Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަކުޑަކުދިންގެއުފެއްދުންތެރި ލިޔުންއެހެނިހެން

ކާޅާއި ހިތްހެޔޮ ކޮތަރު

Aashii
Aashii Level 310 Stories100 Login
December 12, 2020 3 Mins Read
0 Comments

އެއްދުވަސް ވަރެއްގައި ކޮތަރެއް އުޅުނެވެ. މި ކޮތަރަކީ މީހުންނަށް ހިތްހެޔޮ އަދި އެހާމެ ވަރަށް މޮޅަށް ކިޔަވައިގެން ހުރި އެއްޗެކެވެ. އެހެންކަމުން މި ކޮތަރަށް ހެވާއި ނުބައި ވަކި ކުރަން އެނގެއެެވެ.

އިރު ފެނުން ތޮޅިލުމާއި އެކު ހާގޮވާ އަޑު އިވެން ފަށައިފިއެވެ. ކޮތަރު ނުތެދުވާން އޮވެފައި ވެސް ތެދުވެއްޖެއެވެ. ދަތް އުނގުޅާ ފެންވަރައިގެން އޭތި ހެނދުނު ނާސްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. މީއްޗަކީ ވަރަށް ހީވާގި، ހުނަރުވެރި އަދި މުރާލިވެސް އެއްޗެކެވެ. ދޮރުގައި ޓަކިދޭން ފެށި އަޑު އިވެންފެށީ ކޮތަރު ރޮށި ފެހެން ފެށި ވަގުތުއެވެ. ކޮތަރު އުޅުނުލެއް ބުރަކަމުން ދޮރު ހުޅުވާކަށެއް ނުދެވުނެވެ. އެ ޓަކިިދިން މީހަކުވެސް ޓަކިދިނީ ދެތިން ފަހަރުއެވެ. އިސާހިތަކު އެ އަޑު ކެޑިއްޖެއެވެ.

ކޮތަރު އުދުހިގަނެފައި އަވަސް އަވަހަށް ދޮރު ހުޅުވައިލިއެވެ. އޭއްޗަށް ފެނުނީ ބަލިބަލިކޮށް އުޅުނު ކާޅެކެވެ. އަންހެން ވައްތަރެކެވެ. މުސްކުޅި އެއްޗެކެވެ. ކޮންމެއަކަސް މި ކާޅަށް އެހީވެނުދީ ފޮނުވާލާކަށް ކޮތަރަށް ނުކެރުނެވެ.

” ދައްތާ ..” ކޮތަރު ގޮވައިިލިއެވެ. އެއަޑަށް ކާޅު ފަސްއެނބުރި ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ.

” ދައްތައަށް ކޮން މުސީބާތެއް ޖެހުނީ ..” ކޮތަރު ކާޅުގެ އަތުގައި ހިފާ ގެއަށް ވެއްދިއެވެ. އަދި ގޮޑިއެއް ގެނެސް އެ ގޮޑީގައި ކާޅު ބޭންދިއެވެ.

” އަހަރެރެންންންން ގެގ ނަނމަކކީ ހހަިިއއިލަ .. އަަހަހަހަރެރެރެންން އުއުއޅޭ ގގެއއިން އއަހަރެރެން ނެނެނެރެލިތާ 1 މމަމސް ވވެއްޖޖެ .. އެެއެއީީ އެއކަކަކު ނޫނުން  .. ބޮޑުޑު ބޮބޮޑުޑު ގުގުރޫޕެއް ..  ދދަރރިިން އއާއއި ހުހުރިހހާ މުމުދދަލެއް ހިފފައިގެން ދިދޔޔައީ .. ކކކޮއްކކޮ ދދައްތަ އއަށް އއެހީވެދީ ..”

މަޑުމަޑުން ކިރިޔަ ކިރިޔާ ސާފު ވާވަރަށް  އެ ދައްތަ ކިޔައިދިނެވެ. އެއާއިއެކު ކޮތަރު ވަރަށް ދެރަވިއެވެ. ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ހަމަ މިގޮތަށް އުޅޭނެ އެއްނޫންހޭ ކޮތަރުގެ ހިތަށް އެރިއެވެ.

” ދައްތައަށް އަހަރެން އެހީވެދޭނަން .. ބޭނުންއިރަކު މިގޭގަ ހުރެވޭނެ .. އާދޭ .. މިހިރީ ދައްތަގެ ކޮޓަރި ..”

ކޮތަރު އަވަސްއަވަހަށް އެ ދައްތަ ހުހަށްހުރި ކޮޓަރިއަށް ވެއްދިއެވެ. އަދި ކާނާ ހިފައިގެން އަންާނަމޭ ބުނެ ދޮރު ލައްޕައިލިއެވެ.

