”އަލް.. އަލް! ވަރަށް އަވަހަށް ނިކުމެބަލަ ބަލައިބަލަ މިއޮތް ކަމެއް..!” ޝަރާ ސިޓިން ރޫމުގަ އިނދެ އަޑުގެ ކޮޅަށް އަލްޔާއަށް ގޮވަމުން ދިޔައެވެ. “ކިހިނެތްވީތަ ޝަރާ؟ ތަނެއްގަ ރޯވީތަ؟!” ދުވެފަ ބޭރަށް ނިކުމެ އަލްޔާ އަހައިލިއެވެ. “އާނ.. ދެން ރޯވެސް ވާނެތާ ބަލައިބަލަ މިއޮތް އެއްޗެއް.!!” އަލްޔާ ތަނެއްގަ ރޯވީތޯ އެހުމުން އަތުގައި އޮތް ކާޑު ދިއްކޮއްލަމުން ޝަރާ ބުނެލިއެވެ. “ހޫމް… ދައްކަބަލަ!” އެހެން ކިޔައި ޝަރާގެ އަތުން އަލްޔާ ކާޑު ޖަހައިގަތެވެ. “ވަޓް!! އުޝާޔާ ކަރަމް މެރީ ކުރަނީއޭ!! އައިކާންޓް ބިލީވް..!” ކާޑުގައި ލިޔެފައި އޮތް އެތި ކިޔައިލުމަށް ފަހު ހައިރާން ވެގެން އަލްޔާ ބުނެލިއެވެ. “ބަލަ ތިހެންވެ ނޫންތަ މަވެސް މިހާ ބާރަކަށް މިގޮވަނީ..!؟ މަގޭ ހިތަށް އަރައި ކަރަމް އެހެރީ ދެލޮލަށް ލޮނުމިރުސް އެޅިފަބާއޭ؟! ޕިސް.. ޕިސް! އޭނަޔަށް ހަމަ ނޭނގެނީތަ އެ އުޝާގެ ގޮތް؟ ބޯހަލާކު!” ކަރަމްއަށް އެއްޗެއް ނުވިސްނި އުޝާޔާ ކައިވެނި ކުރަން އުޅޭތީ ހައިރާން ޝަރާ ވެގެން ބުނެލިއެވެ. އަދި ރަށު ކުއްޖެއްގެ އިތުރުން ރައްޓެއްސަކަށް ވީތީވެސް ޝަރާ އިނީ ވަރަށް ދެރަވެފައެވެ. “ކީއްކުރާނީ ޝާ؟ އޭނަޔަށް ނޭނގޭ ކަމެއް އޮތްހެނެއް ހީނުވޭ! މަށަށް ހީވަނީ މަށަށް ދައްކަން ކުރާ ކަމެއްހެން ތިއީ..؟!” ކަރަމްއާ ދޭތެރޭ ވިސްނަމުން އަލްޔާ ބުނެލިއެވެ. އެވަގުތު އަލްޔާގެ ފޯނަށް ފޯނެއް އަންނާތީ ޖީބުން ފޯނުނަގައި ހަލޯވް އޭ ގޮވައިލިއެވެ. “އޭ! އެއްކަލަ ކަރަމް އުޝާއާ މެރީ ކުރަނީދޯ؟” އަލްޔާ ފޯނުނެގުމާއިއެކު ލީޒާ ބުނެލިއެވެ. “ލީމެންނަށް ވެސް ކާޑު ފޮނުވިތަ؟” ވަގުތުން އަލްޔާ އަހައިލިއެވެ. “އަލްމެންނަށް ވެސް ލިބުނީދޯ؟” ޖަވާބުގެ ބަދަލުގައި ލީޒާ ވެސް ކޮއްލީ ސުވާލެކެވެ. “ހޫމް.. މިގެއަށް ވެސް ކާޑު އައިސް އެބައޮތް.. މިގޭ އެއްމެންނަށް ވެސް ދަޢުވަތު ލިބުނު..!” އަލްޔާ ބުނެލިއެވެ. ”ހެހެ… ރަނގަޅެއް ނޫން؟! އެސޮރު ވެސް މާލޭ ބޭފުޅާކާ ވިއްޔާ އެއިންނަނީ..” މަލާމާތުގެ ފާޑަށް ހެމުން ލީޒާ ބުނެލިއެވެ. “ހެހެ… ލީ ދާނަންތަ ޕާރޓީއަށް؟” ދެރަވެފައި އިނދެ އަލްޔާ އަހައިލިއެވެ.

