ޢެދެމޭ އުފާ….(36)
ޖަޔާ މިއަދު ހާދަ ލަހުން ސައި ތައްޔާރު ތިކުރެވުނީ؟ދައްތަޔަށް ހެނދުނު ކިރުތަށި ދިނިންތަ..؟” ސައުދު ސައި ބޯންވެގެން ބަދިގެއަށް ވަތް އިރު ސައި ތައްޔާރުވެފަ ނެތީމަ އަހައިލިއެވެ. “ލައްބަ ކިރުތަށި ދެނީ… މިއަދުވެސް މުޅި ގަޔަށް ކިރު ތަށި ޖަހަނީ! މެޑަމް މިހާރު ވަރަށް ސަކަރާތް ވެއްޖެ! އަވަސް ޑޮކުޓަރަށް ދައްކަން ބޭނުން…” ސައުދު ކުރި ހުރިހާ ސުވާލަށް ޖަވާބު ނުދީ ހަމަ އެކަނި އަފީފާޔާ ބެހޭ ގޮތުން ޖަވާބުދާރީ ވިއެވެ. “އެހެންތަ؟ ވިނާންގެ ދެމަފިރިން ހަނީމޫނަށް ގޮސްފަ އައިމަ ދާނަން ބޭރަށް… މެޑަމް އެކަހަލަ ކަންތައް ކުރިޔަސް ޖަޔާ އަޑު ނުލަވައްޗޭ އިނގޭ..!” ސައުދު ބުނެލިއެވެ. “ލައްބަ ޖަޔާ އަޑުނުލަނީ!” ޖަޔާ ހެވިފަ ބުނެލިއެވެ. “މޯނިން ބައްޕާ… ކިހިނެއްތޯ؟.. މިއަދު މާ ލަހުން މިހޭލެވުނީ…” ހެނދުނުގެ ސައި ބޯން އިށީންނަމުން ވަޒުނާ ބުނެލިއެވެ. “މޯނިން ދަރިފުޅާ.. ބައްޕަޔަށް ވެސް މާ ލަހުން މިއަދު ހޭލެވުނީ! އެހެން ނޫން ވާނީ ދަރިފުޅުމެން ރޭގަ ސަކަރާތް ޖެހިވަރަކީ ހޭލެވޭ ވަރެއްތަ؟!” ރޭގެ ކަންތައް ހަނދާންކޮށް ދެމުން ސައުދު ބުނެލިއެވެ. ” ހެހެ… ރޭގަ އަލް ހުއްޓޭ ބިރުން ކުޅިވަރެއް ދެއްތޯ ބައްޕާ؟ އަޅުގަނޑު ނިދަން އަރައި ވެސް އެހެން ހިތަށް އަރާ ހެވޭ!!” ވަޒުނާ އެނެއްކާވެސް ހެމުން ބުނެލިއެވެ. ރޭގެ ކަންތައް ހަނދާން ވީމަ ވަޒުނާ ހުރީ ވަރަށް ހިނި އައިސްފައެވެ. އަދި ރޭވި ގޮތަށް ހުރިހާ ކަމެއްވެސް ކުރެވުނީތީ ވަރަށް ހިތްހަމަ ޖެހިފައެވެ. “ބައްޕަ މިއަދު އޮފީހަށް ނުދުރުވާ ދުވަހެއްތޯ؟” ސައުދު އޮފީހަށް ދާން ތައްޔާރުވެގެން ނެތުމުން ވަޒުނާ އަހައިލިއެވެ. “ހެހެ… މިއަދު ނުދަން ކަމަށް މިހިރީ..” ސައުދު ބުނެލިއެވެ. “ދަރިފުޅާ ކޮބައިތަ ޝަރާ؟ އޭނަޔަށް ގޮވިންތަ؟ އެ ކުއްޖާ އަދި މިގެއަށް އާވާނެއްނޫން؟ ދަރިފުޅު ވާނެތާ އޭނަޔަށް ހުރިހާ އެއްޗެއް ވެސް ކިޔާދެން..” ޝަރާ ސައިބޯން ނުއަންނާތީ ސައުދު އަހައިލިއެވެ. “ލައްބަ ބައްޕާ އަޅުގަނޑު މިއައީ އޭނަޔަށް ގޮވައިފައޭ.. އޭނަ އެބަ އާދޭ ފެން ވަރައިގެން, އަޅުގަނޑު ގޮވީމަ ހޭލެވުނީވެސް” ވަޒުނާ ބުނެލިއެވެ. ދެ ބަފައިން ވާހަކާގައި ތިއްބާ ޝަރާ އެ ތަނަށް އަތުވިއެވެ. ޝަރާ އައުމުން ސައުދު އާ ވަޒުނާޔާ ތިން މީހުން ހެނދުނުގެ ސައިގެ ކަންތައް ނިއްމާލީ އެކި އެކި ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި އަލްޔާގެ އާއިލާޔާ ބެހޭގޮތުން ވެސް އެކި އެކި ވާހަކަ ދެކެވުނެވެ.
“ބޭބީ ދެން ހޭލަން އުޅެބަލަ.. ހާދަ ކަންނެތޭ!!” އަލްޔާ އަރާމު ނިންޖަކުން ނިދާފަ އޮތްވާ ބައްދާލަމުން ވިނާން ގޮވައިލިއެވެ. “އޫމް… ދެން މަޑު ކޮއްބަލަ.. އަދި ނިދި ހަމަނުވެޔޭ!” މޯޅިއަކަށް ދެމިލަމުން އަލްޔާ ބުނެލިއެވެ. އެމަންޒަރު ފެނި ވިނާން އައީ އަމަށަކު ހިންޏެއް ނޫނެވެ. “ދެން ހޭލަބަލަ ހާދަ ބަނޑުހައި އޭ..!” އަނެއްކާވެސް ވިނާން އެޔަށް ވުރެ ބާރަށް ބައްދާލަމުން ބުނެލިއެވެ. އޭރު ވިނާން އޮތީ މަސްތީ ގޮތަކަށް އަލްޔާގެ ރީތީ މޫނަށް ބަލަހައްޓައިގެންނެވެ. “ދެން ނޫން..!!” އެހެން ކިޔާފަ އަލްޔާ އިތުރަށް ވިނާންގެ ގައި ތެރެއަށް ވަނދެ ބޮނޑިވެލިއެވެ. އެތައް އިރަކު ސަކަރާތް ޖަހައިފަ ދެމަފިރިން ފެންވަރަން ވަނީ ވެފަ ތިބި ބަނޑުހައިން އަވަހަށް ކާއެއްޗެއް ލިބޭތޯ ނިކުންނާށެވެ.
