Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

ޤާތިލް-5

Ali Shimhaz Level 110 Stories
January 28, 2021 5 Mins Read
0 Comments

ކަތީބު އިންނެވީ ޓީވީދޮށުގައި އިހުޒަމާނުގެ ހިންދީ ފިލްމެއް ބަލައިށެވެ. ގޭތެރޭގައި އެހެން މީހަކު ނެތެވެ.

”އައްސަލާމަޢަލައިކުމް” މީހަކު ގޮވައިލިއެވެ.

ކަތީބު އެ އަޑަށް ފަހަތްބަލައިލިއެވެ. ދޮރުމަތީގައި ހުރީ ފާތުންނެވެ.

”ފާތުން” ކަތީބު ދޮރުމައްޗަށް އަރައި ހުއްޓުނެވެ.

” މިގެޔަށް ތި އައީ ކީއްކުރަން” ކަތީބު އެއްސެވެ.

”ކަތީބުންނަކީ ސަލާމްބަލައިގަނެ މެހެމާނުން ގެޔަށް ވައްދައި ބައެއްވެސް ނޫންތަ”ފާތުން މަލާމާތުގެ ރާގެއްގައި ބުންޏެވެ.

”ވަޢަލައިކުމުއްސަލާމް” ކަތީބު ސަލާމްބަލައިގަތެވެ. އަދި ފާތުން އެތެރެޔަށް ވެއްދިއެވެ.

”މެހެމާނަކަށް ވާނީ  މިގެޔަށް އަންނަން ފާތުންނަށް ދަޢުވަތު ދިނީއްޔާތަ”

”ހޫން ދެން ބުނެބަލަ ތި އައީ ކީއްކުރަން”ކަތީބު ސުވާލުކުރެއްވިއެވެ.

”މިހާރު ދުވަސްތަކެއްވެއްޖެ ކަތީއްބެ އަޅުގަނޑު ޔަޝްފާންއާއި ދެވައިދޭނަމޭ ބުނުއްވިތާ”  ”އަޅުގަނޑަށް އެނގޭ މިހާރު އެވާހަކަ ދައްކަވައިފަކަން ކަތީއްބެ ވާނީ”    ފާތުން މިހެން ބުނުމުން ކަތީބު އިސްދަށަށް ޖެހިއެވެ. އަދި ދަތްދޮޅީގައި އަތް ކާތާލެއްވިއެވެ.

”މިއަދު މިސްކިތުން އަންނަމުން ފާތުންގެ ބައްޕަޔާއި ދިމާވި ” ”ވަރަށް ނުރުހިފައި ހުރީ ޔަޝްފާންއާއި ފާތުން ދެވަން އުޅޭތީ” ކަތީބު ބުނެދެއްވިއެވެ.

”ބައްޕަ ކިޔައި އެއްޗަކަށް އަޅައިނުލައްވާ ކަތީއްބެ ބުނުއްވާ އެ ކަންތައް ކޮށްދޭނަމޭ”     ކަތީބު ހުންނެވީ އެއްޗެކޭ ނުބުނެ މަޑުންނެވެ.

ހަވީރު ވަގުތެވެ. ޔަޝްފާންއާއި ހުސައިން އިނީ ކެފޭއްގައި ކޮފީއެއް ބޯލައިށެވެ. ޔަޝްފާން އެވަރަށް އަނގަތަޅަމުން ގެންދައިއިރުވެސް ހުސައިން އެ އިނީ އަނގަބައްދައިގެންނެވެ.

”ކިހިނެތް ވެފައި ތި އިނީ ”ޔަޝްފާން އަހައިލިއެވެ.

”ޔަޝްފާންއަށް އެނގޭނެ ކިހިނެތްވެފައިކަން މިއިނީ” ހުސައިން ޖަވާބުދިނެވެ.

”ކީކޭ އަހަންނަށް ކިހިނެތް އެނގޭނީ” ޔަޝްފާން އެހިއެވެ.

