Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން އިހުސާސެކޭ 12

Aishasha Level 310 Stories100 Login
July 20, 2017 4 Mins Read
35 Comments

“ހަހަހަ.. ކައެ ހަމަޖެހިލަބަ” ޔަރުހަމް އެ ފުޅި އަނެއްކާވެސް ޔާނިއު އަތަށް ދިއްކޮށްލަމުން ބުންޏެވެ.

“މޫޑު ކަޓައިފި! އެކަމަކު މަށަށް ހީވަނީ އޭނަ އެހުރީ ކޮންމެވެސް ކަމަކާ ވިސްނާ ވިސްނާ ބޯބުރާންތި އަރާފަހެން. އެހެންވެ އުޅުން ގޮތެއް ކަންނޭނގެ. އެހެންނޫނީ ވަރަށް މަޑުމަޑުން އިންނަ ބަސްއަހާ ކުއްޖެއް އެއީ.” އަނާނީއާ ބެހޭގޮތުން ޔާނިއު ކިޔައިދިނެވެ. ޔަރުހަމް ދެފަރާތަކަށް ބޯހޫރުވާލާފައި ހިނިގަނޑެއް ޖަހައިލިއެވެ. މިއީ ޔާނިއު އެހެންޏާ އަންހެން ކުއްޖަކާ ބެހޭގޮތުން ބުނެއުޅޭ އެއްޗިއްސެއް ނޫނެވެ. އެ އަނާނީއަކާ ދޭތެރޭ ޙާއްސަގޮތެއް ޔާނިއު ގެންގުޅޭކަން ޔަރުހަމަށްވެސް ވިސްނުނެވެ.

އެރިއިރާ އެއްކޮށް އަނާނީއަށް ލިބުނީ އޭނާގެ މަންމަގެ މަރުގެ ހިތާމަވެރި ޚަބަރެވެ. ނަމަވެސް މިފަހަރު އަނާނީ ނުއެއްރޮއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ރެއިން ފެށިގެން އޭނާ އިންނަނީ ހިމޭންވެފައެވެ. ރޭ އެވަރަށް ރުއިމުގެ ސަބަބުން ލޮލުން ކަރުނަ ހުސްވެފައިވާ ކަހަލައެވެ. ނުވަތަ، ރުއިމުގެ ބޭނުމެއް ނެތްކަން އޭނާއަށް ވިސްނުނީ ކަންނޭނގެއެވެ. ރުއިމަކުން މަންމަ އަނބުރާ ދުނިޔެއަށް ނާންނާނެއެވެ. މި ޙަޤީޤަތް އޭނާ އެންމެފަހުން ޤަބޫލުކުރީ ކަންނޭނގެއެވެ.

ނަމަވެސް އަނާނީ ރޭ އެއްވެސް ވަރަކަށް ނުނިދައެވެ. އީވާ ގެއަށް ލައިދިނުމުން، އައި ގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގަނެގެން އޮތީއެވެ. އިރުއަރަންދެން ވެސް ދެލޯ ތަންމިނަށް ހުޅުވައިގެން، އޭނާ އޮތީ ފަންކާއަށް ބަލަހައްޓައިގެނެވެ. ހެނދުނު 7 ޖަހާކަށްހާއިރު ދޮންބެ ގުޅާފައި މަންމަ ނިޔާވި ވާހަކަ ބުނުމުން، ހިނދުކޮޅަކަށް ނޭވާހުއްޓުންހެން ހީވި ނަމަވެސް، ހަމަޖެހިލައިގެން ތެދުވިއެވެ. އަދި ފާހަނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ، ވައިބާ މެސެޖަކުން ލިއުދައްތައަށް އެ  ޚަބަރު ދީފައި، ސިޓިންގ ރޫމަށް ނުކުމެލިއެވެ. ލޮލުން ކަރުނަ ނައެއް ކަމަކު، އަނާނީ ހުންނަނީ ނެގިމަޑުވެފައެވެ. ހިނގެނީ ވެސް ލަސް ފިޔަވަޅުތަކެއްގައެވެ. ކޮންމެ ކަމެއް ކުރިޔަސް ކުރެވެނީ އެހާ ލަހުންނެވެ.

ކޮފީތަށްޓެއް ހިފައިގެން އައިސް އަނާނީ ސޯފާގައި އިށީނެވެ. އަދި މަޑުމަޑުން، ލަސްލަހުން ކޮފީގެ ފޮދުވަރެއް ބޮމުން ދިޔަ އިރު، އޭނާ އިނީ ކޮންމެވެސް ދިމާއަކަށް ގެއްލިފައެވެ. އެ ސިކުނޑީގައި ވަނީ ކޮންކޮން ޚިޔާލުތަކެއް ކަމެއް ވެސް ނޭނގެއެވެ. އެހެން އިންދާ، ލޫކަސް ނިދާހޭލައިގެން ނުކުތެވެ. އަދި އަނާނީ ފެނިފައި ކުޑަކޮށް ސިހިފައި، އަނާނީއާ ދިމާއަށް އަންނަން ފެށިއެވެ.

“އޭތް؟” އަނާނީގެ މޫނު ކައިރީ އަތް ހޫރާލަމުން، ލޫކަސް ގޮވައިލިއެވެ. އެއާއެކު އަނާނީ ލޫކަސްއަށް ބަލައިލިއެވެ. އެހިނދު ލޫކަސްއަށް އަނާނީގެ ލޯކައިރި ކަޅުވެފައި ހުރިތަން ފެނުމުން، އޭނާ އެއުޅެނީ ރޭންސުރެ ނުނިދާކަން ނަގައިގަނެވުނެވެ. “ކިހިނެއްވެފަ ތީނީ؟”

“މަންމަ ނިޔާވެއްޖެ. މިއުޅެނީ މެންދުރު ފުރާ ލޯންޗަކުން ރަށަށްދާން.” އެސްފިޔަޖަހައި ނުލާ އިނދެ މިހެން ބުނެލި އިރު، އަނާނީ ހީވަނީ ރޮބޮޓެއްހެނެވެ.

“ކީކޭ؟” ލޫކަސްއަށް ލިބުނީ ހައިރާންކަމެވެ. ހީކުރި ވަރަށްވުރެ ފަސޭހައިން އަނާނީގެ ފަރާތުން ވެގެން އުޅޭގޮތް އޮޅުންފިލުމުންނެވެ. “އައި އޭމް ސޮރީ..” ލޫކަސް އަމިއްލަ މޭގައި އަތްބާއްވާލަމުން، ދެރަވިކަން އަންގަމުން ބުނެލިއެވެ. އަދި އެއަށްފަހު އަހައިލިއެވެ. “އެކަނިތަ ދަނީ؟”

“ހްމްމް” އަނާނީ ލޫކަސްގެ މޫނުން ނަޒަރު ވަކިކޮށްލާފައި، ކުރިންވެސް ބަލަން އިން ދިމާއަށް ބަލަން ފެށިއެވެ.

“އެކަނި ދާކަށް ނުވާނެ. ތިއުމުރުގެ އަންހެން ކުއްޖެއް.. ރަނގަޅެއް ނުވާނެ. އަހަރެން ގޮސްފާނަން އަނާނީއާ އެއްކޮށް. މޫނުބަލާލާފަ އަންނާކަށްނު ތިދަނީ؟” ލޫކަސް އަނާނީއާ ޖެހިގެން އިށީންނަމުން، އަނާނީގެ ކޮނޑުގައި އަތްބާއްވައިލިއެވެ.

“އާނ. އެކަމު ލޫކަސް ދާނެ ކަމެއްނެތް. ސާރާ ހިތްހަމައެއް ނުޖެހޭނެ.” ހަމަ އެ ހިމޭން ރާގުގައި އަނާނީ ބުނެލިއެވެ.

