އައްސަލާމް އަލައިކުމް. ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށް. މި ދުވަސްކޮޅުގެ ގޮތުން ވާހަކަ ލިޔެވެން ނެތުމުން މި ސައިޓްގައި އަޅުގަނޑު ގެނެސްދޭ ދެވާހަކަ ކަމަށްވާ “ބުނާށެ ލޯބި ނުވާނީހޭ..” އަދި “އަބަދަށްޓަކައި” ދުވަސްކޮޅަކަށް މެދުކަނޑާލަނީއެވެ. ވަގުތާއި ހާލަތު ތަން ދިންހާ އަވަހަކަށް އަލުން މި ދެވާހަކަ އަޕްކުރެވިގެންދާނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަމެވެ. ޝުކުރިއްޔާ ކިޔާރާ
އަހަރެންގެ ސިކުނޑި ތެރޭގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ. މި އާއިލާއިން ކޮންެމެސް ކަމެއް އަހަންނަށް އެބަ ސިއްރުކުރެއެވެ. އެއީ އަހަންނަށް ޔަގީންވާ ކަމެކެވެ. ސިޓިން ރޫމަށް ދިޔައިރު ލެޕްޓޮޕް ވަށާލައިފައި ޝިވަމްއާ ޔޫމީގެ އިތުރަށް ސުހެއިލްއާ ކައިލީ ތިއްބެވެ. ސޯފާއަށް ދެފައި ނަގައިގެން ލެޕް ޓޮޕް އުނގަށް ލައިގެން އިނީ ކައިލީއެވެ. ސުހެއިލްއާ ޝިވަމްއާ ބޯ އަރިއަރިކޮށްގެން ލެޕްޓޮޕް ސްކްރީނަން ބަލަން ތިއްބެވެ. ކައިލީއާ ޖެހި ފިތިގެން އެެއް އަތް ކައިލީގެ ކޮނޑު މައްޗަށް ލައިގެން […]
ވިޝާހްއަށް ކަންކަން ރޭކައިލީ ޖަލުގައި ބަންދުކުރިފަހުންނެވެ. އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނީ އެހެންވެއެވެ. ދެކުނުހާ ހުވަފެންތައް ސިކުންތު ކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވީއެވެ. އަންޖަލް މަތިންވެސް ހަނދާންވީ އެވަގުތުއެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާ ބިންމައްޗަށް ތިރިވެވުނެވެ. މިވީ ގޮތުން ދެން ދުވަހަކުވެސް އަންޖަލްގެ ލޯބި އޭނާއަށް ނުލިބޭނެކަން އެނގުނެވެ. ގޯސް މަގު ޚިޔާރު ކުރުމުގެ ބަދަލުގައި އަންޖަލް ގެ ލޯބި ލިބޭތޯ މަސައްކަތް ކުރެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަ އަކުން ކެއްކޭނެ ރިހައެއް […]
ޝިވަމްއާ ސުހެއިލްއާ އެއްފަދައިން ޝާދާބްގެ ވެސް ސަކަ ގޮތް ގަނޑު ހުއްޓެވެ. މަޖާ އެއްެޗެއް ބުނެ އަހަރެން ހެއްވާލާއެވެ. ޝާދާބްއަކީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫނެވެ. އަހަރެން ހީކުރީ އެއީ ވަރަށް ސީރިއަސް މީހުންނާ ގުޅެން ނޭންގޭކަހަކަ މީހެއް ކަމަށެވެ. ގެއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން އަހަރެން ވާހަކަ ފޮތެއް ހިފައިގެން އެނދުގައި ޖައްސާލީމެވެ. އަހަންނަކީ އަބަދުވެސް ވާހަކަ ކިޔަން ވަރަށް ޝައުގުހުންނަ މީހެކެވެ. “ވަނަސް އޯކޭތަ؟” ކޮޓަރީ ދޮރުގައި ކުޑަކޮށް ޖަހާލާފައި ސާޔާ […]
