ގެއިން ނިކުމެގެން ދިޔަ ޒިވާންގެ މިސްރާބު ހުރީ އެދިމާލުގައި އޮންނަ ބޯގަސްތަކާ ދިމާއަށެވެ. އެހިސާބާ އަރާ ހަމަވުމަށްފަހު ގަހެއްގެ ނިވަލަށް ވަދެ ދެފަރާތް ހޯދާލިއެވެ. ޒިވާންގެ ފަހަތުން އަންހެން އަތަކުން ޒިވާން މެދު ހަށީގައި ހިފާލުމާއެކު ޒިވާން އެއަތުގައި ހިފާ އެއަންހެން ކުއްޖާ ކުރިމައްޗަށް ގެނެސް ގަޔާ ކައިރިކޮށްލާ ނިތުގައި ބޮސް ދިނެވެ. މާލެ ދެވުމާއެކު ހަލުވި ކަމާއެކު ކައިވެނީގެ ކަންތައް ކުރިއަށް ދާން ފެށިއެވެ. ހަތަަރުދުވަސް ފަހުން އޮތީ ކައިވެންޏެވެ. ދުވަސް ކައިރިވަމުން ދިޔަވަރަކަށް އެހެން […]
” ނޭނގޭ ތިކިޔާ އެއްޗެއް” އަރުޝީގެ ޖަވާބު އިވި އާރާވްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. އެހެން މީހަކަށް ނުފެންނާނެ ހެން އަރުޝީ އަތުގެ މުލައްދަނޑީގައި ހިފައިގެން ތަންކޮޅެއް ދުރު ހިސާބަކު ގޮސް ހުއްޓުނެވެ. އަރުޝީ ވެސް އިތުރަށް ގަދަނުހެދިއެއް ކަމަކު އާރާވްގެ މިހަރަކާތުން ރުޅިއައެވެ. ” ތަދުވެޔޭ މަށައް… އާރާވްގ އަކާ ނުޖެހޭނެ އަހަރެން ގަޔަށް އަތްލާކަށް ” ރުޅި އައިސް ރަތްވެފައި އާރާވްގެ އަތް ފޮޅުވާލަމުން އަރުޝީ ބުންޏެވެ. ” ތަދުވެޔޭ އަހަންނަށްވެސް” އަރުޝީގެ ދެކޮނޑުގައި […]
ހެނދުނު ނުވައެއް ޖެހިއިރު އެންމެން ތިބީ އެއް ނަމްބަރު ޖެޓީ ކައިރީގައެވެ. ހުޅުމާލެ ދިއުމަށްޓަކައި ހާއްސަ ލޯންޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިވާން، އާރާވް ކައިލް އަދި ކައިލް ގެ ބައްޕަ އިލްޔާސް އަވަދިނެތި ލޯންޗަށް އެއްޗެހި އެރުވުމުގައި އުޅުނެވެ. މަރިޔަމްގެ ގޮނޑީގައި ހިފަހައްޓައިގެން އަރުޝީ ހުރިއިރު އިސްޖަހާލައިގެން ހުރީ ބަލަން ބޭނުން ނުވާ ދިމާއަކަށް ބެލިދާނެތީއެވެ. ލޯންޗުގައި ހުރި އާރާވް ރައިހާނާއަށް ގޮވާލާފައި އަރަން އަންނަން ބުނުމުން ދެންތިބި މީހުން އެދިމާއަށް މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ […]
ވާހަކަ ނުގެނެސްދެވި ލަސްވާތީވެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގަނޑު އަތުގައި އަމިއްލަ ލެޕެއް ނުހުންނާތީވެ ވާހަކަ ލިޔަނީ އޮފީހުގައި އިނދެގެން ކަމުން ވާހަކަ ނުގެނެސްދެވެނީ މިދުވަސްކޮޅަކީ އޮފީހުގައި ވަރަށް ބުރަ ދުވަސްކޮޅަކަށް ވާތީއެވެ. އެހެން ކަމުން މިކަން ހުރިހާ ކިޔުންތެރިންވެސް ގަބޫލުކޮށް އަޅގަނޑާ ދޭތެރެ ހިތްސާފުކޮށްދެވުން އެދެމެވެ. އަދި އިންޝާﷲ ވަރަށް އަވަހަށް ވާހަކަ ގެނެސްދޭނެ ވާހަކަވެސް މައުލޫމާތަށްޓަކާ ބުނެލީމެވެ. -އައްޒަ-
” ޒިވާން އާއި މެރީ ނުކުރޭ.. އަހަރެން ވަރަށް ލޯބިވޭ އަރުޝީ ދެކެ” އާރާވް ޖުމްލައިން އަރުޝީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އާރާވްގެ މޭގައި ބޯއަޅާލެވުނީ އަރުޝީވެސް ލޯބިވެޔޭ ބުނަމުންނެވެ. އެވަގުތު ދެމީހުން ސިއްސައިގެން ގޮސް ދުރަށް ޖެހުނީ ޒިވާންގެ ބަރުއަޑުންނެވެ. …………………………………….. ނިދިފައި އޮތް އަރުޝީއަށް ފުންމައިގެން ތެދުވެވުނެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލުމާއެކު ހިތަށް ބިރުވެރިކަން ވަނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި އިންއިރު މޭގައި އަތް އަޅާލައިގެން އިނީ […]
