” ތާރާ ނޯ.. އެއްވެސް މީހެއް ކައިރީ މިވާހަަކަ ނުދައްކާތި.. ޕްލީޒް… އަހަންނަށް ދުވަހުކުވެސް ކަމެއް ކޮށްދެންޏާ އެއްވެސް މީހެއް ކައިރީ ނުބުނާތި.. ހާއްސަކޮށް މަންމަ ކައިރީގަ” ތާރާއަށް ވިސްނާދެމުން އަރުޝީ ބުންޏެވެ. އަރުޝީގެ ވާހަކަ ވިސްނި ތާރާވެސް އަރުޝީ އެދުނު ގޮތަށް އެއްބަސްވިއެވެ. ” އަރުޝީ މެޑަމް… ހެލްޕް ބޭނުންވަނީމަ ތާރާ ކައިރީގަ ބުނަނީ.. ތާރާ ހެލްޕްވަނީ އެނގޭ..” ތާރާގެ މިޖުމްލައިން އަރުޝީއަށް ކުޑަ ހިތްވަރެއް ލިބުނެވެ. ތާރާގެ އެހީއާއި އެކު ޒިވާންގެ ކިބައިން […]
އަރުޝީއަށް ހޭވެރިކަމެއްވީ އިޝާ ނަމާދަށް ބަންގި ގޮވަން ކައިރިވެފައި ވަނިކޮށެވެ. އަވަހަށް ފާހަނައަށް ވަދެ ވުޟޫކޮށްލައިގެން ނިކުތީ ކިރިޔާ ކެރުނަސް ނަމާދުކުރަން ބޭނުންވާތީއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އަރުޝީއަށް ކެތްތެރިކަން ދެއްވާ ޒިވާން އާއި ކުރިމަތިލުމުގެ ހިތްވަރު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވިއެވެ. އެއަށް ފަހު ކޮތަޅަކަށް ދެތިން ހެދުމާއި ބޭނުންވާނޭ އެހެން އެއްޗެހި ހިފައިގެން އަރުޝީ މަރިޔަމް ކޮޓަރިއަށް ދިޔައީ ޒިވާން އާއި އެއްކޮޓަރީގައި އުޅެން ބޭނުން ނުވާތީއެވެ. މަރިޔަމް ކައިރީ އެކޮޓަރީ ހޭދަ […]
” އޭ.. އަހަރުން މިކޮޓަރި ބޭނުންވެއްޖެ.. ކެ ދޭ އެހެން ކޮޓަރިއަކަށް” މައިރާ އަމުރު ކޮށްލަމުން ބުނެލިއެވެ. ” މައިރާ ޕްލީޒް” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. އިތުރު ބަހެއް ބުނެވުމުގެ ކުރިން ޒިވާން ބާރަށް ހިނގާފައި އައިސް އަރުޝީގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ބޭރަށްލާ ތަޅުލީ އަރުޝީގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އަރުޝީއަށް މޭގައި އަތް އަޅާލެވުނީ ހިތުގައި ޖެހުނުވަރުންނެވެ. ގިސްލަމުން އަނގަމަތީގައި އެޅީ އެހެން މީހަކަށް އިވިދާނެތީއެވެ. މަޑުން މަޑުން ހިނގާފައި […]
އެއަށްފަހު އަރުޝީއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މިމަންޒަރު އަރުޝީއަށް ފެނުނީ ފުސްކޮށެވެ. އެއަށްފަހުދެންވީ ގޮތެއް ނޭނގުނެވެ. ދެފަހަރަކު ލޯތަޅުވާލުމަށްފަހު އަރުޝީ ލޯ ހުޅުވާލިއެވެ. މަޑު މަޑު އާހަކާއެކު ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިހުމެއް ހުރީމައެވެ. ތެދުވަން މަސައްކަތް ކުރުމަށް އަނެއް އަތް އެނދުގައި ވިއްދާލުމާއެކު އަތުގެ ވާގި ދޫވެ އަނެއްކާވެސް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ލޯމަރާލީ ބޮލަށް ބަރުވެ ރިއްސާލެއް ބޮޑުކަމުންނެވެ. ދެވަނަ ފަހަރަށް ލޯހުޅުވާލުމާއެކު ސިހިގެން ދިޔައީ ކައިރީގައި އިށީނދެގެން އިން ޒިވާން […]
ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ތިޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. މިކަންވީ ބައްރާ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ. ލޯރެން ހައިރާންވެފައި އަކްޝަމަށް ބަލާލި އެވެ. ނަމަވެސް އަކްޝަމް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިން އިން ގޮތަށް ގޮނޑީގައި އިށީނެވެ. ލޯރެންވެސް ތުން އަނބުރާލަމުން އަކްޝަމްގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. “ތިޝާ ކީއްވެބާ އެގޮތަށް […]
މައިރާގެ އަޑާއެކު ޒިވާން ސިހިފައި އަރުޝީ ގައިން ދޫކޮށްލިއިރު އަރުޝީވެސް އަވަހަށް ޒިވާންގެ އުނގުމަތިން ތެދުވެ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ. ” ސޮރީ ޑިސްޓަރބް ކޮށްލެވުނީމަ..” މައިރާ މާފަށް އެދުމުން އަރުޝީ އެއީ ކަމެއް ނޫން ކަމަށް ބުނެ ސައި ބޯން އައުމަށް މައިރާ އަށް ދައުވަތު ދިނެވެ. ” ޒިވާން މުސާރަ ކަންތަކާ ވާހަކަ ދައްކާލަންވެގެން އައީ” އަރުޝީއަށް ވަކި ޖަވާބެއް ނުދީ މައިރާ ޒިވާން އަށް ބުންޏެވެ. ” އާނ… މުސާރަ ދޯ… މިއަދު […]
ތިޝާ ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނަ އެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރި އެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ހަަމަ އެވަގެތު އެ މީހާގެ ފޯނު ރިންގުވާން ފެށި އެވެ. ފޯނު ނެގުމަށްފަހު “ގިވް މީ އަ ސެކަންޑް” އޭ ބުނެލި އެވެ. އަދި އިސްޖަހާލަމުން ތިޝާއަށް ބަލާލުމެއްނެތި ބޭސް ކޮަތަޅު އެނދުމަތީގައި ބަހައްޓާފައި ބާރަށް ހިނގަމުން ގޮސް އެތަނުން ނިކުތެވެ. ގަބުވެފައި […]
ޒިވާންގެ ކޮޓަރީގެ ބޮޑު އެނދުމަތީގައި އިށީނދެލައިގެން އަރުޝީ އިނީ ޒިވާންގެ އިންތިޒާރުގައެވެ. ބިރުން ގޮސް މީހާ ފިނިވެފައި އިން އިރު ދެއަތް ދެއަތާ މޮޑެވެމުން ދިޔައީ މިރޭ ކުރިމަތިލާންޖެހޭނޭ އިމްތިހާނާ ދޭތޭރޭ ވިސްނަމުންނެވެ. އިރުކޮޅަކުން ޒިވާން އައިސް ވަންތަން ފެނުމާއެކު އަރުޝީއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެެ. ވަނުމަށްފަހު ކޮޓަރީގެ ދޮރުލައްޕާލައި ތަޅުލުމުން އަރުޝީގެ މެޔަށް ފިނިވެގެން ދިޔައެވެ. އެއަށް ފަހު ޒިވާން މަޑުން މަޑުން އަރުޝީއާއި ދިމާއަށް އަންނަން ފެށުުމުން އަރުޝީ އިސްޖަހާލީ ބިރުގަނެފައި ހުރި ޒިވާން […]
މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ތިޝާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ކުޑަކުދިން ކުޅޭ ހިތްގައިމު މަންޒަރަށް ބަލަން އިން ތިޝާގެ ނަޒަރު ވަކި ކޮށްލެވުނީ ފަހަތުން މެދު އުމުރު އަންހެނަކު ގޮވާލި އަޑަށެވެ. އެނބުރި ފަހަތް ބަލާލިއިރު ބައްރާ ތިޝާ އިން ދިމާއަށް އަންނަނީއެވެ. ބައްރާ އަކީ ތިޝާ އުުޅެމުންދާ ގޭގެ […]