ހަވީރުގެ ވަގުތެވެ. ޔުމާނާ އިނީ ފާތުންގެ ގޭގައެވެ. ފާތުންގެ ކޮޓަރީގައެވެ. ޔުމާނާ އެ އައީ ޝައީމް އެދުނު އެދުމާއި އެގެޔަށް ދިޔުމުން ކަންވީގޮތާއި ޝަޔާމާ އަކީ ޔުމާނާ ވަލުތެރެއިން ދުށް އަންހެންކުއްޖާކަން ބުނެދޭށެވެ. ”ކީކޭ” ”ތިބުނީ ވަލުތެރެއިން ދުށް އަނަހެންކުއްޖާއަކީ ޝަޔާމާއޭތަ” ޔުމާނާގެ ވާހަކަތް އަހައިފައި ފާތުންނަށް އަހައިލެވުނެވެ. ޔުމާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ”އެ މީހާ އެކަމު ކީއްވެ ޝަޔަމާ ދިރިހުރި ވާހަކަ ބުނުމުން ރުޅިއައިސް ޔުމާނާ އަތުގައި ހިފައި ދަމައިފައި ގެއިން ނެރެލީ” […]
ޔުމާނާއާއި ޔުމާނާގެ ބައްޕަ އާދަމްމަނިކު މެންދުރު ބަތްކަނީއެވެ. އާދަމްމަނިކުގެ އެކުވެރި އިބްރާހިމް ސައިކަލުގައި އައިސް އެ ގޭ ދޮށަށް މަޑުކުރިއެވެ. ބޭރު ދޮރުމަތީ ހުރެ ޓަކިދީ ސަލާމްގޮވައިލިއެވެ. އާދަމްމަނިކު ސަލާމްބަލައިގަތެވެ.އަދި ވަންނާށޭ ކިޔައި ގޮވައިލިއެވެ. އިބްރާހިމް ގެޔަށް ވަދެ ކާގެ ދޮށަށް ދިޔައެވެ. ”އަހާނ އބްރާހިމާ ކަލޭތަ” ”އާދޭ ކާން” އާދަމްމަނިކު އެދުނެވެ. ”ނޫނޭ އަހަރެން މިއައީ ވާހަކައެއް ދައްކައިލަން”އިބްރާހިމް ކާގެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީންނެވެ. ”ކޮންވާހަކައެއް” އާދަމްމަނިކަށް އަހައިލެވުނެވެ. ”އަހަރެން ހަމަ ދެންމެއަކު ދެކެފިން މިރަށުން […]
އެހެން ދުވަހެކެވެ. ޔުމާނާ އިނީ އޮފީހުގައެވެ. އޮފީހަށް ޒުވާނަކު އައެވެ. އެއި ޔުމާނާ ކުރިން ދުށް މީހެކެވެ. އެއީ ޔަޝްފާންއާއި އެއްކޮށް ދިޔަ ރެސްޓޯރެންޓެއްގައި އުޅުނު ވެއިޓަރެކެވެ. ”އޭ ތިއީ ލަވްޓްރައިންގަލް ރެސްޓޯރެންޓުގެ ވެއިޓަރެއްދޯ” ”އަހަރެން ދިޔައިމޭ ލަވްޓްރައިންގަލްއަށް ޔަޝްފާންއާއިއެކު” ” ހަނދާންވެއްޖެތަ މަ” ޔުމާނާއެހިއެވެ. އެޒުވާނާ ބޯޖަހައިލިއެވެ. ”ކިހިނެތްވެ މިތަނަށް ތި އައީ” ޔުމާނާއަށް އަހައިލެވުނެވެ. ”ޔަޝްފާން އޮފީހަށް ގެންދިޔަރޭ ނޫން އަނެއްރޭ އައްމަޑޭމެން ލަވްޓްރައިންގަލްއަށް އައި” ”ވަރަށް ގިނަ ފައިސާހުރި އެ މީހުންގެ އަތުގައި” […]
