ބުނާށޭ ލޯބި ނުވަނީހޭ…11
ތުނޑީގެ އެންމެ އެކޮޅު ކޮޅަށް ގޮސް ޒިވާން ބާރަކަށް ހަޅޭއްލަވައި ގަތެވެ. ހީވީ ހިތުގައިވި ހުރިހާ އުދާހެއް އެއްފަހަރާ ބޭރުކުރަން އުޅުނު ހެންނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރެ ކަކޫ މައްޗަށް ތިރިވިއެވެ. އޭރު އޭނާގެ ލޯ ކަރުނުން ފުރިގެން ބަންޑުން ވަނީއެވެ. ރައިހާނާގެ ނުގަބޫލުގައި ގަދަކަމުން ކުރެވުނު އަމަލާ މެދު އޭނާ އިންތިހާއަށް ދެރަވިއެވެ. އެވަގުތު އެކަމަށް ހިތް އެދެވުނުލެއް ބޮޑު ކަމުން ވިސްނާނުލެވުނީއެވެ. ބައި ގަޑިއިރު ވަންދެން ކަރުނަ އޮހޮރަން އިނުމަށްފަހު ޒިވާން ގެއަށް ދާން ތެދުވިއެވެ.
*******
ހޮނިހިރު ދުވަސް ވެގެން ދިޔައީ ވަރަށް ބުރަ ދުވަހަކަށެވެ. އާދިއްތަ ދުވަހަކީ ޝިމާންއާ ސަރްވާ ކައިވެނި ކުރާ ދުވަހަށް ވުމުން އެކަމުގެ ތައްޔާރި ވުމުގައެވެ. އާދިއްތަ ދުވަހުގެ ރޭ އޮންނަ ޕާޓީއަށް ކާއެއްޗިހި ތައްޔާރުކުރުމަށް ފިޔާ ސާފުކުރުމާއި ހަވާދުހެދުން ފަދަ ކަންކަން ހޮނިހިރު ދުވަހު ކުރިއަށް ދިޔައެވެ.
ގޭގެ ގޯތިތެރޭ ދަރު އުނދުން ޖަހައިގެން އެއްބަޔަކު ހަވާދު ހަދަމުން ދިޔައިރު އަނެއް ބަޔަކު ފިޔާ ސާފުކުރުމައިގެން އުޅުނެވެ. ރައުލާމެން ތިމާގެ މީހުންނާއި އަވަށު މީހުންނިން މުޅި ގޯތި ތެރެ ވަނީ ފުރާލާފައެވެ. ހުސް އަންހެނުން ވެގެން ފޮނި އަނގަ ތެޅުމާއި ސިޔާސީ ވާހަކަ ވަރަށް ފޯރިއާއެކު ދައްކަމުން ދިޔައެވެ.
އަންޖަލްއާ ރައިހާނާ އަދި ސަރްވާ ދިޔައީ ޕާޓީ އޮންނަ ތަން ރީތި ކުރާށެވެ. ޕާޓީ ބާއްވަން ހަމަޖެހިފައި ވަނީ ރަށު ސްކޫލް ހޯލްގައެވެ.
ޒާން އޭނާގެ އެކުވެރި ގުރޫޕް ގޮވައިގެން ހޯލް ޒީނަތްތެރިކުން އައިސް އުޅުނެވެ. ސަރްވާއާ ޝިމާން އެދެމީހުން ބޭނުންވާ ގޮތް އެކުދިންނަށް ކިޔާދެމުން ދިޔައެވެ. ތަން ޒީނަތްތެރި ކުރުމަށްޓަކައި ބޮޑެތި ކެންވަސްތަކުގައި ކުރަހާ ސްޕްރޭ ކުރަން ހުއްޓެވެ.
ހޯލްތެރެއަށް ވަން އަންޖަލްގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެއް ކަނެއްގައި ބަހައްޓާފައި ހުރި މޭޒުމަތީގައި ހުރި ކުލަ ފުޅި ތަކާއި ސްޕްރޭ ފުޅުތަކެވެ. “އޯ މައި ގޯޑް” މޭޒު ކާއިރިއަށް ގޮސް އެއެއްޗިހިގެ މަތި ނަގައި ހާވަން ފެށިއެވެ.
