ހިތް އެދެ ޔާރާ ތިއޭ – 24
“މިހާރު ކޮންކަމެއްކޮށްގެން ތިއުޅެނީ؟ ޒާރިފް ނޫނީ ޒާމިންގެ ކަމެއްތަ؟” އެމީހާ އަހައިލިއެވެ. “އެމީހުން މިހާރު ރަނގަޅޭ.. ބަލާބަލަ އެއުޅޭ އައިޝަތު މައިރީން ރިޔާޒްއާ މީގެ ތޭރަ އަހަރުކުރިން ތޭރަ އަހަރުގެ ކުއްޖަކާ ބެހިގެން މަރުވެގެން އުޅުން ކޭސްއާ ހުރީ ކޮން ގުޅުމެއް ތޯ…” ޒާއިދު އެދުނެވެ. “މައްސަލައެއް ނޯންނާނެ.. މިރޭ ހަބަރެއްވާނަން ތިކަމާ..” އެމީހަ ހަމަޖެހިލާފައި ބުންޏެވެ. “އާން އެއްކަލަ ކެފޭއަށް މިރޭ ބާރަ ޖަހާއިރު އެނގޭ..” ޒާއިދު ގަޑިކިޔެވެ. އެމީހަ އާއެކޭ ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ.
***ޕާޓް 24***
ވިއްސާރަ އޮއްސާލަން އުޅޭހެން ހީވުމުން މަގުމަތިން ދިޔަ ކާރެއް ކައިލް މަޑުކުރުވިއެވެ. “އަރާ!” އަމުރު ކުރާ ރާގަކަށް ކައިލް ބުނެލިއެވެ. މައިރީން ކަޅިއަޅައިލަމުން ހަށަން ބަނދެލިއެވެ. “އަހަރެން މިއީ ކައިލްގެ ދަށުން މަސައްކަތްކުރާ ޕަޕެޓްއެއް ނޫން ކައިލް ތި ފާޑަށް އަމުރު ކުރާކަށް..” މައިރީން ތުން އަނބުރައިލަމުން ބުންޏެވެ. ކައިލް މައްޗަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “މައި ލަވްލީ ޓައިނީ ޕާރވާޓް.. ލައިގެން ހުރި ހެދުން ވާރެއާއެކު ނުތެމެނީސް ކާރަށް އެރުން ބުއްދިވެރިހެން އަހަރެންނަށް ހީވަނީ.. ހުދުކުލައިގެ ފޮތިން ނުލާހިކު ރީއްޗަށް ތެމިއްޖެއްޔާ ހަށިގަނޑުގެ ކުލަޔާ ބައްޓަން ފެންނާނެ.. އަހަރެން ބޭނުމެއްނޫން ތި ލޯބި ކުޑަ ހަށިގަނޑު އެހެން އެއްވެސް މީހަކަށް ފެންނާކަށް..” މައިރީންގެ ބޮލުން ތިރިއަށް ބަލައިލަމުން ކައިލް އޭނަގެ ފިރެހެންވަންތަ ބަރު އަޑުން ބުނެލިއެވެ.
އޭރު ޓެކްސީގައިއިން މީހަވެސް ހިނި އައިސްފައި އިނީ ދެމީހުންގެ ކުޅިވަރު ބަލާށެވެ. ކައިލްގެ ބަސްތަކުން މައިރީންގެ މޫނަށް ހިނދުކޮޅެއްގެ ތެރޭގައި ރަތްކުލަ ފާއްދައިލިއެވެ. ކައިލްގެ ތޫނު ނަޒަރު އޭނަގެ ހަށިގަނޑު ފޫއަޅުވަމުންދާ އިހްސާސް ކުރެވުމުން މައިރީން އަވަސް އަވަހަށް ކާރަށްވަދެ ދޮރު ލައްޕާލިއެވެ. ކައިލް ޓެކްސީގައިއިން މީހައަށް ފައިސާ ދިނުމަށްފަހު މައިރީންގެ ގޭގެ ނަން ބުނެލިއެވެ. މައިރީން އިނީ ކައިލްއާއި ދިމާލަށް ނުބަލާން ކުޑަދޮރުން ބޭރު ބަލާށެވެ. ކައިލް ޓެކްސީގައިއިން މީހައަށް ފައިސާ ދެއްކުމުން މައިރީން އަވަސް އަވަހަށް އެކަމަށް އިންކާރުކޮށް އަމިއްލަ އަތުން ފައިސާ ދައްކަން އުޅުނެވެ. “އަހަރެންގެ އަތުގަވެސް ފައިސާ އެބަހުއްޓޭ.. އަހަރެން ޕޭކުރާނަން..” މައިރީން އަވަސް އަވަހަށް ބުނެލިއެވެ.
