Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredލޯބި

ޤާތިލް-4

Ali Shimhaz Level 110 Stories
January 16, 2021 5 Mins Read
0 Comments

ތެލި ދޮންނަން އަތިރިމައްޗަށް އައި އަންހެނެކެވެ. އެ އަންހެން މީހާއަށް ފެނުނު މަންޒަރަކުން ތެލި އަތުން ދޫވެއްޖެއެވެ.އެމީހާއަށް ފެނުނީ  ސަކީނާގެ ތިން ކުދިން ލައްގައިފައި ވަނިކޮންނެވެ. އެ ހިސާބުގައި ވަރަށް ލޭ ހުއްޓެވެ. އެ މީހާ ހަޅޭއްލަވަމުން ރަށުތެރެއަށް ހިނގައްޖެއެވެ.ސަކީނާ އިނީ ޓީވީދޮށުގައި ނިދިފައެވެ.  އެ އަންހެން މީހާ     ސަކީނާ ހޭލައްވައި އަވަހަށް މި ޙަބަރުދިނެވެ.  ސަކީނާ އަނބުރައިގަތެވެ.    ސަކީނައާއި އެ އަންހެން މީހާ އޮފީހަށް ހާޒިރު ކުރެވުނެވެ.  ކަތީބު އެކުދިންނަށް ބަލައިލުމުން އެކުދިންގެ މޭމައްޗަށް އެއްޗެއް ހަރައިފައިވާކަން އެނގުނެވެ. އެ ކުދިން ފެނުނު މީހާ އެކުދިން ފެނުނު ގޮތް ކިޔައިދިނެވެ. އަދި އެކުދިން ގެޔަށް ނައިސް އެހައި ގިނައިރުވުމުންވެސް ކަތީބަށް ނޭނގީ ކީއްވެތޯ ސުވާލުކުރިއެވެ. ސަކީނާ ބުނީ އެކުދިން ނާންނާތީވެ ޓިވީދޮށުގައި އެކުދިންގެ އިންތިޒާރުގައި އިންދައި ނިދިޖެހުނީކަމަށެވެ.  ކަތީބު އެ މައްސަލަ ވަރަށް ތަޙްގީގް ކުރިއެވެ. އެކަމަކު އެކަހަލަ ކަމެއް ކުރާނެ މީހަކު ހިތަށްވެސް ނޭރިއެވެ. ސަކީނާ ބުނިގޮތުގައި އެކުދިން އުޅުނީ ކޮންމެވެސް ކަމަކާއި ވަރަށް ބިރުންނެވެ. އެކަމު ކޮންކަމަކާއި ބާވައެވެ.

އެއްފަހަރާއި ހުރިހާ ކުދިން ދުނިޔެދޫކުރުމުން  ސަކީނާއަށް ވަރަށް އަސަރުކުރިއެވެ.  މީހަކާއި އަނގައިން ނުބުނެ އަބަދު އިންނަނީ ގޭތެރޭގައި ގަބުވެފައެވެ. މިހާރު ގުޑުގުޑާ އެއްވެސް ނުބޮއެވެ.  އާދަމްމަނިކުއާއި ޔުމާނާ ސަކީނާގެ ހާލު ފެނިފައި ވަރަށް ދެރަވެއެވެ. ދޭތެރެ ދޭތެރެއިން ސަކީނާ ގާތަށްދެއެވެ.

ދެ ހަފުތާއެއް ފަހެވެ. ޔަޝްފާންއާއި ޔުމާނާ ހެނދުނު ހެނދުނާއި އެ އުޅެނީ ވަލަށް ވަދެގެންނެވެ.  ޔަޝްފާން އިރުކޮޅަކު ޔުމާނާ ގާތު އިނދެފައި އެބަ އަންނަމޭ ކިޔައިފައި  ޔުމާނާއާއި ދުރަށް ހިނގައްޖެއެވެ.