“އަންކޮ. ދޮންތަ ބުނީ އެބައޮތޯ ޓާސްކެއް މި ހުރިހާ ކެންވަސްތަކުގަ ކުރަހާފަ ސްޕްރޭ ކުރުން އަންކޮއަށޯ” އަންޖަލް އުފަލުން ގޮސް ހުރެވުނުތަންވެސް ނޭންގުނެވެ. “ތެންކްޔޫ ސޯ މަޗް” ރައިހާނާ ގައިގައި ބައްދައިގެން ހުރެ ކޮންމެ ބަހަކަށް ދަމާލަމުން އަންޖަލް ޝުކުރު އަދާކުރިއެވެ. “ގޯ އެން ތޭންކް ދޮންތަ” އަންޖަލް ބޮލުގައި ޖަހާލަމުން ރައިހާނާ ބުންޏެވެ.
ކައިވެނި ޕާޓީގެ ކުލައަކީ މެރޫން ކުލައެވެ. މެރޫން ކުލައިގެ ފޮއްޗާއި އެނޫންވެސް ތަކެތި ޒީނަތްތެރިކުރުމަށް ބޭނުން ކުރަމުން ދިޔައެވެ.
ބޮޑު ކުލަ ސެޓަކާ ސްޕްރޭ ފުޅި ތައް ކައިރިއަށް ލައިގެން އަންޖަލް އިން އިރު ވަރަށް ޕްރޮފެޝަނަލްއެވެ. ފޯނުން އެކި ޑިޒައިންތައް ބަލައިފައި ސަރްވާއަށާއި ޝިމާންއަށް ދެއްކުމަށްފަހު އެދެކުދިންނަށް އެންމެ ކަމުދާ ޑިޒައިންއަށް ސަރްވާ ވެޑްސް ޝިމާން ލިޔެފައި އޭތި ޒީނަތްތެރި ކުރުމުގެ މަސައްކަތް އަންޖަލް ކުރަމުން ދިޔައެވެ.
ރައިހާނާގެ މަސަައްކަތަކަށް ވެފައި އޮތީ އެތަނުގައި މަސައްކަތް ކުރިއަށްދާ ގޮތް ފޮޓޯ ނަގާ އާއިލީ ވައިބަރ ގުރޫޕަށް މަސައްކަތް ކުރިއަަށްދާ މިންވަރު ލުމެވެ. ހޯލްގެ އެކި ހިސާބު ހިސާބަށް ގޮސް ދިހަވަރަކަށް ފޮޓޯ ނަގާ ގުރޫޕަށްލައެވެ.
އެކި މީހުންނާ މަސަައްކަތް ހަވާލު ކުރަމުން ކުރަންވީ ކަންތައް ކިޔާ ދެމުން ހަމްޒާ އެތަން ސުޕަވައިޒް ކުރަމުން ދިޔައެވެ.
“މިތަނުގަ އެންމެ ބިޒީއީ ރައިހާނާ ދޯ!” ރައިހާނާ އެއްވެސް މަަސައްްކަތެއް ނުކޮށް ހަމައެކަނި ފޮޓޯ ނަގާތީވެ ހަމްޒާ ދިމާކޮށްލިއެވެ. “ނޫނޭ. ސުޕަވައިޒަރ އަދި މާ ބިޒީއެއްނު” ރައިހާނާވެސް ހަމްޒާއަކަށް ވަކި ދުލެއް ނުކުރެއެވެ. މޫނަށް ވައްތަރެއް ޖައްސާލަމުން ރައިހާނާ ވާހަކަ ދެއްކި ގޮތުން ހަމްޒާއަށް ނުހީ ނުހުރެވުނެވެ. “ހޭވަރު އެއްޗެކޭ ނުބުނެވޭ ދޯ!” ރައިހާނާ ދެލޯ ހަނިކޮށްލިއެވެ. ހަމްޒާއަށް މާ މަޖާވީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. “ޔުއަރ އެކްސްޕްރެޝަންސް. އަސްލު ކްލާހުގަ އިންނައިރުވެސް މަ އިންނަނީ ބަނޑަށް ހީހީ ހާލާކުވާން ކައިރިވެފަ. އެކަމު ދެން ކުލާހުގަ ވީމަ ސީރިއަސްވެގެން ހުންނަނީ. ބައެއް ދުވަސް ދުވަހު ސްޓާފްރޫމަށް ގޮއްސަ ފަނަރަވަރަކަށް މިނެޓު ހުސް ހޭން އިނދެވޭ ރައިހާނާގެ އެކްސްޕްރެޝަންއާ ހެދި” ހެމުން ހެމުން ހަމްޒާ ހާމަކޮށްލި ހަގީގަތުން ރައިހާނާއަށް ވެސް ހެވުނެވެ. ކުލާހުގައި ކިތަންމެ ސީރިއަސްކޮށް ހުއްޓަސް ހަމްޒާއަކީ އެހާ ސީރިއަސް މީހެއް ނޫންކަން ރައިހާނާއަށް އެނގުނެވެ.
