Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 25

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
July 24, 2025 4 Mins Read
8 Comments

ކަލެޔަށް ހޯދުންތަ އޭނަގެ މައުލޫމާތު؟” ޒާއިދު އަހައިލިއެވެ. “ހޫން މަށަށް ހޯދުނު.. އެއީ އަޖުވަދުމެން އެކަން ކުރި ރޭ ސަލާމަތްވި މަންޖެ..” އޭނަ ބުނެލިއެވެ. “އެހެންވީމަ މަށަށް ހީވީ ރަނގަޅަށްށޭ.. އޭނަ އާ ހުރެ ބޮޑު އުނދަގުލެއް.. ތޭރަ އަހަރު ކުރިން ނުކުރެވުނު ކަންތައް އެމީހުން ކައިރީ ނިންމާލަން ބުނަންވީދޯ.. އޭރުން އެމަންޖެއަށް އެ ބައްދަލުވީނުން އެ މަރުވިކުއްޖާއަށް އެހެން ހެދި މީހުންނާވެސް..” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ޒާއިދު ބުންޏެވެ. “އާނ ތިހެން ހަދަންވީ.. ކުރީ ޒަމާނުގެ ކޭހެއް ނަގައިގެން އެބަ އުޅޭ ކުއްލިއަކަށް. ގައިމު މީހުން ހަނދާންވެސް ނުހުންނާނެ އެކަންމަތިންނެއް..” ބޯ ހޫރުވައިލަމުން އެމީހަ ބުންޏެވެ

***ޕާޓް 25***

ކުޑައިރުކޮޅެއްފަހުން ވެއިޓަރުން ކޮފީ ހިފައިގެންއައެވެ. “މިނިސްޓަރ ލިހާން.. ކޮފީ..” ވެއިޓަރު ކޮފީތަށި ދިއްކޮށްލަމުން ބުންޏެވެ. “ޝުކުރިއްޔާ..” ލިހާން ބުނެލިއެވެ. ޒާއިދުގެ ކޮފީތަށި މޭޒު މަތީ ބެހެއްޓުމަށްފަހު އިތުރު ކަމެއް ބޭނުންވޭތޯ ސުވާލުކުރިއެވެ. ޒާއިދުމެން ނޫނެކޭ ބުނުމުން އެމީހުން ދިޔައެވެ. “އެހެންވީމަ ކިހިނެތް ހަދާނީ؟ އެކުދިން ކައިރީ ރާއްޖެ އަންނަން ބުނަންވީތަ؟ އެކަމަކު އެހެންހެދީމަ ފަހަރެއްގަ އެމީހުން ބަސްޓު ވެދާނެއެއްނުން..” ޒާއިދު ބުންޏެވެ.

“އަހަރުން އެމަންޖެ އެކުދިން އަންނަންވާއިރަށް ތައްޔާރުކޮށްފަ ބަހައްޓާނީ.. ކަލޭގެ ދެކުދިންނަށް ގުޅާ.. މަ މަގޭ ކުދިންނަށާ އާމިރުގެ ކުދިންނާ ވާހަކަ ދައްކާނަން…” ލިހާން ބުންޏެވެ. ލިހާންގެ ވާހަކައަށް ޒާއިދު ބޯޖަހައިލިއެވެ. “އެހެންވީމަ ކޮބާ ޕްލޭންއަކީ؟” ޒާއިދު އަހައިލިއެވެ. ލިހާން ވިސްނާލާފައި އޭނަގެ ސިކުނޑީގައި ރޭވުންގަނޑެއް ރާވައިލިއެވެ. އަދި ޒާއިދުއަށް ކިޔައިދެމުން ދެމީހުން އެ ރޭވުމަށް އެކި ބަދަލު ގެނެސް ތައްޔާރުކޮށްލިއެވެ. “މިފަހަރު ވާނެ އަހަރުންނާ ބެހެން އުޅުނީތީވެ ހިޔާލަށްވެސް ނުގެނެވޭހާ ބޮޑު ކަމެއް ކޮށްލަން..” ލިހާން ނުލަފާ ގޮތަކަށް ހީލަމުން ބުންޏެވެ.

