Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދަކީ ކަލާ ކަމުގާވިޔަސް 12

Aishasha Level 310 Stories100 Login
October 28, 2025 3 Mins Read
0 Comments

ހަމްނާ އެ އިން ގޮތަށް އިންދައި އާޒާދު ނުކުތެވެ. އަދި ހުދު ހެދުމުގައި އިން ހަމްނާއަށް ބަލާލާފައި، އެ ދިމާއަށް ހިނގައިގަތެވެ. އާޒާދުގެ ފިޔަވަޅުގެ އަޑު އިވުނަސް، ހަމްނާ އިނީ ދެލޯ މަރާލައިގެނެވެ. މި ވަގުތުކޮޅަކަށް އޭނާ ތައްޔާރެއް ނޫނެވެ. އެވަގުތު އާޒާދު، ހަމްނާ އިން ދިމާގައި ހުރި ބެލްކަނީގެ ދޮރު ޖަހައި، ދޮރުފޮތިގަނޑު ކަހައިލިއެވެ.

ހަމްނާގެ ހަތަރެސްފައި ފިނިވެގެން ގޮސް ހީވަނީ ގަނޑުފެންކޮޅެއް ހެނެވެ. އޭނާ އިސްޖައިގެން އިނީ އާޒާދު އަށް ބަލާލާނެ ހިތްވަރުވެސް ނުލިބިފައެވެ. އެހެން އިންދައި އިރުތަކެއް ވެފައި ވަނިކޮށް، ދެން ވީ ހަމްނާ ހީކޮށްގެން ހުރި ގޮތާ ދިމާ އިދިކޮޅަށެވެ. ބެލްކަނީގެ ދޮރުފޮތިގަނޑު ކަހާލާފައި އާޒާދު ގޮސް އެނދުގެ އަނެއްކޮޅުގައި އޮށޯވެ، ރަޖާގަނޑު އަޅައި ހަމަޖެހިލިއެވެ.

“ހެދުން ބަދަލުކޮށް ނިމުނީމަ ބޮކި ނިިއްވާލާތި. ގުޑްނައިޓް” އާޒާދު ބުނެލިއެވެ.

ހަމްނާގެ މޫނުމައްޗަށް ވެރިވީ ނުހަނު ހައިރާން ކަމެކެވެ. ކައިވެނީގެ ފުރަތަމަ ރޭ ކަންތައްް ވަނީ މިހެން ހެއްޔެވެ؟ އެހެންވިއްޔާ އޭނާއަށް ކުރިން ހީވީ ކުށްހީއެއްތާއެވެ. މިއޮއް ހާއިރު ހާސްވެފައި އިނީ އެއްވެސް ކަމަކާ ނުލައި ނޫންހެއްޔެވެ.

“އަނެއްކާ އާޒާދު ކަމަކާ ހިތްހަމަ ނުޖެހުނީ ބާ؟” ނިދާ ހެދުން ހިފައިގެން ފާހާނައަށް ވަދެފައި ހަމްނާ އެކަނި ހުރެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. ހަމްނާއަށް ގޯހެއް ހެދުނީ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ވާނީ ވެސް އެހެންނެއް ނޫންހެއްޔެވެ. ހަލާލު ފިރިމީހާ ފެނިފައި ކައިވެނީގެ ފުރަތަމަ ރޭ ބިރެއް ފެނިގެން އިންނަހެން އިނުމުން އާޒާދުގެ ހިތަށް އަރާނީ ވެސް ކީކޭ ހެއްޔެވެ. ގައިމުވެސް އެ މަންޒަރު ފެނުމުން ކޮންމެ މީހަކުވެސް މޫޑު ގެއްލޭނެއެވެ.

