ޤާތިލް
ޤާތިލް-1
އާދަމް މަނިކަށް ހޭލެވުނީ ސޯނާގަޑީގެ އެލާރމްގެ އަޑަށެވެ.ގަޑިން ހަތްގަޑިބައެވެ. އާދަމްމަނިކް އެނދުން ތެދުވެ ނިދަންލީ ޓީޝާޓާއި މުންޑު ބާލައި ފެންވަރައިލައި ގަމީހާއި ފަޓުލޫނު ލިއެވެ. އޮފީހަށް ދާން ތައްޔާރުވުމުގެ ގޮތުންނެވެ.އޮފީހަށް ދާން ޖެހެނީ އަށެއް ޖަހާއިރަށެވެ.ގަޑީގައި އަދި ތަންއޮތީތީ އާދަމްމަނިކް ނިންމީ ސައިބޮއިގެން ދިޔުމަށެވެ. އާދަމްމަނިކު ސައިބޯންދިޔައިރު އާދަމްމަނިކުގެ ދަރިފުޅު ޔުމާނާ ކާގޭގައި ސައިހަދައިގެން އިނެވެ. ޔުމާނާއަކީ އާދަމް މަނިކުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އާދަމްމަނިކުގެ އަންހެނުން ނިޔާވިފަހުން އާދަމް މަނިކު ދެވަނަކައިވަންޏެއް ނުކުރެއެވެ. ޔުމާނާއަށް ދޮންމަންމައެއް ހޯދައިދޭން ބޭނުންނުވާތީއެވެ.ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަނީ ޔުމާނާއެވެ.ޔުމާނާ އަބަދުވެސް ހުންނަނީ ބައްޕަގެ ޙިދުމަތުގައެވެ. އާދަމް މަނިކުއާއި ޔުމާނާ އަކީ މުއްސަނދި ބައެއް ނޫނަސް އާދަމްމަނިކު އަކީ މީހުންގެ ލޯތްބާއި ޤަދަރު ލިބިފައިވާ މީހެކެވެ.
ސަޔަށް ހަދައިފައިހުރީ ޕާނާއި ކުރަމްޕީއެވެ.ދެފޮތިޕާން ކައިލައިގެން ސައިފޮދެއް ބޮއެލައިގެން އާދަމްމަނިކު ހިނގައްޖެއެވެ. އޮފީސް ދުރުކަމުން އާދަމްމަނިކު އަބަދުވެސް އޮފީހަށް ދަނީ އާދަމްމަނިކު ރައްޓެހި އިބްރާހިމްގެ ސައިކަލުފަހަތުގައެވެ.
އާދަމްމަނިކު ދުވަހަކުވެސް ގަޑިޖެހިގެންނެން އޮފީހަކަށް ނާންނާނެއެވެ.ބަރާބަރަށް އޮފީހުގެ މަސައްކަތްކުރެއެވެ. ބޭކާރުއަނގަޔެއްނުތަޅައެވެ. އާދަމްމަނިކަށް އޮފީހުން އާދެވެނީ މެންދުރުވާއިރަށެވެ. ޔުމާނާ އެހާއިރަށް ހުންނަނި ފޫހިވެފައެވެ. ގަޑިން މެންދުރު ދޭކެވެ. އާދަމްމަނިކު އިނީ ޙަބަރު ބަލައިށެވެ. ކައިރީގައި ޔުމާނާވެސް އެބައިނެވެ. އާދަމްމަނިކު އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެކަމަކު ޖެހިގެން ހުރިގެއިން ޖަހަން ފެށި ލަވަގަނޑަކުން އާދަމްމަނިކުގެ ބޮލަށް އުދަނގޫވާގޮތްވިއެވެ. އަދި އެކަމުގެ ސަބަބުން ޙަބަރު އަޑުއެހޭގޮތެއްނުވިއެވެ. އާދަމްމަނިކު ރުޅިއައިސްގެން އެގެޔަށް ހިނގަންޖެއެވެ. ފަހަތުން ޔުމާނާވެސް ދިޔައެވެ. ބައްޕަ ހުއްޓުވާށެވެ.
“އޭތް ކަލޭމެން ތިޔަ ލަވައަޑުމަޑުކޮށްބަލަ!”
ގޭދޮރުމައްޗަށް އަރައި އާދަމްމަނިކު ހަޅޭއްލަވައިގަތެވެ. ޔުމާނާ ބައްޕަގެ ކޮނޑުހިފައި ގެއަށް ހިނގާށޭ އެބަކިޔައެވެ. އާދަމްމަނިކުގެ މިއަޑަށް ލަވަޖަހައިގެން ތިބި އެގޭ ތިންކުދިން ދޮރުމައްޗަށްއައިސް ހުއްޓުނެވެ.
“ކިހިނެތް
ވީ އާދަމްމަނިކުބޭ؟”
“އާދަމްމަނިކުބެޔޭ؟ މަމީ ކަލޭމެންގެ ބޭބެތަ؟ ތިލަވަ އަޑުމަޑުކޮށްބަލަ!”
އާދްމްމަނިކު ރުޅިގަދަވިއެވެ. ރުޅިއައިސް މޫނު ރަތްވިއެވެ. ލަވައެއް އަޑުމަޑެއްނުކުރެވޭނެ ސޮރީ/ދޮށީ އައްމަޑޭ އާދަމްމަނިކުގެ ކޮނޑުގައި އަތްލިއެވެ.
“ލަވައަޑު މަޑުކޮށްގެން އެއްވެސް ފޯރިއެއް ނުހުންނާނެ.”
މިފަހަރު ވާހަކަދެއްކީ އެހެންކުއްޖެކެވެ.
“ކަލޭމެން އެކަންޏެއްނު އަޑުއަހަނީ. ކީއްކުރަން އަޑުބާރުކޮށްބަހައްޓަނީ އަހަރުމެންނަށްއަޑު އިއްވަންދޯ؟”
އާދަމްމަނިކުގެ ރުޅިގަނޑު ކުރިއަށްވުރެންވެސް ގަދަވިއެވެ. މިފަހަރު އާދަމްމަނިކުގެ އަނގައިން ކުޅުވެސްބުރިއެވެ.
