Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާތިލް-6

Ali Shimhaz Level 110 Stories
February 4, 2021 4 Mins Read
0 Comments

ހަވީރުވެއްޖެއެވެ.

ޔުމާނާ ހިނގަމުން ހިނގަމުން ކަތީބުގެ ގެޔަށް އާދެވިއްޖެއެވެ. ބޭރު ދޮރާށި ކުޑަކޮށް ހުޅުވައިލައި  ބޯ ދިއްކޮށްލައި ޔުމާނާ ސަލާމް ގޮވައިލިއެވެ.

އުނދޯލީގައި އިން ޝާދިޔާ ސަލާމް ބަލައިގަތެވެ. ޝާދީޔާ އިނީ ކޮންމެވެސް މީހަކާއި ވާހަކަދައްކައިށެވެ.   ޝާދިޔާ ޔުމާނާ އެތެރެއަށް ވެއްދިއެވެ.

”މީ އަހަރެންގެ ވާން  އުޅޭ ޅީދަރި  ޔުމާނާ” ޝާދިޔާ އޭނަގެ އެކުވެރިޔާއަށް ޔުމާނަ ތަޢާރަފް ކޮށްދިނެވެ.

”އެހެންތަ” ” ހާދަ ރީތި މަންޖެއެކޭދޯ” ޔުމާނާގެ ބޮލުގައި އެމީހާ ފިރުމައިލިއެވެ.

”ޝާދިޔާ އަހަރެން ދެން ގޮސްލާނަން” މިހެން ބުނެ އެމީހާ ހިނގައްޖެއެވެ.

”ޔަޝްފާން ހޯދަންތަ ތި އައީ ”  ޝާދިޔާއެހިއެވެ.  ޔުމާނާ ކަތީބު  ހޯދަންކަމަށް ބުނުމުން ޝާދިޔާ ވަރަށް ހައިރާންވިއެވެ. ޝާދިޔާ ހިތަށް އެރިއެވެ. ޔުމާނާއަށް ކަތީބުގެ ބޭނުންޖެހުނީ  ކޮންކަމަކުބާވައެވެ.                                                                   ”ކަތީބު އެބަ އުޅުއްވާތަ” ޔުމާނާ އެހިއެވެ.

”ފިހާރައަކަށް ދުރުވީ” ޝާދިޔާ ބުނެދިނެވެ.

ކަތީބު ސައިކަލުގައި އެ ދާ މަންޒިލަކަށް އެދަނީއެވެ.

މަންޒިލަށް އާދެވިއްޖެއެވެ.

”އައްސަލާމްޢަލައިކުމް” ކަތީބު ފިހާރައިގެ ދޮރު ހުޅުވައިލުމަށްފަހު  ސަލާމް ގޮވައިލިއެވެ.                       ”ވަޢަލައިކުމުއްސަލާމް”

”އަހާނ ކަތީބު ވަންނަވާ” ފިހާރައިގެ ސޭޓު އަދަބުވެރިކަމާއިއެކު އެދުނެވެ.   ކަތީބު ފައިވާން ބަހައްޓައި ފިހާރައިގެ ތެރެއަށް ފިޔަވަޅު އެޅިއެވެ.

”ކަތީބު މި ފިހާރަޔަށް އައުމުން މިފިހާރަޔަށް މި ލިބުނީ ވަރަށް ބޮޑު ޝަރަފެއް” ފިހާރައިގެ ސޭޓު ހުރީ އުފަލުން ފޮޅިފައެވެ.

”ކަތީބޭ”  ކަތީބުގެ ކަންފަތުގައި ޖެހުނީ އަންހެންކުއްޖެއްގެ އަޑެވެ. އެއީ ކަތީބު ދަންނަ އަޑެކެވެ. ކަތީނު އެނބުރިލިއެވެ.

”ކާސިމްގެ ދަރި ނާޝިދާތަ” ކަތީބު އެއްސެވެ.  ނާޝިދާ އާއެކޭ ބުނމުގެ ގޮތުން ބޯ ޖަހައިލިއެވެ.

”ބައްޕަ ކިހިނެތްތަ” ކަތީބު އެއްސެވެ.