ނިދަން އޮށޯތް އިރުވެސް ހަމްނާއަށް ކުށްވެރި ކުރެވެމުން ދިޔައީ އަމިއްލަ ނަފްސެވެ. މަންމަ ދިން ނަސޭހަތް މަތިން ހަނދާންވުމުން އިތުރަށް ކުށްވެރިއެއްގެ އިޙުސާސް ކުރެވުނެވެ. ޙަޤީޤީ ލޯބި އަދި ނުވެވުނު ކަމުގައި ވިޔަސް، ފިިރިމީހާ އުފަލުގައި ބެހެއްޓުމަކީ ހަމްނާގެ ޒިންމާއެއް ކަމަށް މަންމަ ބުންޏެވެ. އެކަމަކު ފުރަތަމަ ދުވަހުވެސް އޭގެން ފޭލު ވެއްޖެއެވެ.

ހަމްނާއަށް ނިދުނު އިރު ވަނީ ދަންވެފައެވެ. އޭރު ޖެހިގެން އޮތް އާޒާދު ނިދިތާ ކިތަންމެ އިރެކެވެ.

ޖެހިގެން އައި ދުވަހު ހަމްނާއަށް ހޭލެވުނީ ފުދޭވަަރަކަށް ލަހުންނެވެ. އޭނާއަށްވުރެ މާ ކުރިން އާޒާދު ހޭލައިގެން އުޅޭތަން ފެނިފައި ކުޑަކޮށް ލަދުގަތެވެ. އަނެއްކާ އާޒާދު އޭނާއާ މެދު އެއްޗެކޭ ހީނުކޮށްފިއްޔާ ރަނގަޅެވެ.

“ގުޑް މޯނިންގ ވައިފް. ހިނގާ ސައިބޯން ދާން. ނޫނީ ލޭޒީ ފީލް ވަންޏާ ބްރެކްފާސްޓް އިން ބެޑް ވެސް…” އާޒާދު ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް ހަމްނާ ތެޅިގަތެވެ.

“ނޫން!” ހަމްނާ ވަގުތުން ބުނެލިއެވެ. “ލޭޒީއެއް ނޫން. އާންމުކޮށް ނިދާތަން ނޫން ވީމަ ރޭގަ ކުޑަކޮށް ލަހުން ނިދުނީ. މި އަންނަނީ ރެޑީ ވެލައިގެން!” ހަމްނާއަކީ ކަންނެތް މީހެކޭ އާޒާދުއަށް ހީވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ދެމަފިރިން ސައިބޯން ދިޔައީ ތިރީގައި ހުރި ރެސްޓޯރަންޓަށެވެ. އެތަން ވެސް އެ ހޮޓެލް ހާ ޝާހީ ކަމަށް ދައްކައެވެ. ބުފޭ އޮތެއް ކަމަކު، ބުފޭގައި ހުރި އެއްޗެހި އާޒާދުއަށް ކަމުނުދިޔުމުން، މެނޫ އިން އޯޑަރު ކޮށްގެން ދެމީހުންނަށް ފެންވަރުގެ ނާސްތާއެއް ގެނައެވެ.

“ހަމްގެ ވިސާ ހަމެޖެހުނު ހާ އަވަހަކަށް ހިނގާ ފުރަން. އަސްލު އަހަރެން މި އައީ ތިން ދުވަހުގެ ލީވެއް ނަގައިގެން. އެވަރުންވެސް ހޮސްޕިޓަލުން އުޅުނީ ނުފޮނުވަން. މިދުވަސްކޮޅު ވަރަށް ބިޒީ، ގިނަ ޑޮކްޓަރުންތައް އުޅެނީ ޗުއްޓީގަ. އަހަރެން މިކޮޅަށް އަންނަން ޖެހުނީމަ ބަލި މީހުންގެ އެޕޮއިންޓްމެންޓުތަކަށް ވެސް ބުރޫ އަރާނެ. ކިތަންމެ ބޮޑު ހޮސްޕިޓަލަކަށް ވިޔަސް ނިއުރޮލޮޖިސްޓުން ވަަރަށް ތަދު”، ކިވީ ފޮއްޗެއް އަނގައަށް ލަމުން އާޒާދު ވާހަކަ ދެއްކިއެވެ.