 

“އޯކޭވާނެ. ވީ އާ އޮން އަ ބްރޭކް. އޭނައަކަށް ބާރެއް ނުފޯރުވޭނެ މިދުވަސްކޮޅު.” ސާރާއާ ދެމެދު ކަންތައް އޮތްގޮތް ލޫކަސް ކުރުގޮތަކަށް ކިޔައިދިނެވެ. އެއަށްފަހު މަންމަގެ މޫނު ދެކިލަން ރަށަށް ދާ އިރު ލޫކަސް ގޮވައިގެން ދާން އަނާނީ އެއްބަސްވިއެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން ދުއްވާފައި ދިޔަ ލޯންޗުގައި އިން އަނާނީ އިނީ ދެލޯ މަރާލައިގެނެވެ. ހީވާގޮތުން އޭނާއަށް އެވަނީ ނިދިފައެވެ. އެހެންކަމުން، އަނާނީއަށް ޖެއްސުން ނުކުރަންވެގެން ލޫކަސް އިނީ ކަންފަތުގައި ހެޑްސެޓު ޖަހައިގެން، ލަވަ އަޑުއަހާށެވެ. އަނާނީގެ ރަށަށް ދެވެންދެން، އަނާނީއަށް ގޮވުމުގެ ޚިޔާލެއް ލޫކަސްގެ ނެތެވެ. ނަމަވެސް އިރުކޮޅެއްފަހުން ކުއްލިއަކަށް އަނާނީ ދެލޯ ހުޅުވައިލީ ސިހިފައެވެ. އަދި އެއަށްފަހު ވަރަށް ބާރަށް “މަންމާ”އޭ ކިޔާފައި ހަޅޭއްލަވަން ފެށީ ބިރެއް ފެނިގެންފަދަ ގޮތަކަށެވެ. އެއާއެކު ލޯންޗުގައި ތިބި އެހެންމީހުން އެދިމާއަށް ބަލަންފެށިއެވެ. ކަމެއް ވެގެން އުޅޭކަން ލޫކަސްއަށް ރޭކާލީ އެހިސާބުންނެވެ. އަވަސްއަވަހަށް ހެޑްސެޓު ނައްޓާލާފައި، އަނާނީއާ ދިމާއަށް އެނބުރިގެން، އޭނާ މަސަލަސްކުރެވޭތޯ އުޅެން ފެށިއެވެ. “ކިހިނެއްވީ؟” ލޫކަސް އަހަމުން ގެންދިޔައެވެ. އަނާނީ ހަޅޭއްލެވުން ހުއްޓާލާފައި، ހިމޭންވެލިއެވެ. އަދި މޫނުމަތީގައި ދެއަތް އަޅާލާފައި މޫނު ފޮރުވައިލިއެވެ. ލޫކަސް ހީކުރީ އަނާނީ ރޯންފެށީ ކަމުގައެވެ. އެހެންކަމުން އަނާނީގެ ކޮނޑުގައި އަތްބާއްވާލައިގެން އިނދެ ހިތްވަރު ދިނުމުގެ ގޮތުން އެކި އެއްޗެހި ކިޔަންފެށިއެވެ.

އަނާނީގެ ބަޑި ފަޅައިގެން ދިޔައީ މަންމަގެ މޫނު ފެނުމާއެކުއެވެ. އަޑުންއަޑުނަގާފައި ރޯންފެށުމުން އޭނާގެ ދޮންބެއާއި ފަހަރި އަނާނީގެ ގައިގައި ހިފަހައްޓާލައިގެން ހިތްވަރު ދެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އަދި އެހެނިހެން ގާތްތިމާގެ މީހުންނާއި އެ އާއިލާގެ ރައްޓެހިންވެސް އަނާނީގެ ކައިރީގައި ތިބެގެން ހިތްވަރުކުރުމަށް ބުނަމުންދިޔައެވެ. ލޫކަސް ހުރީ ތަންކޮޅެއް ދުރުގައެވެ. އަނާނީގެ ދޮންބެމެން ތިބުމުން އަނާނީއާ ގާތްވާކަށް އޭނާއަކަށް ނުކެރުނެވެ. މަންމަ ވަޅުލުމާ ހަމައަށްވެސް އަނާނީގެ ރުއިން މަޑުނުވެއެވެ. ރަށަށް އާދެވުމުން، މަންމަގެ ހަނދާންތައް މާބޮޑަށް އާވާންފެށީއެވެ. ގެއަށް ގޮސް ވެސް އެވަރަށް ރުޔެވެ.

އިރުއޮއްސުނު އިރު އަނާނީ ހުރީ ކުޑަކޮށް ހަމައަކަށް އެޅިފައެވެ. ފަހަރިއާއި ދޮންބެ އެންމެ ވަގުތަކަށް ވެސް އަނާނީ ކައިރިން ދުރަށް ނުގޮސް ކައިރީގައި ތިބެގެން ނަސޭހަތްދީ ހަދަން ފެށުމުން ރުއިން މަޑުވީއެވެ. އެރޭ އަނާނީމެން މާލެދާން ފުރަން ދަނިކޮށް އަނާނީގެ ދޮންބެ ލޫކަސްއަށް ވަރަށް ޝުކުރުއަދާކުރިއެވެ. އެއީ އަނާނީގެ އެހީތެރިއަކަށް ވެގެން މާލެއިން ރަށާ ހަމައަށް ގެނެސްދިނީތީއެވެ. އަދި މާލެދާ ކަނޑުމަތީގައި ވެސް އަނާނީއަށް ބަލައިދިނުމަށް އެދުނެވެ. ދޮންބެ އަނާނީ މާލެ ނުފޮނުވާން އުޅެފައި ވެސް އަނާނީގެ ކޮލެޖު އަނެއްދުވަހު އޮންނާނެތީ އެކަމަށް ހުރަސްނޭޅުމުގެ ގޮތުން އަނާނީ ދިޔުމަށް ހުއްދަދިނީއެވެ. އެހެނަސް އަނާނީ ހުރީ ދާހިތަކުންނެއް ނޫނެވެ. ނަމަވެސް ރަށުގައި ހުރުމުން އިތުރަށް މަންމަގެ މަތިން ހަނދާންވުން ނޫންކަމެއް ނުވާނެކަން އެނގޭތީ މާލެދާން ފުރީއެވެ. ލޯންޗަށް އަރާފައި، ރަށުގެ މަލަމަތި އޮބާލަންދެން ބަލަހައްޓައިގެން އަނާނީ އިނެވެ. އޭނާގެ ސިކުނޑީގައި ކުޑައިރުގެ އެތައް ހަނދާންތަކެއް ވެރިވެގަތެވެ. މިއީ އޭނާގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރި، އުފަން ރަށެވެ. ކުޑައިރުގެ އެއްވެސް ރައްޓެއްސަކާ ރަނގަޅަށް ދިމާވެސް ނުވެވި އަނބުރާ މާލެ އަންނަން މި ޖެހުނީ ހާލަތު ހުރިގޮތުންނެވެ. މިފަދަ ހިތާމަވެރި ސަބަބަކާ ހެދި ރަށަށް ދާން ޖެހޭނެ ކަމަށް އަނާނީ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.

