
ފުން އިހުސާސެކޭ 10
އަނާނީ ކިތަންމެ މަޑުން ބުނިކަމުގައި ވީ ނަމަވެސް، ލޫކަސްގެ ތޫނު ކަންފަތަށް އެ ދެ ލަފުޒު އިވޭކަށް އުނދަގުލެއް ނުވިއެވެ. އަޑު އިވުމާއެކު ހެން ފުންމައިގެން ކަހަލަ ގޮތަކަށް އައިސް އަނާނީގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ހަތަރުކަޅި ހަމަކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ. “ނޯ ޕްރޮބްލަމް. އެކަމަކު މިކަމުގެ ބަދަލުގަ މަށަށް ވެސް އަނާނީ ކަމެއް ކޮށްދޭން އެބަޖެހޭ.” ލޫކަސް ކަރުކެހިލިއެވެ. އަނާނީއަށް ދެލޯ އަޅައިލެވުނީ ލޫކަސްގެ ފަހު ޖުމްލަ އިވުމުންނެވެ. ލޫކަސް މިއީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކެވެ. މިއޮއް ކުޑަ ކަމުގެ ބަދަލުގައިވެސް ކަމަކަށް ކިޔަން އުޅެނީ ނޫންހެއްޔެވެ. “ކަމްއޯން އަނާނީ. އަނާނީއަށް ވެސް އިނގޭނެ އެއްވެސް މީހަކު އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން. ނޯވަން އިޒް ދެޓް ސެލްފްލެސް. އަދި އަމުދުން އަހަރެން.. ހަހަ އެކަމަކު ހާސްނުވޭ، މާ ބޮޑު ކަމަކު ކިޔާކަށް ނޫން މިއުޅެނީ. އެއްބަސްތަ؟”
ލޫކަސް ކިޔަން މިއުޅެނީ ކޮންފަދަ ކަމަކު ބާއޭ އަނާނީގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާ މިވަގުތު އެހުރީ މަޖޫބުރު ވެފައިކަމާއި، ވަގުތު ކުޑަތަން ވަމުން ދާ ކަން ހަނދާންވުމުން، ހިތާ ދެކޮޅަށް އަހައިލިއެވެ. “ކޮން ކަމެއް؟”
“މިރޭ މަގޭ ކޮޓަރިއަށް އާދެވިދާނެތަ؟ ކުޑަ ވާހަކައެއް ދައްކާލަން އިނީމަ. އައި ޖަސްޓް ވޯންޓް ޔޫ ޓު ލިސަން ޓު މީ.” ލޫކަސް ބުނެލިއެވެ.
“ކޮޓަރިއަށޭ؟” އަނާނީގެ ދެބުމަ ގޮށް ޖެހުނެވެ. ރޭގަނޑު ކޮޓަރިއަށް އަންނަން އެ ބުނަނީ ކީއްކުރަން ހެއްޔެވެ. ވާހަކަ ދައްކަން އެހެން ތަނެއް ނެތީހެއްޔެވެ.
“އޯކޭ ފައިން. ޓްރަސްޓު ނުކުރެވެންޏާ ބެލަކްނީ އޯކޭ އެންނު؟ މަ އަނާނީއަށް ޓެކްސްޓު ކޮށްލީމަ މިހިރަ ބެލްކަންޏަށް ނުކުމޭ.” ލޫކަސް ބުންޏެވެ. އަނާނީ އަނެއްކާވެސް ހިތާ ދެކޮޅަށް މަޑުމަޑުން ބޯ ޖަހައިލިއެވެ. ނަމަވެސް ލޫކަސް އެބުނި ކަންތައް ކުރާކަށް އަސްލު އޭނާގެ ހިތަކު ނެތެވެ. މިވަގުތު އެހެން ގޮތެއް ނެތުމުން އަވަހަށް އެއްބަސްވީއެވެ. ލޫކަސް އެއްމިޔަކަނުން ހީލާފައި، އިރުކޮޅެއް ވަންދެން އަނާނީގެ މޫނަށް ބަލަހައްޓައިގެން ހުރެފައި އަޒްކާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. އަނާނީއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ހިތުތެރޭ ވާ އެއްޗެއް ލޫކަސް އަކަށް ނޭނގޭނެ ނޫންހެއްޔެވެ. އޭނާ މިރޭ ނުދިޔަސް، ވާނެ ގެއްލުމެއް ނޯންނާނެއެވެ. އަޒްކާވެސް އޭރުން ހުންނާނީ ހަމައަކަށް އެޅިފައެވެ.
