Iމެންދުރު ކައިގެން ޖައްސާލިތަނުން ފުން ނިންޖަކަށް ރައިހާނާ ގެނބުނެވެ. އޭނާއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ބާރަކަށް މީހަކު ތަޅައިގަތުމުންނެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލަމުން ގަޑި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ގަޑިން ހަވީރު ހަތަރު ގަޑި ބައިވެއްޖެއެވެ. ފުންމައިގެން އެނދުން ތެދުވި ގޮތަށް ގޮސް އޭނާ އަވަހަަށް ދޮރު ހުޅުވިއެވެ. އޭރު ބައްތިރީސް ދަތް ފެންނަ ވަރަށް ހީގަނެގެން ރީހާން ހުއްޓެވެ. “ދޮންތީ! ގެސް. މާދަން މި އުޅެނީ ބައްޕައާ އެއްކޮށް ރަށަށް ދާން” ކުޑަކޮށް […]
ގަޑި ޖެހުމުގެ ފަނަރަ މިނެޓު ކުރިން އަންޖަލްއާއި ރައިހާނާ ސްކޫލަށް އައިސް ތިއްބެވެ. ގޭޓު ނުހުޅުވާ ހުރުމުން ދެކުދިންވެސް ބޭރުގައި މަޑު ކޮށްގެން ތިއްބެވެ. އޭރު އެދެކުދިންގެ އިތުރަށް ވިއްސަކަށް ކުދިން ގޭޓު ކައިރީ މަޑު ކޮށްގެން ތިއްބެވެ. “ހާއި ގާލްސް” އަންޖަލްއާ ރައިހާނާއަށް އެއްފަހަރާ ފަހަތަށް ބަލާލެވުނީ ވިޝާހްގެ އަޑު އިވުމުންނެވެ. ފަޓުލޫން ޖީބަށް ދެއަށް ޖަހައިގެން އިން އިރު ވިޝާހް ފެންނަލެއް ވަރަށް ހިތްގައިމެވެ. “ހާއި ވިޝާހް” ރައިހާނާއާ އަންޖަލްއާ އެއްފަހަރާ ބުނެލިއެވެ. އެކުދިންނަށް […]
މޭޒު މަތީގައި ބޯ އަޅައިގެން އޮތް ރައިހާނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހުޅުވާފައި އޮތް ފޮތުގެ ގަނޑު ކަރުނައިން ތެމެމުން ދިޔައެވެ. ގިސްލެވޭހެން ހީވުމާއެކު ރައިހާނާ އަނގަ މަތީ އަތް އަޅާލިއެވެ. “ރައި. ތެދުވެބަ މިސް އެބާދޭ” ރައިހާނާ ކޮނޑުގައި ކޮށްޓާލަމުން އަންޖަލް ބުންޏެވެ. މޭޒުމަތިން ބޯ ނުނަގައި އެއޮތްގޮތަށް އޮވެ ކަރުނަތައް ފޮހެލުމަށްފަހު ރައިހާނާ ބޯނެގިއެވެ. އޭރު ކުލާހު ތިބި ހުރިހާ ކުދިންގެ ނަޒަރުވަނީ ރައިހާނާއަށް ހުއްޓިފައެވެ. ރައިހާނާ ބަލާލުމާއެކު ހުރިހާ ކުދިން އެކުދިންގެ […]
“ޖެކް އެންމެ ރަނގަޅު ގޮތަކީ ޖެކް ރަހުވާއާ މެރީ” ޝައުން އެހިސާބަށް ބުނުމާއެކު އަޝްޖައު ދެފާރަތަށް ބޯ ހޫރާލިއެވެ. “ޕްލީޒް.” އާދޭހާއެކު އަޝްޖައު ބުންޏެވެ. އަޝްޖައު ކުރުނުކޮށް ކިޔަންފެށުމުން އެންމެ ފަހުން އަހަންނާ ޝައުންއާ ކައިވެންޏަށް އެއްބަސްވީމެެވެ. ތިން މަސް ފަސް……….. “ރަހޫ ވޭކްއަޕް” އަރާމު ނިންޖަކުން އަހަންނަށް ހޭލެވުނީ އަހަރެންގެ ބައްޕަ ފަރާތު ބޮޑުދައިތަގެ ދަރިފުޅު ޒައުނާ ހުއްޓާނުލައި ގޮވަން ފެށުމުންނެވެ. ހޭލެވުނެއް ކަމަކު ތެދުވާ ހިތެއް އަހަންނެއް ނުވިއެވެ. “ޒައު ލެޓް މީ ސްލީޕް” މޫނު މަތީގައި ބާލިސް އަޅަމުން އަހަރެން ބުނީމެވެ. “ނޯ ރަހޫ އައި ކާންޓް ލެޓް ޔޫ ސްލީޕް. ޔޫ އާ ގެޓިން މެރިޑް އާފްޓާ ތްރީ ޑޭސް” ތިން ދުވަސް ފަހުން އަހަރެންގެ ކައިވެނި […]
