ދޮރުމަތީގައި ހުރި މީހަކު ޝައުން ކޮށްޕާލުމަށްފަހި އެތެރެއަށް ވަނެވެ. އަހަރެން އިންތަނުގެ ގޮތުން އެމީހާގެ މޫނެއް ރީއްޗަކަށް ނުފެނުނެވެ. އެމީހާގެ ފަހަތުން އަންހެނަކުވެސް ގޭތެރެއަށް ވަނެވެ.

ޝައުން ކޮށްޕާލުމަށްފަހު ގޭތެރެއަށް ވަން މީހަކީ އާޝްޖައު ނޫން ދެވަނަ މީހެއް ނޫނެވެ. އަޝްޖައުގެ ފަހަތުން ވަނީ ޔާނީއެވެ.

އަޝްޖައުގެ މޫނު ހުރީ ރަތްވެފައެވެ. ދެލޯ ބޮޑު ކޮށްގެން އިން ގޮތުން އޭނާ ހުރީ ވަރަށް ރުޅިއައިސްކަން އެނގެއެވެ. އަހަންނާ ދިމާއަށް ހިނގާފައި އައި ގޮތުން އަހަރެން ބިރު ގަންނަ ގޮތްވިއެވެ. އަޝްޖައު ރުޅިއައިސްފައި ހުއްޓާ މީގެ ކުރިން އަހަންނެއް ނުދެކެމެވެ. ވަކި ހިސާބަކަށް އައިސް އަޝްޖައުގެ ހިނގުން މަޑުވިއެވެ. އަދި ރުޅިވެރި ކަމުގެ ބަދަލުގައި ހިތާމާއިގެ އަސަރު މޫނު މަތިން ފާޅުވަން ފެށިއެވެ.

******

އަޝްޖައުގެ ނަޒަރުން:

ރަހުވާދެކެ އައިސްފައި ހުރި ރުޅި ޖީނާ ފެނުމުން ފިނިވާންފެށިއެވެ. ފުރަތަމަ ފަހަރަަށް ވަރަށް ފަރުވާތެރިކަމާއެކު ޖީނާއާ ދިމާއަށް ބަލާލީމެވެ. ޖީނާ ފެނުމުން އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތުނެވެ.

ލަސްލަހުން ގޮސް އަހަރެން ޖީނާ ގާތު މަޑުކޮށްލީމެވެ. ދެކަކޫ ޖަހާ ޖީނާއާ އެއްވަރަށް ބިންމަތީގައި އިށީންދެވުނެވެ. ވަރަށް ފުންކޮށް ޖީނާގެ މޫނަށް ބަލާލުމުން އަހަންނަށް ބައިވަރި ކަންތައްތައް ސިފަވާންފެށިއެވެ. އެހުރިހާ ކަމަކަުން ސިކުނޑިއަށް ބާރުވާން ފެށުމުން ލޮލަށް ކަރުނަ ޖަމާވިއެވެ. ބާރުބާރަށް ޖީނާގައިގައި ބައްދާގަނެވުނީ ދެން ދުވަހަކުވެސް ދޫނުކުރަން ހިތަށް އަރުވައިގެންނެވެ.

“ޖެކް ބޭބެ” ޖީނާ ޖެކްބޭބެއޭ ބުނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. އަހަންނަކީ ޖީނާގެ ބޭބެއެއް ނޫނެވެ. ޖީނާގެ ބައްޕައެވެ. ލޯބިވާ ދަރިފުޅުގެ ދުލުން ބޭބެއޭ ކިޔާ ގޮވުމުން ހިތަށް ކެއްވާނެހެއްޔެވެ.

******

ރަހުވާގެ ނަޒަރުން:

“ޖީން މީ ޖީންގެ ބޭބެއެއް ނޫން ޖީންގެ ބައްޕަ” ކުރެކިފައިވާ އަޑަކުން އަޝްޖައު ބުނި އެތިން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ކަނޑާގެން ދިޔަހެންނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ފަހަތަށް ފިޔަވަޅެއް އަޅާލެވުނު ބޮނޑީ ގޮނޑީގައި އަޅައިގަނެފައި ނުވެއްޓުނީ ކިރިޔާއެވެ. އޭރު ޝައުންވެސް ދެލޯ ބޮޑުކޮށްގެން އަޝްޖައުއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ޖީނާ ހުރީ ވަނީ ކީއްކަން ނޭންގިފައެވެ. ކުއްލިއަކަށް ހުރެފައި އަޝްޖައުގެ މޭގައި އަތް އަޅާ ކޮށްޕާލުމަށްފަހު އަހަރެން ގާތަށް އައެވެ. “ކޮއްކޮ ނުހުރޭ ޑެޑީއެއް. މަންމިއެއް އެކަނި ހުންނަނީ” އަހަރެންގެ އުނގަނޑުގައި ބައްދާގަންނަމުން ޖީނާ ރޮއެގަތެވެ.

