” އޯކޭ .. ކީއްވެޔޯ ޕްރިންސިޕަލް ސުކޫލަށް ނައީ؟؟ ..” ސާމިއުގެ ހިތުގައި ޝައުގުވެރިކަން އުފެދުނީ ކީއްވެގެން ކަމެއް އޭނައަކަށްވެސް ނޭނގުނެވެ. ” ނޭނގެ؟؟.. ސަރދުވަން ދަނިކޮށް ފަތްގަނޑެއް ފެނުނީޔޯ .. އެ ފަތްގަނޑު ދަށުން އެއްޗެއް ފެނުނީއޯ … މުޅި ގައިގަ ރެދަނޯ …. އަހަންނަކަށްއެ މާނަ ކުރާ އެއްޗެއް ނަގައިގަންނާކަށް ނޭނގެ ..” މިހާދު ކިޔައިދިނީ ސާމިއުއަށް އެނގޭނޭ ކަމުގެ އުންމީދުގައެވެ. ނަމަވެސް އެކަން އެގޮތަށް އެކަންނުވި ކަމުގެ މަލަމަތި ފެންނަން ފެށީ […]
” މިހާރު ވަރުބަލި ވެއްޖެ .. އިރުކޮޅަކުން ފަށާނީ ..”ސާމިއު ދުވަމުން އައިސްފައި ވެސް ވަރުބަލިވެގެން އިށީނެވެ. އޭނާ މުޚާތަބު ކުރީ ގާތުގައި ހުރި މިހާދު އާއިއެވެ. ” ހާދަ އަވަހަކަށް ވަރުބަލިވީ!!.. އަދި އެންމެ ފަސްމިނަޓުވެސް ނުވޭ ވިއްޔަ .. މާގިނައިން ކައިގެންދޯ ތިއުޅެނީ؟؟؟..”މިހާދު ދިމާކޮށްލިއެވެ. ތެދެކެވެ. ސާމިއު ހުންނަނީ މިހާދުއަށް ވުރެ ހަށިގަނޑުން ބޮޑުކޮށެވެ. ދެކުދިންވެސް ކިޔަވަނީ ގުރޭޑު 6 ގައި ކަމަށްވާއިރު އުމުރަކީ ބާރަ އަހަރެވެ. ” ނޫނޭ .. އަހަރެން ކޮންއިރަކު […]
ޓްރެއިލަރ ފުރޭތައެކެވެ. ބޮޑުބޮޑު ގައިގައި ފަތްފަޅައި، ނަޢަމްސޫއްޕާއި ސޫފި ނޫން އެހެން އެއްޗެއް ނުދިރުވޭ ފުރޭތައެކެވެ. ކުދިންކޮޅުގެ ހިތުން ފަތްގަނޑު ފުރޭތައެވެ. ކިޔައިދީދީ ވެސް ގަބޫލުކުރާނޭ މީހަކު ނުވެއެވެ. މިއީ ހަގީގަތެއް ކަމަށް ގަބޫލުކުރީ ސާމިއު އެކަންޏެވެ. ނަމަވެސް ފަހުން ސާމިއުގެ ދެއެކުވެރިންވެސް ސާމިއުއާއި އެއްބައިވެ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވެއެވެ. އަދި އެކަމަށް ތައްޔާރުވެއެވެ. “ނޭނގެ .. ސަރ ދުވަން ދަނިކޮށް ފަތްގަނޑެއް ފެނުނީޔޯ .. އެ ފަތްގަނޑު ދަށުން އެއްޗެއް ފެނުނީއޯ .. […]
ނަޔާނީ ހަޅޭއް ލަވައިގަތެވެ. އަތް ކައްސާލީގޮތުން މަތަނުވެގެން އޭނަ ޖެހުނީ ބެލްކަނީ ހަރު ތަޅުންގަނޑު މައްޗަށެވެ. ޖެހުނު ގޮތަކުން ތަދުވެސްވިއެވެ. އޭރު ރޫނާ އޭނަޔަށް އެހީވަނިއެވެ. ނަޔާނީގެ ހަޅޭކުގެ އަޑަށް މަތީ ފުލޯ ބަދިގޭގައި މޮޕު ޖަހަން ހުރި ނާހިދާ އާއި ކޮޓަރީގައި އަރާމު ނިދީގައި އޮތް މިޝްކާވެސް ތެޅެމުން ފޮޅުން އެ ކޮޓަރިޔަށް ވަނެވެ. ” ނާޔާ ކިހިނެތްވީ ..” ” ދޮންތަ ވެއްޓުނީ ކޮންތާކުން؟” ” އަނެއްކާ އެރީ ދޯ މައްޗަށް .. ނާރާށޭ […]
