Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ*******(19)

DESTINY2020 Level 210 Stories
August 28, 2017 4 Mins Read
14 Comments

 

“ތޭންކްސް. ގުޑް ނައިޓް.” އަހަރެންގެ ކޮލަށް ދޮނެއް ދެމުން ޝާނާ ހިނގައިގަތީ އަހަންނަށް އަނގައިން ބުނާނެ އެއްވެސް ފުރުޞަތެއް ނުދީއެވެ.

އަހަރެން އިރުކޮޅަކު ސައިކަލު މަތީގައި މަޑުކޮށްލީމެވެ. ކުޑަކޮށް ވިސްނާލީމެވެ. އަނެއްކާ ވާން މިއުޅެނީ ކޮން ކަމެއް ހެެއްޔެވެ؟ ޝާނާ ކުއްލިއަކަށް އެއްވެސް ވާހަކައެއް ނުދައްކާ ގެއަށް ވަދެގެން އެދިޔައީ ހިތްހަމަ ނުޖެހިގެން ބާވައެވެ؟ ޝުދޫ ގުޅިކަން އެނގިގެން ޝާނާ ހިތްހަމަ ނުޖެހުނީ ހެއްޔެވެ؟ ޝާނާއަށް ޝުދޫ އަކީ ކާކުކަން އެނގެނީހެއްޔެވެ؟ ނޫނީ ޝުދޫއަށް ޝާނާއަކީ ކާކުކަން އެނގެނީ ހެއްޔެވެ؟

” ހަލޯ.” ޝުދޫ ގުޅަން ފެށުމުން ފޯން ނެގީމެވެ.

” އަހަރެން ދެކެ ލޯބިވަނީ. އެހެން މީހުން ގޮވައިގެން ރެސްޓޯރަންޓްތަކުގަ މަޖާކުރަނީ. ހަބޭސް އިނގޭ!” އެހެން ބުނިގޮތަށް ޝުދޫ ފޯން ކަނޑާލިއެވެ.

އަހަރެން ޝުދޫގެ ފޯނަށް ގުޅަންފެށީމެވެ. ފޯން އޮތީ ނިވާލާފައެވެ. އެހެންވެ މަޑުމަޑުން ސައިކަލް ސްޓާޓްކޮށްލުމަށް ފަހު ގެއަށް ދިއުމަށް މިސްރާބްޖެހީމެވެ.

އަހަންނަށް ގެއަށް ދެވުނު އިރު އެކެން ޖަހަން ކައިރިވަނީއެވެ. ގޭގެ ދޮރު ހުރީ ތަޅުލާފައެވެ. އަހަރެންގެ އަތަކު ތަޅުދަނޑިއެއް ނެތެވެ. ދެތިން ފަހަރަކު ދޮރުގައި ޓަކި ޖެހީމެވެ. މީހެއްގެ ހިލަމެއްވެސް ނުވިއެެވެ. އަހަރެން ގާތަށް ކުޑަކޮށް ރުޅި އަންނަން ފެށިއެވެ. މުލައްދަނޑީގައި ހުރި ހުރިހާބާރެއް ލާފައި ދޮރުގައި ތަޅައިގަތީމެވެ. ކުޑައިރު ކޮޅެއްގެ ތެރޭގައި ސުހާ އައިސް ދޮރުހުޅުވިއެވެ.

” ތިހާ ބަރަށް ދޮރުގަ ނުތެލިޔަސް ވާނެދޯ. މިގޭ މީހުން މިތިބީ މަރުވެފައެއްނޫނޭ.” ތުން އަނބުރަމުން ސުހާ  ބުނެލިއެވެ.

” ތިކަމެއް ނޭނގެއެއްނު. މިތާ ކޮޅަށް ހުންނަތާ މިހާރު ވިހި މިނިޓްވަނީ.” ފޯނުން ގަޑި ބަލާލަމުން އަހަރެން ބުނީމެވެ.

” ބީސް މިނިޓް ހޯގާ. ތޫ ޗޫޓްބޯލޭ. ތޫ ޕާގަލް.” ހިންދީ ބަހުން ފަތިވަރު ގޮވަމުން ސުހާގޮސްވަނީ ކޮޓަރިއަށެވެ.

