Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….12

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 18, 2019 6 Mins Read
38 Comments

ނުވަގަޑި ބައިވި އިރުވެސް ރައިހާނާއާ ހަމްޒާގެ މެޗު ނުނިމެއެވެ. ވަރަށް ސީރިއަސްކޮށް ތިބެ ދެމީހުންވެސް ކުޅެމުން ދިޔައެވެ. ދޭތެރެއަކުން ނޮކު ވެއްޖޭ ކިޔާ ރައިހާނާ ހަޅޭއްލަވައި ގަނެއެވެ. “ހަމްޒާ ހެލްޕް. އައި އޭމް ޑައިން. ނޮކްވެސް ވެއްޖެ ޒޯންވެސް އައިއްސި” ރައިހާނާ ރޮއެގަތެވެ.
“ރައި ބީ ކެއަރފުލް އެންމެ ސްކޮޑެއް ބާކީ އިނީ” ނުހަނު ސީރިއަސްކޮށް ހުރެ ހަމްޒާ ބުންޏެވެ.
“ޔޭ ވީ ވޮން” އިށީންދެގެން އިން ގޮނޑިން ތެދުވެފައި ރައިހާނާ ފުންމާލިއެވެ. ހަމްޒާވެސް ހަމަ އެފަދައެވެ. ވެފައި ހުރި އުފަލެއްގެ ބޮޑު ކަމުން ރައިހާނާއަށް ހަމްޒާ ގައިގައި ބައްދާލެވުނެވެ.
ކުއްލިއަކަށް ރައިހާނާ ބައްދާލުމުން ހަމްޒާއަށް ހުއްޓުން އެރިއެވެ. އެެއްވެސް މޭކަޕަކާ ނުލާވެސް ރައިހާނާގެ މޫނު ދޮންވެފައި އޮމާނެވެ. ލޯ މަރާއިގެން ހެވިފައި އޮތް އިރު ނުހަނު ލޮތްބެވެ.
ކުރެވުނީ ކީއްކަން ރައިހާނާއަށް ރޭކަލުމާއެކު ވަގުތުން ދުރަށް ޖެހުނެވެ. ލަދުން ގޮސް އިސްޖަހާލެވުނެވެ. އެއާއެކު އެތާ ތިބި އެންމެންގެ ހުނުމުގެ އަޑުއިވުނެވެ.
ރައިހާނާއަށް ވީ ގޮތް ފެނިފައި ނުހީ ހަމްޒާއަކަށް ނުހުރެވުނެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ބާރަކަށް ހުނެވެ.
ރައިހާނާ ހަމްޒާ ގައިގައި ބެއްދުމުން އަންޖަލް ހަސަދަވެރިވިއެވެ. ރައިހާނާގެ ބަދަލު އެއީ އޭނާ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހިތަށް ޝައިތާނާ ލަމުން ދިޔަ ވަސްވާސް ފިލުވާލިއެވެ. ރައިހާނާ ގަސްތުގައި އެހެން ނުހަދާނެކަން އަންޖަލްއަށް އެނގެއެވެ.
*****
ޕާޓީ އޮންނަ ދުވަސްކަމުން އެންމެން ވެސް ވަރަށް ބުރަކޮށް އުޅެމުން ދިޔައެވެ. މުޅިގެ ވަނީ ކައްކާ މީހުންނިން ފުރިފައެވެ. ރައިހާނާމެން އެންމެ މަތީގައި ތިބޭއިރުވެސް ތިރިން ވާހަކަ ދައްކާ އަޑު އިވެއެވެ. މުޅި ގެވެސް ހީވަނީ ވައްޓާލާފާނެހެންނެވެ.
ޝައުފާ ބުނުމުން އަންޖަލްއާ ރައިހާނާ އުޅުނީ ކައްކަން ތިބި މީހުންނަށް ދަޅާއި ބިސްކޯދު ބަހައެވެ. އަންޖަލް ފެނުމުން އެއީ ކޮން ކުއްޖެއްތޯ ކޮންމެ މީހަކުވެސް އަހައެވެ. އަންޖަލް ހުންނަނީ ލަދުން ހަލާކުވާވަރު ވެފައެެވެ.
ސްކޫލް ރީތި ކުުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބެލުމަަށް ސަރްވާއާއެކީ ރައިހާނާއާ އަންޖަލް ސްކޫލަށް ދިޔައެވެ. ސްކޫލް މަސައްކަތުގެ ބޮޑުބައި އޮތީ ނިމިފައެވެ.
