Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާތިލް-8

Ali Shimhaz Level 110 Stories
March 4, 2021 4 Mins Read
0 Comments

ޔުމާނާއާއި ޔުމާނާގެ ބައްޕަ އާދަމްމަނިކު މެންދުރު ބަތްކަނީއެވެ.

އާދަމްމަނިކުގެ އެކުވެރި އިބްރާހިމް ސައިކަލުގައި އައިސް އެ ގޭ ދޮށަށް މަޑުކުރިއެވެ. ބޭރު ދޮރުމަތީ ހުރެ ޓަކިދީ ސަލާމްގޮވައިލިއެވެ.

އާދަމްމަނިކު ސަލާމްބަލައިގަތެވެ.އަދި ވަންނާށޭ ކިޔައި ގޮވައިލިއެވެ.  އިބްރާހިމް ގެޔަށް ވަދެ ކާގެ ދޮށަށް ދިޔައެވެ.

”އަހާނ އބްރާހިމާ ކަލޭތަ”

”އާދޭ ކާން” އާދަމްމަނިކު އެދުނެވެ.

”ނޫނޭ އަހަރެން މިއައީ ވާހަކައެއް ދައްކައިލަން”އިބްރާހިމް ކާގެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީންނެވެ.

”ކޮންވާހަކައެއް” އާދަމްމަނިކަށް އަހައިލެވުނެވެ.

”އަހަރެން  ހަމަ ދެންމެއަކު ދެކެފިން މިރަށުން ކުރިން ނުދެކޭ އާމޫނުތަކެއް”

”އެއީ ތިން ފިރިހެނުން”އިބްރާހިމް ބުނެދިނެވެ.

”ތި ތިން ފިރިހެނުންނަށް ކިޔައި ނަމެއް ނާހަންތަ” އަދަމްމަނިކު ސުވާލުކުރިއެވެ.

”ނޫނޭ އެހިން”

”އެމީހުންނަށް ކިޔަނީ ޖާވިދު، ރިފާޢު، ސާމީ” އިބްރާހިމް އެ މީހުންގެ ނަންތައް ބުނެދިނެވެ.

”ކީއްކުރަން އައިސް އުޅޭ ބަޔަކޯ” ޔުމާނާ އެހިއެވެ.

”ބުނީ ރަށް ބަލައިލައިށޯ” އިބްރާހިމް ބުނެދިނެވެ.

”ދެން ކޮބާ މައްސަލައަކީ” އާދަމް މަނިކު އެހިއެވެ.

”އެ މީހުންގެ ސިފަޔަށް ބަލައިފައި ހިއެއްނުވޭ އެ މީހުންނަކީ ރަނގަޅު ބަޔެއްހެން” އިބްރާހިމް އިބްރާހިމަށް ހީވާ ގޮތް ބުނެދިނެވެ.

”ސިފަޔަށް ބަލައިފައި މީހެއްގެ ގޮތެއް އެނގޭތަ”

”ސިފަޔަށް ބަލައިފައި ބައެއް މީހުން ބުނެފާނެ މަށަކީވެސް  ނުބައި މީހެކޭ”

”އެކަމު މަ މީ ނުބައި މީހެއްތަ”އާދަމްމަނިކު ހޭން ފެށިއެވެ.

އާދަމްމަނިކުއާއި ޔުމާނާ ކައި އަވަދިވުމުން އިބްރާހިމް ސައިކަލަށް އަރައި ދާން ހަދައިލިއެވެ.

”އިބްރާހިމް ބޭބޭ ސައިކަލުގައިތަ” އިބްރާހިމް ކުރިމައްޗަށް އަރައި ޔުމާނާ އެހިއެވެ.

އިބްރާހިމް ބޯޖަހައިލިއެވެ.

”އަހަރެން ތާކަށް ގެންގޮސް ދީފާނަންތަ”ޔުމާނާ އެހިއެވެ.

”އާނ މައްސަލައެއް ނެތް”

”ކޮންތާކަށް ގެންގޮސްދޭންވީ”އިބްރާހިމް އެހިއެވެ.

