Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށްޓަކައި 3

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 8, 2019 3 Mins Read
7 Comments

ކާރުން ފޭބިތަނުން އަހަރެންގެ ލޮލުގައި ލޫކް އަޅައިގަތެވެ. އިސްތަށިގަނޑު އަދި ތުނބުޅިއާ މަތިމަސްވަނީ އެއްވެސް ތަރުތީބެއް ނެތް ގޮތަށް ދިގުވެފައެވެ. އެމޫނު މަތީގައި އެއްވެސް އުޖާލާކަމެއް ފެންނާކަށެއް ނެތެވެ. ކުރިއަށްވުރެ ހަށިގަނޑު އަނަރޫފައެވެ. ލައިގެން ހުރީ ފިޔާތޮށިކުލައިގެ އަތްދިގު ގަމީހަކާ ކަޅު ކުލައިގެ ކަކުލާހަމައަށް އަންނަ ވަރުގެ ކުރު ސޯޓެކެވެ. ލޫކް އެހާލުގައި ހުއްޓާ މީގެ ކުރިން ދުވަހަކުވެސް އަހަންނެއް ނުދެކެމެވެ. އަހަންނަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ލޫކް އެހާލުގައި އެހުރީ އަހަންނާ ހެދިއެވެ. އެވަގުތު އަހަރެން އަޅައިގެން ހުރި މޫނު ފޮތިކޮޅު ނަގާ ލޫކްއަށް މޫނު ދައްކާނަމޭވެސް ހިތަށް އެރިއެވެ. އެހެނަސް އެކަން އެގޮތަށް ކުރާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން ކުރާކަމަކުން އަހަރުމެންގެ ދުނިޔެ އިންސާނުންނަށް ފަޅާއަރާކަށް އަހަންނެއް ނޭދެމެވެ. އަހަރުމެން ކަހަލަ މީހުންނަށް ފިޔަވާ އެއްވެސް ބަޔަކަށް އަހަރުމެންގެ ހަގީގަތެއް ނޭންގެއެވެ.
އަހަރެން ކައިލީއަށާ ސުހެއިލުއަށް ލޫކް ދައްކާލީމެވެ. ސުހެއިލު މަލާމާތުގެ ހިނިގަނޑެއް ޖަހާލުމުން އަހަރެން ގާތަށް ރުޅިއައެވެ. “ޔޫ ނޯ ލެޓް ހިމް ބީ ލައިކް ދެޓް. ލިވް ޔުއަރ ނިއު ލައިފް ސިސް” އަހަރެން ރުޅި އައިކަން އެނގުމުން ސުހެއިލު ބުންޏެވެ. ކައިލީ ސުހެއިލުއަށް ލޯ އަޅާލިކަން އަހަންނަށް އެނގުނެވެ. “ޑޯންޓް ލިސެން ޓު ހިމް. އައި ނޯ ހައު ޔޫ ފީލް ޓު ސީ ހިމް ލައިކް ދެޓް. އެކަމް ޔޫ ހޭވް ޓު ބީ ބްރޭވް. ލޫކްގެ ލައިފް އަދި ރަނގަޅުވާނެ. ދުވަސްކޮޅަކުން އައިން މަތިން ހަނދާން ނެތޭނެ. ސަމް އަދަރ ގާރލް ވިލް ކަމް ޓު ހިޒް ލައިފް. ލޫކް އުފަލުގަ ހުރިއްޔާ އައިންވެސް އުފާވާނެއްނު؟” ލޫކް އެހެން ކުއްޖަކާ އެކީ ދިރިއުޅުމެއް ފަށާތަން ދެކުމަކީ އަހަންނަށް ކުޅަދާނެ ކަމެއް ނޫނެވެ. އަހަރެން ނެތި ދިއުމުގެ ހިތާމާއިގައި އޭނާގެ ހަޔާތް ގެއްލި ހަލާކުވެދާތަން ދެކުމަކީވެސްވަކި އަހަންނަށް ކުލަދާނަ ކަމެއް ނޫނެވެ. ކައިލީ ބުނިހެން ލޫކް އުފަލުން ހުންނަށްނާ އަހަރެންވެސް ހުންނާނީ އުފަލުންނެވެ. ސުވާލަކީ އަހަންނާ ނުލާ ލޫކްއަށް އުފަލުގައި އުޅެވިދާނެ ހެއްޔެވެ؟ އަހަރެން ލޫކް ދެކެ ލޯބިވީ ވަރަށް އެހެން ކުއްޖެއް ދެކެ ލޫކްއަށް ލޯބިވެވޭނެ ހެއްޔެވެ؟ ލޫކްއަށް އެހެން ކުއްޖެއްދެކެ ލޯބި ވެވޭނެ ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. އަހަރެންގެ އުއްމީދަކީ އަދި އެދުމަކީވެސް އަބަދަށްޓަކައި ލޫކް އުފަލުގައި ހުރުމެވެ. އެއީ އަހަރެން ނޫން އެހެން ކުއްޖެއް އެހަޔާތަށް އައި ނަމަވީހެވެސްއެވެ.
ލޫކް ގޮސް އަހަރުމެން ގެއަށް ވަނެވެ. އަހަރެމެން ގެ ހުންނާނީ އެންމެ ޒަމާނީފެންވަރަށް ހަަދާފައެވެ. ގޭޓުން ވަދެވޭއިރު ހުންނާނީ ދެފަރާތުގައި މާގަސް އިންދާފައެވެ. މެދުގައި މީހުންނަށް ހިނގޭ ގޮތަށް ހުންނާނީ ތާރު އާޅާފައެވެ. އެތާ މަތިން ލާފައި ހުރި ސީދަލަށް ގޮސް ގެއަށް ވަންނަ ދޮރުކައިރިއަށް ދެވޭނެއެވެ. ގޭތެރެއިން އެންމެ ފުރަތަމަވެސް ވަދެވޭނީ ބޮޑު ަިސިޓިންރޫމްއަކަށެވެ. ސިޓިންރޫމް ތެރޭގައި ހުންނަ ބޮޑު ސިޑިން މައްޗަށް އެރޭނެއެވެ. ހުރިހާ ކޮޓަރިތައް ހުންނާނީ މަތީގައެވެ.
އަހަރެންގެ މަގްސަދަކީ ހަމައެކަނި މަންމަމެން ދެކިލުމެވެ. މެންދުރުގެ އެގަޑީގައި އަހަރެން ގެ ކާރިއަށް އައީ އެއީ އޮފީސް ނިންމާފައި ބްރޭކަށް ބައްޕައާ ބޭބެމެން އަންނާނެތީއެވެ. މަންމަވެސް ބޭރުގައި އުޅެފައި އެގަޑީ ގެއަށް އަންނާނެއެވެ.
އެހެނަސް ގަޑިއެއްގެ އިރު ފާއިތުވެގެން ދިޔަފަހުންވެސް އެކަކުވެސް ނައެވެ. ލޫކްވެސް ވަން ގޮތަކަށް ނުނިކުމެއެވެ. “އައިން ގެޓް އިން ދަ ކާރ. އަވަސް” ސުހެއިލް އަހަރެންގެ އަތުގައި ލުއްކެއް ޖަހާފައި ކާރަށް އެރުވިއެވެ. ކައިލީވެސް ބިރެއް ފެނިގެން އުޅޭހެން އަވަހަށް ކާރަށް އެރިއެވެ. އެންމެ ފުލް ސްޕީޑްގައި ސުހެއިލު ކާރު ދުއްވާލިއެވެ.
“ދަހުލާން. ވީ މަސްޓް ލީވް ނައު” ކައިލީ ގެއަށް ވަން ގޮތަށް ބުންޏެވެ. އަހަރެން އިނީ ވާނުވާގައެވެ. ކައިލީއާ ސުހެއިލު އެހާ ބިރުން މިރަށުން ވެސް ދާން އެއުޅެނީ ކޯއްޗެއް ފެނިގެން ބާއެވެ؟
ދަހުލާން ފޯނުނަގައި އެއާޕޯޓަށް ގުޅީ އަހަރުމެން ފުރަން ޓިކެޓް ލިބޭތޯއެވެ. އިންސާނުންނާ އެއް ގޮތަށް އުޅުމަކީ ދަހުލާންމެންނަށް މާ ބޮޑު އުނދަގޫ ކަމެއް ނޫނެެވެ. “އައިނާ ގޮވައިގެން ޝިވަމް ދޭ. އަހަރުމެން ދާނަން މަތިން” ދަހުލާން ޝިވަމްއަށް އެންގިއެވެ.
ޔޫމީ އައިސް އަހަންނަށް ދަބަސް ޕެކް ކުރުމަށް އެހީވެ ދިނެވެ. އަބަދުވެސް ހެވިފައި ހުންނަ ޔޫމީގެ މޫނު މަތިންވެސް ހާސްކަން ފެންނަން ހުއްޓެވެ. ވެގެން އުޅެނީ ކީއްކަން ނޭންގުނަސް ވަރަށް ބޮޑު ކަމެއް ވެއްޖެކަން އަހަންނަށް އެނގުނެވެ.
