Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދަކީ ކަލާ ކަމުގާވިޔަސް 11

Aishasha Level 310 Stories100 Login
February 4, 2022 3 Mins Read
0 Comments

އެދުވަސްވަރު ހަމްނާގެ އާއިލާގައި ތިބި އޭނާއާ އެއް އުމުރުފުރައިގެ ދެ ކުއްޖެއްގެ ކައިވެނި ކުރެވިގެންދިޔައެވެ. އޭނާއަށް އެ ހަފްލާތަކަށް ނުދެވުނަސް، ބަރާބަރަށް މީސްމީޑިއާ މެދުވެރިކޮށް ދިޔައީ ޚަބަރު ބަލަމުންނެވެ. ހަމަ އެ ވާހަކަ ދައްކަން ހަމްނާގެ މަންމަ ގުޅި ދުވަހެއްގައި، ހަމްނާ މީހަކާ އިންނާނީ ކޮން އިރަކުންތޯ ވަރަށް ނޫން ކަމަށް ހަދާފައި މަންމަ ސުވާލުކުރިއެވެ.

ހަގީގަތުގައި، ހަމްނާއަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަށްވުމުން، އެމީހުން ބޭނުންވަނީ ހަމްނާ އަވަހަށް މީހަކާ އިނދެ ހަޔާތެއް ފައްޓާނެ ދުވަހެއް ދެކޭށެވެ. އަދި މާމަ/ކާފަ ދަރިން ދެކިލުމަށް ވެސް އެމީހުންގެ ހިތުގައި ވެއެވެ. ނަމަވެސް އެންމެފަހުން ހަމްނާ އޭނާގެ ދުވަސްވީ ލޯބިވެރިޔާއާ ރުޅިވިކަން އެނގުމުން، އޭނާގެ މަންމަމެންގެ އުންމީދު ވަނީ ފަނޑުވެފައެވެ. އެވާހަކަ ނުސީދާކޮށް ކިތަންމެ ފަހަރަކު ހަމްނާ ގާތު ދައްކައިފިއެވެ. އެކަމަކު އޭނާ ހުންނަނީ ނޭނގޭ ކަމަށް ހަދާލައިގެނެވެ.

އެންމެފަހުން މަންމަ އެވާހަކަ ދެއްކި ދުވަހު، ހަމްނާއަށް އެކަމާ ދޭތެރޭ ފުންކޮށް ވިސްނައިލެވުނެވެ. ރައްޔާނާ ރުޅިވި ދުވަސްވަރު، އޭނާގެ އަޒުމަކަށް ވީ ދުވަހަކުވެސް ފިރިހެނެއްގެ އަވައިގައި ނުޖެހުމަށެވެ. އެކަމަކު އެހެން އުމުރުދުވަހު ހިފަހައްޓައިލެވޭނެ ހެއްޔެވެ؟ ހަގީގަތުގައި އެއީ އޭރު ހަމްނާ ރައްޔާން ދެކެ އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން ވިސްނި ވިސްނުމެކެވެ. ކޮންމެ ފިރިހެނަކީ ރައްޔާން ފަދަ މީހަކަށް ނުވެދާނެ ނޫން ހެއްޔެވެ. ހަމަ ގައިމުވެސް، މިވީ ދުވަސްކޮޅުގައި އާޒާދު އާ ވާހަކަ ދެކެވުމުން، އެއީ ރަނގަޅު މީހެއްކަން އެނގިއްޖެއެވެ. އެކަން އެނގިގެންދާ އެއް ހެއްކަކީ، ރައްޓެހިވެގެން ހަރާމް ގުޅުމެއްގައި ތިބުމަށްވުރެ، ހަލާލު މަގަށް އާޒާދު ދަޢުވަތު ދިނުމެވެ.

ވަރަށް ގިނަ ވިސްނުން ވިސްނުމަށްފަހު، ހަމްނާ އެ ވާހަކަ ސަމަން އާ ހިއްސާކުރިއެވެ. ސަމަންގެ ފަރާތުން ލިބުނީ އޭނާ ހީކޮށްގެންހުރި ރައްދެކެވެ. ވަގުތުން އެކަމަށް ހިތްވަރުދޭން ފެށިއެވެ. ޑޮކްޓަރުންގެ މާތްކަމުން ފެށިގެން، އާޒާދުގެ ތަނަވަސްކަމަށް ދާންދެން ފާހަގަކުރިއެވެ. ހަމައެއާއެކު، ހަމްނާ އެވާހަކަ ހަމްނާގެ މައިންބަފައިންނަށް ވީހާވެސް އަވަހަށް އަންގަން ޖެހޭނެކަން ވެސް ސަމަން ހަނދާން ކޮށްދިނެވެ.