”އެނގޭނެ” ހުސައިން ކޮފީފޮދެއް ބޮއެލުމަށްފަހު ކޮފީތަށި ބައިންދައިފައި އިން ތަނުން ތެދުވެ ދާން ހިނގަންފެށިއެވެ                              ‘ހުސައިން” ”ހުސައިން” ޔަޝްފާން ގޮވަމުންދެއެވެ. އެކަމަކު ހުސައިންނެއް އަޅައެއް ނުލައެވެ. މަޑެއްނުކުރިއެވެ. އަދި ފަހަތެއްވެސް ބަލައެއްނުލައެވެ.ހުސައިން އެހެން ދަނިކޮށް ކެފޭއަށް އެކުގައި ވަދުނު ތިން މީހުން ތެރެއިން މީހެއްގެ ގައިގައި ޖެހިގަނެވުނެވެ.

”ސޮރީ” ހުސައިން މައާފަށް އެދުނެވެ.

”އިޓްސް އޯކޭ” އެ މީހާ ބުންޏެވެ. އެ ތިން މީހަކީ ޔަޝްފާންއަށް ޔަޝްއޭ ކިޔައި ވާހަކަދެއްކި ތިން މީހުންނެވެ. އެތިން މީހުން ކެފޭއަށް ވަދެ މޭޒުދޮށެއްގައި އިށީނދެއްޖެއެވެ.  އަދި އެކަކު ވެއިޓަރަށް ގޮވައިލިއެވެ.   ވެއިޓަރު އައުމަން އޭނަ އޯޑަރު ކުރަންފެށިއެވެ.

އެ ތަނުން އެކަކަށް ޔަޝްފާން ފެނިއްޖެއެވެ.

”އެ އިނީ ޔަޝް” ޔަޝްފާންއާއި ދިމާލަށް އޭނަ އިނގިލި ދިއްކުރިއެވެ. އެއާއިއެކު ދެން ތިބި ދެ މީހުންނަށް ބަލައިލެވުނެވެ.

”އޭ ވެއިޓަރު އަހަރެމެންގެ އޯޑަރު އެ މޭޒަށް ގެންދޭ” އޯޑަރު ކިޔަން އިން ކުއްޖާ އެދުނެވެ.

”ކަލޭމެން އޭނަ ދަންނަންތަ” ވެއިޓަރު އެހިއެވެ.

”ދަންނަންހޭ ވަރަށް ދުވަސްވީ އެކުވެރިއެއް އެއީ” އޭނަ ޖަވާބުދިނެވެ.  އެ ތިން މީހުން ޔަޝްފާން އިން މޭޒު ދޮށަށް ހިނގައްޖެއެވެ.  އެ މޭޒުދޮށުގައި ހަތަރު ގޮނޑި އިނެވެ.  އެއް ގޮނޑީގައި އެ އިނީ ޔަޝްފާން އިށީނދެގެންނެވެ.

”ކިހިނެތް ޔަޝް ނުވަތަ ޔަޝްފާން” ގޮނޑީގައި އިށީންނަމުން އޯޑަރު ކިޔަން ފެށި ކުއްޖާ އެހިއެވެ.

ރޭގަނޑުގެ ވަގުތެވެ.

ކަތީބުއާއި ކަތީބުގެ އާޢިލާ ކޭން ބައްލަވަނީއެވެ.

”އަހަރެން ގަސްތުކުރަނީ ޔަޝްފާން ފާތުންނާއި ކައިވެނިކުރުވަން” ކަތީބު މިބުނި ވާހަކައިން އެންމެންނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެންމެންވެސް ހުއްޓުން އެރިއެވެ. ހީވީ އަޅުވައިފައި ހުރި ފިލްމެއްގް މަންޒަރެއް ސްޓަކް ވިހެއްނެވެ.

”އަހަރެން ހަމަ ހައިރާން ވެއްޖެ ”

”ފުރަތަމަ ކާސިމްބެގެ ދަރި ، ދެން  ޔުމާނާއާއި ޤަބޫލުވެފައި މިހާރު އަނެއްކަ ތި ބުނަނީ އެހެން ކުއްޖެއްގެ ވާހަކަ”  ” ބުނަން ބައްޕަ ކޮންމެގޮތަކަށް ގަސްތުކުރިއަސް

އަހަރެން އިންނާނީ ޔުމާނާއާ ” ޔަޝްފާން ގާތަށް ރުޅިއައެވެ.

