ބޭބެ ހާސްނުވޭ. އަހަރެން އެކަންތައް ކުރާނަން” އެ މީހާގެ ކޮނޑުގައި އަތްއަޅާލަމުން އިވާން ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ހުއްޓެވެ. “އެކަމު މިހާރު މާ ލަސްވެއްޖެ އަހަރެން ބޭނުން އަފްރާގެ ދަރި ނާކާމިޔާބު ކުރަން. މިހާރުވެސް މާމޮޅު ކުޅުންތެރިއަކަށް ވެގެން ބޭރު ގައުމުތަކަށް ގޮސް ވަރަށް ފޮނިވެގެން އޭޭނަ އެއުޅެނީ. ލޯބި ނުލިބުނީމަ ހިތަށް ކުރާނެ އަސަރު އަފްރާގެ ދަރިއަށް ވިސްނަދޭންޖެހޭނެ އޭރުން އަފްރާއަށްވެސް އެއްޗެއް ވިސްނޭނެ. އަފްރާ ކުރި ކުށުގެ ސަޒާ […]
ހަތަރު އަހަރު ފަސް….. ރާއްޖޭގެ ހުރިހާ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކުރަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަމުންދާ އެއް ކުޅިވަރު ކަމަށްވާ ވޯލްޑްކަޕަށް ދިވެހި ރާއްޖެ ކޮލިފައިވެގެން ދިޔައެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ރާއްޖޭގެ ފުޓުބޯޅަވަނީ ހީނުކުރާހާ ބޮޑަށް ކުރިއަރާފައެވެ. އިންޑިއާ ވަށްޓާލުމަށްފަހު އެންމެ ފަހުން ބޭއްވުނުދެ ދެ ސާފްޗެމްޕިއަންޝިޕް ވެސް ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އެޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖެ ބަލިވީ އޮސްޓްރޭލިއާ […]
ގޭތެރެއަަށް ވަދެގެން އައީ އިވާން ނޫން ދެވަނަ މީހެއް ނޫނެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ނޫކުލައިގެ ޖިންސެއްގައި އިވާން ފެންނަލެއް ވަރަށް ފުރިހަމައެވެ. ސޫރަ ކިތަންމެ ރީއްޗަސް އިވާންގެ ހިތް އެހާ ރީއްޗެއް ނޫނެވެ. އޭނާގެ ހުވަފެނުގައި އިވާން ފެނުނީ ކީއްވެކަން އާރާޝަށް ވިސްނުނެވެ. ހައިރާންވެފައި ހުރެ އަހުސަމް އަދި އަކްމަލްވެސް އިވާނާއި ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. މާނީގޮވައިގެން ކޮޓަރިން ނުކުތް އިސްރާގެ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތިން އިވާން ފެނުމުންނެވެ. އިސްރާ ހުއްޓުމާއެކު އިސްޖަހައިގެން އިން […]
އާރާޝް އޭނާގެ ހުވަފެނުގައި މާނީ ގޮވައިގެން ދުނިޔެ ވަށާ ބުރެއްޖަހާލަން ދިޔައެވެ. އާލާއުއްދީންގެ ކާޕެޓްގައި ދެކުދިން އުފާވެރިކޮށް ދަތުރުކުރަމުން ދަނިކޮށް ކުއްްލިއަކަށް ނުބައި ބަޔަކު ބަޑިއާއި އޭތި މީތި ހިފައިގެން ކާޕެޓާއި ދިމާއަށް އައެވެ. ދުޝްމަނުންގެ ލަޝްކަރު އެންމެ ކުރީގައި ބޮޑު ބަޑިހިފައިގެން ހުރި މީހާ ފެނި އާރާޝާއި މާނީއަށް ދެމީހުންނާ ދިމާއަށް ބަލާލެވުނެވެ. ގައިގައި ފުރާ ދަގަނޑު ދަހަނާއާއި ބޮޑު ބަޑިއެއް ހިފައިގެން ނުލަފާ ގޮތަކަށް ހީގެން ހުރީ އިވާން ނޫން ދެވަނަ މީހެއް ނޫނެވެ. […]