“ލީ ހާދަ ފޫހިވެފަ ކިހިނެއްވީތަ؟” ލީޒާ ފޫހި ގޮތަކަށް ސޯފާގައި އޮތުމުން ޒިއާދާ އަހައިލިއެވެ. “ހޫމް.. ވަރަށް ފޫހިވެފަ މިއޮތީ އިޖާ ވެސް ބިޒީއޯ.. އެހެންވެ ދެން ފޫހި ވާނެއް ނޫން… އަނެއްކޮޅުން އަލްވެސް ދިޔާމަ ގޭތެރެވެސް ކިހާ ފޫހި؟! އަޅެ ޒިއާ ފޫއްސެއް ނޫވޭތަ؟” ލީޒާ ފޫހިވެފަ އޮއް ސަބަބު ބުނެލިއެވެ. “އާނދޯ… އަސްލުވެސް ވަރަށް ފޫހި! ކީއްކުރާނީދޯ..؟ އަލް ވެސް ވާނެތާ މެރީ ކުރަން އެހެން ނޫނަސް އަބަދަކު އަހަރެމެންނާ އެއްކޮށެއް ނުއުޅެވޭނެ ނޫން… އަޅެ ދޮގެއްތަ؟!” އަލްޔާ ނެތީމަ ފޫހިވާ ކަމަށް ބުނެ ޒިއާދާ އަހައިލިއެވެ. “އާނ.. ތިއީ ވެސް ތެދެއްދޯ..؟ އަލް ގުޅިތަ މިއަދު؟” ލީޒާ އަހައިލިއެވެ. “އުހު.. ނުގުޅާ! ނުވެސް ގުޅޭނެތާ ރޭގަ ނުލާހިކު ބިޒީވާނެ ވިއްޔާ..!” ޒިއާދާ ހެވިފަ ބުނެލިއެވެ. “ހެހެ… ދޯ؟! ޒިއާ ކޮންއިރަކު ޑިއުޓީ އޮތީ؟ ހިނގާބަލަ މީރު އެއްޗައް ކައްކާލަން!” ސޯފާއިން ތެދުވަމުން ލީޒާ ބުނެލިއެވެ. “އާ.. ހިގާބަލަ ދޯ މީރު އެއްޗެއް ކައްކަން.. ޑިއުޓީވެސް އޮތީ މިރޭ މިއަދު އެއްކޮށް އޮފު ދުވަހެސް!” ޒިއާދާ ތެދުވަމުން ބުނެލިއެވެ. “އެހެންތަ؟ ނަސީބެއް ނޫން އެހެންވީމަ އަދި ހިގާބަލަ ހަވީރުގަ ވަޒޫ ކައިރިޔަށް ވަނދެލަން ދާން.. އަނެއްކޮޅުން ޝަރާ ވެސް ވަރަށް ފޫހިވެފައެއް ނޫން އިންނާނީ އަލް ނެތީމަ..! ޝަރާ ގޮވައިގެން ބޭރަށް ގޮސްލަން ވާނެއް ނޫން..؟!” ލީޒާ ބުނެލިއެވެ. “ހޫމް… ހީވަނީ ފިއުޗާރގަ ލީގެ ފަހަރިއަށް ހެން ޝަރާ ވާނީ..!” ޒިއާދާ ހެމުން ބުނެލިއެވެ. ލީޒާ އިނީ ޒިއާާދާ އެބުނި އެއްޗެއް ނޭނގިގެން ޒިއާދާގެ މޫނަށް ބަލަންށެވެ. “ހެހެ… ލީ ހައިރާންވީތަ؟ ނޫނީ ހިތްހަމަ ނުޖެހުނީތަ؟ ހިތްހަމަ ނުޖެހުނިއްޔާ ސޮރީ!” ލީޒާ ހައިރާންވެފަ ހުރުމުން ޒިއާދާ ބުނެލިއެވެ. “އުހު.. ހިތްހަމަ ނުޖެހުނީކީ ނޫނޭ! ޒިއާ ތިބުނި އެއްޗެއް އަސްލު ގެޓު ނުވެގެން މިއުޅެނީ..” އިން ގޮތަށް އިނދެ ލީޒާ ބުނެލިއެވެ. “ހެހެ.. އެހެންތަ؟ އަސްލު ވީގޮތަކީ…. ލީ ކިޔައިގެން ނުވާނެ ޕުރޮމިސް ކުރޭ ނުކިޔާނެ ކަމަށް!” ލީޒާޔާ ދިމާލަށް އަތް ދިއްކުރަމުން ހުވާ ކުރުމަށް ޒިއާދާ ބުނެލިއެވެ. “ޔަޕު.. ޕުރޮމިސް ނުކިޔާނަން” ޒިއާދާގެ އަތާ އަތާލައި ހުވާ ކުރަމުން ލީޒާ ބުނެލިއެވެ. “އޯކޭ.. ވީގޮތަކީ މާކް ބުނީ އޭނައަށް ޝަރާ ވަރަށް ކަމުދެޔޯ! އޭނަގެ ބިޓެއް ހުރިތޯ ބަލައި ދީބަލާޝޯ..! އެހެންވެ ޒިއާ އެހެން ބުނީ” ވީގޮތް ޒިއާދާ އޮޅުން ފިލުވައިދިނެވެ.