“ޕިސް އަހަރެން ފައިސާ ދެއްކީނުން މި.. ކޮންސިޑާރ ދިޒް އިޒް މައި ޕޭމަންޓް ފޯރ ބީން އެނޯއިންގްލީ ހޭންޑްސަމް.. އަހަރެން މިއީ ކިހާ ރަނގަޅު ޖެންޓަލްމެންއެއް ދޯ ޑްރައިވަރ..” އަމިއްލަ ނަފްސަށް ތަޢުރީފު ކުރާ ފަދައިން ކައިލް ފޮނިވެލާފައި ޑްރައިވާރއަށް ދޯދިނެވެ. ޑްރައިވާ ލުއި ހިނިގަނޑެއް ޖަހައިލިއެވެ. “ހަހް ކީއްވެތަ ފިރެހެނުން އެހާ ސެލްފް އޮބްސެސްވަނީ؟” ތުން އަނބުރައިލަމުން މައިރީން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ކުދި ކިޔައިލިއެވެ. ކައިލް ދުރައްޖެހިލުމުން ޑްރައިވަރ ކާރު ދުއްވައިލިއެވެ. މައިރީން އިނީ އޭރުވެސް ހަށަން ބަނދެލައިގެންނެވެ. “ބޯއިފްރެންޑްތަ އެއީ؟” ޑްރައިވަރ ހިތްހެޔޮ ގޮތަކަށް ސުވާލުކޮށްލިއެވެ.
އެ ސުވާލާއިއެކު މައިރީންގެ ދެލޯ މުދުނަށް އަރައިގެން ދިޔަ ފަދައެވެ. “އަހަރެން ހަމަހޭގައި ހުރެގެން ދުވަހަކުވެސް އެކަހަލަ އުނދަގޫ ބޮޑު ފިރެހެނަކާ ރައްޓެއްސެއް ނުވާނަން..” ދެބުމަ ގޮށްޖަހައިލަމުން މައިރީން ހަރުކަށިކަމާއެކު ބުނެލިއެވެ. ކާރު ދުއްވަންއިން މީހާ ހިނިގަނޑު ހިފައްޓާލީ މައިރީން އިތުރަށް ރުޅިއަރުވަން ބޭނުންނުވުމުންނެވެ. ކާރު ގެ ކައިރިއަށް ހުއްޓުމުން މައިރީން އަވަހަށް ކާރުން ނިކުމެ ގެއަށް ވަދުމަށްޓަކައި ލިފްޓަށްއެރިއެވެ. ރުކައިން، ރާކިންއާއި ވައްތަރުކަމުގެ ވާހަކަ އައިނާ ގާތު ބުނަންވީބާއޭ މައިރިންގެ ހިތައްއެރިއެވެ. އެހެންނަމަވެސް އައިނާ ރާކިންގެ ހަނދާންތައް އައުކޮށް ހިތާމަ ކުރަން ފަށައިފާނެނެތީ މައިރީން އެ ހިޔާލު ދޫކޮށްލިއެވެ.