މަސައްކަތް ކުރަން ތިބި ކުދިންނަށް ބިސްކޯދާއި ދަޅު ހިފައިގެން ޝިމާންއައެވެ. ނިއުޓްރޯ ބިސްކޯދު ބޮނޑިއަކާ ކޮފީ ދަޅެއް ހިފައިގެން ހަމްޒާ ގޮސް މަޑުކޮށްލީ އަންޖަލް ގާތުގައެވެ.
“އަން މި ކައިގެން ދެން އިނދެބަ ކުރަހަން!” އަންޖަލްއަށް އޭނާ އާތުގައި ހުރި އެއްޗިހި ދިއްކޮށްލިއެވެ.
ކުރެހުމައިގެން މަޝްޣޫލްވެ އިން އަންޖަލްއަށް ހަމްޒާ ކާ އެއްޗިހި ދިއްކޮަށްގެން އިން ކަމެއް ނޭންގެއެވެ. އެއް އަތުން ކުރަހާ ފިހި ހިފައިގެން އަނެއް އަތުން ކުލަ ފުޅި ހިފައިގެން އިން އިރު އަންޖަލް ބޮލުތެރޭގައި ރީތި ޑިޒައިނެއް ކުރަހާލިއެވެ.
އަންޖަލް ސިހުނީ އޭނާ އަތުގައި އިން ފިއްސާ ކުލަ ފުޅި ހަމްޒާ އަތުލުމުންނެވެ. “ދެން މި ކައިގެން ކުރަހާނ” ބިސްކޯދު ބޮނޑިއާ ކޮފީ ދަޅު ކަނޑާދީފައި އަންޖަލް އަތަށް ހަމްޒާ ދިނެވެ. ކުޑައިރުކޮޅަކު ހުއްޓިގެން ހުރެފައި އަންޖަލް އޭގައި ހިފިއެވެ. “ތޭންކްސް!” ހަމްޒާ އިނުމުން އަންޖަލްއަށާ ކެވުނީ ވަރަށް ލަސްލަހުންނެވެ.