“ވަޓް!!! ތިއީ ހަމަ ތެދު ވާހަކައެއްތަ؟ ދޮންބެ އަކީ ދުވަހަކުވެސް ތިފާޑަށް އުޅުނު މީހެއް ނޫން އަޅެ ތިއީ ހަމަ ހަޤީޤީ ވާހަކައެއްތަ؟” ލީޒާއަށް ޤަބޫލު ނުކުރެވިގެން ހައިރާންވެގެން އިނދެ އަހައިލިއެވެ. “ހޫމް… މިއީ ހަމަ އަސްލު ވާހަކައެއް! އަހަންނަށް ހީވަނީ ލީއަށް ވެސް ރޭގަ އެކަން ފާހަގަވާނެ ހެން..! ޝަރާގެ ފަހަތުން ވަރަށް އުޅުނެއް ނޫން މާކް..؟!” އިތުރަށް ޔަގީން ކޮށްދޭންވެގެން ޒިއާދާ ބުނެލިއެވެ. “އޯމައިގޯޑް!! ތި ބުނީ ދޮންބެ ޝަރާ ދެކެ ލޯބިވީއޭތަ؟ އައިކާންޓް ބިލީވް! އެއީ އަސްލު ވަރަށް ރީތި ކުއްޖެއްދޯ..؟ އެކަމަކު ދޮންބެ ބުނާނެ އޭނައަށް ރީތި ކުއްޖެއް ނުވެސް އުޅެޔޭ..! ހެހެ… ހަމަ ތެދެއް ދޮންބެއާ ދިމާ ކުރާނަން!” ހެމުން ހެމުން ލީޒާ ބުނެލިއެވެ. ހަގީގަތުގަ ޒިއާދާ އެދެއްކި ވާހަކަޔަކުން ލީޒާ އިނީ އިންތިހާޔަށް އުފާވެފައެވެ. ސަބަބަކީ މާކިން މީހަކާ އިންނަން ނުއުޅޭތީ ލީޒާ އިނީ ކައިވެނި ކުރަން ނުކެރިފައެވެ. އެހެން ކަމުން ލީޒާ ވެސް ބޭނުން ވަނީ ވީހާ އަވަހަކަށް މާކިން މީހަކާ އިނުމެވެ. “މަށަށް އޯކޭ ދިމާ ކުރިޔަސް! އެކަމަކު މަ ބުންޏޭ ބުނެގެން ނުވާނެ..” ޒިއާދާ ބުނެލިއެވެ. “ހޫމް.. ޒިއާ ބުންޏެކޭ ނުބުނާނަން… ހުރޭ މަ ހަދާލާ ސްޓޯރީ އަހަން މަ ވަރަށް ޕުރޯ ވާނެ! ހެެހެހެ…” ނުބުނާނެ ކަން ޔަގީން ކޮށްދެމުން ލީޒާ ބުނެލިއެވެ. “އޯކޭ އޯކޭ… ދެންވެސް ތިބުނާ މީރު އެއްޗެއް ކައްކަން ހިގާބަލަ! މިހެން އަނގަ ތަޅުވަން ތިއްބާ ބަނޑަށް ހޭނެތޭނީ..!” ޒިއާދާ އިން ތަނުން ތެދުވަމުން ބުނެލިއެވެ. އޭރު ހަގީގަތުގަި ވެސް ޒިއާދާ އިނީ އިންތިހާޔަށް ބަނޑުހައިވެފައެވެ. އެހެން ކިޔަމުން ލީޒާގެ އަތުގަ ހިފައި ނަގަމުން ޒިއާދާ ވަނީ ބަދިގެއަށެވެ.
“މަންމާ!!! މަންމާ!!! މަންމާ!!!” ވަޒުނާ އޮފީހުން އައި އިރު އަފީފާ ފެންނަން ނެތުމުން ގޭތެރޭގެ އެކި ތަންތަން ހޯދަމުން ގޮވަމުން ދިޔައެވެ. “ޖަޔާ!! ޖަޔާ!!” ތަންތަން ހޯދަމުން ބަދިގެއަށް ވަންނަމުން ޖަޔާއަށް ވަޒުނާ ގޮވިއެވެ. ލައްބަ ކޮއްކޯ ކިހިނެތްތޯވީ؟ ބަނޑުހައިވީތޯ؟ ކޯއްޗެއްތޯ ހަދައިދޭންވީ؟” ޖަޔާ ތެޅެމުން ފޮޅެމުން އައިސް އަހައިލިއެވެ. “އެއްޗެއް ބޭނުމެއް ނޫން.. ޖަޔާ ކީއްތަތިކުރަނީ؟ ކޮބައިތަ މަންމަ؟ މަންމަ ނުފެނިގެން މިއުޅެނީ!” ވަޒުނާ އަވަސް އަވަހަށް ބުނެލިއެވެ. “މެޑަމް ސިޓިން ރޫމުގަ ނެތީތަ؟ ޖަޔާ ކާން ދެނީ ފެން ވަރުވަނީ ސިޓިން ރޫމު ބަހައްޓަނީ ބަދިގެ އަންނާނީ!” އެއްނޭވައިން ޖަޔާ ބުނެލިއެވެ. “ޖަޔާ ކީއްކުރަންތަ މަންމަ ސިޓިން ރޫމުގަ އެކަނި ބަހައްޓަނީ؟ އެނގޭނެއް ނޫން މަންމަ އެކަނި ބޭރަށް ނިކުންނާނެ ކަން..! ދޮރުގަ ތަޅުލިންތަ؟” ހާސްވެފަ ވަޒުނާ އަހައިލިއެވެ. “ސޮރީ.. ޖަޔާ ތަޅުލަނީ ހަނދާންނެތީ!” ޖަޔާ ދެރަވެފަ ބުނެލިއެވެ. “ސާބަސް ޖަޔާއަށް! ދެން ކޮންތާކުންތަ މަންމަ ހޯދާނީ؟ ދެންވެސް ތިތަނުން ނިކުމެގެން އާދެބަލަ ފެނޭތޯ ބަލަން..!” ވަޒުނާ ވަރަށް ހިތްހަމަ ނުޖެހި ހުރެ އެހެން ބުނެފަ ޖަޔާގެ އަތުގައި ހިފާ ދަމަމުން ނިކުތީ ސިޓިން ރޫމަށެވެ. ދެމީހުން ވެގެން މުޅި ގެ ހޯދި އިރު ވެސް އަފީފާއެއް ފެންނާކަށް ނެތެވެ. އެހެން ކަމުން ވަޒުނާއަށް ނުރޮއެ ކެތެއް ނުވިއެވެ. ވަޒުނާ އަޑުން އަޑުނަގާ ރޯންފެށިއެވެ. އަދި ވަރަށް ހިތްހަމަ ނުޖެހި އިނދެ ޖަޔާއާ ދިމާލަށް އެތިވަރު ގޮވިއެވެ. ފަރުވާ ކުޑަ ކުރެވުނީތީ ޖަޔާ ވެސް އިނީ އިންތިހާޔަށް ދެރަވެފައެވެ. “ޝަރާ ދިޔައީ ކޮންތާކަށްތަ؟ އޭނަވެސް ނެތް ފެންނާކަށް… ޖަޔާ ކައިރި އަކު ނުބުނޭތަ އޭނަ ދިޔަތަނެއް؟” ޝަރާ ގޭގަ ފެންނަން ނެތުމުން ވަޒުނާ އަހައިލިއެވެ. “އޭނަ ކުރިން ދަނީ… ބުނީ އޭނަ ފެމެލީ ކޮންމެވެސް ކޮއްކޮ އަންނަނީ އަވަސް ކުރީގަ ދަނީ…” ޝަރާ މާކުރިން އޭނަގެ އާއިލާ މީހަކު ބަލާ އައުމުން ދިޔައީ ކަމަށް ޖަޔާ ބުނެލިއެވެ. “އަޅެ ދެން ކޮންތާކުންތަ މަންމަ ހޯދާނީ؟” ހުރިތަނަށް ތިރިވަމުން ވަޒުނާ ބުނެލިއެވެ. އަފީފާ ވީތަނެއް ނުއެނގުނީތީ ވަޒުނާ ހުރީ ކުރާނެ ކަމެއް ނޭނގިފައެވެ. އަދި ޖަޔާ ދެކެ އެހާ ރުޅިވެސް އައިސްފައެވެ.