ދެގަޑިއިރުގެ ދަތުރަކަށްފަހު މާލެ އައިސް، ގެއަށް އައި ގޮތަށް އެއްޗެހި ވެސް ބަދަލުނުކޮށް އަނާނީއަށް އެނދުގައި ޖައްސައިލެވުމާއެކު ނިދުނެވެ. ކުރީ ރޭ އެއްވެސް ވަރަކަށް ނުނިދުމުގެ ސަބަބުން އޭނާ ހުރީ ލޯންޗުމަތީގައިވެސް ނިދިއައިސްގެން ހަލާކުވާ ވަރުވެފައެވެ. އެހާ ފަސޭހައިން އޭނާއަށް އެ ނިދުނީ ވެސް އެހެންވެގެންނެވެ. ލޫކަސް ތާޒާ ވެލައިގެން އައިސް އަނާނީގެ ޚަބަރެއް ބަލައިލަން އެކޮޓަރީގެ ދޮރުހުޅުވައި ބަލައިލުމުން، އަނާނީ ނިދާފައި އޮތްތަން ފެނުމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހީކުރީ އަނާނީއަށް އޭރު ވެފައި ހުރި ވަރުން، މިރޭ ވެސް ނުނިދާނެ ކަމަށެވެ.

ޔާނިއު އޮތީ އޭނާގެ އެނދުމަތީގައި އޮށޯވެލައިގެނެވެ. އެއް އަތްމަތީގައި ބޯ ބާއްވާލައިގެން އޮތްއިރު، ނަޒަރު ގޮސް ހުއްޓިފައި ހުރީ ފަންކާއަށެވެ. ފަންކާ ނޭނބުރުނެއް ކަމަކު، އޭސީ ޖައްސާފައި ހުރުމުން އެ ކޮޓަރިތެރޭގައި ފިނިކަން ހިފާފައި ހުއްޓެވެ. ޔާނިއު އަކީ ކަންތައްތަކާ މާ ވިސްނާ އުޅޭ ޒުވާނެއް ނޫނެވެ. އެހެނަސް ކުރީ ރޭ ވެދިޔަ ކަންތައްތަކުގެ ސަބަބުން އަނާނީގެ ޙާލަތާމެދު ވިސްނެން ފެށުނެވެ. އަނާނީއަށް ވެފައި އެހުރީ ކީއްހެއްޔެވެ. އަނެއްކާ ކޮންމެވެސް ނަފްސާނީ ކަންތައްގަނޑަކާ އެކުއްޖާ ފަކީރު ހަނގުރާމަ ކުރަނީ ހެއްޔެވެ. އެހެންކަމުގައި ވާ ނަމަ، ޔާނިއު އެރޭ އަނާނީއާ އެހާ ހަރުކަށިކޮށް ވާހަކަ ދައްކައިގެން ނުވާނެއެވެ. އެއީ އޭނާއަށް ހެދުނު ގޯހެކެވެ. އަނާނީއަށް ގުޅައިގެން އޭނާގެ ހާލު ބަލައިލަންވީ ހެއްޔެވެ. އޭރުން އޭނާ އެހުރީ ރުޅި އައިސް ނޫންކަން އަނާނީއަށް އެނގޭނެއެވެ. މިހެން ހިތަށް އަރާފައި، ޔާނިއު ފޯނު ނެގިއެވެ. ނަމަވެސް އެވަގުތު ގަޑިން ވީ ވަރު ފެނިފައި، އަނާނީ އޮންނާނީ ނިދާފައި ކަން ވިސްނުމުން، ޚިޔާލު ބަދަލުކޮށްލިއެވެ. ދެން ގުޅަން ފެށީ އީވާ އަށެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ލޫކަސް މާ އަވަހަށް ހޭލައިގެން އައިސް ހުރީ އަނާނީއަށް ސައި ހަދާފައެވެ. އަދި އަނާނީ ހޭލައިގެން އަންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިށީނދެލައިގެން އިނެވެ. އެތައް އިރެއް ފާއިތުވެގެން ދިޔައިރު ވެސް އަނާނީގެ ޚަބަރެއް ނުވުމުން ލޫކަސް ތެދުވެގެން ގޮސް އެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. އެވަރުންވެސް ޚަބަރެއް ނުވުމުން، މަޑުމަޑުން ތަޅު އަނބުރާލާފައި ދޮރު ކުޑަކޮށް ހުޅުވައި ބަލައިލިއެވެ. އަނާނީ ފުރަގަސްދީގެން އެނދުގައި އިށީނދެ އިން ތަން ފެނުމުން ލޫކަސް ގޮވައިލިއެވެ. އެއާއެކު އަނާނީ މޮޅިވެރި ގޮތަކަށް މޫނު އަނބުރައި ބަލައިލިއެވެ.

“އާދެބަ މިތާ ބޭރަށް އެއްޗެއް ކައިލާ ހަދާލަން.” ވަރަށް އޯގާތެރި ރާގެއްގައި ލޫކަސް ބުނެލިއެވެ. އަނާނީ މަޑުމަޑުން ބޯޖަހައިލުމުން، ލޫކަސް ދޮރު ލައްޕާލާފައި އަލުން ގޮސް ސޯފާގައި ޖައްސައިލިއެވެ. އޭގެ އިރުކޮޅެއް ފަހުން އަނާނީ ނުކުތެވެ. އަދި އޭނާގެ މަޑު ހިނގުމުގައި އައިސް ވަކިން ހުރި ސޯފާގައި އިށީނެވެ. އެއާއެކު ލޫކަސް ތެދުވެފައި ގޮސް ބަދިގެއިން އައީ އަނާނީ ސައިބޯން އެއްޗެހި ހިފައިގެނެވެ. ހޫނުކޮށް ދުން އަރައަރާ ހުރި ސައިތަށްޓާއި، ޓޯސްޓުކޮށްފައި އޮތް ދެޕާން ފޮއްޗާއި ބިސްގަނޑު ލާފައި ހުރި ތަބަށް ގެނެސް އަނާނީގެ ކުރިމަތީގައި ހުރި ކޮފީޓޭބަލް މަތީގައި ބެހެއްޓިއެވެ. އަދި އަވަހަށް ސައިބޯން ފެށުމަށް ބުނެލިއެވެ. ނަމަވެސް އަނާނީ ހިވަނީ އެހެން ދުނިޔެއެއްގައި އިންހެނެވެ. ލޫކަސްގެ އަޑު އިވުނުހެނެއްވެސް ހިއެއްނުވެއެވެ. މިތަން ފެނިފައި ލޫކަސް ތަކުރާރުކޮށްލިއެވެ. ހަމަ އެވަގުތު މީހަކު ބެލް ޖަހައިލި އަޑު އިވުނެވެ. ލޫކަސް ކުޑަކޮށް ހައިރާންވެފައި ހުރެ އެ ދިމާއަށް ހިނގައިގަތެވެ.

“ކާކު؟” ދޮރު ހުޅުވާލުމާއެކު ފެނުނު ބީރައްޓެހި މޫނު ފެނިފައި ލޫކަސް އަހައިލިއެވެ.

“އަނާނީ އެބައުޅޭތަ؟” ކުރިމަތީގައި ހުރި މީހަކީ އީވާއެވެ. އަނާނީ ހޯދަންވެގެން އޭނާ އެ އިމާރާތުގެ ކޮންމެ ފްލޯ އަކަށް އަރަމުން ގޮސް އެންމެ ފަހުން ރަނގަޅު ތަނަށް މިއޮއް އާދެވުނީއެވެ. އޭރު މުޅި މީހާ ހުރީ މާނޭވާ ލެވިލެވިއެވެ.

“އާން. ވަދޭ އެތެރެއަށް، އޭނީ އަނާނީ.” ލޫކަސް އީވާ ވަންނަން ތަންދެއްކިއެވެ. އަދި ސޯފާގައި އިން އަނާނީއާ ދިމާއަށް އިނގިލިން އިޝާަރާތްކޮށްލިއެވެ. އެއާއެކު އީވާ ކުޑަކޮށް ހިނިތުންވެލާފައި އެ ދިމާއަށް ހިނގައިގަތެވެ.