”ނޭނގެ އަދި އިޖާޔާ ކުޑަބެ ކައިރީގަ އަހައިފަ އިނގޭނީ ދެވެންޏާވެސް.. އަލް ދާނަންތަ؟” ނޭނގޭ ކަމަށް ބުނެ އަލްޔާ ކުރެން ލީޒާ އަހައިލިއެވެ. “މަށަށް ވެސް އަދި ނޭނގެ ދެވޭނެ ކަމެއް.. ވިނާން ގެއަކު ނެތް އޭނަ ކައިރި އަހައިފަ ގޮތެއް ނިއްމޭނީ..!” ލީޒާ ދިންކަހަލަ ޖަވާބެއް އަލްޔާ ވެސް ދިނެވެ. “ހެހެދޯ؟ އެމީހުން އާއެކޭ ބުނީމަ ތާ ދެވޭނީވެސް؟!އެހެން ނޫނަސް އަސްލު މަ ބޭނުމެއް ނޫން ދާކަށް..! އޭނ.. އެވާހަކަ ބާއްވާ..! ދައްތަމެންގެ ހާލަކީ ކޮބައިތަ؟ އޮޕަރޭޝަން ކޮއްފިތަ މިހާރު؟” ހިނި ގަޑަކާއިއެކު ދޯ ދިނުމަށް ފަހު އަފީފާގެ ހާލަކީ ކޮބައިތޯ ލީޒާ އަހައިލިއެވެ. “އާނ… އޮޕަރޭޝަން ކޮއްފި، ވަޒޫ ބުނީ މިހާރު މަންމަ ބަރާބަރަށް ހިނގަޔޯ އެކަމަކު އަދި ދެ ހަފުތާ ފަހުންނޯ ދޫ ކުރާނީ..!” އަލްޔާ އޮޅުން ފިލުވައި ދިނެވެ. ” އަލްހަމްދުލިﷲ! ދައްތަ ރަނގަޅު ވީމަ ދެން އަލްއަށް ހެޔޮ ވާނެކަންނޭނގެދޯ؟!” އަފީފާ ރަނގަޅުވާތީ ހެޔޮ ދުޢާ ކުރަމުން ލީޒާ ބުނެލިއެވެ. “ނޭނގެދޯ؟ މަންމަ ގޯހަކަސް އަލްއެއް ނުވާނަން ގޯހެއް! އަލް ދެކެނީ އެއީ އަލްގެ ވެސް މަންމަ ކަމަށް..!” ސީރިއަސް ކަމާއިއެކު އަލްޔާ ބުނެލިއެވެ. “ހޫމް… ލަވްޔޫ! ތިއީ ވަރަށް ލޯބި ކުއްޖެކޭ އަބަދުވެސް… ދެން އަފީފައްތަގެ މޮޔަ ކަންތައް ރަނގަޅު ވެއްޖެއްޔާ ޝުކުރުވެރި..!” ލީޒާ ބުނެލިއެވެ. “ހެހެދޯ..؟! މިހާރު އެކަމަށް ވެސް ފަރުވާ އެބަކުރެއޭ، ވަޒޫ ބުނީ ވަރަށް އުމްމީދު އެބައޮތޯ ރަނގަޅު ވާނެކަމަށް!” އަލްޔާ އުފާވެފަ ބުނެލިއެވެ. “އެހެންދޯ؟ އޯކޭ އަލް.. ލީ ބިޒީ ވެއްޖެ! އޮފީހުގައޭ މިއުޅެނީ ފަހުން ގުޅައިނަން… ޒިއާ ގުޅައިފަ ކާޑު ލިބުނު ވާހަކަ ބުނީމައޭ އަލްއަށް މިގުޅައިލީ..!!” ލީޒާ ބިޒީ ކަމަށް ބުނެ ގުޅި ސަބަބު ބުނެލިއެވެ. އެންމެ ރަނގަޅު ކަމަށް ބުނެ ހިނިގަނޑެއް ޖަހައިފަ އަލްޔާ ފޯނު ބޭއްވިއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތު ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިވީ ވިއްސަކަށް ދުވަސް ތެރޭ ވަނީ އެތައް ކަމެއް އެކިމީހުންގެ ދިރިއުޅުމުގައި ފާއިތުވެ ގޮސްފައެވެ. އެގޮތުން ޝަރާޔާ މާކިންއާ ދެކުދިންގެ ކައިވެންޏަށް ޝަރާގެ މައިން ބަފައިން ވާނީ މާލެ އައިސްފައެވެ. އެ ދެމީހުންގެ ރައްޓެހިންނާ އާއިލާ މީހުން އެ
ކައިވެންޏަށް ހޭބޯނާރާ ދަނީ އެކި އެކި ތައްޔާރީތައް ވަމުންނެވެ.

