ސިކުނޑިއަށް ލުއެއް ހޯދުމަށްޓަކައި ދެލޯ މަރާފައި ފުންކޮށް ނޭވައިލާން ފެށިއެވެ. “ހަމްޒާ” ހަމްޒާއަށް ދެލޯ ހުޅުވާލެވުނީ އެންމެ އަޑު އަހަން ބޭނުންނުވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެބުމަ ގޮށް ޖަހާލަމުން ހަމްޒާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ލީމް ނޫން ދެވަނަ މީހެއް ނޫނެވެ. އެމޫނު މަތިން ހިތާމަ ނޫން އެއްޗެއް ނުފެނެއެވެ. ހަމްޒާ ޖިންސުން ވެލި ފޮޅާލަމުން ތެދުވިއެވެ. ލީމް ގެ މޫނު މަތީގައިވި ހިތާމައިގެ އަސަރުފެނި މި ފަހަރު އެ ހިތަށް އަސަރުތަކެއް ކޮށްފިއެވެ. “ހަމްޒާ. […]
އެކުވެރިޔާއަށްޓަކައި އަންޖަލް އުފާ ކުރާއިރު އޭނާއަށްޓަކައި ރައިހާނާއާ ވިޝާހްވީ ގުރުބާނީގެ ހިލަމެއްވެސް އަންޖަލްއަކަށް ނުވެއެވެ. އޭނާ ހީކޮށްގެން ހުރީ ރައިހާނާއާ ވިޝާހް ތިބީ އުފަލުން ކަމަށެވެ. އޭނާއަށް ނޭންގުނު ކަމާކީ އެދެކުދިންނަށްޓަކައި އޭނާ އުފާ ކުރާއިރު އެދެކުދިން އެ މުޅި ރޭ ހޭދަކުރަމުން ދިޔައީ ކަރުނައިގެ ތެރޭގައިކަމެވެ. ވިޝާހްއާ ރައިހާނާގެ ހިތް ވަނީ ކުދި ކުދިވެފައި ކަމެވެ. ********* އަތިރިމަތީ ދޮންވެލިގަނޑު މަތީ އިށީންދެލައިގެން ސާދަ ވަރަކަަށް އަހަރުގެ ފިރިހެން ކުއްޖެއްހުއްޓެވެ. އެކުއްޖާގެ ހަމުގެ ކުލަ އައްޔެވެ. […]
ހިއްވަރުކޮށްފައި ރައިހާނާ އެއީ ކާކުކަން ބުންޏެވެ. ހީވީ އެތަނުގައި ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. ގަބޫލު ނުކުރެވިފައި ތިން މީހުންނަށް ރައިހާނާއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ ލޯ ބޮޑުވެފައި އަނގަވަނީ ތަން މިނަށް ހުޅުވިފައެވެ. “ވިޝާހް އައި ލަވް ޔޫ އައި ލަވް ޔޫ ސޯ މަޗް. އެނގޭ ވިޝާހް އަހަރެން ދެކެނީ ހަމަ އެކަނި ފްރެންޑެއް ގޮތުގަކަން. އެކަމުވެސް އަހަރެންގެ ބަސްނާހާ ހިތް ވިޝާހްއަށް ފޯލްވީ. ވިޝާހް އަހަރެން ރިޖެކްޓް ކުރިއަސް އޯކޭ. އެކަމް ޕްލީޒް […]
“އޭންޖަލްވެސް މީ ހަމަ ދެވަނަ ދޮންތިދޯ!” ރާނިޔާ ކޮޓަރިން ނިކުތުމާއެކުހެން ރީހާން ބުންޏެވެ. “ރީހާން މިއަދު ހާދަ އަނގަ ގަދަވެގެން މިއުޅެނީ!” ވިޝާހް ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. އަންޖަލްގެ ހާލު ބަލާލެވުމުން ވިޝާހް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އަންޖަލްއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ބަންގި ގޮވުމުން ތިން ފިރިހެނުންވެސް ދިޔައީ މިސްކިތަށެވެ. ރައިހާނާ މަޑު ކުރީ މިސްކިތުން ފައިބައިގެން ރީހާން އޭނާ ބަލާ އަންނަން ދެކަށެވެ. އަންޖަލްމެންގެއިން ނުކުންނަން އުޅެނިކޮށް ހަމްޒާ […]
ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން ރައިހާނާ އަވަހަށް ނިދަން އޮށޯތެވެ. މާދަމާއަކީވެސް ސްކޫލް ދުވަހެއްކަމުން އޭނާ ބޭނުންވީ އަވަހަށް ނިދާށެވެ. ފޯނު އެލާމަށްލުމަށްފަހު ހަމަޖެހިލައިގެން އޮށޯވެ ނިދޭތޯ ލޯ މަރާލިއެވެ. އެނދުގެ ދެކޮޅަށް ފޮރޮޅި ފޮރޮޅިވެސް ހަމްޒާއަށް ނިދޭގޮތެއް ނުވިއެވެ. ލޯމަރާލާއިރަށް ރައިހާނާ ސިފަވެގެން ދެއެވެ. ރައިހާނާއާ މެދު ނުވިސްނަން އުޅުނަސް ހަމްޒާއަށް ވިސްނެނީއެވެ. ރައިހާނާއަކީ އޭމާގެ ދަރިވަރެއްކަން ކިތަންމެ ވަރަކަށް ސިކުނޑި ވިސްނައިދިނަސް ހިތް އެކަންތައް ގަބޫލެއް ނުކުރެއެވެ. އޭނާގެ ބަސްނާހާ ހިތް ރައިހާނާއަށް ހަމަ […]
ފުން ނޭވައެއް ދޫކޮށްލުމަށްފަހު ލޫކް ވާހަކަ ދައްކަން އުޅުނެވެ. ކޮންމެ ފަހަރަކުވެސް އަނގަ ހުޅުވާފައި ލައްޕަނީއެވެ. ދެތިން ފަހަރު އެހެން ހަދާފައި އެންމެ ފަހުން ދުރު ބަލަހައްޓައިގެން ހުރެ ލޫކް ބުންޏެވެ. އަހަރެންގެ ކަންފަތް ދޮށުގައި ހީވީ ބޮމެއް ގޮއްވާލިހެންނެވެ. ދެފައިން ވާގި ދޫވެ އިންތަނުން ތިރިއަށް ވެއްޓިދާނެހެންވެސް ހީވިއެވެ. އަހަރެން ވެމްޕަޔަރަކަަށް ވުމުގެ ފަހަތުގައި ހުރި މީހަކީ ލޫކްއެވެ. ސައްދާމް އަހަރެން ބަދަލު ކުރީ ލޫކްގެ އެދުމުގެ މަތިންނެވެ. ލޫކްއާ ޔައުލާ ބޭނުންވީ އަހަރެން އެދެމީހުންގެ […]
ހަވީރު ދުނިޔެ ބަނަވެފައި އޮތްވަރުން ރޭގަނޑެކޭ އެއްވެސް ތަފާތެއް ނެތެވެ. ވާރޭ ނުވެހުނެއް ކަމަކު ވައިގަދަވެފައި ވިދާ ގުގުރައެވެ. ކަޅުވިލާތައް ބޯކޮށްފައި ހުރިއިރު ދެންމެ ދެންމެ އޮއްސާލަފާނެހެން ހީވިއެވެ. ސޯލްޓް ކެފޭގެ މޭޒެއް ދޮށުގައި އިން ހަމްޒާ އިންތިޒާރު ކުރަމުން ދިޔައީ ވިޝާހް އަންނާނެ އިރަކަށެވެ. އަސްރުން ފައިބައިގެން އަންނަން ބުނި މީހާ ހަތަރު ގަޑި ބައިވި އިރުވެސް ނާދެއެވެ. “ސަރ ސޮރީ ކުޑަ ކަމެއް ދިމާވެގެން ލަސްވީ!” ވިޝާހް އައިސް އިށީންނަމުން ބުންޏެވެ. ވިޝާހް އައުމުން […]
ސްކޫލްގައި އިތުރަށް މަޑުކުރަން ޚިޔާލުކޮށް ހަމްޒާ ދިޔައީ ގެއަށެވެ. ސުނައިނާގެ ޚަބަރެެއް ނުވާތީ ބަދިގެއަށް ވަދެ ކޮފީއެެއް ގިރައިގެން ބޯން އިށީނެވެ. އެވަގުތު އަންޖަލް ހަދާދިން ކޮފީގެ މަތިން ހަނދާންވުމާއެކު ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. *** އަންޖަލް ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ. ދެތިން ފަހަރު ރިންގްވެފައި ފޯނު ކެނޑުނުއިރުވެސް ނަގާކަށެއް އަންޖަލް ނޫޅުނެވެ. ހަތަރުވަނަ ފަހަރަށްވެސް ރިންގްވާން ފެށިއެވެ. މީ ވަރުގަދަ މީހެއްތާއޭ ހިތަށް އަރާ އަންޖަލް ފޯނު ނެގިއެވެ. ” ހޫ […]
“ރީއްކޯ!” އަންޖަލް ބޭނުންވީ ރީހާންގެ ރުޅި ގަނޑު މައިތިރި ކުރާށެވެ. ރީހާން އަޅާވެސް ނުލާ ދިޔައެވެ. ***** ހިތުތެރޭގައި ހިނގަމުން ދިޔަ ހައިޖާން ގަނޑު ސިއްރުކުރުމަށްޓަކައި ދަތުރުގެ ބާކީބައި އެންމެނާ ގުޅިގެން މަޖާ ކުރުމުގައި ހަމްޒާ ހޭދަކުރިއެވެ. ރައިހާނާވެސް އޭނާގެ ނުތަނަވަސްކަން ފިލުވާލާ އާއިލާގެ އެންމެންނާ އެކީ މަޖާކޮށް ހެދިއެވެ. ދޭތެރެއަކުން ހަމްޒާއާ ރައިހާނާގެ ނަޒަރު ބައްދަލުވެގެން ދެއެވެ. ކޮންމެ ފަހަރަކުވެސް ދެ ޒުވާނުން ނުވާކަމަކަށް ހާދަފައި އެހެން ދިމާއަކަށް ނަޒަރު ހުއްޓާލަނީއެވެ. ރީހާންގެ ރުޅި ގަނޑު […]