Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާތިލް-2

Ali Shimhaz Level 110 Stories
December 24, 2020 4 Mins Read
1 Comment

ހެޕީ ބާތްޑޭ ޓޫ ޔޫ   ހެޕީ ބާތްޑޭ ޓޫ ޔޫ

ހެޕީ ބާތްޑޭ ޑިއަރ ޔުމާނާ   ހެޕީ ބާތްޑޭ ޓޫ ޔޫ

ޔުމާނާގެ އެކުވެރި ފާތުން ޔުމާނާގެ މޫނުގައި ކުލަ އުނގުޅަނީއެވެ. މިއަދަކީ ޔުމާނާގެ އުފަންދުވަސް ކަމަށްވާތީއެވެ. މިއަދަކީ އަށާވީސް މާރޗެވެ. ޔުމާނާ އޮތީ ނިދައިފައެވެ.

ކޮންމެވެސްމީހަކު ކޮންމެވެސް އެއްޗެއް މޫނުގައި އުނގުޅައިހެން ހީވެގެން ހޭލެވިއްޖެއެވެ. ބަލައިލިއިރު ފާތުން ޔުމާނާގެ މޫނުގައި ކުލަ އުނގުޅައި ނިންމައިލީއެވެ. ޔުމާނާ ރުޅިއެއް ނާދެއެވެ. ވީ އުފަލެވެ. ޔުމާނާ ފާޙާނާއަށް ގޮސް މޫނު ދޮވެލައިގެން އައެވެ. އައި އިރު ޔުމާނާގެ ބައްޕަ އާދަމްމަނިކު ކޮޓަރީގައި ހުއްޓެވެ. އާދަމްމަނިކު ޔުމާނާއަށް ކުޑަ ޕާރުސަލެއް ދިނެވެ. ޕާރުސަލު ކަނޑައި ބެލިއިރު އޮތީ ފަންސޫރަކާއި  ކުރަހާފޮތެކެވެ. ޔުމާނާ އުފަލުން ބައްޕައަށް ޝުކުރުކުރިއެވެ.    އާދަމްމަނިކު ފާތުންނާއި ޔުމާނާކުރެން ސައިބޯން އައުމަށް އެދުނެވެ.

ކަތީބުގެ ގޭމީހުން ސައިބައްލަވަނީއެވެ.  މުޅި މާހައުލުގައި ވަނީ ހިމޭންކަމެވެ. އެއްވެސް މީހަކު ބަހެއް ނުބުނެއެވެ.

”ދަރިފުޅާ” ކަތީބު ގޮވައިލިއެވެ.   ޔަޝްފާން އަޅައެއްނުލިއެވެ.

”ދަރިފުޅާ ޔަޝްފާން” ދެވަނަފަހަރަށް ގޮވައިލިއެވެ. މިފަހަރު ޔަޝްފާން އިސްއުފުލައި ބައްޕައާއި ދިމަ ބަލައިލިއެވެ.

”ރޭގައި ފަހުން ބައްޕަމެން ވަރަށް މަޝްވަރާކުރިން”

”ދަރިފުޅު ބޭނުންނުވާނަމަ ކާސިމްގެ ދަރިޔަކާއިއެއް  ބައްޕަމެން ދަރިފުޅު ގަދަކަމަކުން ނުދެވާނަން”      ޔަޝްފާންގެ ބައްޕަގެ މިވާހަކަތައް އަޑުއަހައިފައި ޔަޝްފާންއަށް ހިނިތުންވެވުނެވެ.

”ބައްޕަބޭނުން ޔުމާނާއާއި ބައްދަލުކޮށްލަން”       އެކަމަކު މިވާހަކައިން ޔަޝްފާންގެ ހިނިތުން ކެނޑިއްޖެއެވެ. އަދި ހިންދިރުވައިލެވުނެވެ.

”ބައްޕާ އަހަރެންނަކަށް އަދި ނޭނގެ ޔުމާނާގެހިތުގައިވާ އެއްޗެއް”  ”ދުވަސްކޮޅެއްދީ ޔުމާނާ ދަސްކުރަން” ޔަޝްފާން އެދުނެވެ.