ބޮޑު ލަކުޑި ތަކެއް ހިފައިގެން ސްކޫލަށްވަންނަން ދިޔަ ހަމްޒާއަށް ޒިވާން ފެނުނެވެ. ސްކޫލް ކުރިމަތީ ޕާކުކޮށްފައި އޮތް ކާރުގައި އެއްފައި ވިއްދައިގެން، ލައިގެން އިން ނޫކުލައިގެ ޖިންސުގެ ޖީބަށް ދެއަތް ޖަހައިގެން ހުއްޓައެވެ. ޒިވާންގެ ދެލޯ ވަނީ އަވިއައިނަކުން ފޮރުވާފައެވެ. ލައިގެން އިން ފެހި ކުލައިގެ ގަމީހުގެ އަތް ހުރީ އޮޅަބޮއްޓާ ހަމައަށް އޮޅާފައެވެ.
ލަކުޑިތައް ސްކޫލް ދޮރުމައްޗަށް ވަރާލުމަށްފަހު ހަމްޒާ ހިނގައިގަތެވެ.
“މިތާ ކީއްތިކުރަނީ؟” ދެބުމަ ގޮށް ޖަހައިގެން އިނދެ ހަމްޒާ އެހިއެވެ.
ލޮލުން އަވި އައިނު ނަގަމުން ޒިވާން ހަމްޒާއަަށް ބަލާލިއެވެ. “ނަން އޮފް ޔުއަރ ބިޒްނަސް ހަމްޒާ ސަރ” ހަމްޒާ ރުޅިގަދަވިއެވެ. ރައިހާނާއަށް ފެނުމުގެ ކުރިން ޒިވާން ފޮނުވާލަން އޭނާ ބޭނުންވިއެވެ. “ރައިހާނާ ހޯދާކައްނު ތިއައީ؟” ޒިވާން އޭނާގެ ހަށިގަނޑު ސީދާކޮށްލިއެވެ. އޭނާ އައީ ރައިހާނާ ހޯދަންކަން ހަމްޒާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ޒިވާންއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އޭނާގެ މޫނަށް ހޫނު ހަމަލާއެއް އެރިއެވެ. “ރީއްކޯ!” ހަމްޒާ ނުވިސްނައި ހުއްޓާ ރީހާން އައިސް ޒިވާންގެ މޫނަށް އެތިފަހަރެއް އަޅުވާލިއެވެ. ދެވަނަ ފަހަރަށްވެސް ރީހާން ޖަހަން އުޅުމާއެކު ހަމްޒާ ގޮސް ރީހާންގެ އަތުގައި ހިފެހެއްޓިއެވެ.
ރީހާން ޖެހިލެއް ބާރުކަމުން ޒިވާންގެ ބޮލަށް އެނބުރުން އެރިއެވެ. ދެތިން ފަހަރު ދެލޯ މަރާ ހުޅުވިއެވެ. ރުޅިވެރި ނަޒަރަކުން ރީހާންއާ ދިމާއަށް ބަލާލަމުން އަނގައިން ލޭއައިސްފައި ހުރިތަން ފުހެލިއެވެ. “ލުކް އައި ޑޯންޓް ވަންނާ ފައިޓް ވިތް ޔޫ ގާއިޒް. އައި އޭމް ހިއަރ ޓު އެޕޮލޮޖައިޒް ރައި” ޒިވާން އޭނާގެ ރުޅި ހިންދާލުމަށްފަހު ބުންޏެވެ. “ބުނަން ރަނގަޅު ވާހަކައެއް މާފަށް އެދެން ވެސް ދޮންތިއާ ކައިރި ނުވާތި. މާފަށް އެދުނަސް ދޮންތި ޒިވާންއަށް މާފެއް ނުކުރާނެ. އިތުރު އަނިޔާއެއް ނުވަނީސް މިތަނުން ދޭ” ޝަހާދަތް އިނގިލި ދިއްކޮަށްލަމުން ރީހާން ޒިވާންއަށް އިންޒާރު ދިނެވެ. ޒިވާންވެސް އިތުރަށް މަޑުނުކޮށް ކާރަށް އަރައިގެން ދިޔައެވެ.
ހަވީރު ފަސްގަޑި ބައިވިއިރަށް ތަން ޒީނަތްތެރިކޮށް ނިމުނެވެ. ދެތިން ކުދިން ސްކޫލްގައި މަޑު ކުރުމަށްފަހު އެހެން އެންމެން ޕާޓީއަށް ތައްޔާރުވާން ގެއަށް ދިޔައެވެ.
ހައެއް ޖެހިއިރު ފެންވަރައިގެން ރައިހާނާ ނުކުތެވެ. ގޭތެރޭލާ އުޅޭ ހެދުމެއް ލައިގެން އޭނާ ދިޔައީ ސަރްވާގެ ކޮޓަަރިއަށެވެ.