ޔުމާނާ އިނީ ކަނޑައިލައި ވައްޓައިލައިފައި އިން ރުކެއްގައި  އިށީނދެލައިގެންނެވެ.

މިހާރު އެތާ  އިންނަތާ ފުދޭވަރަކަށް އިރުވެއްޖެއެވެ.

ޔުމާނާ \  ޔުމާނާގެ ފުރަގަހުން މީހަކު އޭނަގެ ވާއަތު ކޮނޑުގައި ހިފައި އޭނާޔަށް ގޮވައިލުމުން  ޔުމާނާއަށް އިންތަނުން ތެދުވެ ފަހަތް ބަލައިލެވުނެވެ.  ފަހަތުގައި ހުރީ ރަތްހެދުމެއް ލައިގެން ހުރި ރީތި އަންހެންކުއްޖެކެވެ. ފަން ދިގު އިސްތަށިގަނޑެކެވެ. ވަށް މޫނެކެވެ. މޭކަޕެއް ނެތަސް  ލޯތައް އަޖައިބުވާފަދަ ރީތިކަމެކެވެ.

ތިއީ ކާކު /   މި-މި-މިތާ   ކީއްތިކުރަނީ/  ޔުމާނާއަށް ބިރުން ހުރެ އަހައިލެވުނެވެ.

އަހަރެން އުޅެނީ މިތާ.       އެ އަންހެންކުއްޖާ އެހެން ބުނުމުން ޔުމާނާ ހައިރާންވިއެވެ. އަދި ބިރުވެރިކަން ހިތަށް  ވަނެވެ.

ޔުމާނާ ޔުމާނާ  ތި ރައްޓެހިވެގެން އުޅެނީ ރަނގަޅު މީހަކާއެއް ނޫން . އޭނަ ޔުމާނާއަށް  ލަނޑުދޭނެ. އޭނަ އަހަރެންނަށްވެސް ލަނޑުދިން.

ކީކޭ/ ޔުމާނާއަކަށް އެ އަންހެންކުއްޖާ ދެއްކި ވާހަކައެއް  ޤަބޫލެއް ނުކުރެވުނެވެ.   އަދި ޔަޝްފާން  އާއި  ލައިގެން އެފަދަ   ވާހަކައެއް  އަޑު އިވުމުން ޔުމާނާ ރުޅިއައެވެ.    ރުޅިއައިސްގެން އެ އަންހެންކުއްޖާއާއި ދިމައަށް  އެއްޗެހި ކިޔަންފެށިއެވެ.

ޔަޝްފާންއަށް އާދެވުނީ  އެވަގުތެވެ.

ޔުމާނާ/   ޔަޝްފާން ގޮވައިލިއެވެ.

ޔުމާނާ  ޔަޝްފާންއާއި ދިމައަށް އެނބުރުނެވެ.

ކާކާއި ދިމާލަށް  ތި މާވަރަކަށް އެއްޗެހި ކިޔަނީ/ ޔަޝްފާން ސުވާލުކުރިއެވެ.

މި އަންހެންކުއްޖާއާއި ….   ޔުމާނާ ފަހަތަށް އެނބުރުނު އިރަކު އެ އަންހެންކުއްޖާއެއް ނެތެވެ.  ޔުމާނާ ބިރުގަތެވެ. އެކަމު ބިރުގަތްކަމަކަށް ނުހެދިއެވެ.

ދިޔައީނު/

ޔަޝަފާން އައީމައި  އެ ދިޔައީ/

އަހަރެން އޭނަ ދެއްކި ވާހަކަތައް  ޔަޝްފާންއަށް ކިޔައިދީފާނެތީ/

”ކާކު ކޮންވާހަކައެއް ދެއްކީތަ’

”ތި ވާނީ ވަލުތެރޭގައި ގިނައިރު އުޅުނީމައި ބިރުވެރި ހުވަފެނެއް ފެނުނީކަމަށް”

”ހިނގާ ދަމާ” ޔަޝްފާން ޔުމާނާގެ އަތުގައި ހިފިއެވެ.

