ަސް މިނެޓު .. ބެލިއިރު މަންމަ ޖެހިތާނގާ ލަކުނުވެސް ނެތް .. ދެން ދުވަމުން ގޮސް ކޮއްކޮ ގާތުގާ ސުވާލުކުރީމަ .. ޓައްޓަޓާސް!! މަންމަ ވެއްޖެޔޯ ޝިޔާމާއްތަމެން ގޭގަ .. ތިންގަޑިއިރު ވެއްޖެޔޯ .. އަދި މީގަ އެންމެ މޮޅުކަމަކީ މަންމަ އައިމަ ހަތިމް ހިފައިގެން މަންމަ ގާތަށް ދެވުނީ … މަންމަ ބިރެއްފެނުނު ފަދައިން ދުރަށް ދިޔައީ .. ހަމްދީބެއަށް އިގޭތަ މިވާ ގޮތްތައް؟؟؟ ..” މިހާދު މަޖަލުގައި ކިޔައިދީ ނިންމައިލިއެވެ. ހަމްދީބޭގެ މޫނުމަތިން ނުތަނަވަސްކަން […]
‘އެނދުން ތެދުވެވުނު އިރު ޝިޒުނީ ވަނީ ދަލުން ފެންވެރިފައެވެ. މާނޭވާ ލެވެމުން ދިޔައިރު އޭނައަށް ދެންމެ ފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލެވުނެވެ. އެއީ ކިހިނެތްވީ ހުވަފެނެއް ހެއްޔެވެ؟’ މިއީ ވަރަށް ތަފާތު ވާހަކަ އެކެވެ. އޭލިޔަން ސިލްސިލާގެ އެންމެ ފުރަތަަ ވާހަކަ ގޮތަށް، މިވާހަކަ އެހާ ކުރެއް ނުވާނެއެވެ. “ޝިޒް އަންނާނެ މާދަން ހެނދުނު… ފްލައިޓް އަވަސް ކޮށްލީމަ މިއަދު ހެނދުނަށް މިރަށު ފަސްގަނޑަށް ގާތް ކުރާނެ! ..” މައިނާ ވާހަކަ ދައްކަމުން ދިޔައީ އެކުވެރި މަންޝާ އާއިއެވެ. […]
ނޯޓް:(މިއީ، އޭލިޔަން ސިލްސިލާގެ ދެވަނަ ވާހަކައެވެ. ފުރަތަމަ ވާހަކަ ފަދައިން، މިވާހަކަ ރީތި ވާނެކަަމަށް އަޅުގަނޑު އުންމީދު ކުރަމެވެ.) ހިތްގައިމު ހަވީރެކެވެ. އަތިރިމަތި ވަނީ މީހުންތަކުން ފުރިބާރުވެފައެވެ. ކޮންމެ މީހަކުވެސް އުފަލާއި މަޖަލުގައި އުޅެއެވެ. އެއްވެސް ފިކުރެއް ނެތިއެވެ. ސަތާރަ އަހަރުގެ އަންހެން ކުއްޖަކުވެސް މި އުފަލުގައި ފުރިހަމައަށް ބައިވެރިވަމުން ދިޔައެވެ. އަތުގައި އޮތް އަގުބޮޑު ކެމެރާއިން އެކިއެކި ފޮޓޯތަކެއް ނަގަމުން އޭނަ ދިޔައިރު ދަތްޕިލަވީ ސޭލަށް އެޅުވިފައެވެ. ކޮލްގެޓް އިސްތިހާރުކުރަން ހެޔޮވަރޭ، އެ އަންހެންކުއްޖާ ފެނުނު […]
ވަރަށް ކުރީޒަމާނެއްގައި ވަރަށް ބޮޑު އިލްމުވެރިއަކު މަސްޖިދުއްނަބަވީގެ ފެންޑާގައި އޭނަގެ ދަރިވަރުންނަށް ހަދީޡް ކިޔަވައިދެއްވަމުން ގެންދެވިއެވެ. މި މާތް މިސްކިތަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން އެރަށުގައި ބިނާކުރެއްވި މިސްކިތެވެ. މިވާހަކަގައި މިނަންގަނެވުނު މާތް އިލްމުވެރިޔަކީ އިމާމު މާލިކުގެފާނެވެ. އެކަލޭގެފާނަށް މާތް ރަސްކަލާނގެ ދެއްވައިފައިވާ މަތިވެރި ދަރަޖައިވެ ސަބަބުން ނުހަނު ދުރު ހިސާބުގެ ރަށްރަށުން ވެސް ކިޔަވާ ކުދިން އެކަނލޭނގެ ފާނުގެ އަރިހަށް ކިޔަވަން އާދެއެވެ. އަދި އައިސް އިލްމު އުނގެނެއެވެ. އެކަލޭގެފާނު ލިޔުއްވި ހަދީޡް […]