ލޯގަނޑު ކުރިމަތީ އިށީންދެގެން އިން ސަރްވާ އިނީ ހުދުކުލައިގެ ފުޅާ ވެޑިން ޑްެރެސްއެއް ލައިގެންނެވެ. އިށީންދެގެން އިން އިރު ހެދުމުގެ ފަސްބައި މުޅި ސަރަހައްދަށް ފެތުރިފާ އޮތެވެ. ސަރްވާގެ މޭކަޕް ކޮށްދޭން އަންޖަލްއާ ނަދާ ތިއްބެވެ.
“ތުތީ ކީއްވެތަ މިހާ ބޮޑު ވެޑިންއެއް ނުބޭއްވީ؟” އެނދުގައި ދެފައި ވައްކޮށްގެން އިށީންދެ އިނދެ ރައިހާނާ އެހިއެވެ. “އެއީ ކާކު ތޯ އެންމެ އަނގަ ގަދައީ ބަލަން” ސަރްވާ ލޮލުގައި އަނދުން އަޅުވަމުން ސަމާސާ ރާގެއްގައި ނަދާ ބުންޏެވެ. އެއާއެކު ރައިހާނާ ދެނޭ ކިޔާ ކުސްތެޅިއެވެ.
ސަރްވާގެ މޭކަޕާއި ބުރުގާ އަޅުވައި ނިމުނުއިރު ހަތްގަޑި ސާޅިސް ވެއްޖެއެވެ. އަންޖަލް އަދި ރައިހާނާވެސް މޭކަޕްކޮށްގެން އެމީހުންގެ ކޮޓަރިއަށް ދިޔައީ ހެދުން ބަދަލު ކުރާށެވެ.
*****
“އަނބި ގަބޫލް ކޮށްފިން” ސީދާ ސަރްވާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ޝިމާން ބުންޏެވެ. އެވަގުތު އުފާވެރިކަމުގެ ކަރުނަ ސަރްވާގެ ލޮލުން ފޭބިއެވެ. އާއިލާ މީހުންގެ އަތްތިލަ ބަޑީގެ އަޑު މުޅި ތަނުގަ ގުގުމާލިއެވެ.
“ކޮންގްރާ މޭން” ހަމްޒާ ގޮސް ޝިމާން ގައިގައި ބައްދާލިއެވެ. “ހަމްޒާގެ މިދުވަސް އަވަސް މުސްތަގްބަލެއްގަ އައްނާނެ ކަމަށް އުއްމީދު ކުރަން” އެެއްވެސް މާނައެއް ނެތް ގޮތަށް ހަމްޒާ ހިނިތުންވެލިއެވެ.
**
އަޅި ކުލައިގެ ބަޓަފްލައި ހެދުމަކާ މެރޫން ކުލައިގެ ޝޯލްއެއް އަޅައިގެން ގެއިން ނުކުތް ރައިހާނާ ހީވަނީ ރީތީގެ ރާނީއެއް ހެންނެވެ. ޝޯލް މަތިން އަޅިކުލައާ މެރޫން ކުލައިގެ މާހަރުކޮށްފައި ހުރި ބޭންޑެއް އަޅާފައި ހުއްޓެވެ. އަދި ޝޯލްގެ އަޑިން ކޮކާލެއް ޖަހައިފައިން ދިގުފަށެއް އަޅައިފައި އޮތެވެ. އަތުގައި ރިހިކެވެއްޔެވެސް އޮތެވެ. ކަށި އިނގިލީގައި އަޅާފައި އިން އަނގޮއްޓީގެ މެރޫން އެސްދިއްލެއެވެ. މެރޫން ކުލައިގެ ކަށި އުސް ބޫޓަކަށް އަރައިގެން އިނުމުން ކުރިއަށްވުރެސް އިސްކޮޅުން ދިގެވެ. އަތުގައި އޮތް ފޯނުން ގަޑި ބަލާލުމަށްފަހު ހެދުމުގެ ފަސްބައި އަތަަށް ނަގައި ހިނގައިގަތެވެ.
ރައިހާނާ ފަހަތުން ނުކުތް އަންޖަލް ހުރީ އަޅި ކުލައިގެ ދިގުހެދުމެއް ލައިގެންނެވެ. އޮނގަނޑާ ހިސާބުން މެރޫން ބެލްޓެއް އަޅައިފައި ހުއްޓެވެ. ރައިހާނާ އެކޭ އެއްފަދައިން މެރޫން ޝޯލްގެ މަތިން ބޭންޑެއް އަޅާފައި ހުއްޓެވެ. އަންޖަލްވެސް ހެދުމުގެ ފަސްބައި އަތަށް ނަގައިގެން ރައިހާނާ ފަހަތުން ހިނގައިގަތެވެ.