ޔުމާނާ އެ އޮތީ ކޮޓަރި އެނދުމަތީ އޮށޯވެލައިގެންނެވެ. ކޮންމެވެސް ފިކުރެއްގައިކަން ގައިމެވެ.   އާދަމްމަނިކު ޔުމާނާގެ ކޮޓަރި ދޮރު ހުޅުވައިލައި ކޮޓަރި ތެރެއަށް ވަދެ

ޔުމާނާގެ ގާތަށް ޖެހިލިއެވެ. އަދި ރޭގަނޑުގެ ކެއުމަށް ދަޢުވަތުދިނެވެ.

”ކިހިނެތްވީ” ޔުމާނާގެ ބޮލުގައި ފިރުމައިލައި އާދަމްމަނިކު އެހިއެވެ.

”ބައްޕާ އަޅުގަނޑު ބުނިން ވަލުތެރެއިން ދުށް އަންހެންކުއްޖާއާއިމެދަކު އަޅުގަނޑު ނުވިސްނަމޭ އެކަމަކު އެއީ ދޮގެއް އަޅުގަނޑު ވިސްނަން”

”ބައްޕާ މިވަނީ ކިހިނެތްތަ”  ”އައްމަޑޭވެސް ބުނީ ޔަޝްފާންއަކީ ރަނގަޅު މީހެއްނޫނޭ  މި ނުދަންނަ ގެއްލޭ އަންހެންކުއްޖާވެސް ބުނީ އެއްވާހަކައެއް”

”އެންމެން ކީއްވެ އެހެން ބުނަންވީ” ޔުމާނާއަށް އަހައިލެވުނެވެ.

އާދަމްމަނިކު ތުނބުޅީގައި އަތް ކާތާލިއެވެ. އާދަމްމަނިކަށްވެސް އެކަމާއި ދޭތެރޭ ވިސްނެންފެށިއްޖެއެވެ.

އާ ދުވަހެކެވެ. ރީތި ، އަވިދޭ މަޑުމައިތިރިކޮށް  ދުނިޔެ އޮތް ދުވަހެކެވެ.

ޔުމާނާ އެހެން ދުވަސްތަކެކޭ އެއްފަދައިން ކާގެ ތެރެއާއި ކާތަށިތަކާއި ފެންބޯތަށި ދޮވެ ސާފުކުރަނީއެވެ.

”ދަރިފުޅާ” އާދަމްމަނިކު ގޮވައިލިއެވެ. އާދަމްމަނިކު އޭނަގެ ދަރިފުޅަށް އެހީވާންފެށިއެވެ.

”ބައްޕާ ކީއްތި ކުރަނީ” ޔުމާނާއަށް އަހައިލެވުނެވެ.

”ދަރިފުޅާ ބައްޕަ ނުހުއްޓުވާ  ދަރިފުޅު މީހަކާއި ކައިވެނިވެގެން ދިޔައީމައި ދަރިފުޅެއް ނުހުންނާނެއްނު ބައްޕައަށް ޙިދުމަތްކޮށްދޭކަށް” އާދަމްމަނިކު އަސަރާއިއެކު ބުންޏެވެ.

”އަދި އަހަރެންގެ ކައިވެނިވާ ދުވަސް އަންނާކަށް ނޫޅެއެއްނު ” ”އެދުވަސް އަންނަންދެން ބައްޕަގެ ޙިދުމަތުގައި އަހަރެން ހުރިޔަދީ”  ޔުމާނާ ބައްޕަގެ ގައިގައި ބައްދައިލިއެވެ.

”ބައްޕަ އޮފީހަކަށް ނުދަންތަ” ކުއްލިއަކަށް ހަނދާންވެގެން ޔުމާނާ އެހިއެވެ.

”މިއަދު ހުކުރެއްނު” އާދަމްމަނިކު ޖަވާބުދިނެވެ.

އާދަމްމަނިކު ތުވާލިޖަހައިގެން ހުކުރަށް ދާން ފެންވަރަން ފާޙާނާއަށް ވަދެއްޖެއެވެ. ޔުމާނާ  ބައްޕައަށް ގަމީހެއް އިސްތިރިކުރަނީއެވެ.