”އެންމެ ރަނގަޅު ދުވަސްދީފިން” ”ވިހި ދުވަސް”

”އެހާއިރަށް ޔުމާނާގެ ހިތް ނޭނގުނުނަމަ  ޖެހޭނީ ކާސިމްގެ ދަރިޔާއި އިންނަން”

އެހެން ބުނުމުން ޔަޝްފާން ހައިރާންވިއެވެ. ކާސިމްގެ ދަރިޔަކާއިއެއް ނުދެވާނަމޭ އެ ބުނީ ދެންމެވިއްޔާއެވެ.

”ތީ ކޮން ގޮތެއް” ”ދެންމެއެއްނު ބުނީ….  ބައްޕަ ވާހަކަ އަޑުނާހާކަން އެނގުމުން ޔަޝްފާން ކުރިއަކަށް ނުގެންދިޔައެވެ.

ޝިފާ އެކަނިމާއެކަނި ހިނގައިފައި އެ އަންނަނީ ފިހާރައަކަށް ވަދެލައިގެންނެވެ. އަންނަ މަގުމަތިން ހުސައިން ފެނިގެން ގޮވައިލިއެވެ. ހުސައިން ޝިފާ ގާތަށް ގޮސް ކުޑަކޮށް ވާހަކަދައްކައިލިއެވެ.’

”އޭ ދަންނަންތަ ޔުމާނާ ކިޔާ ކުއްޖެއް”ޝިފާ އަހައިލިއެވެ.  ހުސައިން އެއީ ޔަޝްފާންގެ އެކުވެރިއެކެ ބުނުމުން ޝިފާއަށްހެވުނެވެ.

ޝިފާ ފިހާރައިން އައިސް ގޭތެރެއަށް ވަދެ ބޭބެގެކޮޓަރިއާއި ހަމައަށް ގޮސް ކޮޓަރީގެދޮރު ކުޑަކޮށްހުޅުވައިލިއެވެ.އަދި މީހަކު ބައްދަލުކޮށްލަން އައިސް އެބަހުއްޓޭ ކިޔައި ގޮވައިލިއެވެ.  ޔަޝްފާން ކާކުހޭ އެހުމުން ދޮރު އެއްކޮށް ހުޅުވައިލައި ޝިފާ އެތަނުން ހިނގައްޖެވެ.

ޝިފާޔާއިއެކުގައި އައީ ހުސައިންނެވެ.

ހުސައިން އެތެރެއަށް ވަނެވެ.

”އެންމެ ގާތް އެކުވެރިޔާ އެހެންނު”

”ދެން ކީއްވެތަ ދޮގު ހެދީ”  ”ކީއްވެ ބުނީ ޔުމާނާ އެއީ އެކުވެރިޔެކޭ”

”ކީއްވެ ނުބުނީ އެއީ ހިތާވެގެން އުޅޭ ކުއްޖާއޭ” ހުސައިން ހުރީ ވަރަށް ރުޅި އައިސްފައެވެ.

”އިށީނދެބަލަ” ޔަޝްފާން ހުސައިންގެ އަތުގައި ހިފައި އޭނަ ކައިރީގައި ބޭންދުވިއެވެ. އަދި ހުސައިންގެ  ކަންފަތް ދޮށުގައި ކޮންމެވެސް ސިއްރު ވާހަކައެއް ބުނެފިއެވެ.

ފާތުން އިނީ ސިޓިންގ ރޫމްގައި ޕާރުސަލެއް ހަދައިށެވެ.  ދޮރުގައި މީހަކު ޓަކި ޖަހައި ސަލާން ގޮވައިލި އަޑަށް ފާތުން އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. އަދި ސަލާން ބަލައިގަތެވެ. ދޮރުމަތީގައި ހުރީ ކަތީބެވެ.  ކަތީބު ވަރަށް ގިނައިން އެގެޔަށް ފާތުންގެ ބައްޕަ ގާތަށް އާދެޔެވެ. މިއަދުވެސް އެއައީ ބައްޕަ ހޯދާށެވެ. ކަތީބު ބައްޕަ ކޮބައިހޭ އެހުމުން ފާތުން ގޮސް ބައްޕަޔަށް ގޮވައިލިއެވެ. ބައްޕަ ކޮޓަރިން ނިކުތުމުން ފާތުން ކުރަން އިން މަސައްކަތަށް އެނބުރި ރުޖޫޢުވިއެވެ.’

