ބަރަކާތްތެރި ފިތުރުޢީދު ދުވަހެވެ. އަލްތާފް އަރާމު ތަންމަތިދޫކޮށް އެހެން ޢީދުތަކެކޭ އެއްފަދައިން ހެނދުނުހެނދުނާ ޢީދުނަމާދަށް ދާން ހޭލިއެވެ. މޯޅިއަކަށް ދެމިލިއެވެ. ދެލޯ އުނގުޅައިލިއެވެ. މޫނުމަތީގައި ނިދީގެއަސަރު ހުއްޓަސް އުފާވެރިކަމުގެ އަސަރުވެސް އެބަހުއްޓެވެ. ލައިގެންހުރި ހެދުންބޭލުމަށްފަހު ފާޙާނާއަށް ފެންވަރަންވަނީ ނުހަނު ޝައުޤުވެރިކަމުގައެވެ. ފެންވަރައިނިމިގެން ގަޔަށް ފޮގްސެންޓު ބުރުވައިލައި ޢީދުހެދުންލިއެވެ. އެހެދުމަކީ ރަތާއި ނޫރޮނގު ދަމައިފައި ހުރި ގޮޅިޖެހިގަމީހެކެވެ. އަޅިކުލައިގެ ޖިންސެކެވެ. ބޮލުގައި ޖެލްލައި ފުނާއަޅައިލައި ސަޑެއްނެގިއެވެ. އެއަށްފަހު ގެއިންނިކުމެ މިސްކިތާއިދިމައަށް މިސްރާބުޖެހިއެވެ. މިސްކިތަށް އާދެވިއްޖެއެވެ. އޭރު އަދި […]
ވަލަށް ވަދެވުމުން ޔަޝްފާން އޭނަގެ ބައްޕައަށް ޝަޔާމާގެ ހަށިގަނޑުދެއްކިއެވެ. ކަތީބު ވަލުތެރޭގައި ބޮޑުވަޅެއް ކޮނެ ޝަޔާމާގެ ހަށިގަނޑު ލައި ފަސް އަޅައި ފޮރުވިއެވެ. އެޔާއިއެކު ކަތީބަކަށްވެ ހުރެ އޭނަގެ ދަރީގެ އެ ނުބައި އަމަލު ފޮރުވައި ފަސްއެޅިއެވެ. ޝަޔާމާގެ ރޫޙް އޭނަގެ ވާހަކަ ކިޔައިދީ ނިމުނުއިރު ޔުމާނާގެ ދެ ކޯތާފަތް ހުރީ ކަރުނުން ފޯވެފައެވެ. އޭނަ ހުރީ ގަބުވެފައެވެ. ހުއްޓުން އަރައިފައެވެ. އެއްޗެއް ބުނަން އުޅުންހެން ހީވިއެވެ. ބުނެވޭގޮތެއް ނުވިއެވެ. ”އަ..އަ..އަހަ…ރެން..” ޔުމާނާ ހުރީ ބިރުން ތުރުތުރު […]
ރޭގަނޑު ބާރަޖެހީޔެވެ. ނިދަންވީޔެވެ. ޝަކީލާ ގިފިލިން ނިކުމެ ވަޙީދު ކައިރީގައި އެނދުގައި އޮށޯތެވެ. ”މިއަދު ޝަޔާމާ ކޮންމެވެސް ތާކުން އައިސް ރޮވިފައި އަހަރެން ގައިގައި ބައްދައިލީ” ”އަހަރެން މި ހިތަށް އަރަނީ ކިހިނެތްބާވައޭ އެވީ” ޝަކީލާ ބުނެދިނެވެ. މި ވާހަކަ އަހައިފައި ވަޙީދުވެސް ހައިރާންވިއެވެ. އަނެއްދުވަހެވެ. ހެނދުނުގެ ވަގުތެވެ. ވަޙީދު ޝަޔާމާ ގޮވައިގެން އިއްޔެ ހެދި ޓެސްޓުތަކުގެ ނަތީޖާ ބަލައި މަރުކަޡަށް ދަނީއެވެ. މަރުކަޒަށް އާދެވިއްޖެއެވެ. ޓެސްޓުތަކުގެ ނަތީޖާ ލިބިއްޖެއެވެ. ނަތީޖާތައް ޑޮކްޓަރުދެއްވީ ޝަޔާމާގެ އަތަށެވެ. ޝަޔާމާ […]
