” ޝުހޫއެއް ނޫން. ޝުދޫ ކިޔާނީ. އެއީ ހަމަ ރަތް މިރުހެއް. މިހާރުވެސް އަހަންނަށް އެމިރުހުން ވަރަށް ކުޅިވެއްޖެ. ބޯހަރުކަމުން އެއް ވަނަ އެއީ.” އަހަރެން ކިޔައިދިނީމެވެ. ” ބުނެ ދެން ވާހަކަދައްކާ ފަހަރަކުން މާފާޑު ފާޑުކުރަންޏާ ޝުދޫއާއި އިނދެފަޔޭ ހުއްޓާލާނީ. އޭރުން މައިތިރިވެދާނެ.” އިމާން ބުނީވެސް ގޯސްވާހަކައެއްނޫނެވެ. ” ތިހެން ބުނެފިއްޔާ ދެން ދުވަހަކުވެސް އަހަންނާއި ވާހަކަ ދައްކާނެ ހެނެއް ހީއެއްނުވޭ. ތިހެނެއް ނުބުނެވޭނެ!” އަހަރެން ބުނީމެވެ ” ތިހެން ވިއްޔާ ތިކަމެއް ނުވާނެ. ތިހާ […]
ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ ” ކޮބާތަ ޖަވާބު؟” ލުއި ހިނިތުން ވެލުމަކާއިއެކު ލިއުޝާ އަނހާލިއެވެ. ” ވިސްނާލާފަ ދޭނަން.” ގޮނޑިން ތެދުވުމަށްފަހު އަހަރެން ބުނީމެވެ. އަހަރެން ގޮނޑިން ތެދުވެގެން ލިއުޝާގެ ގެއިން ނިކުތީމެވެ. އަހަރެންގެ ފަހަތުން ލިއުޝާވެސް ނިކުތެވެ. ސައިކަލަށް އަރާ ސްޓާޓްކޮށްލައިގެން އަހަރެން ދަންދެން ލިއުޝާ ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން މަޑުމަޑުން ސައިކަލް ދުއްވަމުން ގެންދިޔައީމެވެ. އަހަރެންގެ ހިތުގައިވަނީ ލިއުޝާގެ ޚިޔާލެވެ. އަންހެން […]
ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ ފޯން ބޭއްވުމަށް ފަހު އަހަރެން ވަނީ ފާޚާނާއަށެވެ. ރޭގަނޑު ބޭރަށްދާން ތައްޔާރުވުމަށެވެ. ފެންވަރާ ނިމިގެން ނިކުތް އިރު ލިއުޝާ އޮތީ އަހަންނަށް އެސް.އެމް.އެސް ކޮށްފައެވެ. އޭގައިވަނީ ބިޒީ ނޫނިއްޔާ ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ. ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓްކޮށްލިތަނާހެން ރިޔާޒް އަހަންނަށް ގުޅިއެވެ. ” ކުޑަކަމެއް ޖެހިގެން މިއުޅެނީ އޮފީހަށް ޖައްސާލަބަލަ..” ރިޔާޒް ބުނެލިއެވެ. […]
ނޯޓް: މީ ވާހަކައެއް ނޫނެވެ. މީވާހަކައެއް ނޫނެވެ. އަދިވެސް އެއް ފަހަރު މީ ވާހަކައެއް ނޫނެވެ. ލެވޭ ކޮންމެ ނޭވާޔަކާއިއެކު އެނަން ކިޔޭނެއެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު، އޭނާގެ ހަނދާންތައް އާވާނެއެވެ. ޙަޔާތަށް އިރުއަރާ ކޮންމެ ދުވަހަކު އެނަން ކިޔާލެވޭނެއެވެ. އެއީ އޭނާއެވެ. ޙަޔާތުގެ ދަތުރުގައި އަހަންނަށް ވިސްނައިދިން މީހާއެވެ. ދިރިއުޅުމުގެ މައިދާނުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެކަން އޭނާ ޤަބޫލުކުރިއެވެ ކުށެއް ކުރެވުމުން، އެކުށަށް ތަޢުބާވުމަށް އަހަންނަށް ބުނެދިނީ އޭނާއެވެ. އިޞްލާޙްވުމަކީ ނެތްކަމެއް ނޫންކަން އަހަންނަށް […]
މިއަދަކީ އަހަރެންގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހެވެ. ދިރިއުޅުމުގައި އެންމެ ދެކެން ބޭނުންވި ދުވަސް ފެންނާނެ ދުވަހެވެ. މީހަކާއި އިނދެގެން ދަރިއަކު ހޯދުމަކީ އަހަރެންގެ ހުވަފެނެކެވެ. ގެއަށް ވަންނަ ތަނުން “ބައްޕާ” އޭ ކިޔާ ދުވަމުން އައިސް ބައްދާލާނެ ކުޑަ ދަރިފުޅަކު ހުރުމަކީ ކިހާ ހިތްހަމަޖެހޭ ކަމެއް ހެއްޔެވެ؟ މިކަމަށް، ދެން މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހޭނެކަން ނޭނގެއެވެ. މިއަދު އަހަރެން ބައްޕައަކަށް ވާނެއެވެ. ސައުޝަންގެ ފަރާތުން އަހަރެން އެންމެ ބޭނުންވާ ހަދިޔާ ކުޑައިރުކޮޅެއްގެ […]
ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އަހަންނަކަށް ނޭނގުނެވެ. ނުވިސްނުނެވެ. އެހާ ޅަޢުމުރުގައި އަންހެން ކުދިން ހަމަ އެހެން އުޅޭބާވައެވެ؟ ލޯބީގެ މައިދާނަށް ނިކުމޭބާވައެވެ؟ ދިރިއުޅުމަކީ ކޮބައިކަން ވިސްނުމުން ނޫނީ ދިރިއުޅުމުގެ މައިދާނަށް ނިކުންނާކަށް ނުވާނެއެވެ. އެކަން އޮންނަންޖެހޭނީ އެގޮތަށެވެ. ޓީނޭޖް ޢުމުރަކީ ކޮންމެ ކުއްޖެއްގެ ޙަޔާތުގައިވެސް އެންމެ މުޙިއްމު ޢުމުރެވެ. އެޢުމުރުގައި ޖެހޭނީ ކިޔަވަން މަސައްކަތް ކުރާށެވެ. ކުރިއަށް ދިއުމަށް ސަމާލްކަން ބަހައްޓާށެވެ. ދިރިއުޅުމުގައި ކާމިޔާބު […]
އޮފީހުގައި ވަރަށް ބުރަ ދުވަހެކެވެ. ގެއަށް އާދެވުނީ އިރުއޮއްސި ހަތެއްވެސް ޖެހި ފަހުންނެވެ. އަހަރެން ހުރީ ވަރަށް ބަރުބަލިވެފައެވެ. އަވަސް އަވަހަށް ބޫޓް ބާލާއި އިސްޓާކިން ބާލައި، އެ ހުންނަންޖެހޭ ހަރުގައި ބަހައްޓާލީމެވެ. ދެން ވަނީ ކޮޓަރިއަށެވެ. އެއްޗެހި ބަދަލުކޮށްލުމަށްފަހު، އަހަރެން ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެ ހަމަޖެހިގެން ފެންވެރޭތޯ މަސައްކަތްކުރީމެވެ. ފަސްވަރަކަށް މިނިޓްވަންދެން އެކަން ވިއެވެ. ދެން ނުވިއެވެ. ވާނީ ހަމަ މިހެންނެވެ. މީދެން ވަރަށް ދެރަކަމެކެވެ. ކޮންމެ ދުވަހަކު، އަހަރެން ފާޚާނާއަށް ވަންނަ ގަޑީގައި […]
ލޯބިވެރިޔަކު ހޯދަން އަމިއްލައަށް މަސައްކަތް ކުރާށެވެ. ” ކޮބާ ނެތްތަ ނަންބަރެއް؟” ފާރިޝް އަނހާލިއެވެ. އޭރު އޭނާ ހުރީ ރައްޓެހިންނާއިއެކު ކޮފީއެއްގައެވެ. ލިބޭ ކޮންމެ ނަމްބަރަކަށް ގުޅައިގެން އަންހެން ކުދިންގެ ގޮތް ބެލުމަކީ ފާރިޝްގެ ހޮބީއެކެވެ. މިހާރު ސަތޭކަ ވަރަކަށް އަންހެން ކުދިންނަށް އޭނާއަށް ގުޅިދާނެއެވެ. އެހެނަސް ހިތްހަމަޖެހޭ ނަމްބަރެއް އަދިވެސް އޭނާއަކަށް ނުލިބެއެވެ. އެހެން މީހުންހެން ފާރިޝްވެސް ބޭނުންވަނީ ފަސްމީރު ކުރި ރުކެކެވެ. އަންހެން ކުއްޖާގެ ގައިގައި ޔޫޕަރްގެ ކުލަގަނޑު ހުރެއްޖެއްޔާ، އެނިމުނީއެވެ. ފުރަތަމަ ނަޒަރުން […]
” އޭ. ދިމާ ނުކުރައްޗޭ. ބޮސްގެ އާ އެސިސްޓެޓް އެއީ.” ހާނިމް ބުނެލިއެވެ. ” ދެން ކޮންމެ މީހަކަށް ވިޔަސް ރީތިވީމަ ރީއްޗޭ މިބުނީ.” ރިޝާމް ބުނެލިއެވެ. ލިފްޓް ހުޅުވުމާއި އެކު ނަހުމާ ހިނގައިގަތެވެ. ގޮސް އޮފީހުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޮފީސް ތެރޭގައި ތިބި ގިނަ ފިރިހެނުންގެ ކަޅިތައް ހުރީ ނަހުމާއާއި ދިމާލަށް ހުއްޓިފައެވެ. ނަހުމާ ހިނގަމުން ދިޔައިރު އެމީހުން ކީ އެއްޗެހި ނަހުމާއަށް އަޑުއިވުނެވެ. އެކަމަކު، އަޑުވެސް ނީވޭކަމަށް ހަދާފައި ގޮސް ނަހުމާގެ […]