އަނެއްކާވެސް ބޮލަށް އެނބުރުން އެރިކަން ސާމިއު އަށް އެނގުނެވެ. ވެއްޓިގަތުމުގެ ކުރިން ގަހުގައި ހިފަހައްޓަން ސާމިއު އުޅުނެވެ. އައި ގާގަނޑާއިއެކު މަތަނުވެގެން ސާމިއު ބިންމައްޗަށް ގުޅަޔަކަށް ޖެހުނެވެ. ތެދުވާން މަސައްކަތް ކުރިޔަކަސް ނުތެދުވެވުނީ ވެއްޓުނު ގޮތުންނެވެ. ދުރުން އަޑުއިވެމުން ދިޔަ ފިޔަވަޅުތަކުގެ އަޑާއިއެކު ސާމިއުއަށް މަޖުބޫރުވީ ހިމޭނުން އޮންނާށެވެ. ފުރޭތަކަމަށް ހީކޮށެވެ. ނަމަވެސް އެއީ ސާމިއު ހީކުރި ކަހަލަ އެއްޗެއް ނޫނެވެ. ” ސާމީ !! ..” އަލަމް އަޑު އިވުނެވެ. “ސާމިއު !! […]
” ކީކޭ .. ” އެ ޖުމްލަ އަލުން އަޑުނާހަން ބޭނުންވި ނަމަވެސް ސާމިއު ޔަގީން ކޮށްލަން ބޭނުންވިއެވެ. ” އާން .. ބޭބެ މި ބުނަނީ ރަނގަޅަށް .. ޖިންނިންގެ ރަސްގެފާނަށް ހެދިގެން އެއަންނަނީ އެ ނުބައި ފުރޭތަ … ކޮއްކޮމެން ސަމާލުވާތި .. ބޭބެ ރަނގަޅު އެތި ފަހަރެއް ހަދާލާނަން ..” ހަމްދީބޭ ބުނި ބަހުގެ ޔަގީންކަން ދޭހަ ކޮށްދިނެވެ. ” އެކަމަކު ބޭބޭ .. އެއީ ކިހިނެތްވީ ކަމެއް؟ ..” ސާމިއު […]
އާދައިގެ މަތިންް މުސަޅު، އޭތީގެ ހޮރުން ނުކުތެވެ. އޭތި މިސްރާބުޖެހީ އޭތީގެ މަންމަ ގެޔަށެވެ. އިރުއުދަރެހުންްްްް ތިރިވެ އިރުއޮއްްސެން ކައިރިވެފައި ވާތީ އަވަހަށް އެތަނަށ ދެވޭނެ ކަމާއިމެދު ޝައްކެވެ. ނަމަވެސް މުސަޅު އޭތީގެ ހިތްވަރު ދުލެއް ނުކުރެއެވެ. އަވަހަށް ދެވޭތޯ އޭތި ވަރަށް މަސައްކަތް ކުރެއެވެ.. ދުރެވެ. މާދުރެވެ. އިވެނީ އަޑެކެވެ. ހަޅޭއްލަވާ އަޑެވެ. މުސަޅު އެއީީީީީީީީީީ ކޮންއަޑެއްތޯ ނުބަލާ ދާން ބޭނުމެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން އެ ތަނާއި ދިމާލަށް ދަތުރުކުރަން ފެއްޓިއެވެ. މިހާރު އެތަނާއި […]
ފޮތުގައި ލިޔަމުން، އަހަރެން ކުރިޔަށް ދިޔައީ، އަހަރެންގެ ހަޔާތުގެ އަނދިރި ސަފްހާތަކެކެވެ. ހިޔާލުގައި މެހުސޫސު ކުރެވެމުން ދިޔައީ އެދުވަސްތަކެވެ. ހަނދާން ކުރަން ބޭނުންވާ ވަރުން، ލޯމަރާލައި، ހިޔާލަށް އެތަން ފުރާލަދިނީމެވެ. އެއީ، ‘ސައްބީސް ޑިސެންބަރ އެވެ.’ * * * * ރަށުގައި އަހަރެން އުޅެނީ މިނިވަން ކޮކާލެއް ފަދައިންނެވެ. މައިންބަފައިންނާއިި ދުރުގައި، ވަގަށް ނެގި ފޯނަކުުން އަހަރެން އުޅެމުން ދިޔައީއެވެ. މައިންބަފައިންނާއި ދުރުގައެއް ނޫނެވެ. ނަމަވެސް އުޅެމުންދިޔައީ އެމީހުންނާއި ދުރުގައެވެ. އެކުވެރިޔާއާއި އެކުގައެވެ. އެއީވެސް ވަކި […]
މިއަށް ކީއްކުރަންވީ ..” އަލަމް އަވަހަށް އެ ފަތްގަނޑު ނަގައި އޮޅައިލިއެވެ. ” ތީތި އެފުރޭތަ އޮންނަ ތާނގަ ތެރޭގައި ބާއްވަން ޖެހޭނީ .. ދެން މި ފަށް އޭތީގެ އަތުގައި އަޅާ ..” ހަމްދީބޭ ދެވަނަ ފަހަރަށް ނެގީ ފަށެކެވެ. ތަވީދަކަށް ވެދާނެޔޭ އަލަމްގެ ހިތަށް އެރިއެވެ ” މިއީ ތަވީދެއް ދޯ ..” އަލަމްގެ ހިތުގައި އޮތް ޖަވާބު ނޭނގޭ ސުވާލު ނޭގި ނަމަވެސް ސާމިއުއަށް ކުރެވުނެވެ. ” ތިއީ އަހަރެންގެ ހިތުގައި އޮތް […]