ޔާދިންގެ ނޭވާ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ދުންޔާގެ ދެލޯ ކަރުނުން ބަރާވިއެވެ. ކޮންމެ ކަރުނަ ތިއްކެއްވެސް ދުންޔާގެ ކޯތާފަތަށް ބޮސްދިނުމަށްފަހު ޔާދިންގެ މޫނަށް ވެއްޓެމުން ދިޔައެވެ. ދުންޔާ ގިސްލަމުން ޔާދިންގެ މޭގައި ބޯއަޅައިލިއެވެ. “އައިމް ސޯ ސޮރީ.. ވަޓް ހެވް އައި ޑަން… ދިން.. ދިން ޕްލީޒް..” ދުންޔާ ގިސްލަމުން ކިޔަމުން ދިޔައެވެ. ދުންޔާއަށް އެވަގުތު ޔާދިންގެ ހިތުގެ ތެޅުމުގެ އަހްސާސްވިއެވެ. ހައިރާންކަމާއިއެކު ޔާދިންގެ މޭމަތިން ދުންޔާ ބޯ ނެގުމަށްފަހު ޔާދިންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެލޯ މަރައިގެން އޮތް ޔާދިންގެ ތުންފަތް އެއްއަރިއަކަށް ދެމިގެން ދިޔައެވެ.

ދުންޔާގެ ދެލޯ ބޮޑުވިއެވެ. “ޔޫ އިޑިއޯޓިކް.. އެނޯއިން ޖާރކް އާރގްގްގް.. އައި ތޯޓް- އަރގްގްގް.. އައި ހޭޓް ޔޫ..” ދުންޔާ ޔާދިންގެ މޭގައި ތަޅައިގަންނަމުން ބުންޏެވެ. އެއާއެކު ޔާދިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޔާދިން އިށީންނަމުން ދުންޔާގެ ދެއަތުގައި ހިފެއްޓިއެވެ. ދެން ދުންޔާ ކޮށްލި ކަމަކުން ޔާދިންއަށް ހަޅޭއްލަވައިގަނެވުނެވެ. “އާއު އާއުޗްޗް.. އާއޫ.. އަދިއްޔޯ.. ދޫނި.. އާހް ދޫކޮށްލަބާ.. ސޮރީއޭ.. އަދިއްޔޯ…” ދުންޔާގެ ބޮލުގައި އެއް އަތުން ހިފައި ދުރުކުރަން މަސައްކަތް ކުރަމުން ޔާދިން ބުންޏެވެ. އޭރު ދުންޔާ އިނީ ޔާދިންގެ އަތުގައި ބާރަށް ދަތް އަޅައިގެންނެވެ. ދުންޔާ އިތުރަށް ބާރަށް ދަތްއަޅަން ފެށުމުން ޔާދިންވެސް ދުންޔާގެ ކޮނޑުގައި ދަތްއެޅިއެވެ. “ދޫނި ދޫކޮށްލީމަ ދޫކުރާނީ..” ދުންޔާގެ ކޮނޑުގައި ދަތްއަޅައިގެން އިނދެ ޔާދިން ބުންޏެވެ.