”ދަރިފުޅު ކޯންޗެއް ތި ހަދަނީ” ފާތުންގެ ބައްޕަ އެހިއެވެ.

”ޕާރުސަލެއް ހަދަނީނު ޔުމާނާގެ އުފަންދުވަސްވީމަ  އާދަމްމަނިކުބެ ނޫނަސް މަވެސް ވާނެއްނު އެއްޗެއް ދޭން” ފާތުން ޖަވާބުދިނެވެ.

ކަތީބު ގޮސް މިވާހަކަ ޔަޝްފާން ކައިރީގައި ދެއްކިއެވެ.

ޔުމާނާ އިނީ ބައްޕަ އެ ދިން ކުރަހާފޮތުގައި ބައްޕަ ދިން ފަންސޫރުން ކުރަހާށެވެ. އާދަމްމަނިކެއް މިވަގުތަކު ގެޔަކު ނޫޅޭއެވެ. މީހަކު ދޮރުގައި ޓަކިޖަހައި އަޑުއިވިއްޖެއެވެ. ސަލާންވެސް ގޮވައިލިއެވެ. ޔުމާނާ ގޮސް ދޮރުހުޅުވައިލިއެވެ. ދޮރުމަތިން ޔަޝްފާން ފެނުމުން ޔުމާނާ ވަރަށް ހައިރާންވިއެވެ. ޤަބޫލެއް ނުކުރެވުނެވެ. ޔުމާނާ ޔުމާނާގެ އަތުގައި ވިކައިލިއެވެ. ހުވަފެނެއްހެން ހީވެގެންނެވެ. އަތުގައި ވިކައިލީމައިވެސް ދޮރުމަތިން ޔަޝްފާން ފެނުމުން މީ ހުވަފެނެއް ނޫން ކަން އެނގިއްޖެއެވެ.  ޔުމާނާ ޔަޝްފާން ގާތު އެތެރެއަށް ވަނުމަށް އެދުނެވެ. ޔަޝްފާން ހުރީ ދެއަތް ފުރަގަހަށް ލައިގެންނެވެ.

”ކޯންޗެއް އަތުގައި” ޔުމާނާ ސުވާލުކުރިއެވެ.    ޔަޝްފާން ހެޕީ ބާތުޑޭ އޭ ކިޔައި އަތުގައި އޮތް  ޕާރުސަލު ދައްކައިލުމުން  ޔުމާނާ ވަރަށް ހައިރާންވިއެވެ. ޔަޝްފާންއަށް  މީ ޔުމާނާގެ އުފަންދުވަސްކަމެއް  އެނގުނީ ކިހިނެތްހެއްޔެވެ.

”ކިހިނެތް އެނގުނީ އަހަރެންގެ އުފަންދުވަސްކަމެއް” ޔުމާނާ ޕާރުސަލުގައި ހިފަމުން އެހިއެވެ.

”އެޔެއް ބަލާނަކަމެއްނެތެއްނު  ކޮބާ ބައްޕަ”  ޔަޝްފާން އެހިއެވެ. ޔުމާނާ ބުނީ ވީ އިބްރާހިމްގެ ގޭގައި ކަމަށެވެ.  އަދި ބައްޕަ އުފަންދުވަހުގެ ހަދިޔާއަކަށް ދިނީ ކޯންޗެއް ހެއްޔޭވެސް ޔަޝްފާން އެހިއެވެ.

”ދިނީ ފަންސޫރަކާއި ކުރަހާފޮތެއް” ޔުމާނާ ޖަވާބުދިނެވެ.

”ޔުމާނާ ކުރަހަންތަ” ޔަޝްފާންއަށް އަހައިލެވުނެވެ.