ލޫކަސް ދެއްކި ވާހަކަތައް އަޒްކާ ވަރަށް ފަސޭހައިން ޤަބޫލުކުރިއެވެ. އަދި އަނާނީއާ އަލުން ވާހަކަ ދައްކަން ފަށާކަށް މާ އިރެއް ނުނެގިއެވެ. ލިއުޝާމެނަށް ގެއަށް އާދެވުން އިރު ހުރިހާ ކަމެއް ހުރީ ހަމައަކަށް އެޅި، ކުރިއެކޭ ވެސް އެއްގޮތަށެވެ. ކަމެއް ހިނގިކަން ވެސް އެމީހުންނަކަށް ނޭނގެއެވެ. އަޒްކާގެ މޫނުމަތިން ފެންނަން ހުރީ އަބަދުވެސް އެ ފެންނަ ހިނިތުންވުމެވެ.
ފިލާވަޅެއް ހަދަން އިން އިރު، އަނާނީއަށް އިރުއިރުކޮޅާ ފޯނަށް ބެލެނީއެވެ. ރީޝާއަށް އެއޮއް ދިގު މެސެޖު ފޮނުވިތާ އެތައް ގަޑި އިރެއް ފާއިތުވެގެން ދިޔަ އިރުވެސް އޭނާގެ ޚަބަރެއް ވީކީ ނޫނެވެ. އަދިވެސް އަނާނީދެކެ އައިސްފައި ހުރި ރުޅި މައިތިރި ނުވަނީ ހެއްޔެވެ. ނޫނީ އެ މެސެޖު ރީޝާއަށް ނުފެންނަނީ ހެއްޔެވެ. ގައިމު އޭގައި ވަރަށް ތަފްސީލުކޮށް ޔާނިއުގެ ވާހަކައާއި، އަރީންއާ އެއްވެސް ގުޅުމެއް ނޯންނަކަން ބުނެދީފައި އޮންނާނެއެވެ. އަދި، ލޫކަސްއާއި އަނާނީއާ ދެމެދުގައި އޮންނަ ދެކޮޅުވެރިކަން ވެސް ކިޔައިދީފައި އޮންނާނެއެވެ.
ނަމަވެސް އަސްލު ހަޤީޤަތުގައި، ރީޝާއަށްވުރެ ބޮޑަށް ޔާނިއުގެ މެސެޖަކަށް ނުވަތަ ފޯނު ކޯލަކަށް އިންތިޒާރުކުރެވޭ ވަރު ބޮޑެވެ. މިކަން އަނާނީ ކިތަންމެ ޤަބޫލުކުރަން ބޭނުންނުވިޔަސް، އަމިއްލަ ހިތަކަށް ބާރެއް ނުފޯރުވެއެވެ. އަސްލު މިވަގުތު އެންމެ މުހިއްމުވާނީ އެންމެ ގާތް އެކުވެރިޔާއެއް ނޫންހެއްޔެވެ. އެހެނަސް، ޔާނިއު އޭނާއަށް ހެދީ ކޮންފަދަ ޖާދޫއެއް ކަމެއް ނޭނގެއެވެ. އެ ނޫން މީހަކާމެދު މާ ގިނަ އިރަށް ފިކުރު ކުރެވެނީއެއް ނޫނެވެ.
ކުއްލިއަކަށް އަނާނީގެ ފޯނު ރިންގުވާން ފެށިއެވެ. ނަމަވެސް ސްކްރީނަށް އަރާފައި އޮތް ނަންބަރު ފެނުމުން މޫނަށް ގޮތެއް ހަދައިލެވުނީ ވީ ފޫއްސަކުންނެވެ. މިއަދު ލޫކަސްއާ އެކު ހެދި “ޑީލް” ހަނދާންވީވެސް އެވަގުތެވެ. އޭގެ ކުރިން އޭނާ ހުރީ އެކަން ހަނދާން ނައްތާލައިގެނެވެ. އެއީ މުހިއްމު ކަމެއް ވެސް ނޫނެއް ނޫން ހެއްޔެވެ. ލޫކަސް ދިނީ މިސްޑް ކޯލެކެވެ. އަދި އިރުކޮޅެއް ފަހުން “ކޮބާ؟” މިހެން ކިޔާފައި މެސެޖު ކުރިއެވެ.