ދުވަމުން ކަހަލަ ގޮތަކަށް ރައިހާނާ ސްކޫލާ ދިމާއަށް ދިޔައީ ކައިވެނި އަގުދު ކުރާތަން ބަލާށެވެ. ގަޑިއަށް ބަލަމުން ދާން ހަދައިގެން ދެފަހަރަކު ވެއްޓެންވެސް ދިޔައެވެ. އެހާ އުސް ބޫޓަކަށް އަރައިގެން އިނުމުން ބާރަށް ދުވުންވެސް ވީ އުނދަގޫ ކަމަކަށެވެ.
އަންޖަލް މަޑުމަޑުން ހިނގަމުން ދިޔައިރު ވަށައިގެންވި މާހައުލަށް ބަލަމުން ދިޔައެވެ. މަގު މަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ރައިހާނާއާ އެއްވަރު ކުރަން ކުޑަކޮށް އަންޖަލް ދުވެލިއެވެ.
ސްކޫލްއިންނަ މަގަށް ދެވުނުއިރު ބޭރުގައި މީހުން ކިއު ހަދާފައި ތިބިތަން ފެނުމުން ރައިހާނާއަށް އޯނޯ އޭ ބުނެވުނެވެ. ދެފައި ކާއްތަމުން ދެއަތުން ހެދުމުގެ ފަސްބައި ހިފައިގެން ކަންނެއްކޮށް ސްކޫލްތެރެއަށް ވަންނަން ދިޔައެވެ.
ކައިވެނި ކުރިޔަށް ދާގޮތް ބެލުމަށް ސުނައިނާ ހަމްޒާއަށް ވީޑިއޯ ކޯލެއް ކުރިއެވެ. ޝިމާންއާ ސަރްވާއަށް ސުނައިނާގެ ދެމަފިރިން މަރުހަބާ ކިއެވެ. ތަން ޒީނަތްތެރިކޮށްފައި ހުރި ގޮތް ހަމްޒާ ސުނައިނާއަށް ދެއްކިއެވެ. އެ ރަށުގެ މަގުތައް ހުންނަ ގޮތް ދައްކަންވެގެން ފޯނު ހިފައިގެން ހަމްޒާ ސްކޫލުން ނުކުތެވެ.
ސްކޫލް ގޭޓާ އަރާ ހަމަވިތަނުން ހަމަ ނުޖެހި އިން ގަލެއްގައި އަޅައިގެންފައި ރައިހާނާ ވެއްޓެން ދިއުމުން ގޭޓުން ބޭރައް ނުކުންނަން ދިޔަ ހަމްޒާގެ ކަރުގައި ދެއަތް ވަށާލެވުނެވެ. ހަމްޒާއަށް ބެލެންސް ނުކުރެވިގެން ގޮސް ދެމީހުން އެކީ ގަސްތަކެއްގެ ތެރެއަށް ވެއްޓުނެވެ. “ވަޓް ދަ ހެލް؟” ބުރަކަށްޓަށް އަރައިގެން ދިޔަ ތަދުން ހަމްޒާ އެހެން ބުނެ ރައިހާނާއާ ދިމާއަށް ބަލާލިއެވެ. ރައިހާނާގެ މޫނު ފެނުމުން ހަމްޒާގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. އެހެންޏާ މޭކްައަޕް ނުކޮށް ހުންނަ ކުއްޖާވަނީ އެމޫނާ ގުޅޭ މޭކަޕެއް ކޮށްފައެވެ. ރައިހާނާގެ ތުނި ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައި ހުރިއިރު ހީވަނީ ލޭކޮޅެއް ހެންނެވެ. ދެކޮލުގައި މަޑު ފިޔާތޮށި ކުލަ ހާކާފައި ހުއްޓެވެ. ލޮލުގައި އަނދުން ފަވާފައި ހުރިއުރު ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައި ހުރުމުން އެލޯ އިތުރަށް ރީއްޗެވެ. ހުދު ކުލައިގެ ބޮޑު ދެލޮލުން ތެރެއިން ފެންނަމުން ދިޔަ މުށި ކުލައިގެ ކަޅި އަމާޒުވެފައި ހުރީ ސީދާ ހަމްޒާގެ ލޮލަށެވެ. ހަމްޒާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ހިއްސުތަށް ހޭލަން ފެށިއެވެ.