ގެއަށް އައިސް މައިރީން ދޮރުހުޅުވައިލާ އެތެރެއަށް ވަދުނެވެ. “ހޭއި ހާދަ ލަހުން މިއަދު ތި އާދެވުނީ.. އެޔޮއް މަޣްރިބް ނަމާދަށް ގޮވީ އަވަހަށް އުޅޭ ނަމާދު ކުރަން..” ސިޓިންރޫމްގައި އިން އައިނާ ބުނެލިއެވެ. މައިރީން ބޯޖަހައިލާފައި އަވަސް އަވަހަށް ކޮޓަރިއަށް ދިޔައެވެ. އެވަގުތު މާޔަލް ސިޓިންރޫމްއަށް ނިކުތުނެވެ. “އަހަ ޔާލޫ މިގަޑި މީ ކުޑަކުދިން ކިޔަވާ ގަޑިއެނުން..” މާޔަލް ފެނުމުން އައިނާ ބުނެލިއެވެ. “ޔާލު ކިޔަވައިގެންނޭ މިއައީ.. ދޮންތި މިއަދު ނުވެސް ފެނޭ..” މާޔަލް ތުން ދަމައިލަމުން ބުންޏެވެ. “ދޮންތި ކޮޓަރިއަށް ގޮސްފި ނަމާދު ކުރަން.. އިރުކޮޅަކުން ނިކުންނާނެ..” އައިނާ ހިނިތުންވަމުން މާޔަލްއާއި ވާހަކަ ދެއްކިއެވެ.
މާޔަލް ބޯޖަހައިލާފައި އައިނާ ގާތު ސޯފާގައި އިށީނެވެ. މާޔަލް ކޮންމެވެސް ވަރަކަށް މަޑުނެގިފައި ހުރުމުން އައިނާ ހައިރާންވިއެވެ. އެހެންނޫނީ މާޔަލްގެ ވާހަކައަކީ ހުސްނުވާ އެއްޗެކެވެ. “ޔާލު ކިހިނެތްވެފަ ތިހުރީ.. މަންމި އެއްޗެކޭ ބުނީތަ؟” އައިނާ އަހައިލިއެވެ. މާޔަލް މަޑުން އިނދެ ބޯހޫރައިލިއެވެ. “ދެން ކިހިނެތްވީ؟” އައިނާ ސުވާލުކޮށްލިއެވެ. “ބައްޕި ނުގުޅާތާ ތްރީ ޑޭސް ވަނީ.. ބައްޕި ޔާލު ދެކެ މިސް ނުވަނީތަ؟” ކަރުނުން ފުރިފައިވި ބޮޑު ދެލޮލުން އައިނާއާއި ދިމާލަށް ބަލައިލަމުން މާޔަލް މައުސޫމު ކަމުން ފުރިގެންވި ރާގަކަށް ސުވާލުކޮށްލިއެވެ.
މާޔަލްގެ ސުވާލު އަޑުއިވި އައިނާއަށް އޭނަގެ ނިޔާވެފައިވި ބައްޕަ މަތިން ހަނދާންވިއެވެ. ހިންދިރުވައިލުމަށްފަހު މާޔަލް ހިތްހަމަޖެއްސޭތޯ އައިނާ މަސައްކަތް ކުރިއެވެ. “ޔާލޫ… ކޫދައްތިގެ ދޫނީ.. ބައްޕި އެއީ ޕޮލިސްކުއްޖެއްނުން؟ ޕޮލިސް ކުދިން ވަރަށް ވަރަށް ބިޒީ ވާނޭ.. ކޫއަށް ޔަގީން ބައްޕިވެސް ވަރަށް ވަރަށް ބޮޑުކޮށް ޔާލު މަތިން މިސް ވާނެކަން.. އެކަމް ބައްޕިއަކީ ވަރަށް ސްޓްރޯންގް ކުއްޖެއް.. ހަމައެގޮތަށް ޔާލުވެސް ވާނެ ބައްޕި ކަހަލަ ސްޓްރޯންގ ކުއްޖަކަށް ވާން.. އިނގޭ؟” މާޔަލް އުނގުގައި ބޭންދުމަށްފަހު އައިނާ ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. “ޔާލު ބޮޑުވެގެން ވާނީ ބައްޕި ކަހަލަ ސްޓްރޯންގް ޕޮލިސް ކުއްޖަކަށް..” މާޔަލް އަޒުމާއިއެކު ބުނެލިއެވެ. “ޔޭސް ދެޓްސް ދި ސްޕިރިޓް..” މާޔަލްގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އައިނާ ބުނެލިއެވެ.