”އެކަމަކު”

”ޔަޝްފާން ކޮންތާކުން ތިއައީ”  ޔުމާނާއަށް އަހައިލެވުނެވެ .

”މި އައީ ކުޑަގިފިލިކޮށްލައިގެން”  ޔަޝްފާން ޖަވާބުދިނެވެ.

ޔަޝްފާން ޔުމާނާގެ އަތުގައި ހިފައިގެން ވަލުތެރެއިން ނުކުމެ ޔުމާނާ ގެޔަށް ގެންގޮސްދިނެވެ.

”އައި ލަވް ޔޫ ޔަޝްފާން” ޔުމާނާ ޔަޝްފާންގެ ގައިގައި ބައްދައިލިއެވެ.

”އަހަރެން ދޫކޮށްނުލާތި” ޔުމާނާއަށް ރޮވުނެވެ.  ޔުމާނާއަށް ރޮވުނީ ޔަޝްފާން އޭނަ ދޫކޮށްލައިފާނެޔޭ އޭނަޔަށް ހީވެގެންނެއް ނޫނެވެ. އެކަމަކު ޔަޝްފާންގެ ރަނގަޅުކަން ފެނިފައެވެ.  ޔަޝްފާން ޔުމާނާ ގަޔާއި ވަކިކޮށްލައި ޔުމާނާގެ އެ ކުރަނގި ދެލޮލުން ފޭބި  އެ ޖަންބު ކޯތާފަތް  ތެންމައިލި ކަރުނަތައް ފުހެލައިދީ ޔުމާނާއާއި ދިމާލަށް ބުންޏެވެ”ސާދަވިލޭރޭގެ ހަނދު އަހަރެންނަށް ލިބިފައިވާއިރު އެ ދޫކޮށްލަން އަހަރެން އެދޭނެތަ”

ޔަޝްފާންގެ އެ ޖުމްލައިން ޔުމާނާގެ ހިތަށް އިންތިހާ ދަރަޖައަށް އުފާވެރިކަން ލިއްބައިދިނެވެ. އެ  ޖުމްލައަކީ ދުވަހަކުވެސް ލޯބިވެރިޔަކު އޭނަގެ ލޯބިވެރިޔާއަށް

ބުނުފައިވާނެ ޖުމްލައެއް ހެންނެއް ހިއެއްނުވެއެވެ.  އެއީކީ ވާހަކައަކުން ކިޔައިފައި އޮންނާނެ އަދި ފިލްމަކުން  އަޑުއަހައިފައިވާނެ ޖުމްލައެއްވެސް ނޫނެވެ.

ޔުމާނާއަކީ ކުރިން އޭނައަކީ އެހައި ރީތިމީހެއްކަމަށް ޤަބޫލުކުރި މީހެއް ނޫނެވެ. އެކަމަކު ޔަޝްފާންގެ އެޖުމްލައިން އޭނަގެ ރީތިކަން އަމިއްލައަށް ޤަބޫލުކުރެވުނެވެ. ޔުމާނާ ހިތަށް އެރިއެވެ.  އަހަރެންނަކީ ބޮޑު ނަސީބުވެރިއެކެވެ.ޔަޝްފާންއަކީ ޖަވާހިރެކެވެ.

”އައި ލަވް ޔޫ ޓޫ ” ޔަޝްފާން ޔުމާނާގެ ނިތްކުރީގައި ބޮސްދިނެވެ.