އަހަންނަކަށް ހިންދީ ސުހާއަކަށް ރައްދެއް ނުދެވޭނެއެެވެ. ދިވެއްސެއްކަމަކު ހިންދީ ރަދީފްވެސް ސުޙާ ހިތުދަސްވާނެއެވެ. އަހަރެން ހިންދީ ބަހުން ރައްދުދޭން ހަދައިގެން ދެއްކޭނީ ގޯސް ވާހަކައެއްކަން ނޭނގެއެވެ. އަހަރެން އެހެންވެ އަޅައެއްނުލައެވެ. އަނެއްކޮޅުން މީ މަޖާކަމެކެވެ. މިސުހާ ދެބަހުން އެއްބަސް އަހަންނާއި ދިމާލަށް ބުނަަނީ ހިންދީންނެވެ. އެއީ ވާނެގޮތެވެ. އޭރަށް އަހަރެން އަނގަބެދި ބަސް ހުއްޓޭނެތާއެެވެ. ޒުވާބަކަށް ނުގޮސް އެކަމުން ސަލާމަތްވާނެ އެންމެ ރަނގަޅުގޮތަކީވެސް އެެއީއެވެ. ނޭނގޭ ދެބަހަކުން މުޢާމަލާތްކުރުމުން ކުރިއަކަށްވެސްނުދާނެނޫންހެއްޔެވެ.

ފެންވަރާ ހަމަޖެހިލައިގެން ނިދަން ޖައްސާލީމެވެ. އަހަންނަށް ނިދެމުން ދަނިކޮށް ޝިފާ ގުޅަން ފެށިއެވެ. އަހަރެން ފޯނު ނަގާކަށް ބޭނުމެއް ނޫނެވެ. މިހާރު ގަޑިން ދަންވަރު ދޭއްޖަހަން ކައިރިވަނީއެވެ. އަހަރެން މިހާރު ބޭނުމީ ނިދާލާށެވެ. މާދަމާ އޮފީހަށްވެސް ދާންޖެހޭނެއެވެ. ރަނގަޅަށް ނުނިދާ ގޮސް އޮފީހުގައި ތާއްޔާއި ޖެހިގެން ހުރެ އަހަންނަށް ރަނގަޅަށް މަސައްކަތެއް ނުކުރެވޭނެއެވެ.

ޝިފާ ދެތިން ފަހަރަކު ގުޅިއެވެ. އެެންމެ ފަހުން ފޯނު ނެގީމެވެ.

” ކިހިނެއްތަ ވީ؟ މިގަޑީގައި ތި ގުޅަނީ؟” އަހަރެން ރުންކުރު ގޮތަކަށް ބުނީމެވެ.

” އާދެ ބަލަ، ހުޅުމާލެ ފެރީޓާމިނަލް ކައިރިއަށް. ނީޑް އަ ލިފްޓް.” ޝިފާ ބޭނުންވެގެން އުޅޭކަންތައް އެނގުނީތާއެވެ.

” އޯކޭ. މިދަނީ؟” އަހަރެން ބުނީމެވެ.

ދެން ކުރާނީ ކީއްހެއްޔެވެ؟ ދާކަށް ބޭނުމެއްނޫނެވެ. އެކަމަކު ނުގޮހެއްވެސް ނުވާނެއެވެ. އެއީ ޝިފާއެވެ. ޝިފާގެވެސް ބައިވަރު ރައްޓެހިން ތިބޭނެތާއެވެ. އަހަންނަށް ގުޅާނީވެސް ކަމެއްވެގެން ތާއެވެ. ކުޑަކޮށް ހިތްހަމަނުޖެހި ހުއްޓަސް އަހަރެނ ޝިފާއަށް ލިފްޓެއް ދޭން ޖެހޭނެތާއެވެ. އަނެއްކޮޅުން މިއޮތް ދަންވަރު އެކަހަަލަ ރީތި އަންހެން ކުއްޖަކު އެކަނި މާއެކަނި ދޫކޮށްލާކަށްވެސް ނުވާނެތާއެވެ. ކޮންމެ ފަދަ ކަމެއްވެސް  ހަމަ ހިނގައިފާނެ ނޫންހެއްޔެވެ.

އަހަރެން ފެރީ ޓާމިނަލް ކައިރިއަށް ގޮސް، އެތާގެ ދޮރުމަތީގައި ސައިކަލް ޕާރކްކޮށްލީމެވެ. ދެން މަޑުމަޑުން ބަލާލީމެވެ. ޝިފާ ފެންނާކަށް ނެތެވެ. އަހަރެން ހިތަށް އެރިއެވެ. އަނެއްކާ ޝިފާ އަހަންނަށް މިދިނީ ލަނޑެއް ނޫންބާވައެވެ. އެހެނެއް ނުވާނެއެވެ. އެއީ މާތެދުވެރި އަންހެން ކުއްޖެވެެ. އެހެން ހަދާނެ ހެނެއް ހީއެއްނުވެއެވެ. އަހަރެން ޝިފާއަށް ގުޅާލީމެވެ. ފޯން އޮތީ ނިވާލާފައެވެ. އެހެންވެ ސައިކަލް ސްޓާޓްކޮށްލީމެވެ.

