Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާތިލް-7

Ali Shimhaz Level 110 Stories
March 3, 2021 5 Mins Read
1 Comment

އެހެން ދުވަހެކެވެ. ޔުމާނާ އިނީ އޮފީހުގައެވެ.

އޮފީހަށް  ޒުވާނަކު އައެވެ. އެއި ޔުމާނާ ކުރިން ދުށް މީހެކެވެ. އެއީ ޔަޝްފާންއާއި އެއްކޮށް ދިޔަ ރެސްޓޯރެންޓެއްގައި އުޅުނު ވެއިޓަރެކެވެ.

”އޭ ތިއީ ލަވްޓްރައިންގަލް ރެސްޓޯރެންޓުގެ ވެއިޓަރެއްދޯ”

”އަހަރެން ދިޔައިމޭ ލަވްޓްރައިންގަލްއަށް ޔަޝްފާންއާއިއެކު”

” ހަނދާންވެއްޖެތަ މަ” ޔުމާނާއެހިއެވެ.

އެޒުވާނާ ބޯޖަހައިލިއެވެ.

”ކިހިނެތްވެ މިތަނަށް ތި އައީ” ޔުމާނާއަށް އަހައިލެވުނެވެ.

”ޔަޝްފާން އޮފީހަށް ގެންދިޔަރޭ ނޫން އަނެއްރޭ އައްމަޑޭމެން ލަވްޓްރައިންގަލްއަށް އައި”

”ވަރަށް ގިނަ ފައިސާހުރި އެ މީހުންގެ އަތުގައި”

ވަރަށް ގިނަ އެއްޗިއްސަށް އޯޑަރު ކުރި” އެ ޒުވާނާ ބުނެދިނެވެ.

”އެއީ ނަސީބުނަންބަރެއް ދިމާވެގެނެއްނު” ޔުމާނާ ބުނެދިނެވެ.

”އަޅުގަނޑަށް ހީވަނީ އެ މިހުންނަށް ފައިސާ ދިނީ ހެން މީހަކު”  މިހެން އެ ޒުވާނާ ބުނުމުން ޔުމާނާއަށް އިސްއުފުލައިލެވުނެވެ.

”އެއީ ކީއްވެ އެހެން ހީވަނީ”ހުސްނީއަށް އަހައިލެވުނެވެ.

”އެއީ އަޅުގަނޑަށް އަޑު އިވުން އައްމަޑޭ ބުނާ އަޑު އެ ކަލޭގެ ހާދަ ދީލައްޗޭ” އެ ޒުވާނާ އެހެން ބުނެފައި ކުޑައިރުކޮޅަކު ހުއްޓި ހުރެއްޖެއެވެ.

”އެކަލޭގެޔޭ”

”ތި އެކަލޭގެޔަކީ ކާކުބާ” ހުސްނީއަށް އަހައިލެވުނެވެ.

ޔުމާނާ އިނީ ވިސްނާށެވެ.

”ތި ވާހަކަ ކަތީބަށް ނަންގަތިންތަ” ޔުމާނާ އެހިއެވެ.

”އާދެ”

”ބުނުއްވީ ތިކަމާއި   އެ މީހުންގެ މަރާއި އޮތީ ކޮން ގުޅުމެއްހޭ” އެ  ޒުވާނާ ކިޔައިދިނެވެ.

”ކަތީބު މަސައްކަތް ކުރެއްވީ ވަރަށް ފަރުވާކުޑަކޮށް”

”ހިއެއްނުވޭ މި މައްސަލަ ބަލާހިތުން އުޅުންހެން” ހުސްނީ ކިޔައިދިނެވެ.  ޔުމާނާއަށް އަނެއްކާވެސް ވިސްނަން މަޖުބޫރުވިއެވެ.

”އަލީ” އޮފީހުގެ ޕިޔޯނަށް ޔުމާނާ ގޮވައިލިއެވެ. ފެންފޮދެއް ގެނައުމަށެވެ.

އަލީ ފެންތަށްޓެއް ހިފައިގެން އައެވެ.   ޔުމާނާ ފެންފޮދެއް ބޮއެލުމަށްފަހު އަލީ އަތަށް ތަށި ދިނެވެ.