******

އަޝްޖައުގެ ނަޒަރުން:

“ކޮއްކޮ ނުހުރޭ ޑެޑީއެއް. މަންމިއެއް އެކަނި ހުންނަނީ” އަހަރެންގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ހޯސްލާފާ ލޮލުން ކަރުނަ އޮހުނެވެ. ފިރިހެނެއް ކަމަކު ކެއް ކުރެވޭނީ ވަކިވަރަކަށް ނޫން ހެއްޔެވެ؟ ޖަންނަތާ މެދު އަހަރެންގެ ހިތް ޝަކުވާއިން ފުރިނެވެ. އަހަންނަށް ކުރެވުނު ކުށަށް މިވަރުގެ އަދަބެއް ދޭންޖެހޭ ހެއްޔެވެ.

“ޖީން އެހަށް ޔާނީ ދައްތައާ އެއްކޮށް ބޭރަށް ދޭބަ” ޝައުން އެހެން ބުނުމާއެކު ޖީނާ އިތުރަށް ރަހުވާ ގައިތެރޭ ބޮނޑިވެލިއެވެ. އަދި ނޫނެކޭ ކިޔާ ބާރަށް ރޯންފެށިއެވެ. ޖީނާ ރުއިމުގެ އަޑު އަހާކަށް އަހަރެންގެ ހިތަށް އެހާ ފަސޭހައެއް ނޫނެވެ. ހިތާހިތުން ޖަންނަތުއާ ދިމާއަށް އެއްޗިހި ކިޔުނެވެ.

“މަންމި ލޯބީ. ޝައުން ބޭބެ ބަސްއަހައިގެން ޔާނީ ދައްތައާ އެއްކޮށް އެހަަށް ދޭބަ” ޖީނާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެދެމުން ވަރަށް ލޯބިިން ރަހުވާ ބުންޏެވެ. ރަހުވާގެ އަޑުވެސް ވަނީ ކުރެކިވެފައެވެ. ޖީނާ އެއްވެސް ދެކޮޅު ހެދުމެއްނެތި ވަރަށް ބަސްއަހައިގެން ޔާނީއާއެކު ބޭރަށް ދިޔައެވެ.

ޖީނާއާ ޔާނީ ބޭރަށް ނުކުތުމުން ޝައުން ގޭދޮރު ތަޅުލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަހަންނާ ރަހުވާއާ ވީ ދިމާއަށް އެނބުރުނެވެ. “ޖެކް” ޝައުން އަހަރެންގެ ނަން ބުނުމާއެކުހެން އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނުމަށް އަހަރެން އަމުރު ކުރީމެވެ.

“ޝައުން ޔޫ ބިޓްރޭޑް މީ. އަހަރެންގެ ބެސްޓް ފްރެންޑަށްވެ ހުރެ މިހާ ބޮޑު ކަމެއް އަހަންނަށް ސިއްރުކުރީ. ވައި ޝައުން ވައި؟ އަދި އެވަރު ނުވެގެން އެންމެ ފަހުން ޖާންއާ އިންނަށް ތިއުޅެނީ؟” ވެފައި ހުރި ދެރައިގެ މައްޗަށް އަހަންނަށް ރުޅިވެރިކަން އިސްކުރެވުނެވެ.

******

ރަހުވާގެ ނަޒަރުން:

“ލުކް ޖެކް. އަހަރުމެން އެހެން ކަންތައް ކުރީ ޖެކްއަށް ރިއަލައިޒްކޮށްދޭން ޖެކް ރަހު އައި މީން ޖަންނަ ދެކެ ލޯބިވާކަން. މިހާރު މިއޮތީ އެކަންތަ ވެފައެއްނު. ސޯ ޝީއިޒް އޯލް ޔުއާސް ނައު” އަހަރެންގެ އިހްސާސަކަށް ބެލުމެއް ނެތި ޝައުން ބުންޏެވެ. ޝައުން އެހެން ބުނިއިރު އޭނާގެ ލޮލުގައި ވީ ރިހުން އަހަންނަށް ފާހަގަވިއެވެ. އަހަރެންގެ ހިތްވެސް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ.