” އެއީ އެއްވެސް ކާއްޓެއް ނުފެނުނީމަ ހިނގަމުން ދިޔައީ .. ދެން އަންނާނެ ގޮތެއް ނޭނގުނު .. މާ އެތެރެޔަށް ވަދެވުނީ މަ .. އެންމެފަހުން އަތިރިމައްޗަށް ދެވުނީމަ އެތަނުން މިތަނަށް އާދެވުނީ .. އަނެއްކާ ލިލީ ގުޅީމަ އެގެޔަށް ދާން ޖެހުނީ .. ފައިހާ އާއި އެތަނުން ދިމާވީ ..” ދޮގު ތަކާއި އެކު ތެދުތައް އެކޯވެގެން ބޮޑު ތަގުދީރެއް ނަޔާނީ ކިއެވެ. ” މައްސަލައެއް ނެތް ..” އެއަށްފަހު ނާޙިދާ ދޮރު ލައްޕައިލިއެވެ. ” […]
އެއްދުވަސް ވަރެއްގައި ކޮތަރެއް އުޅުނެވެ. މި ކޮތަރަކީ މީހުންނަށް ހިތްހެޔޮ އަދި އެހާމެ ވަރަށް މޮޅަށް ކިޔަވައިގެން ހުރި އެއްޗެކެވެ. އެހެންކަމުން މި ކޮތަރަށް ހެވާއި ނުބައި ވަކި ކުރަން އެނގެއެެވެ. އިރު ފެނުން ތޮޅިލުމާއި އެކު ހާގޮވާ އަޑު އިވެން ފަށައިފިއެވެ. ކޮތަރު ނުތެދުވާން އޮވެފައި ވެސް ތެދުވެއްޖެއެވެ. ދަތް އުނގުޅާ ފެންވަރައިގެން އޭތި ހެނދުނު ނާސްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. މީއްޗަކީ ވަރަށް ހީވާގި، ހުނަރުވެރި އަދި މުރާލިވެސް އެއްޗެކެވެ. ދޮރުގައި ޓަކިދޭން ފެށި […]
” ކީއްވެ ތި ސުވާލު ކުރީ .. އަހަރެންމީ އަންހެން ވައްތަރުގެ މީހެއް ..” ރޫނާ ބުނެލިއެވެ. ” އެހެންތަ .. ދެން ކީއްވެ ބަރުއަޑަކުން ވާހަކަ ދެއްކީ ..” ނަޔާނީ ސުވާލު ކުރިއެވެ. ތެދެކެވެ. ނަޔާނީ އާއި ރޫނާ ވާހަކަ ދެއްކީ ބަރު، ފިރިހެން އަޑަކުންނެވެ. ” އެއީ ނަޔާނި ބިރުގަންނަތޯ ބެލީ ..” ޖެހިލުމެއްނެތި ރޫނާ ޖަވާބުދިނެވެ. އެއާއިއެކު ނަޔާނީ ހީނގަތެވެ. ބަރު އަޑަކުން ވާހަކަ ދެއްކުމުން ބިރު ގަންނާނެ މީހަކު ހުންނާނެ […]
ނަޔާނީ ދެ ހިޔާލެއް ގައި އިދެފައި އެ ބޯޅަ އަތަށް ނަގައި ސުވާލުކޮށްލިއެވެ. ” ތީ ކާކު ..” ނަޔާނީ އަޑެއް އަންނަތޯ ބަލަމުން ދިޔައެވެ. ” ކާކުކަން ބެލުމެއް މުހިއްމެއް ނޫން ..” ބަރު އަޑަކުން އޭތި ޖަވާބު ދިނެވެ. ނަޔާނީ ހައިރާންވެފައި އޭގެ ވަށައިގެން ބަލަމުން ދިޔައެވެ. ” ކީއްވެ މުހިއްމު ނުވީ؟ ” ނަޔާނީގެ ޝައުގުވެރިކަން ދަމައިގަތީ އެހިސާބުންނެވެ. ” އެހެންވިއްޔާ ތީ ކާކު .. އޭލިޔަނެއް؟ ” ޖަވާބު ދިމާކުރަން އޭނަ […]
ކުދި ކުދި ހިކި ފަތްތައް ނިއުޅަމުން ގަސްތަކުގެ ބިއްދޮށް ބަލަމުން ނަޔާނީ ކުރިޔަށް ދިޔައެވެ. އެތައް އިރަކު ބެލުނު އިރު ވެސް އެންމެ ވައްތަރެއްގެ ކާއްޓެއް، ކުރުބަލެއްވެސް ނަޔާނީ އަކަށް ނުފެނުނެވެ. މިއަދު ނަސީބު ދެރަ ދުވަހަކީ ތާއެވެ. ނަޔާނީ އައި ކޮޅަށް ދާން އެނބުރި ހިނގައިގަތެވެ. ” ސުބްހާނަށް ﷲ “.. މިއީ ކޮންތަނެއް ހެއްޔެވެ. ކާށި ހޯދަން ފޯރީގައި އުޅެމުން އޭނައަށް ޖަންގަލީގެ އެންމެއެތެރެއަށް ވަދެވުނީއެވެ. ދެންކުރާނީވެސް ވަކިކީއް ހެއްޔެވެ؟ އެތައް ތަނަކަށް […]