“ކަމަނާ އަދިވެސް ރީތިވެ ނުނިމެނީތަ؟ މިހާރު އެއޮތްގެން ގަޑި ޖެހެނީއޭ! މަށަށް ޔަގީން ބައްޕަމެން ގެއަށް އައިސް ވަންނަ އިރު ވެސް ކަމާނާ މޭކަޕުކޮށް ނުނިމޭނެކަން..!” އަލްޔާ އަރި އަރިއަށް ފުނާ އަޅަން އިންދާ ވިނާން އައިސް ބުނެލިއެވެ. ވިނާން އެހާ އަވަސް އަރުވާލައިގެން އެއުޅެނީ މިރޭ ނުވައެއްގެ ފުލައިޓުން އޭނަގެ މަންމަގެ ބައްޔަށް ބޭސް ކޮށް ނިމިގެން އެ ކޮޅުގަ ދުވަސްތަކެއް ވަންދެން މަޑު ކުރުމަށް ފަހު ވަޒުނާމެން މާލެ އަންނާތީއެވެ. ސައުދު ބުނި ގޮތުން ވިއްޔާ މިހާރު އަފީފާގެ ބުއްދި މުޅިން ރަނގަޅު ވެއްޖެއެވެ. އަދި ކުރިއެކޭ އެއްގޮތަށް ހިނގާބިގާވެސް އުޅެއެވެ. އެހެން ކަމުން އެއާއިލާ މިހާރު ދަނީ އިންތިހާ އުފާ ކުރަމުންނެވެ. “ވިނާއަށް ހަމަ ނުހުރެވެނީއޭދޯ މަށާ ދިމާ ކޮއްނުލާ؟! މަގޭ ހިތަށް އަރާ ވިނާއަށް ކޯއްޗެއް ބާއޭ ލިބެނީ؟!” ވިނާން ހުރި ފަރާތަށް އެބުރި އަރިކަށީގައި އަތް ވިއްދާލައިގެން އިނދެ އަލްޔާ ބުނެލިއެވެ. އޭރު ވިނާން ހުރީ އަލްޔާގެ ރީތި މޫނަށް ބަލަހައްޓައިގެން އާޝޯހު ވެފައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތްތާއެވެ. މިރޭ އަލްޔާ ރީތި ކަމުން ހީވަނީ ޕަރީއެއްހެން ވިއްޔާއެވެ. “ނޫނޭ! ތިއީ އަލްއަށް ހީވާއެއްޗެއް.. މަށަށް ހާދަ ހިތްހަމަ ޖެހުމެއް ލިބެޔޭ ތިޕަރީއަށް ދިމާ ކޮއްލީމަ..! ދެން ބުނެބަލަ މަގޭ ދޮންދޫނި ތިހާ ރީތި ތިވަނީ ކާކަށް ތިއްތި ދައްކަންތަ؟! ހަމަ ގައިމު ވެސް ތިހާ ރީތި ނުވިޔަސް މަށަށް ވަރަށް ރީތި މަގޭ ވައިފީ..!“ އަލްޔާގެ ކޮލުގައި ހިފައިލަމުން ވިނާން ބުނެލިއެވެ. “ހޫމް.. ހެވޭ ހަޑިއަކަސް!” ތުއިވެފަ އަލްޔާ ބުނެލިއެވެ. “އޯކޭ.. އޯކޭ! ހިނގާ އަވަހަށް ދާން.. ކާރު ދުއްވަން ވެސް މިރޭ ޖެހެނީ މަށޭ ޑުރައިވަރު ބަލިޔޯ ބުނީ ގުޅީމަ!” ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ވިނާން ބުނެލިއެވެ. ދެމީހުން ގެއިން ނިކުތް ގޮތަށް ކާރަށް އަރައިގެން ނައްޓާލީ އަވަހަށް އެއާރޕޯޓަށް ދިއުމަށްޓަކައި ފެރީއަށް އަރަންށެވެ.