ހަވީރުވެއްޖެއެވެ. ޔުމާނާ ހިނގަމުން ހިނގަމުން ކަތީބުގެ ގެޔަށް އާދެވިއްޖެއެވެ. ބޭރު ދޮރާށި ކުޑަކޮށް ހުޅުވައިލައި ބޯ ދިއްކޮށްލައި ޔުމާނާ ސަލާމް ގޮވައިލިއެވެ. އުނދޯލީގައި އިން ޝާދިޔާ ސަލާމް ބަލައިގަތެވެ. ޝާދީޔާ އިނީ ކޮންމެވެސް މީހަކާއި ވާހަކަދައްކައިށެވެ. ޝާދިޔާ ޔުމާނާ އެތެރެއަށް ވެއްދިއެވެ. ”މީ އަހަރެންގެ ވާން އުޅޭ ޅީދަރި ޔުމާނާ” ޝާދިޔާ އޭނަގެ އެކުވެރިޔާއަށް ޔުމާނަ ތަޢާރަފް ކޮށްދިނެވެ. ”އެހެންތަ” ” ހާދަ ރީތި މަންޖެއެކޭދޯ” ޔުމާނާގެ ބޮލުގައި އެމީހާ ފިރުމައިލިއެވެ. ”ޝާދިޔާ އަހަރެން ދެން ގޮސްލާނަން” […]
ކަތީބު އިންނެވީ ޓީވީދޮށުގައި އިހުޒަމާނުގެ ހިންދީ ފިލްމެއް ބަލައިށެވެ. ގޭތެރޭގައި އެހެން މީހަކު ނެތެވެ. ”އައްސަލާމަޢަލައިކުމް” މީހަކު ގޮވައިލިއެވެ. ކަތީބު އެ އަޑަށް ފަހަތްބަލައިލިއެވެ. ދޮރުމަތީގައި ހުރީ ފާތުންނެވެ. ”ފާތުން” ކަތީބު ދޮރުމައްޗަށް އަރައި ހުއްޓުނެވެ. ” މިގެޔަށް ތި އައީ ކީއްކުރަން” ކަތީބު އެއްސެވެ. ”ކަތީބުންނަކީ ސަލާމްބަލައިގަނެ މެހެމާނުން ގެޔަށް ވައްދައި ބައެއްވެސް ނޫންތަ”ފާތުން މަލާމާތުގެ ރާގެއްގައި ބުންޏެވެ. ”ވަޢަލައިކުމުއްސަލާމް” ކަތީބު ސަލާމްބަލައިގަތެވެ. އަދި ފާތުން އެތެރެޔަށް ވެއްދިއެވެ. ”މެހެމާނަކަށް ވާނީ މިގެޔަށް އަންނަން ފާތުންނަށް […]
ތެލި ދޮންނަން އަތިރިމައްޗަށް އައި އަންހެނެކެވެ. އެ އަންހެން މީހާއަށް ފެނުނު މަންޒަރަކުން ތެލި އަތުން ދޫވެއްޖެއެވެ.އެމީހާއަށް ފެނުނީ ސަކީނާގެ ތިން ކުދިން ލައްގައިފައި ވަނިކޮންނެވެ. އެ ހިސާބުގައި ވަރަށް ލޭ ހުއްޓެވެ. އެ މީހާ ހަޅޭއްލަވަމުން ރަށުތެރެއަށް ހިނގައްޖެއެވެ.ސަކީނާ އިނީ ޓީވީދޮށުގައި ނިދިފައެވެ. އެ އަންހެން މީހާ ސަކީނާ ހޭލައްވައި އަވަހަށް މި ޙަބަރުދިނެވެ. ސަކީނާ އަނބުރައިގަތެވެ. ސަކީނައާއި އެ އަންހެން މީހާ އޮފީހަށް ހާޒިރު ކުރެވުނެވެ. ކަތީބު އެކުދިންނަށް ބަލައިލުމުން އެކުދިންގެ މޭމައްޗަށް އެއްޗެއް […]