“ބައްޕަ ކައިރީ ބުނާނަން ދިން އަނިޔާ ކުރަނިއްޔޭ..” ދުންޔާ ހަމަ ހުރި ގޮތަށް ހުރެ ބުންޏެވެ. އެއާއެކު ޔާދިން ދެލޯ ބޮޑުކޮށްލަމުން ދުންޔާގެ ކޮނޑުން ދޫކޮށްލިއެވެ. “އަހަރެންގެ އަތުން ނުދޫކޮށްލާފިއްޔާ މާދަމާ ދޫނިއަށް ނުހިނގޭވަރުކޮށްލާނަން.. އައި ވޯންޓް ބީ ޖެންޓަލް..” އިންޒާރެއް ދޭ ފަދައަކުން ޔާދިން ބުންޏެވެ. ޔާދިންގެ އަތުން ދޫކޮށްލުމަށްފަހު ދުންޔާ ލޯއަޅައިލަމުން ބާރު ބާރަށް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. “އޯހް ސޯ ޔޫ ވޯންޓް..” ލާނެތް ގޮތަކަށް ޔާދިން ބުނުމަށްފަހު ދުންޔާގެ ފަހަތުން ކޮޓަރިއަށް ވަންނަން ދިޔައެވެ.

ދުންޔާ ކޮޓަރިއަށްގޮސް ޔާދިން ނިދާ ބާލީހާއި ގައިގަ އަޅާނެ ރަޖާގަނޑު ކޮޓަރިން ބޭރަށް އެއްލައިލިއެވެ. ދުންޔާގެ ހަރަކާތުން ޔާދިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ދޫނީ.. ކީއްތިކުރަނީ؟” ދުންޔާގެ ހަރަކާތްތަކަށް ބަލަމުން ޔާދިން އަހައިލިއެވެ. “ޔާދިން މިރޭ ނިދާނީ ސޯފާގަ!” ދުންޔާ އިއްވިއެވެ. “ހެހެ މިއީ އަހަރެންގެ ގެޔޭ..” ޔާދިން ފޮނިވެލާފައި ބުންޏެވެ. “އެއްވެސް މައްސަލައެއް ނެތް.. އަހަރެން ގޮސްފާނަން އަހަރެންގެ ގެޔަށް ތިހެންވިއްޔާ.. އޭރުން އެ ނިމުނީއެއްނުން..” ދުންޔާ ބުންޏެވެ. އެއާއެކު ޔާދިންގެ ދެލޯ ބޮޑުވިއެވެ. “ނޯނޯ.. ދޫނި ކިހިނެތްވެގެން ތިއުޅެނީ.. އަޅެ އަހަރެން މަޖަލަކަށްށޭ ފޭކް ޖެއްސީ.. އެކަމަކު އަހަރެން ހަމަ އަސްލަށްވެސް އެނބުރުން އެރިއޭ..” ޔާދިން މަޑުމައިތިރި ގޮތަކަށް ބުންޏެވެ.

ދުންޔާ ހަށަން ބަނދެލިއެވެ. “އައި ޑޯންޓް ކެއާރ.. ދިންއަކަށް ނޭނގޭނެ އަހަރެން ދިންދެކެ ލޯބިވާ ވަރެއް.. ދިން އެކްޓް ކުރިޔަސް އަހަރެން ހީކުރީ ދިން އަސްލުގަވެސް..” ދުންޔާއަށް އެހެން ބުނެވުނުތަނާހެން އަޑު ތުރުތުރު އަޅަން ފެށިއެވެ. އެ ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ޔާދިން އޭނައަށް ކަންތައް ކުރެވުން ގޮތާއި މެދު ދެރަވިއެވެ. “އައިމް ސޮރީ.. ޕްލީޒް ފޮރގިވް މީ..” ކަންފަތުގެ ފޫޅުގަނޑުގައި ހިފައިލައިގެން އިނދެ ޔާދިން ބުނެލިއެވެ. “އަހަރެން ބޭނުންވަނީ އެކަނިވެލަން..” ދުންޔާ ބުންޏެވެ. ޔާދިން ބޯޖަހައިލަމުން ބާލީހާއި ރަޖާގަނޑު ނަގައިގެން ކޮޓަރިން ބޭރަށް ނުކުތުނެވެ. ދޮރުލެއްޕުމުގެ ކުރިން ދޮރާއި ފުރަގަސްދީގެން ހުރި ދުންޔާއާއި ދިމާލަށް ޔާދިން ބަލައިލިއެވެ. “އައި ލަވް ޔޫ ދޫނި.. އައިމް ރިއަލީ ސޮރީ..” ޔާދިން އެހެން ބުނުމަށްފަހު ދޮރު ލައްޕާލިއެވެ.

