“އައްސަލާމް އަލައިކުމް އައްސަލާމް އަލައިކުމް” މަލަކާ ދޮރުމަތީ ހުރެ ސަލާމް ގޮވައިލިއެވެ.” ވައައިލައިކު މުއްސަލާމް ކޮންކުއްޖެށް؟! ކާކު ހޯދަން އައި ކުއްޖެ، ވަދޭ އެތެރެއަށް” ރާބިއާ ސަލާމް ބަލައި ގަންނަމުން ސުވާލު ބޮނޑިއެއް އުމުނާލިއެވެ. ” އަހަ މަލަކާ ހާދަ ދުވަހެއް ކޮއްލައިފަ ތިއައީ،ކިހިނެއްތަ ހާލުއަހުވާލު؟” އަމީނާ އަތުގެ އިޝާރަތުން އިޝީނުމަށް ބުނެ މަލަކާޔާ ވާހަކަ ދެއްކިއެވެ.”އަޅުގަނޑު ރަނގަޅު، ދައްތަ ކިހިނެއްތޯ؟” މަލަކާ ހާލު އޮޅުން ފިލުވަދީ އަމީނާގެ ހާލު އަހައިލިއެވެ.”އިރާދަ ކުރެއްވީތީ ދައްތަގެ ހާލުވެސް ރަގަޅު”އަމީނާ […]
ދުވަސްތަށް ފާއިތު ވަމުން ގޮސް ޒޫމީ ފުރާ ދުވަސް ޖެހިއްޖެއެވެ. މިއަދަށް އިރު އެރީއްސުރެ އަމީނާ ހީވަނީ ގަނޑު ވެފަ ހުންނަހެންނެވެ. ސަބަބަކީ އަމީނާޔާ ވަކިން ޒޫމީ ދާންޖެހޭތީއެވެ. ” ދަރިފުޅާ މަންމަ ދަރިފުޅަށް ވަރަށް އިތުބާރު ކޮއްފަ މިފޮނުވަނީ، އެހެންވީމަ ދަރިފުޅު ވާނެ ދަރިފުޅުގެ އަގު ވެއްޓޭވަރުގެ ކަމެއް ނުކޮއް އެބުރި އަންނަން ،މަންމަ މެން ދަރިފުޅާ ދޭތެރޭ ވަރަށް ފޮނި އުންމީދު ކުރަން ދަރިފުޅު އަބަދު ވެސް ހަނދާން ކުރަން ވާނެ އަހެނެއްގެ އިއްޒަތާ […]
ހަދިޔާ ތަކާ އެއްޗެހި ހިފައިގެން އަމީނާ މެންނަށް ގެޔަށް ދެވުނު އިރު ރެޭގަނޑު ބާރަޖަހާ ބޮޑު ވެއްޖެއެވެ. ވެފަހުރި ވަރުބަލި ކަމާ އެކު އަވަހަށް ފެން ވަރައިގެން އެންމެން ނިދީއެވެ. “ޒޫމީ ހޭލަބަލަ ގަޑި ޖެހެނީއޭ” އަމީނާ ޒޫމީ އަށް ގޮވަމުން ދިޔަ އެވެ. “ނޫން މަންމާ އަޅުގަނޑު ނުދާނަން ސުކޫލަކަށް، އަޅުގަނޑު ގެ ބޮލަށް ތަދުވަނީ” ޒޫމީ ދެލޯ ކަހަމުން ބުނެލި އެވެ.”ނޫން ދަރިފުޅާ ސުކޫލަށް ދާން ވާނެ، އެހެން ނޫނަސް ޗުއްޓީ އަށް ފަހު […]
“މަންމާ ހާދަ ބުރަކޮށްލައިގެން ތިއުޅެނީ ހާދަ ވަސް ރަނގަޅޭ” ބަނދިގެއަށް ވަންނަމުން އީތަން އަހާލިއެވެ. “އާ…ދަރިފުޅާ މިއުޅެނީ ކަޅު އަކިރި ގަޑަށް ދާކަށް ނޫންތަ އެހެންވީމަ ވަސް ރަނގަޅު ވާނޭއްނޫން އަމީނައްތަމެން ދާންބޭނުންވަނީ އެތަނައް ވިއްޔާ” ރާބިއާ އީތަން ބަނދިގެއަށް ވަނުމުން ބުނެލިއެވެ. “އެހެންތަ މަންމާ އެތަނަށް ދާކަށް ބިރުނުގަނޭތަ؟!” އީތަން ފާޑަކަށް ހުރެ އަހާލިއެވެ. “ނޫނޭ ދަރިފުޅާ….މަންމަވެސް ބިރުގަނޭ ބިރުގަތަކަސް ކީތް ކުރާނީ އަމީނައްތަމެން ދާންބޭނުން ވީމަ ދާން ވާނެއްނޫން، ދަރިފުޅު އެއްޗެހިތައް ބޭރަށް ނެރެން […]
ދަރިފުޅާ ޒޫމީ އަވަސް ކޮށްބަލަ ގަނޑި ޖެހެނީޔޭ…މިމަންޖެއަކަށް ނޭނގޭނެ އެއްވެސް ކަމެށް އަވަސް ކުރާކަށް.މަންމާ މި ނިމުނީޔޭ.އަމީނާ ހާދަ ފޯރިއެއް އެބަ ހުއޓޭ ދޯ! ސަލީމު ބުނެލިއެވެ.ޒޫމީ އަކީ އަމީނާ އާ ސަލީމުގެ ހުރިހަމަ އެކަނި ދަރިފުޅެވެ. އުމުރުން ވާނީ 10 ވަރަކަށް އަހަރެވެ.އާ….ސަލީމް އަށް އިނގެއެއްނު މަ ފުވަމުލަކށް ދާ ހިތްވާވަރު.އަމީނާ ހީލާފާ ބުނެލިއެމެވެ.އެހެންނޫނަސް އެއޮތީ އެއާރޕޯޓާ އެއޗެހި ހަދާފަ.ކުރިން ދިޔައިރު ހޮނޑު ލިޔަސް މި ހާރަކު ހޮނޑު ލާކަށް ނުޖެހޭނެ…ސަލީމު އާ އަމީނާ މީގެ […]