” ހިނގާ ގެއަށް ލާން.” ކުއްލިއަކަށް މީހަކު އައިސް ސައިކަލްގެ ފަހަތަށް އެރިތަނާ ސައިކަލް ކުޑަކޮށް އަރިއަޅާލިއެވެެ.

” ދެން ތިކަހަލަ ކަމެއް ނުކުރާތީ؟” ސައިކަލް ކޮންޓްރޯލްކޮށްލަމުން އަހަރެން ބުނީމެވެ. ފަހަތަށް އަރާ އިނީ ޝިފާއެވެ.

” ސޮރީ!!” ޝިފާ މަޑުމަޑުން ބުނެލިއެވެ.

” އަހަރެމެން ދެމީހުން ދެންމެ ވެއްޓުނުނަމަ!؟” އަހަރެން ބުނީމެވެ.

” ވެއްޓުނީމަ، ހަދާނެ ގޮތް އެނގޭނީ ވެއްޓުނީމަ! އަދި ނުވެއްޓޭއްނުދޯ. އެހެނަސް. އަހަރެން ސަމާސަކޮށްލީ. ދެން ހިނގާ ގެއަށްދާން.” ޝިފާ ހެމުން  ބުނެލިއެވެ.

” އޯކޭ.” މަޑުމަޑުން ސައިކަލް ދުއްވާލަމުން އަހަރެން ބުނީމެވެ.

” ތަންކޮޅެއް ބާރަށް ދުއްވައްޗޭ. ވަރަށް އަވަހަށް ގެއަށްދާން ބޭނުން.” ޝިފާ ބުނެލިއެވެ.

” އެކީއްކުރަން. މިއޮތް ހުރިހާ އިރު ހުޅުމާލޭގަ. އަސްލު ކީއްކުރަން މިހާ ލަހުން ތިއައީ.؟” އެއީ އަހަރެން އަނހަންޖެހޭ ސުވާލެއް ނޫނަސް، އަހަރެން އެހީމެވެ.

” ފެމިލީ މީހަކު މާދަމާ ބޭރަށް ކިޔަވަން ފުރާތީ ކުޑަކޮށްލަސްވީ. އެމީހުންނާއެކު ކުޑަކޮށް ސަކަރާތްޖަހާލާފަ މިއައީ.” ޝިފާގެ އަޑުގައިވަނީ ހިތްހަމަޖެހުމުގެ ރާގެވެ.

” ވަރަށް ލޯބިވޭތަ އާއިލާ މީހުންދެކެ؟” އަހަރެން އަނހާލީމެވެ.

” ވާނެދޯ. އަނެއްކޮޅުން އޭނަ އެދަނީ ފަސް އަހަރު ދުވަހުގެ ކޯހަކަށް. އޭނަދެން އަންނާނީ ފަސް އަހަރު ފަހުން. އަހަންނަށް އެހާ މައްޗަށްނުކިޔެވުނަސް، އަހަރެންގެ ފެމިލީ މީހަކު ކިޔަވައިގެން މަތީ މަޤާމެއްގެ އިންނަ ދުވަހު އަހަންނަށްވެސް ވަރަށް ރީތި ވާނެދޯ.” ޝިފާ ބުނީ ވަރަށް ބޮޑު ތެދެކެެވެ.

” ރަނގަޅަށް ތިބުނީ.” ކުރު ޖުމްލައަކުން އަހަރެން ނިންމާލީމެވެ.

އަހަރެން ސައިކަލް ދުއްވަމުން ގެންދިޔައީ ތަންކޮޅެއް ބާރަށެވެ. ދަންވަރުގެ ވަގުތުގައި ކާރުބާރު ބޮޑު ނުވާނެތީއެވެ. ގޯޅިއަކުން ބޮޑު މަގަކަށް ނުކުތްނަން އަދި ތަންކޮޅެއް ބާރަށް ދުއްވާލީމެވެ. މައިމަގުން ކުއްލިއަކަށް ބާރު ސްޕީޑްގައި އައި ސައިކަލެއް އަހަރެމެންގެ ކުރި ކަނޑާލިއެވެ. އަހަންނަށް ކުއްލިއަކަށް ވަރަށް ބާރަށް ބުރެކި ޖައްސާލެވުނެވެ. ޓަސްކިޔާފައި އައިސް ޝިފާ ތަތްވީ އަހަރެންގެ ގައިގައެވެ.