“ކޮން ހަޅޭކެއްތަ މިއިވެނީ؟” އާދަމްމަނިކުގެ ހަޅޭކުގެ އަޑަށް އެ ތިން ފިރިހެންދަރިންގެ މަންމަ ސަކީނާ އަވަސް ހިނގުމެއްގައި އެބައާދެއެވެ. ސަކީނާ އަކީ ވަރަށް ފާޑެއްގެ އަންހެނެކެވެ. ދަރިންނަށް އޮންނަނީ މާވަރަކަށް މިނިވަންކަންދީފައެވެ. ދަރިންގެ ކިބައިން އެއްވެސް އައިބެއް ފެންނަކަމަކަށް ނުވެއެވެ.
“ކިހިނެތްވެގެންތަ މިއުޅެނީ؟” ސަކީނާ ދޮރުމައްޗާއި ހަމައަށް އަތުވެއްޖެއެވެ.
“މިއުޅެނީ މިލަވަގަނޑަކާއި ހެދި ޙަބަރު އަޑުނޭހިގެން.” އާދަމްމަނިކު ވެގެން އުޅޭގޮތްކިޔައިދިނެވެ.
“ދެން ތިހެންޏާ އަހަރެންގެ ދަރިންވީ ލަވަ ނުއަހައި ތިބެންތަ؟” ސަކީނާ އާދަމްމަނިކަށްވުރެން މާ ރުޅިގަދަވިއެވެ.
“ލަވަ އަޑުމަޑުކުރެވިދާނެއްނު.” މިފަހަރު އާދަމްމަނިކު ރުޅިގަނޑުގެ ތަންކޮޅެއް ދަށަށް ހިނގައްޖެއެވެ.
“އައްމަޑޭ ދެން އަޑުމަޑުކޮށްއަލަދީބަލަ!” ޔުމާނާ އެދުނެވެ.
“ޔުމާނާ ބުނެފިއްޔާ ޖެހޭނީ އަޑުމަޑުކުރަން. އަޑުމަޑުކުރޭ!” އައްމަޑޭ އެންގިއެވެ.
………………………………………………………………………………………………………………………………….
ހަވީރުވަގުތެވެ. ޔުމާނާ އެދަނީ ފިހާރައަށެވެ. ފައިމަގުގައެވެ. މަޑުމަޑު އާދައިގެ ހިނގުމެއްގައި ހިނިތުންވެ ފިހާރައަށް ދަނިކޮށް ތިން ސައިކަލެއް ފަހަތުން އައިސް ޔުމާނާ ވަށައި ބުރުޖަހަންފެށިއެވެ. ބުރުޖެހުން ހުއްޓިޖެއެވެ.ސައިކަލުތަކުގައި ތިބި މީހުން ސައިކަލުތަކުން ފައިބައިފިއެވެ. ހެލްމެޓް ނަގައިފިއެވެ. އެ ތިންމީހުންނަކީ ސަކީނާގެ ތިންދަރިންނެވެ. އައްމަޑޭ، އިއްސެ އަދި އިއްބެއެވެ.
”ޔުމާނާ ކޮންތާކަށް ތި ދަނީ؟” އައްމަޑޭ އެހިއެވެ.
“ފިހާރައަށް.” ޔުމާނާ ޖަވާބުދިނެވެ.
“އަރައި ސައިކަލުފަހަތަށް. މާ އަވަސްވާނެއްނު.” އައްމަޑޭ ސައިކަލުފަހަތުގައި އަތްޖައްސައިލިއެވެ.
“ޔުމާނާ އަރާނީ މަގޭ ސައިކަލުފަހަތަށް.” ވާހަކަދެއްކީ އިއްސެއެވެ.
“ނޫން މަގޭސައިކަލުފަހަތަށް!” މިފަހަރު ވާހަކަދެއްކީ އިއްބެއެވެ.
“މިދަނީކީ ދުރު ފިހާރައަކަށްނޫން. ދެތިން ފިޔަވަޅެއް އަޅާއިރަށް ހުންނާނީ ޖެހިފައި.”
އަސްލު ޔުމާނާ އެ ދަނީކީއެއް ކައިރިތަނަކަށެއް ނޫނެވެ. ޔުމާނާ އެހެން ބުނީ އެއިން މީހަކާއި އެއްކޮށް ނުދާންވެގެންނެވެ. އައްމަޑޭ ދަތްކުޑި ވިކައިލިއެވެ. އަދި ޔުމާނާ އާއި ވަރަށް ގާތަށް އައެވެ.
“ޔުމާނާ ބުނަންތަ!. މަށަށް ވަރަށް ކަމުދޭ ޔުމާނާ!” އައްމަޑޭ ޔުމާނާގެ ދަތްދޮޅީގައި ހިފައިލިއެވެ.
‘މަށަށްވެސް’ އިއްބެ ޔުމާނާގެ ކޮނޑުގައި ދަތްދޮޅި ކާތައިލިއެވެ.
‘މަށަށްވެސް’ އިއްސެ ފުރަގަހުގައި އަތްލިއެވެ. ޔުމާނާ ހުރީ ވަރަށް ބިރު ގަންފައެވެ.
‘ޔުމާނާގެ އެންމެ މައްސަލައެއް އުޅެނީ މާ ދިގު އިސްތަށިގަނޑު’ އައްމަޑޭ ޔުމާނާގެ އިސްތަށިގަނޑުގައި ހިފިއެވެ.
އައްމަޑޭ އުޅުނީ ސައިކަލު މަޑިން ކަތުރެއް ނަގައިގެން ޔުމާނާގެ އިސްތަށިގަނޑުގައި ހިފައި ކޮށަންވެގެންނެވެ. އެވަގުތު އިސްކޮޅުން ދިގު ބިޔަ ހަށިގަނޑެއް ހުރި ފިރިހެނަކު އައިސް އައްމަޑޭ ހުއްޓުވިއެވެ.އަދި އައްމަޑޭ އަތުގައި އޮތް ކަތުރު އެއްލައިލިއެވެ.؛އެއަށްފަހު ހިންދީ ފިލްމެއްގައިހެން ތެޅުންގަނޑެއް ފެށިއްޖެއެވެ. އެ އެންމެން ބަލިކޮށް ބިންމަށްޗަށް ވައްޓައިލިއެވެ.
އެހިނދުން ޔުމާނާއަށް އެ ޒުވާނާއަކީ ބަޡަލަކަށް ވެއްޖެއެވެ.