ރައިހާނާ ދެދަޅު ކޮފީ ހިފައިގެން އައިރު އަންޖަލް ހުރީ ބިސްކޯދާއި ކޮފީ ބޯށެވެ. “ސަރ” އަންޖަލްއަށް ގެނައި ކޮފީ ދަޅު ރައިހާނާ ހަމްޒާއަށް ދިއްކޮށްލިއެވެ. ސަރ ނޫން އެހެން ނަމަކުން ހަމްޒާއާ މުޚާތަބް ކުރަން ރައިހާނާއަށް ވަރަށް އުނދަގުލެވެ. ރައިހާނާ ސަރއޭ ބުނުމުން ހަމްޒާ ދެލޯ ހަނިކޮށްލިއެވެ. “ހަމްޒާ” ކޮންމެ އަކުރަކަށް ދަމާލަމުން ހަމްޒާ ބުންޏެވެ. “އަގްހައަގްހް ދެން ވަރަށް އުނދަގުލޭ ‘ހަމްޒާ’އޭ ކިޔަން” ހަމްޒާގެ ނަމަށް ބާރުލައިފައި ރައިހާނާ ބުންޏެވެ. “ފައިން. އެކަމް މަށަށް ވަރަށް އުނދަގޫ ތިމީހުން ސަރ ކީމަ” ހަމްޒާ މޫނަށް ޖައްސާލިވައްތަރުން ކޮފީ ބޯން އިން އަންޖަލްއަށް ހެވުނެވެ. “އޯކޭ އޯކޭ މީގެ ފަހުން ރައިއާ އަންކޮއާ ދެމީހުންވެސް ކިޔާނީ ހަމްޒާ. އަހްއަހް އޯކްވޯޑް”
****
ކުޑަ ގޮޅިއެއް ގައި އެކަނި މާއެކަނި ވިޝާހް އޮތެވެ. އެއްވެސް އަލިކަމެއް ނުވާ އެގޮޅީ ތެރެއިން ކުދި ކުދި ސޫފީގެ އަޑާއި ވިޝާހްލާ ނޭވާގެ އަޑު ފިޔަވާ އެހެން އަޑެއް ނީވެއެވެ. ޖަލުގައި ހޭދަ ކުރި ދެދުވަސް ވެގެން ދިޔައީ ވިޝާހްއަށް ބޮޑު ތަކުލީފަކަށެވެ. ކޮންމެ ދުވަހަކު ލިބޭ އެތި ކޮޅު ނުލިބުމުން އޭނާގެ ހަމަ ބުއްދި ފިލާދާވަރުވެއެވެ. މޭގައި ރިއްސާ ހޮޑުލެވެއެވެ.
ވިޝާހް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީ ބޮލަށް އެރި ތަދުންނެވެ. ގޮޅީގެ ބޭރުގައި ހުރި އޮފިސަރު އައި ގޮތަށް އައިސް ވިޝާހް ނަގައިގެން މެޑިކަލް ބަޔަށް ގެންދިޔައެވެ.
***
ހަމްޒާއާ ރައިހާނާ އަދި އަންޖަލްއާ މެދު ރަހްމަތްތެރިކަން އުފެދުނެވެ. ހަމްޒާ އެދެކުދިންނާ ހީ ސަމާސާކޮށް ހަދަމުން ދިޔައީ ގާތް އެކުވެރިއެއް ހެންނެވެ. ” އާ ޔޫ ސިންގަލް؟” ވާހަކައެއްގެ ތެރެއިން ރައިހާނާ ހަމްޒާ ކުރެއް އެހިއެވެ. ރައިހާނާ އެ ސުވާލު ކުރީ އަންޖަލްގެ އެދުމުގެ މަތިންނެވެ.
ރައިހާނާގެ ސުވާލާއެކު ހަމްޒާގެ މޫނު މަތީގައިވި ހިނިތުންވުން ފިލައި ދިޔައެވެ. އަނެއް ފަރާތަށް މޫނު އަނބުރާލެވުނީ މާޒީ އައިސް އޭނާ ވަށާލިހެން ހީވުމުންނެވެ. އެހެނަސް ހަމްޒާ އޭނާގެ ނަފްސު ހަމައަކަށް އަޅުވާލިއެވެ. “ޔެސް އައި އޭމް” ހިތި ހިނިތުންވުމަކާއެކު ހަމްޒާ ޖަވާބު ދިނެވެ.
ހަމްޒާގެ މޫނަށް އެރި ކުލަވަރުން އެ ސުވާލު ކުރެވުނު މޮޔަ ރައިހާނާ ހިތަށް އެރިއެވެ. ޔަގީނުންވެސް ހަމްޒާ އެވަނީ ބޮޑު ހިތާމައެއް ތަހައްމަލުކޮށްފައި ކަން ރައިހާނާއަށް އެނގުނެވެ. ހަމްޒާއާ މެދު އެހިތުގައި ހަމްދަރްދީ އުފެދުނެވެ.