ސަމަންގެ ބަސް ގަބޫލުކޮށްގެން ހުރި ހަމްނާ، ފޯނުން މަންމަމެންނާ ގުޅައިގެން އާޒާދުގެ ވާހަކަ ކިޔައިދިނެވެ. އިއްތިފާގަކުން ހަމްނާގެ މަންމަމެން އާޒާދުގެ އާއިލާ ދަނެއެވެ. އެއީ ވަރަށް ޤަދަރުވެރި، ތަނަވަސް އާއިލާއެއް ކަމަށް ބުނަމުން ބުނީ ހަމްނާ ކައިވެނިކުރަން އެއަށްވުރެ ރަނގަޅު މީހެއް ނުފެންނާނެ ކަމަށެވެ. ހަމްނާއަށްވުރެ އުމުރުން ދޮށްޓަސް، އެއީ ވެސް ރަނގަޅު ފާލަކަށް ވެދާނެ ކަމަށް ބުނީ، ފިރިހެނުންނަށް “ހަމަ ވިސްނުން” އަންނާނީ އެ އުމުރުގައި ކަމަށްވާތީއޭ ބުނެއެވެ. ހަމަ ގައިމުވެސް، ހަމްނާއަށްވުރެ ބޮޑަށް އޭނާގެ މައިންބަފައިން ތިބީ އުފަލުން ކަން ދެއްކި ވާހަކަތަކުން ސާފުވެގެން ދިޔައެވެ.

ދޭނެ ޖަވާބަކާމެދު ޔަގީންވުމުން، ހަމްނާ އާޒާދު އަށް ގުޅާފައި އެ ޖަވާބު ހާމަކޮށްލިއެވެ. އާޒާދު އުފާވެފައި ހުރި ވަރު އަޑުން އެނގިގެން ދިޔައެވެ. އޭނާ ބުނީ، ހަމަޖެހިގެން އެވާހަކަ ދައްކާލަން އޭނާ ވަރަށް އަވަހަށް ހަމްނާ ކައިރިއަށް އަންނާނެ ކަމަށެވެ.

ކައިވެންޏަށް އެއްބަސް ވިޔަސް، ހަމްނާ އަދިވެސް ހުރީ ޝައްކެއްގެ މަތީގައެވެ. އަނެއްކާ އެންމެ ފަހު ވަގުތު ޚިޔާލު ބަދަލު ނުވާނެ ބާއޭ ވެސް ހިތަށް އެރިއެވެ.

އާޒާދު އަށް މެލޭޝިއާއަށް ދެވޭ ވަރުވީ އޭގެ ދެ ހަފްތާ ފަހުންނެވެ. އެދެމީހުން ބައްދަލުވެގެން ކައިވެނީގެ ވާހަކަ ދެއްކިއިރު، އާޒާދު ތަކުރާރުކޮށް އެއް ކަމެއް ހަނދާންކޮށްދެމުން ދިޔައެވެ. ހަމްނާގެ ހިތުގައި ކުޑަވެސް ޝައްކެއް ވާނަމަ، އެކަން ހިއްސާކުރުމަށް ބުންޏެވެ. އަދި، ކައިވެންޏަކީ ކުޑަކުޑަ ކަމެއް ނޫން ކަމަށާއި، ހަމްނާގެ ހިތުން ރުހުމުން ނޫންގޮތަކަށް ކުރަން ބޭނުންނުވާ ކަމަށެވެ. މިއީ އާޒާދު “ޕްރެޝަރު” ކޮށްގެން ކުރާ ކަމެއް ކަމަށް ހީވަންޏާ ދެކޮޅުހެދުމުގެ ބާރުވެސް ހަމްނާގެ އަތުގައި އެބައޮތް ކަމަށް ބުންޏެވެ.

ހަމްނާ ބޭނުންވާ ގޮތަކަށް ކައިވެނީގެ ހަފްލާ ބާއްވައިދޭނެ ކަމަށް އާޒާދު ބުނިނަމަވެސް، ހަފްލާއެއް ބާއްވާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭނުންވަނީ ވީހާވެސް ސިއްރުން އެކަން ކުރާށެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން މުޅި ދުނިޔެއަށް އިޢުލާނުކުރުމަކީ ހަމްނާ ޤަބޫލުކުރާ ގޮތެއް ނޫނެވެ. އާޒާދުގެ ވިސްނުން ވެސް ހުރީ ހަމަ އެގޮތަށެވެ. އެހެންކަމުން، އެންމެފަހުން ނިންމީ ދެމީހުންގެ މައިންބަފައިން ގެނެސްގެން މެލޭޝިއާގައި ކައިވެނިކޮށްފައި، ދިވެހިރާއްޖޭގެ ކޯޓުގައި ރެޖިސްޓްރީ ކުރާ ގޮތަށެވެ.