ޝަޔާމާ ގެޔަށް އައިންސުރެން ވިސްނެނީ ނަތީޖާއާއި މެދުގައެވެ.ނަތީޖާ ނައްސިވޭތޯ ހިތާހިތުން ދުޢާކުރެވެން ފެށިއެވެ. ކުއްލިއަކަށް ޝަޔާމާއަށް ޔަޝްފާން މަތިން ހަނދާންވިއެވެ. ޝަޔާމާ ހިތަށް އެރިއެވެ. މިހާރު ޔަޝްއާއި ބައްދަލުނުވާތާ ހާދަ ދުވަހެއް ވެއްޖެއެވެ. އެރޭ ޕާރޓީއަށްފަހު އަދި ދިމައެއްނުވެއެވެ. އަހަރެންނާއި ރުޅިވީބާވައެވެ. ނޫނެކެވެ. އެރޭ ޕާރޓީގައި ކަންތައްވި ގޮތުން ހަތަރުކަޅި ހަމަކުރަން ނުކެރުނީއެވެ. އެހެންނެއްކަމަކު އަހަރެން ހަތަރުކަޅި ހަމަކުރާނަމެވެ. ޔަޝްއަށް އަހަރެންގެ މިޙާލަތު ކިޔައިދޭނަމެވެ. ޝަޔާމާ އެނދުން ތެދުވިއެވެ. ޝަޔާމާ ހުރީ ރީތިވެގެންކަމުން ހެދުން ބަދަލުކޮށް އަލަކުން […]
ޔަޝްފާން ކޮޓަރި އެނދުގައި ގައިގައި ރަޖާއަޅައިގެން ނިދައިފައި އޮތެވެ. ޔަޝްފާންއަށް ހޭލެވިއްޖެއެވެ. ހޭލެވިގެން ލޯ ހުޅުވައިލެވުމާއިއެކު ޔަޝްފާންއަށް ފެނުނީ އޭނަގެ އެނދުގެ އަނެއް ފަރާތުގައި ޝަޔާމާ ނިދައިފައި އޮތްވައެވެ.ޔަޝްފާންގެ ދެލޯ ބޮޑުވިއެވެ. ހާސްވާން ފެށިއެވެ.ޝަޔާމާގެ ގަޔަކު ހެދުމެއްވެސް ނެތެވެ. ދެ މީހުންގެ ގައިގައި ވަނީ ރަޖައެކެވެ. ”ޝަޔާމާ” ”ޝަޔާމާ” ޔަޝްފާން ގޮވަންފެށިއެވެ. ޝަޔާމާއަށް ހޭލެވިއްޖެއެވެ. ޝަޔާމާއަށް ޝަޔާމާ ކައިރީގައި ޔަޝްފާން އޮއްވައި ފެނުމުން ސިހުނެވެ. ޝަޔާމާއަށް ޝަޔާމާގެ ގަޔަށް ބަލައިލެވުނެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ. އޮއްތަންވެސް އެނގުނީ […]
އެންމެންނަށްވެސް އެނގޭނެފައިން އެކެއް އޭޕްރީލަކީ އޭޕްރީލް ފޫލް ހަދައި ދުވަހެވެ. އޭޕްރީލް ފޫލަކީ އަނެކާއަށް ބޮޑުދޮގެއް ހަދައި ސަމާސާއެއް ކޮށްލުމެވެ. ނިހާންއަކީ މާލެމީހެކެވެ. ނިހާން ވަޒީފާ އަދާކުރަނީ އޮފީހެއްގައެވެ. ނިހާންއާއި ނިހާންގެ އާޢިލާ އުޅެނީ މާލޭގައެވެ. ނިހާންގެ އާޢިލާގައި ނިހާންގެ މަންމައާއި ބައްޕައާއި ބޮޑުބޭބެއާއި ނިހާންގެ އަންހެނުން އައިންތުއާއި ދަރިފުޅު ޔޫއާން ހިމެނެއެވެ. ނިހާން އޮފީހުގައި ބުރަކޮށް އުޅުނަސް އާޢިލާއަށް އަނބިމީހާއަށާއި ދަރިފުޅަށް ވަގުތުދެއެވެ. ނިހާން ވަރަށް އައިންތުއާއި ސަމާސާކޮށް ހަދައިހިތްވެއެވެ. ކޮންމެ އޭޕްރީލުމަހުގެ އެއްވަނަދުވަހު ނިހާން […]