އެފުރޭތަ ހުންނަ ގޮތާއި، ދިރިއުޅޭ ތަނެވެ. އަލަމް ހުރީ ހައިރާންވެ ސޮނިވެއްޓޭ ވަރު ވެފައެވެ.* ” އޯހ ސަޅި ..” އަލަމަށް ބުނެވުނެވެ. އެއާއި އެކު ސާމިއު ހީލިއެވެ. ދެ ކުދިންނަށްވެސް ނޭނގުނީ ހަމްދީބޭ އެ ވާހަކަތައް ވަރަށް ގާތުން އަޑުއަހަމުން ދިޔަ ކަމެވެ. މިސްކިތުން ފައިބައިގެން ތަސްބީހަފަތި ހަލުވަމުން ގެ ހުންނަ ގޯޅި އަށް އެޅި ވަގުތު ފެނުނު ދެކުދިންނާއި އެދެކުދިން ދައްކަމުންދިޔަ ވާހަކައަށް ޝައުގުވެރިކަމެއް ދެވި އަޑުއެހުނީއެވެ. އެ ފުރޭތައިގެ ވާހަކަ އަޑުއިވުނަސް ހަމްދީބޭގެ […]
” އެހެންވިއްޔާ ކުރަން ތި އުޅެނީ ކޮންކަމެއްތޯ ބުނެބަ ..” ސާމިއު ބުނެލިއެވެ. ” މިހެން ހަދަން ޖެހޭނީ …. އޭތީގެ ނާސްތާއަށް އަޅާނެ ދިޔައެއް އަހަރެން ދޭނަން .. އޭގެ އަސަރު ކުރުމުން އޭތި ކުޑަވާނެ ..ދެން އަހަރެމެން އޭތި ހުޅިއަކަށް އަޅާލާފަ އަންދާލާނީ .. އޭރުން އެ ނިމުނީ..” ހާޖީ ފާޑަކަށް މޫނަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ. މިއީ ހާޖީ އޭނައާއި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ކުރިން މުޅިން ވެސް ވާހަކަދައްކައި އުޅުނީ އަތުންނާއި […]
” މިރަށު މީހެއް؟ ކާކު؟ ..” ސާމިއުގެ ނޭވާ އަވަސްވިއެވެ. “ކޮންމެ ރެއަކު އަތިރިމަތީގެ މަގޫ ގަސްތަކުގެ ދޮށަށް މަސްބާނަންދާ މީހެއް ..” ފަލްކަން ޖަވާބު ދެއްވިއެވެ. މިޖަވާބުން ސާމިއު އިތުރަށް ހާސްވިއެވެ. ނަމަވެސް އެކަން ނުދައްކާ ހުރީ އޭނައަކީ ފިނޑި މީހެއްކަން ނުދައްކާ ހުންނަން ވެގެންނެވެ. “މަގޭ ބައްޕަވެސް އެތަނަށްދާނެ .. އެގޭތަ ކާކުކަން؟ ..” ސާމިއު އަހާލިއެވެ. އެއާއިއެކު ފަލްކަންގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ދިއްލުނެވެ. ހަމައެކަނި އެ އަގޮއްޓެއް ނޫނެވެ. ހާޖީގެ […]
ރޭނގަޑެވެ. ކައިނިމުނުތަނާ، ކޮޓަރިއަށް ދާން ސަންފަ ބުނުމުން ސާމިއު ބަހާނާއެއް ނުދައްކާ، ކޮޓަރިޔަށް ވަނެވެ. ލައިޓު ދިއްލާ އެނދާއި ދިމާލަށް އެނބުރިލި ސާމިއުއަށް ހަޅޭއްލަވައިގަނެވެން އުޅުނެވެ. ނަމަވެސް މީހަކު އަނގަމަތީގައި އަތް އަޅައިފައި ހުރި ކަމުގެ އިހްސާސް ކުރެވުނެވެ. ސާމިއު އަކަށް ދެން ވީގޮތެއް ނޭނގުނެވެ.* ހޭލެވުނީ މީހަކު ވާހަކަ ދެއްކި އަޑެއް އިވުމުންނެވެ. ދަންވަރުއަމިއްލަ ކޮޓަރީގައި މީހަކު ކުރަނީ ކޮންކަމެއް ކަން ނޭނގިހުރެސާމިއު އެނދުން ތެދުވިއެވެ. ކުރިމަތީގައި ފުރަގަސްދީގެންހުރި ފިރިހެން ކުއްޖާ އޭނަޔަށް ފެނުނީ ދެނެވެ. […]