ޔާދިން ދިޔުމުން ދުންޔާ އޭނަގެ މޫނުގައި އަތް އަޅައިގެން އިނދެ ރޯން ފެށިއެވެ. ޔާދިން އެގޮތަށް އޮތުމުން ދުންޔާއަށް ކުރި އަސަރު އެނގޭނީ ދުންޔާއަކަށްނުން ހެއްޔެވެ؟ ލޯބިވާ މީހަކު ވަކިވުމުގެ އިހްސާސަކީ ނުހަނު ހިތި އިހްސާސެކެވެ. ދުންޔާއަށް ޔާދިން އެފަދައިން ކަންތައް ކުރުމުން ޔާދިން ގެއްލުންފަދަ އިހްސާސެއް ކުރެވުނެވެ. އެހެންނަމަވެސް ޔާދިން އެފަދަ ސަމާސާއެއް ކުރުމުން ދުންޔާގެ ރުޅި ކޮންޓްރޯލުން ނެއްޓީއެވެ. ދުންޔާގެ ރުއިމުގެ އަޑު ދޮރުގެ ފަހަތުގައި ހުރި ޔާދިންއަށް އިވެމުން ދިޔައެވެ. ޔާދިންގެ ހިތް ފިސްފިސްވަމުން ދިޔަ ފަދަ އިހްސާސެއް ޔާދިންއަށް ކުރެވުނެވެ. ދޮރު ހުޅުވަން އޭނަގެ އަތް ތަޅާއި ދިމާލަށް ހަރަކާތްކުރި އަދަދެއް ބުނަންވެސް ޔާދިންއަކަށް ނޭނގުނެވެ. އެހެންނަމަވެސް ދުންޔާގެ ނިންމުމަށް އިހްތިރާމް ކުރުމަށްޓަކައި އޭނަ ކެތްކޮށްލިއެވެ.

ޔާދިން ސޯފާގައި ބާލީސް ބާއްވަމުން، ބާލީހުގައި ބޯއަޅާއިލިއެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޔާދިންއަށް ނިދޭ ގޮތެއްނުވިއެވެ. އޭނަގެ ކަންފަތުގެ ހިނދުރީގައި ދުންޔާގެ ރުއިމުގެ އަޑުވަނީ ހަރުލާފައެވެ. ކުޑައިރުކޮޅެއް ފަހުން ކޮޓަރިން ދުންޔާ ނިކުތް އަޑު ޔާދިންއަށް އިވުނެވެ. ދުންޔާ ކުރަން އުޅޭ ކަންތައް ނޭނގޭތީވެ ޔާދިން ދެލޯ މަރައިލައިގެންއޮތެވެ. ދުންޔާ ހިނގާލާފައި އައިސް ޔާދިންގެ މަގަތުގައި އިށީނެވެ. އޭނަ ހިފައިގެން އައި ފަސްޓްއެއިޑް ކިޓް ބޭނުންކޮށްގެން ޔާދިންގެ ނިތްކުރިމަތިން ފެޅިފައިވި ތަންކޮޅު ދުންޔާ ސާފު ކުރަން ފެށިއެވެ.