ޕާރޓީއަށް އާދެވިއްޖެއެވެ. ޕާރޓީގައި ވަރަށް މީހުން ގިނައެވެ. ޝަޔާމާ އެ ހުރިހާ މީހުން ފެނިފައި ބިރުގަތެވެ. މިފަދަ މީހުން ގިނަ ބޮޑު ޕާރޓީއަކަށް ދުވަހަކުވެސް ޝަޔާމާއެއް ނާދެއެވެ. ޝަޔާމާއަށް މޭގައި އަތްކާތައިލެވުނެވެ. އެ ހުރިހާ މީހުންގެ ތެރެއިން ޔަޝްފާން ފެނޭތޯ ޝަޔާމާ އެކި ދިމަ ދިމާއަށް ކަޅި ހިންގައިލިއެވެ. ޔަޝްފާން ފެނިއްޖެއެވެ. ޔަޝްފާން ހުރީ އޭނަގެ އެކުވެރި ޖާވިދު އާއި ރިފާޢު އަދި ސާމީއާއި ވާހަކަދައްކައިށެވެ. ޝަޔާމާ ޔަޝްފާންއަށް ގޮވައިލަން ހިތަށް އެރިއެވެ. އެކަމަކު ގޮވައިލާކަށް ނުކެރުނެވެ. […]
އޭގެ އަނެއް ދުވަހެވެ. ޝަޔާމާ އިސްކޫލުން އަތުވެއްޖެއެވެ. ޝަޔާމާ އިސްކޫލުން އައިސް ގެޔަށް ވަންނައިރަށް ޝަޔާމާއަށް ފެނުނީ އިއްޔެ ދިމާވި މުސްކުޅި ބޭބެ ގޭގައި އިންދައެވެ. ”ދަރިފުޅު އައީތަ” ޝަކީލާ ގޮވައިލިއެވެ. ”ދަރިފުޅާ” ”މިއީ މިރަށު ވަރަށް ގިނަ ބަޔަކު ޤަދަރު ކުރާ މީހެއް” ”އާދަމްމަނިކު” ”ދަރިފުޅާއި ބައްދަލުކުރާށޯ އެއައީ” ވަހީދު ބުނެދިނެވެ. އާދަމްމަނިކު އިންތަނުން ތެދުވެ ޝަޔާމާ ގާތަށް އައެވެ. ”ޝަޔާމާ ” ”ބޭބެއަށް މާފުކުރޭ” އާދަމްމަނިކު އެހެން ބުނުމުން ޝަޔާމާ ސިހުނެވެ. ޝަޔާމާގެ މައިންބަފައިންނަށްވެސް […]
މިއަދަކީ ޝަޔާމާގެ އިސްކޫލްގެ ފުރަތަމަ ދުވަހެވެ. ޝަޔާމާގެ އުމުރަކީ އިސްކޫލު އެހެންކުދިން ފަދައިން 18 އަހަރެވެ. ޓީޗަރު ޝަޔާމާ ހުރިހައި ކުދިންނަށް ތަޢާރަފްކޮށްދިނެވެ. ޔަޝްފާން ޝަޔާމާއަށް ޝިކާރަވެރިޔަކު އޭނަގެ ޝިކާރަޔަށް ބަލައިހެން ބަލައިލިއެވެ. ޝަޔާމާ އިސްކޫލު ކުދިންނާއި ސަލާން ކުރަންފެށިއެވެ. ޔަޝްފާން ގާތަށް އައިސް ސަލާމްގެ އަތް ދިއްކޮށްލިއެވެ. ޔަޝްފާން އެ އަތުގައި ހިފިއެވެ. އަތުގައި ހިފަހައްޓައިގެން އެ ރީތީ މޫނަށް ބަލަހައްޓައިގެން ހުރީއެވެ. އަތުން ދޫކޮށްލައިކަށް ނޫޅުނެވެ. ޝަޔާމާ ރަކިވިއެވެ. ”ޔަޝްފާން”ޓީޗަރު ނުރުހިފައި ގޮވައިލިއެވެ. ޔަޝްފާން […]