ އިހުނަށް ވުރެ […]
ދުންޔާގެ އަނގަމަތީ ޔާދިން އަވަސް އަވަހަށް އަތްއެޅިއެވެ. “ޝްޝް އަހަރެންނޭ މީ.. ތަނަކަށް ތަދުވަނީތަ؟” ޔާދިން މަޑުމަޑުން ދުންޔާގެ ގާތު ސުވާލުކޮށްލިއެވެ. ދުންޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ކޮންތާކަށް ތަދުވަނީ..؟” ދުންޔާގެ އަނގަމަތިން އަތްނަގަމުން އޯގާތެރި ރާގަކަށް ޔާދިން ސުވާލުކޮށްލިއެވެ. “ބަނޑަށް..” ދުންޔާ ވޭނުން ފުރިގެންވީ އަޑަކުން ބުންޏެވެ. “ބަނޑަށް ކީއްވެ؟ އެއްޗެއް ހެރުނީތަ؟ ނޫނީ ތަނެއްގަ ޖެހުނީތަ؟؟” ހާސްވެފައި ޔާދިން އަހައިލިއެވެ. އަދި އަވަސް އަވަހަށް އެނދު ކައިރީގައި ހުރި ސްވިޗް ބޯޑުން ސްވިޗްއެއް ޖައްސައި ބޮކި […]
ޝިޔާމާއާއި ރިޔާޒް ދިޔައީ ކައިލްއާއި އެތަކެއް ސުވާލެއް ކުރަމުންނެވެ. ކައިލް ހިނިތުންވެ ހުރެ އެއިން ކޮންމެ ސުވާލަކަށް އިހުތިރާމާއިއެކު ޖަވާބުދެމުން ދިޔައެވެ. މައިރީން ދިޔައީ ރުޅިއައިސްފައި ހުރެ ކައިލްގެ ހަށިގަނޑަށް އޭނަގެ ލޮލުން ހަންޖަރު ފޮނުވަމުންނެވެ. މިއަދު އޭނަ ކުރަން ހުރި މަސައްކަތް ފެނަށް ދުއްވައިލުމުންވެސް އޭނަ ހުރީ ރުޅިގަދަވެފައެވެ. ފެންފޮދެއްބޯން ތަށީގައި ތުން ޖަހައިލި ހިނދު މައިރީން ކުއްލިއަކަށް ކޮށިއަރައިގެން ދިޔައެވެ. އެންމެން ހާސްކަމުގެ މަތީގައި ހުރެ މައިރީންއަށް ބަލައިލިއެވެ. އޭރު ކައިލް ނުލަފާ ގޮތަކަށް […]
ރަނގަބީލުގެ އަޑާއިއެކު ހިނިހޮރަކުން ހިނިތައް ނުކުންނަ ފަދައިން އިސްކޫލް ދަރިވަރުން އިސްކޫލްއިން ނިކުންނަން ފެށިއެވެ. ދުވަހަކީ ވަރަށް ބަނަކޮށް އޮތް ދުވަހެކެވެ. ޖެހޭ ތެތް ފިނި ބާރު ވައިރޯޅިތަކުން ހީވަނީ ގަސްތައް އުފުރައިލާފާނެހެންނެވެ. އުޑުމަތީގައި ހުރި ވިލާތައް ހީވަނީ ދެންމެ ދެންމެއަކުހެން އެ ވިލާތަކުގެ ތެރޭގައި ހައްޔަރުވެފައިވާ ވާރޭގެ ކަނިތައް މިނިވަންކޮށްލަފާނެ ހެންނެވެ. ބެލެނިވެރިން އެމީހުންގެ ދަރިން ގޮވައިގެން ގެއަށް މިސްރާބު ޖަހަން ފެށިއެވެ. ޔުނީފޯރމްގައި ހުރި ސާދަ ފަނަރަ އަހަރުގެ ފިރެހެންކުދިންގެ ބައިގަނޑެއްގެ މިސްރާބު ހުރީ […]
މައިރީން ލެޕްޓޮޕްއިން އެ ކޭސްއާ ބެހޭ މައުލޫމާތެއް ހޯދަން އުޅޭ އިރަށް ‘ފައިލް ނޮޓް ފައުންޑް’ އަރަން ފެށީއެވެ. އެވަގުތު މައިރީންގެ ފޯނަށް މެސެޖްއެއް އައިސްފިކަމަށް ނޯޓިފިކޭޝަންއިން އަންގައިދިނެވެ. “ނައިސް ޓްރައި ޓައިނީ ޕާރވާޓް..” އެނޮނިމަސް ނަންބަރަކުން މައިރީންއަށް ފޮނުވި މެސެޖްގައިވިއެވެ. އެއާއެކު މައިރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކައިލް؟” ދަތްކުނޑިވިކައިލަމުން މައިރީންއަށް ބުނެވުނެވެ. ***ޕާޓް 08** އޮފީސް ގޮޑީގައިއިން ކައިލްގެ ތުންފަތުގެ އެއްކަނުން އަނެއް ކަނަށް ދެމިލައިފައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އެއްމިޔަކަނުން ހީލައިގެން ކައިލް […]
ޓެކްސީއެއް ހުއްޓުވުމަށްފަހު ޓެކްސީއަށް އަރައި ހަމަޖެހިލިއެވެ. ޓެކްސީ ޑްރައިވަރު ކައިރީގައި ދާންވީ ތަން ބުނުމަށްފަހު ސީޓްގައި ބޯޖައްސާލާ ލޯމަރައިލިއެވެ. މައިރީންއަށް ލޯ ހުޅުވައިލެވުނީ ޓެކްސީ ބްރިޖްއެއް ކަހަލަ ތަނެއްގެ މައްޗަށް އަރާ އިހްސާސްވުމުންނެވެ. ދެލޯ ހުޅުވައިލުމަށްފަހު މައިރީން ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ޓެކްސީ ހުޅުމާލެއަށް ދާ ބްރިޖްއަށް އަރަނީއެވެ. މައިރީންގެ ހިތް ބަރާށް ތެޅިގަތެވެ. “ޑްރައިވާ އަޅުގަނޑު ބުނީ ޖަސްޓިސް އެމްވީ ލޯވ ފާރމްއަށް ގެންދަން” ހާސްވެފައި ހުރެ މައިރީން ބުންޏެވެ. މައިރީން ބުނި އެއްޗެއް […]
“އަދި އެއްފަހަރު އައި ރޯލްކޮށްބަ-” މައިރީންއަށް އެހިސާބަށް ބުނެވުނުތަނާހެން އަނެއްކާވެސް ކައިލް ކަޅި އަބުރައިލިއެވެ. އޭރު އޭނަގެ އެކުވެރިންވެސް ތިބީ ކުރިމަތީގައި ނިޔުޅެމުންދިޔަ ޑްރާމާ ބަލާށެވެ. ދެން ފެނުނީ ކައިލް ހަޅޭއްލަވައިގަނެފައި ދަށްބަނޑުގައި އަތް އަޅައިގެން ތިރިވިތަނެވެ. ***ޕާޓް 6*** މައިރީން އެއްމިޔަކަނުން ހީލަމުން އޭނައިން މޭޒަށްގޮސް އޭނަ އޯޑަރު ކުރި އެއްޗެހި ކާންފެށީއެވެ. އޭރު އައިނާ ހުރީ ކުރިމަތިން ފެނުނު މަންޒަރާއި ހެދި އަނގަހުޅުވިފައެވެ. “މައީ އެސޮރަށް ވަރަށް ތަދުވާނޭ.. އެހެން ހަދާކަށް ނުވާނެއެއްނުން..” އައިނާ […]