ހަމްޒާގެ ޖަވާބުން އަންޖަލް އުފާވާން ބޭނުން ވިއެއް ކަމަކު އެކަމެއް ނުވިއެވެ. ހަމްޒާގެ މޫނު މައްޗަށް އެރި ކުލަވަރުން އޭނާ ލޯބިވާ އެހެން ކުއްޖެއް ހުންނަކަށް އަންޖަލްއަށް ޔަގީންވިއެވެ. ހަމްޒާގެ އެ ހިތާމަވެރި މޫނާއި ހިތި ހިނިތުންވުން ފެނި އަންޖަލްއަށް މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. ހަމްޒާ ފަދަ މީހެއްދެކެ ލޯބި ނުވާނީ ކާކު ބާއޭ އަންޖަލްގެ ހިތަށް އެރިއެވެ. ހަމްޒާގެ ލޮތްބަަށް ނޫނެކޭ ބުނި ކުއްޖާއަށް ހިތާހިތުން އެއްޗިހި ކިޔުނެވެ.
އަންޖަލް ކުރަހަން ދިއުމުން ރައިހާނާއާ ހަމްޒާ އެކަނިވިއެވެ. އިރުކޮޅެއް ކުރިން ހަމްޒާގެ މޫނު މަތީގައިވި ސަމާސާގޮތް ގަނޑެއް ނެތެވެ. “ވެލް އައި އޭމް ސޮރީ” ރައިހާނާ މާފަށް އެދުނެވެ. “ހެހެ. އިޓްސް އޯކޭ. އިފް ޔޫ ޑޯންޓް މައިންޑް ކޭން އައި އާސްކް ޔާ އެބައުޓް ޒިވާން؟” ވަގުތުގެ ބޭނުން ހިފައި ހަމްޒާ ޒިވާންއާ ބެހޭ ގޮތުން ސުވާލުކުރިއެވެ. ރައިހާނާ ކުރަން އިން މަސައްކަތް ހުއްޓާލިއެވެ. ޒިވާންގެ ނަން އަޑުއިވުމާއެކު ރޭގެ ހާދިސާ މަތިން ހަނދާންވިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ އެ މަންޒަރު ހަމްޒާއަށްވެސް ފެނުނުކަން ހަނދާންވުމުންނެވެ.
“އައި ވިލް ޓެލް ޔާ. އެކަމް މިއަދަކު ނޫން” ޒިވާންގެ ވާހަކަ ދައްކައިގެން މުޅި މީހާގެ ތަބިއްޔަތު ހަލާކުކުރާކަށް ރައިހާނާ ބޭނުމެއް ނުވިއެވެ. ހަމްޒާ އެންމެ ރަނގަޅޭ ބުނެލިއެވެ.
ރައިހާނާ މެންނަށް ގެއަށް ދެވުނުއިރު އިރުއޮއްސިޖެއެވެ. ހުރިހާ އެންމެންވެސް ތިބީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ.
އިޝާއަށް ފަހު ރައިހާނާއާ އަންޖަލް ކާން ދިޔައެވެ. އޭރު ބޮޑެތި މީހުން ކާން ތިބުމުން ދެކުދިން ސިޓިން ރޫމް ސޯފާގައި މަޑުކޮށްލައިގެން ތިއްބެވެ.
ޝިމާންއާ ޒާން އަދި ރީހާންއާ އެކީ ގެއަށް ވަދެގެން ހަމްޒާ ފެނުމުން އަންޖަލްގެ ނޭވާ ހީވީ އަރުތެރޭގައި ތާށިވިހެންނެވެ. ކަނޑުނޫ ކުލައިގެ އަތްދިގު ގަމީހަކާ އެކުލައިގެ ސްކްނީ ޖިންސެއް ލައިފައި ހުރިއިރު ގަމީހުގެ އަތުކުރިވަނީ ކުޑަ ހުޅަށްވުރެ ތަންކޮޅެއް މައްޗަަށް އަރުވާފައެވެ. ކަނާއަތުގައި ކަޅުކުލައިގެ ބޮޑު ގަޑިއެއް އަޅާފައި އޮތެވެ. އަތުގެ ނާރުތައް ފެންނަށް ހުރުމުން އެއަތަށް އެކަނި ބަލާލިއަސް މީހަކު މޮޔަވެދާނެއެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު ވަނީ އެއްފަރާތަކަށް ގެން ގޮސް މައްޗަށް ހިއްލާފައެވެ. އެއަސަރު ގަދަ ލޮލުގައި ނަންބަރު އައިނެއް އަޅައިފައި ހުއްޓެވެ.