” ކީއްތަ ތިކުރީ!!” ކުއްލިއަކަށް ޝިފާ އަނހާލިއެެވެ.

” ބުރަކި ޖެއްސީއެއްނު. ފެނިއްޖެއްނު ދެންމެ ބޫން ކަނޑާފަ ދިޔަ ސައިކަލް. އެއިން ސަލާމާތް އެބަޖެހޭދޯ.” އަހަރެން ބުނީމެވެ.

” ރަނގަޅު ޢާޒިމް ކަންތައްކުރާނީ ރަނގަޅަށް.” ޝިފާ ބުނެލިއެވެ.

” ތަދުވީތަ އަނެއްކާ ޝިފާއަށް.؟” އަހަރެން ސުވާލުކޮށްލީމެވެ.

” ނޫން. ޝިފާޔަށް ތަދެއްނުވޭ. އެހެން އަދި ޖެހިލުމަކުން ޝިފާޔަށް ތަދެއް ނުވާނެ. ޝިފާޔަށް ތަދުވާނީ ވަރަށް ވަރުވީމަ!” ޝިފާ ބުނި އެއްޗެއްގެ އަސްލު މާނައެއް އަހަންނަކަށް  ނޭނގެއެވެ.

” އެހެންތަ؟” އަހަރެން ބޭނުމީ ޔަޤީންކޮށްލާށެވެ.

” ހަމަ އަސްލުވެސް؟” އެހެން ބުނުމަށްފަހު ޝިފާ އަހަރެންގެ ގައިގައި ބައްދައިގަތެވެ.

” ކިހިނެއްތި ހަދަނީ؟” އަހަރެން ދިޔައީ ސިއްސައިގެންނެވެ.

” މިބައްދާލީނު.” ޝިފާ ބުނެލިއެވެ.

” އެކަމަކު….” އަހަރެންނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝިފާ ވާހަކަދައްކަން ފެއްޓިއެވެ.

” މިކަހަލަ ކަންތައްތަކާއި އެހާ ބޮޑަށް ހާސްނުވާތި. ޢާޒިމްތީ އަހަރެންގެ ވަރަށް ރަނގަޅު ރައްޓެއްސެއްނު. މިހެން އަދި ބާއްދާލުމަކުން މީ ބޮޑު މައްސަލައެއްނޫން.” އަހަރެންގެ ގައިން ދެއަތް ނައްޓާލަމުން ޝިފާ ބުނެލިއެވެ.

” އޯކޭ.” މާ ދިގަށް ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އަހަރެން ހުރީ ޝިފާގެ ގޭގެ ކުރިމަތީގައެވެ. ސައިކަލް ޕާރކްކޮށްލުމާއިއެކު، ޝިފާ ސައިކަލުން ފޭބިއެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! މާދަމާ ގުޅާނަން.” ޝިފާ ހިނިތުންވަމުން ބުނެލިއެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެވެ. އަވަސް އަވަހަށް އަހަރެން އައީ ގެއަށެވެ. އައިސް ނިދަން ޖައްސާލީމެވެ. އޭރު  ގަޑިން ދަންވަރު ދެގަޑިބައި ވާން ކައިރިވަނީއެވެ. އިތުރު އެއްވެސް ކަމަކާއި ވިސްނާކަށް ދެން ވަގުތެއް ނެތެވެ. ފޯނު ފްލައިޓްމޯޑަށް ލާފައި، ނުވައެއް ޖަހާއިރަށް އެލާމްކޮށްފައި އަހަރެން ބެލީ އަވަހަށް ނިދޭތޯއެވެ.