އެހެންނާ ނުކުރެވޭ ފަދަ އިހްސާސެއް ރައިހާނާއަށް ކުރެވެމުން ދިޔައެވެ. ހަމްޒާގެ ތޫނު ނަޒަރުން އެހިތަށް ގޮތްތަކެއް ވަމުން ދިޔައެވެ. ހަމްޒާގެ ރީތިކަމާމެދު ހިތާހިތުން ތައުރީފު ކުރެވުނެވެ. ރައިހާނާގެ ހިތް އަވަސްވެ ދާހިއްލަން ފެށިއެވެ. ހަމްޒާގެ ހޫނު ނޭވާ އޭނާގެ މޫނަށް އެޅެމުން ދިޔައެވެ.
ހަމްޒާ އޭނާގެ ބޮޑުވައި އިނގިލިން ރައިހާނާގެ މޫނުގައި ފިރުމާލިއެވެ. ގައިން ހީބިހި ނަގައިގެން ދިއުމާއެކު ރައިހާނާއަށް ދެލޯ މަރާލެވުނެވެ. އަދި އެއްވެސް އިޚްތިޔާރަކާ ނުލައި ދެތުންފަތުގައި ދަތް އަޅާލެވުނެވެ.
ރައިހާނާ ކޮނޑުގައި ހިފަހައްޓައިގެން ހަމްޒާ ކޮޅަށް ތެދުވިއެވެ. އޭރުވެސް ދެޒުވާނުންގެ ނަޒަރު ވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ. ދެމީހުންވެސް ސިއްސައިގެން ދިޔައީ ބިންމައްޗަށް ވެއްޓިފައި އޮތް ރައިހަނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ސިހިފައި ރައިހާނާ ފަހަތަށް ޖެހެން އުޅުމުން އެކަން ކާމިޔާބު ނުވީ ހަމްޒާ ގަމީހުގެ ގޮށުގައި ރައިހާނާގެ ފަށު ފުލުގައި އިން ކޮކާ އަޅައިގެންފައި ހުރުމުންނެވެ. ރައިހާނާ އަވަސް އަވަހަށް އޭތި ނައްޓާލުމަށްފަހު ފޯނެ ގަސްތަކު ތެރެއިން ނެގިއެވެ. އޭރު ފޯނު އޮތީ ކެނޑިފައެވެ. ރައިހާނާ ފޯނު ހިފައިގެން އަވަހަށް އެދޭތެރެއިން ނުކުތެވެ.
ހަމްޒާ ބޮލުގެ ފުއްކިބައިގައި އަތުގެ ނުފުށުން ޖަހާލުމަށްފަހު ދެފަރާތަށް ބޯ ހޫރުވާލިއެވެ. ކުއްލިއަކަށް ފޯނު މަތިން ހަނދާންވުމާއެކު ތަންކޮޅަށް ދުރަށް ވެއްޓިފައި އޮތް ފޯނު ނެގިއެވެ. “އެއީ ކޮންކުއްޖެއް؟” ފޯނު ވެއްޓިފައި އޮތް ގޮތުން ސުނައިނާއަށް ހުރިހާ މަންޒަރެއް ރީއްޗަށް ފެނުނެވެ. އެސުވާލުގެ ސަބަބުން ހަމްޒާގެ މޫނަށް އަރާފޭބި ކުލަތައްވެސް ރީތިކޮށް ސުނައިނާއަށް ފެނުނެވެ. “ސަރޫގެ ކަޒިންއެއް” އިސް ޖަހާލަމުން ހަމްޒާ ބުންޏެވެ. އެއަށްފަހު ދާންވެއްޖެކަމަށްބުނެ ގައިގަ ހުރި ވެލި ފޮޅާލުމަށްފަހު ހަމްޒާ އެތަނުން ނުކުތެވެ.
ރައިހާނާ މައި ނޭވާ ލަމުން ދިޔައިރު އަންޖަލް އޭނާ ގާތު ހުއްޓެވެ. އަންޖަލް ސްކޫލަށް ވަދެފައި ރައިހާނާ ނުފެނިގެން ގުޅީއެވެ. އިރުކޮޅެއް ފަހުން އޭނާއަށް ރައިހާނާ ފެނުނީ ގަސްގަނޑު ތެރެއިން ނުކުމެގެން އަންނަ ތަނެވެ. އޭރުވެސް ރައިހާނާ ދިޔައީ މާނޭވާ ލަމުންނެވެ. އަންޖަލް އަތުގައި ހިފައިގެން ހޯލްތެރެއަށް ވަދެފައި ވެސް ރައިހާނާ މައި ނޭވާ ލަމުން ދިޔައެވެ. އަންޖަލް ވީ ގޮތް އަހާ އަހާ ވެސް ނުބުންޏެވެ.