އެ ޒުވާނާ ދިޔުމުގެ ހުއްދައަކަށް އެދުނެވެ.  ޔުމާނާ އޭނަ ފޮނުވައިލިއެވެ.

”އަލީ ކީއްވެފައި ތިހުރީ” ޔުމާނާ އަލީއާއި ދިމައަށް ބަލައިލައިފައި އެހިއެވެ.

”ކަމާކާއި ކަންބޮޑުވެފައި އިން ހެން ހީވާތީ”

”ކިހިނެތްތޯ ވީ”

”ބުނުއްވަބަލަ އަޅުގަނޑަށްވެސް އެހީއެއް ވެވިދާނެއްނު” އަލީ އެހީވާން ބޭނުންވިއެވެ.   އަލީ އެހީވާން ބޭނުންވުމުން ޔުމާނާ ވަރަށް އުފާވިއެވެ.

”އަހަރެމެން މައްސަލައެއް ބަލަނީއްޔޭ އަދި އެއީ އަހަރެމެންގެ ކަމެއް” ހުސްނީ އެހެން ބުނުމުން އަލީ ދެރަވިއެވެ. އަދި ޔުމާނައެއްވެސް ހިތްހަމައެއްނުޖެހުނެވެ.

”ހުސްނީ އޭނަޔަށްވެސް އެހީއެއްވެވިދާނެއްނު” ޔުމާނާގެ އެޖުމްލައިން އަލީގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ.  ހުސްނީ އިސްދަށަށް ޖެހިއެވެ.       ޔުމާނާ ލިބުނު އާ މަޢުލޫމާތުގެ ޙަބަރު އަލީއަށް ދިނެވެ.

”އެ ފައިސާ ބޮނޑިތައް ދިނީ ކާކުބާއޭ މި ހިތަށް އަރަނީ” ޔުމާނާ ބުނެދިނެވެ

”ސުވާލަކީ އެ ފައިސާތައް ދިނީ ކާކުބާއޭއެއް ނޫން”

”ސުވާލަކީ ދިނީ ކީއްކުރަންބާއޭ”

”ހިންދީ ފިލްމްތަކުގައި އެވަރަށް ފައިސާ މީހުންނަށް ދެނީ މީހަކު ވަގަށް ނަގުވަން ނޫނީ މީހަކު މަރާލަން”

” ދެ ބޭނުމުންކުރެން ކޮންމެވެސް އެއް ބޭނުމެއްގައި އެމީހުންނަށް ދިން ރިޝްވަތެއް ތިއީ” އަލީއަށް  ހީވިގޮތް އަލީ ބުނެދިނެވެ.

”އަލީ މާ ގިނައިން މިހާރަކަށް އައިސް ތި ހިންދީ ފިލްމް ބަލަނީ” ހުސްނީ ގާތަށް ކުޑަކޮށް ރުޅިއައެވެ.  ޔުމާނާ އޭނަ ފޮނުވައިލިއެވެ.

”އައްމަޑޭމެން ދުނިޔޭގައި ހުރި ނަމަދޯ”

”އެ މީހުން ގާތު އެހުނީހެއްނު އެމީހުންނަށް ފައިސާ ދިނީ ކާކުތޯ” ޔުމާނާ މާޔޫސްވެއްޖެއެވެ.

”އައްމަޑޭމެން ކައިރީގައި ނޭހުނަސް އެ މީހުންނަށް ފައިސާ ދިން މީހަކު ހޯދައި އެމީހެއް ގާތު އެހިދާނެއްނު ކީއްކުރަން ދިންހާ ފައިސާއެއްތޯ” ހުސްނީ ބުނެދިނެވެ.

ޔުމާނާ ވިސްނަންފެށިއެވެ.

” އެ ވަރަށް ފައިސާ ދޭނީ އެ މީހުންގެ ވަރަށް  ގާތް މީހެއް” ޔުމާނާއަށް ވިސްނުނު ގޮތް ބުނެދިނެވެ.

”ޔުމާނާ ތިއީ އެމީހުންގެ އަވަށްޓެރިއެއްނު”

”އެ ގެޔަށް އަންނަ މީހުން ފެންނާނެއްނު”

”ހަނދާންކޮށްބަލަ  އެ ގެޔަށް އެފަދަ މީހެއް އައިތަ އެވަރަށް ޖީބުގައި ފައިސާހުންނަ” ހުސްނީ ބެލީ ޔުމާނާގެ ފުށުން  އެ މީހަކު ހޯދޭތޯއެވެ.