ޝާދާބްއަށް ގުޅަން ދަހުލާން ކުރިހާ މަސައްކަތްތަކެއް ބޭކާރުވިއެވެ. ހަފްތާއެއް ކުރިން ޝާދާބް ގެއިން ދިޔަ ގޮތަށް އެނބުރި ނާންނަކަމަށް ކައިލީ ބުންޏެވެ. ޝާދާބްގެ ޚަބަރެއް ލިބެންދެކަށް ދަހުލާން މަޑުކުރަން އުޅުމުން އެކަން ހުއްޓުވީ ސުހެއިލްއެވެ. “ޑޭޑް ޕްލީޒް ނޯ. ވީ ހޭވް ޓު ގޯ” އަސަރާއެކީ ޑޭޑެްއޭ ކިޔާ ސުހެއިލް ދަހުލާންއާ މުޚާތަބު ކުރުމުން މަޑު ކުރާކަށެއް ދަހުލާން އަކަށް ނުކެރުނެވެ. “ހީ އިޒް ގޮއިން ޓު ބީ ފައިން” ދަހުލާން ކަންފަތް ދޮށުގައި ނުހަނު ސިއްރުން ސާޔާ އެހެން ބުނި އަޑު އަހަންނަށް އިވުނެވެ.
ޝިވަމް އަހަރެން ގޮވައިގެން ދަތުރުކުރީ ކާރެއްގައެވެ. ރަށުން ބޭރަށް ދެވެން ދެކަށް އަހަރެން ހުރީ މޫނު ފޮތިކޮޅަކުން މޫނު ނިވައިކޮށްގެންނެވެ. އެއީ އަހަރެން ދަންނަ މީހަކަށް ފެނިދާނެތީއެވެ. އަށާރަ އަހަރު ވަންދެކަށް އުޅެ ބޮޑުވި ރަށް ދޫކޮށްފައި ދާން ޖެހުމުން އަހަރެން ދެރަވިއެވެ. “ވީ ކޭން ކަމް ބެކް ލޭޓާރ. މެއިބީ އަ ސެންޗަރީ ލޭޓާރ” ހިނިތުންވެލަމުން ޝިވަމް ބުންޏެވެ. އިތުރު ވާހަކައެއް ނުދައްކާ އާހަރެންވެސް ހަމައެކަނި ހިނިތުންވެލީއެވެ.
ތިން ދުވަސް ފަހުން އަހަރުމެން ބޭނުންވާ މަންޒިލަށް ވާސިލް ވެވުނެވެ. ދެންވެސް ދިޔައީ ކުރިން އުޅުނު ކަހަލަ ރީތި ގެއަކަށެވެ. ކޮންމެ ރަށެއްގައިވެސް ދަހުލާންގެ ރީތި ބޮޑު ގެއެއް ހުރެއެވެ. ދެތިން އަހަރު އެއް ތަނެއްގައި އުޅެފައު އެތަނާ މުޅިން ދުރު ހިސާބަކަށް ދަތުރުކުރަނީއެވެ.
އަހަރުމެން ވަނުމުން ސާޔާއައިސް އަހަންނާ ޝިވަމް ގައިގައި ބައްދާލިއެވެ. “ދެކިދުންނަށްވެސް ގެއްލުމެއް ނުވޭ ދޯ” އެންމެ ފުރަތަމަ ދުވަހު ދަހުލާން ބުނި ފަދައިން ސާޔާއާ ދަހުލާން އަހަރެން ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވެއެވެ. ޔޫމީމެންނަށް ވުރެއްވެސް އަހަރެން ދެކެ ދަހުލާން ލޯބިވާހެން އަހަންނަށް ހީވެއެވެ.
“ޑޭޑް” އެންމެންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނީ ޝާދާބްގެ އަޑުއިވުމުންނެވެ. ދަހުލާން ދުވެފައި ޝާދާބް ގާތަށް ދިޔައެވެ. “ޝާދާބް! ކޮންތާކު އުޅެފަ ތިޔައީ؟ ނޭންގޭތަ އަހަރުމެން ހާސްވާނެ ވަރެއް؟” ނުރުހިފައި ދަހުލާން ޝާދާބްއާ ސުވާލުކުރިއެވެ. އިސްޖަހައިގެން ހުރުން ފިޔަވާ އިތުރުކަމެއް ޝާދާބް ނުކުރެއެވެ. ދަހުލާނެކޭ އެއްފަދައިން ސާޔާވެސް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ޝާދާބް މާފަށް އެދުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބީރަށްޓެހި ލޯބި 2