“ވެލްކަމް ބެކް މަންމާ!!” ގެއަށް އައިސް ވަނދުނު ގޮތަށް ވިނާން އަފީފާ ގައިގަ ބައްދައިލަމުން ބުނެލިއެވެ. ”ތޭންކްސް ދަރިފުޅާ! ކޮބައިތަ މަންމަގެ ދަރިފުޅު އަލްޔާ؟ އަހަ… އާދެބަލަ ދަރިފުޅާ މަންމަ ގައިގަ ބައްދައިލަން!!” ވިނާންއަށް ޝުކުރު އަދާކުރުމަށް ފަހު އަލްޔާ ތަންކޮޅެއް ދުރުގަ ހުއްޓާ ފެނުމުން އަފީފާ ބުނެލިއެވެ. ވީ އުފަލަކުން ދުވެ ގޮސް އަލްޔާ ވަރަށް ބާރަށް އަފީފާގެ ގައިގަ ބައްދާލިއެވެ. ”ދަރިފުޅާ މަންމަޔަށް މާފުކުރޭ! މަންމަޔަށް ދަރިފުޅާ ދޭތެރޭ ކަންތައް ކުރެވުނީ ވަރަށް އިހާނެތިކޮށް..! މަންމަ ވަރަށް ލަދުވެސް ގަނޭ މާފަތް އެދެން އަދި މަންމަ ގަބޫލް ކުރަން މަންމަޔަށް މާފެއް ހައްގެއް ނޫންކަންވެސް އެކަމަކު ހެޔޮނުވާނެ ދަރިފުޅާ މަންމަޔަށް މާފު ކޮއްދީ..!!” އަލްޔާގެ ދެފައި ދަށަށް ތިރިވެ އަފީފާ ސަލާން ޖަހައި ހާލު އާދޭސް ކުރަމުން ދިޔައެވެ. ”ނޫން މަންމާ! މަންމަ މާފަށް އެދޭވަރުގެ ކަމެއް ނުވެޔޭ..! އަޅުގަނޑު އަބަދުވެސް މަންމަޔަށް ހިތްހެޔޮވާނެ!” އަފީފާގެ ދެއަތުގަ ހިފައި ނަގަމުން އަލްޔާ ބުނެލިއެވެ. އަފީފާ އެހެން ކަންތައް ކުރުމުން ސައުދުމެން ތިބީ އިންތިހާޔަށް އުފާވެފައެވެ. ސަބަބަކީ އަފީފާއަށް ހެޔޮ ވިސްނުން ދެއްވީތީ އެވެ. އަލްޔާ ގެ ހިތުގަ އެއްވެސް ބުރަވެތި ކަމެއް ނެތް ކަން އެނގުމުން އަފީފާ އިނީ ވަރަށް އުފާވެފައެވެ. “މަންމާ ވެދިޔަކަމެއް ވެދިޔައީ! ބަލަން ވީ މި ކުޑަ ކުޑަ އާއިލާ މައްސަލައެއް ނުޖެހި އުފަލުގައި އުޅެވޭތޯ ބެލުން އަދި ކުރިން ވެދިޔަ ކަންތައް ތަކުރާރު ނުވުން…!” އަފީފާ ގެ އަތުގަ ހިފައި ސޯފާގައި ބައިންދަމުން ވިނާން ބުނެލިއެވެ. ކޮންމެއަކަސް އަފީފާ ހެޔޮ ހާލުގައި މާލެ އައީތީ އެއްމެން ތިބީ އިންތިހާޔަށް އުފާވެފައެވެ. އަދި މުޅި އެރޭ އެތައް ވާހަކަޔަކާއި މަޖަލެއްކޮށް ހެދިއެވެ.

”ބޭބީ ނިދީތަ؟ ހާދަ އަވަހަކަށް ތިނިދީ؟!” އަލްޔާ ދެލޯ މަރައިގެން އޮތުމުން ވިނާން އަހައިލިއެވެ. “ހޫމް.. ވަރަށް ނިދި އައިސް މިއޮތީ.. ވަރަށް ލޮޑުވެސް ވެއްޖެ މިރޭ!” ވިނާންއާ ވީ ފަރާތަށް އެބުރެމުން އަލްޔާ ބުނެލިއެވެ. “އެހެންތަ؟! އެއީ ކީއްވެ އެހާ ވަރުބަލިވީ؟” އަލްޔާގެ އުނަގަނޑުގަ ހިފައި ކައިރި ކުރަމުން ވިނާން ބުނެލިއެވެ. “ކަމެއް ނުކުރިއަސް ވަރުބަލި ވެދާނެއް ނޫން..؟! އެހެން ނޫނަސް މިރޭ ކިހާ ކަނޑުވެސް ގަދަތަ؟ އެހެންވީމަ ވަރުބަލި ވާނެއް ނޫން..؟!” އޮތް ގޮތަށް އޮވެ އަލްޔާ ބުނެލިއެވެ. ”އޭ.. އަދި ހަނދާން ނެތިފައޭ މިއިނީ.. ތިހެން ބުނީމަ މިހަނދާން ވީވެސް.. މިއަދު ދިމާވި ކަރަމްއާ އުޝާއާ ދެމީހުންނާ..! ބުނީ ކީއްވެހޯ ޕާރޓީއަށް ނުދިޔައީ؟” ކުއްލިއަކަށް ހަނދާން ވުމުން ވިނާން ބުނެލިއެވެ. ވިނާން އެހެން ބުނުމުން އަލްޔާގެ ލޮލުން ނިދި ވެސް ހިނގައްޖެއެވެ. “އެހެންތަ؟! ދެން ކީކޯ ވިނާ ބުނީ؟” ފުއްމާފަ ތެދުވަމުން އަލްޔާ އަހައިލިއެވެ. “މަ ބުނިން ބިޒީކަމުން ނުދެވުނީއޭ ވަރަށް ދާހިތްވިޔޭ..!” ކަރަމްމެން ކައިރީގަ ބުނި ގޮތަށް ވިނާން ބުނެލިއެވެ. “އެހެންތަ!؟ ދެން ކީކޯބުނީ؟” ޝައުގުވެރި ކަމާއިއަކު އަލްޔާ އަހައިލިއެވެ. “ހާދަ ވަރެކޭދޯ ތިވަނީ؟ ދެން ބުނީ ލީމެންވެސް ނުދެޔޯ އެއްމެން އެއްފަހަރާހޯ ބިޒީވީ؟ މަބުނިން އާއެކޭ އެއްފަހަރާއޭ ބިޒީވީ..! އެކަމަކު އެމީހުންގެ ވާހަކަ ދެއްކީމަ އަލްއަށް ތިވާ ވަރެއްދޯ..؟!“ އެމީހުން ގާތު ބުނި ގޮތަށް ބުނެ އަލްޔާ ރުޅި އަރުވައިލަން ވެގެން ވިނާން ބުނެލިއެވެ.