”ނޫން”

”އެމީހުންގެ ގޭ ހަތަރު ފާރުގެ ތެރެއަކަށް ތިފަދަ މީހަކު ނުވަދޭ”

”އެ މީހުންގެ ރައްޓެއްސަކަށް އެފަދަ މީހަކު ނުހުންނާނެ” ޔުމާނާ ޖަވާބުދެއްވިއެވެ.

”އަޅެ ހަނދާންކޮށްބަލަ”

”އެއްވެސްތާކުން ދެކުނިންތަ އެމީހުންނާއި އެއްކޮށް ބޮޑު ފައިސާވެރިޔަކު ނުވަތަ ބޮޑު ފައިސާވެރިއެއްގެ ދަރިޔަކު ހުރިތަން” ހުސްނީ އަދިވެސް ބެލީ  އެމީހަކީ ކާކުތޯ ޔުމާނާ ލައްވައި ހޯދޭތޯއެވެ.           ޔުމާނާ އެފަދަ ހަނދާނެއް ސިކުނޑިއަށް ވަދޭތޯ ބެލިއެވެ.          ޔުމާނާގެ ހަނދާނަށް އައީ ޔުމާނާ ފާތުންނާއިއެކު ފިހާރައަކަށް ދިޔަ ދުވަހަކު ޔަޝްފާން އައްމަޑޭމެންނާއިއެކު ފިހާރައެއްދޮށުގައި ހުއްޓައި ފެނުނުތަނެވެ.

”އެއްދުވަހަކު އަހަރެން ފާތުންނާއިއެކު ފިހާރައަކަށް ދިޔަ ދުވަހަކު  އަހަރެމެންނަށް ފެނުނު ޔަޝްފާން އައްމަޑޭމެންނާއިއެކު ފެނުނު”

”އަހަރެމެން ހީކުރީ ޔަޝްފާން އެމީހުންނާއި ވާހަކަދައްކަނީކަމަށް”

”އެކަމަކު ޔަޝްފާން ބުނީ އައްމަޑޭމެން އޭނަޔަށް އިންޒާރު ދިނީއްޔޭ”

” ޔަޝްފާން ބުނި އެމީހުން ބުންޏޭ ޔަޝްފާން ގާތު އަހަރެންނާއި ދުރުވާށޭ އެހެންނޫނީ ކުޅިދައްކައިލާނަމޭ”

”އެދުވަހުގެ ރޭގަނޑު   އެމީހުން މަސްބާނަން  ގޮސް އުޅެނިކޮށް އެމީހުން ނިޔާވީ”  ޔުމާނާ ކިޔައިދިނެވެ.

”މަޑުކޮށްބަލަ”

”އެ މީހުން އެ އިންޒާރު ދިން ދުވަހުގެ ރޭގަނޑު  ކޮންމެވެސް މީހަކު އެމީހުން މަރައިލީ”

”ތީ ނުބަޔެއް”

”އެހެން މީހަކަށް ގެއްލުންދޭން ބުނި ދުވަހަކު އެދުވަހުގެ ރޭގަނޑު އެމީހުން ޤަތުލްވީ”

”އެހެން ކިހިނެތް ވާނީ” ހުސްނީއަށް އަހައިލެވުނެވެ.

ހަވީރު ފަހެއް ޖަހައިކަށްހާއިރެވެ.

 

ސާފު ވައިޖެހޭ ސާފު ގޮނޑުދޮށުގައި ސާފު ހިމުން ދޮންވެލިގަނޑުމަތީ      ޝިފާއާއި ސަމާ އެ އިނީ ކޮންމެވެސް ސީރިޔަސް ވާހަކައެއް ދައްކައިށެވެ.

”މިހާރު  ބޭބެ ހުސައިންނާއިއެކު ކޮފީއަކަށްވެސް ނުދޭ”

”ޝިފާއަށް ހީވަނީ ބޭބެ ހުސައިންނާއި ރުޅިވީހެން” ޝިފާޔަށް ހީވާ ގޮތް ޝިފާ ސަމާއަށް ކިޔައިދިނެވެ.