ޔުމާނާ ދާންވީ އެޑްރެސް ބުނެދިނެވެ.

އެ އެޑްރެސް އިވުމާއިއެކު އާދަމްމަނިކުގެ ދެލޯ ބޮޑުވިއެވެ. އަދީ ސިކުނޑީގައި ސުވާލުމާކެއް ޖެހުނެވެ.     ހިތަށް އެރިއެވެ.  ޔުމާނާއަށް އެ ގެ އެނގުނީ ކިހިނެތްބާވައެވެ. އެގެޔަކަށް އެ ދަނީ ކީއްކުރަންބާވައެވެ. އެގޭގައި އުޅެނީ ޔުމާނާ ދަންނަ ކާކުބާވައެވެ.

”ދަރިފުޅާ  ދަރިފުޅު  ޝަޔާމާގެ ގެޔަށް ދަނީ ކީއްކުރަން”

”ދަރިފުޅަށް އެ ގެ އެނގުނީ ކިހިނެތް” އާދަމްމަނިކަށް ބޭއިޙްތިޔާރުގައި އަހައިލެވުނެވެ.

”ބައްޕައަށް ޝަޔާމާ އެނގުނީ ކިހިނެތް” ޔުމާނާއަށް ހައިރާންވެގެން އަހައިލެވުނެވެ.

”ޝަޔާމާއަކީ މީހުންނާއި ވަރަށް އެކުވެރި ކުއްޖެއް”

”ބައްޕަޔަށް އޭނަޔާއި ދިމާވި ”

”ގެޔަށްވެސް ދިޔައިން” އާދަމްމަނިކު ބުނެދިނެވެ.

”އެކަމު ދަރިފުޅަށް އޭނަ އެނގުނީ ކިހިނެތް” އާދަމްމަނިކު ސުވާލުކުރިއެވެ.

ޔުމާނާ ޝައީމްއާއި ދިމަވި ގޮތާއި ދެއްކި ވާހަތައް ކިޔައިދިނެވެ.

”އެ ޝައީމްގެ ވާހަކަ އަޑުނާހާ”

”ޝަޔާމާވީ މަރުވެފައޭ ދަރިފުޅާ” އާދަމްމަނުކު ބުނެދިނެވެ.

”ކޮން ޝަޔާމާއެއް ”

”ތި ބުނީ ކޮންތާކު ހުންނަ ގެއެއްގެ ވާހަކަތަ ޔުމާނާ” އިބްރާހިމަށް އަހައިލެވުނެވެ.

”އިބްރާހިމަކަށް ނޭނގޭނެ އެއީ   1996 ގައި އުމުރުން 18 އަހަރު މިދުނިޔެ ދޫކުރި އަންހެންކުއްޖެއް” އާދަމްމަނިކު ބުނެދިނެވެ.    ޔުމާނާ އެ ގެ ހުންނަ މަގު ބުނެދިނެވެ.

”ބައްޕާ ޝަޔާމާ މަރެއް ނުވެޔޭ”

”އަހަރެން އޭނަ ދެކުނީމޭ” ޔުމާނާ ބުނެދިނެވެ.

”ކީކޭ”އާދަމްމަނިކަށް ހައިރާންވެގެން ބުނެވުނެވެ.

”އަހަރެން ބުނީމެއްނު ވަލުތެރެއިން ދުށް ކުއްޖެއްގެ ވާހަކަ”

”އެ ކުއްޖަކީ ޝަޔާމާއޭ ” ޔުމާނާ ކިޔައިދިނެވެ.  އާދަމްމަނިކުގެ ހައިރާންކަން އިތުރުވިއެވެ.

”ޝައީމް އަހަންނަށް އޭނަ ސިފަކޮށްދިން”

”އެހެންވެ އަހަރެން އޭނަ ކުރެހީ ”

”އެއީ ހަމަ ވަލުން އަހަރެންނާއި ވާހަކަދެއްކި ކުއްޖާ” ޔުމާނާ ކިޔައިދިނެވެ.

އާދަމްމަނިކު ބަސް ހުއްޓުނެވެ.      ޔުމާނާ ގެޔަށް ވަދެ  ޝަޔާމާގެ ސޫރަ ކުރެހި ގަނޑު ހިފައިގެން އައެވެ.