”ވަރެއް ވީކީ ނޫނޭ! ސާބަސް..! ވިނާ އެމީހުންގެ ވާހަކަ ދެއްކީމަ އަހައިލީއެއް ނޫންތަ؟” ރުޅި އައިކަމަށް ހެދެމުން ތުން ކޮޅު އޫ ކޮއްލައިފަ އަލްޔާ ބުނެލިއެވެ. ”ހެހެ.. އެހެންދޯ؟ އަސްލު އިނގޭތަ؟ މަށަށް އިނގޭ އެކަހަލަ ވާހަކައެއް ދެއްކީމަ މަގޭ ވައިފީ ނިދި ފިލާނެކަން!” އަލްޔާގެ ގައިގަ ބައްދާލަމުން ވިނާން ބުނެލިއެވެ. “ހޫމް.. ވަރަށް ފޫހިވޭ!” މޫނަށް ވައްތަރެއް ޖައްސާލަމުން އަލްޔާ ބުނެލިއެވެ. “ހެހެ.. ވަރަށް ލޯބިވޭ..!” މިފަހަރުވެސް ހިނި ގަނޑަކާއެކު ވިނާން ބުނެލިއެވެ. އަލްޔާ އިތުރު އެއްޗެއް ނުބުނެ ލޯ މަރައިލުމުން ވިނާން އިތުރަށް އަލްޔާއަށް އުދަނގޫ ނުކޮށް ނިންޖައިގެން މަސްތުވިއެވެ.

”ދަރިފުޅާ މިހާރު މަންމަ އެހެރީ އެއްކޮށް ރަނގަޅު ވެގެން އައިސް ދެން ދަރިފުޅުމިން ހަނީމޫނަށް ފުރަން ވީއެއް ނޫންތަ؟” ހެނދުނުގެ ނާސްތާ ކުރުމުގެ ތެރެއިން ސައުދު ބުނެލިއެވެ. “ލައްބަ ބައްޕާ..! ތިކަން ވެސް ކުރަންވީ އެކަމަކު އަޅުގަނޑު ކުރިން ވެސް ބުނީމެއް ނޫންތޯ ދިގު މުއްދަތަކަށޭ ދާނީ؟!” ސައުދުގެ ސުވާލަށް ޖަވާބު ދެމުން ވިނާން ބުނެލިއެވެ. “އާނ… ދަރިފުޅު ތިހެން ބުނި އެކަމަކު ކީއްކުރަންތަ އެހާ ގިނަ ދުވަހަކަށް ދާން ތިއުޅެނީ؟ ބައްޕަ މިހެން ބުންޏަސް ދަރިފުޅު ބޭނުން ދުވަހަކަށް ދެވޭނެ އިނގޭ..!” ސައުދު އަހައިލިއެވެ. “ހެހެ.. ބައްޕާ އަޅުގަނޑު ބުނީމެއް ނޫންތޯ އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ޑުރީމަކަށޭ..؟!” ކުރިއެކޭ އެއްގޮތަށް މިފަހަރު ވެސް އެއްޖަވާބެއް ވިނާން ދިނެވެ. ” އޯކޭ.. އޯކޭ! ފަހުން ބުނާތި..“ އަނގަޔަށް ރޮށި ކޮޅެއް ލަމުން ސައުދު ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ވިނާން ބޯ ޖަހައިލިއެވެ. ސައުދުގެ އާއިލާ އެތައް ދުވަހަކަށް ފަހު އެއް ސުފުރާއަކުން ސައި ބޮއެލެވޭތީ ތިބީ ނިކަން އުފަލުންނެވެ. އެހެން ކަމުން އެކި އެކި ވާހަކަ ދައްކާ ނުވި ތާކަށް އެންމެ މަޖާ ކަމަކަށް އޮތީ ވަޒުނާޔާ ދިމާ ކުރުމެވެ.

