” އަހަރެންވެސް އަލްތާފް ދެކެ ލޯބިވޭ އަލްތާފް” އެ ޖުމްލަ ފެނުމުން އަލްތާފްގެ ހިތް އުފަލުން ފޮޅުނެވެ. އެ ކާޑު މޭގައި ލައްކޮށްލިއެވެ. އަލްތާފްއަށް ހީވީ އަރުތެރެ ހިތިވެގެން އުޅެނިކޮށް ފޮނިކާއެއްޗެއް ލިބުންހެނެވެ.އަލްތާފްއަށް ބޭރު ދޮރުން ވަރުދާ ބޯދިއްކޮށްލިތަން ފެނުނެވެ. އަލްތާފް ވަރުދާ ކައިރިއަށް ދިޔައެވެ. އަދި އެހިއެވެ.” މީ ހަމަ ވަރުދާ ފޮނުވި ކާޑެއްތަ؟” އަލްތާފްއަށް ޤަބޫލުނުކުރެވިގެން އަހައިލެވުނެވެ. ވަރުދާ ރަކިގޮތަކަށް ހީނލައި ބޯޖަހައިލިއެވެ. ” ވަރުދާ އަހަރެންގެ ގާރލްފްރައިންޑަށް ވާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ […]
“އަސްލުވެސްތަ؟ އެހެންވީއިރު ތިވާހަކަ ބުނަންވީނު އަލްތާފް ގާތު.” ސައުދާ ބުނެލިއެވެ. ” ބުނަންވީތަ؟ ކިހިނެތް ބުނާނީ؟” ވަރުދާ އެހިއެވެ. ” ދުލުންނެއްނު” ސައުދާ ބުނެލިއެވެ. އަލްތާފް އިނީ އަނަސްއާއިއެކު ތުނޑިމަތީ ހޮޅުއަށްޓެއްގައެވެ. ތުނޑިމައްޗަށް ފިނި ވައިރޯޅިތައްޖެހެމުންދެއެވެ. ރުއްރުކުގެ ފަންތައް ހެލިލައެވެ. ގަސްގަހުގެ އޮފިތައް ހެލިލައެވެ. އެގޮތަށް ވައިރޯޅިތައް ޖެހުމުން ހިތަށް އެ ލިބޭ ފިނިކަމަކީ ފަންކާއެއްގެ ވައިން ލިބޭނެ ފިނިކަމެއްނޫނެވެ. ބޮޑަށް ހިތްހަމަޖެހެނީ މިފަދަ ވަޔެވެ. އެ ހޮޅުއަށީގެ ކައިރީގައި މިދިލިގަހެއް ހުއްޓެވެ. އަޅައިފައި ހުރީ ހުސް […]
ެ. ” އަހަެ. ” އަހަރެން ލޯބިވޭ ވަރުދާދެކެ” އަލްތާފް އެހެންބުނުމުން ވަރުދާއަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. ހައިރާންވެ ބަލަހައްޓައިގެން ހުރެވުނެވެ. އެވާހަކަ އެހައި ފަސޭހައިން ބުނެވުނީތީ ޙުދު އަލްތާފްވެސް ހައިރާންވިއެވެ. ”އަހަރެން ލޯބިވޭ ވަރުދާދެކެ” އަހަރެންގެ ގާރލްފްރައިންޑަށް ވެދާނަންތަ؟” އަލްތާފް އެހިއެވެ. ވަރުދާ އެއްވެސްއެއްޗެއް ނުބުނެ ހުރީއެވެ. ” އޯކޭ ދެން ދަނީ އިނގޭ” އަލްތާފް ދާން ހިނގައިގަތެވެ. ” އަލްތާފް” ވަރުދާ ގޮވައިލިއެވެ. އަލްތާފް ހުއްޓުނެވެ. އަލްތާފް އުފާވިއެވެ. ހިނިތުންވިއެވެ. ވަރުދާ އަލްތާފްގެ ކައިރިއަށް […]