” އާ ބުނީމެއްނު އެއްކަލަ ދުވަހު ފިހާރައިން އަންނަމުން . ކޮޓަރީގައި ހުންނާނެ ވަރަށް ގިނަ ކުރެހުން އާދޭ ދައްކާނަން” ޔުމާނާއަށް ޔަޝްފާންގެ އަތުގައި ހިފައިލެވުމުން ލަދުގަތެވެ. އަދި އަތް ދޫކޮށްލިއެވެ.  ޔަޝްފާން ޔުމާނާއިއެކުގައި ކޮޓަރިއަށް ވަނެވެ. ޔުމާނާ ބުނި ގޮތަށް ކޮޓަރީގައި ވަރަށް ގިނަ ރީތި ކުރެހުން ހުއްޓެވެ. އިރު އޮއްސޭ މަންޒަރާއި  އިރުއަރައި މަންޒަރާއި މަލާއި ދޫނީގެ ކުރެހުންވެސް ހުއްޓެވެ. އަދި ޔަޝްފާންގެ ލޮލުގައި އަންހެނެއްގެ ތަސްވީރު އަޅައިގަތެވެ.

”މީ ކާކު” ޔަޝްފާން އެ ކުރެހުމަށް އިޝާރާތް ކުރިއެވެ.’

”މަންމަ” ޔުމާނާ އިސްދަށަށް ޖަހައިގެންހުރެ ޖަވާބުދިނެވެ.

”ސޮރީ ” ޔަޝްފާން މާފަށް އެދުނެވެ.

” ޔުމާނާއަށް އަހަރެން ކުރެހިދާނެތަ”  އިރުކޮޅެއް ފަހުން ޔަޝްފާން އަހައިލިއެވެ. ޔުމާނާ ލަދުގަތް ނަމަވެސް ޔަޝްފާން ކުރިމަތީގައި ބައިންދައިގެން އޭނަ ކުރަހަން ފެށިއެވެ. އެކަމަކު ޔަޝްފާން ހިމޭނުން ނީންނާތީވެ ކުރަހަން  އުދަނގުވިއެވެ. އެކަމަކު ޔުމާނާ މަޑުން އިންނާށޭ ހަމަ ބުނާއިރަށް ޔަޝްފާން ހިމޭންވެއްޖެއެވެ. ކުރަހައި ނިމުމުން ޔުމާނާ އެ ކުރެހުން ޔަޝްފާންއަށް ދައްކައިލިއެވެ. ޔަޝްފާން ޔުމާނާގެ ކުޅަދާނަކަން ފެނިފައި ހައިރާންވެ އަންތަރީސްވިއެވެ.

ސަކީނާ އުނދޯލީގައި ގުޑުގުޑާ ބޯން އިނެވެ.އެހެން އިންދައި ފެނުނު މަންޒަރަކުން ސަކީނާގެ އަނގަޔާއި ނޭފަތުން ކޮށިއެރިއެވެ. ސަކީނާއަށް ފެނުނީ ޔަޝްފާން ޔުމާނާގެ ގެއިން ނިކުންނަ ތަނެވެ.

ޔަޝްފާން” ސަކީނާ ގޮވައިލިއެވެ.

”ކަލޭ ތި އުޅެނީ ކޮން ވައްތަރަކަށް  ފުރާނަ ސަލާމަތް ކޮށްދީފައި، އާދަމްމަނިކު ނޫޅޭ ވަގުތެއްގައި އެ ގޭ ހަތަރުފާރުން އެތެރެއަށް ވަދެ ކޮންކަމެއް ކޮށްފައި ތި އައީ” ހެމުން ހެމުން ސަކީނާކިޔެވެ.   ޔަޝްފާން ގާތަށް ވަރަށް ރުޅިއައެވެ.އެހެންނަމަވެސް އެއްޗެކޭ ނުބުނެވެ. ދާން ހިނގައިގަތީއެވެ. އެހެން ދަނިކޮށް ޕާރުސަލެއް ހިފައިގެން އައި އަންހެންކުއަޖަކަށް ޔަޝްފާންގެ ގައިގައި ޖެހިގަނެވިއްޖެއެވެ.

”ސޮރީ” އެ އަންހެންކުއްޖާ މާފަށް އެދުނެވެ. އަދި އެކުއްޖާ ވަރަށް ފަރުވާތެރިކަމާއިއެކު ޔަޝްފާންއަށް ބަލައިލިއެވެ. ޔަޝްފާންއާއި އަޅައިގަތީއެވެ.

އެ އަންހެންކުއްޖަކީ ފާތުންނެވެ. ފާތުން އެއައީ ޔުމާނާއަށް އެ ޕާރުސަލު ދޭށެވެ.