‘މަޑުކޮށްބަލަ’ އެޒުވާނާ ދާން އުޅުމުން ޔުމާނާ އޭނަ ހުއްޓުވިއެވެ.
‘ތިއީ ކާކު’ އެޒުވާނާ ގާތަށް ގޮސް ޔުމާނާ އެހިއެވެ. ޔުމާނާ އެހެން އެހުމުން އެ ޒުވާނާ ހުރީ ހައިރާންވެފައެވެ.
‘ޔަޝްފާން’ އެ ޒުވާނާ ޖަވާބުދިނެވެ.
‘ޔުމާނާ’ ޔުމާނާ ތައާރަފްވެލިއެވެ.
ސަކީނާ އިނީ ގޭ އުނދޯލީގައި ގުޑުގުޑާ ބޯށެވެ. އެހެން އިންދައި ދުވެފައި އައި އަންހެނަކު ދިން ޙަބަރަކުން ސަކީނާގެ ދެލޯ ބޮޑުވެއްޖެއެވެ.
………………………………………………………………………………………………………………………..
‘އަހަންނަށް އެނގޭ އަހަރެން ދަރިފުޅު ކަންތަން ކުރީ ރަނގަޅަށް ނޫންކަން’
‘އެކަމަކު އަހަންނަށް އެނގޭ ސަކީނާގެ ދަރީން ކަންތަން ކުރި ރަނގަޅަށް ނޫންކަންވެސް’
ވާހަކަދައްކަމުން ގެންދަނީ ކަތީބެވެ.ކައިރީގައި ޔަޝްފާން އިނެވެ. ޔަޝްފާންއަކީ ކަތީބުގެ ދަރިއެކެވެ.
ޔަޝްފާންގެ އިތުރުން ކަތީބުގެ އެހެންދަރިއަކު ހުރެއެވެ. އެއީ ޔަޝްފާން ކޮއްކޮ ޝިފާއެވެ. ޔުމާނާ، ޔަޝްފާން ،އާދަމްމަނިކުއާއި ސަކީނާ އަދި ސަކީނާގެ ތިންދަރިން އެ ތިބީ އޮފީހަށް ހާޟިރުކޮށްފައެވެ.ޔުމާނާ އިނީ ވަރަށް ބިރުންނެވެ.’
‘މަށަށް އޭރުވެސް އެނގޭ ކަތީބު ތިގޮތަށް ވާހަކަދައްކާނީ/ ކަތީބުގެ ދަރިޔާއި އެއްކޮޅަކަށްނު ކަތީބު ހުންނާނީ’ ”ބަލައިބަލަ އަހަރެންގެ ދަރީންނަށް ޖައްސައިފައި ހުރި ހާލު” ސަކީނާ ސަކީނާގެ ދަރީންނަށް އިޝާރާތް ކުރިއެވެ.
” ސަކީނާގެ ދަރީންގެ ކިބައިން ޔަޝްފާން ޔުމާނާ ސަލާމާތްކުރީ”
”ރަނގަޅު އެއްވެސް މީހަކު އެފަދަ މަންޒަރެއް ފެނުމުން ދެއަތް ފުރަގަހަށް ލައިގެންނެއް ނުހުންނާނެ” ސަކީނާ ކަތީބުއާއި ދިމާލަށް ރުޅި އައިސް އެއްޗެތި ކިޔުއްވި ނަމަވެސް ކަތީބު މަޑުމައިތިރިކަން އިސްކުރެއްވިއެވެ”ކަތީބަކަށް ކަތީބުގެ ތިޔަ ރަންދަރިއެއް ދުވަހަކުވެސް ގޯހެއްނުވާނެ” ”އަޅުގަނޑަކަށް ހިއެއް ނުވޭ ޔަޝްފާން މީހަކު މަރާލިޔަސް ކަތީބަށް ޔަޝްފާން ގޯސްވާނެހެނެއް” ސަކީނާ މިހެން ބުނުމުން ކަތީބު ގޮނޑީން ތެދުވެ އެންމެން ގާތު ދިޔުމަށް އެންގިއެވެ. އާދަމްމަނިކު ދާން އުޅެފައި ޔަޝްފާން ގާތަށް ގޮސް އޭނަގެ ދަރިފުޅު ސަލާމަތްކޮށްދިނީތީ ޝުކުރު އަދާކުރިއެވެ.
ކަތީބު ރޭގަނޑު ކޭންބައްލަވައިގެން ބޭރު އުނދޯލީގައި އިށީނދެއްޖެއެވެ. ކަތީބު އެއިނީ ވަރަށް ބޮޑު ފިކުރެއްގައެވެ. ކޭންބެއްލެވިއިރުވެސް އިނީ ފިކުރެއްގައެވެ. ކަތީބުގެ އަންހެނުން ޝާދިޔާ އައިސް ކަތީބުއަށް އަޑަފިކޮޅު އެރުވިއެވެ ”ކޮން ފިކުރެއްގައިތޯ” ޝާދިޔާ އެހިއެވެ.
”ނުކުރަން ފިކުރެއް”
.ކަތީބު ކުޑަކޮށް ދުފައިލައި ސިގިރޭޓެއް ރޯކޮށްލިއެވެ. …………………………………………………………………………………………………………………………………..
އޭގެ އަނެއް ދުވަހެވެ.
އެހެން ދުވަސްތަކެކޭ އެއްފަދައިން އާދަމްމަނިކު ސައިބޮއެލައިގެން އެކުވެރި އިބްރާހިމްގެ ސައިކަލުފަހަތުގައި އޮފީހަށް އެ ނައްޓައިލީއެވެ.
”ރޭގައި ކިހިނެތްތަވީ/އޮފީހަށް ގެންދިޔައީ” ވަކި ހިސާބަކުން އިބްރާހިމް އާދަމްމަނިކުއާއި ސުވާލުކުރިއެވެ.
އާދަމްމަނިކު ވީގޮތް ކިޔައިދިނެވެ.