ޝިފާއާއި ސަމާ މިހެން ވާހަކަދައްކަން ތިއްބައި ޔުމާނާއާއި ފާތުންނަށް އެ ތަނަށް އާދެވިއްޖެއެވެ. އެ ދެމީހުން އެ އުޅެނީ ހިނގައިލަން އައިހެވެ. ހިނގަމުން ހިނގަމުން އެ މީހުންނާށް ޝިފާއާއި ސަމާ އެ އިންތަނަށް އާދެވުނީއެވެ.

ޔުމާނާ ޝިފައަށް ގޮވައިލިއެވެ. އަދި ޝިފާވެސް ޔުމާނާއަށް ގޮވައިލިއެވެ.

”ކޮބާ މައްސަލަ ކިހިނެތް ދަނީ” ޝިފާ އަހައިލިއެވެ.

”ބަލަމުން  މިދަނީ” ޔުމާނާ ޖަވާބު ދިނެވެ.

ޝިފާ ފާތުންގެ ހާލު އަހައިލިއެވެ. ފަތުން ބުނީ ރަނގަޅުކަމަށެވެ.

ޝިފާ އޭނަގެ އެކުވެރި ސަމާ ޔުމާނާއަށް ތަޢާރަފް ކޮށްދިނެވެ.އަދީ ސަމާއަށް ޔުމާނާ ތަޢާރަފްކޮށްދިނެވެ.

”ތިއީތަ ރަށު އެންމެން އެ ކިޔާ އައްމަޑޭމެންގެ މަރުގެ މައްސަލަ ބަލާ ޔުމާނާއަކީ” ސަމާ އެހިއެވެ.

ޔުމާނާ އާއެކޭ ބުނެ ޖަވާބު ދިނެވެ.

”ކޮން ވަހަކައެއްތަ ތިދައްކަނީ ދެ މީހުން” ޔުމާނާ އެހިއެވެ.

”މީ ދެން ހަމަ އަނގަތަޅައިލަނީ” ޝިފާ ދޮގުހެދިއެވެ. ޝިފާ ދޮގުހެދުމުން ސަމާއަށް ޝިފާ އާއި ދިމަ ބަލައިލެވުނެވެ.  ޝިފާ ދޮގުހެދުމުން ސަމާއެއް ހިތްހަމައެއް ނުޖެހުނެވެ.

”އެއީ ދޮގެއް”

” ޝިފާ އެ ދައްކަނި ޔަޝްފާން މިހާރު އޭނަގެ ބެސްޓު ފުރައިންޑާއި އެކު ކޮފީއަކަށް ނުދެޔޭ އެކުގަޔެއް ނުފެނޭޔޭ”

”އެ ދެމީހުން ރުޅިވީއްޔޭ” ސަމާ ތެދަށް ކިޔައިދިނެވެ. އެކަމު މިކަމާއި ޝިފާއެއް ހިތްހަމައެއް ނުޖެހުނެވެ.

”ކީކޭ”

”ޔަޝްފާން ހުސައިންނާއި ރުޅިވީ”

”އަސްލުވެސްތަ” ޔުމާނާއަކަށް ޤަބޫލެއްނުކުރެވުނެވެ.

އިރު އޮއްސެނީއެވެ.

ފާލަން ދޮށުގައި އެ އިރާއި ދިމައަށް ބަލަން މަޑުން ގައިން ތަނެއް ކަހައިވެސް ނުލައި ބުދެއްހެން ޔުމާނާ އެބައިނެވެ. އެ އިންނަނީ ޔަޝްފާންގެ އިންތިޒާރުގައެވެ.  ޔުމާނާ ވަނީ އޭނަޔާއި އެތަނުން ޔަޝްފާން އާއި ބައްދަލުކުރަން ބުނެފައެވެ.

ޔަޝްފާން އައިސް ޔުމާނާގެ ދެލޮލުގައި އަތްއެޅިއެވެ.

”ޔަޝްފާން އިށީނދެބަލަ”  ޔުމާނާ އެހެން ބުނުމުން ޔަޝްފާން އަތްނަގައި ޔުމާނާ ގާތު އިށީނދެއްޖެއެވެ.

”ކޮބާ މައްސަލަ ކިހިނެތް ދަނީ”

”މައްސަލަ ބެލޭތަ” ޔަޝްފާން އެއްފަހަރާއި ދެ ސުވާލެއްކޮށްލިއެވެ.

ޔުމާނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

”ކީއްވެ އަނގައިން ޖަވާބު ނުދިނީ” ޔަޝްފާން އެހިއެވެ.

”ކީއްވެ ހުސައިންނާއި ރުޅިވީ” ޔުމާނާ އެހިއެވެ.

”އަހަރެން ހުސައިންނަކާއި ރުޅިއެއް ނުވަން އޭނަ މަށާ ރުޅިވީ” ޔަޝްފާން ބުނެދިނެވެ.

”ކިހިނެތްވެގެން” ޔުމާނައަށް އަހައިލިއެވެ.

ޔަޝްފާން ބުނީ ވީ ގޮތެއް އެއްގޮތަކަށްވެސް ނޭނގޭކަމަށެވެ.

”ހުސައިން އުޅެނީ ކޮންތާކު” ޔުމާނާ އިންތަނުން ތެދުވިއެވެ.

އިޝާ ނަމާދުން ފައިބައިގެން މީހުން އަންނަނީއެވެ.      ހުސައިންވެސް މަޑު މަޑުން ހިނގަމުން  އެ ދަނީ ގެޔަށެވެ.

ގެޔަށް އާދެވިއްޖެއެވެ.

ގޭތެރެއަށް ވަންނައިރަށް ހުސައިންގެ މަންމަ ގާތު ޔުމާނާ އިންދައި ހުސައިންނަށް ފެނިއްޖެއެވެ. ހުސައިން ހިތަށް އެރިއެވެ. ޔުމާނާއަށް އަހަރެންގެ ގެ އެނގުނީ ކިހިނެތްބާވައެވެ. މިގަޑީގައި މި ގެޔަށް އައީ ކީއްކުރަންބާވައެވެ.

”ދަރިފުޅާ މިއީ ދަރިފުޅު ހޯދަން އައި ކުއްޖެއް” ހުސައިންގެ މަންމަ ބުނެދިނެވެ.

”މަންމަ މި އުޅުނީ ތާކަށް ދާން ވެގެންނޭ މި  މަންޖެ އެކަނި  ވާނެތީ  މިއިނީ ނުގޮސް ”

”މިހާރު ދެން މި ދަނީ ދެކުދުން އިނދޭ ވާހަކަދައްކަން” މިހެން ބުނެ  ހުސައިންގެ އެ ދާ ތާކަށް ހިނގައްޖެއެވެ.

”ކިހިނެތް އަހަރެންގެ ގެ އެނގުނީ”

”ޔަޝްފާން ބުނީދޯ”

”ކީއްކުރަން ތިއައީ” ހުސައިން އެހިއެވެ.

”ކީއްވެ ޔަޝްފާންއާއި ރުޅިވެގެން ތި އުޅެނީ” ޔުމާނަ އެހިއެވެ.

”އައްމަޑޭމެންގެ މަރުގެ މައްސަލައިގެ އިތުރަށް އެހެން މައްސަލަތައްވެސް ބަލަންތަ”   ހުސައިންގެ އަޑުގައި ވަނީ  މަލާމާތާއި ރުޅިވެރިކަމުގެ ރާގެވެ.

”މަލާމާތް ނުކުރޭ ހުސައިން”

”ޔަޝްފާންއަކީ އަހަރެންގެ ވާން އުޅޭ ފިރިމީހާ އަދި ތީ އޭނަގެ ކުރިން އެންމެ ގާތް އެކުވެރިޔާ އެހެންވީމައި އަހަރެން ބަލަން ބޭނުން ކުއްލިއަކަށް ތި ދެމީހުން މެދުގައިކޮން މައްސަލައެއް ޖެހިގެންކަން ރުޅިވީ”

”ކިހިނެތްތަ ވީ” ޔުމާނާ ސުވާލުކުރިއެވެ.

ހުސައިން އެއްޗެކޭ ނުބުނެ ހުރީއެވެ.

އޭގެ އަނެއް ދުވަހެވެ.

ޔުމާނާ އެ ދަނީ ފިހާރައަކަށް ހަނޑޫގަންނާށެވެ.

ފިހާރައަށް އާދެވިއްޖެއެވެ. ދޮރު ހުޅުވައިލައި އެތެރެއަށް ވަނެވެ.