އަހަންނަށް ހޭލެވުނީ އަށެއް ޖަހަނިކޮށެވެ. އަދި ވަގުތުކޮޅެއް އެބައޮތެވެ. އޮފީސް ފެށޭނީ ނުވައެއްޖަހާކާއިރުގައެވެ. އެހެންވެ އަނެއްކާވެސް ދެލޯ މަރާލީމެވެ. ނިދުމަށްޓަކައެވެ. ދެން ހިތަށް އެރިއެވެ. ދެން ނިދައިފިއްޔާ ނުވެސް ހޭލެވިދާނެއެވެ. އެހެން ވެއްޖެއްޔާ ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ތަންކޮޅެއް ކުރީދުވަހުގައިވެސް ފަހުން ހޭލެވޭނޭ ހިތާ، ނިދުމުން ހޭލިއިރު ރަސްމީގަޑީގެ ބޭނުން އޮތީ ކެނޑިފައެވެ، މާގިނައިން އެހެން ވާން ވެެއްޖެއްޔާ އޮފީހުގައި ކުރަން ހުރި މަސައްކަތްތަކަށް ބުރީ އަރާނެއެވެ. އެހެންވެ އަވަހަށް ތެދުވެގެން އޮފީހަށް ދިއުމަށް ތައްޔާރުވީމެވެ.

އަހަރެން އޮފީހަށް ދިޔައިރު، އޮފީހުގައި އިމާން ހުއްޓެވެ.

” ހާދަ އަވަހަކަށް އޮފީހަށް އައިސް އުޅޭ ދުވަހެއް؟” އަހަރެން އަނހާލީމެވެ.

” ކޮންމެ ދުވަހަކު ނުވާނެދޯ ލަސްކޮށް އަންނާކަށް. އަހަރުމެންނަށް ދޯ ހަމަ އުދަނގޫވާނީ ކުރަން ހުރި މަސައްކަތްތައް ފުނިޖެހުނީމަ.” އިމާންއަކީ ވަރަށް ވިސްނޭ ކުއްޖެއްތާދޯއެވެ.

” ހާދަ ވިސްނޭދޯ މިހާރު.” އަހަރެން ސަމާސާ ރާގެއްގައި ބުނީމެވެ.

” އަބަދުވެސް ވިސްނޭ. އެކަމަކު ރޭ ދަންވަރު ޢާޒިމް ޝިފާގޮވައިގެން ކޮންތާތައްތަ ވަނީ؟” އިމާން ސުވާލުކޮށްލިގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

” އޭނަ ބުނެގެން ގެއަށް ގެންގޮސްދިނީ.” އަހަރެން ކުރު ޖަވާބެއް ދިނީމެވެ.

” އަސްލުވެސްތަ؟ އެހެންވެތަ ޢާޒިމްގެ ގައިގައި އައްޓަމަހެއްހެން ތަންކޮށްލައިގެން އިނީ.” ހިނިގަނޑެއް ޖަހާލަމުން އިމާން ބުނެލިއެވެ.

” އިމާނަށް ކިހިނެއްތަ ފެނުނީ؟” އަހަރެން އޮޅުން ފިލުވަން ބޭނުމެވެ.

” މީ ވަރަށް ކުޑަކުޑަ ތަނެއްދޯ. މިތަނުގަ ކަމެއް ނުވާނެ ސިއްރެއް. ދޮގު ނަހަދާ ބުނެބަލަ. ރޭގަ އެކަން ވީތަ؟” އިމާން ބުނީ ކޮންއެއްޗެއްކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

” އެއްވެސް ކަމެއްނުވޭ. ބުރަކި ހިފި ގޮތުން ޝިފާ އައިސް ތަތްވީ. އެނޫންކަމެއްނޫން. އަނެއްކޮޅުން އިމާނަށް އެނގޭނެ އަހަރެން ވަރަށް ރަނގަޅަށް.” އަހަރެން  ބުނީމެވެ.

” އަދިވެސް ނޭނގެދޯ ފުރުޞަތުގެ ބޭނުން ހިފާކަށް. ތިހެން އުޅެގެން ތިހިތުގެ ރިހުމަށް އެއްވެސް ޝިފާއެއް ނުލިބޭނެ.” އިމާން ބަހަކުން ޖަހާލިއެވެ.

” ދެން ތިވާހަކަ ނުދައްކާ. ހިނގާ ސައިބޯން. ވަރަށް ބަނޑުފައި.” އަހަރެން ބޭނުންވީ އެވާހަކަ އިހަށް ހުއްޓާލާށެވެ.