ޔަޝްފާން ދިޔުމުން ޔުމާނާ ޔުމާނާގެ ކޮޓަރިއަށް ވަދެ މޫނުބަލައި ލޯގަނޑު  ކުރިމައްޗަށް އަރައި ހުއްޓިއްޖެއެވެ. ޔުމާނާ ބޭނުންވަނީ ހަމަ އަސްލުވެސް އޭނަ އެހައި ރީތިތޯ ބަލައިލާށެވެ.  ޔަޝްފާންއަށް ޔުމާނާ ހަމަ އެހައި ރީތީ ބާވައެވެ. ނޫނީ އެއީ ޔުމާނާ އުފާކޮށްލަން ކުރި ދޮގު ތައުރީފެއް ބާވައެވެ. އެހެންވިޔަސް އެންމެ ރަނގަޅެވެ. އެ ޖުމްލައިން ޔުމާނާގެ ތުންފަތާއި ހިތް  އުފަލުން ހޭންފެށިއެވެ.   ޔުމާނާ އެނދުމަތީގައި އޮށޯތެވެ. ބޭނުންވަނީ  ޔަޝްފާންގެ ހުވަފެން ދެކޭށެވެ. އަބަދު ކައިރީގައި ވުމަށެވެ.  ހުވަފެނުގެ ޒަރިއްޔާއިން  އަސްލު ޔަޝްފާން ކައިރީގައި ނުވިކަމަކު ޔަޝްފާންގެ ކައިރީގައި ވެވޭނެއެވެ. ހުވަފެނުން ޔަޝްފާން ދުށުމުގެ އުންމީދުގައި ޔުމާނާ ދެލޯމަރައިލިއެވެ. އެކަމަކު ހުވަފެނުން ފެނުނީ ޔަޝްފާންއެއް ނޫނެވެ. ވަލުތެރެއިން ދުށް އަންހެންކުއްޖާއެވެ. ފެންނަނީ އެ ކުއްޖާ  ވާހަކަ ދެއްކި މަންޒަރެވެ. ޔަޝްފާން އައުމުން  އެ އަންހެންކުއްޖާ ގެއްލުނު މަންޒަރެވެ.

ޔުމާނާއަށް ބިރުން ހޭލެވުނެވެ. ޔުމާނާ އިނީ ބިރުން ވިރި ވިރިއެވެ. ޔުމާނާ ކައިރީގައި  އިން ފެންފުޅި ނަގައި ފެންފޮދެއް  ބޮއެލިއެވެ. ފެން ބޮއުނު އިރުވެސް ތުންފަތާއި ދެއަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.

ކޮޓަރި    ދޮރުގައި ކޮންމެވެސްމީހަކު ޓަކިދޭން ފަށައިފިއެވެ.

”ޔުމާނާ” އިވުނީ ދަންނަ އަންހެންއަޑެކެވެ.  ޔުމާނާ ގޮސް ދޮރުހުޅުވައިލިއެވެ.

”ފާތުން ‘ ވަދޭ އެތެރެއަށް” ޔުމާނާ އެދުނެވެ. ފާތުން އެތެރެއަށް ވަނެވެ.

”ކޮބާ އާދަމްމަނިކުބެ” ފާތުން އެހިއެވެ.

”އޮފީހުގައި” ޔުމާނާ ޖަވާބުދިނެވެ.

”އާނ ތެދެކޭ ދޯ  ޔުމާނާ ކިހިނެތްތަ” ފާތުން އަހައިލިއެވެ.

ޔުމާނާ ރަނގަޅުކަމަށް ބުނިކަމަކު ކޮންމެވެސްކަމަކާއި ޔުމާނާ ބިރުގަންފައި އިން ކަން ފާތުންނަށް ފާހަގަކުރެވުނެވެ.

”އަހަރެންނަކަށް ހިއެއްނުވޭ ރަނގަޅުހެންނެއް ” ”ޔުމާނާ ތި އިނީ ކޮންމެވެސްކަމަކާއި ބިރުން ”

ފާތުން އެހެން ބުނުމުން ޔުމާނާ އިސްދަށަށް ޖެހިއެވެ.