ދުންޔާ ނަމާދުކޮށްލައިގެން ކޮޓަރިން ނިކުތް ވަގުތު ބަދިގޭގައި މީހަކު އުޅޭ އަޑު އިވުނެވެ. ޔާދިން މިއަދު އާދެވޭނީ ލަހުންނޭ ބުނެ މެސެޖްކޮށްފައިވުމުން ބަދިގޭގައި އުޅެނީ ކާކުބާއޭ ދުންޔާގެ ހިތައްއެރިއެވެ. އާދައިގެ ބުރުގަލެއް ބޮލަށް މަހައިލައިގެން ފިހިގަނޑު ހިފައިގެން ދުންޔާ މަޑުމަޑުން ބަދިގެއާއި ކައިރިއަށް ސިއްރު ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. ދުންޔާއަށް ބަދިގޭގެ ދޮރުކުރިމައްޗަށް އެރުނު ވަގުތުވީ ބަދިގޭގައި އުޅުނު މީހާވެސް ބަދިގެއިން ނިކުންނަން ބަދިގެ ދޮރުކުރިމައްޗަށް އެރުނު ވަގުތަށްށެވެ. ދުންޔާ ދެލޯ މަރައިލުމަށްފަހު ތޫލި އަޑަކުން ހަޅޭލަވައިގަތެވެ. އަދި އަތަށް ލެވުނު ބާރެއްލައި އެމީހަޔާއި ދިމާލަށް ފިހިގަނޑު މަޅައިލިއެވެ.
ދުންޔާގެ ހަޅޭކުގެ އަޑުން ޔާދިން ސިހިގެން ދިޔައެވެ. އެއްޗެކޭ ބުނުމުގެ ކުރިން ދުންޔާ މަޅައިލި ފިހިގަނޑު ޔާދިންގެ ނިތްކުރީގައި ޖެހި ނިތްކުރިމަތި ފަޅައިގެންދިޔައެވެ. އެހާ ބާރަށް ދުންޔާ ޖެހުމުން ޔާދިންގެ މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. ދޮރުކަނީގައި ހިފައްޓައި އެއްޗެކޭ ބުނަން މަސައްކަތް ކުރި ހިނދު އަނެއްކާވެސް ދުންޔާގެ އަތުގައި އޮތް ފިހިގަނޑުގެ ހަމަލާއެއް ޔާދިންގެ ބޮލަށްއެރިއެވެ. އެއާއެކު މޫނުމައްޗަށް އަނދިރިވެ، ޔާދިން އެތަނަށް ވެއްޓުނެވެ. އެއްލޯ ހުޅުވައިލުމަށްފަހު ދުންޔާ އެމީހައާއި ދިމާލަށް ބަލައިލިއެވެ. ބަނޑުވަތަށް ވެއްޓިފައިވި މީހަ ފެނި ދުންޔާ އަވަސް އަވަހަށް ޔާދިންއަށް ގުޅައިލިއެވެ. އެމީހަގެ ޖީބުން ފޯނު ރިންގުވާ އަޑުއިވުމުން ދުންޔާގެ މޫނު ހުދުވިއެވެ. އެމީހަގެ ކޮނޑުގައި އަތް ޖައްސައިލުމަށްފަހު ދުންޔާ އޭނަގެ މޫނު ފެންނާނެ ފަދައިން ފުރޮޅައިލިއެވެ.