އަނާނީ އަޅާވެސް ނުލާ ފިލާވަޅު ހެދުމައިގެން ކުރިއަށް ދިޔައެވެ. ފޯނު ބޭއްވީ ސައިލެންޓުގައެވެ. ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑު އިވުނީ ދެނެވެ. އެންމެ ފަހަރަކު އިވިފައި އެ އަޑު ކެނޑުނެވެ. ނުދާން އިނދެފައި ވެސް އަނާނީ ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. ހީކުރި ގޮތާ ޚިލާފަށް ކުރިމަތީގައި މީހަކު ނެތެވެ. އަނާނީ ކުރިއަށް ޖެހިލާފައި ބެލްކަންޏާ ދިމާއަށް އަރިވެ ބަލައިލިއެވެ. ދޮރުފޮތިގަނޑުން ހިޔަންޏެއް ފެންނަން ހުރުމުން ލޫކަސް ގޮސް އެތަނަށް ވަނީކަން އެނގުނެވެ. އެއާއެކު އަނާނީވެސް ކޮޓަރި ދޮރު ލައްޕާލައިފައި ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ލޫކަސް ކިޔަން އޮތް އެއްޗެއް މިފަހަރު އަޑު އަހައިލާނީއޭ ހިތަށް އަރާފައެވެ. އެހެންނޫނަސް، އޭނާ މިއަދު އަނާނީ އެ ސަލާމަތް ކޮށްދިނީ ކުޑަ ކަމަކުންނެއް ވެސް ނޫނެވެ. ލިއުޝާގެ ޒީލަގަދަ ރުޅިގަނޑާއި ހަރުކަށިކަން އެންމެ ބޮޑަށް އެނގޭނީ އަނާނީ އަކަށް ނޫންހެވެ.
“އާދެވިއްޖެ ދޯ” އަނާނީ ބެލްކަނީގެ ދޮރު ކަހާލާފައި ވަންތަން ފެނި ލޫކަސް ބުނެލިއެވެ. “މަ ހީކުރީ އަނާނީ ޗީޓް ކުރީ ކަމަށް.” އަނާނީ ކުރިން އަސްލު ނިންމާފައި އޮތީ “ޗީޓު” ކުރަން ކަމެއް ލޫކަސްއަކަށް ނޭނގެއެވެ. އެހެންކަމުން އަނާނީ ވެސް މޫނުމަތިން އެގޮތް ނުދައްކާވޭތޯ ބެލިއެވެ.
“ސޯ..؟” ފިނިވެފައި ހުރިވަރުން ދެއަތުން އަމިއްލަ ހަށިގަނޑުގައި ބައްދާލައިގެން ހުރެ އަނާނީ ބުންޏެވެ.
“ހިތަށް އެރީ ހަމަ އަނާނީގެ ކިބައިން މާފަށް އެދޭނީއޭ… އަސްލު މަށަށް މާ ރަނގަޅަކަށް ނޫން ކަންތައް ކުރެވުނީ ދޯ. މަގޭ ލައިފްގަ އަންހެނެއް ނެތީމަ ކަންނޭނގެ. އެކަމަކު މިހާރު އަންހެން ކުއްޖެއް ހޯދައިފިން. ވަރަށް ލޯބި ހޮޓް ކުއްޖެއް ހަމަ. އެކަމު ކޮންމެހެން އޭނަ އައީމައެއް ނޫން މާފަށް މި އެދެނީ އިނގޭ!” ލޫކަސް ބެލަކަނީގެ ރެއިލިންގ ގައި އަތް ވިއްދާލައިގެން ހުރެ ވާހަކަ ފެށިއެވެ. އަނާނީ ފާރުގައި ލެނގިލައިގެން ހުރީ އަޑުއަހާށެވެ. “ދެން އެއްގެއެއްގަ އުޅެންޏާ ދެމީހުންނަށް ވެސް ފަސޭހަ ވާނީ އެކުވެރިކަން އޮތިއްޔާ ކަންނޭނގެ. އަނެއްކޮޅުން ދޮންބެދައްތަ މެންނަށް މިކަންތައްގަނޑު އިނގިއްޖިއްޔާ ވަރަށް ކަޑަ ވާނެ ދޯ. ސޯ ލެޓްސް ބިކަމް ފްރެންޑްސް؟” ލޫކަސް އަތް ދިއްކޮށްލީ ސަލާމް ކޮށްލާށެވެ. ނަމަވެސް އަނާނީ އަކަށް އަދިވެސް ލޫކަސްއަށް އިތުބާރެއް ނުކުރެވެއެވެ. އޭނާ އެ ދައްކާ ވާހަކައަކީ ހަމަ ހިތުގެ އަޑިން ދައްކާ ވާހަކަތަކެއް ހެއްޔެވެ. ކުއްލިއަކަށް މީހަކަށް އެފަދަ ބޮޑު ބަދަލެއް އައިސްފާނެ ހެއްޔެވެ. މިއަދު ހަމަ ހުރެފައި ލޫކަސްއަށް ވިސްނެންވީ ކީއްވެ ހެއްޔެވެ.