އަޝްޖައުގެ މޫނުމަތީގައި ވި ރުޅިވެރިކަން ފިލައިދިޔައެވެ. އަދި ޝައުން އެ ބުނީ ތެދެއްތޯ އަހަރެން ގާތު އެހިއެވެ. ބުނަންވީ ކީކޭ ކަމެއް ނޭންގި އަހަންނަށް ޝައުންއާ ދިމާއަށް ބަލާލެވުނެވެ. ޝައުން އަހަންނާ ދިމާއަށް ނުބަލަންވެގެން އަނެއް ފަރާތަށް އެނބުރުނެވެ. އަހަރެންގެ ހިތް ޝައުންއާ މެދު ޝަކުވާއިން ފުރުނެވެ. ހިތާދެކޮޅަށް ޝައުންގެ ބަސް އަހަރެން ތެދު ކުރީމެވެ. އަޝްޖައު އައި ގޮތަށް އައިސް އަހަރެންގައިގައި ބައްދާގަތެވެ. “އައި ލަވް ޔޫ ޖާން” އަހަރެން ކަންފަތްދޮށުގައި ވައި އަޑުން އަޝްޖައު ބުންޏެވެ. ގެއަށް ވަންއިރު އެ މޫނުމަތީގައިވި ރުޅިވެރިކަން މިހާރު ފެންނާކަށް ނެތެވެ.

“ޖެކް ޓިލް ޔޫ ޓޫ ގެޓް މެރިޑް ރަހު އައި މީން ޖަންނައާ ޖީން މިގޭ ބައިތިއްބަން ވީނު؟” އެންމެ ފަހަރަކުވެސް އަހަރެންގެ މޫނަށް ބެލުމެއްނެތި ޝައުން އަޝްޖައު ގާތު އެހިއެވެ. “އޯކޭ” އަހަރެން ބޭނުންވާ ގޮތް ބެލުމެއް ނެތި އަޝްޖައު އާބަސް ދިނެވެެ. “ވެލް ޔާނީ ހުރި ތަނެއް ބަލާފަ ޖީން ގޮވައިގެން އެބަ އަންނަން” އަހަރެންގެ އަތަށް ބޮސް ދިނުމަށްފަހު އަޝްޖައު ދިޔައެވެ. އަޝްޖައު ދިއުމާއެކު އަހަރެންގެ ލޯތެރޭ ބޮނޑިވެފައި ހުރި ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބައިގެން ދިޔައެވެ. އައި ރުޅީގައި ގޮސް ޝައުންގެ މޭމެތީ ގޮށް މުށުން ތަޅައިގަތީމެވެ. ޝައުން އަހަރެން ދުރުކުރާކަށް ނޫޅުނެވެ. “އައި ލަވް ޔޫ ޝައުން. އަހަރެން ލޯބިވަނީ ޝައުންދެކެ. އަޝްޖައުދެކެ އެއްނޫން.” ޝައުންގެ މޭތެރޭ އަހަރެންގެ މޫނު ފޮރުވާލީމެވެ. ޝައުންވެސް އޭނާގެ ދެއަތުން އަހަރެން ގައިގައި ބައްދާލިއެވެ. “ރަވާ ލިސެން. އައި ލަވް ޔޫ ޓޫ. އެކަމް އަހަރުމެން ދެމީހުން ގުޅުމަށްވުރެ ޖެކްއާ ރަވާ ގުޅުން ރަނގަޅުވާނީ. ޖެކް އަކީ ޖީންގެ ބައްޕަ. ޖީންގެ ބައްޕައާ މަންމަ ގުޅުނީމައެއްނު ޖީންއަށް ރަނގަޅުވާނީ. ވީ ހޭވް ޓު ސެކްރިފައިސް އަވާ ލަވް ފޯ ޖީން”

ނުނިމޭ

35

2 Comments

 1. Nau

  December 10, 2018 at 3:40 pm

  Varah reethi mi part vx kiya darlinn….ekm dhn inna part thankolheh dhigukoh up kohdhechchey dear…….??????keep up the gud wrk

  • Kiyara

   December 10, 2018 at 3:58 pm

   Thank u dear. ISA mirey adhi one part up kohdheveytho try kuraanan

Comments are closed.