އަހަންނާއި އިމާން އާއި ދިޔައީ ސައިބޯންދިޔައީ ލެމަންގްރާސް އަށެވެ. ސައިބޯން ފެއްޓިތަނާހެން ޝުދޫ ގުޅަން ފެށިއެވެ. އަހަރެން ފޯން ނަގާ  ހިތެއް ނުވިއެވެ. ޝުދޫ އިރުއިރުކޮޅާ ގުޅަމުން ދިޔައެވެ. ހީވަނީ އެހެންފަދަ ކަމެއްވެގެން އުޅޭހެއްނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ފޯނެއް ނުނަގާނަމެވެ. އަހަރެންވެސް އެހާ  ހިތްވަރު ދެރައެއް ނުވާނެއެވެ. ޝުދޫވެސް އަހަރެން ތަޅުވަނީއެވެ. އަހަންނަށްވެސް ޝުދޫ ތަޅުވާލެވިދާނެ ނޫންހެއްޔެވެ؟

” އެހެން އަންހެން ކުދިން ގޮވައިގެން ރެސްޓޯރަންޓްގަ މަޖާކުރަނީ. އެހެން އަންހެން ކުދިން ގޮވައިގެން ދަންވަރު މުޅި މާލެ ކުޑަކޮށް ސައިކަލް ދުއްވަނީ. އެކަމަކު މަމީ ޢާޒިމްގެ ޕްރިންސަސް. މަދެކެޔޯ ޢާޒިމް އެންމެ ލޯބިވަނީ. ހަވް ކުޑް އައި ބިލީވްޔޫ.” އަހަރެން ފޯން ނުނެގުމުން ޝުދޫ ފޮނުވާލި މެސެޖްގައިވަނީ އެހެންނެވެ.

=ނުނިމޭ=

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ޢެދެމޭ އުފާ….(2)

Next

އަވްލީން (4ވަނަ ބައި)

Next
August 29, 2017

އަވްލީން (4ވަނަ ބައި)

Previews
August 28, 2017

ޢެދެމޭ އުފާ….(2)

14 Comments!

  1. Mansha says:
    August 28, 2017 at 8:47 pm

    Mee kon zamaanegge vahakaeh

    1. Ain says:
      August 30, 2017 at 8:34 am

      yaa m also wondering about that

  2. Ahoo says:
    August 28, 2017 at 8:51 pm

    Me first dhw…

  3. Sham says:
    August 28, 2017 at 8:58 pm

    Midhen meehunn vaahaka liyaaaa usool baa.. aharaku part ehh…. kithah aharu vaaneba mivaahaka ah.

  4. 1997women says:
    August 28, 2017 at 9:14 pm

    Dhogeh vaa noon ???????

  5. zuvana Z says:
    August 28, 2017 at 9:43 pm

    varugadha shodhoo ehnu thee. hithah araa kihinakun baavaey mi vaahaka nimeyny.

  6. ??? says:
    August 28, 2017 at 10:39 pm

    Pls thankohleh concert reethi kobala aa me non irege vaahakaeh bt hope rangahlu kuraanekamah all the best ❤

  7. Shifu says:
    August 29, 2017 at 12:44 am

    Aharaku part eh mihen vaahaka nuliyaa huhtas maa rangalhuvaane

  8. Zainab says:
    August 29, 2017 at 3:10 am

    Varah molhu
    Aharaku part eh
    Vaahaka reethi dhn
    Dhn ekam thi aazim eh gaiga vx firihan bai himanan vejjennu
    Aslu thi sudhoo eh ulhey gothakun vaahaka mathin faadakah foohi vejje
    Thui vumuge bai maa bodu
    Kamaku nudhey

  9. aysha says:
    August 29, 2017 at 3:29 pm

    vaahaka liyan feshithaa 2 yrs ah vure gina dhuvas vee iruves adhi kiriyaa 19th episode, liyan nukereynama vaahaka nihmaalun edhen.

  10. Reet says:
    August 29, 2017 at 11:09 pm

    Kuri ah oththa rangalhu vaane kamah heekuran v.reethi

  11. xoo says:
    August 30, 2017 at 1:17 am

    alhe next part when
    mi story liyamun dhaa goih varah kamudhey
    varah ibaaraih kurumaa bunedhinun reethi
    emme massala eh othee dear writer
    up kohladheyleh las vun
    hope ekan vbx ranglhu kohdheyne kamah

  12. Ain says:
    August 30, 2017 at 8:36 am

    alhe aharak episode eh up kohdhenee ves mi writer..m speechless. but thikuraa hih vara hama saabs.. finihaka dhuveleega dhiya akas vaahka ninmachey..

  13. Sudhooo says:
    September 1, 2017 at 1:15 pm

    Bayye huvaa ????

Comments are closed.

Next Episodeޝުދޫ******* (20)←


All Right Reserved!