“އޯކޭ، ޔޫ އާ ސްޓިލް ނޮޓް ކޮންވިންސްޑް ދޯ. އެކަމަކުވެސް މާފުކުރާނެ ކަމަށް ހީކުރަން.” އަނާނީ ސަލާމް ނުކޮށްލި ތާނގައި އަނގައިންވެސް ނުބުނުމުން، ކަރުއެލުވާލައިގެން ލޫކަސް ބުނެލިއެވެ. އެއަށްފަހު ސިނގިރޭޓެއް ރޯކޮށްލާފައި ކުރިއަށް ގެންދިޔައެވެ. “ކޮންމެއަކަސް އަނާނީ މިރޭ މިތަނަށް އައިމަ އިނގިއްޖެ މަ ދެކެ މިހާރު އެހާ ރުޅި ނާންނަކަން. އެހެންވީމަ ކުޑަކޮށް ހެޕީ ވެއްޖެ. ދެން މިހެން ދަމުން ވާހަކަވެސް ދައްކަން ފަށާނެ ކަމަށް ހީކުރަނީ.”
އަނާނީ އަދިވެސް އެ ހުރިގޮތް މައްޗަށް ހުރީއެވެ. ލޫކަސްވެސް އޭގެފަހުން އިތުރު ވާހަކައެއް ނުދައްކައެވެ. އަދި އަނާނީ ލައްވާ ވާހަކަ ދައްކުވާކަށްވެސް ނޫޅެއެވެ. ސިނގިރޭޓު ބޮއެ ނިމެންދެން މަޑުކޮށްލާފައި، އެތެރެއަށް ވަދެގެން ދަމުން “ގުޑްނައިޓް” އޭ ބުނެލިއެވެ. ލޫކަސް ދިއުމުން އަނާނީ ރެއިލިންގ އާ ކައިރިވެލިއެވެ. އެހިނދު ލޫކަސް މީގެ އިރުކޮޅެއް ކުރިން ދެއްކި ވާހަކަތަކާމެދު ވިސްނެން ފެށިއެވެ. އެހެން ހުއްޓައި ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ. އަނާނީ ހަނދާންވީ ޔާނިއުގެ މަތިންނެވެ. ޔާނިއުއާ ދިމާވި ރޭ ވެސް އެގޮތަށް ވާރޭ ވެހުނެވެ. ޔާނިއުއާ އެއްކޮށް ގިނަ ވަގުތު ހޭދަކޮށްލަން ލިބުނީވެސް އެކަމުގެ ސަބަބުންނެވެ. އެރޭގެ މަތިން ހަނދާންވެފައި އަނާނީގެ ތުންފަތުގައި ލުއިލުއި ހިނިތުންވުމެއް ކުޅެލިއެވެ. ނަމަވެސް ޔާނިއު މިހާރު ކޮބާބާއެވެ. އޭނާގެ ޚަބަރެއް ނުވަނީ ކީއްވެ ހެއްޔެވެ. އަނާނީ އިސްވެ ޔާނިއުއާ ގުޅަންވީ ހެއްޔެވެ.
ދެއަތުން ވާރޭ ތިކިތަކާ ކުޅެން ހުރެފައި، އެއަށްވުރެ ބޯކޮށްލުމުން، ހީކަރުވައިގަނެފައި ހުރުމުން އަނާނީ އެތެރެއަށް ވަނެވެ. އަދި ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތް ގޮތަށް ބާލީހެއް ނަގައި، އޭގައި ބައްދައިލިއެވެ. އެއަށްފަހު ދެ ލޯ މަރާލައިގެން އޮވެ ހިތަށް އެރުވިއެވެ. މިއީ ޔާނިއު ނަމައެވެ. އެހެން އޮއްވައި ނިދުނު އިރެއްވެސް ނޭނގެއެވެ. ހޭލެވުނީ އަނެއްދުވަހު ފަތިހު ފޯނު އެލާމު ވި އަޑަށެވެ. މިއަދަކީ އަޒްކާ ސްކޫލުގެ ފަރާތުން ކޭންޕަކަށް ދާން އޮތް ދުވަސް ކަމުން، އަޒްކާ ނަގައިގެން ހުރިހާ ތައްޔާރީތަކެއް ވެސް ކުރަން ޖެހެއެވެ. ލިއުޝާ އަވަހަށް ހޭލާނީކީ ނޫނެވެ. ފައިސަލްވެސް ނުހޭލައިފި ނަމަ އަޒްކާ ގޮވައިގެން ސްކޫލު ދޮށަށް ވެސް ދާން ޖެހޭނީ އަނާނީއަށެވެ. އެމީހުން ނިދާފައި ތިއްބައި ގޮވާކަށް ނުކެރޭނެއެވެ.