ހުކުރު ޖަމާޢަތުން ނިމިގެން ކަތީބު މުހައްމަދު ސަލީމް އެ އަންނަނީ ކޮންމެވެސް ގާތް ރައްޓެއްސަކާއި އަނގަތަޅަމުންނެވެ. ކަތީބު އޭނަ ގޮވައިގެން ގެޔަށް ދިޔައެވެ.

”ޝާދިޔާ” ގޭ ދޮރުމަތީ ހުއްޓި ހުރެ ކަތީބު ގޮވައިލެއްވިއެވެ.

ޝާދިޔާ އަވަހަށް ސަލީމްގެ ގާތަށް ދިޔައެވެ.

”އަހާނ ދުރުވީތޯ”

”ކޮބާ ޔަޝްފާން” ޝާދިޔާ އެހިއެވެ.

”ނޭނގެ  ނާދޭތަ” ސަލީމް އެހިއެވެ.  ޝާދިޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

”މިހިރީ ރަޝީދު އައިސް” ސަލީމް އޭނަގެ އެކުވެރިޔާގެ ކޮނޑަށް އަތްލިއެވެ.

ކަތީބު ރަޝީދު އެ ގެނައީ އޭނަޔާއިއެކު މެންދުރު ކެއުން ޙިއްސާކުރާށެވެ.

އެ ގޭގައި ކެއުމަކަށް ހުރީ ހިކިކޮށް ހަދައިފައިހުރި ކުކުޅެވެ. ސެލެޑެއްވެސް ހުއްޓެވެ.

ޕާޕަރުވެސް ހުއްޓެވެ.   ކަތީބުއާއި ރަޝީދު އަދި ޝިފާ ކާން  އިށީއްދެއްޖެވެ. ޝާދިޔާ އައިސްއަލަމާރިން ބޮޑުކޯކުފުޅިއެއް ނަގައި އެންމެންނަށް ކޯކު އެޅިއެވެ.

”ސަކީނައްތާ  ތިހެން ނީނދެ ކެވޭތޯ ބަލައިބަލަ” ޔުމާނާ ސަކީނާގެ ކޮނޑުގައި އަތްލިއެވެ.

”ދަރިފުޅާ ޔުމާނާ”އާދަމްމަނިކު ގޮވައިލިއެވެ. އާދަމްމަނިކު ގެޔަށް އައިސް ވަދެއްޖެއެވެ.

އާދަމްމަނިކު ހުރީ ހުދުގަމީހަކާއި ހުދު މުންޑެއް އަނދެގެންނެވެ. އަދި ބޮލުގައި ރުމާލެއް އައްސައިފައިވެއެވެ. އާދަމްމަނިކު އައީ އޭނަގެ އެކުވެރި އިބްރާހިމްވެސް ގޮވައިގެންނެވެ.

ޔުމާނާ ބައްޕަޔާއި ބައްޕަގެ އެކުވެރި އިބްރާހިމް ކާން ވެއްދިއެވެ.

”ސަކީނާ” އާދަމްމަނިކު ސަކީނާ ފެނުމުން ގޮވައިލިއެވެ.

”އަޅުގަނޑު މިއައީ ސަކީނައްތަ ކާން ގޮވައިގެން އެކަމަކު ކާކަށްނޫޅޭ” ޔުމާނާ ބުނެދިނެވެ.

އާދަމްމަނިކުއާއި އިބްރާހިމް ކާން އިށީއްދެއްޖެވެ. ކާން ހަދައިފައި ހުރީ ބަތާއި ގަރުދިޔައެވެ. އަދި  ފިހެފައި އޮތް މަހެއް އޮތެވެ.  ޔުމާނާ އައިސްއަލަމާރިން ފަނިޖަގެއްނެގިއެވެ. ޔުމާނާ އެންމެންނަށް ކުއްޅަވައް ފަނި އަޅައިދިނެވެ.

”ޔުމާނާވެސް އިށީންނަންވީނު ކާން” އިބްރާހިމް އެދުނެވެ.

”އައްސަލާމްޢަލައިކުމް” މީހަކު ސަލާމްގޮވައިލިއެވެ.

”ވަޢަލައިކުމުއްސަލާމް”ޔުމާނާ ސަލާމްގެ ޖަވާބުދިނެވެ.

