“ޔޭސް ޑިއާ ޔޫ އަރ އަ ވެމްޕަޔަރ.” އަހަރެން ބޭނުންވީ ބިން ފަޅައިފައި އަޑިއަށް ދާށެވެ. “ހުސް ދޮގު ތި ހަދަނީ” ޔޫމާއާ ދިމާއަށް އަހަރެން ދެލޯ އަޅާލީމެވެ. އަހަރެންގެ ހިތުގެ ވިންދު ނުޖާހާކަން އަހަންނަށް އިހްސާސްވީ ދެނެވެ. ކުއްލިއަކަށް އަހަރެންގެ އާއިލާއާ ރަހްމަތްތެރިން މަތިން ހަނދާންވިއެވެ. “ލޫކް”. އަހަންނަނަށް މަޑު މަޑުން ބުނެވުނެވެ. ލޫކްއަކީ އަހަރެންގެ ލޯބިވެރިޔާއެވެ. އަހަރުމެން ދެމީހުންގެ ކައިވެނި މަހެއްހާ ދުވަސް ފަހުން ކުރަން ވަނީ ހަމަޖެހިފައެވެ. ލޫކް އަދި އަހަރެންގެ އާއިލާއިންވެސް […]
“ސަރޫ. މިރަށުގަ ނެތްތަ ކުއްޖެއް. މަ ބޭނުމީ މިރަށު މަންޖެއަކާ އިނދެގެން މި ރަށުގަ އުޅެން” ހަމްޒާ މަޖަލަކަށް ހަދާފައި ބުންޏެވެ. އެއާއެކީ ހުރިހާ އެންމެން ހޭންފެށިއެވެ. ރައިހާނާ ފިޔަވައެވެ. އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ރައިހާނާ ދެފަރާތަށް ބޯހޫރާލިއެވެ. ***** ްައަންޖަލްއާ ރައިހާނާ ރޭގަނޑު ހިތްހަމަ ޖައްސާލުމަށްޓަކައި ޓެރަހަށް ނިކުތެވެ. ނިދާ ހެދުން މަތިން ޖެކެޓަކާ ބުރުގައި އަޅައިގެން ދެކުދިން ގޮސް ޓެރަހުގައި އިށީންދެގެން ތިއްބެވެ. ހަނދުވަރުގެ އަލިން މުޅި ސަރަހައްދު ވަނީ ދިއްލާލާފައެވެ. ހަނދު ވަށައިގެން […]
ކާރު ގޮސް ގޭދޮރުމަތީ މަޑުކޮށްލި ކަމެއްނޭންގެ ރައިހާނާ ގެއާ ދިމާއަށް ދުއްވައިގަތެވެ. “ރައި ވެއިޓް. ދޮންތަ ހަނދާން…” ސަރްވާ ކިޔަމުން ދިޔަ އެއްޗެއް އަޑު ނާހާ ރައިހާނާ ގޮސް ތިންވަނަ ބުރިއަށް އެރިއެވެ. ރައިހާނާގެ ފަހަތުން އަންޖަލްވެސް އެރިއެވެ. ދުވެލައިފައި ގޮސް ރައިހާނާ އޭނާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. **** ކޮޓަރިއަށް ވަން ގޮތަށް ރައިހާނާ ގޮސް އެނދަށް ފުންމާލިއެވެ. ރައިހާނާގެ ފަހަތުން ވަން އަންޖަލްވެސް ގޮސް އެނދުގައި އޮށޯތެވެ. “ވާއު ރައި. ޔުއާ ރޫމް އިޒް […]
ކުރިމަތީގައި ހުރި ލޯގަނޑުން އަހަރެންގެ އަމިއްލަ ސޫރަ ފެނުމާއެކު އެއީ ހަމަ އަހަރެންތޯ ގަބޫލު ނުކުރެވިފައި އިނދެވުނެވެ. އަހަރެންގެ ސިފައަށް އެހާ ބޮޑު ބަދަލެއްއައި ކިހިނެއްވެގެންތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އަހަންނައި އައިސްފައިވަނީ އާދައިގެ ބަދަލެއް ނޫންކަން ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ އަމިއްލަ ސޫރައިން އެނގިގެން ދިޔައެވެ. “އައިނާ” އަހަރެންގެ ފުރަގަހުން އިވުނު ބަރު އަޑުގެ ސަބަބުން އަހަރެންގެ ހިތަށް ލޮޅުމެއް އެރިހެން ހީވިއެވެ. އަހަރެން މަޑު މަޑުން ފަހަތަށް އެނބުރުނީމެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރައިން […]
ވިޝާހް ކުށަށް އިއުތިރާފު ވުމާއެކު އެއް ހަފްތާއަށް ސަސްޕެންޑް ކުރެވުނެވެ. ކުލާސް ހުރިހާ ކުދިން ވިޝާހްއާ މެދު ދެކެމުން އައި ގޮތް މުޅިން ބަދަލުވިއެވެ. ވިޝާހް ސްކޫލުން ސަސްޕެންޑް ކުރުން ވެގެން ދިޔައީ އޭނާ އިތުރަށް ނުބައި މަގުން ހިނގަން ލިބުނު ހިތްވަރަކަށެވެ. ސްކޫލަށް ދާން ނުޖެހޭތީވެ ހެނދުނު ގަޑީވެސް އޭނާގެ ގްރޫޕްއާ އެއްކޮށް ވަގުތު ހޭދަކުރަން ފުރުސަތު ލިބުނެވެ. ދެދުވަސްފަހުން ރައިހާނާ ސްކޫލަށް އައެވެ. އެހެނަސް އޭނަ ހުންނަނީ ފާޑަކަށް ބިރުގަންފައެވެ. ކުއްޖަކު ކައިރިވިއަސް ބިރުން […]