އީވާ ފެނިފައި އަނާނީއަށް ދެބުމަ ކައިރިކޮށްލެވުނީ ހިތުގައި އެތަކެއް ސުވާލުތަކެއް ވެރިވުމުންނެވެ. އޭނާއަށް އަނާނީ އުޅޭ އެޕާޓުމަންޓު ދެއްކީ ކާކުހެއްޔެވެ. އަނެއްކާ ކުރީ ރޭ ހިނގައިދިޔަ ކަމެއްގެ ސަބަބުން އެވާހަކަ ދައްކަން އައީ ހެއްޔެވެ.

ލޫކަސް އިރުކޮޅެއް ވަންދެން އަނާނީ އެއްޗެއް ކައިތޯ ބަލަން ހުރެފައި އެކަހަލަ އެއްވެސް ކަމެއް ނުފެނުނުމުން، އަނާނީއާއި އޭނާގެ އެކުވެރިޔާއަށް ފުރުސަތު ދޭންވެގެން ގޮސް ކޮޓަރިއަށްވަނެވެ. އީވާ ވާހަކަ ދައްކަން ފެށީ އެހިސާބުންނެވެ. “އަނާނީ. އަހަރެން މި އައީ ހަމަ އަނާނީގެ ހާލު ބަލާލަން. އެއްކަލަ ރޭ ވެފަހުރި ގޮތް ފެނިފަ ވަރަށް ދެރަވި. އަނާނީއަށް ކަމެއް ދިމާވެގެން އުޅެންޏާ އަހަންނަށް ކިޔައިދީބަ. އައި ވޯންޓް ޓު ހެލްޕް ޔޫ. އަހަރެން މިއީ ރައްޓެއްސެއް ކަމަށް މިހާރު ދެކެވިދާނެ.”

އީވާ އެރެޔޭ ބުނުމުން އެރޭ ހިނގައިދިޔަ ހުރިހާ ކަމެއް ވަރަށް ސާފުކޮށް އަނާނީގެ ސިކުނޑިއަށް އަންނަންފެށިއެވެ. ޔާނިއު ކައިރީ އުޅެވުނު ގޮތް ވެސް ހަނދާންވީ އަދިކިރިޔާއެވެ. އެއާއެކު އަނާނީ ގަތް ލަދަކުން މުޅި މޫނު ރަތްވެގެން ދިޔައެވެ. ޔަޤީނެވެ. އެވާހަކަ ޔާނިއު އޮންނާނީ މިހާރު އީވާއަށް ކިޔައިދީފައެވެ. އީވާ އެ އައީ ވެސް އެހެންވެގެންނެވެ. މިހެން ހިތަށް އެރުމުން އަނާނީ ފިނި ދަލެއް ހިއްލަންފެށިއެވެ. އޭނާ ބޭނުންވީ އެތަނުންވެސް ދުއްވައިގަންނާށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނަފްސު ކޮންޓްރޯލު ކޮށްލަމުން، ހަމަޖެހެވޭތޯ މަސައްކަތްކުރިއެވެ.

“ކަމެއް ނުވޭ. އައިމް ފައިން.” އެތައް މިނިޓެއްގެ ހަމަހިމޭންކަމަށް ފަހު އަނާނީ މަޑުމަޑުން ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނު ހުރީ އަނެއް ފަރާތަށެވެ. އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްގެން ވާހަކަ ދެއްކުމަކީ އެއް އިރެއްގައި ވެސް އޭނާއަށް މާ ފަސޭހަ ކަމެއް ނޫނެވެ. އަދި މިއަދު ވަކިން ބޮޑަށް ލާހިކެއްވެސް ނޫނެވެ.

“ރޯންގް. ކަމެއް ނުވާނަމަ އެރޭ މަށަށް އަނާނީ އެގޮތަށް ނުފެނުނީސް. އިނގޭ މަށަކީ އިހަށްދުވަހަކު ފެނުން މީހަކަށް ވީމަ އިތުބާރުކުރަން އުނދަގޫ ވާނެކަން. އެކަމަކު ރައްޓެއްސެއް ކަމަށްދެކުނީމަ ފަސޭހަވާނެ ޝެއާކުރަން. އައި އޭމް ޔޯ ވެލް ވިޝާ. އެގޮތަށް ދެކުނަސް އޯކޭ.” އީވާ ބުންޏެވެ. އަނާނީ ފުން ނޭވާއެއް ދޫކޮށްލާފައިވެސް ހިޔާރުކުރީ ހަމަހިމޭންކަމެވެ. އެހެންކަމުން އީވާ ބުނެލިއެވެ.”ހްމްމް. މިވަގުތު ކިޔައިނުދިނަސް މައްސަލައެއް ނެތް. ހިނގާ މިއަދު ހަވީރު ބޭރަށް ދާން މަށާއެކީ. ރަސްފަންނަށް ނަމަހީވެސް. ގުޅާނަން އިނގޭ؟ ދެން ދަނީ. ސައިތަށި އަވަހަށް ބޯލާ، އެއްކޮށް ހިހޫ ވެދާނެ!” އީވާ އެގެއިން ނުކުންނަން ހިނގައިގަތެވެ.

އީވާ ނުކުމެގެން ދަމުން ދޮރު ޖަހައިލި އިރު އަނާނީއަށް އެ ދިމާއަށް ބަލަން އިނދެވުނެވެ. ހިތުގައި އަދިވެސް ވަނީ ޖަވާބު ނުލިބޭ އެތައް ސުވާލެކެވެ. އެއާއެކު ބަނޑުހައިވެ، ގައިގައި އެއްވެސް ހަކަތައެއް ނެތްކަން އިހުސާސްވުމުން ސައިތަށި ނަގައި ތުނބުގައި ޖައްސައިލެވުން އިރު އަތްވެސް ތުރުތުރު އަޅައެވެ. ލޫކަސްއަށް ނުކުމެވުނީ އެވަގުތަށެވެ. އެ މަންޒަރު ފެނިފައި އަނާނީއާ ދިމާއަށް ހިނިތުންވެލިއެވެ. އަނާނީވެސް ސައިތަށި ދުރުކޮށްލާފައި ވަރަށް އުނދަގުލުން ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަބަދު ހިތާމައިގައި ނޫޅެވޭނެކަން އޭނާއަށް އެނގެއެވެ. ކިތަންމެ ވަރަކަށް ހިތާމަކޮށް ނުކައި ނުބޮއެ އުޅުނަސް މަންމަ އަނބުރާ އަންނާނީކީ ނޫނެވެ. އޮތްހާވެސް ގޮތަކީ ވީހާވެސް ބޮޑަށް އެ ޚިޔާލުތަކުން ދުރުވެ، ދިރިއުޅުމައިގެން ކުރިއަށް ދިޔުމެވެ. އެއީ ކުރަން ކިތަންމެ އުނދަގޫ ކަމެއް ކަމަށް ވިޔަސްވެހެވެ.