ކަން ވީ ވެސް އަނާނީ ހީކުރި ގޮތަށެވެ. އަޒްކާ ސްކޫލު ދޮށަށް ގެންދާކަށް ފައިސަލްއެއް ނުހޭލިއެވެ. ލިއުޝާގެ ޚަބަރެއް ވެސް ނުވުމުން، އަނާނީ އަޒްކާ ގޮވައިގެން ސްކޫލަށް ދާން ހިނގައިގަތެވެ. އެވަގުތަކީ ނަސީބަކުން ވަރަށް ހަމަހިމޭން، މަގުމަތީގައި މީހުންވެސް ފުދޭވަރަކަށް މަދު ވަގުތެކެވެ. އެހެން ނޫންނަމަ އަޒްކާ ފަދަ ހަލަނި ކުއްޖެއް ގޮވައިގެން މަގުމަތީގައި ހިނގަން ފަސޭހައެއް ނުވީހެވެ. ސްކޫލާ އަރާ ހަމަވިތަނާ، އެމަގުން ދިޔަ ޖީއެން ސައިކަލެއް ފެނިފައި އަނާނީއަށް ހުއްޓެވުނެވެ. އެއީ ޔާނިއުހެން ހީވުމުންނެވެ. ނަމަވެސް މާ ބާރަށް ދުއްވައިފައި ދިޔުމުން އަނާނީއަށް ފެނުނީ ފަހަތެވެ. ފަހަތުގައި އަންހެން ކުއްޖަކު އިނެވެ. އެއީ ޔާނިއުއަށް ނުވުމަށް ހިތާހިތުން ދުޢާ ކޮށްލެވުނު އިރު، ސައިކަލުގެ ނަންބަރު ބޯޑު ބަލާކަށް ހަނދާނެއް ނުވިއެވެ. އެކަން ހަނދާންވީ ސައިކަލު ލޮލުކޮޅަށް ގެއްލުނު ފަހުންނެވެ. އަމިއްލަ މޮޔަ ކަން ހިތަށް އަރައިފައި، އެދިމާއަށް ބަލަން ހުރެވުނެވެ. އެހެން ހުއްޓައި އަޒްކާ އަނާނީގެ އަތުގައި ހިފައި ތަޅުވައިލުމުން، އެޚިޔާލުން ބޭރު ވެވުނެވެ.
“ދައްތާ، އަރަޝް!” އަޒްކާ ސްކޫލުގެ ގޭޓާ ދިމާއަށް އިނގިލި ދިއްކުރަމުން ބުނެލިއެވެ. އަނާނީ އެ ދިމާއަށް ބަލައިލި އިރު، ގޭޓުން ވަދެގެން ދިޔަ ފިރިހެނަކާއި، އޭނާ އަތުގައި ހިފައިގެން ހުރި ކުޑަ ފިރިހެން ކުއްޖެއް ފެނުނެވެ. “ކޮއްކޮ ބެސްޓު ފުރެންޑޭ އެއީ! ހިނގާބަ އަވަހަށް ދާން!” މިހެން ބުނުމުން، އަޒްކާ ގޮވައިގެން އަނާނީ މަގުހުރަސްކޮށްލިއެވެ. އަދި ސްކޫލުގެ އެތެރެއަށް ވަދެވުމުން އަޒްކާ އަނާނީގެ އަތުން ދޫކޮށްލާފައި، ދުވެފައި ގޮސް ކުރިން ފެނުނު ކުޑަ ފިރިހެންކުއްޖާއާ އެއްވަރު ކުރިއެވެ. އަނާނީއަށް އަޒްކާގެ ނަމުން ގޮވައިލެވުނެވެ. އެވަގުތު އެކުއްޖާ ކައިރީގައި ހުރި މީހާ ފަސްއެނބުރި ބަލައިލިއެވެ. އަނާނީއަށް ލިބުނީ ސިހުމެކެވެ. އެއީ އަރީނެވެ. އަރީންވެސް ހައިރާންވެފައި ހުރެ އަނާނީއަށް ބަލަން ފެށިއެވެ. އަނާނީ ބޭނުންވީ އެތަނުން ދާށެވެ. ނަމަވެސް އަޒްކާގެ ދަބަހާއި ގެނައި ހުރިހާ އެއްޗެއް ހުރީ އަނާނީގެ އަތުގައި ކަމުން، އޭއްޗެހި ހަވާލުކޮށްފައި ނޫނީ ނުދެވޭނެއެވެ. އެހެންކަމުން، އަޒްކާމެން ތިބި ސަފާ ދިމާއަށް ހިނގައިގަތެވެ. އެތާނގައި އިތުރު ބެލެނިވެރިން ތަކަކާއި، ޓީޗަރުންގެ އިތުރުން ކިޔަވާ ކުދިން ތިއްބެވެ. ނަމަވެސް އަނާނީ ހިތް ނުތަނަވަސްވީ އެތާ އަރީން ހުރުމުންނެވެ.
