މިޝްކާ އަށް ތެދުވެވުނީ އެނދުންނެވެ. ދެކޮޅު ހޯދާ ބަލާލީ އޭނައަށް އޮވެވުނު ތަން ޔަގީން ކޮށްލުމަށެވެ. އެއަށްފަހު ހަމަޖެހުމުގެ ނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ. އަނެއްކާވެސް މަޑުމަޑުން އޮށޯތެވެ.ނަމަވެސް އެހެނެއް މާގިނައިރަކު ނުއޮވުނެވެ. ދުރުދުރުން ފަޒާ ގެ ތެރެއިން ވިހުރެމުން އައި އަޑެއް އޭނަގެ ކަންފަތުގައި ޖެހުނެވެ. އާއެކެވެ. ބަންގީގެ އަޑެވެ. ގަޑިން 5 ގަޑި ބައެވެ. މީޝްކާ އިނީ ވަރަށް ބޮޑަށް ކަންނެތް ވެފައެވެ. ނަމަވެސް މަޑުމަޑުން އެނދުން ތެދުވެއްޖެއެވެ. ލުއި ފިޔަވަޅު ތަކެއްގައި ހުރެ ފާހަނާއާއި […]