ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަންނަށް ހޭލެވުނެވެ. ފިލްމު ބަލަށް އޮވެފައި އާންމުކޮށް އަހަންނަށް ނިދޭނީ ބަންގީގެ އަޑަށެވެ. ރޭގައި ޖަންނަތުގެ ޚިޔާލުތަކުގައި އޮއްވައި އަހަންނަށް މާ އަވަހަށް ނިދުނީއެވެ. އާންމުކޮށް ސްކޫލަށްދާން އެނދުންވެސް އަހަރެން ހިއްލާލަނީ ގަޑިން ޖެހެން ދިހަ މިނެޓަށް ވުމުންނެވެ. އެވެސް މަންމަ ގޮވައި ގޮވައި އޭތިވާ ފަހުންނެވެ. ގަޑިން ހަގަޑި ބައިވިއިރު ތައްޔާރުވެގެން އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު މަންމަ އަހަންނަށް ގޮވަންވެގެން އަންނަނީއެވެ. “އަނހާ. އަނެއްކާ ކޮންކޮޅަކުން އިރު އަރައިގެން […]
އެންމެ ނިދި ގަދަވީ ވަގުތު މަންމައައިސް ގޮވަން ފެށިއެވެ. ދަންވަރު ހޭލާއެޅުފައި ނިދަން ޖައްސާލި ވަގުތު އެގޮވީ ސްކޫލަށް ދާށެވެ. އެނދުން ނުތެދުވަނީސް ނުހުއްޓާނެކަން އެނގޭތީވެ ކަންނެއް ކަމާއެކު އެނދުން ތެދުވެގެން ފާާޚާނައަށް ވަނީމެވެ. ހަމައެކަނި ދަތް އުނގުޅައިގެން ފާޚާނައިން ނިކުމެ ޔުނީފޯމްލާ ތައްޔާރުވީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު ދިގުވެފަައި ހުރި އިސްތަށިގަނޑު ފެނުނެވެ. ޖެލްލައި ތަތްކޮށްގެން ދާހާ ވަގުތު ނެތުމުން އެހުރި ގޮތަށް ބަހައްޓާފައި ފޮތް ދަބަސް ހިފައިގެން ގެއިން ނުކުތީމެވެ. ކަންނެއް ހިނގުމެއްގައި […]
ކުރިމަތީގައި ހުރި ލޯގަނޑުން އަހަރެންގެ އަމިއްލަ ސޫރަ ފެނުމާއެކު އެއީ ހަމަ އަހަރެންތޯ ގަބޫލު ނުކުރެވިފައި އިނދެވުނެވެ. އަހަރެންގެ ސިފައަށް އެހާ ބޮޑު ބަދަލެއްއައި ކިހިނެއްވެގެންތޯ ހިތާހިތުން ސުވާލުކުރެވުނެވެ. އަހަންނައި އައިސްފައިވަނީ އާދައިގެ ބަދަލެއް ނޫންކަން ލޯގަނޑުން ފެންނަމުން ދިޔަ އަހަރެންގެ އަމިއްލަ ސޫރައިން އެނގިގެން ދިޔައެވެ. “އައިނާ” އަހަރެންގެ ފުރަގަހުން އިވުނު ބަރު އަޑުގެ ސަބަބުން އަހަރެންގެ ހިތަށް ލޮޅުމެއް އެރިހެން ހީވިއެވެ. އަހަރެން މަޑު މަޑުން ފަހަތަށް އެނބުރުނީމެވެ. ކުރިމަތިން ފެނިގެން ދިޔަ ސޫރައިން […]
އެންމެ ނިދި ގަދަވީ ވަގުތު މަންމައައިސް ގޮވަން ފެށިއެވެ. ދަންވަރު ހޭލާއެޅުފައި ނިދަން ޖައްސާލި ވަގުތު އެގޮވީ ސްކޫލަށް ދާށެވެ. އެނދުން ނުތެދުވަނީސް ނުހުއްޓާނެކަން އެނގޭތީވެ ކަންނެއް ކަމާއެކު އެނދުން ތެދުވެގެން ފާާޚާނައަށް ވަނީމެވެ. ހަމައެކަނި ދަތް އުނގުޅައިގެން ފާޚާނައިން އިން ނިކުމެ ޔުނީފޯމްލާ ތައްޔާރުވީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު ދިގުވެފަައި ހުރި އިސްތަށިގަނޑު ފެނުނެވެ. ޖެލްލައި ތަތްކޮށްގެން ދާހާ ވަގުތު ނެތުމުން އެހުރި ގޮތަށް ބަހައްޓާފައި ފޮތް ދަބަސް ހިފައިގެން ގެއިން ނުކުތީމެވެ. ކަންނެއް […]
ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމު ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދިވެހި ކުޅުންތެރިން ހިތްހަމަ ޖެހިލައިގެން ތިބެ ޗޭންޖިއް ރޫމަށް ދިޔައެވެ. ރެފްރީ ކަށިގަނޑު ފުމެލުމާއެކު ދެވަނަ ހާފްގެ ކުޅުން ދިވެހި ރާއްޖެ ފެށިއެވެ. ރީތި ޕާސިން ގޭމެއް ކުޅެމުން ދިޔަައެވެ. ސަޕޯޓަރުންގެ އަޑު އެންމެ އިރު ކޮޅަކަށްވެސް މަޑު ވެގެންނެއް ނުދެއެވެ. ދިވެހިން ސަޕޯޓްކުރަމުން ދިޔައީ ދިވެހި ބަހުންނެވެ. ފަންސާސް ނުވަވަނަ މިނެޓުގައި ކައުންޓާ އެޓޭކަކުން އައިސް ލޭންޑް މެޗުގެ ލީޑު ނެގިއެވެ. […]
އެއްމަސް ފަސް… ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށްޓަކައި ތުރުކީގައި ހެދި އެންމެ ބޮޑު ސްޓޭޑިއަމަށް މީހުން ޖަމާވަމުން ދިޔައެވެ. ވޯލްޑްކަޕްގެ ފައިނަލް މެޗުބެލުމަށްޓަކައި އިސްތަންބޫލްގެ އިތުރަށް މުޅި ތުރުކީ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ތައްޔާރުވަމުން ގެންދިޔައެވެ. މުބާރާތް ކުޅޭ ގައުމެއް ނުކުޅޭ ގައުމެއް ތަފާތެއް ނެތެވެ. ސޯޝަލް މީޑިއާގައިވެސް ވަރަށް ފޯރި ނަގަމުން ދިޔައެވެ. ފައިނަލަށް ދިޔަ ދެ ގައުމުގެ ސަޕޯޓަރުން އެ ގައުމެއް މޮޅުކޮށްފައި ޕޯސްޓްތައް ކުރަމުން ދިޔައެވެ. އެއް ކުޅުންތެރިޔަކާ […]
“ވިލް ޔު މެރީ މީ މައި ލަވް؟” ސުޕެއިން ބަހުން ބުނި އެތި އިނގެރޭސިން އާރާޝް ބުންޏެވެ. “ޔޭސް މައި ލަވް އައި ވިލް މެރީ ޔޫ” އިސްދަށަަށް ޖަހާލަމުން މާނީ އޭނާ ދިން ޖަވާބު އިނގެރޭސިން ދިނެވެ. އެއާއެކު ނާވްޔާއާއި އިސްރާ އަދި އިޝްމާ ދުވެފައި ގޮސް މާނީ ގައިގައި އޮޅުލައިގަތެވެ. މާނީއާ އާރާޝަށް ހުރިހާ ކުދިން މަރުހަބާ ކިޔެވެ. މާއިޒާއި އިޝްމާ އުފަލުން ހީވަނީ އެހެން ކަމެއް ހެއްނެވެ. “މާނީ ޔޫ އާ ގޮއިން […]
ދެދުވަހެއްގެ ތެރޭގައި މާނީ ހަމައަކަށް އެޅުނެވެ. އޭނާ ބެލީ ވީހާވެސް އާރާޝާއި ދުރުން އުޅެވޭތޯއެވެ. އެއާ ޚިލާފަށް އާރާޝް ބެލީ މާނީއާ ގާތް ވެވޭތޯއެވެ. އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔާ މާނީ ރުޅި އަރުވަން މަސަައްކަތްކުރެއެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކު އަޅާވެސް ނުލާ މާނީ ދުރަށްދަނީއެވެ. އެކަމުގެ ސަބަބުން އާރާޝްގެ ހިތަށްވޭން ލިބެމުން ދިޔައެވެ. އަފްރީނަަށް ވިސްނެމުން ދިޔައީ އާރާޝާ މެދުގައެވެ. އާރާޝް އޭނާއަަށް ކިޔާދިން ވާހަކަތައް އަރްޝާދަށް ކިޔާދޭންވެސް އަފްރީން ހިތަށް އެރިއެވެ. އެހެނަސް […]
އިވާނަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ދެލޯ ބޮޑުކޮށްގެން މާނީއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “ސޭ އިޓް އަގައިން މާނީ” އިވާނަށް ބުނެވުނެވެ. “އިވާން އައި ޑޯންޓް ވޯންޓް ޓު މެރީ ޔޫ.” ފުން ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް މާނީ ބުންޏެވެ. “އޯ ޕްލީޒް މާނީ! އަހަރެން ހަތަރު އަހަރު މާނީއަށް ކުރި އިންތިޒާރުގެ ފޮނި މީރުކަމަކީ މީތަ؟ އެތައް އަންހެން ކުދިންނެއް އަހަންނާ އިންނަން އެހުމުން އެކަމާ އެއްބަސް ނުވެ އަހަރެން ހުރީ […]