“ނީޑް ޓު ޓާކް” ދަނޑިވަޅު ބަލާފައި ރީހާންއާ ޒާން ދުރަށް ދިޔަ ވަގުތު ރައިހާނާ ގޮސް ހަމްޒާ ގާތު ބުންޏެވެ. ހަމްޒާ އެވަގުތު ހުރީ ޕާޓީއަށް އަންނަ މީހުންނަށް ޖޫސް އަޅާދޭށެވެ. ރައިހާނާވެސް ތަށިތައް ނަގައި ޖޫސް އަޅަން ފެށިއެވެ. “މިރޭވީ އެއްވެސް ކަމެއް އެކަކު ގާތުވެސް ނުކިޔައްޗޭ!” އެހެން މީހުންނަަށް ނޭންގޭނެހެން މަސައްކަތުގައި މަޝްޣޫލްވެ އިނދެ ރައިހާނާ ބުންޏެވެ. “މިރޭ ވީ ކޮންކަމެއް؟” ހަމްޒާ ގަސްތުގައި ނޭންގޭ ކަމަަށް ހެދެމުން ދެކޮނޑު އަރުވާލިއެވެ. އޭރު އޭނާގެ […]
އާ ގޭގައި ހަފްތާއެއް ވޭތުވެގެން ދިޔަ ފަހުންވެސް އެތަނަން އަންނަން ޖެހުނު ސަބަބެއް އަހަންނަކަށް ނޭންގުނެވެ. ޝިކާރައަށް ފިޔަވާ އަހަރެން ގެއިން ބޭރަކަށް ނުނިކުންނަމެވެ. މުޅި ހަފްތާގައި ޝާދާބްވެސް އުޅުނީ ގޭގައެވެ. އެހެނަސް އެންމެ ފަހަރަކުވެސް އަހަންނާ އަނގައިންނެއް ނުބުނެއެވެ. “ހައި ސިސް ވުޑް ޔޫ ލައިކް ޓު ހޭވް ސަމް ހިއުމަން ފުޑް؟” ޔޫމާއާ ކައިލީ ޕިއްޒާ ފޮށްޓެއް ހިފައިގެން އައިސް އަހަރެން ކުރިމަތީ ބެހެއްޓިއެވެ. އަހަރެން ފާޑަކަށް ބަލަން ފެށުމުން ދެމީހުންވެސް ހޭންފެށިއެވެ. “ޑިއާ […]
ނުވަގަޑި ބައިވި އިރުވެސް ރައިހާނާއާ ހަމްޒާގެ މެޗު ނުނިމެއެވެ. ވަރަށް ސީރިއަސްކޮށް ތިބެ ދެމީހުންވެސް ކުޅެމުން ދިޔައެވެ. ދޭތެރެއަކުން ނޮކު ވެއްޖޭ ކިޔާ ރައިހާނާ ހަޅޭއްލަވައި ގަނެއެވެ. “ހަމްޒާ ހެލްޕް. އައި އޭމް ޑައިން. ނޮކްވެސް ވެއްޖެ ޒޯންވެސް އައިއްސި” ރައިހާނާ ރޮއެގަތެވެ. “ރައި ބީ ކެއަރފުލް އެންމެ ސްކޮޑެއް ބާކީ އިނީ” ނުހަނު ސީރިއަސްކޮށް ހުރެ ހަމްޒާ ބުންޏެވެ. “ޔޭ ވީ ވޮން” އިށީންދެގެން އިން ގޮނޑިން ތެދުވެފައި ރައިހާނާ ފުންމާލިއެވެ. ހަމްޒާވެސް ހަމަ އެފަދައެވެ. […]
ކާރުން ފޭބިތަނުން އަހަރެންގެ ލޮލުގައި ލޫކް އަޅައިގަތެވެ. އިސްތަށިގަނޑު އަދި ތުނބުޅިއާ މަތިމަސްވަނީ އެއްވެސް ތަރުތީބެއް ނެތް ގޮތަށް ދިގުވެފައެވެ. އެމޫނު މަތީގައި އެއްވެސް އުޖާލާކަމެއް ފެންނާކަށެއް ނެތެވެ. ކުރިއަށްވުރެ ހަށިގަނޑު އަނަރޫފައެވެ. ލައިގެން ހުރީ ފިޔާތޮށިކުލައިގެ އަތްދިގު ގަމީހަކާ ކަޅު ކުލައިގެ ކަކުލާހަމައަށް އަންނަ ވަރުގެ ކުރު ސޯޓެކެވެ. ލޫކް އެހާލުގައި ހުއްޓާ މީގެ ކުރިން ދުވަހަކުވެސް އަހަންނެއް ނުދެކެމެވެ. އަހަންނަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ލޫކް އެހާލުގައި އެހުރީ އަހަންނާ ހެދިއެވެ. އެވަގުތު އަހަރެން […]
ތުނޑީގެ އެންމެ އެކޮޅު ކޮޅަށް ގޮސް ޒިވާން ބާރަކަށް ހަޅޭއްލަވައި ގަތެވެ. ހީވީ ހިތުގައިވި ހުރިހާ އުދާހެއް އެއްފަހަރާ ބޭރުކުރަން އުޅުނު ހެންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރެ ކަކޫ މައްޗަށް ތިރިވިއެވެ. އޭރު އޭނާގެ ލޯ ކަރުނުން ފުރިގެން ބަންޑުން ވަނީއެވެ. ރައިހާނާގެ ނުގަބޫލުގައި ގަދަކަމުން ކުރެވުނު އަމަލާ މެދު އޭނާ އިންތިހާއަށް ދެރަވިއެވެ. އެވަގުތު އެކަމަށް ހިތް އެދެވުނުލެއް ބޮޑު ކަމުން ވިސްނާނުލެވުނީއެވެ. ބައި ގަޑިއިރު ވަންދެން ކަރުނަ އޮހޮރަން އިނުމަށްފަހު ޒިވާން ގެއަށް […]