ޔާދިންގެ މޫނު ފެނި ދުންޔާގެ މޭގަނޑު އަނގަޔަށް އައި ފަދައެވެ. “އޯހް ޝި* ނޯނޯ.. ވަޓް ދި ހެލް؟؟ ކިހިނެތް މިހެން ވާނީ.. ދިން؟ ދިން.. ދިން ތެދުވެބަލަ.. އައިމް ސޯ ސޮރީ.. އަހަރެން ހީކުރީ.. އަޅޭ ދިން..” ދުންޔާ ބިރުން އަވަސް އަވަހަށް ޔާދިންގެ ކައިރީގައި ކުޑަކަކޫ ޖަހައިލައިގެން އިށީނެވެ. ހިތަށް ތަފާތު ބިރުވެރި އެއްޗިހި އަރަމުން ދިޔުމުން ދުންޔާގެ ހިތް ދިޔައީ ފަހާފޮށީގެ ދަތްގަނޑެއް ފަދައިން ތެޅެމުންނެވެ. ނޭވާލައިތޯ ބެލުމަށްޓަކައި ބިރުންހުރެ ޔާދިންގެ ނޭފަތުގައި ދުންޔާ އިނގިލި ޖައްސައިލިއެވެ. ޔާދިންގެ ހޫނު ނޭވާގެ އިހްސާސްވުމުން ދުންޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ދުންޔާ އޭނަ އަޅައިގެން ހުރި ބުރުގާ ބާލައި ޔާދިންގެ ނިތްކުރި މަތިން ފަޅައިގެން ދިޔަ ތަނުގެ ލޭ މަނާ ކުރުމުގެ ގޮތުން ނިތްކުރީގައި ޖެއްސިއެވެ. އަދި އައިސްއަލަމާރިން އައިސް ޕެކެއް ނެގުމަށްފަހު އަތަށް ސިންކުން ފެން ގޮށްޓެއް އަޅައިގެން އައިސް ޔާދިންގެ މޫނަށް ބުރުވައިލިއެވެ. ލޭ މަނާވުމުން އައިސްޕެކް ޔާދިންގެ ނިތްކުރީގައި ޖައްސަން ފެށިއެވެ. ދުންޔާ އިނީ އޭނަގެ ފަލަމަސްގަނޑުގައި ޔާދިންގެ ބޯ ބާއްވައިލައިގެންނެވެ. “ދިން ޕްލީޒް ވޭކް އަޕް.. އައިމް ސޯ ސޮރީ..” ނޭފަތް ދަމައިލަމުން ދުންޔާ ކުރެހިފައިވާ އަޑަކުން ޔާދިންގެ ގާތު އާދޭސްކޮށްލިއެވެ. ދުންޔާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ކޯތާފަތުގައި ބީހިލާފައި ޔާދިންގެ މޫނަށް ވެއްޓެމުން ދިޔައެވެ.
ކުއްލިއަކަށް ޔާދިންގެ ހަށިގަނޑަށް ލޮޅުމެއް އެރިއެވެ. ނޭވާ ހިއްލާފަދައިން ޔާދިން އަނގަ ހުޅުވައިގެން އޮވެ ނޭވާލާން ފެށިއެވެ. އޭރު ޔާދިންގެ ކަރުން ފާޑެއްގެ އަޑެއް ނިކުންނަމުން ދިޔައެވެ. ޔާދިންގެ ކަޅިވަނީ މައްޗަށް އަރާފައެވެ. ޔާދިންގެ މެދު ހަށި އުފުލެން ފެށިއެވެ. ޔާދިންއަށް އަންނަން ފެށި ބަދަލުތައް ފެނުމުން ދުންޔާގެ ދެލޯ ބޮޑުވިއެވެ. “ދިން ކިހިނެތް ތިވަނީ؟؟ އަހަރެން އެމްބިޔުލާންސްއަށް ގުޅަން ވީތަ.. އަޅެ ފޯނުވީ ކޮޓަރީގައޭ… ދިންއަށް ތިހެންވާއިރު އަހަރެން ކިހިނެތް ކޮޓަރިއަށް ދާނީ؟؟” ބިރުން ރޮވިފައި ހުރެ ދުންޔާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ކުޑައިރުކޮޅަކަށްފަހު ޔާދިންގެ ހަށިގަނޑުގެ ހަރަކާތް ހުއްޓިގެން ދިޔައެވެ. ދުންޔާ ބިރުންހުރެ ޔާދިންގެ ނޭފަތް ކައިރީގައި އިނގިލި ޖައްސާލިއެވެ. ދުންޔާގެ ނޭވާ ކަރުގައި ތާށިވެގެން ދިޔައެވެ. ފިނިދަލެއް ދުންޔާގެ ނިތްކުރިން ހިތްލަން ފެށިއެވެ.