”ތިޔަ ބުނީ ރަނގަޅަށް” ޔުމާނާ އެއްބަސްވިއެވެ. އަދި  ބިރުގަނެގެން އެ އުޅޭ ސަބަބު ކިޔައިދިނެވެ.

”ވެދާނެއްނު ޔަޝްފާން އަންނަންވާއިރަށް އެ އަންހެންކުއްޖާ ފިލީކަމަށް” ފާތުންނަށް ހީވިގޮތް ފާތުން ބުނެދިނެވެ.

” އަހަރެން ވާހަކަ ދައްކައި ދައްކައި ހުއްޓައި އަނެތްފަރާތަށް އެނބުރޭއިރަށް”                   ޔުމާނާ އެހެން ބުނުމުން ފާތުން އެއްޗެކޭ ނުބުނެ އިރުކޮޅެއް ދިޔައެވެ.

”ވެދާނެ ޖިންނިއެއްކަމަށް” ފާތުން އެހެން ބުނުމުން ޔުމާނާ ބިރުގަތެވެ.

”ޔުމާނާ ޔުމާނާ ތި ރައްޓެހިވެގެން އުޅެނީ ރަނގަޅު މީހަކާއެއް ނޫން  އޭނަ ޔުމާނާއަށް ބަސްތައް ޔުމާނާގެ ބޮލުތެރޭ އެނބުރެންފެށިއެވެ.

”އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ” ފާތުން ޔުމާނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ.

”އަހަންނަށް އެނގޭ  އެކަމު ކުއްލިއަކަށް އޭނަ ގެއްލުނީ ކިހިނެތްބާ” ”އަހަރެން  އެނގުނީ ކިހިނެތްބާ” ”އަދި  ޔަޝްފާން އަހަރެންނަށް ލަނޑުދޭނެޔޭ ބުނީ ކީއްވެބާ” ޔުމާނާއަށް އެ ކަންތައްތަކާއި ދެމެދު ވިސްނެންފެށިއެވެ.

”ދެން އެ ކަންތައްތަކާއިމެދު ނުވިސްނާ”ފާތުން ނަސޭޙަތްދިނެވެ.

”އޭ ހިނގާ ސައިބޯން” ޔުމާނާ އެދުނެވެ.

”ނޫނޭ ސަޔެއްނުބޮވޭނެ” ފާތުން ބުންޏެވެ.

”ކޯކު ބޮވޭނެތަ” ޔުމާނާ އަހައިލިއެވެ.

ފާތުން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.  ފާތުންނާއި ޔުމާނާ ކާގެއަށް ހިނގައްޖެއެވެ. ޔުމާނާ ފާތުން ގޮނޑިއެއްގައި ބައިންދުވައިފައި އައިސް އަލަމާރިން ކުޑަކޯކުފުޅިއެއް ނެގިއެވެ. އަދި ދެ ތަށްޓަކަށް ކޯކުއެޅިއެވެ. އެއީ ފާތުންނަށާއި ޔުމާނާއަށެވެ.  ޔުމާނާވެސް ކޯކުބޯން ޖައްސައިލިއެވެ.

”ޗިއާރސް”  ޔުމާނާއާއި ފާތުން ދެތަށި އެއްތަށި އަނެއްތަށްޓާއި ޖައްސައިލިއެވެ. އަދި އެއަށްފަހު ކޯކުފޮދެއް ބޮއެލިއެވެ.

”އެނގޭތަ އަހަރެން މިއަދު ޔަޝްފާން ކައިރީގައި އަހަރެން ދުވަހަކުވެސް ދޫކޮށްނުލާށޭ ބުނުމުން ބުނީ ސާދަވިލޭރޭގެ ހަނދު އަހަރެންނަށް ލިބިފައިވާއިރު އެ ދޫކޮށްލާނެހެއްޔޯ”  ޔުމާނާ އެހެން ބުނުމުން ފާތުންގެ މޫނުގެ ކުލަ ބަދަލުވިއެވެ. އަދި ކޯކުތަށި ބައިންދައިފައި ހިނގައްޖެއެވެ.