ހަވީރު ލިއުޝާމެން އަންނާނެ ވާހަކަ ބުނެލާފައި ލޫކަސް ނުކުމެގެން ދިޔައީ އޮފީހަށް ދާށެވެ. ކަޅު ކުލައިގެ ފަޓުލޫނާއެކު އަޅިކުލައިގެ އަތްދިގު ގަމީސް ދަށަށް ޖަހާލާފައި ހުރިއިރު، އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ކަރުގައި އަޅާފައި އޮތް ކަނޑުނޫ ކުލައިގެ ޓައީއެވެ. އިސްތަށިގަނޑުވެސް ފުނާއަޅާލާފައި ހުރީ ނިކަން ސްމާޓު ގޮތަކަށެވެ. އެހެން ހުންނައިރު ލޫކަސްއާ މާ ގުޅޭކަން އަނާނީއަށްވެސް ފާހަގަވިއެވެ. ލޫކަސް ނުކުންނަންދެން ބަލަހައްޓައިގެން އިނދެވުނީވެސް އެހެންވެގެންނެވެ. މިއީ އޭނާގެ ވަޒީފާގެ ފުރަތަމަ ދުވަހެވެ. ކިޔަވައިގެން އައިސް ވަޒީފާއަށް ނުގޮސް އެހާ ދުވަހު ހުރީ ސިކުނޑި ހަމައަކަށް އަޅުވާލަން ތަންކޮޅެއް ބޮޑު ބްރޭކެއްް ބޭނުންވުމުންނެވެ. ބެންކޮކުގައި އޭނާ ކިޔަވަން އުޅުނީ ނުލާހިކު ބުރަކޮށެވެ. އެހެންކަމުން އެންމެ މަދުވެގެން ދެމަސްދުވަހުގެ ބްރޭކެއް އޭނާއަށް ހައްގެވެ. ކޮންމެއަކަސް، އެ އޮފީހުގެ އަންހެންކުދިންގެ މެދުގައި ލޫކަސް މަޤުބޫލުވާނެ ކަމާމެދު ޝައްކެއްތެވެ.

އަނާނީ ކޮލެޖަށް ނުދާން އުޅެފައިވެސް މިއަދުގެ ފިލާވަޅު ވަރަށް މުހިއްމުވާނެކަން އެނގުމުން ދާން ނިންމީއެވެ. މިއީ އެމެރިކާގެ ކޮންމެވެސް ޕްރޮފެސަރަކު ލެކްޗާއެއް ދޭން ހަމަޖެހިފަ އޮތް ދުވަހެވެ. އެކަން މިސް ކޮށްލައިގެން ނުވާނެއެވެ. އެހެނަސް ކޮލެޖަށް ގޮސް ވަން އިރުވެސް އަނާނީއަށް ވިސްނެމުން ދިޔައީ މަންމަގެ ކުއްލި ވަކިވުމާމެދުގައެވެ. ސިކުނޑީގައި ވަނީ މަންމަގެ އެކިއެކި ހަނދާންތަކެވެ.

އަނާނީ އައިސް ކްލާހަށް ވަންތަނާ ކްލާސްތެރެ ކުއްލިއަކަށް އަޑު މަޑުވެގެން ދިޔައެވެ. އެންމެން އޮލަ ވާހަކައެއްގައި ތިބެފައި ހަމަހިމޭންވި ގޮތުން ހީވީ އަނާނީއަށް އަޑު އިއްވަން ބޭނުންނުވާ ވާހަކަތަކެއް ދައްކަމުން ދިޔަހެނެވެ. އެންމެންގެ މެދުގައި ކަހަލަ ގޮތަކަށް އިނީ ރީޝާއެވެ. އެހެން ތިބި އިރު ކުޑަވަރެއްގެ ކެބިނެޓު ބައްދަލުުވުމެކޭ އެއްފަދައެވެ. ރީޝާ އަކީ އެންމެ އިސްވެރިޔާ ފަދައެވެ. ނަމަވެސް އަނާނީ އައިސް ގޮނޑީގައި އިށީނުމާއެކުހެން އެންމެން އެމީހެއް އަސްލު އިންނަ ތަނަށް ބަދަލުވިއެވެ. އެއަށްފަހު މުޅި ކްލާހަށް ވެރިވީ ހަމަހިމޭންކަމެވެ. އެކަކުވެސް އެންމެ ބަހެއް ވެސް ނުބުނެއެވެ. މިކަމާ އަނާނީ ހައިރާންވެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާ އެމީހުން ދައްކަން ތިބީ އަނާނީގެ ވާހަކައެއް ހެއްޔެވެ. ނަމަވެސް އަނާނީއޭ ކިޔައިގެން ކިޔެން އޮންނާނީވެސް ކީކޭ ހެއްޔެވެ.

އެދުވަހުގެ ލެކްޗާއަށް އަނާނީއަށް ސަމާލުކަން ދެވުނީ ވަރަށް އުނދަގުލުންނެެވެ. ކްލާސް ނިމިގެންް ނުކުތް އިރު ވެސް އެކަކު ވެސް އަނާނީއަކާ އަނގައިންނެއް ނުބުނެއެވެ. މިކަން އަނާނީއަށް ވީ ވަރަށް ހައިރާންކުރުވަނިވި ކަމަކަށެވެ. ދެރަވެސް ވިއެވެ. އެހެން ދުވަސް ދުވަހު އެންމެންވެސް މަތިން ބައިން ހެން އަނާނީއާ ވާހަކަ ދައްކަން އުޅޭނެއެވެ. ކޮންމެވެސް ގޮތަކުން އަނާނީގެ ސަމާލުކަން ހޯދޭތޯވެސް ބައެއް މީހުން އުޅެއެވެ. ނަމަވެސް މިއަދު މިވީ ކީއްހެއްޔެވެ. ރީޝާ އަނާނީއޭ ކިޔައިގެން ކޮންމެވެސް ގޯސް ވާހަކައެއް ދެއްކީ ހެއްޔެވެ. އެ ނޫން އިތުރު ސަބަބެއް އަނާނީއަކަށް ނުވެސް ވިސްނުނެވެ.

ކޮލެޖުން ނުކުންނަން ހިތާ އަނާނީ ކޮންޕައުންޑުން ލާފައި ދަނިކޮށް ހުރަސްކޮށްލެވުނީ ޒުހާމެން އިށީނދެގެން ތިބި ބެންޗެވެ. އެއާއެކު ޒުހާ ކިޔަމުން ދިޔަ އެއްޗެއް އަނާނީއަށް އިވޭނެ ވަރަށް އަޑު ބާރުކޮށްލީ ހަމަ ގަސްދުގައެވެ. “ރާއްޖެތެރޭ ބަޑިއެއް. ކޮންމެ މީހެއްވެސް އެމީހެއްގެ ބިޓު މީނައަށް ފޮރުވައިގެން ގެންގުޅޭތި. އެހެންނޫނި ޖަހައިގަންނާނެ. ފިރިހެނުންނާހެދި ހޭބަލި.. ދޯ، ރީޝް؟” އަނާނީ އިވޭ ކަމަށް ނުހަދާ ދަނިކޮށް ވެސް ރީޝްއޭ ބުނެލިހެން ހީވެގެން ބޭއިޚްތިޔާރުގައި ހުރި ފިޔަވަޅު މަތީ ހުއްޓެވުނެވެ. އަދި ފަހަތަށް އެނބުރި ބަލައިލަން މަޖުބޫރުވިއެވެ. އޭނާއަށް އިވުނީ ހަމަ ރަނގަޅަށެވެ. އެތާނގައި ޒުހާއާ އެންމެ ކައިރީގައި އިނީ ރީޝާއެވެ. ނަމަވެސް އަނާނީ ބަލައިލުމުން ޒުހާއާއި ދެންތިބި ދެމީހުން ޕަކަޕަކަ އަޅާފައި ހީގަތްއިރު ރީޝާ އިނީ ވަރަށް މަޑުމަޑުންނެވެ. އަނާނީއާ ހަތަރުކަޅި ހަމަކޮށްލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެހެނެއް ކަމަކު އަނާނީގެ ހިތުގައި ޖެހުނު ވަރު ވަކި ކުޑައެއް ނުވިއެވެ. ރީޝާ އޭނާއަށް ކުރާ ނަފްރަތު މިއަދު އެހުރީ ރީއްޗަށް ހާމަވާށެވެ. ނޫންނަމަ މުޅި ކޮލެޖުންވެސް އަނާނީއާ އެންމެ ނުރުހޭ ޒުހާމެންނާ ގުޅިގެން ރިޝާ އިންނަންވީ ކީއްވެ ހެއްޔެވެ. ކުރިން ރީޝާއަކީ ހަމަ އެވަރަށް ޒުހާމެންދެކެ ރުޅި އަންނަ މީހެކެވެ. އަނާނީއަށް އެމީހުން ފާޑުފާޑުގެ ޖެއްސުން ކުރާތީ އެކަމުގެ ރައްދު އެމީހުންނަށް ދިން މީހަކީވެސް އެއީ އެވެ. އަދި، ޒުހާއޭ ކިޔައިގެން ޚުދު އަނާނީ ކައިރީގައި ރީޝާ ދައްކާފައި ހުރި ވާހަކަވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެހެންކަމުން، ޒުހާދެކެ އެހާ ރުޅިއަންނަ މީހެއް މިއަދު އެމީހުންނާ އެއްބައި ވާނީ އިތުރު ކޮން ކަމަކު ހެއްޔެވެ.