”އަހާނ ޔުމާނާ ” ސޭޓު ގޮވައިލިއެވެ.      މިއަޑަށް  ފިހާރައިގައި އެއްޗެއް ގަންނަން އައިސް އުޅޭ މީހަކު ފިހާރައަށް ވަން ޔުމާނާއަށް ބަލައިލިއެވެ.

ޔުމާނާ ހަނޑޫގަނެގެން ފިހާރައިން ނުކުމެ މަޑު މަޑު ލަސް ފިޔަވަޅުގައި މިސްރާބު އެ ޖަހަނީ ގެޔާއި ދިމައަށެވެ.

”ޔުމާނާ މަޑުކޮށްބަލަ” ފަހަތުން މީހަކު ގޮވައިލިއެވެ.

ޔުމާނާ ފަހަތަށް އެނބުރުނެވެ. ފަހަތުގައި ހުރީ އައިނެއް އަޅައިފައި ހުރި އަދި ކުރު މަތިމަހަކާއި   ތުނބުޅިއެއް ފަޅައިފައި އިން ފިރިހެނެކެވެ.

”ތިއީ ކާކު” ޔުމާނާ އެހިއެވެ.

”އަހަރެންނަށް ކިޔަނީ އަހުމަދު ޝައީމް”ޝައީމް އަމިއްލައަށް ތަޢާރަފް ވިއެވެ.

”ކިހިނެތް އަހަރެން އެނގުނީ” ޔުމާނާ އެހިއެވެ.

”ޔުމާނާ ހަނޑޫ ގަންނަން ފިހާރައަށް ވަންއިރު އަހަރެން އެތާ ހުރީމޭ”

”އަހަރެންނަށް އިވުނު ސޭޓު ޔުމާނާއޭ ކިޔައިފައި ގޮވައިލި އަޑު” ޝައީމް ބުނެދިނެވެ.

”އެހެންތަ”

”ކީއްވެ ތި ގޮވީ”

”ކީއް ކޮށްދެންވީ”ޔުމާނާ އެހިއެވެ.

”ޔުމާނާ ތި ދަނީ އައްމަޑޭމެންގެ މަރުގެ މައްސަލަ ބަލަމުންނެއްނު”

”އަހަރެންގެ ކޮއްކޮ ޝަޔާމާ ވަނީ     1996   ވަނަ އަހަރުގައި ގެއްލިފައި”

”އޭނަ ގެއްލުނީ އޭނަގެ ބިޓާއިއެކު އެއްރޭ ވަލުތެރެއަށް ދިޔަ ފަހުން”

” އޭރު އޭނަ ހުރީ ރަތް ހެދުމެއް ލައިގެން”

”ކަރުގައި ފަށެއްވެސް އޮންނާނެ”

”އޭނަ ގެ މޫނު އިންނާނީ ވަށް ވަށް ކޮށް”

”އިސްތަށިގަނޑު ދިގުވާނެ ފަންވާނެ”

” ރަށު ރައްޔިތުން އޭނަ ވަރަށް ހޯދި”

”ވަލަށް ދިޔައިރު ކޮއްކޮ ކަރުގައި އަޅައިފައި އޮތް ފަށެއް މީހަކށް މޫދުދޮށުން ފެނުމުން ކަތީބު ނިންމީ ކޮއްކޮ އަމިއްލައަށް މަރުވީކަމަށް”

”އެކަމު އަހަރެން ޤަބޫލެއް ނުކުރަން އޭނަ އެފަދަ ފާފައެއްކުރާނެކަމަކށް”

”އެއީ އެއަށްވުރެން މާވިސްނޭ ކުއްޖެއް” ޝައީމްގެ ލޮލުން ކަރުނަ އައެވެ.

މިވާހަކަތައް އަހައިފައި ޔުމާނާއަށްވެސް އަސަރުކުރިއެވެ.

”ދެން އަހަރެން ކިހިނެތް ހަދައިދެންވީ” ޔުމާނާ އެހިއެވެ.

”އަހަރެން ކަތީބު ގާތު އެތައް ފަހަރުމަތިން އެދެފިން ޝަޔާމާ އަލުން ފެނޭތޯ ބަލަން”

”އެކަމު އެއްބަހެއްނުވޭ ބުނަނީ ޝަޔާމާ މަރުވެއްޖެޔޭ”

”އަހަރެން އެދެނީ ޔުމާނާ ޝަޔާމާ ހޯދައިލުން ޕްލީޒް” ޝައީމް ރޮއެފައި އާދޭސްކުރިއެވެ.