އަޒްކާގެ އެއްޗެހި ހަވާލުކޮށްފައި، ޓީޗަރު ދެއްކި ގަނޑެއްފައި ސޮއިކޮށްލާފައި އަނާނީ އަވަހަށް އެތަނުން ނުކުންނަން ހިނގައިގަތެވެ. ނުކުމެވުންތަނާ ހެން، ފަހަތުން އައިސް އަރީން އަނާނީގެ ނަމުން ގޮވައިލިއެވެ. މިފަހަރު އަޅާނުލާ ދާކަށް އަނާނީއަކަށް ނުކެރުނެވެ.
“ހައި އަރީން.” މަޑުކޮށްލާފައި އަނާނީ ހިނިތުންވެލިއެވެ.
“ހާދަ ރުޅިއޭ މިހާރު.” އަރީން ބުނެލިއެވެ.
“ނޫނޭ.. އެކަމަކު ކަންތައް ވެފަ އޮތް ގޮތް އަރީނަށްވެސް އިނގޭނެ ކަންނޭނގެ” ދޮގުހަދާކަށް އަނާނީ ބޭނުމެއް ނުވިއެވެ.
“އާނ.. ތިވާހަކަ ދައްކާލަން ވެފަ އެބައިނޭ. ބަޓް އައި ގެސް ޔޫ ހޭވް ބްލޮކްޑް މައި ނަންބަރ.. އޯކޭތަ ގެއަށް ލައިދޭން ދިޔަސް؟” އަރީން ކުޑަކޮށް ޖެހިލުންވެފައި ހުރެ އަހައިލިއެވެ.
“ނޯ ހިނގާފަ ގޮސްދާނަން!” އަނާނީ އަވަސްއަވަހަށް ކުރިއަށް ހިނގައިގަތެވެ.
“މަ ވެސް ހިނގާފައޭ މިއުޅެނީ. ސައިކުގަ ޕެޓްރޯލް ނެތީމަ އަރަޝް ގަޑި ޖެހޭތީ މިފަހަރު ހިނގާފަ އައީ.” އަނާނީއާ އަރާ ހަމަކުރަމުން އަރީން ކިޔައިދިނެވެ. “ކެން ވީ ވޯކް ޓުގެދާ؟” މިހެން ބުނުމުން، ދިމާއަށް އިންކާރުކުރާކަށް އަނާނީއަކަށް ނުކެރުނެވެ. އެހެންކަމުން ބޯޖަހައިލިއެވެ.
އިރުކޮޅަކަށް ހަމަހިމޭންވެލާފައި، އަރީން ފެށިއެވެ. “ޔޫ ނޯ، ރީޝް އަކީ ވަރަށް ސްޓަބޯން ކުއްޖެއް. ވަރަށް އަވަހަށް ރުޅިވެސް އަންނާނެ. މިފަހަރު މަށާ ވެސް ރުޅި ހަދާލައިގެން އުޅެނީ. ބޭސްޑް އޮން އޯލް ފޯލްސް އެސަމްޕްޝަންސް.. އެއީ އޭނަގެ ހުންނަ ވަރަށް ކަޑަ ސިފައެއް. ދެން ވަރަށް އުނދަގޫވާނެ އޭނައަށް ވިސްނަދޭން. މަ ވަރަށް ޓްރައި ކޮށްފިން، އެކަމަކު އަދި ކާމިޔާބުވާ ގޮތެއް ނުވޭ. އަނާނީއަކާ ވެސް އަނގައިންނެއް ނުބުނޭ ދޯ. ވަރަށް ޒަމާންގަނޑަކަށް ފަހު މަގޭ ދެކެވެސް އެހާ ރުޅިއައިސް އެ ހުރީ. އެކަމު އަސްލު އަހަރުން ދެމީހުންގެ ކުށެއް ނޫނެއްނު. ވިސްނުނީމަ އަދި އަންނާނެ.”
“މިކަންތައް މިހިސާބަށް ދާންވެސް ކޮންމެސް ސަބަބެއް އޮންނާނެ. އޭތި ގެޓު ނުވަނީ މަށަށް..” އަނާނީ ބުންޏެވެ.