އޭގެ އެއް މަސް ފަހުން، ހަމްނާއާ އާޒާދުގެ ކައިވެނި ކުރެވުނެވެ. ނަމަވެސް ކަން ދިމާކުރިގޮތުން އާޒާދު ފަރާތު އާއިލާގެ މީހުންނަކަށް އެ ކައިވެންޏަށް އާދެވޭ ގޮތެއް ނުވިއެވެ. ކައިވެންޏަށްފަހު ދެމީހުން އުޅެން ގަސްދުކޮށްފައިވަނީ، ޔޫކޭގައި ހުންނަ އާޒާދުގެ ގޭގައެވެ. ހަމްނާ މެލޭޝިއާގައި ކިޔަވަމުންދިޔަ ކޯސް ވެސް ޖެހުނީ މެދުކަނޑައިލާށެވެ. ނަމަވެސް އޭގެ ބަދަލުގައި ލަންޑަންގެ ޔުނިވަސިޓީއަކުން އޭނާއަށް ވަނީ ޖާގަ ހޯދައިފައެވެ. ހަމްނާ ދެން ކިޔަވާނީ އެތާނގައެވެ.

ކައިވެނީގެ ވާހަކަ، ރައްޓެހިންނާ ހިއްސާކުރާކަށް ވެސް ހަމްނާ ބޭނުމެއް ނުވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ރައްޔާނާ ހަމައަށް އެ ޚަބަރު ފޯރިޔަ ނުދިނުމެވެ. ވުމާއެކު، ހަމްނާއާއި އާޒާދުގެ ކައިވެނީގެ ވާހަކަ އެނގޭ ހަމައެކަނި ރައްޓެއްސަކީ އަރޫޝާއެވެ. އަރޫޝާ އެ ކައިވެންޏަށް މަރުހަބާ ކިޔަމުން ބުނީ، އެދެމަފިރިން އަވަހަށް މާލެއަށް އައުމަށެވެ. އެމީހުންނާ ބައްދަލުކުރަން ކެތްމަދުވެފައި ހުރި ވާހަކަ އޭނާ ބުންޏެވެ.

ކައިވެނީގެ ފުރަތަމަ ރޭ ހޭދަކުރީ ކުއަލަ ލަމްޕޫރުގައި ހުރި އެންމެ އަގުބޮޑު ހޮޓެލްގައެވެ. އެރޭ ހަމްނާ ހުރީ ވަރަށް ހާސްވެފައެވެ. ކުއްލި ގޮތަކަށް ކުރެވުނު މި ކައިވެންޏަށްފަހު، މުޅިން އާ މީހަކާ އެއް ދާނެއް ހިއްސާކުރަން ޖެހޭތީ އޭނާގެ ހިތުގައި ނުފިލާ ލަދުވެތިކަމެއް އޮތެވެ.

ކޮޓަރިއަށް ވަދެފައި ހެދުން ބަދަލުކުރަން ވެގެން އާޒާދު ފާހާނާއަށް ވަނުމުން ހަމްނާ މަޑުމަޑުން އެނދުގައި އިށީނދެލިއެވެ. އެ ކޮޓަރި ކިތަންމެހައި ވެސް ރީއްޗެވެ. އެކަމަކު އެ ރީތިކަމުން ހަމްނާގެ ހިތަށް ލިބޭ ތަސައްލީއެއް ނެތެވެ. އިރުކޮޅަކުން އާޒާދު ނުކުންނާނެއެވެ. ދެން ކަންތައް ކުރަންވީ ކިހިނެއް ކަމެއް ހަމްނާއަކަށް ނޭނގެއެވެ.

ހަމްނާ އެ އިން ގޮތަށް އިންދައި އާޒާދު ނުކުތެވެ. އަދި ހުދު ހެދުމުގައި އިން ހަމްނާއަށް ބަލާލާފައި، އެ ދިމާއަށް ހިނގައިގަތެވެ. އާޒާދުގެ ފިޔަވަޅުގެ އަޑު އިވުނަސް، ހަމްނާ އިނީ ދެލޯ މަރާލައިގެންނެވެ. މި ވަގުތުކޮޅަކަށް އޭނާ ތައްޔާރެއް ނޫނެވެ. އެވަގުތު އާޒާދު، ހަމްނާ އިން ދިމާގައި ހުރި ބެލްކަނީގެ ދޮރު ޖަހައި، ދޮރުފޮތިގަނޑު ކަހައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aishasha

Level 310 Stories100 Login

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (14)

Next

ލޯބި ވެވުމުން 5

Next
February 5, 2022

ލޯބި ވެވުމުން 5

Previews
February 3, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (14)



All Right Reserved!