”ސާދަވިލޭރޭގެ ހަނދޭ” ފާތުން ރުޅިއައިސްގެން ޑުރެސިންގ ޓޭބަލްމަތީގައި ހުރި ސެންޓުފުޅީތަކާއި ލިޕްސްޓިކްތަކާއި އައިލައިނާއާއި ހުރިހާ ސާމާނެއް އެއްލައިލިއެވެ.

އެ އަޑަށް ފާތުންގެ ބައްޕަ އަތުވެއްޖެއެވެ.

”ދަރިފުޅާ ” ބައްޕަ ގޮވައިލިއެވެ.

”މިޔޯ” ”މީ ކޮންކަމެއް” ފާތުންގެ ބައްޕައެހިއެވެ.

”ސާދަވިލޭރޭގެ ހަނދޭ ބުނީ ޔަޝްފާން ޔުމާނާއަށް” ފާތުން ހުރީ ރުޅިގަދަވެފައެވެ.

”ދަރިފުޅާ  ޔަޝްފާންއާއި ޔުމާނާއާއި ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވެޔޭ”  ”ދަރިފުޅުވެސް ޔަޝްފާންދެކެ ލޯބިވާނަމަ ޔަޝްފާންގެ އުފަލެއް ވާންވާނީ ފާތުންގެ

އުފަލަކަށް ”

”އަދި ޔަޝްފާންއަށްޓަކައި އުފާނުވެވޭނަމަ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ޔުމާނާއަށްޓަކައި…  މިހާ ހިސާބަށް ބުނެފައި ފާތުންގެ ބައްޕަ ފާތުންގެ ބުރިކަށީގައި ފިރުމައިލިއެވެ.

މެންދުރު ނަމާދުން އަވަދިވެގެން މީސްތަކުން މިސްކިތްތެރެއިން ފައިބަނީއެވެ.

”ކަތީބު” ފާތުންގެ ބައްޕައަށް ކަތީބު ފެނިލެއްވުމުން ގޮވައިލިއެވެ.  ކަތީބުއަށް އޭނަގެ އެކުވެރިޔާގެ އަޑުއިވުމުން  ކައިރިއަށް ގޮސް ސަލާންކޮށްލައި ހާލު އަހުވާލު އަހައިލިއެވެ. ފާތުންގެ ބައްޕަ ވާހަކައެއް ދައްކައިލަން ބޭނުންވާ ވާހަކަ ބުނުމުން ފާތުންގެ ބައްޕައާއި އެކީ ކަތީބު މިސްކިތުން ނިކުތެވެ.   ވަކި ހިސާބެއްގައި ފާތުންގެ ބައްޕަ ހުއްޓިލިއެވެ.

”ކަތީބު ކަތީބު ތި އުޅުއްވަނީ ކިހިނެއް ހައްދަވަންތޯ”

”ކިހިނެތްވީ” ފާތުންގެ ބައްޕަ އެހެން އަހައިލުމުން ކަތީބުގެ މޫނުމަތިން އުފާވެރިކަން ގެއްލުނެވެ.

”ކީއްވެ ބުނީ ފާތުން ކައިރީގައި ޔަޝްފާންއާއި އޭނަ ކައިވެނިކޮށްދޭނަމޭ”ޔަޝްފާންއާއި ޔުމާނާއާއި ދެކުދިން އުޅެނީ އިންނާކަށްނު”  ”އަދި ޔުމާނާއަކީ ފާތުންގެ އެންމެ ގާތް އެކުވެރިޔާ ކަތީބު ތި އުޅުއްވަނީ އެ ދެ އެކުވެރިން ދުރުކުރައްވަންތަ” ފާތުންގެ ބައްޕަ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