ކުރިމަތީގައި ހުރި ލޯގަނޑުން އިޝްމާ އޭނާގެ އަމިއްލަ ނަފްސާ ދިމާއަށް ބަލާލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުނު ހިނދު ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. އޭނާ ރީތިކޮށްފައި ހުރިލެއް ފުރިހަމަކަމުން ހިތާހިތުން މާނީއާއި އިސްރާއަށް ތައުރީފުކޮށްލެވުނެވެ. ޕީޗްކުލައިގެ ކައިވެނި ހެދުމުގައި ހުރި އިޝްމާއާ ކޮށްފައި ހުރި ލުއި މޭކަޕު ނުހަނު ގުޅެއެވެ. ޝޯލް އަޅުވައިފައިވެސް އެހާމެ ރީތި ކޮށެވެ. އިޝްމާއެކޭ އެއްފަދައިން ނަވްޔާވެސް ހުރީ ޕީޗްކުލައިގެ ކައިވެނި ހެދުމުގައެވެ. ނަވްޔާއާ ގުޅޭ ގޮތަށް އޭނާގެ މޭކަޕް […]
އިސްރާއާއި އަހުސަމް ތިރިއަށް ފޭބިއިރު އާލާ އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށެވެ. އިސްރާ އަވަސްވެގަތީ އާލާއަށް އެހީވެދޭން ދާށެވެ. “އަނހާ ދަރިފުޅިމެން ހޭލީތަ؟ މަންމަ މިއުޅެނީ އިސްރާމެން އަނަންވާއިރަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރެވޭތޯ. ޝަހޫ ބުނި އިސްރާ ވަރަށް ނުކަޔޯ. މިގެއަށް އައިސަ ނުކައެއް ނޫޅެވޭނެ އެނގޭ” އާލާ އުޅުނީ ފަތްމަސްހުނި ހަދަން ފިޔާ ކޮށައެވެ. އިސްރާވެސް އާލާއަށް އެހީވެދިނުމުގެ ގޮތުން ފަތްކޮށަން ފެށިއެވެ. “މަންމާ އަންކޮ ނުހޭލަނީތަ؟” ގޮނޑިއަށް ވެއްޓިގަންނަމުން އަހުސަމް އަހާލިއެވެ. “އާން […]
މާއިޒްގެ އިތުރުން އާރާޝްވެސް ފުރައިގެން ދިޔުމުން ގޭތެރެ ފަޅުވިއެވެ. އެކަނިވެރިކަން އެންމެ ބޮޑަށް އިހްސާސް ކުރެވުނީ މާނީއަށެވެ. ނައުޝާދްގެ ކުއްލި ނިންމުމުގެ ސަބަބުން ޝަހުދާއަށް ސިހުން ގެނުވިއެވެ. ދެ ހަފްތާ ތެރޭގައި އިސްރާ އަދި އަހުސަމްގެ ކައިވެނި ކުރުވަން ނައުޝާދް ނިންމިއެވެ. ފާޅުގައި އެކަމަށް ޝަހުދާ އިންކާރުކުރިއެވެ. އެހެނަސް އެކަމަށް ފަރުވާލެއް ނެތި ކައިވެނީގެ ކަންތަކާއިގެން ނައުޝާދް އުޅުނެވެ. އިސްރާ މާނީމެންނަށް ގުޅާފަ އެޚަބަރު ދިނުމުން އެކުދިންވެސް އެކަމާ އުފާކުރިއެވެ. “ކަލޭ ހާދަ ފޭކޭދޯ! ހަމަ އަހަރުން […]
ސުހެއިދުގެ އާއިލާގެ އުފާވެރިކަން ގެއްލިގެން ދިޔައީ އީދުވިލޭރޭ ބަޔަކު ހިންގި މާރާމާރީއެއްގައި އަދްޝަނާއި މިހްރާން މި ދުނިޔެއާއި އަލްވަދާއު ކިޔުމުންނެވެ. އެއަހަރުގެ އީދު ސުހެއިދުގެ އާއިލާއިން ފާހަގަ ކުރީ ކަރުނުންނެވެ. ދޮށީ ފިރިހެން ދަރީގެ މަރުގެ ޚަބަރަު ލިބުމާއެކު މިޒްނާއާއި ޒަހީން ވަގުތުން މާލެ އަންނަން ޓިކެޓު ނެގިއެވެ. މާނީއާއި މާއިޒް އެކަކާވެސް އަނގައިންނެއް ނުބުނެއެވެ. އެނެމް ކުޑަމިނުން މާއިޒްގެ ލޮލުން ކަރުނަވެސް ނާދެއެވެ. މާއިޒެކޭ ހިލަ ބުދެކޭ އެއްްފަދައެވެ. އޭލެވެލް ޓެސްޓް އެހާ ކައިރިވެފައިވަނިކޮށް މިހްރާންމެންގެ […]
އިރުގެ އަލި ލޮލަށް އެޅުމާއެކު އުނދަގޫ ގޮތަކަށް އިސްރާއަށް ލޯ ހުޅުވާލެވުނެވެ. ރޮއެގެން ނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ކަންނެއް ގޮތަކަށް އެނދުން ތެދުވުމަށްފަހު އިސްރާ ފާޚަނާއަށް ވަނެވެ. މާއިޒް ގެއަށް އައިރު ހުރީ ކޮލުދަތްތައް ފެންނަ ވަރަށް ހީލައިގެންނެވެ. އޭނާ އެންމެ ފުރަތަމަވެސް ދިޔަ ގޮތަށް ގޮސް މާނީއަށް އުފާވެރި ޚަބަރު ދިނެވެ. “ނުންނު ގެސް ވަޓް؟ ދޮންބެއަށް އަލް އަހްލީ ޓީމުގެ ޓްރަޔަލް އަކަށް ދާން ޗާންސް ލިބިއްޖެ. ނެކްސްޓް […]