”ވަޒޫ ދެން ހަމަ އެއީ ކާކުކަން ނުބުނާނަންތަ؟” ވަޒުނާގެ ކޮޓަރިއަށް ވަން ގޮތަށް އަލްޔާ އަހައިލިއެވެ. ވަޒުނާ ރައްޓެހިވެގެން އުޅެނީ ކާކުކަން ނޭނގިގެން އެންމެން ވެސް ތިބީ އެއީ ކާކުތޯ އިނގެން ވަރަށް ބޭނުން ވެފައެވެ. ނަމަވެސް ވަޒުނާ އަދި ވަގުތު ނުޖެހޭ ކަމަށް ބުނެ ކޮންމެ ފަހަރަކު މައުލޫ އޮޅުވައިލަނީ އެވެ. އެހެން ކަމުން މިފަހަރު އަލްޔާ އައިސް އިނީ ކޮންމެވެސް އަލި މަގެއް ހޯދައިގެން ނޫނީ އެތަނުން ނުނިކުންނަން އަޒުމު ކަނޑަ އަޅައިގެންނެވެ. “އަޅޭ.. ބާބީ! ހަމަޖެހިބަލަ! ފަހުން ބުނާނަމޭ..” ކުރިއެކޭ އެއްގޮތަށް އަނގަ ފަސޭހަ ޖަވާބު ވަޒުނާ ދިނެވެ. “ވަޒޫ ހާދަ ގޯހޭ! ކީއްތަވާނީ މިހާ ވަރަށް އާދޭސް ކުރާ އިރު ބުނެލިއްޔާ؟! އަލް ހީނުކުރަން މިހާ ދުރު ކޮއްލަފާނެ ކަމަކަށް“ މުޅި މޫނު މައްޗަށް ދެރަވާ ކަމަށް ދައްކަމުން އަލްޔާ ބުނެލިއެވެ. ހަގީގަތުގައި އަލްޔާ އިނީ ވަރަށް ދެރަވެފައެވެ. ދެރަނުވެ ވެސް ނުހުންނާނެތާއެވެ. އަލްޔާ އަކީ ވެސް ވަޒުނާއަށް އެއްވެސް ކަމެއް ސިއްރު ކުރާ މީހެއް ނޫން ވިއްޔާއެވެ. އެހެން ވީމަ ދެރަ ވާނެތާއެވެ. “އޭ.. ނޫން! އަލް ތިހާ ސޭޑްވީމަ ވަޒޫ ދެރަވޭ..!” އަލްޔާގެ މާޔޫސްވެފަ އިން މޫނު ފެނުމުން ދެރަވެގެން ވަޒުނާ ބުނެލިއެވެ. “ވަޒޫ ދެރަވާނެ ކަމެއް ނެތް! އަލް ދެރަ ވިޔަސް ވަޒޫއަށް ކޮން ކަމެއްތަ؟” ބޮޑާ ހާކަމުން އަލްޔާ ބުނެލިއެވެ. އަލްޔާ ބޭނުންވީ އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުން ވެސް އެއީ ކާކުތޯ ބަލާށެވެ. އެހެން ކަމުން ކަމެއްގެ ފަހުން ކަމެއް އަލްޔާ ކުރަމުން ދިޔައެވެ. “އަލް ތިހާ ދެރަވީމަ ވަޒޫ ވެސް ވަރަށް ދެރަ ވެއްޖެ! އަސްލު އެއީ ކާކުކަން ނުބުނެގެން މިއުޅެނީ ބައްޕަމެން އޯކޭ ނުވެދާނެތީ..!” އަލްޔާ ހުއްޓާ ނުލައި ކިޔާ ވަރުން ކެތް ނުވެގެނު ވަޒުނާ ބުނެލިއެވެ. “ހޫމް.. މިހާރު ސޭޑެއް ނޫނޭ ދެން ބުނެބަލަ..!” ދެފައި ވަތް ކޮއްލައިފަ ހަމަ ޖެހިލަމުން އަލްޔާ ބުނެލިއެވެ.