ރައިހާނާގެ މޭ ފަޅާފައި ހީވަނީ ނުކުމެދާނެހެންނެވެ. ދެންމެ ހަމްޒާއާ ދެމެދު ހިނގާދިޔަ ހާދިސާ އަންޖަލްއަށް ކިޔާދޭނެހާ ހިއްވަރެއް އޭނާ ގަޔަކު ނެތެވެ. ރައިހާނާއަށް ޔަގީނުންވެސް ކަމެއް ޔަގީންވެއްޖެއެވެ. އެހިތުގައިވެސް ހަމްޒާއަށް ޚާއްސަ ޖާގައެއް ދެވިފައި ވީ ކަމެވެ. “މީ އަނޭ ބޫޓޫ އަޅައިގެންފަ އެތާތެރެއަށް ވެއްޓުނީ” ހަމައަކަށް އެޅެމުން ރައިހާނާ ބުންޏެވެ. “ތަދުވިތަ؟” އަންޖަލް ކަންބޮޑުވެފައި އެހިއެވެ. ރައިހާނާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލާފައި އާއިލާ މީހުން ތިބި ތަނަށް ދިޔައެވެ.
އަންޖަލް ފަރާތް ފަރާތަށް ބަލަމުން ދިޔައީ ހަމްޒާ ފެނޭތޯއެވެ. ހަމްޒާ ހުންނާނެ ގޮތް ބަލާލުމަށްޓަކައި އެހިތް ބޭގަރާރު ވަމުން ދަނީއެވެ. އަންޖަލް ގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ތަންކޮޅެއް ދުރުގައި ރީހާންއާ ޒާންއާ އެއްކޮށް ހުރި ހަމްޒާ ފެނުމުންނެވެ. ހަމްޒާ ލައިގެން ހުރީ މެރޫން އަތް ދިގު ގަމީހަކާ ކަޅު ކުލައިގެ ސްކިނީއެކެވެ. އަބަދުވެސް ހުންނަ ގޮތަށް ގަމީހުގެ އަތުކުރި ހުރީ ކުޑަހުޅުން ތަންކޮޅެއް މައްޗަށް އޮޅާފައެވެ. ކަޅު ކުލައިގެ ކަމަރުލީ ސްޕޯޓްސް ގަޑި ވައަތުގައި އަޅާފައި އޮތެވެ. އަރައިގެން ހުރީ ސްނީކާސް ބޫޓަކަށެވެ. އިސްތަށުގަނޑު އެއްފަޅިއަކަަށް ސްޓައިލް ކޮށްފައި ތުނބުޅު ހުރީ ރީތި ވަރަކަށް ތުނިކޮށްފައެވެ. އަންޖަލްއަށް މޭގައި އަތް އަޅާލެވުނީ ހިތަށް ބާރުކުރާހެން ހީވުމުންނެވެ.
ރައިހާނާ ހުރީ ހަމްޒާ އެކަނި ވާނެ އިރަކަށް ބަލަބަލާއެވެ. އެހެނަސް ރީހާންއާ ޒާން ހަމްޒާގެ ފަހަތުން ނެއްޓޭ ވަގުތެއް ނައެވެ. ދެއަށްޓަ މަސްހެން ދެމީހުން ހަމްޒާ ދާހާ ތާކަށް ދެއެވެ.
“ނީޑް ޓު ޓާކް” ދަނޑިވަޅު ބަލާފައި ރީހާންއާ ޒާން ދުރަށް ދިޔަ ވަގުތު ރައިހާނާ ގޮސް ހަމްޒާ ގާތު ބުންޏެވެ. ހަމްޒާ އެވަގުތު ހުރީ ޕާޓީއަށް އަންނަ މީހުންނަށް ޖޫސް އަޅާދޭށެވެ. ރައިހާނާވެސް ތަށިތައް ނަގައި ޖޫސް އަޅަން ފެށިއެވެ. “މިރޭވީ އެއްވެސް ކަމެއް އެކަކު ގާތުވެސް ނުކިޔައްޗޭ!” އެހެން މީހުންނަަށް ނޭންގޭނެހެން މަސައްކަތުގައި މަޝްޣޫލްވެ އިނދެ ރައިހާނާ ބުންޏެވެ. “މިރޭ ވީ ކޮންކަމެއް؟” ހަމްޒާ ގަސްތުގައި ނޭންގޭ ކަމަަށް ހެދެމުން ދެކޮނޑު އަރުވާލިއެވެ. އޭރު އޭނާގެ މޫނު މަތީގައި ލާނެއް ހިނިތުންވުމެއް ހުއްޓެވެ. އެހެންވެއްޖެޔާ އަޅާ ނުލާ” ރައިހާނާވެސް ބުންޏެވެ. އަންޖަލްގެ ކަންފަތާ ހަމައަށް އެވާހަކަ ފޯރާކަށް ރައިހާނާ ބޭނުމެއް ނޫނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ދިނީ ޒަހަރު…. 36