“ބައްޕާ ކޮންތާކުތޯ؟” އެތައް އިރަކު ރޯން އިނުމަށް ފަހު އެންމެ ފަހުން ސައުދުއަށް ގުޅައިފަ ވެގެން އުޅޭ ގޮތް އޮޅުން ފިލުވާދިނެވެ. “ކީކޭ ދަރިފުޅާ ތިއީ ހަމަ ތެދު ވާހަކައެއްތަ؟ އޭރު ޖަޔާ އިނީ ކޮންތާކުތަ؟” ސައުދު އަންތަރީސް ވެފަ އަހައިލިއެވެ. “ޖަޔާ ބުނީ މަންމަޔަށް ކާންދީފަ ފެންވަރުވައިފަ ސިޓިން ރޫމުގަޔޯ ބެހެއްޓީ އެކަމަކު ދޮރުގަ ތަޅު ނުލެވުނު ކަމެއް ނޭގެޔޯ..!” ޖަޔާ ބުނި ގޮތަށް ވަޒުނާ ބުނެލިއެވެ. އެެއިރުވެސް ވަޒުނާ ރޮނީއެވެ. “ދަރިފުޅު ނުރޮއެ ހުއްޓާލާ.. ބައްޕަ މިހާރު މިދަނީ ގެއަށް!” ވަޒުނާ ކައިރި ނުރޯން ބުނުމަށް ފަހު ސައުދު ފޯނު ކަނޑައިލިއެވެ. ސައުދު ފޯނު ކަނޑާލައިފަ ވިނާންގެ ފޯނަށް ޑައިލް ކޮށްފަ ވެސް ހިޔާލް ބަދަލު ވުމުން ފޯނު ޖީބަށް ލައިފަ އޮފީހުން ނިކުމެގެން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ.
“ދަރިފުޅާ ކޮބައި އަދިވެސް ހަބަރެއް ނުވޭތަ؟” މުޅި ގެއާ ޓެރެހާ ގޭގެ ބަގީޗާޔާއާ އެއްކޮށް ބަލާއިފަ ނެތްކަން އެނގުމުން ކަރު އެލުވާލައިގެން ވަޒުނާ ސޯފާގައި ރޯން އޮއްވާ ސައުދު ގެއަށް ވަނދެ އަހައިލިއެވެ. “ބައްޕާ އަޅެ މަންމަ ނެތޭ އެއްވެސް ތާކު..!! ދެން ކިހިނެތްތަ ހަދާނީ..؟!” ފުއްމާފަ ތެދުވެގެން ގޮސް ސައުދުގެ ގައިގަ އެލި ގަނެމުން ވަޒުނާ ބުނެލިއެވެ. “ނޭނގެ ދަރިފުޅާ! ބައްޕަޔަށް ހީވަނީ ޕޮލިހަށް ގުޅަން ވީހެން އެނޫން ގޮތެއް ނެތެނުނޫން..؟!” ވަޒުނާ ސޯފާގައި ބަހައްޓަމުން ސައުދު ބުނެލިއެވެ. ކުރާނެ އިތުރު ކަމެއް ބުނާނެ އިތުރު އެއްޗެއް ނެތުމުން ބޮލުގެ އިޝާރާތުން ވަޒުނާ އާއެކޭ ބުނެލިއެވެ. ސައުދު ވެސް ވިސްނާ ވިސްނާ އިތުރު ގޮތެއް ނުވުމުން އެއްމެ ފަހުން ޕޮލިހަށް ގުޅިއެވެ. އަދި ވެގެން އުޅޭ ގޮތް ނިކަން ތަފުސީލްކޮށް ކިޔާދިނެވެ. އަދި އަފީފާ އަކީ ނުހިނގޭ މީހެއް ކަމަށާ ބުއްދި ހަމަ ނުޖެހޭ މީހެއް ކަމަށް ވެސް ކިޔާދިނެވެ. އެވަގުތަކީ އިސާހިތަކު ލީޒާޔާ ޒިއާދާވެސް އެގެއަށް އައިސް ވަން ވަގުތެވެ.
“އެއްމެން ހާދަ ކަންތައް ބޮޑުވެފަ ތިބިހެން ހީވެޔޭ އަނެއްކާ ކިހިނެތްތޯވީ؟” ސައުދުއާ ވަޒުނާޔާ ދެބަފައިން ކަރު އެލުވާލައިގެން ތިއްބާ ފެނުމުން ލީޒާ އަހައިލިއެވެ. އެވަގުތު ވަޒުނާ ދިޔައީ އިތުރަށް ފަޅައިގެނެވެ. “ވަޒޫ ކީއްވެ ރޮނީ؟ ބޭބޭ ކިހިނެތްތޯ ވެގެން މިއުޅެނީ؟!” ދެމީހުންގެ މޫނަށް ދެފަހަރަށް ބަލައިފަ ހައިރާންވެގެން ލީޒާ ސުވާލު ކުރަމުން ދިޔައެވެ. “މިއުޅެނީ ވަޒޫގެ މަންމަ ގެއްލިގެން! ޕޮލިހަށް ވެސް ގުޅައިފިން..!” ވެގެން އުޅޭ ގޮތް ސައުދު އޮޅުން ފިލުވައިދިނެވެ. “ކީކޭތޯ؟ އަފީފައްތަ ގެއްލުނީޔޭ؟ ކީއްވެގެން ގެއްލެންވީ؟” ލީޒާއަށް ގަބޫލު ނުކުރެވުނީމަ އަނެއްކާވެސް އަހައިލިއެވެ. އެވަގުތު ކަންތައް ވީގޮތް ޖަޔާ ކިޔާދިނެވެ. “ޖަޔާ ފަރުވާ ކުޑަވީމައެއް ނޫންތަ މިހެން މިވީ؟ ޖަޔާ ވާނެއްނޫންތަ ރަނގަޅަށް ބަލަން އަނެއްކާ ވަޒޫ ހުރީ ޑިއުޓީގަކަން ވެސް އިނގޭއްނޫން..!؟” ލީޒާ ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ. ޖަޔާ ވެސް ދެރަވެފަ ހުރި ވަރު ލީޒާއަށް ނުލާހިކު ރީއްޗަށް ވެސް އިނގެއެވެ. އެެހެންނަމަވެސް އެކަމަކީ ޖަޔާގެ އިހުމާލުން ވީ ކަމަކަށް ވީތީ ލީޒާ ބުނީއެވެ.