“ޑރ އަށް ލަސްވަންޏާ އޯކޭ ފުރިޔަސް. ވިސާ ހަމަޖެހުނީމަ އަޅުގަނޑު ދާނަން”، ނޭނގިގެން ހަމްނާއަށް ވާހަކަދެއްކުނީ މާތް ބަހުރުވައިންނެވެ. އެކަން ރޭކާލީ އާޒާދު ބަލަހައްޓައިގެން އިން ގޮތުންނެވެ. “ސޮރީ…” މަޑުމަޑުން ހަމްނާ ބުނެލިއެވެ. އާޒާދު އަށް ނަމުން މުޚާތަބުކުރަން ހަމްނާއަށް ވަރަށް އުނދަގުލެވެ.

“ނޯ. އައި ވިލް ނޮޓް ލީވް ވިތައުޓް މައި ވައިފް. އެހެންނޫނަސް މި ޗުއްޓީ އަހަންނަށް ހައްގުވާނެ. އަހަރެންގެ ޒަވާޖީ ހަޔާތް މުހިންމުވާނެކަން އެމީހުންނަށް ވެސް އެނގޭނެ. އެހެންނޫނަސް އަންނަމުން މި އައީ އެންމެ އާޖެންޓު އެޕޮއިންޓުމެންޓުތައް ނިންމާލާފަ” އާޒާދު ހަމްނާއާ ދިމާއަށް “ވައިފް” އޭ ބުނާ ކޮންމެފަހަރަކު ހަމްނާގެ މޫނަށް ލަދުރަކިކަން ވެރިވެގެން ދެއެވެ.

އެދުވަހު ދެމީހުން އެކުގައި އެކިތަންތަން ބަލައިލަން ދިޔައެވެ. އެނބުރި ހޮޓެލަށް އާދެވުނު އިރު ވަނީ ވަރުބަލިވެފައެވެ. ރޭގަނޑު ވެސް ވެފައިވުމާއެކު، އާޒާދު ފެންވަރާލައިގެން އައިސް އެނދުގައި އޮށޯތެވެ. ހަމްނާ ފެންވަރަން ވަދެފައި އަނެއްކާ ވެސް އަމިއްލާ ނަފްސާ ވާހަކަދައްކަން ފެށިއެވެ.

“މިފަހަރު އިސްނަގާނީ އަހަރެން. ލަދުގަތަސް މިއީ ކޮންމެވެސް ދުވަހަކުން ވާނެ ކަމެއް. ސޯ ވައި ނޮޓް ޓުނައިޓް.” ފެން މާގަނޑު ދަށުގައި ހުރެގެން ހަމްނާ މަޑުމަޑުން ވާހަކަދައްކަމުން ދިޔައެވެ. ހޫނުފެނުން ފެންވަރަމުން ދިޔައިރު، މުޅި ހަށިގަނޑަށް ތާޒާކަން ގެނެސްދިނެވެ.

ފެންވަރައި ނިމިގެން، ތުވާލި އޮޅާލައިގެން ހަމްނާ ނުކުތެވެ. އޭރު ތެތް އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. ހަމްނާ އާޒާދު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އާޒާދު އޮތީ ދެލޯ މަަރައިގެން، ނިތްކުރިމަތީގައި އަތް ބާއްވާލައިގެނެވެ. އެކަމަކު ނިދާފައި އޮތްހެނެއް ހިއެއް ނުވެއެވެ. ހަމްނާ ލަދު އެއްފަރާތްކޮށްފައި އާޒާދު ކައިރީގައި އިށީނެވެ. އަދި އާޒާދުގެ އަތުގައި މަޑުމަޑުން އިނގިލި ހިންގައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 11

Next

ހަނދަކީ ކަލާ ކަމުގާވިޔަސް 13

Next
October 28, 2025

ހަނދަކީ ކަލާ ކަމުގާވިޔަސް 13

Previews
October 28, 2025

ހިތަކުން ނުދާނޭ ފިލާ 11



All Right Reserved!