”ބައްލަވާ އަޅުގަނޑަކީ ކަތީބެއްނޫން”

”އަޅުގަނޑު ކަތީބު ގާތު މި މައްސަލަ ބަލަން އެދުމުން އެފުރުސަތު ކަތީބު އަޅުގަނޑަށް ދެއްވީ”

”އެކަމު އިތުރު މައްސަލައެއް ބަލަން ފުރުސަތު ދެއްވާނެ ހެންނެއް ހިއެއްނުވޭ” ޔުމާނާ ބުނެދިނެވެ.

”ކަތީބަކަށް ނުވިޔަސް އާދައިގެ އިންސާނެއްގެ ހައިސިއްޔަތުން ރަށު ރައްޔިތެއްގެ ހައިސިއްޔަތުން ހޯދިދާނެއްނު”

”އަހަރެމެންގެ މި މާތް އިސްލާންދީނުގައި އެއްބަޔަކު އަނެއްބަޔަކީ އަޙުން އުޙުތުން”

”އެހެންވީމައި ޝަޔާމާވެސް ވާނީ ޔުމާނަގެ އުޙުތަކަށްނު”

”ޔުމާނާގެ އުޙުތެއް ގެލިގެން އުޅޭއިރު ޔުމާނާ ހޯދާކަށް ނޫޅޭނަންތަ” ޝައީމް އެހިއެވެ.

”އެންމެ ރަނގަޅު އަހަރެން ތިކަމާއި ވިސްނާނަން” ޔުމާނާ އެއޗެކޭ ނުބުނެ އިރުކޮޅަކު ވިސްނާން ހުރެފައި ޖަވާބުދިނެވެ.

ޝައީމް ވަރަށް އުފާވިއެވެ.   ޝައީމް އޭނަގެ އެޑްރެސް ޔުމާނާއަށް ދިނެވެ. އެއީ އޭނަ ގޮތެއް ނިންމުމަށްފަހު ޝައީމަށް އެންގުމަށެވެ.      ޝައީމްއާއި ވަކިވުމަށްފަހު މަޑުމަޑުން އަނެއްކާވެސް ހިނގުން ކުރިއަށް ގެންދިޔައެވެ.  ވަކި ހިސާބަކަށް ދެވުމުން ޔުމާނާގެ ފިޔަވަޅުތައް ހުއްޓުނެވެ.  ޝައީމް އެ ކިޔައިދިން ޝަޔާމާގެ އެ ސިފަތައް ޔުމާނާއަށް ޔުމާނާ ދުށް މީހަކާއި ވައްތަރުވާން ފެށީއެވެ. އެކަމަކު އެއީ ކާކު ކަމެއް ނޭނގުނެވެ.

ޔުމާނާ ގެޔަށް ގޮސް ކޮޓަރިއަށްވަދެ ގަނޑަކާއި ފަންސޫރެއް ނަގައި ޝައީމް އެ ކިޔައިދިން ސިފަތަކާއި އެއްގޮތަށް ޝަޔާމާގެ ސޫރަ ކުރަހަން ފެށިއެވެ.

ކުރަހައި ނމިއްޖެއެވެ.  ޔުމާނާ ހައިރާންވެ ދެލޯ ބޮޑުވިއެވެ.  ޔުމާނާއަށް ކުރެހުނީ ޔުމާނަ ވަލުތެރެއިންދުށް އަންހެންކުއްޖާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ali Shimhaz

Level 110 Stories

Other Articles

Previous

ނިކަން ލޯބިން- 01

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (13)

Next
March 3, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (13)

Previews
March 3, 2021

ނިކަން ލޯބިން- 01

One Comment

  1. redlailacrose says:
    March 3, 2021 at 9:49 pm

    Stry vrh reethi ? waiting for next part ?? and could u please comment on my story loabiveriyeh thi nooney masheh neydhemey and loibahtakai aharen huva maru vs vedhaanamey
    Anyways stay safe ?? stay home ??

Comments are closed.

Next Episodeޤާތިލް-8←


All Right Reserved!