“މިހާރު ވިނާންއަށް އަންގާފިންތަ؟” ލީޒާ އަހައިލިއެވެ. “ނޫން..! ހައްތަހާވެސް އޭނަޔަށް އުނދަގޫ ނުކުރަންވެގެން ބޭބެ މި ހުންނަނީ… ބޭބެ ބޭނުންމެއް ނޫން އެކުދިންގެ އުފާތަކަށް ހުރަސް އަޅާކަށް އެހެންވެ ބޭބެ ނުބުނީވެސް..!” ސައުދު ނުގުޅާ ކަމާއި ނުގުޅި ސަބަބު ބުނެލިއެވެ. “ލައްބަ ތިއީ ވެސް ރަނގަޅު ވާހަކައެއް އެކަމަކު ވިނާން ވަރަށް ދެރަވާނެ ނޫންތޯ ނުބުނީމަ؟” ނުބުނެ ހުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ނޫން ކަން ލީޒާއަށް ވިސްނޭތީ ބުނެލިއެވެ. އެވަގުތު ޕޮލިހުން ވެސް އައިސް ގެއަށް ވަންނަނީއެވެ.
“ކޮބައިތަ ހަބަރަކީ؟” ޕޮލިހުން އައިސް ވަނުމާއެކު ސައުދު ތެދުވަމުން އަހައިލިއެވެ. “އަދި އެއްވެސް ހަބަރެއް ނުވެގެން މިއުޅެނީ.. ލިބިދާނެތޯ އެބޭފުޅާގެ ފޮޓޯއެއް؟” ޕޮލިސް މީހާ ބުނެލިއެވެ. ލައްބައޭ ކިޔާފަ ކޮޓަރިއަށް ވަނދެ އަލްބަމުން އަފީފާގެ ކުރީގެ ފޮޓޯއަކާ މިހާރުގެ ފޮޓޯއެއް ހިފައިގެން އައިސް ސައުދު ދިއްކޮއްލިއެވެ. “ޝުކުރިއްޔާ! ތިބޭފުޅުންނަށް ވެސް އިތުރު މައުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކޮށް އަޅުގަނޑުމެންނަށް އަންގާތި..؟!” ފޮޓޯ އަތުލަމުން ޝުކުރު އަދާކޮށްފަ އެ ޕޮލިސްމީހާ ދިޔައީ ގުޅާށޭ ބުނެފަ އޭނަގެ ނަންބަރު ވެސް ސައުދުއަށް ދީފައެވެ.
“ބައްޕާ މިހާރު ވަރަށް ގިނަ އިރު ވެއްޖެ ނޫންތޯ؟ ޕޮލިހުންނަށް ވެސް އަދި ހަބަރެއް ނުވޭ! އަޅުގަނޑަށް ހީވަނީ ދެން ކުޑަބެއަށް އަންގަން ވީހެން އެހެން ނޫނީ ކުޑަބެ ވަރަށް ދެރަވާނެ…!” ވަޒުނާ ބުނެލިއެވެ. ވިނާން ދެރަވާނެ ވަރު ވަޒުނާއަށް މާ ރަނގަޅަށް ވެސް އިނގެއެވެ. އެހެން ކަމުން ލީޒާ ބުނި ފަދައިން އޭނަ ވެސް ބުނެލީއެވެ.
“ދަރިފުޅާ ބިޒީ ގަޑިއެއްތަ؟” ވިނާންއަށް އުނދަގޫ ވެދާނެތީ މެސެޖު ކޮށްފަ ސައުދު އަހައިލިއެވެ. މެސެޖު ލިބުމާއަކު ވިނާން ވަގުތުން ސައުދުއަށް ގުޅާލިއެވެ. “ކިހިނެއްވީތޯ ބައްޕާ؟ އަޅުގަނޑު ބިޒީއެއް ނޫން…” ސައުދު ފޯނު ނެގުމާއެކު ވިނާން ބުނެލިއެވެ. “އެހެންތަ؟ ވަރަށް ބޮޑު ކަމެއް ވެގެންނޭ ބައްޕަ މެސެޖް ކުރީ!” ސައުދު ބުނެލިއެވެ. “ކިހިނެއްތޯވީ؟” ވިނާން އަވަހަށް އަހައިލިއެވެ. “މިއުޅެނީ ދަރިފުޅުގެ މަންމަ ގެއްލިގެން! މިހާރު ޕޮލިހަށް ވެސް އަންގާފިން..!” ވެގެން އުޅޭ ގޮތް ސައުދު ބުނެލިއެވެ. ސައުދު އެހެން ބުނުމުން ވިނާންއަށް ހީވީ އޭނަގެ ބޮލުގަ މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. “ކީކޭ؟ މަންމަ ގެއްލުނީއޭ؟ މަންމަ ގެއްލުނު އިރު ކޮބައިތަ އެހެން މީހުން؟” ހައިރާން ވެފަ ވިނާން އަހައިލިއެވެ. “ވަޒޫ ހުރީ ޑިއުޓީގަ ބައްޕަވެސް އޮފީހުގަ އިތުރު މަސައްކަތެއް އޮތުމުން އޮފީހުގަ މަޑު ކޮއްލައިގެން އިނީ ޖަޔާ ބުނީ އޭނަ ބަދިގެއަށް ވަނީ މަންމަޔަށް ކާންދީފަ ފެންވަރުވާފަޔޯ އެކަމަކު ސިޓިން ރޫމު ތަޅުނުލެވިޔޯ ވަނދެވުނީ..!” ތަފުސީލުކޮށް ސައުދު ކިޔާދިނެވެ. “ދެން ކިހިނެއްތޯ ހަދާނީ؟ ޝަރާވެސް ނެތީތޯ ގޭގަ؟” ވިނާން އަހައިލިއެވެ. “އާނ… އެމަންޖެވީ އޭނަގެ އާއިލާ ބައެއް ކައިރިއަށް ގޮސްފަ..” ވިނާން ޝަރާގަ ވާހަކަ އެހީމަ އޭނަ ވީތަން ސައުދު ބުނެލިއެވެ. “އެހެންތޯ؟ ޖަޔާގެ ފަރުވާ ކުޑަވީމަ ތިހެން ތިވީ.. އެކަމަކު ދެން ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑު މިހާރު މިބަލަނީ މާލެ ދެވޭތޯ..!” ވިނާން އެހެން ކިޔާފަ ސައުދުއަށް ވާހަކަ ދައްކަން ވެސް ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. “ކީކޭތޯ ކުޑަބެ ބުނީ؟” ސައުދު ފޯނު ބޭއްވުމާއެކު ވަޒުނާ އަހައިލިއެވެ. “ވަރަށް ހާސްވެފަ ހުރީ! އެހެންވެޔޭ ބައްޕަ ނުގުޅަން ވެސް އުޅުނީ..! މިހާރު މާލެ އާދެވޭތޯ މިބަލަނީޔޯ ބުނީ…” ސައުދު އޮޅުން ފިލުވައިދިނެވެ.