ޖަންނަތުގެ ޑައިރީ ކިޔާ ނިމުނުއިރު އަހަރެން ހުރީ ބޮޑު ސިހުމެއްގެ ތެރޭގައެވެ. ޖަންނަތު މަރުވެއްޖެއެވެ ކަމަށް ގަބޫލުކުރަން އަހަރެންގެ ސިކުނޑި ދެކޮޅު ހެދިއެވެ. ******* ރަހުވާގެ ނަޒަރުން: އަހަރެންނާ ޝައުން އިންތިޒާރު ކުރަމުން ދިޔައީ އަޝްޖައު އަންނާނެ އިރަކަށެވެ. ހަގީގަތް އެނގުމުން އަޝްޖައުއަށްް އެއްވެސް އަސަރެއް ކުރިތޯ ބަލަން އަހަރެން ބޭނުމެވެ. ސިޓިންރޫމްގައި ދެކޮޅަށް ހިނގާތާ ދެގަޑިއިރު ފަހުން ގޭގެ ބެލް ޖެހިއެވެ. ޝައުންއަށް ވުރެ ކުރިން ދުވެފައި ގޮސް އަހަރެން ދޮރު ހުޅުވީމެވެ. އޭރު ދޮންތަގެ […]
މާފެއް ނުކުރާނަން ހެއްޔެވެ؟ މި ވާހަކައިގެ 15ވަނަ ބައި އަޕްކުރުން ލަސްވާކަމަށްޓަކައި އެންމެހާ ކިޔުންތެރިންގެ ކިބައިން މާފައް އެދެމެވެ. އިންޝާﷲ މިހަފްތާ ނޫނީ އަންނަ ހަފްތާގައި މި ވާހަކައިގެ އެންމެ ފަހު ބައި ކިޔުންތެރިންނަށް ކިޔާލަން ލިބޭނެއެވެ. އަދިވެސް އެއްފަހަރު ހުރިހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. =ކިޔާރާ=
ހެނދުނުގެ ހިތްފަސޭހަ ވަގުތު ރަސްފަންނުގައި ފުދޭވަރަކަށް މީހުން ގިނައެވެ. ޖެހެންމުން ދިޔަ ހިތްގައިމު ވައިރޯޅިންނާއި ދޮންވެލިގަނޑުގައި ބީހެމުން ދިޔަ ރާޅުގެ އަޑުއިވުމުން ހަލާކުވެފައިވާ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަތުގައި އޮތް ފޮތް ހިފައިގެން ހުސްކޮށް އިން ހަޓެއް ދަށުގައި އަހަރެން އިށީނީމެވެ. ފޮތް ހުޅުވިއިރު އަހަރެންގެ އަތް ތުރުތުރު ލަމުން ދިޔައެވެ. **** ޖަންނަތުގެ ޑައިރީ…. އަހަރެންގެ އުފާވެރި ދުނިޔެ މުޅިން އެފުށް މިފުށަށް ޖެހިއްޖެއެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން މުޅި ހަޔާތް […]
އެނދުގައި އަރާމުކޮށް ނިދާފައި އޮތް ޖީނާ ފެނުމުން ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އަހަރެން ޝައުންއާ ދުރުވާން ޖެހެނީ ޖީނާއާ ހެދިއޭ ސިކުނޑި ބުނަމުން ދިޔައެވެ. އެހެން ނުވިސްނުމަށް އަހަރެން އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލީމެވެ. އިތުރަަށް ވިސްނަން ސިކުނޑިއަށް ފުރުސަތު ނުދީ ނިދޭތޯ ދެލޯ މަރާލީމެވެ. ****** އަޝްޖައުގެ ނަޒަރުން: އެރި އިރާއެކު އަހަރެން ހުރީ ޝައުންމެން ގޭގައެވެ. ލޯބިވާ ދަރިފުޅާއެކު ވަގުތު ހޭދަކުރާ ހިތުން ރޭގައި ލޮލުފިޔައެއްވެސް ނުޖެހުނެވެ. އަހަރެން އެގެއަށް […]
“ރަވާ ލިސެން. އައި ލަވް ޔޫ ޓޫ. އެކަމް އަހަރުމެން ދެމީހުން ގުޅުމަށްވުރެ ޖެކްއާ ރަވާ ގުޅުން ރަނގަޅުވާނީ. ޖެކް އަކީ ޖީންގެ ބައްޕަ. ޖީންގެ ބައްޕައާ މަންމަ ގުޅުނީމައެއްނު ޖީންއަށް ރަނގަޅުވާނީ. ވީ ހޭވް ޓު ސެކްރިފައިސް އަވާ ލަވް ފޯ ޖީން” ވިސްނާދޭ ފަދައަކުން ޝައުން އަހަންނާ ވާހަކަ ދެއްކިއެވެ. **** އަޝްޖައުގެ ނަޒަރުން: ޔާނީ އިނީ ޖީނާ ގޮވައިގެން ޝައުން މެންގޭ ކުރިމަތީ އޮންނަ ޕާކުގައެވެ. އަހަރެން ގޮސް ޖީނާ ގާތު އިށީންނުމާއެކު […]