ކޮތަރަށް މި ޖެހުނީ އައު ފިކުރެއް ބޮލުގައި އަޅާށެވެ. ކޮތަރު އެދައްތައަށް އެހީވެދޭން ބޭނުންވިއެވެ. އަދި އެ ދައްތަގެ ދަރިންނާއި މުދާ އަނބުރާ ދައްތައަށް ހޯދައިދޭން ކޮތަރު އަޒުމް ކަނޑައެޅިއެވެ.

ރޮށި ފިހެ ނިންމާލައިފައި 2 ރޮއްޓާއި ރިހަ ހިފައިގެން ކޮތަރު އެ ދައްތަގެ ކޮޓަރިއަށް ދިޔައެވެ. އޭރު އެދައްތަ އޮތީ އަރާމު ކުރާށެވެ. މޫނުމަތީގައި ވަރުބަލިކަން ވިދަމުން ދިޔައެވެ.

” އަން  ދައްތާ .. އަވަހަށް ކާލާ .. މިހިރީ އެއްޗިހި ..” ކޮތަރު އެއްޗިހި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި އޯގާތެރިކަމާއިއެކު ފެންތަށި ދައްތައަށް ދިއްކޮށްލިއެވެ.

ދައްތަވެސް އެ ފެންތަށީގައި ހިއްޕެވެ. އަދި ޝުކުރިއްޔާއޭ ބުނެލުމަށްފަހު އަވަހަށް އެތަށި ބޯލިއެވެ.

” ކޮއްކޮ ހާދަ ރަނގަޅޭ ..”  ދައްތަ ހިނިތުންވެލުމަށްފަހު އަނެއްކާވެސް އޮށޯވެލިއެވެ.

 

ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައެވެ. މިހާރު ކާޅު ދައިތަވެސް ދިރިއުޅެނީ ކޮތަރުގެ ގޭގައެވެ.  ދުވަސްތަކެއްވެސް ވެފައި ވާތީ ދައްތަވެސް މިހާރު ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިލާފައެވެ.

އެއްދުވަހެވެ. ފިހާރައަށް ދާންވެގެން ކޮތަރު ގެއިން ނުކުތެވެ. ކާޅުދައިތަ ކޮޓަރީގައި އޮތެވެ. ކާޅުދައިތަގެ ގޮތް ކޮންމެވެސް ވަރަކަށް އެނގިފައި ވާތީ ކޮތަރު، ދައްތައަށް އިތުބާރު ކުރެއެވެ.

ދޮރުޖެހި އަޑު އިވުނެވެ. ކާޅު ދައިތަ ކައްޓެއްޖެހި ފަދަޔަކުން ފުންމައިގެން ތެދުވިއެވެ. އުޅުނު ބަލި ހާލު ވެސް ހަނދާނެއް ނެތް ފަދައެވެ. މަސްކާށި ފުންމާގޮތަށް ފުންމަމުން ކާޅު ދައިތަ ކޮތަރުގެ ކޮޓަރިޔަށް ވަނެވެ. ނުލަފާ ހިނިތުންވުމާއިއެކު އެ ދައިތަ މުޅި ކޮޓަރިޔަށް ބަލައިލިއެވެ. އެއަށްފަހު އަލަމާރިތައް ހުޅުވާ ވަށްގަނޑުތައް ކޮންނަން ފެށިއެވެ. ފައިސާ ފެނުމުން އެ ޖަހައިގަތެވެ.  އަދި އިތުރު އެހެން އެއްޗެއް އޮތްތޮ ބަލާ ޗުކު ކޮށްލުމަށްފަހު ބަދިގެޔަށްވަދެ މޭވައާއި އެހެނިހެން ސާމާނު ދަބަހަށް އެޅިއެވެ. ވަގަކުހެން އަވަހަށް ބޮޑު ދޮރު ހުޅުވާ ރައްކާވާން އުޅެގަތެވެ.

ނަވަވެސް އޭނަ ހީކުރި ގޮތަށް ކަމެއް ނުވިއެވެ. ނިކުމެވުނު އިރު ކުރިމަތީގައި ކުރީ ކޮތަރެވެ. ކޮތަރުގެ އަތުގައި ފައިސާ އާއި ބޮޑު ކޮތަޅެއް އޮތެވެ. ފައިސާ ފެނުމުން އެ ޖަހައިގަންނަން ކޮތަރުގެ ހިތަށް އެރިއެވެ.

