”ދޮންބެމެން ހަނީމޫނަށް ނުދާންތަ ތި ތިބެނީ؟” މެންދުރުގެ ކެއުން ނިއްމާލައިފަ ސިޓިން ރޫމުގަ އެކި ވާހަކަ ދައްކަން ތިބެފަ ލީޒާ އަހައިލިއެވެ. “ނޫނޭ ހަނީމޫނަށް ދާނަން.. ދޯ ޝާ..؟!” ޝަރާއަށް ދޯދެމުން މާކިން ބުނެލިއެވެ. “ނޭނގެ؟! މާކްއަށް ނޫންތަ އިނގޭނީ..؟!” ފޯނާ ކުޅެމުން ޝަރާ ބުނެލިއެވެ. “މަންމަ ބުނެފާނަން ވަރަށް ރަނގަޅު ގޮތެއް އެކަމަކު ދަރިފުޅުމެން ގޮތް ނިއްމާނީ..!” ކުދި ވެރިންނާ ބައިވެރި ވަމުން ހައްވަ ބުނެލިއެވެ. ޝަރާގެ ކައިވެންޏަށް މާލެ އައި ގޮތަށް ހައްވަގެ ދެމަފިރިން […]
”އަނބި ޤަބޫލް ކޮއްފިން!” ގާޒީ ހުތުބާއަށް ފަހު ޝަރާއާ މާކިން ކައިވެނި ކޮއްދިނުމުން އަނބި ގަބޫލް ކުރި ކަމަށް މާކިން ބުނެލިއެވެ. އޭރު މާކިން ހުރީ އިންތިހާޔަށް އުފާވެފައެވެ. އެހެން ނަމަވެސް ޝަރާ އިނީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. ޝަރާއާ މާކިންއާ ދެ މަފިރިން ކައިވެނި އޮތީ ދަރުބާރުގޭގައެވެ. ޕާރޓީއެއް ބޭއްވޭ ވަރުގެ ޖާގައެއް އޮތްނަމަ މާކިން ބޭނުން ވަނީ ގޭގަ ޕާރޓީ ބާއްވަންށެވެ. އެހެން ނަމަވެސް ގޯތީގަ އެއްކޮށް އިމާރާތް ކޮއްފަ ހުރުމުން ގޭގަ […]
”އަލް.. އަލް! ވަރަށް އަވަހަށް ނިކުމެބަލަ ބަލައިބަލަ މިއޮތް ކަމެއް..!” ޝަރާ ސިޓިން ރޫމުގަ އިނދެ އަޑުގެ ކޮޅަށް އަލްޔާއަށް ގޮވަމުން ދިޔައެވެ. “ކިހިނެތްވީތަ ޝަރާ؟ ތަނެއްގަ ރޯވީތަ؟!” ދުވެފަ ބޭރަށް ނިކުމެ އަލްޔާ އަހައިލިއެވެ. “އާނ.. ދެން ރޯވެސް ވާނެތާ ބަލައިބަލަ މިއޮތް އެއްޗެއް.!!” އަލްޔާ ތަނެއްގަ ރޯވީތޯ އެހުމުން އަތުގައި އޮތް ކާޑު ދިއްކޮއްލަމުން ޝަރާ ބުނެލިއެވެ. “ހޫމް… ދައްކަބަލަ!” އެހެން ކިޔައި ޝަރާގެ އަތުން އަލްޔާ ކާޑު ޖަހައިގަތެވެ. “ވަޓް!! އުޝާޔާ ކަރަމް […]
ހަލޯވް ދަރިފުޅާ ކިހިނެއްތަ؟ ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟” ސިންގަޕޫރަށް ދެވުމާއިއެކު ސައުދު ވިނާންގެ ފޯނަށް ގުޅާލައިފަ ހާލު އަހުވާލު އަހައިލިއެވެ. “މިކޮޅުން ވަރަށް ރަނގަޅު.. ބައްޕަމެން ކިހިނެއްތޯ؟” ޖަވާބު ދިނުމަށް ފަހު ވިނާން އަހައިލިއެވެ. “އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅު! ދެންމެ ހޮޓަލަށް މި އާދެވުނީ އެހެންވެ ދަރިފުޅުމެންގެ ހާލެއް ބަލަން މި ގުޅައިލީ…” ހޮޓަލަށް ދެވުނު ކަމަށް ބުނެ ގުޅި ސަބަބު ސައުދު އޮޅުން ފިލުވައި ދިނެވެ. “އެހެންތޯ؟! ކޮބާ މަންމަމެން އެއްމެން ވެސް […]