“އައްސަލާމު އަލައިކުމް!!” އެއްމެން ސިއްސައިގެން ދިޔައީ މީހަކު ސަލާން ގޮވައިލުމުންނެވެ. “ވާލައިކުމުއްސާލާމް! ކިހިނެއްތޯ ހަދަންވީ؟ ކާކު ހޯދަންތޯ؟” ސަލާން ބަލައިގަންނަމުން ސައުދު އަހައިލިއެވެ. “މިއީ މިގޭ ބޭފުޅެއްތޯ؟” އަފީފާ ހުރި ފުރޮޅުލީ ގޮނޑި އެތަރެއަށް ވައްދަމުން އެމީހާ އަހައިލިއެވެ. އަފީފާ ފެނުމުން އެއްމެންނަށް އެއްފަހަރާ ދުއްވާގަނެވުނީ އެދިމާލަށެވެ. ” ލައްބަ! ކޮންތާކުންތޯ ފެނުނީ؟” ހިތް އަވަސް ވެފަ ސައުދު އަހައިލިއެވެ. “އަޅުގަނޑަށް ފެނުނީ މަޖީދީމަގުން އެކަނި ދަނިކޮށް… އަޅުގަނޑު އަހައި އަހައި މިބޭފުޅާއަކަށް ނޭނގުނު ކިޔާދޭކަށް..! ފެންނަހާ ބައެއް ކައިރި އަހަމުން މިހިސާބަށް އާދެވުނީ, ދެން މިގޭ ޖެހިގެން ހުރިގޭ މީހުން ބުނީ މިގޭ މީހެކޯ.. އެހެންވެ މި އެނގުނީ…” އެމީހާ ފެނުނު ގޮތާ ވީ ހުރިހާ ކަމެއް ކިޔާދާނެވެ. “ޝުކުރިއްޔާ! ވަރަށް ހެޔޮ ކަމެއް ތިކޮށްދެއްވީ އަޅުގަނޑުމެން މިހާރު ޕޮލިހަށް ވެސް ވާނީ އަންގާފަ..! އެތެރެއަށް ދުރުވޭ.. އަޅުގަޑަކަށް ނޭނގެ ތި ކޮށްދިން ހެޔޮކަމުގެ ބަދަލެއް ދެއްވާނެ ގޮތެއްވެސް..!” ސައުދު އެމީހާޔަށް އެތެރެއަށް ވަންނަން ހުއްދަ ދިނުމަށް ފަހު ބުނެލިއެވެ. “ހެހެ… ނޫނޭ ބަދަލުގަ އެއްވެސް އެއްޗެއް ބޭނުން ވެގެނެއް ނޫން އަޅުގަނޑު މިކަން ކުރީކީ ހަމަ އެކަނި އިންސާނިއްޔަތަށްޓަކައި..!” އެމީހާ ހިނިތުން ވުމަކާއިއެކު ބުނެލިއެވެ. “ޝުކުރިއްޔާ! ޖަޔާ ދޭބަލަ ކާން ހަދަން..!” އެމީހާޔަށް ޝުކުރު އަދާ ކުރުމަށް ފަހު ޖަޔާ ކައިރި ސައުދު ބުނެލިއެވެ. ސައުދު އެހެން ބުނުމާއެކު ޖަޔާ ހިނގާގަތީ ބަދިގެއާ ދިމާލަށެވެ. “ދެން މިރޭ ކައިގެން ދުރުވާން ވާނީ.. މިހާރު މިއީ ކައި ގަޑިއެއް ނޫންތޯ؟” ސައުދު އެރޭގެ ކެއުމަށް އެމީހާޔަށް ދައުވަތު ދިނެވެ. އަދި އެމީހާ ހިނިތުން ވުމަކާއެކު ދައުވަތު ގަބޫލު ކުރިއެވެ. ޖަޔާ ރެޑީ ވެއްޖެ ކަމަށް ބުނުމުން ސައުދު އެމީހާ ގޮވައިގެން ދިޔައީ ރެެގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. އޭރު ވަޒުނާ ދިޔައީ އަފީފާ ގޮވައިގެން އެތެރެއަށެވެ.
ކާން ހުރެފަ ކުއްލިއަކަށް ޕޮލިހުންނަށް ގުޅަން ހަނދާން ވުމުން ސައުދު އަވަހަށް ފޯނު ނަގައި ގުޅައިފަ އަފީފާ ފެނުނު ކަމުގެ މައުލޫމާތު ދިނެވެ. އަދި އޭނަ ގެނައީ ކާކުކަން ވެސް ބުނެދިނެވެ. އިސާހިތަކު އެރޭގެ ކެއުން ނިއްމާލި އިރު އެމީހާޔާ ސައުދުއާ ދެމީހުންގެ ދެމެދުގަ ވަރުގަދަ ރަހުމައްތެރި ކަމެއް އުފެދުނެވެ. އަދި ގާތް ދެ ރަހުމަތްތެރިންނަށް ވެގެން ދިޔައެވެ. އަދި ގިނައިން އެގެއަށް އައުމަށް ވެސް ސައުދު އެދުނެވެ. އެމީހާ އެދުނު ހާ ވެސް ކަމަކީ ސައުދުގެ ކިބައިން އެ ރަހުމަތްތެރިކަން އުމުރަށްވެސް ބެހެއްޓުމެވެ.