އަނާނީ އަވަސް އަވަހަށް އެމީހުންނަށް ފަސްދީފައި ހިނގައިގަތް އިރު، ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ކަރުނަތައް ހިންދައިލަން ކުރި މަސައްކަތްވެސް ބޭކަރު ވުމުން، މީހަކަށް އެތަން ނުދައްކަން ވެގެން އަނާނީ އޭނާގެ ފޯނު ނަގައި، އިސްޖަހައިގެން ހުރެ އެއާ ކުޅޭކަމަށް ހެދުނެވެ. އެވަގުތު ސްކްރީނަށް އަރާފައި އިނީ ނުދަންނަ ނަންބަރަކުން މިސްޑްކޯލުތަކެކެވެ. މިއޮއްހާއިރު ފޯނު ސައިލެންޓުގައި އޮތުމުން ގުޅިކަން ނޭނގުނީއެވ.ެ ހަމަ އެހިނދު އަނެއްކާ ވެސް އެ ނަންބަރުން ގުޅަން ފެށިއެވެ. އަނާނީ ކިތަންމެ ބޭނުންނުވެފައި ހުރެވެސް އެވަގުތު އެ ކޯލަށް ޖަވާބު ދިނީ ރުއިން ހުއްޓާލެވޭތޯއެވެ. “ހަލޯ..” އޭނާގެ އަޑު ކުރެހުނެވެ.

“ހެއި، އިޓްސް އީވާ. ގުޅާތާ ކޮން އިރެއް. މިއަދު ބުނީމެއްނު ބޭރަށް ދާ ވާހަކަ.” އީވާ ހަނދާންކޮށްދިނެވެ.

“މްމް ކޮލެޖުން ނިމުނީ ހަމަ ދެންމެ. މިދަނީ ގެއަށް މިހާރު.” އަނާނީ ފުންނޭވާއެއް ލާފައި އަޑު ހަމައަކަށް އަޅުވައިލިއެވެ.

“އޯކޭ. އެބަ ދަން ތިތާ ކައިރިއަށް. މަޑުކުރޭ.” އީވާ މިހެން ބުނެފައި ފޯނު ބޭއްވީ އަނާނީއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތު ނުދީއެވެ. އަނާނީ ހުރީ ދެ ވިސްނުމެއްގައެވެ. އީވާ އަންނަންދެން މަޑުކުރާނީތޯ ނޫނީ ގެއަށް ދާނީތޯއެވެ. އެހެން ހުއްޓާ ފަހަތުން ޒުހާމެން އަންނަ އަޑު އިވުމުން އަނާނީ އަވަހަށް ހިނގައިގަތެވެ.

އީވާއަށް އާދެވުން އިރު އަނާނީއެއް ފެންނާކަށް ނެތެވެ. އަނާނީގެ ފޯނަށް ގުޅަން ވެގެން އުޅުނުތަނާ އޭނާގެ މެސެޖެއް ލިބުނެވެ. ލަސްވާތީ ގެއަށް ދިޔައީ ކަމުގައާއި، ދެން އެހެން ދުވަހަކުން ބޭރަށް ދާނީ ކަމަށް ބުނެފައި އޮތް ކުރު މެސެޖެވެ. އީވާ ކަރުއެލުވާލާފައި އެހެން ނަންބަރަކަށް ގުޅައިލިއެވެ. “ހިއެއް ނުވޭ މިކަން ވާނެހެނެއް. އޭނަ ބޭނުމެއް ނުވޭ ކިޔައިދޭކަށް. ދެން މަ ކިހިނެއް ހަދަންވީ؟ ކޮންމެ ދުވަހަކު އެގެއަށް ދާކަށް ނުކެރޭނެ މަށަކަށް ވެސް. އެހެން ގޮތެއް ވިސްނާ. ނޫނީ ޖަސްޓް ލެޓް ހާރ ބީ.” އީވާ މިހެން ބުނުމުން އެކޮޅުން ޖަވާބެއް ނުދީ ފޯނު ކަނޑައިލީއެވެ. އެއާއެކު އީވާ ދެފަރާތަކަށް ބޯހޫރުވާލާފައި، ސައިކަލު ސްޓާޓު ކޮށްލަން އުޅެނިކޮށް ކޮލެޖު ގޭޓު ކުރިމަތީގައި ހުރި ކޮންމެވެސް މީހެއް އޭނާއަށް ގޮވައިލުމުން އިސްއުފުލައި ބަލައިލިއެވެ. އެތާ ހުރި ޒުހާ އީވާއާ ދިމާއަށް ހަނާއަޅާލާފައި ކައިރިއަށް އަންނަން ފެށިއެވެ.

“ލޯންގް ޓައިމް! ކޮންތާކުތަ ތި އުޅެނީ؟ މިހާރު ޔާންއާ އެއްކޮށް އަހަރުން ގެއަށް ވެސް ނާންނަމެއްނު.” ޒުހާގެ އަޑުގައި ފޯރި ހިފާލާފައި ހުއްޓެވެ.

“އޯ ހެލޯ ޒުހާ! ހަހަ އާން ވަރަށް ބިޒީކޮށް މި އުޅެނީ. ޕޯސްޓު އޮފީހުން ޖޮބެއް ލިބިގެން. ޔާން މެނާ އެއްކޮށް އުޅެން މިހާރުވެސް އެކަމަކު ތިގެއަށް ނުދެވެނީ ހަމަ. މިހެން އުޅެފަ ޖައްސާލާނަން.” އީވާވެސް ވަރަށް ބޮޑަށް ހެވިލާފައި ހުރެ ޒުހާއާ ވާހަކަ ދައްކަން ފެށިއެވެ.

“މްމްމް ކޫލް. އިނގޭތަ، މި ކޮލެޖުގަ އުޅޭ ފާޑެއްގެ އަންހެން ގޮލައެއް ޔާންއާ ހެދި މޮޔަވަނީ. ރާއްޖެތެރެ ހަންޑިއެއް. ވަރަށް ފޫހިވޭ! މަ އަބަދުވެސް މިކިޔަނީ ދޯ އީވާ ކައިރީ ޔާންއާ ރައްޓެހި ވާށޭ. ތި ނޫނީ އޭނާއާ ގުޅޭ ކުއްޖެއް ނުފެނުން މަށަކަށް. ދެން މަވެސް ބޭނުމެއް ނުވާނެ ދޯ ޔާން ކޫސަނި އަންހެނަކާ އިނދެގެން އަހަރުންގެ ފެމެލީއަށް ހުތުރު ނަމެއް ލިބޭކަށް. އެހެންވެ ހައްތާވެސް މި ކިޔަނީ.” ޒުހާ އަނާނީގެ ވާހަކަ ބުނެލި އިރު އޭނާގެ ނަން ހާމަ ނުކުރީ ކީއްވެ ކަމެއް ނޭނގެއެވެ.