”އައްސަލާމްޢަލައިކުމް” އަނެއްކާވެސް އެމީހަކު ގޮވައިލިއެވެ.

”އަނެއްކާ ކާކުބާ” ޔުމާނާއަށް ބުނެވުނެވެ. ޔުމާނާ ކާގެއިން ނިކުމެ ގެޔަށް ވަންނަ ދޮރާއި ދިމާލަށް ދިޔައެވެ.

”ޔަޝްފާން ” ޔުމާނާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. އާއެކެވެ. ޔުމާނާގެ ގެޔަށް އެ އައި މެހެމާނަކީ ޔުމާނާގެ ލޯބިވެރިޔާއެވެ. ޔުމާނާގެ ވާންއުޅޭ ހަޔާތުގެ ބައިވެރިޔާއެވެ. ޔަޝްފާންއެވެ.  ޔަޝްފާން ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއްލައިގެންނެވެ. ބޮލުގައި އަޅައިފައި އެވައި ހުދުކުލައިގެ ތާކިހަލުން އޭނަ މާ ފުރިހަމަކަމަށް ދައްކައެވެ.                             ”ޔަޝްފާން މިތާ”   ”ހުދުކުލައިގެ ގަމީހުގައި ޔަޝްފާން ވަރަށް ރީތި”  ޔުމާނާ ޔަޝްފާންގެ ގާތަށް ޖެހިލިއެވެ.

”ހުކުރަށް ދިޔައިންތަ” ޔުމާނާ އަހައިލިއެވެ.

” އާނ ހުކުރުން ފައިބައިގެން މިގެޔަށް މިއައީ” ޔަޝްފާން ޖަވާބުދިނެވެ.

”އަސްލުވެސް”ޔުމާނާ ހީނލިއެވެ.

”ދަރިފުޅާ ކާކުތަ” އާދަމްމަނިކު ގޮވައިލިއެވެ.

”ޔަޝްފާން”ޔުމާނާ ގޮވައިލިއެވެ.

”އޭނަ ގެނެބަލަ ކާން” އާދަމްމަނިކު ގޮވައިލިއެވެ. ސަކީނާ އިންތަނުން ތެދުވެއްޖެއެވެ.

”ކިހިނެތްވީ ދާންވީތަ” އާދަމްމަނިކު ސަކީނާ ކުރެން އެހިއެވެ.

” ހިނގާ ކާން ”ޔުމާނާ ޔަޝްފާންގެ އަތުގައި ހިފިއެވެ.  ޔުމާނާ ޔަޝްފާން ގޮވައިގެން އަންނަނިކޮށް ސަކީނާ ކާގެއިން ނުކުމެގެން އެދަނީއެވެ.

”ދަނީތަ” ޔުމާނާ ސަކީނާއާއި ހަމަވުމުން އެހިއެވެ.

”އޭނަ ކީއްކުރަން މިގެޔަށް އައީ” ސަކީނާ ދިޔުމުން ޔަޝްފާން އެހިއެވެ.

”ކިހިނެތްވީ އަހަރެން  ސަކީނައްތަ  މިގެޔަށް ގެނައީއްޔޭ”

”އޭނަޔަށް ކާންދޭން  މިހާރު ސަކީނައްތަ ނުކައި ނުބޮއެ އަބަދު އިންނަނީ ގަބުވެފައި މީހަކާއި އަނގައިންނެއް ނުބުނޭ  މިހުރިހައި ކަމެއްގެ ސަބަބަކީ އޭނަގެ ދަރިން މެރި  ޤާތިލް”

”އަހަންނަށް އެ މީހަކު އެނގިއްޖިއްޔާ އެ މީހަކު ދަން ޖައްސުވާނަން” މިހެން ޔުމާނާ

ބުނުމުން ޔަޝްފާންއަށް ޔަޝްފާންގެ ކަރުގައި އަތްލެވުނެވެ.

ޔަޝްފާން ކާގެޔަށް ވަދެ ކާން އިށީނދެއްޖެއެވެ. ޔުމާނާ ޔަޝްފާންއަށް ފަނި އަޅައިދިނެވެ.

”ޔަޝްފާން ކިހިނެތްތަ” އާދަމްމަނިކު އެހިއެވެ. ޔަޝްފާން ރަނގަޅުކަމަށް ބުނެ ޖަވާބުދިނެވެ.