އަންޖަލް މިހާރު ސްކޫލަށް ދަނީ ދާ ހިތަކުން ނޫނެވެ. ހަމްޒާ ޗުއްޓީ ނެގިކަން އެނގުނީންސުރެ ހުންނަނީ ފާޑަކަށް ރުޅި ގަދަވެފައެވެ. އެހެން ގަޑިތަކުގައިވެސް ފިލާވަޅަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. އަންޖަލްގެ އުޅުން ބަދަލުވިކަން ކުލާސް ހުރިހާ ކުދިންނަށް އެނގުނެވެ. އަދި އަންޖަލްގެ އުޅުން ބަދަލުވާން ދިމާވި ސަބަބަކީ ހަމްޒާ ނައުންކަންވެސް ކުދިންނަށް އެނގިގެން ދިޔައެވެ. އަންޖަލްގެ ހިތުގައި ހަމްޒާއަށް ވީ އިހްސާސްތަށް ހުރިހާ ކުދިންނަށް ފަޅާއެރިއެވެ. އެއްބައި ކުދިން ދިމާކޮށްފައި އުޅުނެވެ. އަނެއްބައި ކުދިން އެއީ […]
ދެތިން ދުވަސް ފަހުން ރައިހާނާ ހުރީ ހަމައަކަށް އެޅިފައެވެ. އެހެނަސް ޒިވާން ފެނުމުން ހިތްދަތިވާ ގޮތްވެއެވެ. އެއިން ކޮންމެ ފަހަރަކު އަންޖަލް އޭނާއަށް ހިއްވަރު ލައިދޭން ހުރެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރަތް ފެށި ރައިހާނާމެން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ފައިނަލާއި ހަމައަށް ދަތުރު ކުރިއެވެ. ރައިހާނާއެކޭ އެއްފަދައިން އަންޖަލްވެސް މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔައެވެ. އެ ޓީމުގެ ގޯލް ކީޕާރ(ޖީ.ކޭ)ގެ މަޤާމު ވަރަށްވެސް ފުރިހަމައަށް އަންޖަލް އަދާކުރަމުން ދިޔައެވެ. […]
އިންޓަސްކޫލް ނެޓް ބޯޅަ މުބާރާތަށް ކުދިން ހޮވުމަށް ބައްވާ ފަރިތަކުރުން ތަކުގައި ރައިހާނާ އަދި އަންޖަލްވެސް ބައިވެރިވިއެވެ. ކިޔެވުމެގެ އިތުރަށް ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައިވެސް ވީ ވަރަކުން ރައިހާނާ އަންނަނީ ބައިވެރިވަމުންނެވެ. ރައިހާނާއަކީ މުޅި ސްކޫލުންވެސް ފާހަގަ ކޮށްލެވޭ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާއެވެ. ކުރީ ދެއަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ އެންމެ މޮޅު ގޯލް ޝޫޓާރ(ޖީ.އެސް) އަކަށް ރައިހާނާ ވަނީ ހޮވިފައެވެ. ފައިނަލާ ހަމައަށް ގެންގޮސް ދިނުމުގައި ވޭތުވެ ދިޔަ ދެއަހަރުވެސް ރައިހާނާގެ ދައުރު […]
އަންޖަލް އިތުރަށް އެއްޗެކޭ ނުބުނެ އިށީންނަށް ދިއައެވެ. ވިޝާހް ދަބަހުން ޓިޝޫއެއް ހިފައިގެން އައިސް ކުރަފި ޑަސްޕިނަށް ލިއެވެ. ޒިވާންވެސް ކުލާހުން ނުކުމެގެން ދިޔައެވެ. “އިޑިއަޓް” ދަތްކުނޑި ވިކައިގެން އިނދެ އަންޖަލް ބުނެލިއެވެ. ******** މުޅި ދުވަހުވެސް ހަމްޒާއަށް ލިބުނީ އެންމެ ހުސް ދެގަޑިއެވެ. އެހާ ބުރަކޮށް އުޅެން ޖެހުމުން އޭނާ ހުރީ ވަރުބަލިވެފައެވެ. ހަމްޒާ ބެލީ ވީހާވެސް އަވަހަށް ގެއަށް ދެވޭތޯއެވެ. ހަތް ބުރިއަށް ނަގާފައިވާ އިމާރާތުގެ ކުރިމައްޗަށް ސައިކަލު ޕާކު ކުރުމަށްފަހު ކަންނެއް ގޮތަކަށް […]