“ސަބަބު ކޮންމެވެސް ވަރަކަށް އަހަންނަށް އިނގޭ. އެކަމަކު މިވަގުތު މިތާ ކިޔައެއް ނުދެވޭނެ..” އަރީން ފަސްޖެހުނެވެ. “ހިނގާބަ ކޮފީ އަކުން ދިމާވެލަން.”
އަރީން ބުނި އެއްޗަކަށް އަނާނީއަކަށް ސަމާލުކަމެއް ނުދެވުނެވެ. އެމީހުން ހިނގަމުން ދިޔަ މަގުގެ ކަންމަތީގައި ސައިކަލު ހުއްޓާލައިގެން އިނީ ޔާނިއުއެވެ. އޭނާ އިނީ ފިހާރައެއްގެ ކުރިމަތީގައި، އެތެރޭގައި ހުރި މީހެއްގެ އިންތިޒާރުގައެވެ. ޔާނިއުއަށް ވެސް އެއްލި ކަޅި އަކުން އަނާނީ ފެނުނެވެ. އޭނާ ކުޑަކޮށް ހިނިތުންވެލާފައި، އަރީންއަށް ބަލާލާފައި ނިތް އަރުވައިލީ ލާނެތް ގޮތަކަށެވެ. ކައިރީގައި ތިހުރީ އަނާނީގެ ބިޓުހޭ އަހާފަދަ ގޮތަކަށެވެ. “ނޫން!” އަނާނީއަގެ ދުލުން މިބަސް ބޭރުވީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް އަރީން ހީކުރީ އޭނާއަށް ބުނި އެއްޗެއް ކަމަށެވެ. އަރީން އަކަށް ޔާނިއުއެއް ނުފެނެއެވެ. އޭނާ ހުރީ އެހެން ދިމާއަކަށް ބަލާށެވެ. އޭރުވެސް އަނާނީ ކަޅިހުއްޓާނުލައި ޔާނިއުއަށް ބަލަމުން ދިޔައެވެ.
“އެކީއްވެ؟ ޓްރަސްޓު ނުކުރެވެނީތަ؟” މާޔޫސްވެފައި ހުރެ އަރީން އަހައިލިއެވެ. އެވަގުތު ޔާނިއު އެ ފިހާރައިން ނުކުތް މީހެއް ދިން އެއްޗަކާ ހަވާލުވެފައި، އަނާނީއަށް ހަނާއަޅާލާފައި ސައިކަލުގައި ދިޔައެވެ. ޔާނިއު ދިޔުމުން އަނާނީއަށް އަރީންއާ ދިމާއަށް ބަލައިލެވުނީ ވާނުވާ ނޭނގޭ ފަދަ ގޮތަކަށެވެ.
“ތިބުނީ؟” އަނާނީއަށް އަހައިލެވުނެވެ.
“އަނާނީ އަޑުއަހާކަށް ނޫންތަ ހުރީ؟ ކޮންތާކަށް ގެއްލިފަ މިއޮއް ހާއިރު؟” އަރީން އަނާނީގެ މޫނަށް ބަލައިލިއެވެ.
“އެހެންކަމަކާ ވިސްނަން ހުރެވުނީ. ސޮރީ..” އަނާނީ ކުޑަކޮށް ލަދުގަތެވެ.
“ކޮފީއަކުން ދިމާވެލަންވީ ނޫންހޭ؟” އަރީން އަނެއްކާވެސް އަހައިލިއެވެ. އަނާނީ “އޯކޭ” އޭ ބުނެފައި، އޭނާގެ ގެއާ ހަމައަށް އާދެވުމުން އަވަހަށް ވަނެވެ. އެހިސާބުން އަރީންވެސް އަމިއްލަ ގެއަށް ދިޔުމަށް ހިނގައިގަތެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އަނާނީ އެހާ ފަސޭހައިން އެއްބަސް ވީމާ ކަންނޭނގެއެވެ.
ގެއަށް ވަދެވުމާއެކު އަނާނީ އަވަސްއަވަހަށް ފޯނު ނަގައި، ޔާނިއުއަށް މެސެޖެއް ކޮށްލިއެވެ. “ނޮޓް މައި ބޯއީފްރެންޑް!” މިހެން ލިޔެފައި ފޮނުވައިލިތާ އިރުކޮޅެއް ފަހުން ޔާނިއު ގުޅަންފެށިއެވެ. އަނާނީގެ ހިތް ވަރަށް ބާރަށް ތެޅެންފެށިއެވެ.