”ކޮންއިރަކުންތަ ތި ދެކުދިން ކައިވެނިކުރަނީ” އިބްރާހިމް އެހިއެވެ.

”އެކެއް ޑިސެމްބަރުގައި” ޔަޝްފާންއާއި ޔުމާނާ އެއްފަހަރާއި ޖަވާބުދިނެވެ.

”ސަކީނާ ކީއްވެތަ އެ ދިޔައީ” އާދަމްމަނިކުއަށް އަހައިލެވުނެވެ.

”ވެދާނެ އެއީ ޔަޝްފާން އައިކަން އެނގުމުންކަމަށްވެސް” ޖަވާބުދިނީ އިބްރާހިމްއެވެ. މިހެން އިބްރާހިމް ބުނުމުން ޔަޝްފާން އަނގަޔަށް ބަތްސުވާ ލާން އުޅެފައި  އަތް ހުއްޓުނެވެ.

”ސަކީނައްތަގެ ހާލު ފެނިފައި ވަރަށް ދެރަވޭ”  ”ޔަޝްފާންގެ ބައްޕައަކަށް އަދިވެސް އައްމަޑޭމެންގެ ޤާތިލެއް ނުހޯދޭ” ޔުމާނާ މިހެން ބުނުމުން އަނެއްކާވެސް ކުރިން ވި ގޮތް ޔަޝްފާންއަށް ވެއްޖެއެވެ.

”އަހަރެން އެބަ ހިތަށް އަރައި ޔަޝްފާންގެ ބައްޕަޔާއި ވާހަކަދައްކައިގެން އެ މައްސަލަ އަލުން ބަލަން” މިހެން ހަމަ ބުނާއިރަށް ޔަޝްފާން ބަތްސުވާ އަނގަޔަށް ލީ ތަނާއިހެން ކޮށިއަރައިފިއެވެ.

”އާން ފަނިފޮދެއް ބޮއެލައި” ޔުމާނާ ފަނިތަށި ދިއްކޮށްލިއެވެ.   ޔަޝްފާން ކައިނިމިގެން  ޔުމާނާގެއިން އެ ދަނީއެވެ.

”ޔަޝްފާން” ފާތުންނަށް ޔުމާނާ ފެނިގެން ޔަޝްފާން ކުރިމައްޗަށް އައިސް ހުއްޓުނެވެ.

”ޔުމާނާ ގެއިންތަ” ފާތުން އެހިއެވެ.  ޔަޝްފާން ބޯޖަހައިލިއެވެ.

”ބައެއްފަހަރު އަހަރެންގެ ގެޔަށްވެސް ޖައްސައިލަބަލަ”ފާތުން ޔަޝްފާންގެ ދެ ކޮނޑަށް ދެ އަތްލައި ފަހަތުން ގެނެސް އިނގިލިތައް ގުޅުވައިލައި ކަނދުރާގައި ބައްދައިލިއެވެ.

”ފާތުން  ކިހިނެތް ތި އުޅެނީ” ޔަޝްފާން ހިތަހަމަނުޖެހުނެވެ.

”ކިހިނެތްވީ އަހަރެމެން މި އުޅެނީ އިންނާކަށެއްނު” ފާތުންނަށް ވަރަށް ޔަގީންކަން އޮތެވެ.

”ތީ ޔުމާނާގެ އެކުވެރިއެއްނު”

”ޔުމާނާއަށް ވާނެ ގޮތަކާއި ދޭތެރޭ ވިސްނައިލަބަލަ” ޔަޝްފާން ވިސްނައިދެވޭތޯ ބެލިއެވެ.

”ޔުމާނާގެ އެކުވެރިޔަކަށްވިއްޔާ ޔަޝްފާން ދެކެ ލޯތްބެއް ނުވެވޭނެތަ” ފާތުން ގާތަށް ރުޅިއައެވެ.