“ހަލޯ… ކޮންބޭފުޅެއްތޯ؟” ޝަރާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅުމުން ކާކުތޯ އަހައިލިއެވެ. “ހެހެ… ނޭނގުނުދޯ؟ މީ މާކްއޭ ކިހިނެއްތަ؟” ޝަރާއަށް ކާކުކަން ނޭނގުމުން މާކިން އެއީ ކާކުކަން ބުނެދިނެވެ. “އޯ.. އެހެންތަ؟ ރަނގަޅޭ… މާކް ކިހިނެއް؟ ކިހިނެއްވީ ތިގުޅައިލީ؟” މާކިންއޭ ބުނުމުން ޝަރާ އަހައިލިއެވެ. “ރަނގަޅު.. ޝަރާ ބިޒީ ގަޑިއެއްތަމީ؟ ބިޒީ ނޫނިއްޔާ ވާހަކައެއް ދައްކާލަން ބޭނުން..!” މާކިން ބުނެލިއެވެ. އޭރު މާކިންގެ ހިތް ނެގި ޖެހޭ ވަރުން ރަނގަޅަށް ވާހަކަ ވެސް ދެއްކޭވަރެއް ނޫނެވެ. “އެހެންތަ؟ އަނެއްކާ ކޮންވާހަކައެއްތަ؟” ހައިރާންވެފަ ޝަރާ އަހައިލިއެވެ. “އޫމް… ޝަރާ ރުޅި ނާންނަ މަތިން ބުނާނީ!” ތެޅި ތެޅި އޮތް ހިތަކާއެކު މާކިން ބުނެލިއެވެ. “ހެހެ.. ބުނީމައެއް ނޫން އިނގޭނީ..!؟” ހެމުން ޝަރާ ބުނެލިއެވެ. “ޝަރާ… ޝަރާގެ ބީއެފެއް ހުރޭތަ؟” ލަދުން ހުރެ މާކިން އަހައިލިއެވެ. އޭރު އޭނަގެ ހިތް ޖެހޭ އަޑު ކައިރީގަ ހުރި މީހަކަށް ވެސް އިވޭނެފަދައެވެ. “އޯއް..! އެވާހަކަތަ؟ މައަދި ހީކުރީ ވަރަށް ބޮޑު ވާހަކައެއްކަމަށް! ނަސީބެއް ނޫން..! ހެހެ…” ޝަރާ ހެމުން ބުނެލިއެވެ. “ވަރަށް ސީރާއަސް ކޮށޭ މިއަހަނީ އަދިވެސް ނުބުނަމެއް ނޫން..!” ހިތް އަވަސް ވެގެން މާކިން ބުނެލިއެވެ. “ހެހެ… އެއީ ވެސް ތެދެކޭދޯ؟ އަސްލު ތެދަށް ބުނަންޏާ ބީއެފްއެއް ނުހުރޭ އަދި އެކަހަލަ ކަމަކާ ނުވެސް ވިސްނަން!” މާކިން ކުރި ސުވާލުގެ ޖަވާބު ފުރިހަމަޔަށް ޝަރާ ދިނެވެ. “އެހެންތަ؟! ހާދަދެރައޭދޯ؟” ކަރު އެލުވައިލަމުން މާކިން ބުނެލިއެވެ. “އެއީ ކީއްވެ ދެރަ ކަމަކަށް ވާންވީ؟” ހައިރާންވެފަ ޝަރާ އަހައިލިެއެވެ. “ބިޓެއް ނަގަން ނުވެސް ވިސްނަމޭ ބުނީމަ.. އެހެންވެ ދެރަވީ” މާކިން އޮޅުވާލަން ބެނުން ނުވާތީ ތެދަށް ބުނެލިއެވެ. “އޯ… އެހެންދޯ؟ އެހެންވިއްޔާ މާކް ކީއްކުރަންތަ މަގޭ ބިޓެއް ހުރިތޯ ބަލަނީ؟” ޝަރާ ވިސްނާލައިފަ މޮޅު ސުވާލެއް ކޮއްލިއެވެ. “ފުރަތަމަ ވެސް މާކް ބުނިންދޯ ރުޅި ނާންނައްޗޭ! އަސްލު ވީ ގޮތަކީ މާކްއަށް ވަރަށް ކަމުދޭ ޝަރާ އެހެންވެ..! މާކްވެސް ދިރިއުޅުމެއް ފައްޓަން ބޭނުންވާތީ އަހައިލީ އަދި ޝަރާއަށް މާކްގެ ދިރިއުޅުމަށް އާދެވޭނެތޯ ބަލަން..؟!” ކިތަންމެ ހިތް ތެޅުނެއް ކަމަކު ހިތްވަރު ކޮއްލައިފަ ހިތުގެ އެދުން މާކިން ހާމަ ކޮއްލިއެވެ. “ދެން މާކް ތިއީ ކޮންކަހަލަ ސަމާސާއެއްތަ؟ ޔަގީނޭ ލީ މެން ބުނެގެން ކޮންމެވެސް މަޖާ ގަނޑެއް އަރުވަނީކަން..!” ޝަރާއަށް ގަބޫލު ނުކުރެވެެތީ އަހައިލިއެވެ. ހަގީގަތުގަ ވެސް ޝަރާ ހީކުރީ މާކިން އެދެއްކީ ވާހަކައަކީ މަޖަލަކަށް ބުނި އެއްޗެއް ކަމަށެވެ. “ނޫން ޝަރާ އައެމް ސީރިއަސް! މަޖަލެއް ނޫން ޝަރާ ބޭނުން ނެތިއްޔާ މިއީ ހަމަ ނުދައްކާ ވާހަކައެއް އަދި އަލަށް މި އުފެދުނު ރަހުމަތްތެރިކަން ވެސް ބާއްވަން ބޭނުން..!” މާކިން ވަރަށް ސީރިއަސް ވެފަ ބުނެލިއެވެ. މިފަހަރު މާކިން ވާހަކަ ދެއްކުމުގެ ރާގުންވެސް ޝަރާއަށް އެއީ ތެދެއް ކަން އިނގޭހާ ވިއެވެ. “ތިއީ މާކް ސީރިއަސްކޮށް ދެއްކި ވާހަކައެއް ވިއްޔާ ޝަރާ ބޭނުން ވިސްނާލަން..! ވަގުތުން ތިކަމަކަށް ގޮތެއް ނިއްމާކަށް ނުކެރޭނެ! އަދި ވަގުތު ކޮޅެއްދީ..” ޝަރާ ވެސް މަޖާ ގޮތްގަނޑު ކަނޑުވާލައިފަ ސީރިއަސް ކަމާއެކު ބުނެލިއެވެ. “ތޭންކޮސް ޝަރާ! ވިސްނާނެ ވަރަކަށް ވިސްނަން ޓައިމު އޮންނާނެ އެކަމަކު އުއްމީދު ކުރަން ހެޕީވާނެ ޖަވާބެއް ދޭނެ ކަމަށް..!” މާކިން ސީރިއަސް ކަމާއަކު ބުނެލިއެވެ. އޭރު މާކިންގެ ހިތް އުފަލުން ނަޝަނީއެވެ. “ހެހެ… އޯކޭ ދެން ބޭއްވީއޭ އިނގޭ.. ދޭތެރެއަކުން ހާލު ބަލަން ގުޅައިލިއަސް އޯކޭދޯ؟” މާކިން އުފާވެފަ އަހައިލިއެވެ. “ހޫމް އޯކޭ..! ޝަރާއަށް ދީ ގާތްގަޑަކަށް ވީކެއް ވަރު! އެވަރު ލަސްތަ؟” ޝަރާ ތުއިވެފަ އަހައިލިއެވެ. “އޮފޮކޯޒް! ބަޓު ވީކެއް ފަހުން ލިބޭ ޖަވާބަކީ އަހަރެން އުފާ ވާވަރު ޖަވާބަކަށް ވާނެ ކަމަށް އުންމީދު ކުރަން..!” މާކިން ފޮރުވުމެއް ނެތި ބުނެލިއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެޔޭ މީހުން ބުނާތީ މާކިންއަށް ވެސް އެއަޑު އިވުނީ ތޯއްޗެކެވެ. ޝަރާ އެންމެ ރަނގަޅޭ ކިޔާފަ ފޯނު ބޭއްވިއެވެ. ހަގީގަތުގަ ޝަރާ ބޭނުުން ވީ އަލްޔާ ކުރެން މާކިންގެ ވާހަކަ އަހާށެވެ. އެހެންވެ ހަފުތާއެއް ބޭނުން ކަމަށް ބުނީއެވެ.