”ނަސީރު ޔުމާނާއާއި ޔަޝްފާންއާއި ދެކުދިން ލޯބިން އުޅޭތަން ފެނުމުން ފާތުންގެ ހިތަށް އަސަރުކުރާކަން އެނގުމުން އަހަރެން ބޭނުންވީ ފާތުންގެ ހިތަށް ހިތްހަމަޖެހުން ހޯދައިދޭން”

”އަހަރެން ދެކެނީ ފާތުންނަކީވެސް ހަމަ ދަރިއެއްގޮތަށް” ކަތީބު ނަސީރުގެ ކޮނޑުގައި އަތްލިއެވެ.

”އެހެންވީއިރު ކިހިނެތް ދަރިއަކު ދަރިއަކާއި ދެވާނީ”

 

”’ފާތުންގެ ބައްޕަ މުހައްމަދު ނަސީރު ދުނިޔޭގައި އަދި އެބަހުރި. ފާތުންނާއި ދޭތެރޭ ކަންބޮޑުވާކަށް މުހައްމަދު ސަލީމްއަކަށް ނުޖެހޭނެ” ނަސީރު ކަތީބުގެ އަތް ނެގިއެވެ.

އާދަމްމަނިކު އެ އިނީ މެންދުރުގެ ބަތްކާށެވެ. ކައިރީގައި ޔުމާނާވެސް އިނެވެ. އެކަމަކު ޔުމާނާގެ އަނގަޔަކަށް އެންމެ ބަތްފުކެއްވެސް ނުދެއެވެ.

”ކިހިނެތް ވެފައި ތި އިނީ”  ޔުމާނާ ކޮންމެވެސް ފިކުރެއްގައި އިންހެން ހީވެގެން އާދަމްމަނިކު އަހައިލިއެވެ.

”ކީކޭ” އާދަމްމަނިކުގެ އަޑަށް ޔުމާނާ ދިޔައީ ސިއްސައިގެންނެވެ.

”ކިހިނެތް ވެފައިހޭ ތި އިނީ” އާދަމްމަނިކު ބުނި ބަސް ތަކުރާރުކުރިއެވެ. ޔުމާނާ   ވަލުތެރެއިން ދިމާވި ބިރުވެރި ކަންތަކުގެ ވާހަކަ ބައްޕަޔަށް ކިޔައިދިނެވެ.

”ދަރިފުޅަށް ޔަގީންތަ އެއީ ދަރިފުޅަށް ފެނުނު ހުވަފެނެއްނޫންކަން”އާދަމްމަނިކު އެހިއެވެ.

”ބައްޕާ އަހަރެން ހުރީ ހޭލާ”

”އޭނަ މަށާ ވާހަކަދެއްކި ” ”އަހަރެންވެސް ވާހަކަދެއްކިން” ޔުމާނާ ކިޔައިދިނެވެ.

”ދަރިފުޅަށް ހީވޭތަ އެ އަންހެންކުއްޖާ އެ ދެއްކީ ތެދުވާހަކައެއްހެން” އާދަމްމަނިކު އެހިއެވެ.

”ނޫން” ޔުމާނާ ޖަވާބުދިނެވެ.

”ދެން އެހެންވީއިރު އެ ވާހާކަތަކާއިމެދު ވިސްނަނީ ކީއްކުރަން”އާދަމްމަނިކު އެހިއެވެ.

”އަހަރެން އެ ވާހަކަތަކަކާއި މެދަކު ނުވިސްނަން” ”އަހަރެންނަށް ވިސްނެނީ އޭނަ ގެއްލުނީމައި” ޔުމާނާ ބުނެދިނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ޢުމުރަށް އެކުގާ (4)

Next

ފަތްގަނޑު ފުރޭތަ 17

Next
January 17, 2021

ފަތްގަނޑު ފުރޭތަ 17

Previews
January 16, 2021

ޢުމުރަށް އެކުގާ (4)



All Right Reserved!