އޭގެ އަނެއްދުވަހެވެ. ޔުމާނާއާއި ޔުމާނާގެ ބައްޕަ އާދަމްމަނިކު އިނީ ހެނދުނުގެ ނާސްތާކުރާށެވެ. ޔުމާނާ ހިތަށްއެރިއެވެ. ޔަޝްފާންގެ ވާހަކަ ބުނަންވީއެވެ. ”ބައްޕާ ކުރިންދުވަހު ޔަޝްފާން އައި” ޔުމާނާ މިހެން ބުނުމުން އާދަމްމަނިކުގެ ދެލޯ ބޮޑުވިއެވެ. ”އެކަމަކު އަހަރެމެންނަކީ ހަމައެކަނި އެކުވެރިން . އޭނަ އައީ އަހަރެންނަށް އުފަންދުވަހުގެ ހަދިޔާއެއް ދޭން . ނޭނގެ އަހަރެންގެ އުފަންދުވަސް އެނގުނީ ކިހިނެތްކަމެއްވެސް. އޭނަ އަހަރެންނަށް ފޯނެއްދިނީ” ޔުމާނާ ކިޔައިދިނެވެ. ”ތި ފޯނު ގެނެސްބަލަ”އާދަމަމަނިކު އެންގިއެވެ. ޔުމާނާ ބިރުންހުރެ ފޯނު ގެނެސް ބައްޕަ […]
ހެޕީ ބާތްޑޭ ޓޫ ޔޫ ހެޕީ ބާތްޑޭ ޓޫ ޔޫ ހެޕީ ބާތްޑޭ ޑިއަރ ޔުމާނާ ހެޕީ ބާތްޑޭ ޓޫ ޔޫ ޔުމާނާގެ އެކުވެރި ފާތުން ޔުމާނާގެ މޫނުގައި ކުލަ އުނގުޅަނީއެވެ. މިއަދަކީ ޔުމާނާގެ އުފަންދުވަސް ކަމަށްވާތީއެވެ. މިއަދަކީ އަށާވީސް މާރޗެވެ. ޔުމާނާ އޮތީ ނިދައިފައެވެ. ކޮންމެވެސްމީހަކު ކޮންމެވެސް އެއްޗެއް މޫނުގައި އުނގުޅައިހެން ހީވެގެން ހޭލެވިއްޖެއެވެ. ބަލައިލިއިރު ފާތުން ޔުމާނާގެ މޫނުގައި ކުލަ އުނގުޅައި ނިންމައިލީއެވެ. ޔުމާނާ ރުޅިއެއް ނާދެއެވެ. ވީ އުފަލެވެ. ޔުމާނާ ފާޙާނާއަށް ގޮސް […]
ޤާތިލް-1 އާދަމް މަނިކަށް ހޭލެވުނީ ސޯނާގަޑީގެ އެލާރމްގެ އަޑަށެވެ.ގަޑިން ހަތްގަޑިބައެވެ. އާދަމްމަނިކް އެނދުން ތެދުވެ ނިދަންލީ ޓީޝާޓާއި މުންޑު ބާލައި ފެންވަރައިލައި ގަމީހާއި ފަޓުލޫނު ލިއެވެ. އޮފީހަށް ދާން ތައްޔާރުވުމުގެ ގޮތުންނެވެ.އޮފީހަށް ދާން ޖެހެނީ އަށެއް ޖަހާއިރަށެވެ.ގަޑީގައި އަދި ތަންއޮތީތީ އާދަމްމަނިކް ނިންމީ ސައިބޮއިގެން ދިޔުމަށެވެ. އާދަމްމަނިކު ސައިބޯންދިޔައިރު އާދަމްމަނިކުގެ ދަރިފުޅު ޔުމާނާ ކާގޭގައި ސައިހަދައިގެން އިނެވެ. ޔުމާނާއަކީ އާދަމް މަނިކުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އާދަމްމަނިކުގެ އަންހެނުން ނިޔާވިފަހުން އާދަމް މަނިކު ދެވަނަކައިވަންޏެއް ނުކުރެއެވެ. ޔުމާނާއަށް […]