“އަހްމަދު ހާދިންގެ ކުށަށް އާދަމް އުކައިލް ބޭނުންވަނީ އިސްލާމި ޝަރީއަތުގެ ތެރެއިން ގިސާސް ހިފަންކަމުގައިވާ ނަމަ އޭނަގެ އަދަބަކީ މަރަށް މަރު ހިފުން ކަމުގައި ދަންނަވަން..” ގާޒީ އުކައިލްއަށް ގޮތެއް ނިންމުމަށް ދޫކޮށްލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އުކައިލްއާ ދިމާލަށްށެވެ. “އިއްޒަތްތެރި ގާޒީ.. އަޅުގަނޑު ބޭނުންވަނީ އަހްމަދު ހާދިންގެ ކިބައިން ގިސާސް ހިފަން..” އުކައިލް އެހެން ބުނުމާއި އެކު އެތާގައި ބޮމެއް ގޮވި ފަދައެވެ. ހާދިންގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ. ގާޒީ ބޯޖަހައިލުމަށްފަހު ކުރިއަށް […]
އަހަރެން މާފަކަށް ނޭދޭނަން އަހަރެން ކުރި އެއްވެސް ކަމަކަށް.. އަހަރެން އެއްވެސް އިރެއްގައި ބޭނުމެއްނުވި އަންހެންދަރިއަކު.. އަހަރެން ބޭނުންވީ މާވިން ފަދަ ފިރެހެންދަރިން.. އެކަމަކު ކަލޭ ލިބުނު ފަހުން ޑޮކްޓަރު ބުނީ މިލްޔާއަކަށް އިތުރު ދަރިއަކު ނުލިބޭނޭ.. އަހަރެންގެ ނަޒަރުގައި އަންހެންދަރިންނަކީ އެއްވެސް ބޭނުމެއް ކުރެވޭ ބަޔެއްނޫން.. ގެއަކަށް ފައިސާއެއް ގެނެވެނީކީއެއްނޫން.. އަހަރެން ޖެހެނީ ހުރިހާ ކަމެއް ކޮއްދޭން.. އެހެންވެ އަހަރެން ހިތަށް އެރީ ކަލެޔަށް އަށާރަވާ ތަނުން ފައިސާވެރިޔަކަށް ދެވާނީއޭ.. އެކަމަކު އެ ރޭވުން ބަދަލު […]
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްއާ ހިސާބަށް ދެވުމުން ސައިކަލު ޕާކް ކުރުމަށް ފަހު އެތާ އެތެރެއަށް ވަދުނެވެ. އޭނަ ވެއިޓިން އޭރިއާގައި މަޑުކޮށްގެން ހުއްޓައި އޭނަ ބަލައި އައި މީހުން ފެނުނެވެ. އެމީހުންނަށް މާވިން ފެނުމުން އެމީހުންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ. އެތާ ހުރި މެދު އުމުރުގެ އަންހެންމީހާ ދަރިފުޅާއޭ ކިޔާ ގޮވައިލުމަށްފަހު މާވިންގެ ގާތަށް އައިސް މާވިންގެ އަތުތެރެއަށް ވަދުނެވެ. އެތާ ހުރި މެދު އުމުރުގެ ފިރެހެން މީހާވެސް ހައިރާން ކަމާއިއެކު މާވިންގެ ގާތަށްއައެވެ. […]
މިއީ ހަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގެ ނަންތަކަކީ ހިޔާލީ ނަންތަކެކެވެ. ހެނދުނުގެ ހިތްގައިމު ވަގުތެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ ވަނީ އަލިކޮށްފައެވެ. ނޫކުލައިގެ އުޑުގައި އެންމެ ވިލާ ރޮއްޖެއްވެސްނެތެވެ. ކަނޑުގައި ހީވަނީ ސަތަރިގަނޑެއް އަޅައިފައި އޮތް ހެންނެވެ. ކަނޑު ނޫކުލައިގައި އޮތް ކަނޑުގައި ފޮނުއަރުވަމުން ދިޔަ ލާންޗުގައި މޫނު ބުރުގާ އަޅައިގެން އިނީ ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އޭނަގެ ގާތު އޭނަގެ ދެ ދަރިން ކަމުގައިވާ ފަނަރަ އަހަރުގެ ނޫރާއާއި […]