”ކަލޭ ދެކެ ވަރަށް ރުޅި އައިސްފައިހުރީ ޔަޝްފާން އަހަންނާއި ނުދެވައި އާދަމްމަނިކުގެ ދަރިޔާއި ދެވަން އުޅޭތީ” ނާޝިދާ ވާހަކަދެއްކީ ވަރަށް ބޭއަދަބީ ކޮށެވެ.

”ބަލަ ކޮއްކޯ މި ރަށު ކަތީބުއާއި ތި ވާހަކަދެއްކީ”

”ކަތީބުމެންފަދަ ޢިއްޒަތްތެރި ބޭފުޅުންނާއި ވާހަކަދައްކަން އެނގުނު އެންމެ ރަނގަޅު ގޮތަކީ ތީތަ” ފިހާރައިގެ ސޭޓު ހިތްހަމަނުޖެހުނެވެ.    ނާޝިދާ ތުން އަނބުރައިލައިފައި ހިނގައްޖެއެވެ.               ޔުމާނާ އެ އިނީ ކަތީބުމެންގޭ އުނދޯލީގައި ކަތީބު ދުރުވާނެ އިރަކަށް އިންތިޒާރުގައެވެ.

”ބުއިމެއް ގެނެސްދެންތަ” ޝާދިޔާ އެހިއެވެ.  ޔުމާނާ އިންކާރު ކުރިއެވެ.

”ޔުމާނާ މިތާ”ޔަޝްފާން ގޭތެރެއިން ނިކުމެ ޔުމާނާ ފެނުމުން ހައިރާންވިއެވެ.

”މިތާ ކީއްކުރަނީ” ޔަޝްފާން ޔުމާނާގާތަށް ގޮސް އިށީނދެއްޖެއެވެ.

”މި އައީ ޔަޝްފާންގެ ބައްޕަޔާއި ބައްދަލުކުރަން” ޔުމާނާ ޖަވާބުދިނެވެ. ޔަޝްފާންއަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެވެ.

ކަތީބު ދުރުވެއްޖެއެވެ. އަތުގައި ކޮތަޅެއް އޮތެވެ.

ޔުމާނާ އުފާވިއެވެ. އިންތަނުން ތެދުވިއެވެ.

”ޔުމާނާ” ކަތީބު ޔުމާނާ ފެނުމުން ވަރަށް ހައިރާންވިއެވެ.

”ބައްޕާ ޔުމާނާ އެ އިނީ ބައްޕަޔާއި ބައްދަލުކުރަން އައިހޯ” ޔަޝްފާން ބުނެދިނެވެ.

”އަހަންނާއޭ” ކަތީބު ހައިރާންވިއެވެ.

”އާނ ފުދޭވަރަކަށް އިރުވެއްޖެ އޭނަ ކަތީބަށް އިންތިޒާރުކުރާތާ  ހީވަނީ ވަރަށް ބޮޑުކަމެއް ދިމާވެގެންހެން އެ އައީ” ޝާދިޔާ ބުނެދިނެވެ.

”އާނ އަޅުގަނޑު މި އައީ ކަތީބުގާތު ވާހަކައެއް ނަންގަންނަން” ޔުމާނާ ބުނެދިނެވެ.

”ކޮންވާހަކައެއް” ކަތީބު އެއްސެވެ.

”އަޅުގަނޑު ބޭނުން އައްމަޑޭމެންގެ މަރުގެ މައްސަލަ އަލުން ބަލަން” ޔުމާނާ ބިރުންހުރެ އެދުނެވެ.

އެންމެންވެސް އެއްޗެކޭ ނުބުނެ މަޑުން އެކަކު އަނެކަކަށް ބަލަ ބަލައި ހުއްޓެވެ.