”މީ ޝަޔާމާއެއް ނޫންތަ”ޔުމާނަ ޔުމާނާގެ ބައްޕައަށް އެ ގަނޑު ދައްކައިލިއެވެ.

އާދަމްމަނިކުގެ ދެލޯ ބޮޑުވިއެވެ. އަނގަހުޅުވިގޮތަށް ލައްޕައިކަށް ނޭނގުނެވެ.

އިބްރާހިމްގެ ސައިކަލު ފަހަތަށް އަރައި ޔުމާނާ ދިޔއިރުވެސް އާދަމްމަނިކު ހުރީ އެ ގަނޑަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެންނެވެ.

އިބްރާހިމް ޔުމާނާ ސައިކަލުފަހަތަށް އަރުވައިގެން ޔުމާނާ އެ ބުނި ގެޔަށް ޔުމާނާ އެ ގެންދަނީއެވެ

”ކޮބާ މައްސަލަ ކިހިނެތް ކުރިއަށް ދަނީ” ވަކި ހިސާބަކުން ޔުމާނާކުރެން އިބްރާހިމް އެހިއެވެ.

ޝައީމްގެ ގަޔަށް އާދެވިއްޖެއެވެ. އިބްރާހިމް ސައިކަލު މަޑުކޮށްލިއެވެ.

އެ ގެ ހަދައިފައިވަނީ އުވަ ދަވައިގެންނެވެ. ފުރާޅުގައިވަނީ ސިމެންތި ޓިނެވެ. ބޭރު ފާރު ހދައިފައިވަނީ ގާބުރީންނެވެ.  ގޯތިތެރޭގައި ޖަނބުރޯލު ގަހަކާއި ކަދުރު ރުކަކާއި އަދި ދެ ރުއްވެސް އިންދައިފައިވެއެވެ.   ގޯތިތެރެ އޮތީ ވަރަށް ރީތިކޮށް ކުނިކަހައިލައިފައެވެ.

ގޭގައި ބިއްލޫރި ލުއްވަގަނޑެއް ހަރުކޮށްފައިވެއެވެ.

ޔުމާނާ އެ ގެޔަށް ވަދެ ދޮރުގައި ޓަކިޖަހައިލައި ސަލާމްގޮވައިލިއެވެ. ދޮރު ހުޅުވީ އުމުރުން ދޮށި މީހެކެވެ.

”ކީއްކުރައި ކުއްޖެއް” އެ މީހާ އެހިއެވެ.

”ޝައީމް ހޯދަން”ޔުމާނާ ޖަވާބު ދިނެވެ.

އެމީހާ ޔުމާނާ އެތެރެއަށް ވެއްދިއެވެ.

ގޭތެރޭގައި މުށްޓެއް ޖަހައިފައެއްނެތެވެ. އޮތީ ތަޅުންގަނޑެކެވެ. މަތީގައި ސީލިންގެއް ފަންކާއެއް ނެތެވެ. ކުޑަ ފޮށްޓެއްވަރުގެ ޓިވީއެއް އެ ގޭގައި އިނެވެ.

”މި އިނީ ޝައީމް”އެ މީހާ ޝައީމް އާއި ހިސާބަށް ޔުމާނާ ގެންގޮސްދިނެވެ. ޝައީމް ކައިރީގައި ފަށްޖެހިއެނދެއްގައި މުސްކުޅި ބަލި އަންހެނަކު އޮތެވެ. ކައިރީގައި ކުޑަ މޭޒެއްމަތީގައި ތިރީގައި ބައިންދައިކަހަލަ ފަންކާއެއް ބައިންދައިފައި އިނެވެ. ޝައީމް އީނީ ބަތްތަށްޓަކާއި ސަމުސަލެއް ހިފައިގެން އެ މީހާއަށް ކާންދޭން ގޮނޑިއެއްގައި އިށީނދެގެންނެވެ.

”ޔުމާނާ” ޔުމާނާ ފެނުމުން ޝައީމް އުފާވިއެވެ.