އަރުޝީ ހެދުން ފައިދަށުން ދަމައިގަތުމަށްފަހު އާރާވް ދުރަށް ކޮއްޕާލީ އެއްވެސް ހިލޭ ފިރިހެނަކު އަރުޝީ ގައިގާ އަތްލުމަކީ އަރުޝީއަށް ރުހެވޭނެ ކަމަކަށް ނުވާތީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުރެވުނު ކަންތަކާ ދެރަވިއެވެ.އާރާވް އުޅުނީ އަރުޝީއަށް އެހީވެދޭށެވެ. ބަދަލުގައި އަރުޝީ މިކުރީ ކީއްހެއްޔެވެ. ” އާރާވް ވަރަށް ބޮޑަށް ސޮރީ.. އަސްލު އަހަރެން… އެގޮތަކަށް ނޫން….” އަރުޝީއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ. މިފަހަރުވެސް އާރާވް ލުއިގޮތަކަށް ހީލިއެވެ. މިމަންޒަރުފެނި އަރުޝީ ހައިރާންވިއެއްކަމަކު ލަދުވެސް ގަތެވެ. ހަތްވަނަ ބަޔަށް […]
ކާރުތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އަރުޝީގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އާރާވްގެ ނަޒަރު އިރުއިރުކޮޅާ އަރުޝީއަށް ހުއްޓެމުން ދެއެވެ. ކިތަންމެ ވަރަކަށް ނުބަލަން މަސައްކަތް ކުރިޔަސް އެމައުސޫމު މޫނަށް ނުބަލާ ނުހުރެވެއެވެ. އެމޫނަށް ބަލާލުމުން އެލިބޭ ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކަޅު ކުލައިގެ ސޯލްގެ ތެރެއިން އެދޮން މޫނު ފެންނައިރު ހީވަނީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ހަނދުފާޅުވާ ހެންނެވެ. އާރާވްގެ ހިތް އަރުޝީއާއި އެއްކޮޅަށް މިލަންބުވަނީ ކޮންކަހަލަ ބާރެއް ހެއްޔެވެ. އެސާފު ރީތި […]
ބޮލުގައި އަތް އަޅާލެވުނީ ބޮލަށް ބަރުވާން ފެށުމުންނެވެ. މުޅިތަން އެނބުރޭހެން ހީވުމާއެކު އަރިއަޅާލައިގެން ވެއްޓޭން ދިޔައެވެ. މިމަންޒަރު ފެނުނީ އާރާވް އާއި ޒިވާން އަށް އެއްކޮށެެވެ. އަރުޝީއާއި ދިމާއަށް ދުއްވައިގަނެވުނީވެސް ދެމީހުންނަށް އެއްކޮށެވެ. ނަމަވެސް އޭގެއިން މީހެއް އަރުޝީ ގައިގައި އަތްލުމުގެ ކުރިން އަރުޝީ ގައިގާ ހިފެހެއްޓިއެވެ.އެހެނީ ޒިވާން އާއި އާރާވްއަކީ އަރުޝީއަށް ހިލޭފިރިހެނުންނެވެ. ރައިހާނާ މަޑު މަޑުން އަރުޝީ ސޯފާގައި ރީތިކޮށް ބާއްވާލިއެވެ. އަދި އާރާވް ކައިރީގައި ފެންތައްޓެއް ހިފައިގެން އައުމަށް ބުންޏެވެ. އާރާވް ތައްޔާރަށް […]
އަށްގަޑި ބައިވިއިރު ނަލަމާ ގެއިން އިވެމުން ދިޔައީ ހޭއަޑާއި ވާހަކަ ދައްކާ އަޑެވެ. ޒިވާން އާއިލާ އަކީ ބޮޑު އާއިލާ އެއް ކަމުން ގޭތެރޭގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. އަރުޝީގެ އިންތިޒާރުގައި ސޯފާގައި ކަރު އެލުވާލައިގެން ޒިވާން އިންއިރު އާރާވް ހުރީ ދެބޭންގެ ދެދަރި މީހެއް ކަމަށްވާ ކައިލްގެ ދެއަހަރުގެ ކުޑަ ދަރިފުޅު އުރައިގެންނެވެ. ކުޑަ ކުޑަ ޔަލާ އާއި އާރާވް ސަމާސަ ކުރަމުން ދިޔައިރު ކައިލް ކައިރީގައި ހޭން ހުއްޓެވެ. އިރުކޮޅަކުން ކައިލް އެއީ […]