އީވާ ގާތަށް އައީ ހިންޏެވެ. އަދި ބުނެލިއެވެ. “މަވެސް އަބަދު މި ކިޔަނީ ދޯ ޔާން އަކީ މަގޭ ރައްޓެއްސެކޭ. ތިކަހަލަ ގުޅުމެއް ނުވެސް އުފެދޭނޭ. ޒުހާއަށް ހަމަ ނުވިސްނެނީ. ދެން އެހެންނޫނަސް ޔާން ބޭނުން މީހަކާ އޭނަ އިންނާނެ ދޯ. އެއީ މީހަކަށް ހުއްޓުވޭނެ ކަމެއް ނޫން. ބަޓް މަށަކަށް ހިއެއް ނުވޭ އެވަރުގެ ޕްލޭބޯއީ އެއް މީހަކާ އިންނަން ވިސްނަފާނެހެނެއް. ޒުހާއަށް ވުރެއް ބޮޑަށް ޔާން އިނގޭނީ މަށަށް. ރެއަކު ކުއްޖެއް ވިއްޔަ!” ޔާނިއުގެ ވާހަކައިގައި ހުރެފައި ލަސްވާ ކަމަށް ބުނެފައި އީވާ ދިޔައީއެވެ. އެއާއެކު ޒުހާ ފާޑަކަށް ލޯއަޅާލާފައި އޭނާގެ ރައްޓެހިންނާ ދިމާއަށް އެނބުރި ހިނގައިގަތެވެ.

އަނާނީ ގެއަށް އައި އިރު ލިއުޝާމެން ތިބީ އައިހެވެ. ލިއުޝާއާއި ފައިސަލް ވަރަށް ދެރަވެފައި އަނާނީގެ މަންމަގެ ކުއްލި މަރާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.އެމީހުން ބުނީ ލަންކާއަށް ދިޔައީ ދެކޮޅު ޓިކެޓުވެސް ހަމަޖައްސާފައި ކަމަށް ވުމުން، އަންނަން އޮތް ދުވަހުގެ ކުރިން ޓިކެޓު ނުލިބުނީ ކަމުގައެވެ. ލިއުޝާގެ އެއްބަނޑު އެއްބަފާ ދައްތަގެ މޫނު ބަލައިލަން އޭނާއަށްވެސް ނާދެވުނީ އެހެންވެ ކަމުގައި ބުނެލިއެވެ. ނަމަވެސް އެ ޚަބަރު ލިބުން ދުވަހު ވަރަށް ދެރަވިކަމާއި، ހުރި ހަމައެކަނި ދައްތަ އެގޮތަށް ވަކިވުމުން ހަގީގަތުގައިވެސް އޭނާއަށް ރޮވުނު ކަމަށް ލިއުޝާ ބުންޏެވެ. އަދި މިވީ 5 އަހަރުގައި ދައްތަ ދެކިލަން އެރަށަށް ނުދެވުން ތާނގައި، ދައްތަ މާލެއަށް ނުގެނުވުމުން އެކަމާ އިންތިހާއަށް ހިތާމަ ކުރާ ކަމަށް ބުންޏެވެ. ހަމައެއާއެކު ފައިސަލް ވެސް ބުނީ އަނާނީގެ މަންމައާ ދިމާވެފައި ނެތަސް، އަބަދުވެސް ލިއުޝާއަށް ގުޅައިގެން ދައްކާ ވާހަކައިންނާއި، އަދި އެނޫނަސް އޭނާއަށް އިވިފައި ހުރި ވާހަކަތަކުން އެއީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއްކަން އިނގޭ ކަމަށެވެ. އަދި، އަނާނީގެ މަންމަ ދުނިޔޭގައި ނެތަސް އަނާނީ ރަނގަޅަށް ބަލައިދޭނެ ކަމަށް ބުނެފައި، އަނާނީގެ ހިތްވަރު ގަދަ ކަމަށްވެސް ފައިސަލް ތަޢުރީފު ކުރިއެވެ. މި ނޫނަސް އެތައް ނަސޭހަތެއް އެދެމަފިރިން އަނާނީ ކައިރީގައި ބައިންދައިގެން ދިނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން އިން އިރު އަނާނީގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.

އެރޭ ނިދަން އޮތް އިރު އަނާނީއަށް ވިސްނެމުން ދިޔައީ ހަމައެކަނި މަންމަގެ މަތިންނެއް ނޫނެވެ. ރީޝާ އޭނާއާމެދު އެހާ ނަފްރަތު ކުރަންވީ ކީއްވެ ކަމާއި، ޔާނިއު މިހާރު އޭނާއާމެދު ދެކޭނީ ކޮން ގޮތަކަށް ކަމާމެދު ވެސް ވިސްނެމުން ދިޔައެވެ. މި ވިސްނުން ތަކާހުރެ ލޮލަށް ނިދި އަންނަ ގޮތެއް ވެސް ނުވިއެވެ. އެހެން އޮއްވައި މީހަކު ދޮރުގައި ޓަކި ޖެހިހެން ހީވެގެން ގޮސް ދޮރުހުޅުވައިލިއެވެ. އެއާއެކު އަނާނީ ދިޔައީ ސިއްސައިގެނެވެ. ކުރިމަތީގައި ހުރި ލޫކަސް އޭރުވެސް ހުރީ އެއް އަރިއަކަށް ވެއްޓިފައި، ގައިން ވަރު ދޫވާން ކައިރިވެފައި ހުރިހެނެވެ.ލޯވެސް ކިރިޔާ ހުޅުވޭ ކަމެވެ.ހީވަނީ ޒޮންބީއެއް ހެނެވެ. އަނާނީއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެކެވެ. ލޫކަސް ސަމާސާ ކުރަންވެސް މިއީ ދެން ކޮން ވަގުތެއް ހެއްޔެވެ. އަނާނީ އެއްޗެއް ބުނަން އަނގަހުޅުވައިލި ތަނާ، ލޫކަސް އަނާނީ ފަހަތަށް ކޮއްޕާލާފައި، ފައި ކާތަމުން، ކޮޓަރި ތެރެއަށް ވަނެވެ. އަދި ވަރަށް މަސައްކަތުން ދޮރު ލައްޕައި ތަޅުލި އިރު، އަނާނީ އޮތީ ތަންކޮޅެއް ދުރުގައި ބިންމައްޗަށް ގުޅައަކަށް ޖެހިފައެވެ. ލިބުނު ކުއްލި ސިހުމުން، ހަޅޭއްލަވަންވެސް އޭނާ ހަނދާނެއް ނެތެވެ. ލޫކަސް މި ކުރަނީ ކީއްހެއްޔެވެ.

“ހަމަ.. މިހާރު.. އެއްޗެހި ބާ… ބާލާ!” ކިތައްމެ އަމުރުވެރިކޮށް ބުނަން އުޅުނެއް ކަމަކު ލޫކަސްގެ އަނގައިގައި ވަރެއް ނެތެވެ. އަނާނީއަށް ރޮވެން ފެށުނެވެ. ލޫކަސް އެ ކުރަނީ ސަމާސާއެއް ނޫންކަމާއި، އޭނާ އެހުރީ މަސްތުވެގެން ކަން ރޭކާލުމުން އަނާނީ ގަތީ އަމަށަކު ބިރެއް ނޫނެވެ. މިދިޔަ ދުވަސް ތަކުގައި ލޫކަސްގެ އުޅުމަށް އެއައި ރަނގަޅު ބަދަލަށް ފަހު އަނެއްކާވެސް ކުރީގެ ނުލަފާކަން ދައްކަން ފެށީއެވެ. ނަމަވެސް ކުރިން އަނާނީއަށް ކިތައްމެ ޖެއްސުމެއް ކޮށް އުޅުނަސް، ލޫކަސްއަކީ މަސްތުވާ އެއްޗެހި ބޭނުންކުރާ މީހެއް ކަމެއް އަނާނީއަށް އެނގިފައެއް ނެތެވެ. މިފަހަރު އަނާނީ ސަލާމަތްވާން ހަދާނީ ކިހިނެއްޔެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

މައާފު ކުރާށެވެ. ނިމި މިދަނީ ކެއްނުކުރެވިގެނެވެ.