”ވަރަށް ބޮޑަށް މައާފަށް އެދެން ޔުމާނާ ފަދަ މީހަކަށް މިކަހަލަ ގެގަނޑަކަށް ވަންނަން ޖެހުނީތީ” ޝައީމް ދެރަވިއެވެ.

” ތިހެން ނުބުނޭ އަހަރެންނަކީ މާ ބޮޑު މުއްސަނޖެއް ނޫން”

”އާނ އަހަރެން އަތުގައި މިހާރު ރީތި ކުލަކުލައިގެ އެތައް ހެދުމާއި ގަހަނާއާއި ފައިވާން އެބަހުރި އެކަމު އަހަރެން މިފަދަ ގެޔެކަށް ވަންނާކަށް ލަދެއްނުގަނޭ” ޔުމާނާ ބުނެދިނެވެ.

”ދަރިފުޅާ މީ ކޮން ކުއްޖެއް” ކައިރީގައި ހުރި މުސްކުޅި ބޭބެ ޝައީމް ކުރެން އެހިއެވެ.

”ދަރިފުޅާއޭ”ޔުމާނާއަށް އެ މިހާއަށް ދިމައަށް ބަލައިލެވުނެވެ.

”މިއީ އަހަރެންގެ ބައްޕަ”

”ބައްޕާ މީ ޔުމާނާ”  ޝައީމް ތަޢާރަފްކޮށްދިނެވެ.

”މިއީ   އަހަރެންގެ މަންމަ”  ޝައީމް ކާންދޭން އިން މުސްކުޅި  ބަލި އަންހެންމީހާއަށް   އިޝާރަތްކުރިއެވެ.

”މަންމައަށް ކިހިނެތްވީ ”

”ބަލީތަ”އެ އަންހެންމީހާގެ ހާލު ފެނިފައި ޔުމާނާއަށް އަހައިލެވުނެވެ.

”ބަލީކީއެއް ނޫން އެކަމަކު ޝަޔާމާ މަތިން މާ ބޮޑަށް ހަނދާންކުރަނީ” ޝައީމް ބުނެދިނެވެ.

”ތިކަހަލަ ގޮތެއް ސަކީނައްތައަށް ވެސް ވި” ޔުމާނާ ބުނެދިނެވެ.

”ސަކީނައްތައޭ” ޝައީމްގެ ބައްޕައަށް ބުނެވުނެވެ.

”ބައްޕާ މިއީ އައްމަޑޭމެންގެ މަރުގެ މައްސަލަ ބަލަމުން އަންނަ ޔުމާނާ”

”އަހަރެން އޭނަ ގާތު ބުނެފިން ޝަޔާމާ ކޮއްކޮގެ މައްސަލަބަލައިދެން” ޝައީމް އޮޅުންފިލުވައިދިނެވެ.

”ކީކޭ ”

”މޮޔަވީތަ ޝައީމް”

”ކޮން  މައްސަލައެއް ބަލައިކަށްތަ”

”ޝަޔާމާ ވީ މަރުވެފައި  އޭނަ ދެން ދުނިޔެއަކަށް ނާންނާނެ”

”އަމިއްލަ މަރުވީ ކަލޭގެ ކޮއްކޮ”

”ކަލެއަށް އެނގޭނެ  ކީއްވެގެންކަންވެސް” ޝައީމް ގެ ބައްޕާ ގާތަށް ވަރަށް ރުޅިއައެވެ

ބައްޕަގެ ވާހަކަތަކުން ޝައީމްގެ ހިތުގައި ޖެހުނެވެ

”ނޫން ޝައީމްގެ ބައްޕާ  ޝަޔާމަ މަރެއް ނުވޭ”

”އަހަރެން އޭނަ ދެކުނިން”

”އަހަރެންނާއި ވާހަކަދެއްކި”’ ޔުމާނާ ކިޔައިދިނެވެ.

މި ވާހަކަ އަޑުއިވިފައި ޝައީމް ވަރަށް އުފާވިއެވެ.