Next

ބީރަށްޓެހި ލޯބި 3

Next
March 10, 2019

ބީރަށްޓެހި ލޯބި 3

Previews
March 8, 2019

ބީރަށްޓެހި ލޯބި 2

7 Comments!

  1. Kiyara says:
    March 8, 2019 at 10:41 pm

    Salam alikum. Mi bai varah kurukan alhugandu gabool kurameve. Rashun beyrugai ulheythyve dhigukoh liyaane time nuvy. Friday ga up kohdheynamey bunevifa othyma kurukoh viyas mi kohdhiny. ISA next part Tuesday ga

  2. Scarlet says:
    March 8, 2019 at 10:57 pm

    It’s okay dear ehen vx vaane baeh faharu. Ekm next part try dhigu kohlevey tho v kiyaa hih vey mi vaahaka. Describing part thankolheh ragalhu kohlan feney orelse hama v reethi ??

  3. jiji says:
    March 9, 2019 at 5:22 am

    It’s ok..I can understand..vrh rythi mi prt vx..bt try ingey nxt prt dhigukohlan..scarlet buni fadhain thankolheh bodah describe kohlahchey …kyp up the gud wrk kiyaaa…❤???

  4. juma says:
    March 9, 2019 at 9:22 am

    nice story . mivarun ves up kohdineethee thanks

  5. Rifu says:
    March 9, 2019 at 10:21 am

    Vrh reethi mi part ves. Ma Shaa Allah. Keep it up ingey. ☺☺☺

  6. AZKA says:
    March 9, 2019 at 4:41 pm

    kiyaa ge ehen story tha fadhain mi story ves hama habeys…thanks..eha busy koh ulhemun ves..bunaa dhuvaha…story up kohdhey thy….love ya

  7. Mi says:
    March 10, 2019 at 10:09 pm

    Esfiya saite ge vaahaka that up kuranee konirakun.

Comments are closed.

Next Episodeއަބަދަށްޓަކައި 4←


All Right Reserved!