ދޮރުމަތީގައި ހުރި މީހަކު ޝައުން ކޮށްޕާލުމަށްފަހި އެތެރެއަށް ވަނެވެ. އަހަރެން އިންތަނުގެ ގޮތުން އެމީހާގެ މޫނެއް ރީއްޗަކަށް ނުފެނުނެވެ. އެމީހާގެ ފަހަތުން އަންހެނަކުވެސް ގޭތެރެއަށް ވަނެވެ. ޝައުން ކޮށްޕާލުމަށްފަހު ގޭތެރެއަށް ވަން މީހަކީ އާޝްޖައު ނޫން ދެވަނަ މީހެއް ނޫނެވެ. އަޝްޖައުގެ ފަހަތުން ވަނީ ޔާނީއެވެ. އަޝްޖައުގެ މޫނު ހުރީ ރަތްވެފައެވެ. ދެލޯ ބޮޑު ކޮށްގެން އިން ގޮތުން އޭނާ ހުރީ ވަރަށް ރުޅިއައިސްކަން އެނގެއެވެ. އަހަންނާ ދިމާއަށް ހިނގާފައި އައި ގޮތުން އަހަރެން ބިރު ގަންނަ […]
ޖެކް އެއީ އުމުރަށް ސިންގަލްކޮށް ހުންނަ މީހެކޭ ދޯ” އަހަންނަށް ހަމަބިމަށް އާދެވުނީ ޝައުން އަހަރެންގެ ކޮނޑުަގައި އަތް އަޅުވާލުމުންނެވެ. “ދެން ޝައުންހާ އެންމެން ލަކީއެއް ނޫނެ. ޝައުންދެކެ ލޯބިވާ ކުދިން ތިއްބަސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް ނެތް” ދެމާނައެއް އެކުލެވޭ ގޮތަށް އަހަރެން ބުނީމެވެ. އެއާއެކު ޝައުން ހިނިގަނޑެއް ޖަހާލިއެވެ. “ކޮންތާކު މަދެކެ ލޯބިވާ ކުދިންނަށް ވުރެ ޖެކްދެކެ ލޯބިވާ ކުދިން މާގިނަވާނެ. ސްކޫލްގަވެސް ތީއެއްނު މޭންއަކީ.” އަހަރެންގެ މޭމެތީގައި ޖަހާލަމުން ޝައުން ބުންޏެވެ. **** […]
ޝައުން އަހަންނާ ދިމާއަށް ބަލަން ހުރެފަ ބާރަކަށް ހޭންފެށިއެވެ. “ޔޫ ކިޑިންމީ ނާ!” “ނޯ އައި އޭމް ސީރިއަސް އައި ލަވް ޔޫ” އަހަރެން ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޝައުންގެ އަތުގައެވެ. އަހަރެން ސަމާސާކުރަނީ ނޫންކަން އެނގުމާއެކު ޝައުންގެ ހުނުން މައިތިރިވިއެވެ. “ރަހުވާ ނޭންގުމެއްގެ ތެރޭގަ ރަހުވާގެ ފީލިންގްސްއާ ކުޅެވުނުނަމަ ވަރަށް ބޮޑަށް މާފަށް އެދެން. މަށަކަށް އެއްވެސް ވަރަކަށް ނޭންގޭ ރަހުވާ އެފަދަ ގޮތަކަށް މަށާ ދޭތެރޭ ދެކޭ ކަމެއް.” އިސް ޖަހައިގެން […]
ވެލް ރަހުވާ. އެނގޭތަ މީ ކޮންތަނެއްކަން” ހަމަޖެހިލަމުން ޝައުން ކުރި ސުވާލުން އަހަންނަށް ހެވުނެވެ. ރާއްޖެއަށް އަލަސް އަަހަންނަށް އިނދެވުނީ ހުޅުމާލެ ބީޗްގައި ކަން އަހަންނަށް އެނގެއެވެ. “ޝައުން ހީކުރީ ދެން ހަމަ ރަހުވާއަށް އެއްވަސް ތަނެއް ނޭންގޭކަމަށްތަ؟ ސާބަސް މީ ހުޅުމާލޭ ބީޗް..” އެހިސާބަށް ބުނެފައި އަހަންނަށް މަޑު ޖެހެވުނެވެ. “ހުޅުމާލެ ބީޗް” ވައި އަޑުން އަހަންނަށް ބުނެވުނެވެ. ****** އަޝްޖައުގެ ނަޒަރުން: ޝައުން ރަހުވާމެން ގޮވައިގެން ދިޔުމުން، ރަހުވާ އަހަންނަށް ކިޔާދިން ގޮތަށް ރަހުވާގެ […]
އަޝްޖައުގެ ނަޒަރުން: ތޮށިގަނޑުމަތީ ރަހުވާ އިށީންދެގެން އިންއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އިރުގެ އަލި އެދޮން މޫނަށް އެޅިފައި ހުރުމުން އިތުރަށް ދޮންހެން ހީވެއެވެ. މޫދުގައި އޮތްއިރު އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ ރަހުވާއަށެވެ. ރަހުވާއަށް ބަލަން ހަދައިގެން އަހަރެންގެ ފައި ގަބައިގަން އިރުވެސް ނޭންގުނެވެ. ކުއްލިއަކަށް ގަނބައިގަތުމުން ފަތައިގަންނަށްވެސް އަހަންނަށް ނޭންގުނެވެ. ސަލާމަތްވާވެގެން މޫދުގައި ބަކަ ތަޅައިގަން ވަގުތު އަނގަފުރާ ލޮނުބޮވުނެވެ. ނެވާ ކުރުވެ އަހަރެންގެ ދެލޯ މެރުނުއިރުވެސް ހުރެވުނީ ރަހުވާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު […]