”ތިހެން ތިވީ ހަމަ އާދަމްމަނިކުގެ ސަބަބުން”
”މަގޭ ސަބަބުންނޭ” އާދަމްމަނިކު ހައިރާންވިއެވެ. ”އާދްމްމަނިކު މާ ރުޅިގަދައީއްޔެ ” ”ރުޅި އައިސްގެން އެ ދުވަހު އާދަމްމަނިކު އެކުދީންނާއި ދިމާލަށް އެއްޗެހި ކިއީމައި އޭގެ ބަދަލު އެ ގޮއްޔެ ކިބައިން އެ ހިފީ” ”އާދަމްމަނިކު ވާނެ ތި ރުޅި މައިތިރި ކުރަން” ”އަންނަ ރުޅީގައި ކޮންމެކަމެއްވެސް ކުރެވިދާނެ”
”އަނެއްކަ ކުރަން ނުވާވަރުގެ ކަމެއް އާދަމްމަނިކުއަށް ކުރެވުނުތަ ރުޅީގައި”
އިބްރާހިމް މިހެން ބުނުމުން އާދަމްމަނިކުއަށް އިބްރާހިމްއާ ދިމައަށް ބަލައިލެވުނެވެ.
އާދަމްމަނިކު އޮފީހަށްދިޔުމުން ޔުމާނާ ރީތިވެލައިގެން އެ ދަނީ ފިހާރައަށެވެ. ތާކަށް ދާންވީ ކީއްކުރަންހެއްޔެވެ” އެހާ ހޫނުގަދަ ދުވަހެކެވެ. ހޫނުގަދަކަމުން ބޯފިހޭވަރުވެއެވެ.
ފިހާރައަށް އާދެވުމުން އަވަހަށް ފިހާރައަށް ވަދެ އެ ގަންނަން އައި އެއްޗެއް ހުރިތޯ ބަލަންފެށިއެވެ. ޔުމާނާ ދިޔައީ ކޮސްމެޓިކްސް ހުރި ދިމާލަށެވެ. އެ ފިހާރަ އަކީ ކޮސްމެޓިކްސް އާއި ބަދިގެ ސާމާނާއި ރީތިވާ ސާމާނާއި އެކި އެކި ސާމާނު ވިއްކަން ހުރި ފިހާރައެކެވެ.
”ޔުމާނާ” މީހަކު ގޮވައިލި އަޑު އިވިއްޖެއެވެ. ޔުމާނާ ފަހަތް ބަލައިލިއެވެ. އެއީ ޔަޝްފާންއެވެ.
”މިތާ ކީއްތޯ ތި ކުރައްވަނީ” ޔުމާނާ އަދަބުވެރިކަމާއިއެކު އެހިއެވެ.
”ކީއްވެ ތިހާ އަދަބުވެރިކަމާއިއެކު ތި ވާހަކަދައްކަނީ”
”ތިއީ ކަތީބުގެ ދަރިއެއްނޫންތޯ” ޔުމާނާ އަދިވެސް ވާހަކަދައްކަމުން ގެންދިޔައީ އަދަބުވެރިކަމާއިއެކުގައެވެ.
”ކަތީބެއްގެ ދަރިއެއް ވިއްޔާ ތިހާ ޤަދަރުކުރަން ޖެހޭތަ” ޔަޝްފާންއަށް ހުރީ ހެވިފައެވެ.
”ކަތީބަށް ޤަދަރުކުރަންޏާ ކަތީބުގެ ދަރިފުޅަށާއި ކަތީބުގެ މުޅި އާޢިލާއަށް ޤަދަރުކުރަން ޖެހޭނެއްނު” ޔުމާނާ މި ބުނި ވާހަކައަކުން ޔަޝްފާންއަށް ވަރަށް ބޮޑަށް ހެވުނެވެ.
”ކަތީބެއްގެ ދަރިއަކަސް އަހަންނަށް ތިހާ އިއްޒަތް ދޭނެކަމެއްނެތް”
” ކަތީބުއާއި ކަތީބުންގެ ދަރިންނަކީވެސް އިންސާނުންނެއްނޫންތަ”
”އަދިވެސް ނުބުނަމެއްނު މިތާ ތި ކުރަނީ ކީއްކަމެއް” ޔުމާނާ އިސްދަށަށް ޖަހައިލިއެވެ.
”މި އައީ ހޫނުގަދަކަމުން ފިނިބުއިމެއް ގަނެލަން” ޔަޝްފާން އައިސްއަލަމާރި ދޮށަށް ގޮސް ޕެޕްސީ ދަޅެއް ނެގިއެވެ.
”ކީއްވެ ޔަޝްފާން ކުރިން ނުބުނީ” ޔުމާނާ ސައިބޯނި ފުޅިއެއް ނަގައި ޔަޝްފާން ގާތަށް ދިޔައެވެ.
”މިހާރު މި ބުނީނު” ޔަޝްފާންއަކަށް އަސްލު ކުރި ސުވާލެއް ނޭނގުނެވެ.
”މި ބުނީ ކަތީބެއްގެ ދަރިއެއްކަން ކީއްވެހޭ ނުބުނީ” ޔުމާނާ ހުރީ ލަދު ގަންފައެވެ.
”އަހަރެން ހީކުރީ އަހަރެން އެނގޭކަމަށް އެންމެންނަށް” ޔަޝްފާން ކަނދުރާގައި އަތްޖައްސައިލިއެވެ.
”ކަތީބެއްގެ ދަރިއަކަށްވިއަސް އަހަރެންނަށް ޔުމާނާއާއި އެކުވެރިވެވިދާނެއްނު” ޔަޝްފާން ޔުމާނާއަށް އެކުވެރިކަމުގެ އަތްދިއްކޮށްލިއެވެ ޔުމާނާ އެ އަތުގައި ހިފައި ޔަޝްފާންގެ އެކުވެރިކަން ޤަބޫލުކުރިއެވެ. އެކަމަކު ޔުމާނާ ބޭނުން ވަނީކީއްޔެއް އެކުވެރިކަމެއް ނޫނެވެ.
ފިހާރައިން ނުކުމެ އައި މަގުމަތީ އެ ދެމީހުން ވަރަށް ވާހަކަ ދެއްކިއެވެ. އެކަކު އަނެކެއްގެ އާއިލާގެ ވާހަކަޔާއި ހުސްވަގުތު ހޭދަކުރާ ގޮތުގެ ވާހަކަ ދެކެވުނެވެ. ޔުމާނާއަށް ބައްޕަ ގިނަ ވަގުތު އޮފީހުގައި އުޅޭތީ ފޫހިވާ ވާހަކަވެސް ޔަޝްފާން ގާތު ބުނެވިއްޖެއެވެ.