“ކީކޭ؟” އަނާނީ ފޯނު ނެގުމާއެކު ޔާނިއު އަހައިލިއެވެ.
“އޭރު އެ ފެނުނީ..” އަނާނީ ލަދުން ގޮސް އިތުރަށް ބުނާނެ އެއްޗެއް ދުލަކަށް ނުވެސް އައެވެ. އޭނާ ކުރި މެސެޖުގައި އޮތް އެތީގެ މާނަ ޔާނިއުއަށް ހަމަ ނޭނގުނީ ހެއްޔެވެ.
“ބިޓެއް ނޫނޭ؟” ޔާނިއު ފުރިހަމަ ކޮށްދިނެވެ. އަދި އެއަށްފަހު ހިނިގަނޑެއް ޖަހައިލިއެވެ. “ހްމްމް ދެން ކިހިނެކޯ ވީ؟”
މިފަހަރު ލަދުން ގޮސް އަނާނީގެ މުޅި މޫނު ރަތްވިއެވެ. ފެންނަ ހިސާބުގައި ޔާނިއު ނެތް ކަމީ ނަސީބެކެވެ. “ކަމެއް.. ނުވޭ..” އަނާނީއަށް ބުނެވުނީ މިހެން އެކަންޏެވެ. ޔާނިއު ހެމުންހެމުން ފޯނު ކަނޑައިލިއިރު ވެސް އަނާނީ ހުރީ ފޯނު ކަންފަތުގައި ޖެހި ގޮތަށް ހުއްޓުން އަރާފައެވެ. އޭނާއަށް މި ކުރެވުނީ ކީއްހެއްޔެވެ. ޔާނިއުއާ މެދު އަނާނީ ކޮންމެ ގޮތަކަށް ދެކުނަސް، ޔާނިއު ދެކޭ ގޮތެއް އަދި ނޭނގެއެވެ. އެހެންކަމަށް ވާ އިރު، އަނާނީ އެގޮތަށް މެސެޖު ކުރުމުގެ މާނައެއް ނެތެވެ. އަރީންއަކީ އަނާނީގެ ބިޓަށް ވި ނަމަވެސް، ޔާނިއުއަށް ކީއްހެއްޔެވެ. އަނާނީއަށް މޫނުމަތީގައި އަތް އަޅާލެވުނީ، ކުރެވުނު މޮޔަ ކަންތަށް ހިތަށް އަރާފައެވެ. ޔާނިއުވެސް އޭނާއަށް މަލާމަތްކުރާނެ ކަންނޭނގެއެވެ. ދެން ވަކި އޭނާ ހަދާނީ ކިހިނެއްހެއްޔެވެ. ކޮންމެވެސް މޮޅު އެއްޗެކޭ ކިޔާފައި ވާހަކަ އޮޅުވާލެވިދާނެއެވެ. ނަމަވެސް، ދެވަނަ މެސެޖެއް ކޮށްގެން އިތުރަށް ޔާނިއުގެ ކުރިމަތީގައި ބޭޒަރު ވެދާނެއެވެ.
(ނުުުުނިމޭ)
16 Comments!
Comments are closed.
varah reethi story eh..
haadha lahunney minutes story up vanee. vaahaka varah reethi.
Vvv salhi mi part vxx.. When next part?
me first..hehe..next part when?
vvv reethi
Vaahaka reethi. Ekam week akah fahu genes dhey iru mi ah vureh dhigu kohli nama. Lahun kiyaalan libeythy dhen foohi vaa goiy vanee. Mee hama hiyaaleh.
I agree with you ??
Vvv rythi..Ekam thankolheh las up kohdhevey goi nd thankolheh dhigu koh genes dhehchey..Lukas aai Ayani v gulhey..E dhemyhun gulhuvadhybw pls.❤❤
vrh reethi… but thann kolheh dhigukoh laafa avahah up koh dhinee ma aslu interesting vaanee….. gdnyt…
Mashaa Allah v reethi mi part ves,keep it up,next part soon plx
Haadha kurey week aku ehfaharu genesdheyiru miahvuren dhigukon genesdheynama.
Areen aa Lukas aa Yaniu..
Three boys..One girl..
Kihinehbaa vaanee dhw..
Ehn vaahaka thakaa thafaathu gotheh vaane kamah unmeedhu kuran..
Aishasha ma lahy upkuraleh… Dhen up kurane ireh vx buneba at least.. Then I can wait Btw story vvv salhi..
Koba?? Avas kohlaba
Kal ah varah salhi vahaka eh mi.. Mi site ga in enme salhi Vahaka… I so much love this..mostly yaaniu and anaany scenes.. <3 <3 <3
Avax kohlaba aishasha plxxxxxx