ފޯނާކުޅެމުން ގޭތެރެއަށް ވަދެފައި ހަމްޒާ އިސްއުފުލާލި ވަގުތު އޭނާއަށް ބަލަހައްޓައިގެން އަންޖަލް އިނުމުން އަސަރުގަދަ ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
ހަމްޒާ އޭނާއަަށް ބަލާލާފައި ހިނިތުންވެލި ގޮތުން އަންޖަލްގެ ބުއްދިވެސް ފިލައި ނުދިޔައީ ކިރިޔާއެވެ. ގާތުގައި އިން ރައިހާނާގެ އަތުގައި ބާރަކަށް ވިކާގަނެވުނެވެ. އެއާއެކު ރައިހާނާ ކަންފަތް ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައި ގަތެވެ. “ދޮންތީ! ކިހިނެއްވީ؟” ކަންބޮޑުވެފައި ހުރެ ރީހާން އެހިއެވެ. އަތަށް ތަދުވީ ވަރުން ރައިހާނާގެ ލޮލަށް ކަރުނަ އައެވެ. “ނަތިން” ދެލޯ ބޮޑުކޮށްގެން އިނދެ ރައިހާނާ ދެފަރާތަށް ބޯ ހޫރާލިއެވެ. ރައިހާނާގެ ހަޅޭކުގެ އަޑަށް ރައުލާވެސް ކާގެއިން ނުކުމެ އައިސް ވީ ކިހިނެއްތޯ އެއްސެވެ. ކަމެއް ނުވެއޭ ބުނެ ރައިހާނާ ރައުލާ ފޮނުވާލިއެވެ.
“ސޮރީ” އެހެން މީހަކަށް ނުފެންނާނެހެން ވައި އަޑުން އަންޖަލް ބުނެލިއެވެ. ދެލޯ ކުޑަކޮށްލުމަށްފަހު އޯކޭއޭ ރައިހާނާ ބުންޏެވެ.
ފޯނާ ކުޅެމުން އައި ގޮތަށް އައިސް ހަމްޒާ އިށީނީ އަންޖަލްގެ ކުރިމައްޗަށް ވާގޮތަށެވެ. އަންޖަލް ކަޅިވެސް ޖަހާ ނުލާ ހަމްޒާއަށް ބަލަން އިން ގޮތުން ރައިހާނާއަށް ހެވުނެވެ.
“އޭ ރީއްކޮ. ޒާން އަރާބަ މެޗަކަށް. މިރޭ ޗިކަން ޑިނާއެއް ހޯދަން ޖެހޭނެ” އެއްފައި މައްޗަށް އަނެއްފައި ލަމުން ހަމްޒާ ރީހާންމެން ގާތުން ޕަބްޖީ މެޗެއް ކުޅެން އެދުނެވެ. “ޔޫ ޕްލޭ ޕަބްޖީ؟” ދެލޯ ބޮޑު ކޮށްލަމުން ރައިހާނާ އެހިއެވެ. ރައިހާނާ ހީކުރީ ހަމްޒާ ޓީޗަރަކަށް ވުމުން އެކަހަލަ ގޭމް ނުކުޅޭނެ ކަމަށެވެ. “ޔެއާ” ދެކޮނޑު އަރުވާލަމުން އާދައިގެ ގޮތަކަށް ހަމްޒާ ބުންޏެވެ. “ދޮންތިވެސް ކުޅެމެންނު” ޒާން މަޖާވެފައި ބުންޏެވެ. ރައިހާނާ ވަގުތުން ޒާންއާ ދިމާއަށް ކަޅިއަޅާލިއެވެ. ހަމްޒާ ނުލަފާ ވައްތަރަކަށް ހެވިފައި އިނދެ ރައިހާާނާއަށް ބަލާލިއެވެ. “މިރޭ ކުޅޭނީ މަށާ ރައިހާނާއާ” ހަމްޒާ ރައިހާނާއާ ދިމާއަށް އެއްލޯ މަރާލިއެވެ. “އޯކޭ” ރައިހާނާ ވެސް ފޮނިވެލާފައި ބުންޏެވެ. އެރޭ ރޭގަނޑުގެ ކެއުމަށްފަހު އެންމެން ޓެރަހަށް ދާން ނިންމިއެވެ. އަދި ރައިހާނާއާ ހަމްޒާއަށް ޗިކަން ޑިނާރ ހޯދިއްޖެނަމަ އެދެމީހުންނަށް ކާންދޭން އެންމެން އެއްބަސްވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.