ޔާދިންއަށް ތަދުވެދާނެނެތީ ދުންޔާ އެކަންތައް ކުރަމުން ދިޔައީ ވަރަށް ބަލައިގެންނެވެ. އެހާ ބޮޑަށް ފަޅައިގެން ގޮސްފައި ނެތުމުން ޔާދިންގެ ނިތްކުރިމަތީގައި ކުޑަކުޑަ ބެންޑްއެއިޑްކޮޅެއް އެޅިއެވެ. ޔާދިންގެ އެސްފިޔަތަށް ތެޅިލުމުން ޔާދިން އޮތީ ހޭލައިކަން ދުންޔާއަށް އެނގުނެވެ. “އައިމް ސޯ ސޮރީ ފޮރ އޯވާރިއެކްޓިން.. އައި ވޯޒް ޖަސްޓް ސެކެއާރޑް ޓު ލޫސް ޔޫ.. އައި ލަވް ޔޫ ސޯ މަޗް..” ދުންޔާ މަޑުމަޑުން ބުނެލިއެވެ. ޔާދިން ދެލޯ ހުޅުވައިލުމަށްފަހު ލުއި ހިނިތުންވުމެއް ދުންޔާއަށް ރައްދުކޮށްލިއެވެ. “ދޫނި ސޮރީ ބުނާކަށް ނުޖެހޭނެ.. އިޓްސް މައި ފޯލްޓް.. އައިމް ސޮރީ.. އައި ލަވް ޔޫ މޯރ..” ދުންޔާގެ ނިތްކުރީގައި ބޮސްދެމުން ޔާދިން ބުންޏެވެ. “ހިނގާ ދޯ ދެން ނިދަން އެނދަށް ދަމާ..” ދުންޔާގެ ކޯތާފަތުގައި ފިރުމައިލަމުން ޔާދިން ބުންޏެވެ.

ދުންޔާ އެއްމިޔަކަނުން ހީލިއެވެ. “ނޫނޭ ދިން މިރޭ ހަމަ އަސްލަށްވެސް ނިދާނީ މިތާ.. އޭރުން ދެން ފަހަރަކުންވެސް އެކަހަލަ ކަމެއް ނުކުރަން ހަނދާން ހުންނާނީ.. މިހާރު ތިހުރީ ޕަނިޝްމެންޓް ދީފަ..” ދުންޔާ ހީލަމުން ބުންޏެވެ. ޔާދިން ކުޑަކުއްޖެއް ފަދައިން ތުން ދަމައިލިއެވެ. “ދޫނި ހާދަ ގޯހޭ.. އަހަރެން މިއީ އަޅެ ދޫނިގެ ފިރިމީހާއޭ.. ތި ހިތުގަ ރަހުމެއް ކުލުނެއް އެބައޮތްތަ؟ ގައިމު ދެންމެ އަހަރެން ކައިރީ ބުނީ އައި ލަވް ޔޫއޭ.. އަހަރެން މިތާ އެކަނި އޮއްވަ ފުރޭތައެއް އަރާ ކާލާފިއްޔާއޯ؟ ނޫނީ ދޫނި އެކަނި ކޮޓަރީގަ އޮއްވަ ފުރޭތައެއް އައިސްފިއްޔާ ކީއްކުރާނީ.. އަހަރެން ކޮޓަރީގަ ނެތިއްޔާ ދޫނި ޑިފެންޑް ކުރާނީ ކާކު؟” ޔާދިން ޑްރެމެޓިކްކޮށް ބުނެލިއެވެ.