”އައްމަޑޭމެންގެ މައްސަލަ އަލުން ބަލާށޭ”

”އެއީ ކީއްކުރަން”

”ހަނދާން ނެތުނީތަ އެމީހުންނަކީ ޔުމާނާގެ ގައިގެ އެތަން މިތާ އަތްލައި ޔުމާނާގެ އިސްތަށިގަނޑު ބުރިކޮށްލަން އުޅުނު މީހުން”

”މަށަށް އިންޒާރު ދިން މީހުން”

”ޔުމާނާ އެ މީހުންނަށް ހަމްދަރުދީވަނީ ކީއްވެ”

”އެފަދަ ނުބައި މީހުންނަށް ވާނީ އެހެން  އެ މީހުންނަށް ހަމަ ވާންވީ ގޮތް އެވީ”   ޔަޝްފާންގެ މިވާހަކަތައް އިވިފައި ޔުމާނާގެ ލޮލުން ކަރުނަ ފޭބިއެވެ.

”ކީކޭ ޔަޝްފާން”

”ވާންވީގޮތޭ”

”ބަލަ އެމީހުން މަރުވީ ޤުދުރަތީ މަރަކުންނެއް ނޫނޭ  މީހަކު ރަޙްމްކުޑަކޮށް މަރައިލީ”

”މަށަށް އެނގޭ އެއީ ރަނގަޅު ބައެއް ނޫންކަން އެކަމަކު މީހުން މެރުމީ ރަނގަޅުކަމެއްތަ” ޔުމާނާއަށް ހަމަ ދެރަވެގެން ކަރުނައެޅެނީއެވެ.

” އެމީހުންގެ މަރަށްފަހު މިހާރު އެ މީހުންގެ މަންމަ އެ އިންނަނީ އެ ކަމުގެ ހިތާމައިގައި ގޭގައި މީހުންނާއި އެކަހެރިވެ އަނގަބަންދުކޮށް ނުކައި ނުބޮއި ގަބުވެފައި”

”ހީވަނީ ދަރިންގެ މަރާއިއެކު މައިމީހާވެސް މަރުވީހެން”   ޔުމާނާގެ މި ވާހަކައިން ޝާދިޔާގެ ދެލޮލުންވެސް ކަރުނައައެވެ.

”އެންމެ ރަނގަޅު އަހަރެން އެ މައްސަލަ އަލުން ބަލާނަން”ކަތީބު ބުނެދެއްވިއެވެ.

”މަޢާފްކުރައްވާ އެކަމަކު އަޅުގަނޑު ކަތީބުގެ ޤާބިލްކަމާއިމެދު ޝައްކުކުރަނީ ކީ ނޫން”

”އަޅުގަނޑު ބޭނުމީ އަޅުގަނޑު އެ މައްސަލަ ބެލުމުގެ ފުރުސަތު ކަތީބު އަޅުގަނޑަށް އެރުވުން” ޔުމާނާ އެދުނެވެ.

”އެންމެ ރަނގަޅު އަހަރެން ތި ފުރުސަތު ދީފިން” ކަތީބު ކުޑަކޮށް ވިސްނައިލަން ހުރެފައި ޔުމާނާއަށް އެ ފުރުސަތު އެރުވިއެވެ.   ޔުމާނާ ވަރަށް އުފާވިއެވެ. އަދި ކަތީބަށް ޝުކުރުއަދާކޮށް ހިނގައްޖެއެވެ.

”ބައްޕާ ކީއްތިކުރީ”

”އޭނަޔަށް ނޭނގެ މައްސަލަބަލަން އެނގޭނެކަމެއްވެސް”

”އަނެއްކަ އެއީ އަންހެންކުއްޖެއްނު”

”އަނެއްކަ މީހުން ކިޔާނީ ކީކޭ ކަތީބުގެ ވާން އުޅޭ ޅީދަރިޔަށް ކަތީބު ކަތީބުކަން ދިނީއްޔޭ”  ޔަޝްފާން ޔަޝްފާންގެ ބައްޕަޔާއި ޝަކުވާކުރިއެވެ.

”އަހަރެންގެ ޅީދަރިއަކަށްވާނީ ފާތުން” ކަތީބު ރުޅި ދުރުވިއެވެ.

”ތި ޙިޔާލް ދޫކޮށްލައިކަށް ނުވޭތަ”

”ކީއްވެތަ ފާތުންނާއި އެ ސޮރު ދެވަން ތިއުޅެނީ”

”އަދި ޔަޝްފާން  ޔަޝްފާންއަށް ކިހިނެތް ތި ވަނީ”

”ބައްޕަ ޔުމާނާއަށް އެފަދަ ޝަރަފެއް ދިނީމައި އުފަލެއްނު ވާންވީ” ޝާދިޔާ ޔަޝްފާންގެ ކޮނޑުގައި ހިފިއެވެ.