” ދައްތާ! ކޮންތާކަށް ދާން ތިއުޅެނީ .. މިހާރު ރިތިކޮށް ހިނގެންވެސް ފެށުނީތަ؟ “.

ކޮތަރު ހުރީ ހައިރާންވެފައެވެ. އެ ދައިތަ ހުރީ އިސްޖަހައިގެންނެވެ. އެއްލި ކަޅިޔަކުން ދައިތަގެ ކޮޑުގައި އަޅާފައި އޮތް އޮތް ދަބަސް ކޮތަރަށް ފެނުނެވެ. އެއީ އޭނަގެ ދަބަހެވެ. ދައިތަ ކުރީ ކޮންކަމެއް ހެއްޔެވެ.

” ދައިތާ .. ތީ އަހަރެންގެ ދަބަހެއްނު .. ކޮންތާކުން ތިޔަ ދަބަސް ހޯދީ ..”

ކޮތަރު ރުޅި އައިސްފައި ބުނެލިއެވެ. އަދި އެ ދަބަސް ޖަހައިގަތެވެ. ދަބަހުގެ ތެރޭގައިވާ އޭނަ ކުރި ހަލާލު މަސައްކަތް ތަކުގެ ނަތީޖާ ފެނުމުން ކޮތަރު ރުޅި އަންނަން ފެއްޓިއެވެ. މި ހުރިހާ ދުވަހު އޭނަ ދައިތަ އެގޭގައި ބެހެއްޓީ ހިތްހެޔޮ ހިތަކުންނެވެ. އޭގެ އަގު އެ ދައިތަ ދިނީ މިހެން ހެއްޔެވެ.

” ކޮއެފުޅާ އަޑުއަހާ .. ދައިތަ އަކީ ދަރިން ތިބި މީހެއް .. ކުރިން ވެސް ބުނި ފަަދައިން ހަމަ ދައިތަގެ ދަރިން މީހުން ގެންދިޔައީ މުދަލާއިއެކު .. އެމީހުން ބުނީ ތިޔަ ކޮތަރުގެ ހުރިހާ މުދަލެއް އެމީހުންނަށް ހޯދައިދޭށޭ .. އޭރުން އަހަރެންގެ ދަރިން އަނބުރާ އަހަންނަށް ލިބޭނެޔޭ .. މިއަދާއި ހަމައަށްވެސް މި މަސައްކަތް ކުރަނީ އަހަރެންގެ ދަރިން ލިބޭތޯ .. ކޮތަރުގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން .. މަޢާފް ކޮށްޭނެ ކަމަށް އުންމީދުކުރަން .. ވައްސަލާމަލައިކުމް ..”

އެދައިތަ ރޮއެގަތެވެ. އަޑުނެތް ކޮޅަށް ރޮމުން ބިމަށް ތިރިވިއެވެ. ނަމަވެސް އިރުކޮޅަކުން ތެދުވެ ދެލޯ ފުހެލިއެވެ. ހުރިހާ ކަމަކަށް ޝުކުރިޔާއޭ ބުނެލާފައި ގެއިން ނުކުންނަން ހިނގައިގަތެވެ.

ނަމަވެސް ކޮތަރު ދުލެއް ދޭނޭ ހެއްޔެވެ. ކާޅު  ދައިތަގެ ފައިބުޑަށް އެ ދަބަސް އެއްލައިލިއެވެ.

” ތިއީ މިހާރު ދައިތަގެ މުދަލެވެ.”

 

( ކޮތަރު އޭނަ ކުރި ވައުދު ފުއްދިއެވެ .)

( އަމިއްލަ މުދަލާއި ގެ އެހެން މީހަކަށް ހިއްސާ ކުރިއެވެ .)

( ދައިތަ އަކީ ވަގެއް ނޫނެވެ. ނަމަވެސް ކަންކަން ސިއްރު ކުރަން ކުޅަދާނަ އެއްޗެކެވެ .)

– ނިމުނީ –

….. މިއީ އަޅުގަނޑު ލިޔާ ކުރު ވާހަކައެކެވެ. މި ވާހަކަ ލިޔުނީ ކުޑަކުދިންނަށް ހާއްސަ ކޮށްގެންނެވެ. އަދި ބޮޑެތި މީހުންނަށްވެސް ކިޔާލެވޭނޭ ފަދަޔަކުންނެވެ. މި ވާހަކަވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ. …..

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 4

Next

ތީއޭ އުފަލަކީ…2

Next
December 12, 2020

ތީއޭ އުފަލަކީ…2

Previews
December 12, 2020

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 4



All Right Reserved!