Next

ވާނަން އެކީ…

Next
March 19, 2019

ވާނަން އެކީ…

Previews
March 18, 2019

ދިނީ ޒަހަރު…. 36

38 Comments!

  1. Kiyara says:
    March 18, 2019 at 4:09 pm

    Salam alaikum. Enme furathama ves alhugandu beynumy thi huruhaa kiyuntheringe kibain maafah edhen. Buni dhuvahah vure ethah dhuvaheh lahun up kohdhevunyma. Aslu rashun beyruga ulhumaai alhugandu bali vumuge sababun vaahaka las vy. Sunday ga up kohdheyn ulhefa ves eyrun liyefa in bai kuruhen hyvaathy thankolheh dhigu kohllan vegen lasvy. Adhives ehfaharu hurihaa kiyuntheringe kibain nihaayathah maafah edhen. Alhugandu ge aneh vaahaka abadhahtakai ISA maadhama up kureveyne. Mi vaahakige dhen oii bai friday ga ISA

  2. Anonymous says:
    March 18, 2019 at 4:31 pm

    mu first dhw, story varah nice, when next part

    1. Kiyara says:
      March 19, 2019 at 6:48 pm

      Yes dear ur first. Friday ga ISA

  3. ???? says:
    March 18, 2019 at 4:33 pm

    Yey.. im first…. haadha lahey up vaaleh friday v ma las… GET WELL SOON ??VVVVVVVVVVVVVVVV NICE MI PART VX…. HOPE YOU DOING WELL..????

    1. Reeenn says:
      March 18, 2019 at 5:18 pm

      Friday ma las

    2. Kiyara says:
      March 19, 2019 at 6:50 pm

      Mifaharu second dhww. Aslu friday las kan Alhugandu ves qabool kuran. Ekam kanthah huri gothun friday ga up kureven iny. Try kuraanan eyge kurinves up kureveytho

  4. SCARLET❤ says:
    March 18, 2019 at 4:34 pm

    Omg…vvvvvvvvvvvvvvvvvvvvvvvvvvvv reethi… Superb ingey…I luvv itt..❤️❤️❤️❤️

    1. Kiyara says:
      March 19, 2019 at 6:51 pm

      Thank you dear

  5. LarLa says:
    March 18, 2019 at 5:06 pm

    vaahaka varah salhi

    1. Kiyara says:
      March 19, 2019 at 6:51 pm

      Thank you dear

  6. Kitty says:
    March 18, 2019 at 6:21 pm

    Masha allah vvvvvvv reethi… Its praiseworthy.. Masha allah keep up the good work dear.. I just loved it ??❤️???❤️❤️?❤️ when next part dear waiting ingey

  7. Kitty says:
    March 18, 2019 at 6:22 pm

    Ohh sorry Friday ga ey dhw buny.. I ddnt see it so im really sorry. Anyways will be waiting curiously

    1. Kiyara says:
      March 19, 2019 at 8:27 pm

      Thanks and its ok

  8. jiji says:
    March 18, 2019 at 6:45 pm

    Alhe haadha lahunney thi upkohladhinyou ??.. ekm ok sis baliyyaa..BTW mi prt vec vrh habbu..hamzr nd raihaanaa ge scene thah vrh salhi❤❤??..hama sifakohlevey manzaru thah kurimathyga sifavaa hn heevey..Waitingss for Fridayyyyyyy ??????????