”ކަތީބު ކޯންޗެއް ތި ގަތީ” ކަތީބު އަތުގައި އޮތް ކޮތަޅު ފެނިފައި ޝާދިޔާ އެހިއެވެ.

”މިއީ ސިގިރޭޓްފޮށްޓެއް” ކަތީބު ސިގިރޭޓްފޮށި ނަގައި ދައްކައިލިއެވެ.

”ދެން މި އޮތީ ޝިފާއަށް ގެނައި އެއްޗެއް” ކަތީބު އެ ކޮތަޅުން ނޫކުލައިގެ ގަހަނާލައި ވައްތަރު ފޮށްޓެއްނެގިއެވެ.

”ކޮބާ ޝިފާ” ކަތީބު އެހިއެވެ.

” ފެންވަރަން ވަނީ ރައްޓެހިކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއަށް ދާންވެގެން” ޝާދިޔާ ޖަވާބުދިނެވެ.

”އެކަމު މިހާރު ހީވަނީ ނިމިދާނެހެން” ޔަޝްފާން ބުނެދިނެވެ.   ޝިފާ ވަރަށް ރީތި ދަނބު ހެދުމެއްލައިގެން ނިކުމެއްޖެއެވެ.  ހުރީ އުސް ފައިވާނަކަށްވެސް އަރައިގެންނެވެ. ރީތި ދިގު ދެ ކަންފަތުލައިއެއްޗެއްވެސް ލައިގެންނެވެ.

”ދަރިފުޅާ”

”ތެދެއް ޕާޓީއަކަށް ދަނިތަ” ޝިފާގެ ބައްޕަ އެހިއެވެ.  ޝިފާ އާއެކޭ ބުނެ ޖަވާބު ދިނެވެ.

”އެހެންވީމައި ރަނގަޅު ވަގުތަކަށް ދޯ މި މި ގެނެވުނީ”ސަލީމް އެއްކަލަ ފޮށި ހުޅުވައިލިއެވެ. އެތެރޭގައި އޮތީ ރަންފަށެކެވެ.

” ޝުކުރިއްޔާ ބައްޕާ” ޝިފާ އެ ފޮށީގައި ހިފައި ޝުކުރު އަދާކުރިއެވެ. ޝިފާ އުފަލުން ޕާޓީއަށް ދާން އެ ފަށް އެޅިއެވެ.   ޔަޝްފާންއަށް އެ ފަށް ފެނުމުން ދެލޯބޮޑުވެއްޖެއެވެ. ބިރުގަނެއްޖެއެވެ.

ޔުމާނާ އަވަހަށް ސަކީނާގެ ގެޔަށް ގޮސް ސަކީނާގެ ދަރީންގެ މަރުގެ މައްސަލަ ބެލުމުގެ ހުއްދަ ޔުމާނާއަށް ދިން ވާހަކަ ސަކީނާއަށް އެންގިއެވެ.

”ޔު..ޔުމާނާ އަހަރެންގެ ދަ..ދަރިންގެ މައްސަލަ ބަލަނީއްޔޭ” ސަކީނާ ވާހަކަދެއްކިއެވެ. ޔުމާނާއަށް އުފަލުން ސަކީނާގެ ގައިގައި ބައަދައިލެވުނެވެ.

ޝިފާ އުފަލުން ފޮނިވެލައިފައި ޕާޓީއަށް ދަނީއެވެ.

ޕާޓީއަށް އާދެވިއްޖެއެވެ.

ޕާޓީގައި ފުދޭވަރަކަށް ފިރިހެންކުދިންނާއި އަންހެންކުދީން ތިއްބެވެ. ތިބީ ހެދިކާ ކާށެވެ.’