“ދަރިފުޅުމެން ދެން ހަނީމޫނަށް ދާންވީއެއްނޫން..؟ ރިސޯޓަށް ގޮސްފަވެސް އެއްމެ ދުވަހެއް ވެސް ނުވަނީހެއް ނޫން ތިއައީ..!” މެންދުރުގެ ކެއުމަށް އިންސާފުކުރަން ހުރެ ސައުދު ބުނެލިއެވެ. “ނޫން ބައްޕާ އަޅުގަނޑުމެން ދާނީ އަދި ތަންކޮޅެއް ފަހުން” އަލްޔާ ވަގުތުން އެކަމަށް އިންކާރު ކުރަމުން ބުނެލިއެވެ. އޭރު އެއްމެން އެއްފަހަރާ އަލްޔާގެ މޫނަށް ބަލަން ފެށިއެވެ. “އެއީ ކީއްވެ ދަރިފުޅާ؟” ސައުދު ހައިރާންވެފަ އަހައިލިއެވެ. “ތެދެއް އަލް ކީއްވެ..؟ އަލް ދާން ބޭނުން ނުވަނީތަ؟” ވަޒުނާ ވެސް ހައިރާން ވެގެން އަހައިލިއެވެ. “އަޅުގަނޑުމެންނަށް ފަހުންވެސް ދެވިދާނެނޫންތޯ؟ އަޅުގަނޑު ބޭނުމީ ފުރަތަމަ މަންމަޔަށް ބޭސް ކުރަން..! އެއަށް ފަހު އަޅުގަނޑުމެން ދާނަން.. ވިނާއަށް ވެސް އިނގޭންނޫން މިހާރު މަންމަ ވަރަށް ސަކަރާތްކަން ގިނަ ދުވަސް ކުރީމަ ކަމަކު ނުދާނެ ވީހާ އަވަހަށް ބޭސް ކުރުން އެންމެ ރަނގަޅީ..!” އަލްޔާ ނުދާން ބޭނުންވާ ސަބަބު ބުނެލިއެވެ. އަލްޔާ އެހެން ބުނުމުން އެކަކު އަނެކަކުގެ މޫނަށް ބަލަން ފެށީ ހައިރާން ވެގެންނެވެ. ހަމަ ޔަގީނުންވެސް ސައުދުގެ ހިތަށް އެރީ ކޮންފަދަ ރަގަޅު ކުއްޖެއްހެއްޔެވެ. އޭނަޔާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައް ކުރި އިރުވެސް އެކުއްޖާގެ ހިތް ތިރި ކަމާމެދު އެވެ. “އެއީ ތެދެއް ބައްޕާ.. އަލް އެބުނީ އެންމެ ރަނގަޅަށް މަންމަގެ ފަރުވާ ކަންތައް ނިމުނީމަ އަޅުގަނޑުމެން ދާނީ..! އަޅުގަނޑު ގަސްތު ކުރަނީ ވެސް ހަނީމޫނަށާ އެއްކޮށް ތަންކޮޅެއް ގިނަ ދުވަހު އެކޮޅުގަ މަޑު ކުރަންދާން…” ވިސްނާލުމަށް ފަހު ވިނާން ބުނެލިއެވެ. ” ތިއީ ވެސް ރަނގަޅު ގޮތެއް އެކަމަކު ކީއްކުރަން ގިނަ ދުވަހަށް ދަރިފުޅު ދާން ބޭނުން ވަނީ؟” ހައިރާންވެފަ ސައުދު އަހައިލިއެވެ. “ހެހެ… އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ޑުރީމްއެއް ސަކުސެސް ކުރަން ވެގެން! ބަޓު ސީކުރެއްޓެއް އެއީ..!” އަލްޔާގެ މޫނަށް ބަލަމުން ވިނާން ބުނެލިއެވެ. ވިނާން އެބުނި އެއްޗެއް ނޭނގުމުން އަލްޔާ އިނީ އަނގަ ހާ ކޮއްގެން ވިނާން އާ ދިމާލަށް ބަލަންށެވެ. ވާނީވެސް އެވަރުތާއެވެ. ވިނާންގެ އެހާ ބޮޑު ހުވަފެނެއް އޮތް ކަމެއް އަލްޔާއަކަށް ނޭނގޭ ވިއްޔާއެވެ. “އެހެންތަ؟ އެންމެ ރަނގަޅު އެހެންވީމަ ބައްޕަ ދަތުރުގެ ކަންތައް ހަމަ ޖައްސާނަން.. ވަޒޫއަށް ޗުއްޓީ ލިބޭތޯ ބަލާތި އިނގޭ… ވަޒޫ ގޮވައިގެން ދާނީ އެކަމަކު ދަރިފުޅު ފުރުމުގެ ކުރިން ތި ޑުރީމްގެ ވާހަކް ބައްޕަ ކައިރި ބުނަށްޗޭ އިނގޭ” ސައުދު ދެ ދަރިންނާ އެއްފަހަރާ ވާހަކަ ދައްކަމުން ބުނެލިއެވެ. “ހެހެ… ލައްބަ! އަޅުގަނޑު މިހާރު ސިޓީ ލިއަސް ޗުއްޓީލިބޭނެ..!” ވަޒުނާ ހެމުން ބުނެލިއެވެ. އެގޮތަށް އެތައް ވާހަކައެއް ދައްކަން ތިބެ އެރޭގެ ކެއުން ނިއްމާލިއެވެ.
……ނުނިމޭ…..
12 Comments!
Comments are closed.
Yeyyy….
Hurihaa kudhinna kamu dhaane kamai ummeedhu kuran…? Next episode liyaany Thursday noony fridayga… Kurinves buni fadain eyge fahun jayaa bunaahen baraabaru up kurany.. ?
Wow.!! Salhi..❤❤❤
V v v v salhi … Next part kn irakun???
Oh sorry. Ebain dhw bunefa ?
Hehe kid ge test nimuneema okk vaane
Hlw adam ? after long time again.. v salhi mi bai vx ❤
Yap ram buneemen noon kid ge test dhuvass kolhu veemaey
Finally mi part vx kiyaalan libijje…. Curiously waiting for nxt part…. I luv this story….
Wow. It’s amazing… eagerly waiting for the next part
Adam mi part vx hama very nice as always… Keep it up… Waiting…
mivaahaka reethi. ekamaku basthah beynun kurumuga ebahuri mistakes baivaru. dhen vaahaka kiyamun dhaairu asareh nuhurey. ehen evani liyumuga evarah asaru nugenes dheveythi v ma. saudhu wife gelligen evaahaka bunaairuvx v coool koh dhiyakan faahaga kurevun… keepitup… thi hama v kuriah dheveyne writer eh……