ކައިސަން ބުނާހެން ޒިވާންއަކީ ދީނަށް ލޯބިކުރާ މިހާރު އުޅޭ ޒުވާނުންނާ ތަފާތު މީހެއްކަން ގަބޫލުކުރެވިއްޖެއެވެ. ކާރުކައިރީގައި ކުޑަފޮތިކޮޅެއް އަޅައިގެން ޒިވާން ހުރީ ނަމާދުކުރާށެވެ. އަރުޝީ ވެސް މަޑުނުކޮށް ނަމާދުކޮށްލާ ގުރުއާނުން ވަކި މިންވަރެއް ކިޔާލުމަށްފަހު ޒިވާންއަށް ކޮފީތައްޓެއް ތައްޔާރުކޮށްލިއެވެ. އަދި އެހިފައިގެން ޒިވާން ކައިރިއަށް ދިޔައެވެ. ފޯނުން ބަލައިގެން ގުރުއާން ކިޔަވަން ހުރި ޒިވާން ފޯނުން ނަޒަރު ވަކިކޮށްލީ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ. އަރުޝީ އަންނަތަން ފެނުމުން އާޔަތް ކިޔަވައި ނިންމާލުމަށްފަހު ފޯނު ޖީބަށް ލިއެވެ. […]
” ސަރ ސަރ.. އާރަވް ސަރ.. ކޮޓަރިން ބޮޑު ބާރު އަޑުއިވެނީ” މާނޭވާ އަޅަމުން ރާޖާ މިހެން ބުނުމުން ރައިހާނާއާއި ޒިވާން ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަންނާން ދިޔައެވެ. ރާޖާ ބުނިހެން އާރާވްގެ ކޮޓާރިން އިވެމުން ދިޔައީ އެއްޗެހިތައް ފުނޑި ފުނޑިކުރާ އަޑެވެ. ރައިހާނާ އާއި ޒިވާން އާރާވްގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން އާރާވްއަށް ގޮވަމުންދިޔައެވެ. ނަމަވެސް އާރާވް ދޮރެއް ނުހުޅުވައެވެ. ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ އަޑުގަދަވަމުންނެވެ. އެެންމެ ފަހުން އާރާވް ދޮރު ނުހުޅުވުމުން […]
އަރުޝީއަށް ބަލަން ކެތް ނުވެގެން އެތަނުން ތެދުވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. އައިދަންގެ ފޯނުން ދެންމެ ފެނިގެން އެދިޔަ މަންޒަރުން އަރުޝީގެ ހިތް ކަތިލެވިއްޖެއެވެ. ކައިސަން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަރުޝީ އަށް ޤަބޫލުކުރަން ދަތިވަނީީއެވެ. ނަމަވެސް އެ ފޯނުން އެ ފެނުނީ ހަމަ އަރުޝީ ގެ ކައިސަން އެވެ. ކައިސަން ދުވަހަކުވެސް އަރުޝީ އަކަށް ނޯޅޭނެއެވެ. އަރުޝީ އަށް ބާރަށް ރޮވެން ފެށުނެވެ. ހުރި ތަނަށް ތިރިވެ އިށީނދެވުނެވެ. ވީޑިއޯއިން ފެނުނު މަންޒަރު […]
އެއާއެކު އެމީހާގެ ކަރުތެރެއިން ނިކުތީ ވޭނީ އަޑެކެވެ. އެއަށްފަހު އަރުޝީ ގައިން ދޫކޮށްލުމަށްފަހު ބޯމަތީ އަތް އަޅައިގެން ހުރެ ދުވެފައި އެތަނުން ނިކުތެވެ. ބިރުގަނެފައިވާ އަރުޝީ އެމީހާ ފަހަތުން ދުއަވައިގަތީ އެމީހާ މާނައަށް ކަމެއް ކޮށްފާނެތީއެވެ. ކޮޓަރިން ނިކުތްއިރު އެމީހާ ބޮޑުދޮރު ހުޅުވާލާފައި ނިކުމެގެން ދަނީއެވެ. އަރުޝީ ބިރުގަނެފައި ހުރެ ދުވެފައި ގޮސް ދޮރުގައި ތަޅުލިއެވެ. އެއީ ކާކުބާއެވެ. އަދި އެމީހާ ގެއަށްވަނީ ކިހިނެއް ހެއްޔެވެ. ހަމަގައިމުންވެސް ގެއަކީ ކުޑަދޮރެއްވެސް ހުންނަ ގެއެއް ނޫނެވެ. ކުޑަދޮރެއް ހުއްޓަސް […]
” ނޫން.. އައިދަން ގެންގޮސް ދޭނެ..” ރުންކުރު ގޮތަކަށް އަރުޝީ ބުނެލިއެވެ. އެވަގުތު ޒިވާން ކޮއްލި ކަމަކުން އަރުޝީ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. އަދި ބަލާކަށް ނުހުރެ ޒިވާން ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އަދި އަރުޝީގެ ކޮންޑުމަތީގައި އޮތް ޒިވާންގެ އަތް ފޮޅުވާލިއެވެ. ” ހަބަރުދާރު.. އަދި އަހަރެންގެ ފިރިމީހާ ނިޔާވިތާ ބާރަ ގަޑިއިރުވެސް ނުވޭ ކަލޭ ތިއުޅެނީ އެކަމުގެ ފައިދާ ނަގަންދޯ.. އަހަންނަށް މާކުރިންވެސް އެނގޭ ކަލޭގެ ހިތް ނިޔަތް ހުރިގޮތް.. […]
ފޯނު ހިފައިގެން އަރުޝީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލޯބިވާ ފިރިމީހާ ކައިސަން ގެ އިންތިޒާރުގައެވެ. ކައިސަން އަށް ޕްރޮމޯޝަން ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި އަރުޝީ ވަނީ ގޭގައި މިއަދު ވަރަށް ރަނގަޅަށް ކައްކާލާފައެވެ. ކައިސަންއަށް އެންމެ މީރު ކަނޑުކުކުޅުގެ މީރުވަސް ވަނީ މުޅިތަނުގައި ހިފާލާފައެވެ. އޭގެ އިތުރުން ބަނބުކޭލީ ބަތާއި ރިހާކުރާއި ތެލުލި ފަތުގެ އިތުރުން ލޮނުމިރުސް ތައްޓެއްވެސް ހުއްޓެވެ. މީގެ އިތުރުންވެސް މޭޒުމަތީގައި ކައިސަންއަށް މިރުވާނެހެން ހީވާ އެއްޗެއް ހުއްޓެވެ. އަރުޝީ ލައިގެންވެސް […]