”އުފާވެރި އުފަންދުވަހަކަށް އެދެން ސަމާ” ޝިފާ އޭނަގެ އެކުވެރިޔާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ.  ސަމާ ހުރީ ވަރަށް ރީތި ފިޔާތޮށިކުލައިގެ ހެދުމެއްލައިގެންނެވެ. ކައިރީގައި ބަހައްޓައިފައި އިން މޭޒެއްގައި އުފަންދުވަހުގެ ކޭކު އިނެވެ.  އެއީ ބޮޑު ސްޓޯބެރީކޭކެވެ.

”ކީއްވެ ލަސްވީ” ސަމާ އެހިއެވެ.

”ބަލަ ސަމާ ތީ އަންހެންކުއްޖެއްނު”

”އަންހެންކުއްޖަކަށް އެނގޭނެއްނު އަންހެންކުއްޖަކު ލަސްވާނީ ކީއްވެގެންކަން” ހުސައިން ޕާޓީގައި އިނދެފައި ޝިފާޔާއި ސަމާގެ ގާތަށް އައެވެ.

”ކީއްވެގެން” ސަމާއަށް އަހައިލެވުނެވެ.

”ތަތްވީމައި”

” ތި މީހުން އަންހެނުން ހާދަ ތަތޭ”

”ތާކަށް ދާން ތައްޔާރު ވާންވެސް އެހައި އިރުވާނެ” ހުސައިން މަލާމާތްކޮށްލިއެވެ.

”ހޫނ އެއްކަލަ ހުސައިން ދޯ”

”ކާކު ހުސައިންނަށް މި ޕާޓީއަށް ކިއީ” ޝިފާގާތަށް ރުޅިއައެވެ.

”ސަމާ”

”ސަމާއަކީ އަހަރެންގެވެސް ރައްޓެއްސެކޭ” ހުސައިން ބުނެދިނެވެ.

”ކޮންއިރަކުން ފެށިގެން” ޝިފާއަށް އަހައިލެވުނެވެ.

”އަބަދުވެސް” ހުސައިން ޖަވާބުދިނެވެ.

”ނޫން ހުސައިންނަކަށް އަހަރެން ނޫން އެހެން އަންހެންކުއްޖަކާއި ރައްޓެއްސެއް ނުވެވޭނެ”  ޝިފާ ހުސައިންނާއި ދިމައަށް ޝަހާދަތް އިނގިލި ދިއްކުރިއެވެ.

”ކީކޭ” ހުސައިންނަށް އަހައިލެވުނެވެ.

ޔަޝްފާން ޝިފާގެ ކޮޓަރި ދޮށުގައި ހުރެގެން އެބަ ހިނގައެވެ. މަޑު މަޑުން ވަރަށް ނުކެރިފައި ހުރެފައި ތަޅުގައި ހިފައި ކޮޓަރީ ދޮރުހުޅުވައިލިއެވެ.

”ޝިފާ” ޔަޝްފާން އެތެރެއަށް ވަދެ ކޮއްކޮއަށް ގޮވައިލިއެވެ. ޝިފާ އޮތީ ކޮންމެވެސް އިނގިރޭސި ވާހަކަ ފޮތެއް ކިޔައިށެވެ.

”ބޭބޭ ” ޝިފާވެސް ގޮވައިލިއެވެ. ޕާޓީއިން އައިސް ހެދުން ބަދަލުކުރިކަމުގައިވިޔަސް ޝިފާ ފަށެއް ކަރަކުން ނުނަގައެވެ.

”ތި ފަށް އަދިވެސް ނުބާލަނީތަ” ޔަޝްފާން އެހިއެވެ.

”ބާލައި ހިތެއް ނުވޭ ކިހިނެއްވީ” ޝިފާ އެހިއެވެ.

”ކޮއްކޮ އަތުން ވަރަށް އެއްޗިހި ގެއްލެއެއްނުދޯ ”

”އެހެންވީމައި ބޭބެއަށް ދޭންވީނު ފޮރުވަން” ޔަޝްފާން އެދުނެވެ.

”ނޫން ނުދޭނަން” ޝިފާ ދެކޮޅުހެދިއެވެ.

”މި ބުނީނު ދޭށޭ ” ޔަޝްފާންގެ އަޑުގަދަވިއެވެ.   ޝިފާ ބިރުން މަޑު މަޑުން އަތް ތުރު ތުރުއަޅައި ހާލު ފަށް ނަގައިފައި ބޭބެއަށް ދިނެވެ.