މިހާދު ރުޅި އަންނާނެކަން އެނގި ހުރެއެވެ. ނަމަވެސް އެގޮތަކަށް ނުވިއެވެ. ” ނޫނޭ … ކީއްކުރަން މަސްފިހަންވީ؟؟ އެއީ އަލޫ އަބަދުވެސް ކުރާ ކަމެއްނު ؟؟؟ ..”މިހާދު ހިތްހަމަނުޖެހި ނުތަނަވަސްވެފައިވި ވަގުތެއްގައި ވެސް ހެދީ ތެދެވެ. އޭނައާއި ޚިލާފަށް ސާމިއު އާއި އަލަމް އަކީ އަބަދު އަބަދު މަޖާ ކަންތައްތައް ކުރަން އާދަވެފައިވި ބައެކެވެ. މީހަކަށް މަޑުން އެއްޗެއް ނުބުނެ ހުރެވޭނީވެސް ކެތްތެރިކަން ކޮޅުންލައި ދިޔައީމައެވެ. ” އޯހް ސޮރީ!! ދެރަވީތަ؟ ..” އަލަމް ދެރަވާކަމަށް ހަދާލައިފައިވެސް […]
އެއްދުވަހެވެ. އަހަރެން އިނީ ލިވިންގ ރޫމްގައެވެ. އެތަނުގައި އަހަރެން އިނީ ވާހަކަ ފޮތެއް ކިޔާލާށެވެ. ފޫހިވެފައި ވުމުގެ ސަބަބުން ކުރެވެނީ ހަމައެކަނި ވާހަކަ ކިޔުން ކަހަލަ ކަންކަމެވެ. ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ކަންނެތް ކަމާއިއެކު އަހަރެން ދޮރައި ދިމާލަށް ހިނގައިގަތީމެވެ. އެއީ ބޮޑު ދޮރެވެ. މަންމަ ފާހަނާއަށް ވަނުމަށްފަހު ދޮރު ނުހުޅުވާށޭ ބުނެފައި އޮތްވާ އެކަން ވެސް ހަނދާނުން ކައްސާލީއެވެ. ދޮރުމަތީގައި ހުރީ މާމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެކަން އަހަންނަށް އެނގުނެވެ. ” […]
ފެންތަށި ބޮއެލާ، ވާހަކަ ދެއްކެވޭ ވަރަށް ވަރުޖެހުމުން އަލަމް ވާހަކަ ފެށިއެވެ. ހަމްދީބޭ ޝައުގު ވެރިކަމާއިއެކު އަޑުއަހަން ހުއްޓެވެ. ” ވީގޮތަކީ ކުޅެގެން އައިސް ވަރުބަލިވެފަ ހުރީމަ އަހަރެން ނިދަން ބޭނުންވި .. އެކަމަކު ހިތަށް އެރީ ފުރޭތަ ކަމެއް ކޮށްފިއްޔާ އެކަކަށްވެސް ނޭނގޭނެއޭ! .. އެހެންވެ ފޮތް ނަގައިގެން ކިޔަން އިނިން .. އެކަމަކު ނިދިއްޖެ އިނގޭ.!. ދެން މީ އެންމެ މަޖާ ބައި.. ! އަޑުއަހައްޗޭ .. އަހަންނަށް ނިދުނުތަނާ މީހަކު ކަންފަތް […]
މަސްޖިދުއްނަބަވީ ގައި މާތް އިލްމުވެރިއަކު ކުދިންނަށް ހަދީޘް ކިޔަވައިދެއްވަމުން ގެންދަވައެވެ. މަސްޖިދުއްނަބަވީ އަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެވެ. މިއިލްމުވެރިޔަކީ އެދުވަސްވަރު އެންމެ މަޝްހޫރު އިލްމުވެރިޔާއަށް ވެވަޑައިގަނެފައި ވާތީ އެންމެ ދުރު ގައުމުތަކުގެ މީހުންނާއި ރަށްތަކުން ވެސް މިއިލްމުވެރިޔާގެ އަރިހަށް ކިޔަވަން އާދެއެވެ. ހުރިހާ ކިޔަވާކުދިންވެސް އުސްތާޒުގެ ފިލާވަޅުތައް ވަރަށް ރަނގަޅަށް ކަނުލައި އަހައި، ދަސްކޮށް ހަދަތެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެއްދުވަހަކު މިކުދިންގެ ތެރެއަށް ބީރައްޓެހި ކުއްޖަކު ކިޔަވަން އަތުވެއްޖެއެވެ. ހުރީ ވަރަށް ވެސް […]
” މަންމާ ކިހިނެތްވީ ؟ .. ބުނީމެއްނު ބައްދަލައުމަށް ދާ ވާހަކަ ؟؟ ..” މިހާދު އަތުގައި އޮތް ހަތިމް މުށުތެރެއަށް ލަމުން މިދުހާ އާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު މިދުހާ ބިރެއް ފެނުނު ފަދަޔަކުން ދުރަށް ޖެހިލިއެވެ. ” އަން މި ފެންތަށި ބޮއެލާ! .. ބައްދަލައުމަށް ދާން މިއުޅެނީ !! ..” މިދުހާ އަތުގައި އޮތް ފެންތަށި ދިއްކޮށްލިއެވެ. މިހާދު ހައިރާންވި ވަރުން އަނގަ ހުޅުވުނެވެ. މިދުހާ އަކީ ދުވަހަކުވެސް އެގޮތަށް ރަނގަޅަށް އޭނައާއި […]