‘ބްލެކް ލިލީ’ ކެފޭ ފެނިގެން ދަނީ ވަރަށްވެސް ހިމޭންކޮށެވެ. އެތާ ތިބި ވެއިޓަރުން ދިޔައީ އެތަނަށް އައިސްފައި ހުރި ހަމައެކަނި ކަސްޓަމާއަށް ސާވިސް ދެމުންނެވެ. ޒާއިދު ދިޔައި އިރުއިރުކޮޅާ އަތުގައި އަޅައިފައިވި އަތުކުރި ގަޑިއަށް ބަލަމުންނެވެ. ކުޑައިރުކޮޅެއް ކުރިން އޭނަ ވާހަކަ ދެއްކި މީހާ ވަނީ ބައްދަލުކުރަން ބުނި ގަޑި އަވަސްކޮށްލާފައެވެ. ލަސްވެގެން ފައި ތަޅުވައިލަ ތަޅުވައިލަ އިންދާ ކޮންމެސް މީހަކު ކެފޭއަށް ވަދެގެންއައެވެ. އެމީހަ އައިސް ޒާއިދު ކައިރީގައި އިށީނެވެ. އެއާއެކު ވެއިޓަރުން އެމީހުން ވަށައިލިއެވެ. “މަށަށް ބްލެކް ކޮފީއެއް.. ކަލޭ ކޯއްޗެއް ބޭނުންވަނީ؟” ޒާއިދު ކައިރީ އެމީހަ އަހައިލިއެވެ. “މަވެސް ބްލެކް ކޮފީ..” ޒާއިދު ބުނެލިއެވެ. ވެއިޓަރުން އެމީހުންގެ ކޮފީ ތައްޔާރު ކުރުމަށް އަވަސް އަވަހަށް ދިޔައެވެ.
“ކަލެޔަށް ހޯދުންތަ އޭނަގެ މައުލޫމާތު؟” ޒާއިދު އަހައިލިއެވެ. “ހޫން މަށަށް ހޯދުނު.. އެއީ އަޖުވަދުމެން އެކަން ކުރި ރޭ ސަލާމަތްވި މަންޖެ..” އޭނަ ބުނެލިއެވެ. “އެހެންވީމަ މަށަށް ހީވީ ރަނގަޅަށްށޭ.. އޭނަ އާ ހުރެ ބޮޑު އުނދަގުލެއް.. ތޭރަ އަހަރު ކުރިން ނުކުރެވުނު ކަންތައް އެމީހުން ކައިރީ ނިންމާލަން ބުނަންވީދޯ.. އޭރުން އެމަންޖެއަށް އެ ބައްދަލުވީނުން އެ މަރުވިކުއްޖާއަށް އެހެން ހެދި މީހުންނާވެސް..” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ޒާއިދު ބުންޏެވެ. “އާނ ތިހެން ހަދަންވީ.. ކުރީ ޒަމާނުގެ ކޭހެއް ނަގައިގެން އެބަ އުޅޭ ކުއްލިއަކަށް. ގައިމު މީހުން ހަނދާންވެސް ނުހުންނާނެ އެކަންމަތިންނެއް..” ބޯ ހޫރުވައިލަމުން އެމީހަ ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Yaadhin e hedhee fake eh…..
Mi part vx varah varah reethi…..
Alhey mayaan ah kihineii e v???
When next???
Curiously waiting….
Long time no see pink girl.. Hehehe let’s see what happened to yaadhin dhww..
Thank you darling I’m happy U liked it.