ދުންޔާ ކަޅި އަނބުރައިލިއެވެ. “މިހާރު އަހަރެން ގިލްޓް ޓްރިޕްކޮށްފަ އަދި ނުވިތާކަށް ބިރުވެސް ގަނުވަން ފެށީއޭ ދޯ.. ކީޕް އިޓް އަޕް އެންޑް މި ހަފްތާއެއްކޮށް ދިން އޮންނަން ޖެހޭނީ ސޯފާގަ..” ހަށަން ބަނދެލަމުން އެހެން ބުނުމަށްފަހު ދުންޔާ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ދުންޔާގެ ވާހަކަ އަޑުއިވި ޔާދިން އަވަސް އަވަހަށް ބޯހޫރާލައިފައި މާފަށް އެދި އެކަހަލަ ވާހަކަ ނުދައްކާނެ ކަމަށް ކިޔަން ފެށިއެވެ. “ވަރުގަދަ އަންބެއް މަށަށް ލިބިފަ މިހުރީ..” ޔާދިން ހިތާ ހިތުން ބުނެލިއެވެ. ދުންޔާ ކޮޓަރިއަށް ވަދެ މުޅި ކޮޓަރިތެރެ ދެލޮލުން ސްކޭންކޮށްލިއެވެ. ޔާދިންގެ ވާހަކަތަކުން އޭނަ ހުރީ ބިރުގަނެފައެވެ. ފޯނުން ބަޤަރާ ސޫރަތް ޖެހުމަށްފަހު ދުންޔާ އެނދަށް އަރާ އޮށޯތެވެ.

ބަނަވިލާތަކުން ދުނިޔެވަނީ ފުސްކޮށްލާފައެވެ. އިރު ވަނީ އެ ވިލާތަކުގެ ފަހަތުގައި ފޮރުވިފައެވެ. ޖެހެމުން ދިޔަ ވައިން އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދޭފަދައެވެ. ބަންދު ދުވަހެއްކަމުން އެންމެން އުޅުނީ އަވަހަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ. އެކި ވާހަކަތަކުގައި ތިބެގެން އެމީހަކުގެ މަސައްކަތް ވީހާވެސް ފުރިހަމައަށް ކުރެވޭތޯ އުޅުނެވެ. ބަދިގެއިން އިވިގެން ދަނީ ހުނުމުގެ އަޑާއި ސަކަރާތުގެ އަޑެވެ. އެހެންނަމަވެސް އެ އަޑުތަކަށް ހުއްޓުމެއް ވެރިވީ ލާރާގެ ވޭނީ ރުއިމުގެ އަޑުންނެވެ. “ނޫން އެހެނެއް ނުވާނެ.. މަގޭ ޔާން ކޮބާ؟؟ ކަލެމެން ޔާންއަށް ކީއްކުރީ އޭން؟ އެއީ ތުއްތު ކުއްޖެއްގެ ބައްޕައޭ!!.. މަގޭ ޔާން..” ފޯނު ކޯލުގައި ހުރެ ލާރާ ރޮމުން ދިޔައެވެ.

ލާރާގެ ރުއިމުންނާއި ދައްކަމުން ދިޔަ ވާހަކައިން ބޮޑުކަމެއް ވެގެން އުޅޭ ކަމަށް މައިރީންގެ ހަވަނަ ހިއްސު އިންޒާރުދިނެވެ. “ދޮންބެދައްތާ ކިހިނެތްވީ؟ ދޮންބެދައްތާ..” ލާރާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން މައިރީން ގޮވަން ފެށިއެވެ. އޭރު މައިރީން ގާތު ޝިޔާމާގެ އިތުރުން އައިނާއާއި އަޔާނާވެސް ހުއްޓެވެ. “ދަރިފުޅާ ލާރާ ދޮރު ހުޅުވަބަލަ.. ލާރާ؟ މަޔާލް..” ޝިޔާމާވެސް ގޮވަން ފެށިއެވެ. އޭރުވެސް ލާރާގެ ވޭނީ ރުއިން ކޮޓަރި ތެރެއިން އިވެމުން ދިޔައެވެ. އެވަގުތު މަޔާލް ދޮރު ހުޅުވައިލިއެވެ. މަޔާލްއަށް ހުރީ މަންމަގެ ވޭނީ ރުއިމުގެ ސަބަބުން ރޮވިފައެވެ. “ބަ..ބައްޕި” މަޔާލް ގިސްލެވިފައި ހުރެ ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އަބަދަށް-28

Next

މަޢާފް އެދެމުން 36

Next
July 24, 2025

މަޢާފް އެދެމުން 36

Previews
July 23, 2025

އަބަދަށް-28

8 Comments!

  1. girllyy_ says:
    July 24, 2025 at 9:22 am

    this part iss soo fcknn good
    alhey mayaan ah gotheh nuhadhahche Maash
    kurin comment nukurevunas I read ur stories
    ur stories r the best
    dhn komme part akah vx comment kollaanan IA
    KEEP IT UP!!!