“އެހެންވީމަ ކިނާން ސާރ ކައިރިން ހުއްދަ ނަގާ.. ކިތަންމެ ކުޑަ ކުށެއް ކުރަނިކޮށްވެސް ގޭންގު މީހެއް ފެނިއްޖެއްޔާ ހައްޔަރު ކުރާނީ.. ދެން އެމީހަކު އަދިއަދަށްދާންދެން ކޮށްފަހުރި ކުށްތައް ރަނގަޅަށް ބެލުމަށްފަހު އޭގެ އަދަބު ދޭނީ.. އެކަމަކު ފުރަތަމަ އުޅޭ އެ އުނދަގޫބޮޑު ލޯޔަރުގަނޑު ހައްޔަރު ކުރަން..” އުކައިލް ބުންޏެވެ. “އޭނަ ބައްދާލާފަ ހުރި ކޭސްތައް އަލުން ހުޅުވަން ލޯޔަރއެއް އަހަރުމެން ހަޔާރ ކުރަންވީ..” ދާލިޔާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. ”މާވިންގެ އެކުވެރިން ތިބެދާނެ.. އެމް.ވީ.އެސް.އޭގެ މީހުންގެ ތެރެއިން […]
މިޔާ ދާން ނުދާން ހުރެފައި އެންމެ ފަހުން. ދާރިއަންގެ ގާތަށް ދިޔައެވެ. އޭނަ ދާރިއަން އެނދު ކައިރީ ހުރި ގޮޑީގައި އިށީންނުމުން ދާރިއަންގެ މޫނަށް އަލިކަމެއްވެރިވެގެން ދިޔައެވެ. “ލިޔާ ކޭސްގެ ކަންތަކުގަ އުޅޭތީ ނާދެވުނީ.. ބުނި ދޮންބެ ކައިރީގަ ސޮރީ ބުނާށޭ..” ދާލިޔާ ބުނި ވާހަކަ ހޫރީން ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ މިޔާގެ މޫނަށްށެވެ. “ރެޕަންޒިލް އަހަރެންނަށް ލަވައިދޭންވީނުން.. އަހަރެންގެ ގައިގަ ވަރަށް ރިއްސާ އެބަ.. އަދި އަތުން ކެވޭކަށް އަތުގަ ނިޔަފަށްޗެއްވެސް […]
ފަހަރަކު މީހަކު ހައްޔަރު ކުރަމުން ގޮސް އެތާ ތިބި އެންމެސް ހައްޔަރު ކުރެވުނެވެ. ދާރިއަން އާއި މާވިން އައްސާފައި ހުރި ރޯނުތައް ކަޑައިލުމަށްފަހު އެމީހުން މިނިވަން ކުރިއެވެ. ދާލިޔާއަށް ބިރުން ހުރެ ދާރިއަންގެ ނޭފަތުގައި އަތް ޖައްސައިލެވުނެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދާރިއަންގެ ނޭވާ އިހްސާސްވުމުންނެވެ. “މާވިންއެއް ނޭވާއެއް ނުލާ!!” ހާސްވެ ހުރެ ލޫކް ބުންޏެވެ. ***ޕާޓް 31*** ލޫކްގެ ޖުމުލަ އިވުމުން އެތަނުގައި ހުރި އެންމެންގެ މޫނަށް ހާސްކަމުގެ ކުލަ ފާއްދައިލިއެވެ. އެވަގުތު އެތާ […]
މި މަންޒަރު ބަލަން ހަމަޖެހިފައި ފަޒީން، ޝިމާއު އަދި ވަދީހު ހުއްޓެވެ. އެމީހުންގެ ހިތުގައި ރަހުމެއް ކުލުނެތްނެތެވެ. އިންސާނިއްޔަތުކަމެއް ނުވަތަ ބިރުވެރި ކަމެއްވެސްނެތެވެ. ޝިމާއުއަށް ފޯނު ކޯލެއް ލިބުމުން ޝިމާއު އެމީހުންނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެ ފޯނުކޮޅު ނިންމާފައި ޝިމާއު އެމީހުން ކައިރިއަށް އައިސް ހުއްޓުނެވެ. “ކާކު؟” ސުވާލުގެ ނަޒަރަކަށް ހާދިން އަހައިލިއެވެ. “ބޮސް އަންނަނީ..” ޝިމާއު ހަމަޖެހިލަމުން ބުންޏެވެ. ހާދިން އެއްމިޔަކަނުން ނުލަފާ ގޮތަކަށް ހީލިއެވެ. ***ޕާޓް 30** ކުޑައިރުކޮޅެއް ފަހެވެ. އެތަނުގެ ހިމޭންކަން […]
ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ވަދުނު މީހަ ފެނުމުން ދާރިއަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރު ހުޅުވައިފައި ވަނީ އޭނަގެ ސުވާލުގެ ޖަވާބެވެ. ގޭންގަށް ދާރިއަންގެ ކޮންމެ ހަރަކާތެއް ކިޔައިދެމުން އައި މީހާއެވެ. ދާރިއަންގެ ހަގީގަތް ބޭޒާރުކޮށްލި މީހައެވެ. ދާރިއަން އާއިއެކީ މަސައްކަތްކޮށް އެއްސުފުރާ މަތިން ކައި ބޮއެ އުޅުނު އޭނަ ޕޮލިހުންގެ ތެރެއިން އެންމެ އިހުތިރާމު ކުރާ އެކަކެވެ. އެމީހަގެ ނުލަފާ ހިނިތުންވުން ފެނިފަ ދާރިއަންގެ ބޮލަށް ރުޅި ސަވާރުވެގެން ދިޔައެވެ. ދާރިއަންގެ ނޭވާ ހުއްޓުނީ އެމީހަގެ […]