Mayaan is just busy ehnun 😭
Next part insha Allah Thursday ga.💜🦋
Masha allah mi part vs vrh reethi
Kail r mai haadha cuutee eyyyy😩
Mayaan ah kmh v tha???raaakin ah vi goi hadhaan vefa biruvs eba ganey
Yaadhin ah kiihve v???plz yaadhin ah dhera gth nahadhahchey..
Mai r ajwadh mennaaa dhimaakuruvan e ulheny???
Sooo curious, hih dandan laa adu vs eba ivey..stethoscope eh beynumeh nuvaane..😭
When next???
Lyyy❤️
Thank you soo much aanaa.. I’m happy U liked this part.. kail and mai is chaotic nun😂.. let’s see what happens to mayaan dhww.. emmennah v goi ingeyny dhen oii part ga hehe.. let’s see what happens next..
Insha Allah next part Thursday ga.. love U more darling 💜🦋
Maasha Allah mi prt vx vrh reethi
Sorry ingeyy kurin prt ga cmmnt eh koh nulevunyma. I was busy n i didn’t got time…
I still don’t believe raakin maruvikamah. Is rukain raakin n he lost his memories or something…..
Mai n Kail.. Mi dhe myhun mithibii vrh nurakkaatheri hisaabehga dhww… Shaf ah yageen mi dhe myhun gulheynekan
N dhunyaaaa… Thi hn hadhaakah nuvaane ehnu dhin ah… Yaadhin anehkaa maru v tha. Don’t to that plsss. 😭😭
This zaaidhu and that guy.. They r not up to something good…
So curious
Can’t wait for the next prt
Whn nxt???????
Tc.. Lysm Marsh 💜💜💜💜💜💜💜
Thank you sooo muchhh I’m happy U liked itt.. no worries.. ekam missed Ur comment hehe.. ohhhhh ekam raakin maru v kamuge heki vx eba huttehnun 👀.. yes mai and kail vrh danger zone eh ga ethibi.. hehe dhunya ah neynguney ey eii yaadhin kan😂😂.. let’s see what happened to yaadhin dhww.. ofc zaaidhu men is up to no good.. next part insha Allah Thursday ga.. tc love you more darll 💜🦋
BROOOOOOOOOOOOOOOOOOOOOOOO WHAAAAAAAAAAAAAAAAAAAAAAAAAAAAAATTTTTTTTTTTTTTTTT THEEEEEEEEEEEE HELLLLLLLLLLLLLLLLLLLLLL????? THAT ZAAIDH IS A PART OF THAT????? HE KNOWS WHO DID IT????? NO NO NO NO NO!!! GIRLLLL!!!😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
OMYGOD no no she will be fineee kail will protect her………. RIGHT?????? HE BETTERR😭
anyways mi part vess vrh reethi allahumma baarik.. sorrry for the late comment was busy adhi kiriya mi kiyaalevuny🥲
kail nd maii dhww soo cuteee
the driver hunnaane kanne j vefa ehaa loabi couple eh fenunyma hahahahahhaha
where the hell is mayaaaannn??? why is he not callingg?? he is okay rytt? pls let him beeee
is yaadhin dead? uhhhh feels like he is just trying to scare herrr
ARGH! cant wait for the next episode
Ilyyyyyyyssssssmmmmmm❤️❤️❤️🥹🥹🥹
Let’s see what zaaidh is up to🤭. Hehehe thanksss I’m happy U liked this part.. haha frr driver would be jealous.. let’s see mayaan konthaaku thww dhww.. maybe he’s just busy.. yaadhin dhww.. next part ga libeyne thi suvaalu thakuge javaab thah iraadha kurehviyya.. next ep Insha Allah Thursday ga.. love you more darling 💜🦋
Yuuuuuuuuuu this is Soo good can’t wait for next neynge bunedheykah vx mi hama perfect ur one of my fav author maash lysm tc ❤️
Thank you sooo much limsha.. I’m happy U liked it.. awww I’m really happy to hear thattt.. love you moree darling 💜🦋