    1. Maash Maash says:
      July 24, 2025 at 9:51 am

      Thank you you soo much darling.. I’m happy U liked this part.. let’s see what happens to mayaan dhww..
      Aww I’m happy to hear thatt.. waiting for Ur comment in the next part..
      Thank you so much for Ur support 💜🦋

  2. aanaa says:
    July 24, 2025 at 9:59 am

    Masha allah mi part vs vrh reethi
    Lihaan r zaaidh haadha goahey
    Yaadhin n dhunya ge kolhun so cute
    Yaadhin rangalhuvaane film kulhn fonuvan..act kuran molhu
    Mayaan ah kiih vii??
    Alhe hiivs viyey yaal mayaan nugulhaathaa 3days viyey buniima knmvs kmh vehje kan
    Curiously waiting
    When next?
    Lyyy🫶

    1. Maash Maash says:
      July 24, 2025 at 12:34 pm

      Thank you so much aana.. I’m happy U liked this part… Yes liyaan men vrh goas dhww.. yaadhin vrh molhah film kulhelaane thihen hadhaafiyya hehe.. mayaan ah v goi ingeyne vrh avahah.. next part Insha Allah Sunday ga..
      Love you moree darling 💜🦋

  3. shihaamaa ali shihaamaa ali says:
    July 24, 2025 at 2:00 pm

    heyyyy maashhh
    mi part ves vrh reethi allahumma baarik
    dhunya nd yaadhu soo cute i’d do the same if my future husband does it jazaakallah khairan for the ideaa🤣❤️
    and plssssssss dont let that zaaidh ge plan workkk
    AND WHAT THE HELL JUST HAPPENED TO MAYAAN??? PLS TELL ME HE IS NOT DEAD… U CANT DO THATTT:((((((
    cant wait for next episode ilyyyysssmmmm❤️

    1. Maash Maash says:
      July 25, 2025 at 12:24 pm

      Heyyy shiherrr..
      Thank you soo much.. I’m happy U liked it.. hahaha meee too lol.. let’s see if it works or not..I have no idea what happened to mayaan hehe.. I’m also trying to find him☺️😭 next ep Insha Allah sundayga.. love you more darlingggg💜🦋

  4. Shaf_maan says:
    July 26, 2025 at 7:55 pm

    Maasha Allah mi prt vx vrh reethi
    Sorry for the late comment
    Zaaidh n lihaan.. Lihaan is a minister WTF is wrong with them😡
    Yaadhin hama act kuran molhy eyy.. Film kulhen randalhu waane… Dhunya vareh neyy.. Alhe sofa ga wiyya dhin nidhan beyv.. Haha😂😭😭😂
    They are so cutee💜💜
    MAYAAN.. NOOO MARSHH.. YAAN MARU V THA.. 😱😲💔
    Obi noanna warah hiyy thelheyy ebaa.. So so so curiousss…
    Impatiently waiting..
    Whn nxt????
    Tc.. Lysm Marsh 💜💜

    1. Maash Maash says:
      July 27, 2025 at 12:54 pm

      Thank you so muchhh I’m happy U liked it.. no worries hehe I’m happy to see Ur comment lahun viyass.. yeahh lihaan is a minister. Hehe yeahh yaadhin vrh molhah film kulhelaane chance eh libujjeyya hehe.. dhen eheneh nun hadhaany e soru varah vure naughty v ma😂 let’s see what happens to mayaan dhww.. next part miadhu submit kohlaanan.. tc love you moreee💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 26←


All Right Reserved!