”ފޫހިވަންޏާ އަހަރެން ގެއަށް ޖައްސައިލަން ވީނު އަނގަތަޅައިލަން” ޔަޝްފާން ޙިޔާލެއް ދިނެވެ. ޔުމާނާ ބުނީ ނުކެރޭނެ ކަމަށެވެ.
”އެހެންވީއިރު އަހަރެން ހިނގައިދާނަން ތި ގެއަށް”
ޔުމާނާ އެގޮތެއްވެސް ޤަބޫލެއް ނުވިއެވެ.
”އަހަރެންގެ ފޯނު ނަންބަރު ދީފާނަން” ޔަޝްފާން ގޮތެއް ކަނޑައެޅިއެވެ.
”އަހަރެން ނުގެންގުޅެން ފޯނެއް” ޔުމާނާއަށް ހެވުނެވެ. މަގުމައްޗަކުން ދުއްވާ އެއްޗެއްވެސް ނުދުއްވައެވެ. ހިނގާ މީހަކުވެސް ނޫޅެއެވެ. ހީވަނީ އެ ދެމީހުންނަށްޓަކައި މަގުމަތި ހުސްކޮށް ބާއްވައިފައި އޮތް ހެންނެވެ.
ގޯއްޗާއި ހަމައަށް އާދެވިއްޖެއެވެ. ބައްޕަ ގޭ ޖޯލިފަތީގައި އިންތަން ފެނުމުން ޔުމާނާ ވަރަށް ހައިރާންވިއެވެ. ބައްޕަ އޮފީހުން އެ އައީ ހާދަ އަވަހަކަށެވެ. އޮފީހަށް ނުދަނީ ބާވައެވެ. ނޫނެކެވެ. އޮފީހަށް ދިޔައެވެ. އިބްރާހިމްގެ ސައިކަލުފަހަތުގައި އޮފީހަށް ދަނިކޮށް ދުށީ ޔުމާނާގެ އެ ދެލޮލުންނެވެ. ދެން އެހެންވީއިރު އެހާ އަވަހަށް އެ އައީ ކިހިނެތްވެގެން ބާވައެވެ.
ޔުމާނާ ބައްޕަ ގާތަށް އައެވެ. އާދަމްމަނިކު އިނީ އިސްދަށަށް ޖަހައިގެންނެވެ. ޔުމާނާ އައުމުން އިސްއުފުލައި ބަލައިލިއެވެ.
”ފިހާރައިންތަ ތި އައީ” ޔުމާނާ އެއައީ ފިހާރައިންކަން އާދަމްމަނިކަށް އެނގުނީ ޔުމާނާގެ އަތުގައި އޮތް ކޮތަޅު ފެނުމުންނެވެ.އާދަމްމަނިކުގެ އަޑުން އާދަމްމަނިކު އެއިނީ ވަރަށް ދެރަވެފައިކަން ޔުމާނާއަށް އެނގުނެވެ.
”ކިހިނެތްވީ ބައްޕާ” ޔުމާނާ އެހިއެވެ. ވަޒީފާއިން ވަކިކުރީ ކަމަށް ބުނުމުން ޔުމާނާ ވަރަށް ޝޮކްވިއެވެ.
” އެކަމު ކީއްވެ ” ޔުމާނާއަކަށް ވީގޮތެއްނޭނގުނެވެ.
”ރޭގައި ކަތީބު އޮފީހަށް ގެންދިޔައީމައި”އާދަމްމަނިކު ބުނެދިނެވެ.
”އެކަމަކު ބައްޕަ ކުށެއް އޮވެގެންނެއްނޫނެއްނު އޮފީހަށް ގެންދިޔައީ” ޔުމާނާއަކަށް ނުވިސްނުނެވެ.
”ދަރިފުޅާ/ އޮފީސްފަދަ ތަނަކަށް މީހަކު ގެންގޮސްފިއްޔާ އެމީހެއްގެ ޤަދަރު ވެއްޓޭނެ”
”މީހުން އުޅޭނީ އަވަހަށް އެ މީހަކާއި ދުރުވާން” އާދަމްމަނިކަށް ރޮވުނެވެ. ބައްޕަ ރޯތަން ފެނުމުން ޔުމާނާ ވަރަށް ދެރަވިއެވެ. އަދި އަވަހަށް ބައްޕަގެ ކަރުނަތައް ޔުމާނާ ފޮހެދިނެވެ.
މެންދުރު ނަމާދުން ފައިބައިގެން އާދަމްމަނިކު އެހެންދުވަސްތަކެކޭ އެއްފަދައިން ރައްޓެހިންނާއި ސަލާންކުރަން އަތް ދިއްކޮށްލިއެވެ. އެކަމަކު އެހެންދުވަސްތަކާއި ޙިލާފަށް މިއަދު އާދަމްމަނިކުގެ އެކުވެރި އިބްރާހިމް ނޫނީ އާދަމްމަނިކުއާ ސަލާމެއް ނުކުރިއެވެ.
”ދެރަނުވޭ އާދަމްމަނިކު” ”ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް”
”ދެން ބަލަންވީ ގިނަ ވަގުތު ގޭގައި އެ ގޮއްޔެ އާއި އެކު ހޭދަކުރެވޭތޯ” ”މަށަށް އެނގޭ އެ ގޮއްޔެނުބުންޏަސް ކަލޭ ގިނަ ވަގުތު އޮފީހުގައި އުޅޭތީ ހުންނާނީ ދެރަވެފައިކަން”
އާދަމްމަނިކު މިސްކިތުން ފައިބައިގެން އައިސް ގެއަށް ވަދެ ޔުމާނާގެ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވައިލައި ޔުމާނާ ކުރަނީ ކީއްތޯ ބަލައިލިއެވެ. ޔުމާނާ އިނީ ކުރެހުމެއް ކުރަހާށެވެ. ޔުމާނާ އަކީ ވަރަށް މޮޅަށް ކުރަހައި ކުއްޖެކެވެ. ހުސްވަގުތެއް ވެއްޖިއްޔާ ޔުމާނާ އުޅޭނީ ކޮންމެވެސް ކުރެހުމެއް ކުރަހާށެވެ. ޔުމާނާ ކުރަހައިފައިވާ އެތައް ކުރެހުމެއް އޭނަގެ ކޮޓަރީގައި ހަރުކޮށްފައިވެއެވެ. އާދަމްމަނިކު އެތެރެއަށް ވަދެ ޔުމާނާގެ ކުރިމައްޗަށް އަރައި ހުއްޓިއްޖެއެވެ. އާދަމްމަނިކު އެ ކުރެހުމަށް ބަލައިލިއެވެ.އެ ކުރެހުން ފެނިފައި އާދަމްމަނިކަށް ވަރަށް އަސަރު ކުރިއެވެ. އެއީ ޔުމާނާ އޭނަގެ ބައްޕަޔާއިއެކު އުފާވެރި ވަގުތެއް ހޭދަކުރަމުންދާ މަންޒަރެކެވެ.