ކާސިމްއާއި ޖާސިމްއަކީ ދެބެއިންނެވެ. މިއީ ދެމޮޔައިންނެވެ. މިދެމީހުން ދިރިއުޅެނީ ރަށާއި ދުރުހިސާބެއްގައި ވީރާނަވާން ކައިރިވެފައިވައި ފަނުން ހަދައިފައިހުރި ގެއެއްގައެވެ. ރަށުގެ މީހުން މިމީހުންނަކާއި އަޅައެއްނުލައެވެ. މިދެބެއިންގެ މައިންބަފައިންނެއް ދުނިޔެއަކުނެތެވެ. އެކުވެރިއެއްނެތެވެ. މިދެމީހުންގެ ހަމައެކަނީ އެކުވެރިއަކީ މިދެބެއިން ގެންގުޅޭ ކުޑަ ރޭޑިޔޮލެވެ.ވަރަށް ގިނައިން ރޭޑިޔޯ އަޑުއަހަން ކާސިމް އާއި ޖާސިމްއިނދެއެވެ. އެއްދުވަހަކު މިދެބެއިން ރޭޑިޔޯއަޑުއަހަން އިނދެފައި ކާސިމް އެބަބުނެއެވެ. ”އަހަރެން ހިތަށް އަރައި މިކަހަހަލަ ކުޑަ ރޭޑިޔޯއެއްތެރޭ ބޮޑެތިމީހުން އެއުޅެނީ ކިހިނެތްބާވައޭ” ”ކިހިނެތް އެނގެނީ ބޮޑެތިމީހުންކަމެއް އުޅެނީ” ”ވެދާނެއްނު […]
“އަލްތާފް” “ކިހިނެތްވެފައި ތި އޮތީ؟” އަނަސް އައިސް އަލްތާފްގެ ކުރިމައްޗަށް އަރައި ހުއްޓުނެވެ. “ކަމެއްނުވޭ” ގޮތަކަށް އަލްތާފް ބުނެލިއެވެ. އަނަސް އަލްތާފްގެ ކައިރީގައި އެ ޖޯލިފަތީގައި އިށީންނެވެ. ” އެހެންނުވާނެ. ވަރުދާ ހަނދާންކުރަނީދޯ؟” އަނަސް ބުނެލިއެވެ. “ހާދަ ދުވަހެއްވެއްޖެޔޭ އޭނަ ނުފެންނަތާ” އަލްތާފް ބުނެލިއެވެ. “އަހަރެން ހީކުރީ އެ ބައްދަލުވުމަށްފަހު ދެމީހުންގެ ދެމެދުގައި ގާތްގުޅުމެއް އެފެދޭނެކަމަށް. އޭނަ އެހައި ހަނދާންވަންޏާ އެގެޔަށް ދާންވީނު؟ އޭނަ ގޭގެ އެޑްރެސް އެނގޭތަ؟” އަނަސް އެހިއެވެ. “ދެމީހުން ކޮންވާހަކައެއް ތި ދައްކަނީ؟ […]
ކުއްލިއަކަށް ކަންފަތުގައި ޖެހުން އަޑަކީ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހައި އަޑެވެ. އަލްތާފް ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ދޮރުމަތީ ހުރީ ވަރުދާއެވެ. އެ ހިސާބުން އަލްތާފްއަށް ހޭލެވުނެވެ. އަލްތާފްއަށް ފެނުނީ ހުވަފެކެވެ. އަދި ހެނދުނެއް ނުވެސް ވެއެވެ. އަދި ދަންވަރެވެ. އަލްތާފް އަލުން ނިދަން އޮށޯތެވެ. އަދި ހާރުކާން ހޭލާންވެސް ޖެހޭނެއެވެ. “އަލްތާފް އަލްތާފް ” އާމިނާ ގޮވަންފެށިއެވެ. އަލްތާފް ހޭލިއެވެ. ދެލޯ އުނގުޅަންފެށިއެވެ. ” ދަރިފުޅާ ހާރުކާން ތެދުވޭ” އާމިނާ ބުނެލިއެވެ. އަލްތާފް ފާޙާނާއަށްވަދެ […]