ރޭގަނޑުގެ ވަގުތެވެ. ޔަޝްފާން އާއި ޔަޝްފާންގެ މަންމަޔާއި ބައްޕަ އިނީ ޓީވީދޮށުގައެވެ.

”އައްސަލާމްޢަލައިކުމް” ގޭ ދޮރުމައްޗަށް އަރައި މީހަކު ސަލާމް ގޮވައިލިއެވެ.

”ވަޢަލައިކުމުއްސަލާމް” ގޭމީހުން ސަލާމް ބަލައިގަތެވެ.

”ސަމާ ކަމަކުތަ”ކަތީބު އެހިއެވެ. އާއެކެވެ. އެ ގެޔަށް އެ އައީ ސަމާއެވެ.

”ޝިފާ އެބޯޅެތަ”ސަމާ އެހިއެވެ.

”ކޮޓަރީގައި” ކަތީބު ކޮޓަރިއަށް އިޝާރަތްކުރިއެވެ.  ސަމާ ގޮސް ޝިފާގެ ކޮޓަރިޔަށް ވަނެވެ. ސަމާއަށް ޝިފާ ފެނުމާއިއެކު ޝިފާ އިނީ ވަރަށް ދެރަވެފައިކަން އެނގުނެވެ. މޫނުމަތިން ރޮއެފައި ހުރިކަންވެސް އެނގެއެވެ.

”ޝިފާ ކިހިނެތްވީ” ސަމާ ޝިފާ ގާތަށް ގޮސް އެހިއެވެ.

”މިއަދު ފުރަތަމަފަހަރަށް ޝިފާގެ ބޭބެ ޝިފާއާއި ދިމާލަށް ބާރަށް އެއްޗެކޭ ބުނީ” ޝިފާ ގިސްލަމުން ވީގޮތް ބުނެދިނެވެ.

”ކީކޭ”

”ހާދަ ޤަބޫލުނުކުރެވެޔޭ” ސަމާއަކަށް ޤަބޫލެއްނުކުރެވުނެވެ.

ސަމާ ޝިފާގެ ކޮޓަރިން ނުކުމެއްޖެއެވެ.  ނުކުމެ  މިހާރު އެ ގޯތިން ބޭރަށް ފިޔަވަޅު އަޅަނީއެވެ.

”ސަމާ” ޔަޝްފާން ގޮވައިލިއެވެ. ސަމާ ހުއްޓުނެވެ.

”ހެޕީ ބާތްޑޭ” ޔަޝްފާން ސަމާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ.   ސަމާ ރުޅިވެރިކަމާއިއެކު ޔަޝްފާންއާއި ދިމައަށް ބަލައިލިއެވެ. އޭނަގެ އެކުވެރިޔާ ރޮއްވައިލީތީއެވެ.

ޔުމާނާ ޔަޝްފާން ދެއްކި ވާހަކަތައް ހަނދާންކޮށް ކޮށް ކަރުނަ ބާލަން ކޮޓަރި ނިދާ އެނދުގައި އޮތެވެ. ޔަޝްފާން އެކަހަލަ ވާހަކަތަކެއް ދައްކާނެކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ޔަޝްފާންއަކީ އެކަހަލަ މީހަކަށް ވާނެކަމަކަށް ހިއެއްނުކުރެއެވެ.

ޔުމާނާ ސަކީނާގެ ދަރީންގެ މަރުގެ މައްސަލަ ބަލަންއުޅޭކަމުގެ ޙަބަރު ރަށުތެރޭގައި ފެތުރިއްޖެއެވެ. އަދި ޔަޝްފާން ބުނިފަދައިން މީހުން ފާޑު ފާޑުގެ ވާހަކަދައްކަންފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 20

Next

ނޭދެމޭ ވަކިވުމެއް-43

Next
February 4, 2021

ނޭދެމޭ ވަކިވުމެއް-43

Previews
February 3, 2021

އަންނަންދެން ހުންނާނަން ލޯބިން 20



All Right Reserved!