”މިއަދުން ފެށިގެން ބައްޕަގެ ހުރިހާ ވަގުތެއް ދަރިފުޅަށް” އާދަމްމަނިކު ޔުމާނާގެ ބޮލުގައި ފިރުމައިލިއެވެ. ޔުމާނާ އުފަލުން ފޮޅުނެވެ.
އެދުވަހަށްފަހު އާދަމްމަނިކު ހުރިހާ ވަގުތެއް ހަމަ ދިނީ އޭނަގެ ދަރިފުޅު ޔުމާނާއަށެވެ. މޫދަށް ދިޔުމާއި ހޮޓާތަކަށް ދިޔުމާއި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއް އޮވެއެވެ. ޔުމާނާގެ ދުނިޔެ މިހާރު ވަރަށް އުފާވެރި އެވެ. އެ ދުނިޔޭގައި އުޅެނީ ޔުމާނާއާއި ޔުމާނާގެ ބައްޕައެވެ.
………………………………………………………………………………………………………….
އެއްދުވަހެއްގެ މެންދުރެއެވެ.
ޔުމާނާއާއި ޔުމާނާގެ ބައްޕަ އާދަމްމަނިކުއާއި އާދަމްމަނިކުގެ އެކުވެރި އިބްރާހިމް މޫދުފެނުން ގައި ތެންމައިލަނީއެވެ. ޔުމާނާއަށް ފަތަމުން ފަތަމުން ބައްޕަޔާއި ފުދޭވަރަކަށް ދުރަށް ދެވިއްޖެއެވެ. ޔުމާނާއަށް ޔަޝްފާންއާއި ދިމާވެއްޖެއެވެ. އެކުގައި އެހެން ސޮރަކު ހުއްޓެވެ. ޔަޝްފާން ޔުމާނާއަށް ގޮވައިލިއެވެ. ޔަޝްފާން ހުރީ ހުސްގަޔާއި ސޯޓަކާއި އެކުކަމުން ޔުމާނާ ލަދުން މޫނު އަނބުރައިލިއެވެ. ޔަޝްފާން ކައިރީގައި ހުރި ކުއްޖާ ހުރީ ޓީޝާޓެއް ލައިގެންނެވެ. އޭނަޔަށް ވީގޮތް އެނގިއްޖެއެވެ. ޔަޝްފާންއަކަށް ނޭނގުނެވެ. އޭނަ ޔުމާނާއަށް ގޮވަމުންދެއެވެ. އެކަމަކު ޔުމާނާ ޖަވާބެއް ނުދީ މޫނު އަނބުރައިލައިގެންއިނީއެވެ.
”ކަލޭ ހުސްގަޔާއި ފެނުމުން ލަދުން އޭނަ އެ އުޅެނީ” ޔަޝްފާންގެ ކަންފަތްދޮށުގައި އޭނަގެ އެކުވެރިޔާ އެހެން ބުނުމުން ޔަޝްފާން އަވަހަށް މޫދުން އެރިއެވެ.
” މިދަނީ ހެދުންލާން” ”އާދެބަލަ ވާހަކަދައްކައިލަން” ޔަޝްފާން އެދުނެވެ. ޔުމާނާ ބައްޕައާއި ދިމައަށް ބަލައިލިއަވެ. ބައްޕަ އުޅެނީ އެހެން ދިމާލެއްގައިއެވެ. އެހެންވެ ބައްޕައަށް ނުފެންނާނެކަން އެނގުމުން ޔުމާނާ ޔަޝްފާން ގާތަށް ހިނގައްޖެއެވެ. ޔަޝްފާން ހެދުންލައިގެން ބޮޑު ފުނަގަހެއްގެ މުލެއްގައި އިށީނދެގެން އިނެވެ. ކައިރީގައި އޭނަގެ އެއްކަލަ އެކުވެރި ސޮރު އިނެވެ. ޔަޝްފާން ޔުމާނާގެ ހާލުއެހިއެވެ. ޔުމާނާ ރަނގަޅުކަމަށް ބުނެ ޖަވާބުދިނެވެ.
”އަޑުއެހިން ޔުމާނާގެ ބައްޕަ ވަޒީފާއިން ވަކި ކުރި ވާހަކަ” ”ދެރަވި ވަރަށް އެ ވާހަކަ އަޑުއަހައިފައި”
”އެކަމު މިއަދު ވަރަށް އުފާވެއްޖެ ޔުމާނާއާއި ޔުމާނާގެ ބައްޕަ އުފަލުގައި އުޅޭތަން ފެނިފައި” ޔަޝްފާން ހުރީ އުފާވެފައެވެ.
”ބައްޕަ ވަޒީފާއިން ވަކިކުރި ފަހުން ކޮންމެ ވަގުތެއް މިހާރު ހޭދަކުރަނީ އަޅުގަނޑާއިއެކު” ޔުމާނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ޔަޝްފާން ހިނިތުންވިއެވެ.
”މިއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ހުސައިން” ޔަޝްފާން ގާތުގައި ހުރި ކުއްޖާ ޔަޝްފާން ޔުމާނާއަށް ތައާރަފް ކޮށްދިނެވެ. އަދި އެ އެކުވެރިޔާ ޔުމާނާއަށް ތައާރަފް ކޮށްދިނެވެ.
”އެންމެ ގާތް އެކުވެރިޔާ އޭ ބުނާއިރު ކުއްޖަކާއި ރައްޓެހިވެގެން އެޅޭއިރުވެސް ނުބުނަމެއްނު” ހުސައިންމިހެން ބުނުމުން ޔުމާނާއަށް އިސްދަށްޖެހުނެވެ.
”މިއީ އަހަރެންގެ އެކުވެރިއެއް” ޔަޝްފާން ބުނެދިނެވެ.