”އަސްލުވެސްތަ”

”ޔުމާނާ އެކަމު ކިހިނެތް އެނގެނީ ޔުމާނާއަށް ތި ފެނުނީ އޭނަކަމެއް” ޝައީމްއަށް އަހައިލެވުނެވެ

”ޝައީމް އޭނަ ހުންނަ ގޮތް ސިފަކޮށްދިނީމެއްނު”

”ހަމަ ޝައީމް ސިފަކޮށް ދިން ގޮތަށް ހުރީ ”ޔުމާނާ ބުނެދިނެވެ.     ޝައީމް ވަރަށް ބޮޑަށް އުފަވިއެވެ.

”ކޮންކަހަލަ  ވާހަކައެއް ކަނބުލޮ ތި ދައްކަނީ”

”ދުނިޔެ ދޫކޮށްފައިވައި މީހަކު ކަނބުލެ ކައިރިއަށް އައިސް ވާހަކަދައްކާނެތަ”

”އަހަރެންގެ މަރުޙޫމް ދަރިފުޅޭ ކިޔައިގެން ހަދަހަދައިގެން ވާހަކަނުދައްކާތި   އަހަރެމެންގެ ހިތުތެރޭ ދޮގު އުއްމީދުތައް އުފައްދަން”

”ނުކުމޭ މިގެއިން” ޝައީމްގެ ބައްޕަ ޔުމާނާގެ އަތުގައި ހިފައި ދަމައި ގެންގޮސް ގެއިން ބޭރަށް ނެރެ އެއްލައިލިއެވެ.

”ޔުމާނާ”އިބްރާހިމަށް ހަޅޭއްލަވައިގަނެވުނެވެ. އިބްރާހިމް އިނީ ޔުމާނާ އެ ގެއިންނުކުންނަންދެން ޔުމާނާ ގެއަށް ލައި ދެން ދާން ސައކަލު މަތީ އިންތިޒާރުގައެވެ. އިބްރާހިމް އަވަހަށް ޔުމާނާ ގާތަށް ގޮސް ޔުމާނާ ބިންމަތީން ނެގިއެވެ. އަދި ޝައީމް ގެ ބައްޕައާއި ދިމާލަށް ވަރަށް އެއްޗިހިވެސް ކިޔެވެ. ޝައީމްގެ ބައްޕައެއްވެސް ވަކި ދުލެއް ނުކުރިއެވެ.  އިބްރާހިމް ކިޔާނެ އެއްޗެއް ކިޔައި ނިމުމުން  ޔުމާނާ އަވަހަށް ގެޔަށް ގެންދިޔައެވެ.

ޔުމާނާ އަންނަންދެން އިންތިޒާރުގައި އާދަމްމަނިކު ގޭ ޖޯލިފަތީގައި އިނެވެ.

”މީ ކޮން ވެއްޔެއް”

”ސައިކަލުން ވެއްޓުނީތަ” ޔުމާނާ ހެދުމުގައި ވެލި ހުރިތަން ފެނިފައި އާދަމްމަނިކަށް އަހައިލެވުނެވެ.

”ސައިކަލުން ވެއްޓުނީކީ ނޫން”

”އެ ގޭ މުސްކުޅިމީހެއް ޔުމާނާ އެ ގެއިން ނެރެ އެއްލައިލީ” އިބްރާހިމް ވީގޮތް ކިޔައިދިނެވެ. އިބްރާހިމް ހުރީ ރުޅި އައިސްފައެވެ.

”ޝައީމްގެ ބައްޕަތަ”އާދަމްމަނިކަށް އަހައިލެވުނެވެ. ޔުމާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

”ދެން އެ ގެޔަށް ނުދާތި”

”އަދި ބުނަން ޝަޔާމާ މަތިން ހަނދާން ނައްތައިލައި އައްމަޑޭމެންގެ މަރުގެ މައްސަލައާއިގެން އުޅޭ” އާދަމްމަނިކު އޭނަގެ ދަރިފުޅު މޭގައި ލައްކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

އެކުއްޖާ 2 – 22

Next

ހިރާސް 16

Next
March 4, 2021

ހިރާސް 16

Previews
March 3, 2021

އެކުއްޖާ 2 – 22



All Right Reserved!