    1. Kiyara says:
      March 19, 2019 at 8:28 pm

      Asluves las dhw enam kanthah hunnangothun kykuraany. Kiyara ves balany vyhaaves avahah up kureveytho

  9. Ajahaj says:
    March 18, 2019 at 7:58 pm

    Ey kada hamzaa and rai eh noon

    1. Malaka says:
      March 19, 2019 at 12:49 pm

      Ah, THANK YOU!
      At least someone has sense here

    2. Kiyara says:
      March 19, 2019 at 8:29 pm

      Hingaa dho balama

    3. Maher says:
      March 20, 2019 at 9:43 am

      Why u guys abadhu huri haa author thakaaa dhe kolhah comment kurany?????????

  10. Afu says:
    March 18, 2019 at 9:39 pm

    Ey noon hamzaa and rai

    1. Kiyara says:
      March 19, 2019 at 8:29 pm

      Hingaa dho balama

  11. Xull says:
    March 18, 2019 at 10:19 pm

    Mi part ves hama ehaa salhi????waiting 4 the next part ????????

    1. Kiyara says:
      March 19, 2019 at 8:30 pm

      Thank yoy

  12. Rauu_ says:
    March 19, 2019 at 12:17 am

    Vrh salhi?

  13. Malaka says:
    March 19, 2019 at 1:12 am

    ???
    Raihana aa Hamza akaa nugulheyey! Typical nuvebala
    Also, the fashion sense in this is so out dated ?

    1. azker says:
      March 19, 2019 at 6:20 pm

      sorry malaka i think there are made to be together there are so cute and v. gulhey

    2. Aish says:
      March 19, 2019 at 7:15 pm

      I also agree with azker…hamza and rai r made for each other

    3. Kiyara says:
      March 19, 2019 at 8:35 pm

      Plan kohffa oii gothaha vaahaka gendheveyny. Hurihaa kiyuntherin beynunvaa gothah nuvedhaane.

  14. Malaa? says:
    March 19, 2019 at 7:31 am

    Sis u always have been an inspiration for me!?l really appreciate it!!???? Stry v.salhi..bt if Rai and hamxaa vihyaa anjal ah vaany kihineh????…a big question ???? curiously waiting for nxt prt at Friday.. bt it would be a pleasure, if you update it before Friday ????????
    Lots of love ❤️❤️❤️❤️

    1. Kiyara says:
      March 19, 2019 at 8:36 pm

      Thank you. Anjal ah dhera gotheh nuhadhaanan ISA

  15. Laalu says:
    March 19, 2019 at 7:51 am

    Vvv v loabi mi story kiyaa hithun nuvx nidhey…. Alhey kiyaa ur osm… Luv u….. Kyp up the gud work??????????????

    1. Kiyara says:
      March 19, 2019 at 8:36 pm

      Thank u

  16. azker says:
    March 19, 2019 at 6:16 pm

    this story keeps getting better and better…..wow kiyaa u are an amazing writer….luv u

  17. azker says:
    March 19, 2019 at 6:23 pm

    kiyaa dont listen to any one hamza and rai are made for each other…..

    1. jiji says:
      March 19, 2019 at 7:31 pm

      Dhw azker dear???..rai nd hamxa gulheny..Anjal vec konme vx meehakaa gulhuvaanu dhw…?????

    2. Kiyara says:
      March 19, 2019 at 8:37 pm

      Thank u

    3. Kitty says:
      March 19, 2019 at 8:46 pm

      I also agree with both of you.. They are ideal match.. So cute dhw????❤️❤️

  18. Your fan says:
    March 19, 2019 at 10:54 pm

    Vvv reethi…masha Allah you are very talented girl….keep it up dear…mi vaahaka ah gavaaidgun comment nukuriyas hurihaa baeh ves kiyan ingey..hurihaa paarteh vrs vvvv salhi…rai n hamza gulhuviyya mi vaahak furihama vaany…and knmves varakah vishaah ge bai vrs genesdhega..eynaya Emme gulheynee annal..anjal he sababun vishaah goasvee…any way vaahaka hama habeys in gey?????????????..luv u sis
    ❤❤❤❤❤❤❤❤❤❤❤❤

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…13←


All Right Reserved!