”ސޮރީ” ހުސައިންލަދުގަތެވެ. އަދި ދެމީހުން އެކުވެރިވި ގޮތް އެހިއެވެ. ޔަޝްފާން ޔުމާނާ ފުރަތަމަ ފެނުނު ގޮތާއި ދެވަނައަށް ފެނުނު ގޮތާއި އެކުވެރިވެވުނު ގޮތް ހުސައިންއަށް ކިޔައިދިނެވެ.
ޔުމާނާ ފެންވަރައިލައި ރީތިވެގެން އޭނަގެ އެކުވެރި ފާތުންގެ ގެއަށް ދިޔައެވެ. ޔުމާނާ އައުމުން ފާތުން އުފަލާއިއެކު މަރުޙަބާކިޔެވެ. އަދި އެހާ ގިނަދުވަސްފަހުން އައީތީ ޝަކުވާކުރިއެވެ. ޔުމާނާ ފާތުންނަށް ޔަޝްފާން ފުރަތަމަ ފެނުނުގޮތާއި އެކުވެރިވެވުނުގޮތާއި އަދި މިއަދުގެ ވަހަކަވެސް ކިޔައިދިނެވެ.
”ރީތިތަ ބޮޑީ” ފާތުން ހެވިފައި އަހައިލިއެވެ. ޔުމާނާވެސް އިނީ ހެވިފައެވެ.
”ޔުމާނާއަށް ކަމުދޭދޯ އޭނަ” ފާތުން އަހައިލިއެވެ. ޔުމާނާ ހެވިފައި ބޯޖަހައިލިއެވެ.
”ތީ އަދި މޮޔައެއްނު”
”ކީއްވެތަ މޫނު އަނބުރައިލީ” ”މަ ނަމަ ހަމަ ބަލަހައްޓައިގެން އޮންނާނީ” އަދިވެސް ފާތުން އިނީ ހެވިފައެވެ.
ރޭގަނޑުގެ ވަގުތެވެ.
ޔަޝްފާން އާއި ޔަޝްފާންގެ ކޮއްކޮ ޝިފާ އެ ދަނީ ފިހާރައަކަށެވެ.
”ބޭބޭ ކޮންއިރަކުންތަ ޝިފާއަށް ފަހަރިއެއް ހޯދައިދޭނީ” ވަކި ހިސާބަކަށް ދެވުމުން ޝިފާ އަހައިލިއެވެ.
”ކައިވެންޏެއް ކުރެވޭނީ ލޯބިވާ ކުއްޖަކު ހުރެގެންނެއްނު” ޔަޝްފާން ހުއްޓި ޝިފާއަށް ޖަވާބުދިނެވެ.
”މަންމަމެން ބޭބެ ކައިވެނި އެރޭންޖު ކުރުވައިފިއްޔާޔޯ” ޝިފާ އެހިއެވެ.
”އެހެނެއް ނުހަދާނެ” ޔަޝްފާންއަށް ވަރަށް ޔަގީންކަން އޮތެވެ. ފިހާރަޔަށް އާދެވިއްޖެއެވެ. ޝިފާ ދޮރުހުޅުވައިލައި ބޭބެޔާއިއެކު އެތެރެއަށް ވަނެވެ. ކޮންމެވެސްވަރަކަށް މީހުން އެބައުޅެއެވެ.
”ހުސައިން” ފިހާރައިން ހުސައިން ފެނުމުން ޝިފާ ގޮވައިލިއެވެ. ހުސައިން އެ ދެމީހުންގެ ގާތަށް އައެވެ.
”ބޭބެޔާއި ކޮއްކޮ ޝޮޕިންގ ކޮށްލައި ރެއެއްދޯ” ހުސައިން ސަމާސާ ރާގަކަށް އަހައިލިއެވެ.
”އަހަރެމެން އެހެން ރޭރޭވެސް އަންނަމޭ ހުސައިންއަށް ނުފެންނަނީނު” ޝިފާގެ ހުރީ ސަމާސާ ރާގެއް ނޫނެވެ.
”ކޯންޗެއް ގަންނަން އައިސް ތި އުޅެނީ” ޔަޝްފާން ހުސައިން ކުރެން އެހިއެވެ. ހުސައިން ބުނީ ސެންޓުފުޅިއެއް ކަމަށެވެ. މި ސުވާލު ހުސައިން ޔަޝްފާން އާއިވެސް ކުރިއެވެ. ޔަޝްފާން ބުނީ އޭނަ ޖެލް ގަންނަންކަމަށާއި ކޮއްކޮ މޭކަޕް ސެޓް ތެޅުމުން ކޮއްކޮ އެޔެއް ގަންނަންވެގެންކަމަށެވެ.
”އަންހެނުން އުޅޭނެ މޭކަޕް އާއި ވަރަށް އަޅައިގަނެގެން” ހުސައިން މިހެން ބުނުމުން ޔަޝްފާން ގާތަށް ހިނިއައެވެ.
”ބުނަން އަހަރެމެން އަންހެނުންނާއި ނުބެހޭތި” ”ނޫނީ ފައިވާނުގެ ބާރު ދައްކައިލައިފާނަން” ޝިފާ ފިހާރަ ދޮރުމަތިން ފައިވާން ނަގައި ހުސައިން އާއި ދިމައަށް ދިއްކުރިއެވެ.
”ކޮއްކޯ މައިތިރިވޭ” ޔަޝްފާން އެހެން ބުނުމުން ޝިފާ އަތްތިރިކުރިއެވެ. މީހުން އެބަ ބަލައިކަން އެނގުމުން ޝިފާ ވަރަށް ލަދުގަތެވެ. އަދި އަވަހަށް ގޮސް ފައިވާން ދޮރުމަތީގައި ބޭންދިއެވެ.
މިހާރު ފިހާރައިން އަންނަނީއެވެ. އަންނަ މަގުމަތީ ޝިފާ ހުސައިން އަބަދު އުޅެނީ އަންހެނުންނާއި ބެހެން ކަމަށާއި ރުޅިއަރުވަންކަމަށާއި ހުސައިން ދެކެ ވަރަށް ފޫހިވާ ވާހަކަ ބޭބެ ކައިރީގައި ކިޔެވެ.