Next

އެ ތޫފާނީ ރޭ (11)

Next
July 20, 2017

އެ ތޫފާނީ ރޭ (11)

Previews
July 20, 2017

މައާފު ކުރާށެވެ. ނިމި މިދަނީ ކެއްނުކުރެވިގެނެވެ.

35 Comments!

  1. Lim says:
    July 21, 2017 at 6:30 am

    Omg Yay.. Thanks aishasha
    Vvv salhi vahaka

  2. lai says:
    July 21, 2017 at 12:11 pm

    Wowww..v rythi..ekm daily koh up kohdhinihya maa boda mi stwry kiya hihvaane..nxt prt dhigukoh genes dhehchey

  3. lai says:
    July 21, 2017 at 12:12 pm

    Nxt prt kon iraku up koh dheyny?

  4. Reader says:
    July 21, 2017 at 12:30 pm

    Omg. Haadha inthizaaru kurevijjey

  5. Hawwa Abdul Moiz Noor says:
    July 21, 2017 at 12:34 pm

    Alheyy.. thanku mivahaka miha dhuvas koffa ves genes dinima. Alhuganda kiyunu enme unique eh vahaka mi mi site ga.. thanku kon dhuvas thakaku update kodheni?

  6. Pop says:
    July 21, 2017 at 2:20 pm

    Finally up vejje
    When next part

  7. Nichkun says:
    July 21, 2017 at 8:58 pm

    V furihama.. Mi vaahakaige dhen oy bai konirakun tha genesdheyny?

  8. Ina says:
    July 21, 2017 at 11:46 pm

    Alhe haadha gina dhuvaskohfaey thi up kuree pls daily Kon up kohdheebala vv reethi story eh.

  9. Adha? says:
    July 23, 2017 at 4:56 pm

    Alhey haadha reethi vaahaka ekey?..adhi 1to12 ah mi kiyaaly..❤ hama varah furihama.. ❤next part thankolheh avahah up kohdheeba plss.. varah kiyaahiyvey eba?❤❤

  10. Nakko says:
    July 24, 2017 at 2:28 am

    Nxt prt kon iraku?????

  11. Haw Shia Shiba says:
    July 27, 2017 at 12:42 pm

    Nice.. Madhan dhw upvany dhen.. Last week Fri ga ehnnu mi ep upkury
    So waiting 🙂

  12. Haw Shia Shiba says:
    July 27, 2017 at 12:45 pm

    E lukas gandu kameh kuraneba e manje ah.. Varugadha kamehnnu yan come and save her plx

  13. Pop says:
    July 30, 2017 at 9:56 am

    :@ :@ :@ >:) >:) >:)

  14. Axu says:
    July 30, 2017 at 11:44 pm

    thankolheh ginain update kohba pls varah kiyaafa hiyy vey plss plss able gina ginain genes devvaga pls pls

  15. ish says:
    July 31, 2017 at 2:00 pm

    mives dhen myhaku kameh kurany

  16. Adha? says:
    July 31, 2017 at 10:07 pm

    Alhe next ep up kohdheeba plsssssssssssd

  17. Fahana thashi says:
    August 1, 2017 at 1:33 pm

    Mi page ah click kohlafa v happy vefa mi iny adhi.. 16 comments indha fenunyma kurin dhuvahu ma balali iru iny 13 comments.. Ehnve ma hykury aishasha rep kury kamah next part upkurane dhuvaheh angan but alas it wasn’t 🙁

  18. ......... says:
    August 3, 2017 at 5:16 pm

    Koba tha next part alhe!!!!!!!!

  19. Aishasha says:
    August 16, 2017 at 2:28 am

    Hurihaa kiyuntherin ge kibain varah bodah maafah edhen 🙁 I know you are all really disappointed in me. But the thing is, alhugandu ge lap adhives nueh hedhey. Mi part ves up kohfa meeny friend eh ge lap borrow kohgen. But as soon as my lap gets fixed, I will start uploading regularly. Sorry to keep you guys waiting for so long. Varah varah dheravey aslu 🙁

    1. Hani says:
      September 7, 2017 at 5:03 pm

      Dhen Kon dhuvahakun thrr upvany!!!! Plx plx plx avas kohlabala dhww…
      Vv kiyaa hihvey mi vahaka.. Nimendhen upkoh dheyne kamah promise thr ??

    2. Angry birds says:
      October 27, 2017 at 8:54 pm

      Aishasha.. Adhivx lap nehedheny?? Dhen alhe phone n vx liyan try kohbala .. Or else you can use someone else lap..shooty did the same when her lap broke.. Liyan beynunvaa myhaku knme gothakun vx liyane. .. I guess you just don’t want to continue ..that’s OK but at least you could have told that without giving these excuses. We wouldn’t wait and yearn to read.. I really feels you have the capabilities to write ..☺

  20. Lim says:
    August 17, 2017 at 8:04 pm

    It’s ok dear.. Ekm dhen continue kurumah fahu avas avahah jeheyne upkuran 😮

  21. Mai says:
    August 23, 2017 at 6:19 pm

    Hey dhn up khbala

  22. asasv says:
    August 28, 2017 at 4:29 pm

    the dhen up khbala

  23. :-D says:
    September 8, 2017 at 11:00 pm

    HdhfhdjFjjdjxjd
    JsjsbdbdhhUjjdjjdd
    DhdhhxjdjCdjdjdjx
    ZjjdjdkdkjfkfKkzkxkdkd

  24. :-D says:
    September 8, 2017 at 11:04 pm

    JdjdjdjdjdddmjzmKdjdjjdnx
    DjjxjdMddkhbkdkdkHk
    Jdjdjhhhh Jkkkdjxj find
    Jzjdjdjx 😀

  25. Lim says:
    November 17, 2017 at 6:57 pm

    Aishasha.. Habareh vela bala.. Vv kiyaa hihvey adhivx…

  26. Amyy says:
    December 18, 2017 at 4:03 pm

    Aishasha.. Type nukurevunas an eh gothah vahaka liye nimijje tha mihaaru.. Aaishasha ge lap ah avas faruvaa akah edhen . .. Alhe hadha kiyaa hihve eyyyyyyyy ???

  27. Aishasha says:
    December 19, 2017 at 1:08 am

    Varah avahah vaahaka up kohdheynan in shaa Allah

    1. Lim says:
      December 21, 2017 at 3:40 pm

      Yay!!! Haadha ufaa veri habarekey.. Aishasha ge lap fix vy tha? Love you ❤❤❤

    2. bdsm says:
      December 23, 2017 at 4:17 pm

      awn yay

    3. bdsm says:
      January 3, 2018 at 9:34 pm

      ??kobaa tha alhe??

  28. Lim says:
    March 31, 2018 at 9:37 am

    mi ohgen 2018 ge march mas vx nimuny.. I have lost any hope for this story to continue… Aishasha ah continue nukurevnnaa ehen buninama… December mahuga vx comment kohfa buny v avahah gensdheynamey .. 🙁 v sad

  29. :'( says:
    May 30, 2018 at 12:44 pm

    :'(:'(:'(

  30. Lim says:
    July 19, 2018 at 7:49 pm

    1 whole year vany mi story upnukurathaa.. Sad.. I just really liked the plot of this story.. I wish you update.. Mi story nooniyyaakaa upkurun huttaalynavx mihaa varakun kiyaa hithakun noolhen…

Comments are closed.

Next Episodeފުން އިހުސާސެކޭ 13←


All Right Reserved!