ދުވަސްތައް ފާއިތު ވަމުން ގޮސް މިރެއަކީ އަފީފާ ގޮވައިގެން ސިންގަޕޫރަށް ފުރަން ހަމަޖެހިފައި އޮތްރެއެވެ. އެ ދަތުރުގައި ދާން ހަމަޖެހިފަ އޮތީ ސައުދު އާ ވަޒުނާ އާ ދެބަފައިންނެވެ. މަންމަޔަކު ގޮވައިގެން އުޅެން ފަސޭހަވާނީ އަންހެން ދަރިއަކަށް ވާތީ ސައުދު ބޭނުން ވަނީ ވަޒުނާ ގޮވައިގެން ދާންށެވެ. އެހެން ކަމުން ވަޒުނާ ވެސް އެއް މަހުގެ ޗުއްޓީ ނަގައިގެން އިނީ މިރޭގަ ފުރަން އަތުކުރި އޮޅައިގެންނެވެ. އަތުކުރި ނޮއުޅަންވީ ސަބަބެއް ވެސް ނެތްތާއެވެ. އަފީފާ އަކީ އޭނަ […]
ޖަޔާ މިއަދު ހާދަ ލަހުން ސައި ތައްޔާރު ތިކުރެވުނީ؟ދައްތަޔަށް ހެނދުނު ކިރުތަށި ދިނިންތަ..؟” ސައުދު ސައި ބޯންވެގެން ބަދިގެއަށް ވަތް އިރު ސައި ތައްޔާރުވެފަ ނެތީމަ އަހައިލިއެވެ. “ލައްބަ ކިރުތަށި ދެނީ… މިއަދުވެސް މުޅި ގަޔަށް ކިރު ތަށި ޖަހަނީ! މެޑަމް މިހާރު ވަރަށް ސަކަރާތް ވެއްޖެ! އަވަސް ޑޮކުޓަރަށް ދައްކަން ބޭނުން…” ސައުދު ކުރި ހުރިހާ ސުވާލަށް ޖަވާބު ނުދީ ހަމަ އެކަނި އަފީފާޔާ ބެހޭ ގޮތުން ޖަވާބުދާރީ ވިއެވެ. “އެހެންތަ؟ ވިނާންގެ ދެމަފިރިން ހަނީމޫނަށް […]
ދުވަސްތައް ފާއިތު ވަމުން ގޮސް އަލްޔާއަށް ވަލީ ހަމަ ޖެހި ކައިވެނި ކުރަން ހަމަ ޖަހުނު ދުވަހަށް ކައިވެނި ކުރެވޭ ގޮތް ހަމަ ޖެހުނެވެ. ބަކުރުގެ މަސައްކަތުން ވާފީރު އާ ދިމާކޮށް އެތައް ވިސްނުން ތަކެއް ވިސްނާ ދިނުމަށް ފަހުއެވެ. އަލްޔާ އާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ވާފިރުއަށް ވެސް ވަލީ ނުދީ ހުންނަން ނުކެރުނީއެވެ. އަދި އިތުރު ގޮތެއް ވެސް ނެތީއެވެ. ބަކުރުގެ ފަރާތުން އެނގުނު ގޮތުގަ ވިއްޔާ އަލްޔާގެ ބައްޕަ ވާފިރު އުޅެނީ […]
“މިއަދު ހާދަ ދެރަވެފަ ހުންނަހެން ހީވެޔޭ އަނެއްކާ ކިހިނެއްވީތަ؟” އަލްޔާ މާ ދެރަވެފަ ހުންނަހެން ހީވާތީ ލީޒާ އަހައިލިއެވެ. “އާނ… އަސްލުވެސް ވަރަށް ދެރަވެފަ މިއިނީ!” އަލްޔާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. “އޯ… އެހެންތަ؟! އަނެއްކާ މާބޮޑު ކަމެއް ވީތަ؟” ސޯފާގައި ހަމަ ޖެހެމުން ލީޒާ އަހައިލިއެވެ. “މިއުޅެނީ ވަރަށް ދެރަ ކަމެއް ވެގެން! ޝަރާ މިއަދު ގުޅައިފަ ބުނީ މުޅި ރަށުގަ އޮތީ އެވާހަކަޔޯ…. މަންމައާ ބައްޕަޔާ ވަރި ވެއްޖެޔޯ ނުވިތާކަށް ބައްޕަ ގެއިން ވެސް […]
“ދަރިފުޅާ ކޮބާތަ އެމީހާ؟ ފިޒޯ ތެރަޕީ ނަގައިދިނީމަ އެއްވެސް ވަރަކަށް ލުއިހެން ހީވޭތަ؟ ބައްޕަ މިހެން މިބުނީ ދަރިފުޅު އަތް ތަންކޮޅެއް ބާރަށް ހަލުވައިހެން ހީވާތީ…” ވިނާން ސޯފާގައި ޓީވީ ބަލަން އޮއްވާ ސައުދު އައިސް އަހައިލިއެވެ. “ލައްބަ ބައްޕާ ވަރަށް ރަނގަޅު މިހާރު ކުރިން ވާ ގޮތަށް އައްސިއެއް ނުވޭ..!” ސޯފައިން ތެދުވެ ރީތިކޮށް އިށީންނަމުން ވިނާން ބުނެލިއެވެ. ސައުދު ހުރިއްޔާ އެއްވެސް ކުއްޖަކަށް އެހެން އޮށޯވެ އޮންނާކަށް ނުކެރޭނެއެވެ. ސަބަބަކީ ސައުދު އަކީ ވެސް […]