”ބޭބެޔަށް ހީވަނީ ކޮއްކޮއަށް ހުސައިން ވަރަށް ކަމުދާހެން” ”ފިހާރައަށް ވަދެ އޭނައަށް ލޯބިކޮށް ގޮވައިލައި މިހާރު ފިހާރައިން ބޭރުވެވުނީމަވެސް އޭނަގެ ވާހަކަ ދައްކައި ދައްކައި ބޭބެގެ ބޮލަށް ތި އުދަނގޫކުރަނީ” ޔަޝްފާން ގާތަށް ހުރީ ވަރަށް ހިނި އައިސްފައެވެ. ޝިފާ މި އަޑަށް ހުނ.. ހަދައިލައި ތުން އަނބުރައިލިއެވެ.
ގެއާއި ހިސާބަށް އާދެވިއްޖެއެވެ. ބޭރު އުނދޯލީގައި ކަތީބުއާއި ކަތީބުގެ އަންހެނުންނާއި އިތުރު މީހަކުއިނެވެ. އެއީ އެގެޔަށް ވަރަށް ގިނައިން އައިސް އުޅޭ މީހެކެވެ.
”މަޑުކޮށްބަލަ” ޔަޝްފާން އާއި ޝިފާ ގޭތެރެއަށް ވަންނަން އުޅުމުން ކަތީބު ގޮވައިލިއެވެ. ޔަޝްފާންއާއި ޝީފާ ހުއްޓުނެވެ. ކަތީބު ޝީފާ ކައިރީ ވަނުމަށް އަދި ޔަޝްފާން ގާތު އައުމަށް އެދުނެވެ.
”ކޮޔާ އިށީނދޭ” ކަތީބު ގާތު އިން މީހާ އެދުނެވެ. އެ މީހާ އިނީ ދުފައިލައި އަނގަރަތް ކޮށްލައިގެންނެވެ.
”އިށީނދޭ ދަރިފުޅާ” ޝާދިޔާ ތެދުވެ ދަރިފުޅަށް ތަންހެދިއެވެ.
”ދަރިފުޅާ މީ ބައްޕަ ރައްޓެހި ކާސިމް” ކަތީބު ޔަޝްފާންއަށް ތައާރަފް ކޮށްދިނެވެ. ޔަޝްފާން އެމީހާޔާއި ސަލާންކޮށްލިއެވެ.
”ކާސިމް އައިސް އެއެނީ އޭނަގެ ދަރިފުޅުގެ ކައިވެނި ދަރިފުޅާއި ކޮށްދެއްވުމަށް އެދި ” ޔަޝްފާން ގަނޑުވިކަހަލައެވެ. އެއްޗެކޭ ނުބުނެ އިރުކޮޅެއްވިއެވެ.
”އަހަރެން އަދި ބޭނުމެއް ނޫން ކައިވެންޏެއް ކުރާކަށް” ޔަޝްފާން އެހެން ބުނުމުން އެންމެން ހައިރާންވިއެވެ. ޔަޝްފާން އެފަދަ ޖަވާބެއް ދޭނެކަމަކަށް އެކަކުވެސް ހިއެއްނުކުރެއެވެ.
”ކަލޭ ބޭނުންހައި އިރަކުން ކައިވެންޏެއް ނުކުރެވޭނެ” ”މިހާރުވެސް މާލަސްވެއްޖެ ” ކަތީބު ރުޅިދުރުވެއްޖެވެ.’
”އެކަމަކު އަހަރެން ނުދަންނަ ލޯބިނުވާ ކުއްޖަކާއި….
”ދަރިފުޅު ކުއްޖަކު ދެކެ ލޯބިވަނީތަ” ޔަޝްފާން ބުނަން އުޅުނު ވާހަކަ މެދުކަނޑައިލައި ޝާދިޔާ ސުވާލުކުރިއެވެ.’
”އަހަރުން ޝާދިޔާ ޔާއި އިނީ ދަނެގެނެއް ލޯބިވެގެންނެއް ނޫން” ”އެކަމަކު އަހަރުން ބަފާ ބުނި ބަހަށް އިނީ ބަފާގެ ބަސްއަހަންވެގެން” ”އެކަމަކު މިޒަމާނުގެ ދަރީންނަކަށް ނޭނގޭނެ އަމަޔެއް ބަފަޔެއްގެ ބަހެއް އަހާކަށް” ކަތީބުގެ ރުޅިގަނޑު ގަދަވިއެވެ.
”ދަރިފުޅު ލޯބިވަނީތަ ކުއްޖެއް ދެކެ” ކުރިން ޖަވާބު ނުލިބުމުން ޝާދިޔާ ސުވާލު ތަކުރާރުކުރިއެވެ. އަދި ކުއްޖެއް ދެކެ ލޯބިވާނަމަ މި ކައިވެނި ނުކުރުވާނެކަމަށް ބުނެދިނެވެ. ޔަޝްފާން އާއެކޭ ބުނެ މަންމައަށް ޖަވާބުދިނެވެ. ޝާދިޔާ ހިނިތުންވި ނަމަވެސް ކަތީބުއާއި ކާސިމް އިނީކީ ހިނިއައިސްފަކަޔެއް ނޫނެވެ. ކަތީބު އެއީ ކޮންކުއްޖެއްތޯ އެހިއެވެ.
”ޔުމާނާ” ޔަޝްފާން ޖަވާބުދިނެވެ. ކަތީބު އިންތަނުން ތެދުވިއެވެ.
”ކަލޭ މޮޔަވީތަ” ”ކައިވެނި ކުރާނީ ކުފޫ ހަމަވާ މީހުންނާ”
”އަދި ކަލޭ ހަނދާންނެތުނީތަ އެ ޔުމާނާއަކާއި ހެދި ކަލޭ އޮފީހަށް ދާންޖެހުނީ” ކަތީބު ރުޅިއައިސް ދަރިފުޅާއދިމާލަށް އެއްޗެތި ކިޔަންފެށިއެވެ. ޝިފާ ހުރީ ސިއްރުން ހުރިހާ ވާހަކައެއް އަޑުއަހައިށެވެ.
”ބޭބޭ ޔުމާނާ އެއީ ކާކު” ޔަޝްފާން ގޭތެރެއަށް ވަނުމުން ޝިފާ އެހިއެވެ. ޔަޝްފާން ބަހެއް ނުބުނެ އިރުކޮޅަކު ހުއްޓި ހުރެފައި ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ.
”ޝިފާޔާއި ބައްދަލުކޮށްދެއްޗެ” ޝިފާ ގޮވައިލިއެވެ.