ރަހުވާގެ ނަޒަރުން: ޝައުންއާ އެތައްއިރެއް ވަންދެކަށް ވާހަކަ ދައްކަން އިނުމަށްފަހު އަހަރެން ނިދަންވަންއިރު އެކެެއް ޖަހަނީއެވެ. ޝައުންގެ ވާހަކަ ތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހެދުން ބަދަލުކޮށްގެން އައިސް އެނދުގެ މަގަތުގައި ނިދާފައި އޮތް ޖީނާގެ ނިތައް ބޮސް ދިނުމަށްފަހު އަހަރެންވެސް ނިދޭތޯ ދެލޯ މަރާލީމެވެ. ****** އަޝްޖައުގެ ނަޒަރުން: އޮފީހުގައި އިން އިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ސުވާލުން ރަހުވާގެ މޫނު މައްޗަައް އައި ބަދަލާއި ޝައުން ވާހަކަ އޮޅުވާލަން އުޅުނު ގޮތެވެ. […]
ރަހުވާގެ ނަޒަރުން: ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. އާންމުކޮށް ބަންގީގެ އަޑަކީ އަހަރުމެންނަށް އެހާ ފަސޭހައިން އިވޭ އަޑެއްނޫނެވެ. ބަންގީގެ އަޑުއިވުމުން ހިތަށް ފިނިކަން ލިބުނެވެ. އަހަރެން އަވަސްވެގަތީ ތެދުވެ ފަތިސް ނަމާދުކުރާށެވެ. އޭރު ގޭގެ ބޮޑު ދޮރު ހުޅުވާ އަޑު އިވުނެވެ. ޝައުން މިސްކިތަށް ދަނީކަން ހިތަށް އެރުމާއެކު އަހަންނަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނަމާދުކޮށް ނިމިގެން ބަލާލިއިރު ޖީނާވެސް އިނީ ހޭލައެވެ. ހޭލައިގެން އެނދުމަތީގަ ދެފައި ވަށްކޮށްގެން އިން ގޮތުން އަހަރެންގެ ހިތް […]
***** ފަސް އަހަރު ފަސް**** ނޯޓު: މިބައި ފެށިފައި މި ވަނީ އަޝްޖައުގެ ނަޒަރަކުން ނޫނެވެ. ބްރިޖްމަތިން ކާރު ދުއްވާފައި ދިޔައިރު ފެންނަމުން ދިޔަ މަންޒަރުތަކުން އަހަންނަށް ހުރެވުނީ އާޝޯޚުވެފައެވެ. ފޮޓޯތަކުން ރައްޖޭގެ ރީތިކަން އަހަންނަށް ފެނުނެވެ. ފޮޓޯތަކަށް ވުރެ ހަމަލޮލަށް ރާއްޖެ ފެންނަލެއް މާ ހިތްގައިމެވެ. “މަންމި ލުކް ޑޮލްފިންސް” މޫދުގައި ފުމެމުން ދިޔަ ކޯމަސްތައް އަހަންނަށް ދެއްކީ ޖީނާއެވެ. އަހަންނެކޭ އެއްފަދައިން ޖީނާވެސް އެހުންނަނީ ރާއްޖޭގެ ރީތި ކަމުން އާޝޯޚުވެފައެވެ. ޝައުގުވެރިކަމާއެކު ކޯމަސްތަކަށް ބަލަން […]
ހަގަޑި ފަންސަވީސް ވިއިރު އަހަރެން އިނީ ޖަންނަތުމެންގޭ ތިރީގައެވެ. ދެޖީބަށް އަތްޖަހައިގެން ދެފައި ބިންމަތީގައި ތަޅަން ހުރިއިރު މަގުން ދިޔަ ބައެއް މީހުންގެ ލޯތައް އަހަންނަށް އަމާޒުވަމުން ދިޔައެވެ. ބަރާބަރު ބައިވިއިރަށް ދުވަމުން ކަހަލަ ގޮތަކަށް ޖަންނަތު ތިރިއަށް ފޭބިއެވެ. “ސޮރީ ޔޫ ހެޑް ޓު ވެއިޓް ފޯ މީ” ޖަންނަތު މާފަށް އެދުމުން އެއީ އެވަރު ކަމެއް ނޫންކަމަށް ބުނީމެވެ. ސުކޫލަށް ދިޔަ މަގިމަތީ ޖަންނަތުއަށް ދެތިން ދިވެހި ބަހެއް ދަސްކޮށްދިނީމެވެ. އެނަންތަން މަޖާވެގެން ޖަންނަތު […]