ފާތުން ޔުމާނާ ގާތަށް ގޮސް އަވަހަށް އެ ޕާރުސަލުދިނެވެ. ޔުމާނާ ވަރަށް އުފާވިއެވެ.

ޕާރުސަލު ކަނޑަގަ” ފާތުން އެދުނެވެ.

”ފުރަތަމަ ކަނޑާނީ މި ޕާރުސަލު” ޔުމާނާ ޔަޝްފާން ދިން ޕާރުސަލު ދައްކައިލިއެވެ.

”ތީ ކާކު ދިން ޕާރުސަލެއް”ފާތުން އެހިއެވެ.

”ޔަޝްފާން” ޔުމާނާ ހިނިތުންވެ ޖަވާބުދިނެވެ.

”ދެންމެ މިގެއިން ނިކުމެގެން އެދިޔައީ އޭނަތަ” ފާތުން އެހިއެވެ.  ޔުމާނާ އާއެކޭ ބުނުމުން ފާތުން މާޔޫސްވިއެވެ.    ޔުމާނާ ޕާރުސަލު ކަނޑައި ބެލިއިރު އޭގައި އޮތީ ވަރަށް ރީތި މަޑު ފިޔާތޮށި ކުލައިގެ ފޯނެކެވެ. އަދި ނަންބަރެއް ޖަހައިފައި އޮތް ކަރުދާސް ކޮޅެއް އޮތެވެ.  ޔުމާނާއަށް އެއީ ޔަޝްފާންގެ ނަންބަރުކަން ޔަގީންވިއެވެ.

ފާތުން އެ ގެއިން ދާއިރަށް އާދަމްމަނިކު ގެޔަށް އެ އަންނަނީއެވެ. ސަކީނާގެ ގެއާއި ހިސާބަށް އާދެވުމުން ސަކީނާ އާދަމްމަނިކަށް ގޮވައި ހުއްޓުވިއެވެ. އަދި ޔަޝްފާން އާދަމްމަނިކުގެ ގެއިން ނިކުތް ތަން ފެނުނު ވާހަކަ ކިޔެވެ. އާދަމްމަނިކު ހިތަށް އެރިއެވެ. ޔަޝްފާން އަންނަންވީ ކީއްކުރަން ބާވައެވެ.

”ކީއްކުރަން އޭނަ މިގެޔަށް އަންނަންވީ  އެއީ ކަތީބެއްގެ ދަރިޔެއް އަހަރުމެން ކަހަލަ އާދައިގެ މީހުންގެ ގެއެއްގެ ފުރާޅުގެ ދޮށަށް ވަންނާނެތަ  އެއީ އަހަންނަކާއިވެސް  ޔުމާނާއަކާއިވެސް އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން” އާދަމްމަނިކު ޤަބޫލެއްނުކުރިއެވެ.

”އާދަމްމަނިކުއާ ގުޅުމެއްނެތަސް ޔުމާނާއާއި ގުޅުމެއްވޭ. އެހެންނޫންނަމަ ކީއްވެ ޔުމާނާ ކައިރިން އެއައީ .  ރީތި މާމެލާމެލި ރީތިވާނެ ކޮންމެމީހަކަށްވެސް ކިސަޑުގަނޑެއްގައި ފޮޅުނަސް . މަށަށް ހީވަނީ ޔުމާނާގެ ކޮޓަރިއަށްވެސް  ވަދެފައިހެން އައީ .ވިސްނައިލައިފައި ބުނެބަލަ ޔަޝްފާންފަދަ  ރީތި ޒުވާން ފިރިހެނަކާއި ޔުމާނާ ކަހަލަރީތި އަންހެން ކުއްޖަކު މީހަކު ނޫޅޭ ވަގުތު އެކަނި ކޮޓަރިއެއްގައި ކުރާނީ ކީއް” ސަކީނާ ކިޔެވެ.

”ކޮޓަރިއަށް ވަންނަނިކޮށް ދުށިންތަ” އާދަމްމަނިކު ރުޅިއައިސް އެހިއެވެ.