Me first dhw❤❤?????❤?..bala bala indha e up v..kiyaalaafa comment eh kohlaanan ..insha allah ?????????????????
Yea ure first
Wow.. Ma Shaa Allah. Vrh reethi. Keep it up ingey.. ☺☺☺. Me first dhw
Thanks rifu. Mifaharu second dhw
Yeah sorry. Mifaharu second Ey dhw. ?
Niceeee… V reethi.. waiting 4 the nxt prt..
Thanks scarlet
hama osm ingey, up kuriy thiy ufaa vehjje. luv this story and you too kiyaa.
Thanks malaa luv ya too ♥️
varah salhi . ,keep it up. nice. hope story nimendhen up kuraane kamah. when next part
Thanks juma. ISA nimem dhekah up kohdheynan. Next part Tuesday ga ISA
Woww???❤?????????????…wat to say..haadhisaa reehchey mi part..kiyaa hithun indha nimuny vx..sifakurunthah hama vrh habbu nge..happy vejje up kohladhinyma mi prt..ur so gud..maSha allah ?????????????…it’s really amazing..I can’t even neyge bunedheyne goiy vx kiyaa ge stry thakuge rythi vhk..kudhi kudhi mistakes eba huri ngey..try to correct those mistakes???????❤❤?????…’ abadhahtakaa’ mi stry avahah up kohdheeba..thank you kiyaa for bringing beautiful stryx like this..ly <3 <3 <3
Thanks jiji
Nice story keep it up ?????
Thanks xull
Nice story. Loved it. When next part.??????
Thanks nua Tuesday gavISaa
aslu ga ves pubg kulhen tha ??…anyways..story is very good but pls tell me hamza and rai ey gulheny cox there perfect for each other…best story ever…kon iraku nxt prt ???
Yeah i play pubg Tuesday ga
Varah reethi.mi part vess
Thank sidu
Masha allah, varah reethi mi bai ves… Can’t wait for the next part ❤️❤️???????❤️
Thanks kitty ❤️
So sad up kurithaa tha kolheh fahu mikiyuni kudakoh busy viyma…. BTW v v v nice mi part vx kiyaa love hama out standing… Hamzaa n raihaanaa aa v gulhey… N ISA Tuesday ga v v try kuraanan 12 th part kiyeyethw….. Luv u m m m kiyaa ???????????????????????????????????n pls Tuesday ga up koh dhehchey…..
Adhives up kureveyvaru nuvanytha
? Avahah up kohdheeba…. can’t wait to read the nxt part ?
Waiting waiting
Salam alaikum. Alhugandu rashun beyruga ulheythyve mirey vaahakige aneh bai up kureven neii vaahaka hithama aa eku dhahnnamaveme. ISA sunday ge kurin dhen oii bai up kureveytho alhugandu masakaii kuraanameve.
كيف حالك كيارا….
So sad…………. ????? ekam Avahah up kohdheyn vaane ???
Tbh, Anjal aa Hamza gulhuneema reethi vaany. But then vaahaka thah dhaa gothun Raihaana and Hamza ge bai annany bodah gulheyne gothah.
But then varah hadi vaane eirun. You’ll loose one fan for sure
kiyaa no..hamza n raihaana is the best …plx angal r hamza nugulhuvaathy plx..vhadivaane eyrun…vvvvv nice mi part vx
Kiya anjal aa hamza nugulhuvahchey…rai and hamza bodhah gulheny
Pls pls rai and hamza dheythereah anjal nugenahchey
Ohmygod! You guys are crazy.
Story up kurany kon dhuvahaku
Where is next par
Konirakun story up kurani
V foohi dhen mihaa dhuvas nagaathi. V kiyaa hithun thihba
Avahah up kohdheeba nxt part ???????????????
Adhives story up kureveyvaru nuvaneetha?
Sorry readers ehaa lasvyma. Mihaaru ihnnany up kohffa. Once again i am really sorry for the delay