”އަހަންނަށް ހެޔޮ ފާތުން އަހަރެންދެކެ ލޯބިވިޔަސް  އެކަމު އަހަރެން ގަޔަށް އަތް ނުލާތި”

”އަދި ބުނަން އަހަރެން ފާތުން ދެކެ ލޯތްބެއް ނުވޭ ”  ”އަހަރެން ލޯބިވަނީ ޔުމާނާ ދެކެ އަހަރެން އިންނާނީވެސް އޭނަޔާ” ޔަޝްފާން ގާތަށްވެސް ރުޅިއައެވެ.

”ހުވަފެނަކުންވެސް ތިކަމެއް ނުވާނެ”

”ޔަޝްފާންގެ އަލަތު އަނބިމީހާއަށް ވާނީ އަހަރެން” ”އަހަރެން ޔަޝްފާން އަހަރެންގެ މީހަކަށް ހަދާނަން”

”އެހެންނޫނީ އަހަރެންގެ ނަމަކީ ފާތިމަތު ނަސީރެއްނޫން” ފާތުންގެ ރުޅިގަދަވެއްޖެއެވެ.

”ފާތުންނަށް ކިޔަނީ ފާތިމަތު ނަސީރުތަ” ޔަޝްފާންއަށް އަހައިލެވުނެވެ.

ފާތުން ތުން އަނބުރައިލައިފައި ޔަޝްފާން ގާތުން ދުރަށް ހިނގައްޖެއެވެ.   ޔަޝްފާންއަށް ގޯއްޗާއި ހިސާބަށް އާދެވިއްޖެއެވެ. ބޭރު ދޮރާށި ހުޅުވައިލައި ގެޔަށް ވަދެއްޖެއެވެ.

”ކޮންތާކުން ތިއައީ” ކަތީބު ސިގިރޭޓް ދަމައި ދަމައި އުނދޯލީގައި އިނދެ އިނދެފައި ތެދުވެ ރުޅިއައިސް ޔަޝްފާން ކުރެން އެހިއެވެ.

”ދަރިފުޅާ އައީތަ”

”ކާންވީނު” ކަތީބުގެ ހަޅޭކުގެ އަޑަށް ޝާދިޔާ އައެވެ.

”މި އައީ ޔުމާނާ ގެއިން ކައިގެން” ޔަޝްފާން ޖަވާބުދިނެވެ.

”ޔުމާނާ ގެއިންނޭ މިގޭގައި ކައްކައި އެއްޗިހި މިހާރު ކަމުނުދަނީތަ” ކަތީބު ވަރަށް ރުޅިދުރުވިއެވެ.

”އެއީ އެވަރު ކަމެއްތޯ” ޝާދިޔާ އެހިއެވެ. ކަތީބު ރުޅިވެރިކަމާއިއެކު ޝާދިޔާއަށް ބަލައިލިއެވެ.

”ބައްޕާ ކުޑަވާހަކައެއް ދައްކަން ބޭނުން” ޔަޝްފާންގެ އަޑުން ވާހަކައިގެ ސީރިޔަސްކަން އެނގެއެވެ.

އާދަމްމަނިކު އެ އިނީ މެންދުރު ދޭއްގެ ޙަބަރުބަލައިށެވެ.  ޔުމާނާ އެ ހުރީ ކުޑަދޮރުން ސަކީނާއަށް ބަލައިށެވެ. ސަކީނާ އުނދޯލީގައި މަޑު މަޑުން ޙަރަކާތެއް ނެތި އިނީއެވެ.  އިރުކޮޅެއް ފަހުން ޔުމާނާއަށް ފެނުނީ ސަކީނާގެ ލޮލުން ކަރުނަ ފޭބި ތަނެވެ.

”ބައްޕާ ބައްޕަޔަށް ހީވޭތަ ޔަޝްފާންގެ ބައްޕަ އައްމަޑޭ މެންގެ މައްސަލަ އަލުން ބަލަން އަޅުގަނޑަށް ހުއްދަ ދީފައިނެހެން” ޔުމާނާ ބައްޕަޔާއި ދިމާލާށް އެނބުރިފައި އެހިއެވެ.

އާދަމްމަނިކަށް ޔުމާނާއާއި ދިމައަށް ބަލައިލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 16

Next

ސައިރެން – 11

Next
January 28, 2021

ސައިރެން – 11

Previews
January 28, 2021

އަންނަންދެން ހުންނާނަން ލޯބިން 16



All Right Reserved!