” ސިޓިންގ ރޫމަކުން އެކުދިންގެ އަޑެއް ނީވޭ. ޓީވީގެ އަޑެއް ނީވޭ .އެހެންވީއިރު އެކުދިންގެ އަޑު އިވޭނެއްނު އެތާތިބިނަމަ. އާނ ތި ގެޔަށް ވަންނަނިކޮށްނެއް ނުދެކެން.އޭރަކު މިތާކު ނެތިންވިއްޔަ. އެކަމު އިރެއްފަހުން ނިކުތްތަން ދުށީމޭ.ކީއްކުރަން އޭނަ އަންނަންވީ ތި ގެޔަށް.ކީއްވެ އެހައި އިރުވީ ތިގޭގައި. ޔުމާނާއާއި ބައްދަލުކުރަން އައިމައެއްނު.. ޔުމާނާވިއްޔަ ގޭގައި އުޅޭނީ” ސަކީނާ ހަލުވިކޮށް އެއްޗެހިކިޔެވެ.

އާދަމްމަނިކު އަވަސް ހިނގުމުގައި ގެޔަށް ގޮސް ޔުމާނާގެ ކޮޓަރީގައި ބާރަށް ތަޅަން ފެށިއެވެ. ޔުމާނާ ދޮރު ހުޅުވިއެވެ.

”ދަރިފުޅާ ޔަޝްފާން އައިތަ” އާދަމްމަނިކު އެހިއެވެ. ޔުމާނާ ބިރުގަތެވެ.

”ނޫން” ޔުމާނާ ދޮގެއްހެދިއެވެ.  ފާތުން ޔުމާނާއަށް ފޯނުބޭނުން ކުރާނެ ގޮތާއި ހުރިހާ އެއްޗެއް ކިޔައިދިނެވެ. ޔުމާނާ ފޯނަށް ފާތުންނާއި އެހެން އެކުވެރިންގެ ނަންބަރުލިއެވެ. އެކަމަކު ފުރަތަމަވެސް ގުޅީ ޔަޝްފާންއަށެވެ. ޔުމާނާ އޮތީ އެނދުމަތީ ދެފައި ދަމައިލައިގެންނެވެ.

ހަލޯ”ޔުމާނާ ފޯނު ކަންފަތުގައި ޖެހިއެވެ.

”ހަލޯ ކާކު” ޔަޝްފާން ހަމަ ގަސްތުގައި ނޭނގޭކަމަށް ހެދީއެވެ.

”ޔުމާނާ” ޔުމާނާ ޖަވާބުދިނެވެ.

”ޔުމާނާއޭ ކާކު ޔުމާނާއަށް ފޯނެއްދިނީ” ޔަޝްފާން ސަމާސާ ކޮށްލިއެވެ.

”ޔަޝްފާނެއްނު” ޔުމާނާއަށް ހެވުނެވެ.

”ކޮބާ ބައްޕަ” ޔަޝްފާން އެހިއެވެ.

”ފާޙާނާގައި”ޔުމާނާ ޖަވާބުދިނެވެ.

”ބައްޕައަށް އެނގޭތަ އަހަރެމެން އެކުވެރިކަން” ޔަޝްފާން އެހެން އެހުމުން ޔުމާނާ ހިމޭންވިއެވެ.  ޔުމާނާ ހިތަށް އެރިއެވެ. ބައްޕައަށް ޔަޝްފާން ނާދޭ ކިޔައި ދޮގު ހެދުނީ ކީއްވެހެއްޔެވެ. ޔަޝްފާން އާއި ޔުމާނާއާއި ދެމެދު އޮތީ އެކުވެރިކަމެވެ.ހަމައެކަނި އެކުވެރިއެއް ގޮތަށް ނުދެކެވޭކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ފަތްގަނޑު ފުރޭތަ 2

Next

ނޭދެމޭ ވަކިވުމެއް-37

Next
December 24, 2020

ނޭދެމޭ ވަކިވުމެއް-37

Previews
December 24, 2020

ފަތްގަނޑު ފުރޭތަ 2

One Comment

  1. Ali Shimhaz says:
    December 25, 2020 at 7:02 pm

    Salaam dear readers. This is the 2nd part of gaathil. Hope you guys like it. Feel free to comment?

Comments are closed.

Next Episodeޤާތިލް-3←


All Right Reserved!