“ކީއްވެ ތިހެން ތި އެހީ؟” އަލްތާފް އެހިއެވެ. “ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން” ސައުދާ ބުނެލިއެވެ. ” އާނ އަހަރެންނަށް އޭނަ ކަމުދޭ” އަލްތާފް ބުނެލިއެވެ. “އަހަރެން ވަރުދާގެކަންތައް ކޮށްދެންތަ؟ ބޭނުމިއްޔާ އެ ކަންތައް ކޮށްދީފައިނަން” ސައުދާ ބުނެލިއެވެ. ”އަސްލުވެސްތަ ؟ ސައުދާ އެކަންތައް ކޮށްދޭނަންތަ؟” އަލްތާފް ވަރަށް އުފާވިއެވެ. “އެކުވެރިން ހުންނަނީ ކޮންކަމަކު؟” ސައުދާ ބުނެލިއެވެ. “އެކަމަކު ކިހިނެތް ހަދާނީ؟ ” އަލްތާފް އެހިއެވެ. ” އަހަރެންނަށް އިހަށް ފެންނަނީ ދެމީހުން އެކަކު އަނެކަކާއި […]
”އެތެރެއަށްވަދޭ” އާމިނާ އެންގިއެވެ. އަފާފް ވަރަށް ދެރަވެފައި ގޭތެރެއަށް ވަނެވެ. ”ހެދުން ބަދަލުކޮށްގެން ދާންވާނީ” އާމިނާ ގޮވައިލިއެވެ. އެ ހިސާބުން އަފާފް ހުއްޓިއްޖެއެވެ.ވަރަށް އުފާވެއްޖެއެވެ.އަފާފް ގޮސް ޅަކުއްޖެއްހެން މަންމަ ގައިގައި ބައްދައިލިއެވެ. އިޙްތިޔާރަކާއި ނުލައި އަލްތާފްއަށް ބުނެވުނު ބަހަކުން އަލްތާފް ލަދުގަތްކަމަކު އޭނަ އުފާވެސްވިއެވެ. ދެވަނަފަހަރަށް އެ އަންހެންކުއްޖާ ފެނުނީމައެވެ. ބައްދަލުވެވުނީމައެވެ. އެ ކުއްޖާ އަލުން ފެނިދާނެކަމަކަށް އަލްތާފް ހިއެއްނުކުރެއެވެ. އަދި އޭނަޔާއި ވާހަކަދައްކަން ކެރޭނެކަމަކަށްވެސް ހިއެއްނުކުރެއެވެ. އާއެކެވެ. މާގިނަވާހަކައެއް ނުދެއްކެއެވެ. އެކަމަކު ވާހަކަދެއްކިއްޖެނޫންހެވެ. ސައުދާގެ އެކުވެރިއެއްކަން […]
“ކޮންކުއްޖަކަށްތަ އަލްތާފް މިސްކިތުގައި ބަލަހައްޓައިގެން ހުރީ” އަނަސް ބޯކިބާކޮޅެއް ކައިލައިފައި އެހިއެވެ. އަލްތާފް އަނަސް އެހެންބުނުމުން ހުއްޓުންއެރިއެވެ. ލަދުގަތެވެ. ކާންއިން ބޯކިބާކޮޅު އަނގަޔާއި ދުރުކޮށްލިއެވެ. ސައިފޮދެއްބޮއެލައި ހިންދިރުވައިލިއެވެ. “އަހަންނަކަށް ނޭނގެ އެއީ ކޮންކުއްޖެއްކަމެއް” އަލްތާފް ޖަވާބުދިނެވެ. އެއަށްފަހު އަނެއްކާވެސް ސައިފޮދެއް ބޮއެލިއެވެ. އަދި އެހިއެވެ. “އަނަސް އޭނަ ދަންނަންތަ؟” “ކާކު” އެއީ އަންހެންކުއްޖެއްގެ އަޑެވެ. އަޑު އައީ ކާކޮޓަރި ދޮރުމަތިންނެވެ. އަލްތާފް ފަހަތްބަލައިލިއެވެ. އެއީ ކޮއްކޮ އަފާފެވެ. “ކޮއްކޯ” އަލްތާފް މަޑުން ގޮވައިލިއެވެ. އަފާފް ކާކޮޓަރިތެރެއަށް ވަނެވެ. […]