”ސާބަސް ބާބީ ޑޯލް!!” އަލްޔާ އުޅޭ ގޮތުން ހިނި އައިސް ވަޒުނާ ބުނެލިއެވެ. “ކީއްތަވީ؟ ވަޒު ނުއުޅެމެއް ނޫން އަދިވެސް ބުނާކަށް ދެން އަހަރެންގެ ހިތް އަވަސް ވާނެއް ނޫން..؟!” އަލްޔާ ބުނެލިއެވެ. “އަޅެެ ބުނަންށޭ މިއުޅެނީ އަދި ނުބުނެވިއެއް ނެތެއް ނޫން..؟! މިހާރު ވެސް މަމި ބުނީއެއް ނޫންތަ؟ ބައްޕަ ގަބޫލް ނުވެދާނެތީއޭ ބުނަން ނުކެރިގެން މިއުޅެނީ..؟!” އެނދުގައި އިށީންނަމުން ވަޒުނާ ބުނެލިއެވެ. “ޕިސް.. ޕިސް! ތިހެން ނުބުނެ ހުއްޓަކަސް ނުވާނެދޯ؟ ނިކަން ކެރިގެން ބައްޕަ ކައިރި ބުނެބަލަ އެއިރުން ނޫންތަ ބައްޕަ ބުނާ އެއްޗެއް ވެސް އިނގޭނީ..؟!” ވަޒުނާއަށް ހިތްވަރު ދެމުން އަލްޔާ ބުނެލިއެވެ. “މަށަކައް ލާހިކެއް ނޫން ބުނާކަށް!” އަލްޔާ ބުނާށޭ ބުނުމުން ނުކުރޭނެ ކަމަށް ވަޒުނާ ބުނެލިއެވެ. “އޯކޭ… ތި ވަކި މީހަކު ބުނެބަލަ އޭރުން އަލް ބަލައިފާނަން ތިކަން ވޭތޯ..! އޯކޭ އެއް ނޫން..؟” ވަޒުނާ ވާބޮޑަށް ހިތްވަރު އެލިފަ ހުރުމުން އަލްޔާ ބުނެލިއެވެ.

“އަލްއަށް އިނގޭނެ އެއީ ކާކުކަން..!” ހުރި ގޮތަށް ހުރެ ވަޒުނާ ބުނެލިއެވެ. “ތިއީ ދެން ކޮންހާ ހާސަރެއްތަ؟ ބުނެބަލަ ދެން…” ލަސް ވާތީ ކެތް މަދުވެގެން އަލްޔާ ބުނެލިއެވެ. “އެއީ އައިރަމް! އަލް އެއް ނޫންތަ އެމީހުން ޕާރޓީއަށް ވެސް ގެނައީ..؟!” ތެޅި ތެޅި އޮތް ހިތަކާއިއެކު ވަޒުނާ ބުނެލިއެވެ. ވަޒުނާ އެހެން ބުނުމުން އަލްޔާ އިނީ ބުނާނެ އެއްޗެއް ނޭނގި އެކަމާ ވިސްނާށެވެ. “އަލް ކިހިނެއްވީ؟ އެއްޗެކޭ ބުނެބަލަ..” ފުން ވިސްނުމަކަށް ގެއްލިފަ އިންދާ އަލްޔާގެ ގައިގަ ކޮއްޓާލައިފަ ވަޒުނާ އަހައިލިއެވެ. “އުހު.. ނޫން! މަގޭ ހިތަށް އެރީ ވަޒޫ ކީއްވެބާއޭ އޭނަޔާ އިންނަން ބައްޕަ ކައިރި ބުނަން ނުކެރިގެން ތިއުޅެނީ؟ އެއީ ވެސް ނުލާހިކު މުއްސަނދި ރަނގަޅު ބައެއް! އެހެންވެ އެހެން ހިތަށް އަރައި މި އިނދެވުނީ..!” ވިސްނުމުން އެއްކިބައި ވަމުން އަލްޔާ ބުނެލިއެވެ. “ތިކަން އިނގެޔޭ! އަހަރެން ހަމަ ބިރު ގަންނަނީއޭ!” ވަޒުނާ ހިމޭނުން އިނދެ ބުނެލިއެވެ. “ވަޒޫ ދެން ނުވިސްނާ ތިކަމާ.. އަލް ތިކަންތައް ހަމަ ޖައްސާނަން..! ދެން ބުނެބަލަ ކިހިނެއް އައިރަމްއާ ރިލޭޝަނަކަށް ދިޔައީ؟” ވަޒުނާ ކައިރި ނުވިސްނަން ބުނެފަ އަލްޔާ އަހައިލިއެވެ. “އަލްމެންގެ ވެޑިން ނައިޓުގަ އެރޭ ވަރަށް ކުލޯޒްވި.. އައިމީން ވަރަށް ގާތްކޮށް ވާހަކަ ދައްކާ ހެދީ.. އޭގެ އަނެއް ދުވަހު އޭނަ އިނީ ފުރޭންޑް ރިކުއެސްޓް ކޮއްފަ ދެން ވަޒޫ އެޑްކުރީ އޭގެ ފަހުން ވާހަކަ ދައްކަމުން ދައްކަމުނު ގޮސް ރައްޓެހިވީ..!” އައިރަމްއާ ދިމާވިގޮތާއި ރައްޓެހިވި ގޮތް އަލްޔާއަށް ވަޒުނާ އޮޅުން ފިލުވައި ދިނެވެ.

”އެހެންދޯ؟! ޒާހިދައްތަ މަގޭ ކައިރި ބުންޏޭ އައިރަމް ކަޮންމެވެސް ކުއްޖަކާ ވާހަކަ ދައްކާ ވާހަކަ! އެކަމަކު އައިރަމް ނުބުންޏޯ އެއީ ކާކުކަމެއް..” އަލްޔާ ބުނެލިއެވެ. “އެހެންތަ؟! އޭނަވެސް އެއުޅެނީ އޭނަގެ މަންމަމެން ކައިރީގަ ބުނަން ނުކެރިގެން!” ވަޒުނާ ބުނެލިއެވެ. “ހޫމް.. ދެން ވަޒޫ އެކަމާ އެހާ ނުވިސްނާ! އަލް ތިކަންތައް ނިއްމާލާނަން ވަރަށް ސަޅިކޮށް! އެންމެ ރަނގަޅެއް ނޫން..؟” ޔަގީން ކަމާއިއެކު އަލްޔާ ބުނެލިއެވެ. ވީ އުފަލެއްގެ ބޮޑުކަމުން ވަޒުނާ އިނީ ބުނާނެ އެއްޗެއް ނޭނގި އާޝޯޚު ވެފައެވެ. ވަޒުނާ އެއްޗެއް ނުބުނެ އިނުމުން ދަނީ ކަމަށް ބުނެ އަލްޔާ ނިކުމެގެން ހިނގައްޖެއެވެ.

….ނުނިމޭ…..

13

13 Comments

  1. Boo

    November 14, 2017 at 7:14 pm

    ?

  2. Adam

    November 14, 2017 at 7:15 pm

    Hurihaa kudhinna kamu dhaane kamah heekuran.. But sorry mifaharu thankolhei kuruvy… Anyways plx comment all!

  3. Bub

    November 14, 2017 at 7:15 pm

    ??‍❤️‍?‍??‍❤️‍?‍?

  4. Bb

    November 14, 2017 at 7:16 pm

    ?????????‍❤️‍??‍❤️‍???‍❤️‍?‍??‍❤️‍?‍???‍?‍??‍?‍?‍??‍?‍?‍??‍?‍?‍??‍?‍??‍?‍??‍?‍?‍??‍?‍?‍??‍?‍?‍??‍?‍?‍??‍?‍??‍?‍??‍?‍?‍??‍?‍?‍?????????????????????????????

  5. Limsha

    November 14, 2017 at 7:49 pm

    Nice.. Bt up kuraalaiy varah las aslu

  6. Ram

    November 14, 2017 at 7:52 pm

    VVV reeti avahah up kolladee plx

  7. ipher

    November 14, 2017 at 8:45 pm

    Haadha kurey mi part…and v las mihaaru mi vaahaka up kuraaleh…whn next part

  8. Sweetie

    November 14, 2017 at 9:35 pm

    Alhey!!! Adam mee girl ehtha? ” My husband is from Maliku” ey otheema. Noonee dhemeehunves firihenunatha??????????

    • Adam

      November 14, 2017 at 10:33 pm

      Hehe Adam akee anheneh dad ge name jahaafa inee

  9. PRINCESS AFU

    November 14, 2017 at 10:09 pm

    ????❤️???

  10. Musli

    November 15, 2017 at 7:01 am

    Kamakah nuvaa kankamugavess abadhu hinigandu.. v v vaii

    • unaal

      November 15, 2017 at 9:17 am

      vaii viyya nukiyaba.. eyrun nimunynu ekan ..
      … mashah vrh reethi mi stry

  11. Musli

    November 18, 2017 at 9:54 am

    Keemaehnu vaikamehvess ingeynee … dhen mashah vai vaahaka bunyass unaal ah vaivaakah nujehey

Comments are closed.